Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގަ މިވާ ސޫރަ ތެދޭ!! 6

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 24, 2015 3 Mins Read
47 Comments

ފަޒީނާއައިސް ނިއުޝާގެ ކޮޓަރިއަށް ވަނީ ނިއުޝާ ބަލައެވެ. އެމީހުން އައިކަން އިނގުމާއި އެކު ނިއުޝާގެ ހިތް ވަރަށް ބާރަށް ތެޅެލިއެވެ. ނަމަވެސް މޫނުމަތީގައިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލީ ހިނިތުންވުމަކުންނެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު ނިއުޝާ ފަޒީނާގެ ފަހަތުން އިސްޖަހައިލައިގެން ދިޔައެވެ. ސިޓިންގްރޫމް އާއި ހަމަޔަށް އެރުމަށް ފަހު އިސް އުފުލާ ބަލައިލުމާއި އެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހިފެހެއްޓުމެއް ނެތި ކަރުނަތަށް އަންނަން ފެށިއެވެ. ލޯ މަރާލުމަށްފަހު ހުޅުވާލީ ހުވަފެނެއްހެން ހީވާތީއެވެ.

ކުރިމަތީ ހިނިތުން ވުމަކާއި އެކު އިށީނދެގެން އެއިނީ ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާގެ ޝަން އެވެ. ޖައުޝަންއެވެ. ޖައުޝަން ނިއުޝާއާއި ދިމާލަށް ބަލަހަށްޓައިގެން ހުރި އިރު ސަކީލާއާއި ޖައުޝަންގެ ބައްޕަ ފާރިޝް ވެސް ހިނިތުންވެލައިގެން ނިއުޝާއާއި ދިމާލަށް ބަލަން ހުއްޓެވެ. ނިއުޝާ ހުރީ ހުއްޓިފައި ހުރި މީހެއް ހެންނެވެ. އެއްވެސް ހަރަކާތެއް ނުކުރިއެއަކަމަކު ލޮލުން ކަރުނަ އައުން ނުހުއްޓެއެވެ. “ދަރިފުޅާ! ބޭބެ ބޭނުމީ ފާރިޝްގެ ދަރިފުޅު ޖައުޝަން އާއި ދަރިފުޅު ކައިވެނި ކުރުވަން.. ދަރިފުޅު ކައިވެނި ކުރަން ބޭނުންތަ؟” ސާހިދު މިހެން ބުނެލީ ހިނިތުންވެ ހުރެއެވެ. އެއާއިއެކު ޝިޔާން ތެދުވެ ނިއުޝާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. “ނިއު!!! މާވަރަކަށް ބަލާކަށް ނުވާނެ.. އޭތް..! އޯކޭ ތަ؟” ނިއުޝާ ދެފަރާތަށް ބޯ ހޫރަލުމަށްފަހު ޝިއާން އާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެއް މިވަނީ؟” ނިއުޝާ ހުރީ ވާނުވާ ނޭންގިފައެވެ. އެވަގުތު ޝިޔާން ގައިގައި މަޑުމަޑުން ޖަހާލުމަށްފަހު ފަޒީނާ އައިސް ނިއުޝާގެ ބޮލުގައި ފިރުމާލިއެވެ. “ޝިޔާން ދެން ހަމަ އަބަދުވެސް ނިއުޝާ އާއި ތޮޅޭނެ ގޮތެއް ނޭންގިފަ.. ދަރިފުޅާ! ޖައުޝަން މަންމައާއި ބައްޕަ އަކީވެސް ދައްތައާއި ބޭބެގެ ވަރަށް ގާތް ރަހުމަތްތެރިން.. ދަރިފުޅު އެގެއިން އަންނަން ވާއިރަށް ޖައުޝަން މަންމަ ގުޅާފަ މަންމަމެންގާތު ބުނެފި. ދެން ބޭބެ ބުނީ އެހެން ވީމަ ކައިވެނި ލަސްކުރަން ހަދާނެ ކަމެއް ނެތެެއް ނޫންހޯ.. ދެން މި ހުރިހާ ގޭމެއް މި ކުޅެން ޖެހުނީ ޝިޔާން އާއި ޖައުޝަންގެ ސަބަބުން.. ދައްތައަށް މާފުކުރޭ އިނގޭ. ދައްތައަށް އޭރު ނުބުނެވުނީމަ.” ފަޒީނާ އޭނައާއި އެއް އިސްކޮޅެއް ހުންނަ ނިއުޝާއާއި ވާހަކަ ދެއްކީ ބުރަކަށީގަ ފިރުމަމުންނެވެ. ނިއުޝާއަށް ހުރިހާ އެއްޗެއް އިނގުމުން ލަދުގަތެވެ. ނަމަވެސް އެކަން އެއްފަރާތްކޮށްލުމަށްފަހު ފަޒީނާ އަތުގައި ހިފައިލިއެވެ. “ދައްތާ…. ދައްތަ އަޅުގަނޑު ކައިރި މާފަށް އެދޭ ވަރުގެ ކަމެއް ނުކުރަމެއްނު..” ނިއުޝާ ހިނިތުން ވެލިއެވެ. “ނިއު… އަހަރެން މާފު ކުރާނަންތަ.. ސޮރީ” ޝިޔާން ނިއުޝާއާއި ކައިރިވެލަމުން ބުނެލިއެވެ. “ނުކުރާނަން.. ހުންންންހްހް..!!” ނިއުޝާވެސް އެކްޓެއް ޖައްސާލިއެވެ. ޝިޔާން ތުންދަމާލާފައި ހުރިތަން ފެނި ނިއުޝާއަށް ހިނިގަނޑެއް ޖަހާލެވުނެވެ. “އިޓްސް އޯކޭ” ނިއުޝާ އެހެން ބުނެލީ ޝިޔާންގެ ކޮލުގައި ހިފާލަމުންނެވެ.

“އޯކޭ.. ޖޯކްސް އެޕާރޓް.. ނިއުޝާ ބޭނުންތަ ޖައުޝަން އާއި އިންނަން” ޝިޔާން ނިއުޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނިއުޝާ ކުޑަކޮށް ލަދުަގަތެވެ. އިސްޖަހައިލަިގެން ހުރެ ބޯ ޖަހާލިއެވެ. ޝިޔާން ނިއުޝާގޮވައިގެން ގޮސް ޖައުޝަން އިށީނދެ އިން ސޯފާއާއި ކައިރިވެލިއެވެ. “ޖައު… ބޭނުންތަ ނިއުޝާއާއި އިންނަން؟” ޖައުޝަންވެސް ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އާއެކޭ ބުނެލިއެވެ. އެއާއި އެކު ޝިޔާން ނިއުޝާގެ އަތް ޖައުޝަންގެ އަތަށް ދިނެވެ. އަދި އަތް ޖަހާލިއެވެ. އޭނާގެ އަމިއްލަ ކޮއްކޮ އެއްފަދައިން ދެކޭ ނިއުޝާގެ ދިރިއުޅުމަށް އުފާތަށް ލިބެމުން އަންނަކަމުގެ ފެހި ސިގްނަލް ލިބެމުން ދިޔައެވެ. “ޖައު! އަހަރެންގެ ކޮއްކޮ ދެރަކޮށްނުލަންޗޭ..” ޝިޔާން މިހެން ބުނެލުމާއި އެކު ޖައުޝަން ބޯޖަހާލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ގާތް ދެ ރަހުމްތެރިން ކަމުގައިވާ ފާރިޝް އާއި ޝާހިދު ގެ ގުޅުން ގާތް ވީއެވެ. އަމިއްލަ ދަރިއެއް ކަމުގައި ނުވިޔަސް ކައިވެނީގެ ހުރިހާ ހަރަދެއް އަދި ކަމެއް ކުރަން ޝާހިދު ނިންމިއެވެ. އެންމެންވެސް ކާން ތިބެގެން ކައިވެނީގެ ކަންތަކާއި މެދު މަޝްވަރާކޮށްލިއެވެ. ޖައުޝަންގެ އާއިލާ އެގެއިން ނިކުމެގެން ދިޔައީ އަންނަ ހަފްތާގަ ބޮޑު ޕާޓީއަކާއި އެކު ކައިވެނީގެ ކަންތަައް ނިންމާލުމަށް ރާވާ އެގޮތަށް ނިންމާފައެވެ. އެހެނީ ޖައުޝަން އަކީ އެގޭގަ ހުރި ހަމައެކަނި ކުއްޖާއެވެ. އޭނާގެ ކައިވެނި ހަނދާނުން ނުފިލާނެވަރު ގެ ކައިވެންޏަކަށް ހަދަން ފާރިޝް ބޭނުންވެއެވެ.

ކޮންމެދުވަހެއްވެސް ނިމެމުން ދަނީ ނިއުޝާ އާއި ޖައުޝަންގެ ގުޅުން އިތުރަށް ވަރުގަދަކޮށް ދެމުންނެވެ. ލޯބީގެ އެތަކެއް އަހުދުތަކާއި ވައުދުތަކެއް ވަމުންނެވެ. ނޭވާ ހުރިހާ ހިނދަކު އެކަކު އަނެކަކު ކައިރިން ދުރަށް ނުދިޔުމަށް ނިންމައިގެންނެވެ. އަބަދުވެސް އެކަކު އަނެކަކަށްޓަކައި ވާނެކަމަށް ބުނަމުންނެވެ.

ދުވަސްގާތް ވަމުން އަންނަވަރަކަށް ދިޔައީ ޕާޓީގެ ކަންތައްވެސް ނިމެމުންނެވެ. ނިއުޝާއަށް ވަލީ ދިނުން ނިމިފައި އޮތީ ގާޒީއެވެ. އެހެނީ އޭނާގެ އާއިލާގައިއިތުރު މީހަހުކުރިކަމެއް ނިއުޝާއަކަށް ނޭންގެއެވެ.

ލައިގެންހުރި ހުދު ވެޑިންގް ޑްރެސްގައި ނިއުޝާގެ ރީތިކަން އިތުރު ވެގެން ދިޔައެވެ. ކަޅުކުލައިގެ ކުދި ކުދި މާތަކަކާއި ކޮކާ ތަކުން ޖަރީ ކުރެވިފައިވާ އެ ރީތި ބޮޑު ހުދު ހެދުން ހުރީ ބިންމަތީ ޖެހިފައެވެ. އަތްވަނީ ލޭސް ފޮތިކޮޅަކުން ނިވާކޮށްލެވިފައެވެ.އެ ދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާލުމަށްފަހު ބޮޑު ހުދު މާގަނޑެއް އިން ދައްޗެއް ޖަހާލައިފަ އިނުމުން އިސްތަށިގަނޑުވެސް ވަނީ ފުރިހަމަ ކޮށްލާފައެވެ. އަބަދުވެސް ނޯރމަލް މޭކަޕް އެއްގައި ހުންނަ ނިއުޝާ މިއަދު ހުރީ ހުދު ކުލައިގެ މޭކަޕްއަކުން ލޯ ކައިރި ރީތިކޮށްލާފައެވެ. އެ ބޮޑު ދެލޯ ގެ ރިތިކަން އިތުރަށް ހާމަވެގެން ދިޔައީ އަނދުން އަޅާލީމައެވެ. ތުންފަތުގައި ރަތްގަދަ ލިޕްސްޓިކް ކޮޅެއް ޖައްސާލުމަށްފަހު ހިނިތުންވެލިއެވެ. “ނިއު!! ދުވަހަކުވެސް ހީކުރަންތަ މިދުވަސް ލިބޭނެކަމަށް؟ މިހާރު ތިއުޅެނީ ނިއުގެ ޝަން… ޝަންގެ ވައިފަށް ވާން… ކާންޓް ވެއިޓް” ލޯގަނޑުން ފެންނަ އޭނާގެ އަމިއްލަ ސޫރައާއި މުހާތަބުކޮށް ވާހަކަ ދެއްކިއިރު އޭނާގެ ހިނިތުންވުން ފިލައިގެން ނުދާކަހަލައެވެ.

ފަޒީނާ ކޮޓަރިއަށް އައިސް ވަނުމާއިއެކު ނިއުޝާ އަވަސް އަވަހަށް ހަމަޖެހިލިއެވެ. “ދަރިފުޅާ!! މީހަމަ ނިއުޝާތަ؟ ދައްތަ ހިޔެއް ނުކުރަން ދަރިފުޅު އެހާ މޮޅުވާނެކަމަށް އެކަނިން ހުރިހާ ކަމެއް ކުރަން…. ބިއުޓީޝަނުންނަށް ނުގުޅުނުކަން ނަސީބެއްނު… އެމީހުންނަށް ވެސް މިހާ ރީތިކޮށް ނޭނގޭނެ  ހަދާކަށް… ” ނިއުޝާގެ ބުރަކަށީގަޔާއި ބޮލުގައި ފިރުމާލަމުން ފަޒީނާ އެހެން ބުނެލިއެވެ. “ދައްތާ! ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑު މި މަދު ދުވަސް ކޮޅުގައި ވިނަމަވެސް ދައްތަ ބަލައިދިނީތީ.. ވަރަށް ދެރަވެ އެބަ… އެކަމު އަޅުގަނޑު އަންނާން މިގެއަށް އިނގޭ…” ނިއުޝާ ފަޒީނާގެ އަތުގައި ހިފާލަމުން އެހެން ބުނެލި އިރު އޭނާގެ ލޮލުން ކަރުން ހިލުނެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މައެއްގެ ލޯބި އެންމެ ބޭނުންވި ދުވަހު ފަޒީނާ އެ ލޯބި ދިނުމަށް ތައްޔާރުވިއެވެ. އެ މަދު ދުވަސްކޮޅުވެސް އަމިއްލަ ދަރިފުޅުހެން ބަލާ އަޅާލިއެވެ. “ދަރިފުޅުވެސް ދައްތަ ކައިރިއަށް އައިސް އަންހެން ކުއްޖެއްގެ ފަޅު ފިލުވައިދިނީނު… ދައްތަ ވަރަށް ބޭނުންވި އަންހެން ކުއްޖެއް… ދަރިފުޅު އައީމަ އެކަންވެސް ހައްލުވީ.. ދެން ޝިޔާން ގެންނަން އުޅޭ ކުއްޖާ ހުންނާނެ އެއްނު ދޯ.. ހެހެހެ.. މޭކަޕް ހަޑި ވެދާނެ ނުރޯތި އިނގޭ.. ދައްތަ ކައިރިއަށް ދަރިފުޅު ބޭނުން ގަޑިއަކު އާދެވޭނެ. މީވެސް ދަރިފުޅުގެ ގެއެއް އިނގޭ…” އެހެން ބުނި އިރުވެސް ފަޒީނާގެ ލޮލުން ކަރުނަ އާދެއެވެ. ނަމަވެސް އޭނަ މަސައްކަތް ކުރީ ނުރޯށެވެ. އޭރު އެ މޫނުމަތިން އެކަން ފާޅުވާން ހުއްޓެވެ. ދެމީހުންވެސް ހިނިތުން ވުމަކުން ފުއްދާލީ ނުރޯން ހިތްވަރު ކުރަމުންނެވެ. އަނެކާ ދެރަވެދާނެއޭ ވިސްނާފައެވެ.

-ނުނިމޭ- (:

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހައިފާ (ދެ ވަނަ ބައި)

Next

ދުރުގައި ވިޔަސް… (2)

Next
October 24, 2015

ދުރުގައި ވިޔަސް… (2)

Previews
October 24, 2015

ހައިފާ (ދެ ވަނަ ބައި)

47 Comments!

  1. Ryn says:
    October 24, 2015 at 9:15 am

    hey guys.. 😉 here is the nxt part… hope u all will lyk it.. enjoy the day. n hama shan ah v vx dhw.. 😉 have a nyc day.. 😉 😉 ..

  2. nazi says:
    October 24, 2015 at 9:26 am

    vvv reethi n waiting for nexs part

    1. Ryn says:
      October 24, 2015 at 10:48 am

      thanks 😉 😉 enjoy.. thnks fr reading 😉

  3. HMSTH says:
    October 24, 2015 at 9:47 am

    perfect.. ^-^

    1. Ryn says:
      October 24, 2015 at 10:48 am

      thnkayou 🙂

  4. mary says:
    October 24, 2015 at 9:51 am

    Nice story eh

    1. Ryn says:
      October 24, 2015 at 10:49 am

      thanks 😉 🙂 n thnks fr reading… enjoy 😉

  5. hammii says:
    October 24, 2015 at 9:59 am

    vvv reethi 🙂 waiting for next part….

    1. Ryn says:
      October 24, 2015 at 10:50 am

      thanks…. n thnks fr reading 😉 enjoy 😉

  6. nukko says:
    October 24, 2015 at 10:54 am

    Omg ryyynn… nukko ah rovijjey… v nallaaa ingeyyy… nxt part kn irakun??? Cant wait… its beautiful…. luv u n nukko misses u nikko… 😛 😛 😛
    🙂 🙂 🙂 🙂 🙂

    1. Ryn says:
      October 24, 2015 at 11:00 am

      thnks nukko… ehheh kn day eh kameh vaki neynge bt in sha allah vrh avahah.. 😉 luv u too n nikki misses u mre nukko 😉 😉

    2. nukko says:
      October 24, 2015 at 11:01 am

      Kn anonymous eh tha thts me ingey ryyn.. nukko….

    3. Ryn says:
      October 24, 2015 at 11:13 am

      heheh i knw nukko ryn chng khlaifin nw.. 😉 😉 name nujaha pst kurnya anonymous araany 😉

  7. zaha says:
    October 24, 2015 at 11:06 am

    nice story. waiting waiting for the next part ………………………

    1. Ryn says:
      October 24, 2015 at 11:15 am

      hehe thnks xahaa 😉 🙂 n thnks fr reading 🙂 enjoy

  8. Zeeko dhontha says:
    October 24, 2015 at 4:28 pm

    Zeeko frnd eh liyaa vaahaka eh vegen zeeko dhontha vx mivaahaka ebakiyan. Vaahaka gohehnoon

    1. Ryn says:
      October 24, 2015 at 6:29 pm

      hehehe.. thnks 😉 😉 n thnks fr reading.. 😉

  9. xy says:
    October 24, 2015 at 4:34 pm

    Nyc …whn nxt prt

    1. Ryn says:
      October 24, 2015 at 6:37 pm

      thanks xy 😉 n in sha allah vrh avahah up kh dheynan once again thnks.. 😉

  10. Kii says:
    October 24, 2015 at 5:07 pm

    Vrr rythi mi part..

    1. Ryn says:
      October 24, 2015 at 6:40 pm

      thanks 😉 n thnks fr reading… 😉 enjoy

  11. aal says:
    October 24, 2015 at 6:49 pm

    V v v v reethi mi part ves. Waiting for next part

    1. Ryn says:
      October 24, 2015 at 7:20 pm

      thanks aal ;)… n enjoy…. thnks fr reading 😉

  12. dark princess says:
    October 24, 2015 at 6:52 pm

    Vv nice… enme fahun hama jaushan ah mivy dhw… thanks ryn… keep uploading nd best of luck… luv u ryn mikahala salhi story eh genesdheythy…

    1. Ryn says:
      October 24, 2015 at 7:22 pm

      hehhe thnks dark princess…. yrh jau dhw hama eheheh…. welcm.. n thnkyou for being one of my fav reader.. i really like when you comment. your so sweet.. thanks.. n luv u too fr being one of my bst readr.. 😉 <3… n once again thnks alot 😉

  13. alko says:
    October 24, 2015 at 10:15 pm

    V.reethi mivaahaka musthagubalga ithuru vaahaka thah liyaane kamah ummeedhu kuran

    1. Ryn says:
      October 25, 2015 at 10:14 am

      thanks alko…. n thnks alt fr reading 😉 enjoy 😉

  14. Hudha says:
    October 24, 2015 at 10:35 pm

    Vaahaka liyumuge kurin emme furathama reethi koh dhivehi bahun liyan dhaskurun buhdhiveri..Varah kuh bas ginakan faahaga kurevey…

    1. Ryn says:
      October 25, 2015 at 10:14 am

      i will try my best to improve.. thanks 😉 enjoy

  15. Crazi says:
    October 25, 2015 at 7:37 am

    V reethi

    1. Ryn says:
      October 25, 2015 at 10:15 am

      thanks.. n thnks fr reading.. 😉 enjoy

  16. .......... says:
    October 25, 2015 at 11:20 am

    enmen ves author ge kusheh dhahkan vejjeyya hetakah comment kohlaane eki ehchehi kiyamun.. ekamu stroy reethi vefa dhahkaanr kusheh nethiyya comment eh nukuraane. aharen hithah araa kuh dhahkaa fadhain kohfaa huri rangalhu kanthah ves dhahkaane namaey.. ekaku ehcheh bunelaairah meehunthah dw ehlaa laane thaneh dhoreh balaives nula mi storyga ekahala kameh nufenuneethr dhahkaafa dw ehlan…dhuvahakuves bunelinthr dw varah reethi.. abadhuves dw ehleynee dw ulhey faadeh.. foni anheneh ekahala ehchehi ah.. ulhey faadeh dhen.. bdw this part is so awesome. waiting for next part. 😉

    1. Ryn says:
      October 25, 2015 at 1:05 pm

      thanks.. 🙂 n thanks fr reading.. enjoy 😉

  17. swyt says:
    October 25, 2015 at 7:55 pm

    Stry reethi. Bt shauguverikan hifehentifa nei kan faahaga kurey. Professional meehun liyefa hunna stry kiyaalaafa vissanaige liyuneyma rangalhu vaane. Wish u all tha bst ryn. Luv u.:)

    1. Ryn says:
      October 25, 2015 at 9:09 pm

      thnks.. n thnks fr telling me the mistake too.. n yrh i will try my bst to imprve.. once again thnks fr the suggestion and thnks fr reading too ehhehe.. luv u too 😉 😉 🙂

  18. Anonymous says:
    October 25, 2015 at 7:57 pm

    Nice story ☺

    1. Ryn says:
      October 26, 2015 at 11:30 pm

      thanks 😉

  19. Luvna says:
    October 26, 2015 at 2:32 pm

    ???????????????❤????????????

    1. Ryn says:
      October 26, 2015 at 11:31 pm

      🙂 thnkss fr reading 😉

  20. Luvna says:
    October 26, 2015 at 2:34 pm

    Hope to see next part soon

  21. maaee says:
    October 26, 2015 at 3:18 pm

    hitah araa mi aharenge dhiri ulhumah vaane namaey i luv kuhjeh dheke vr bodah bt 2 yrs v ma he dnt want me n ngey kamuves nuhadhaa..am sry..cry kurevnu mi vaahaka kiyaafa..miga ulhey kuhjaage naseebu rangalhu kamun adhin real stry akah nuviyas..midhaairaain kurierun ryn ah dhehvaashi

    1. Ryn says:
      October 26, 2015 at 11:33 pm

      u knw sumtyms knme kameh vaany knms reasn akaai laign.. may b e boy e dhiyaeema u ge lyf ah ehn boy eh i myn rangalhu n who will luv u mr thn anythin annankamah.. think positive n dnt lse hope.. 😉 thnks fr reading. n enjoy 😉

    2. Anonymous says:
      October 27, 2015 at 7:53 am

      only i want him

    3. Ryn says:
      October 27, 2015 at 9:41 am

      fahun vaane gotheh neynge ennu dhw.. bt hama eyna vx aisdhaane ennu.. or ehn kuhjeh…. jxt b strng n happy 😉 😀

  22. maaee says:
    October 27, 2015 at 11:01 am

    i cant get him

    1. maaee says:
      October 27, 2015 at 12:15 pm

      n baeh myhun hykurani am vr weak ey i begged him my lyf ah ehn nuhadhan ma exam next week eba oyyi bt cox of ths arguments i dnt give times tomy study..eventhough my family n frnds ah ves time nudhevey strong vaan varah trykuran bt roveni my life spoil vegen dhiatan fenifa..bt am nt weak i dnt share ekuhjaage vaahaka ekakahves…n ekuhjaa ah chuppuves nubunan..bt tedhuveri love ge badhaluga i got hurtness its my destiny n am very unlucky

  23. enter your name says:
    October 27, 2015 at 12:17 pm

    nice story keep it up

Comments are closed.

Next Episodeހިތުގަ މިވާ ސޫރަތެދޭ!!! 7←


All Right Reserved!