ދިރުމެއްނެތް ދިރިއުޅުން 4
“ޒީން! އެއްކަލަ ވާހަކަ މިހާރު މަންމަކައިރި އެހީތަ؟ މިބުނީ ފޯނުކުރާ ވާހަކަ؟”
ނަތޫ އެހެން ބުނުމުން އަހަރެން ފޫހިވިއެވެ. އެހެން ނަމަވެސް ދާދިފަހުން މަންމަމެނާއެކު ކާންތިބި ދުވަހެއްގައި އެވާހަކަ ދެއްކުމުން މަންމަ ވަރަށް ހާސްވެ ވާހަކަ އަހަރެން ނަތޫއަށް ކިޔައިދިނީމެވެ.
“އެހެންތަ. އެކަމަކު ތިހާ ހާސްވީ؟… ހޫމ.. ޒީން! މަށަށް ހަމަ ހީވަނީ ކޮންމެސް އެހެންކަމެއް ތީގައެބަވާހެން. ދެން އެހެންޏާ އެހެން އަހާލައިގެން ކަމެއްވިޔަސް، ސިއްރުކުރަމުން ހާސްވުމުގެ ބޭނުމެއް ނެތް އަސްލު.. މަށަށް ވިސްނޭގޮތް މިބުނީ. ޒީން ދެންތީ ކޮންމެ ކަމެއް ކޮންމެ ގޮތެއް ވަރިހަމަވެފަ ހުންނަ މީހެއް. މަށަށް ފެންނަނީ ހަމަ މަންމަމެން ހާސްވީމަވެސް ތިވާހަކަ އަހަން.”
ނަތޫ އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ. ތެދެކެވެ. މަންމަގެ އެ ހާސްކަމުގާ ފަރުދާއެއް ވެއެވެ. އެކަން އަހަންނަށް ޔަގީނެވެ. އެހެނަސް ޔަގީންނުވާ ކަމަކީ އެ ފަރުދާގެ ފުރަގަހުގައި ވަނީ ކޮންކަންތައްގަނޑެއް
ކަމެވެ. އެކަމަކު މަންމަމެން ހަމަ އަހަންނަށް ކަމެއް ސިއްރުކޮށްފާނެބާއެވެ؟ ނޫނެކެވެ. އަހަންނަކީ މަންމަމެންގެ ހަމައެކަނި ދަރިއެވެ. ބައްޕަމެން އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. މީގެ ކުރިންވެސް ކޮށްދިންކަމެއް ކޮށްދިނީ އަހަރެންގެ ހައްޤުގައެވެ. ވީއިރު، ދެންވެސް އަހަންނަށްޓަކައި އަހަރެންގެ ހައްޤުގައި ޫނޫނީ އިތުރު ކަމެއް ނުކުރާނެއެވެ. އެހެންވީމަ އަހަރެން ހާސްވާންޖެހޭ ކަމެއް ނޯންނާނޭކަން އަހަރެންގެ އަމިއްލަ ނަފްސު އަހަންނަށް ވިސްނައިދެއެވެ.
“ނަތޫ! އަޅާނުލާބަލަ. އަހަރެން މޫޑް ހަރާބުވެދާނެ. ދެންދަނީ..” އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާތީ އަހަރެން އެހެން ބުނަމުން ހިނގަމުން ކުރިޔަށް ދިޔައިމެވެ.
“ޒީން! ކީއްކުރަން މިމަގުން ތިދަނީ؟ ކަނބުލޮ މަންމަމެން އެބަތިބި ފޯނެއްގަ.” އިޝާލް މަޖާރާގަކަށް ބުނެލިއެވެ.
“މިމަގުންވިއްޔާ ދާކަށް ނުވާނެތަ؟ ދެން މަންމަމެންވެސް ރައްޓެއްހިންނާ ވާހަކަ ދައްކާލާނެއްނު.” އަހަރެން ކޮންމެސް އެއްޗެކޭ ބުނެލީމެވެ.
“ހަމަތެދެއް؟… ރައްޓެއްސެއް؟… އެކަމު ނަތޫ ތިހެން ނުބުނެ.” އަޝާލް ބުނެލިއެވެ.
“އާނ!ދެން އެހެން ނޫނަސް އެއީ އެމީހުންގެ ކަމެއްނު. އަހަންނަކާ ވާކަމެއްވެސް ނޫން. ތިކަހަލަ ކަންކަމާ އަހަރެން މާބޮޑަށް އަޅައެއް ނުުލަން.” އަހަރެން ފަރުވާކުޑަ ގޮތަކަށް ބުނެލީމެވެ.
“އޭތް! އަދި އިނގޭތަ؟ މިއުޅެނީ ބަންދުވީމަ ނަތޫއާއެކު މާލެ ގޮސްލަން.” ކުރިން ދެއްކި ވާހަކަ އެއްފަރާތް ކޮށްލަމުން އަހަރެން އާވާހަކައެއް ފެށީމެވެ.
“ބަންދުގަ އަދި މީޓްކޮށްލެވޭނެ ކަމަށް މިހުރީ. ދެން ޒީން ދިޔައިމަ އެކަންވެސް ތިނުވީ… އެކަމު އަންނަމުންވާނެ ހަދިޔާ އެއް ގެންނަން އިނގޭ؟” މަޖާކޮށްލުމުގެ ރާގެއްގައި އިޝާލް ބުނެލިއެވެ.
އިޝާލްއާ އަހަރެން އެކި ވާހަކަތަކުގައި ތިބެގެން ހިނގަމުން ކުރިޔަށް ދިޔައީމެވެ. ކުއްލިޔަކަށް ކުރިމަތިން ފެނުނީ ޒީނިޔާއާ ފަރީދު އަންނަތަނެވެ. އެމީހުންގެ މިސްރާބު ހުރީ އަހަރެމެންނާ ދިމާލަށެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށީ މަންމައާއި
ބައްޕަ އަހަންނާ ދިމާލަށް ބުނާނެ އެއްޗެއް ނޭނގޭތީއެވެ.
“ޝަހީމާއާ ޚާލިދުގެ ދަރިފުޅުދޯ؟ ބޮޑުވާވަރަކަށް ހާދަ ދުރުދުރުން ތިއުޅެނީ” ފަރީދު އިޝާލްއަށް އިޝާރާތް ކޮށްލަމުން އަހާލީ ހިނިތުންވަމުންނެވެ.
“އާނ! އިޝާލްއެއްނުމީ.. ވާގޮތަކީ ދެން ކިޔަވާ އުމުރުގަ ނޫޅެވޭނެއްނު ކުޑައިރު އެދާހެން ކުޅޭކަށް.” އިޝާލް ހިނިތުންވެލަމުން ބަލާލީ ޒީނިޔާއަށެވެ. ބަދަލުގައި ޒީނިޔާވެސް ހިނިތުންވެލިއެވެ.
“ދެން އެހެންވީމަ ހިނގާ މިއަދު މެންދުރު ކާން އަހަރުމެންގެއަށް.” ފަރީދު ދިނީ އިޝާލް ހީނުކުރާފަދަ ދަޢުވަތެކެވެ. ޒީންވެސް ދިޔައީ ސިއްސައިގެންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ޒަމާންތަކެއް ފާއިތުވެއްޖެއެވެ. އެފަދަ އުފާވެރި އަގުހުރި ވަގުތެއް އަޝާލްއާއެކު މިފަހަކަށް އައިސް ހޭދަކޮށްލެވިފައި ނުވާތީއެވެ.
އާނއެކެވެ. އަހަރެމެން ދެމީހުން ތެރެއިން އެކަކުވެސް މިފަދަ ފުރިހަމަ ދަޢުވަތެއް ލިބިދާނެކަމަށް ހިއެއް ނުކުރަމެވެ. މިއަދު މިލިބުނީ މީގެކުރިން އަހަންނަށް ނުލިބޭވަރުގެ އުފަލެކެވެ. ފެންފޮދެއް ބޯލަން ނުންވެގެން ކަރުހިއްކާފައިވާ މީހަކަށް އެފެންފޮދު ލިބުމުން ވާފަދަ އުފާވެރި އިހްސާސްއެއް ހާއްސަކޮށް އަހަންނަށް ކުރެވުނެވެ. އެއީ އަހަރެންގެ މަންމަމެންގެ ފަރާތުން މިފަދަ ކަމެއް ފެނުނީތީއެވެ. މަންމަމެންގެ ރުހުން ހޯދަން މާބޮޑު މަސައްކަތެއް ނުކޮށްހުއްޓާ ފުރަތަމަ އަލާމާތް ފެނުނީއެވެ. އަހަރެން އުފަލުން ގޮތެއް ނެތެވެ.
ކާންތިބެގެން އަހަރެމެން ވަރަށްގިނަ ވާހަކަ ދެއްކީމެވެ. އިޝާލް ބޮޑަށް ދެއްކި އޭނާގެ މަންމަ ވަލިވެގެން ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު ވާހަކައެވެ. ބައްޕަ ބޮޑަށް ވާހަކަދެއްކީ އަހަންނާ އިޝާލްގެ ކިޔެވުން ތަރައްޤީ ކުރުމާ ގުޅޭގޮތުންނެވެ. މަންމަގެ ވާހަކަތަށް ބޮޑަށްހުރީ އިޝާލް އެގެއަށް އައުމުން އޭނާއަށް ތައުރީފު ކުރުމުގެ ގޮތުންނެވެ.
“ފަރީދުބޭ! ހާދަގިނައިން މިހާރު ބޫތުކައިރިން ފެނެޔޭ.. އެހެންޏާ ދެން ނުފެނޭވިއްޔަ” އިޝާލް ކުއްލިޔަކަށް ކޮށްލި ސުވާލުން އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. ޒީން ކުއްލިޔަކަށް އިޝާލަށް ބަލައިލިއިރު، ޒީނިޔާއަށް ބަލައިލެވުނީ ފަރީދުގެ މޫނަށެވެ.
“އެކޮއޭ! ދެން ފަރީދުބެމެންގެވެސް ދުވަސްވީ ރައްޓެހިން ތިބޭނެއްނު.
ތިކުދިން ވަރަށް ކުޑައިރު މިގޭގަ ކުޅެކުޅެފަ އެއުޅުނުއިރު މިގެއަށް ފަރީދުބެގެ ރައްޓެއްސެއްވެސް އައީ. އޭގެފަހުން ދިމާވި ހާދިޘާއަކާ ގުޅިގެން ދެން އެވީކަމެއްވީ. އަނެއްކޮޅުން އަހަރެމެންމީ މާފޯރައިގެން އުޅޭބައެއް ނޫން. އެހާ ދުރަށް މާލެއާ ހަމައަށްވެސް ދެވެނީ އެހާވަރުން.
އިނގޭތަ؟ މިޒީންވެސް މާލެދިޔައީ އަދި އެންމެ ދެތިންފަހަރު.”
ފަރީދު ކޮންމެސްވަރަކަށް ކިޔާލަދިނެވެ. ތެދެކެވެ. ތާއަތޮޅު ވިލުފުއްޓަކީ ވަރަށް ދުރެވެ. މާލެދިޔުމަށްޓަކާ ދުރުރާސްތާއެއް ކަޑައްތު ކުރަން ޖެހޭނެއެވެ. ފަރީދުގެ ވާހަކައިގައި ތެދުވެރިކަމެއް ވާނަމަ އެކަން ދެނެގަންނާކަށް އިޝާލަކަށް ނޭނގެއެވެ. ހާއްސަކޮށް ޒީންއަށް އެއްވެސް ވަރަަކަށް އެކަން ގަބޫލެއް ނުކުރެވެއެވެ. ޒީނިޔާއާ ފަރީދުގެ ވާހަކަތަކީ ޒީންއަށް އިތުބާރެއް ހުރިއެއްޗެއް ނޫނެވެ. އެހެން ދައްކާ ވާހަކައަކަށް އިތުބާރު ކުރެވޭނީވެސް ގާތްކަމެއް ބާއްވައިން ވާހަކަ ދައްކާނަމައެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






