Skip to content
އެސްފިޔަ

ހިތުގަ މިވާ ސޫރަ ތެދޭ!! 4

އިރު އޭގެ ވާޖިބު އަދާކުރުމަށް އޭގެ ދޯދި ތަކުން ދުނިޔެމަތި ހޫނު ކުރަމުން ދިޔައެވެ. މިއަދު މީ ޖައުޝަން ގެ ހަޔާތުގެ އެންމެ މުހިންމު އެއް ދުވަހެވެ. ވަގުތުތައް ދިޔަލެއް ލަސްހެން ޖައުޝަންއަށް ހީވެގެން އެތަކެއް ފަހަރު އެއްޗެހި ގޮވާލެވުނެވެ. ގަޑި ނުބައިތޯ ބަލައިލެވެއެވެ. އެވަރު ނުވެގެން 5 ޖަހާއިރަށް އެލާރމް ވެސް ކޮށްލިއެވެ. މިއަދު އޭނާ އުޅެނީ އާވާރާވެފައިވާ މީހެއްހެންނެވެ. އެންމެ ފަހުން އޭނާގެ މަންމަ ސަކީލާއަށް އެކަން ފާހަގަވީއެވެ. “ދަރިފުޅާ ކިހިނެއްވެގެން ތިއުޅެނީ.؟ މާ އަވަސް އަރުވާލާފަ އިރުކޯކޮޅާ ގަޑި ބަލަނީ ކިހިނެއް ވީތަ އަނެއްކާ؟ ތަނަކަށް ދާންވެފަތަ؟” ސަކީލާ ޖައުޝަން ގެނެސް ސޯފާ މަތީ ބޭންދިއެވެ. އަދި އޭނާ ކައިރި އިށީންދެލިއެވެ. “މަންމާ… ވަރަށް ދުވަސް ވެއްޖެ މިވާހަކަ މަންމަ ގާތު ބުނަން އުޅޭތާ..” ޖައުޝަން އޭނާގެ މަންމަގެ އަތުގައި ހިފާލިއެވެ. “ކޮންވާހަކައެއް؟” ސަކީލާ ސުވާލުކޮށްލިއެވެ. “މަންމާ. އައި އެމް އިން ލަވް… އޭނަ ގާތު މިއަދު އެވާހަކަ ބުނަން ދާން ވެގެން..” ޖައުޝަން ސަކީލާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުންޏެވެ. “އެހެންވެ ދޯ މިއަދު މާ އަވަސް އަރުވާލާފަ. އެއީ ކޮން ކުއްޖެއްތަ؟” ސަކީލާ ޖައުޝަން ގެ ބޮލިގައި ފިރުމާލިއެވެ. “ނިއުޝާ ކިޔަނީ… އޭނަ އަކީ މަންމައެއް ވެސް ބައްޕައެއް ވެސް ނެތް ކުއްޖެއް…. ބަލަމުން އައީ ދޮންމަންމަ.. ދޮންމަންމަ އޭނައަށް ވަރަށް އަނިޔާ ކުރޭ.. ދެން އެއްދުވަހަކު އެކަން މާ މައްޗަށް ގޮސްގެން އަވަށްޓެރި ބަޔަކު މައްސަލަ ޖެއްސީ. ދެން މިހާރު އޭނަ އުޅެނީ ފަޒިއްތަ މެން ގޭގަ.. ފަޒިއްތަ މެން ގެންގުޅެނީ.. އަހަރެން ވަރަށް އުފާވި އޭނައަށް އެހާ ރަނގަޅު އާއިލާއެއް ލިބުނީމަ..” ޖައުޝަން ހިޔާލަކަށް ގެއްލި އިނދެ ނިއުޝާގެ ދިރުއުޅުމުގައި ވީ ކަންތަށް ކިޔާދިނެވެ. “މަންމަ ވެސް ވަރަށް އުފާވެއްޖެ. އަނެއްކާ ފަޒީނާ މެންނަކީ އެހާ ރަނގަޅު ބައެއް.. ދަރިފުޅު ނިއުޝާ ގެންނަންޗޭ މިރޭ..”. “ދަރިފުޅު ކޮންއިރަކުން ދާން ތިއުޅެނީ؟”. “5 ޖަހާކަށް ހާއިރު ދާނީ..”
ގަޑިން 5:15 ވީ އިރު ޖައުޝަން ހުރީ އެތަނަށް އައިސްއެވެ. ނިއުޝާ އާންމުކޮށް އަންނަނީ 5:30 ގައެވެ. ސައިކަލު މަތީ އިށީނދެގެން އިނީ ނިއުޝާ އަންނާނެ އިރެއް ވަންދެންނެވެ. އޭރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ހުރިހާކަމެއްވެސް ރަނގަޅަށް ވުމަށް ދުއާ ކޮށްލެވުނީ ކިތަށް ފަހަރު ކަމެއްވެސް ނޭނގުނެވެ. އެ މޫނުމަތީ ނުތަނަވަސް ކަމާއި ހިތް އަވަސް ވެފައި ހުރިކަން އެހާމެ ރީއްޗަށް ފާހަގަވެއެވެ. ނިއުޝާ އަންނަތަން ފެނުމާއި އެކު ޖައުޝަން ކައިރި ހުރި ގަހުގެ ފަހަތަށް ފިލިއެވެ. އޭނާ ބޭނުމީ ސަޕްރައިޒްއެއް ދޭށެވެ. ނިއުޝާ އައިސް ފާރު މަތީ ޖައްސާލީ ޖައުޝަން އަންނާނެ އިރެއް ވަން ދެން މަޑުކޮށްލާށެވެ. އެވަގުތު އެނާގެ ޝަން މަތިން ވަރަށް ހަނދާންވިއެވެ. “ޝަން…. އަހަރެންނަށް މިހާރު ނުލިބިފައި ހުރީ ހަމައެކަނި ޝަން….” ނިއުޝާ އަށް އެހެން ބުނެލެވުނު ވަގުތު ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. އެ ތިއްކަކަށް ފަހު ތިއްކެއް ނިއުޝާގެ ކޮލުގައި ބީހިލުމަށްފަހު އަތަށް ވެއްޓެއެވެ. އަތުން ކަރުނަތަށް ފުހެލުމަށްފަހު އަނެއްކާވެސް އޭނާ މޫދާއި ދިމާލަށް ބަލައިލިއެވެ.
“ތީ ތީ އެ މަގޭ އެންމެ އެދޭ ހިތުގަ މިވާ ސޫރަ ތެދޭ ލޯބި މިވާ ވަރު ދެން ބުނިއްޔާ ގޯހެއް ހޭ މީހަދާ” ހިޔާލަކަށް ގެއްލިފައި އިނދެ އެ ލަވަ ކިޔާލެވުނީ ބޭއިހުތިޔާރުގައެވެ. ” އޯ.. އަންނާށެ އިސްނަގާ.. ރޭ މިވަނީ ދަންވެފަ. ނުނިދޭނޭ މިރޭ އައިމާނޫނީ ކަލާ..” ނިއުޝާ ސިއްސައިގެން ގޮސް ފަހަތް ބަލާލިއެވެ. އޭނާއަށް ހީވީ އެލަވަ ކީ ޝަން ކަމަށެވެ. “ޖައު.” ނިއުޝާ އަށް ފަހަތުގައި ހުރި ޖައުޝަން ފެނި ހިނިތުން ވުމެއް ރައްދުކޮށްލިއެވެ. “ޖައު.. އަހަރެން ބުނީމެއްނު އެލަވަ ނުކިޔަންޗޭ.. ޕްލީސް ނުކިޔަންޗޭ ދެން.” ނިއުޝާ އަޑުގައި އާދޭހެއް އެކުލެވިގެންވެއެވެ. އެހެނީ އެ ލަވަ އެހެންމީހެއްލައްވާ އޭނާ ކިޔަން ބޭނުމެއް ނުވެއެވެ. އެއީ ހަމައެކަނި ޝަން ފުރިހަމަ ކޮށްދޭންޖެހޭ ލަވައެކެވެ. ޖައުޝަން އައިސް ނިއުޝާކައިރި އިށީންނަމުން އޭނާއާއި ދިމާ ބަލައިލިއެވެ. “އަސްލުވެސް ޝަން ދެކެ ލޯބި ވޭތަ؟” އެ ބުނި ޖުމުލައިން ނިއުޝާއަށް ޖައުޝަންއާއި ދިމާލަށް ބަލާލެވުނެވެ. “ޝަން؟.. ކިހިނެއް އިނގުނީ” ނިއުޝާ ވަރަށް ހާސްވިއެވެ. ޖައުޝަންއާއި އެތައް ދުވަހަކު ބައްދަލު ވިއެއްކަމަކު ޝަންއާއި ބެހޭ މާ ބޮޑު ވާހަކައެއް ދެކެވިފައި ނެތި އޭނައަށް ޝަން އިނގުނީމައެވެ. “ޝާ… އައި ލަވް ޔޫ ޓޫ.. ވަރަށް ލޯބިވެ…” ޖައުޝަން ނިއުޝާއާއި ހަތަރު ކަޅު ހަމަކުރަމުން ބުނެލިއެވެ. ނިއުޝާއަށް ހީވީ ކަރަންޓެއް ޖެހުނު ހެއްނެވެ. ޖައުޝަންގެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.
“ޝާ… އައި އެމް ޔޫރ ޝަން… އަހަރެން ހިޔެއް ނުކުރަން އޭރު ޝާ އަހަރެން ދެކެ ތިހާ ލޯބި ވާނެ ކަމަކަށް.. އެކަމު މިހާރު އިނގިއްޖެ.. އައި ލަވް ޔޫ ޓޫ ޝާ… އައި ލަވް ޔޫ ޓޫ…” ޖައުޝަން އެ ހުރިހާ އެއްޗެއް ކީ އިރުވެސް ނިއުޝާއަށް އިނދެވުނީ ޖައުޝަން އާއި ދިމާލަށް ބަލާށެވެ. އެ ބޮޑު ދެލޮލުން ކަރުނަތައް އަންނަން ފެށީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އަގައިން ބަހެއް ބުނެ ނުލެވުނު ކަމަށް ވިޔަސް އެ ދެލޮލުން ފޭބި ކަރުނަތަށް ޖައުޝަން އަށް އޭނަގެ ޖަވާބު ދިން ކަހަލައެވެ. ފުން ނޭވާއެއް ޖައްވަށް ދޫކޮށްލުމަށްފަހު އޭނާ އޮއްސެމުން ދިޔަ އިރާ ދިމާ ބަލައިލިއެވެ. ” ކަލާއާއި އެކު އަހަރެން މި މަންޒަރު ބަލަން ބޭނުންވެއެވެ. ކަލާދެކެ ލޯބި ވާވަރު އެ އޮއްސޭ އިރު ހެކިކޮއް ބުނެދެން ބޭނުންވެއެވެ.” ޖައުޝަން އެހެން ބުނެލުމަށް ފަހު ނިއުޝާގެ ޑައިރީ އޭނާ އާއި ހަވާލުކުރިއެވެ. ނިއުޝާއަށް އެއްވެސް އެއްޗެއް ނުބުނެ ހުރި ޖައުޝަން ދިން ޑައރީގައި ހިފިއެވެ. އޭނާއަށް ދެން ކަންތައް ކުރަންވީ ގޮތް އިނގުނު ކަހަލައެވެ.
ނިއުޝާ ފުން ނޭވައެއް ލިއެވެ. “ޝަން ބަލާބަލަ އޭނަ އޮއްސޭ އިރު.. ސަޅި ދޯ.. އިނގޭތަ އަހަރެން ޝަން ދެކެ ލޯބިވޭ… ވަރަށް ލޯބިވޭ… އެ އިރަށް ވާހަކަ ދެއްކޭނަމަ އެ އިރުވެސް ބުނިސް.. ޝަން އޭ ނިއު ހަމަ އަސްލުވެސް ޝަން ދެކެ ލޯބިވެޔޭ. އޭނަ އެކަނި ކޮށްނުލާށޭ..” ނިއުޝާ އިރާއި ދިމާ ބަލައިލިއެވެ. އޭނާއަށް މިހާރު ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނުކަހަލައެވެ. އެނާގެ ހިތް ޖައުޝަން ގެ ބީހިލުމަށް ޝަން އަށް ގޮވަނީ ކީއްވެކަންވެސް އިނގުނެވެ. އެއީ ލޯބީގެ ބާރެވެ. “ޝާ…!” ދެމީހުންގެ މެދުގައިވާ ހަމަ ހިމޭންކަން ފިލުވާލީ ޖައުޝަންއެވެ. ނިއުޝާއަށް ޖައުޝަން އާއި ދިމާ ބަލައިލެވުނެވެ. ޖައުޝަން ނިއުޝާއާއި ކައިރިވެލިއެވެ. އަދި އޭނާގެ ނިތްކުރިމައްޗަށް ބޮސްދިނެވެ. “ސޮރީ މާ ގިނަދުވަސް ވަންދެން އަހަރެންނަށްޓަކައި އިންތިޒާރު ކުރަން ޖެހުނީމާ.. އެކަމު މިހާރު މި އައީނު.. ދެން ނުވެސް ދާނަން ޝާ ދޫކޮށްލާފައެއް..” ނިއުޝާގެ ލޮލުން އަނެއްކާވެސް ކަރުނަތަށް އަންނަށް ފެށިއެވެ. “ނޯ. ދެން ނުރޯތި އޯކޭ..” ނިއުޝާ އެއްޗޭ ނުބުނި ކަމުގައިވިޔަސް ބޯ ޖަހާލިއެވެ. އަދި ހިނިތުން ވެލިއެވެ.

“ޝާ.. ވާހަކަ ދައްކަބަ.. ކީއްވެ ވާހަކަ ނުދައްކަނީ؟” އެންމެ ފަހުން ޖައުޝަންއަށް ބުނެލެވުނެވެ. ” ހީވަނީ ހުވަފެނެއްހެން.. ދެން ވާހަކަ ދެއްކީމަ ހޭލެވިދާނެތީ މި އިންނަނީ. އަހަރެން ބޭނުމެއްނޫން މި ހުވަފެނެއްނަމަ ތެދުވާކަށް.” ނިއުޝާ އެންމެ ފަހުން ސަބަބު ހާމަކޮށްލިއެވެ. “ހެހެހެ އަދިވެސް އެކަހަލަ މޮޔަ ވާހަކަ. ހަމަ ކުޑަ ކުޑަ ކުއްޖެކޭ ދޯމީ.. ކުރިންވެސް އަދިވެސް..” ޖައުޝަން ހޭން ފެށިއެވެ. ނިއުޝާއަށްވެސް ހެވުނެވެ. ހަޤީޤަތުގައި ނިއުޝާއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އެއްފަހަރާ ހުރިހާ އުފަލެއް ލިބުނުހެން އޭނައަށް ހީވިއެވެ. ވާހަކަ ފަށަން ވީ ކޮން ހިސާބަކުންވެސް އޭނާއަކަށް ނޭނގެއެވެ. ހަމައެއާއި އެކު އޭނާ ހުރީ ހައިރާންވެފައެވެ. ޖައުޝަން އާއި ނިއުޝާ ދިމާވި ގޮތާއި މެދު ވިސްނާލާފައެވެ. އަނެއްކާ ޝިޔާން އާއި ޖައުޝަންގެ އެކުވެރިކަމެވެ. މިހުރިހާ ކަމަކީވެސް ހަމަ ތަގުދީރެވެ.

ދެމީހުން އެތަކެއް އިރުވަންދެން ވާހަކަދައްކަން ތިއްބެވެ. އިރު އޮއްސި ދުނިޔެއަށް އަނދިރިކަން ވެރިވި ވަގުތު ނިއުޝާއާއި ޖައުޝަން ދާން ހިނގައިގަތެވެ. “ފުރަތަމަ ދާނީ މަންމަކައިރިއަށް ދޯ؟” ޖައުޝަން ނިއުޝާ ސައިކަލަށް އެރުމުން ސައިކަލު ސްޓާރޓް ކޮށްލުމަށްފަހު ބުނެލިއެވެ. “ޖައު ގެންދިޔަ ތާކަށް” ނިއުޝާ އެހެން ބުނެލިތަނުން ޖައުޝަން ސައިކަލު ގެ ބުރެކި ޖެހިއެވެ. “ކިހިނެއްވީ؟” ނިއުޝާ އެހިއެވެ. “ޖައު އެއް ނޫނޭ… ޝަން.” ކުޑަކުއްޖެއްހެން ތުން ދަމާލުމަށްފަހު ޖައުޝަން އެހެން ބުނެލީ ނިއުޝާ ހެއްވާލަންވެގެންނެވެ. އޭނާ އެ ކަމުގައި ކާމިޔާބުވިއެވެ. ނިއުޝާ ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. “ސާބަސް… ތީ ކުޑަކުއްޖެއްތަ ދެން.. ދެންވެސް އަވަސް ކޮށްބަލަ ޕްލީސް… ފަޒިއްތައަށް ލަސްވާނެޔޭ…” ނިއުޝާ ޖައުޝަންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. “ލޯބިން ބުނޭ” ޖައުޝަން ވެސް ގަދަކޮށްލިއެވެ. “ބުނާނެ އަހަރެންނޭ ޗޭންޖް ނުވަނީ ބޭބީ އޭ އަދިވެސް.. އެކަމު ޝަން ވެސް ހަމަ އޭރު އުޅުނުހެން ތި އުޅެނީ އިނގޭ….” ނިއުޝާ ކުރީގެ ހަނދާންތައް އާކޮށްލިއެވެ. ތެދެކެވެ. ޖައުޝަން އެއްވެސް ވަރަކަށް ބަދަލެއް ނުވެއެވެ. ހަމަ ކުރީގެ މަޖާ މިޒާޖެވެ. “އައި އެމް ވެއިޓިންގް” ޖައުޝަން ލޯ ހަނިކޮށްލުމަށްފަހު ދޫނެރެލިއެވެ. “ޝަން ހިނގާބަ ދެން ދާން ޕްލީސް.” ނިއުޝާ ވަރަށް ލޯބިން އެހެން ބުނެލި ވަގުތު ޖައުޝަން ސައިކަލު ސްޓާރޓް ކޮށްލިއެވެ.

-ނުނިމޭ- (:

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. Ryn

    sorry guys.. vrh late dhw up kurevunuleh.. aslu adhivx nunime stry ehkohnneh bt las vaathyve up kury liyefa in baeh…. i am really really sry las v ma.. and mi part short kurevunyma vx sry. 🙁 🙁 hope u guys will understand.. and missed you all alot. 🙂 🙂 and hykurn mi part rythi vaane kamah.. mistakes thah bunedhenchey.. n enjoy… 🙂 🙂 luv u all <3 thanks fr reading :3

    1. Ahoo
      Ryn

      Aa ekamaku hatharu dhamu chat kuran idhevey..

    2. Ryn
      Ryn

      eii stry liyan indhgnney 🙂

  2. azi

    Me first …. Wow v salhi…

    1. Ryn
      azi

      thanks azi 🙂 and cngrts ur 1st 🙂 😀 n thnks fr reading 🙂 🙂

  3. Ahoo

    maammaa I am in love e than v joke.. I am in love ekey nubunaane dhoa.. bunaany thimanna ah kuhjaku kamudhe ey ekahaka gothakah dhurunehnu fahtaany..

    1. Ryn
      Ahoo

      owh thanks ahoo.. nxt tym i will imprve it.. thanks alt fr telling me.. n ryn ah vx dhnme mi faahaga v… nukiyaala mi post khlyvx las vaathyvegn ehn part thah liyan indhefa…once again thanks alt… thnks fr reading enjoy 😉 🙂 🙂

  4. shazz

    Mi vaahaka hyvany v reethi vaanehen

    1. Ryn
      shazz

      thanks shazz 🙂 🙂 n thnks fr reading.. 🙂 enjoy

  5. dark princess

    V nice story eh… v kiyaalaa hiyyvey… avahah up kohdhehchey.. keep it up Ryn…

    1. Ryn
      dark princess

      thanks dark princess.. in sha allah up kuraanan.. thanks alt.. n thnks fr reading 🙂 🙂 🙂

  6. Shabee

    heii ryn..mi prt vx vrh habeys 😉 mxt prt kon irakun? bst of luck 😀

    1. Shabee
      Shabee

      nxt* mistake eh ingey..hehee 😛

    2. Ryn
      Shabee

      in sha allah vrh avahah up khdheynan.. thanks shaby.. thanks you so much.. miss u.. n wil miss u alt.. 🙂 🙂 🙂 luv ya.. n once again thanks

  7. Ryn

    ryn is missing ryn ge fav reader… :(…

    1. luvna
      Ryn

      who is your fav reader.

    2. Ryn
      Ryn

      someone someone :).. bt e someone eh nukure.. so Sad.. bt luv kurynu so m happy… 🙂

  8. sofoo

    Ohhhh emefahun kiyaalan libije dhow…..alhe avaha up kodhaynama kihaa ragalhu…..umeedh kurgan dhen avas vaane kama …best of luck ryn

    1. Ryn
      sofoo

      sorry sofoo.. and dhen maa gina dhuvaheh inthixaaru kuraakah nujeheyne in sha allah.. and i am really sry las v ma. n thnks alt. n thnks fr reading 🙂 😉

  9. Thoo

    Mi prt vx v reethi Kon irakuntha nxt prt up kuraanee?

    1. Ryn
      Thoo

      thanks thoo.. in sha allah maadhan nun aneh dhuvas ah up kuran mi balany 🙂 n once again thanks alot enjoy

  10. Thoo

    Mi prt vx v reethi Kon irakuntha nxt prt up kuraanee?

  11. zai

    Wow nice mi partvex nxt part kn irakun ryyn..miss u a lot ryyn

    1. Ryn
      zai

      thanks xai.. maadhan nun aneh dhuhu up khleveythw balaanan in sha allah.. n miss u more n more.. n thanks alt 🙂 🙂

  12. Crazi

    Las vaathee deraey mi vahaka ves vrh reethi

    1. Ryn
      Crazi

      thanks crazi.. and sry las vaathy ingey… bt thn avas kh up kureveythw balaanan.. once again sry.. n thnks n enjoy 🙂

  13. luvna

    hei ninny. finally i got to read your story. am so happy you uploaded it. thank you.. the story is awsome as always. wow! finally N J are together. hope to see next part soon. love you and miss u alot.

    1. Luvna
      luvna

      ????????

    2. Ryn
      luvna

      heheh thnks luv… yeah finally N J is togther dhw.. was waiting fr this special moment ryt? 😉 and luv u n miss u mr n mr…n thankyou sooooooo much…..

  14. luvna

    thee theee magey enme edhey,
    hithugaa mivaa soora thedhey
    loabi mivaa varu dhn bunniyaa
    goaheh hey mee hadhaa
    hoo annashey isnagaa
    rey mivany dhan vefaa
    nunidheyney mirey aaimaa noony kalaa

    1. Ryn
      luvna

      🙂 🙂 🙂 dhn e lava kiyaala kiyaala indhey ingey luv.. ummmmmwahhxxx!!

  15. Luvna

    Ninny when are you ulpoading next part.???

    1. Ryn
      Luvna

      in sha allah maadhamaa rey.. 🙂 🙂 😉

  16. j boat

    hey pretty ur story is awesome…bt thr r few grammer mistakes like sukun…nd also not bureki jehi bureki jehsi kiyaany….ur idea is awesum nd whn u improve those things dan the whole story will b super awesum…

    1. Ryn
      j boat

      yayy!! thanks j.. i wil imprv it in sha allah.. thnks alt… 🙂 🙂 🙂 😉 🙂 n once again thnks fr reading 😉 🙂

  17. Zeen

    shaa, jau shan niu…haadha olhey.. varah foohi ehenve kiyan.. and baeh than than kolhu hama ves nujehey.. try kohlaafiya improve vaane.. good luck

    1. Ryn
      Zeen

      thanks zeen. i will try my bst to improve.. n m really sry cnfuse v ma… n once again thnks alt.. 😉 enjoy

  18. nazi

    v v v salhi

    1. Ryn
      nazi

      thnaks nazi.. 🙂 🙂 😉

  19. Naa

    vvv reethi … thivaahakaige aneh bayah inthizaaru kuran

    1. Ryn
      Naa

      thnks naa.. vrh avahah up vaane… kyp waiting thnks.. 🙂

  20. nazi

    Ryn konirakun vaahaka up kolladheyneeeeh kiyaahithu mihaaru iru kolhakaa balaalevey up vitho waiting waiting waiting ga mi inee

    1. Ryn
      nazi

      owh.. ryn mirey up khdheynan ingey swyty.. n sry fr making u wait fr this. 🙂 🙂 🙂 .. n thnnks dear fr liking my stry… fyling blessd with so many cute awsm fans..

  21. fair prince

    nice story….and hiyheyo kuhjjaka varah gulhey boundary ehga storyge body hifahahttaafa thi huhnnanee….nicee……haadha lobi maanavx kuran egey kuhjjeh dw mii…and imlaaaa kuh gavaaidhu kuh islaahukohlahchey..dhn suspense gehlvaanulahchey…odd feel eh vaavaru nukurahchey….grt wrk….

Comments are closed.