މީގެ 4 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރަކީ 17 އަހަރެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމަށްޓަކައި އަހަރެން މާލެ އައީމެވެ. ފުރަތަމަ އަހަރެން ދިއައީ ނައިޓް ކުލާހަށެވެ. އެއީ ފާސްނުވާ ބައެއް މާއްދާތައް އިތުރަށް ކިޔެވުމަށް ޓަކައެވެ. ކުލާސް ތެރެއިން އަހަރުންނަށް އެއް ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. ބައެއް ފިރިހެން ކުދިން އަހަރެންނާ ދިމާއަށް މާގިނައިން ބަލާކަމެވެ. ދުވަސްތަކެއް އެތަނުގައި ފާއިތުވެ ހިނގައްޖެއެވެ. އަހަރެންނަށް އެމީހުންގެ އުނދަގޫ ފޯރަންފަށައިފި އެވެ.އެކަމާ ހެދި އަހަރެއްނަށް ކިޔެވުން އުނދަގުލަކަށް ވެއްޖެއެވެ. އެންމެފަހުން އަހަރެން އެތަނުން ކެނޑެން ނިންމީމެވެ. އެކަމަކު އަހަރެން މަންމަމެއް ކައިރީ ބުނާނީ ކީކޭ ބާއެވެ؟ އަހަރެން ބުނީ ކިޔަވާދޭ ސަރ ސަކަރާތީއެވެ. އަހަރެން އަމިއްލައަށް ކިޔަވާނީ އެވެ. އެކަމާ މަންމަމެން ޤަބޫލެއްނޫނެވެ. އޯލެވެލް ފެށެން 3 މަސް ދުވަހަށް ވެފައިވުމުން އެއީ އެންމެ މުހިއްމު ދުވަސްތައް ކަމުގައި އަހަރެއްނަށް ވސްނައިދިނެވެ. އެކަމަކު އަހަރެން އެތަނުގައި ކިޔަވާނީ ކިހިނެއް ހެއްޔެވެ؟ ކުލާހުގައި އަހަރެން ރައްޓެހި އެއްވެސް ކުއްޖެއް ނުހުރެއެވެ. އެހެންކަމުން އެމީހުން ފުރުސަތުގެ ބޭނުން ކުރިއެވެ. އަހަރެން ކުލާހަށް އައިސް ވަންނައިރަށް އަހަރެންނާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއެވެ. އަހަރެންނަށް ޖެއްސުން ކުރެއެވެ. އަހަރެންނަކަށް ކެތެއް ނުވިއެވެ. މަންމަ ކައިރީ އަހަރެން ޝަކުވާ ކުރީމެވެ. އެތަނުން އަހަރެންނަށް އެކައްޗެއްވެސް ދަހެއްނުވެއެވެ. އެއީ ވަރަށް ‘ސަކަރާތް’ ސަރ އެކެވެ. މިފަދަ ގޮތަކަށެވެ. ސަބަބަކީ މަންމަ އަށް އެނގިއްޖާ މަންމަ ދެރަވާނެކަން އެނގޭތީ އެވެ. އެންމެ ފަހުން އަހަރެން އެތަނުން ކެނޑުނީމެވެ. އިތުރު ގޮތެއް ނެތީމައެވެ.
އޭގެފަހުން އަހަރެން އެޕްލައި ކުރީ ކޯހަކަށެވެ. މާލޭގައި އުޅުނު 1 އަހަރު ދުވަހުގެ ތެރޭގައިވެސް އަހަރެން ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރީމެވެ. ފުރަތަމަ ހުރި ގެއިން ބަދަލުވާން ޖެހުނީ އެގޭގައި އުޅުނު ފިރިހެން ކުދިން އަހަރެން ބުރުގައި އަޅައިގެން ގޭތެރޭ އުޅޭތީ އެކަމާ އެއްޗެހި ކިޔާތީ އެގޭގައި އުޅޭހިތްނުވެގެން ނެވެ. ނަމަވެސް ބުރުގާ އެޅިޔަސް އަހަރެއް އޭރު ލަނީ ގަޔަށް ބާރު ހެދުމެވެ.
އެގޭތެރޭ އަހަރެންނަށް ގަބޫލުކުރަން އުނދަގޫ ކަންތައްތަކެއް ފެނިގެންދިއައެވެ. މަންމައާއި ދަރިން ޒުވާބު ކުރާތަން އަހަރެން ދެކެމެވެ. އެކަމަކު އެގޭގައި ތަފާތު ގޮތަކަށެވެ. ދަރިން ތިބެނީ މައިންބަފައިން ވުރެ މަތީގައެވެ. އެހެންގޮތަކަށް ބުނާނަމަ އެކުދިން އެމީހުންގެ މަންމަ ދެކެނީ އެމީހުންގެ ނޯކަރީއެއްގެ ގޮތުގައެވެ. އެއްޗެހި ކިޔާލާއިރު ބައެއް ފަހަރު މަންމަ އާއި ދަރިއާއި އޮޅޭވަރުވެއެވެ. ހިތަށް އަރައެވެ. މިއީވެސް މުސްލިމު ޢާއިލާ އެއް ބާއެވެ. އެމީހުންނަށް ނަމާދަކީ ބީރައްޓެހި އެއްޗެކެވެ. ކީއްކުރާނީ ހެއްޔެވެ.؟ މިއީ މިއަދު ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ދަޢުވާ ކުރާ އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ހާލަތެވެ.
އޭގެ ފަހުން ދެން އަހަރެން ބަދަލުވީ ބައްޕަގެ ރައްޓެއްސެއްގެ ގެއަށެވެ. އެގޭގައި އުޅެން ޖެހުނީ މާހިތްދަތި ގޮތަކަށެވެ. 5 ފިރިހެންކުދިންނާއި އެކު އަހަރެން އެކަނި އެއްކޮޓަރި އެއްގައި އުޅެން ޖެހުނެވެ. އެގެއަށް ވަރަށް ގިނައިން އެމީހުންގެ ރައްޓެހިންވެސް އާދެއެވެ. އެމީހުން އަހަރެންނޭ ކިޔައިގެން ދައްތަ ކައިރީ ބައެއް ވާހަކަތައް ދައްކާ އަޑު އަހަރެންނަށް އިވެއެވެ. އަހަރެންނަކީ ހާބީ ގްރޫޕް މީހެކޭ ކިޔައިގެންނެވެ. އަހަރެން ވަރަށް ދެރަވެއެވެ. ރޯންވެސް ރޮވެއެވެ. އެމީހުންނަށް ނުވިސްނޭތީއެވެ.
އަހަރެންނަށް އެކަނިވެރިކަން އިހްސާސް ކުރެވުނެވެ. ކޮންމެވެސް އެއްޗެއް އެބަ މަދުވާ ކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވިއްޖެއެވެ. ކޯއްޗެއް ކަމެއް ނުވިސްނުނެވެ. ﷲ ގެ ރަޙްމަތުން އަހަރެންނަކީ އޭރުގަވެސް ބަރާބަރަށް ނަމާދުކުރަން އާދަވެފައި ހުރި ކުއްޖެކެވެ. ނަމަވެސް ބައެއް ފަހަރު ނަމާދު ކޮށްލާނެ ތަންކޮޅެއް ނެތިގެން މީހުން މަދުވަންދެން ބެލްކަނީގައި ހުރެގެން ހިތާހިތުން ރޮމުން ދުޢާ ކުރަމެވެ. މިއަށްވުރެ ރަނގަޅު ގޮތެއް ވޭތޯއެވެ.
ދަރުސްތަކަށް އަހަރެން ދާންފެށީވެސް އެގޭގައި އުޅުން އިރުއެވެ. ބައެއް ދަރުސްތައް އަޑުއަހާ ނިމޭއިރު ހީވަނީ އެއީ ސީދާ ހަމައެކަނި އަހަރެންނަށް ދިން ނަސޭހަތެއް ހެންނެވެ. އެކަމާ އަހަރެން ވިސްނީމެވެ. އަދި އަމަލުވެސް ކުރީމެވެ. އަހަރެން އެޅި ފިޔަވަޅަކީ އަހަރެންގެ ހެދުންތައް ބަދަލުކޮށްލުމެވެ. ކުރިއަށްވުރެ ދޫ ބޮޑެތި ހެދުންތަކަށް އަހަރެންގެ ހެދުންތައް ބަދަލުކޮށްލީމެވެ. އަހަރެންނަށް ހިތްމަޖެހުން ލިބުނެވެ. ނަމަވެސް ދުވަސްކޮޅަކަށެވެ. އެ ހެދުމަކީ އާއްމު ހެދުމަކަށްވެ މީހުން އެހެދުމަށް ކިޔާ އެއްޗެހި ގިނަވެއްޖެއެވެ. ކޮންމެ މީހަކުވެސް ބުނަނީ ކަޅުހެދުމަކީ މިހާރު ފެށަނެކެވެ. ނަމަވެސް އަހަރެން ކަޅުހެދުން ލާން ފެށީ ފެށަނަކަށް ނޫނެވެ. އަހަރެންގެ އަބުރު ރައްކާތެރި ކުރުމަށެވެ. އިއްފަތްތެރި ވުމަށްޓަކައެވެ.
އަހަރެންނަށް ކޯސް ލިބިގެން ޖެހިގެންއައި އަހަރުވެސް ހަމައައިސް ހުންނަންޖެހުނީ އެގޭގައެވެ. އެގޭ ދައްތަ އަހަރެން ނަމާދުކޮށް ހަދާތީ ފާޑުފާޑު އެއްޗެހި ބުނެ ހަދައެވެ.ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ.
އެކަމަކު އަހަރެން ހައިރާންވެ އަންތަރީސް ވާވަރު ކަމެއް ދިމާވިއެވެ. އަހަރެންނަށް ލިބުނީ އިސްލާމް ޓީޗިން ކޯހެވެ. ނަމަވެސް އެކޯހުގައި ކިޔަވައިދެއްވި ބޭފުޅުންގެ ފަރާތުން އަހަރެން ދުވަހަކުވެސް ހީނުކުރާ ކަންތައްތަކެއް ފެނިގެންދިއައެވެ. އަހަރެންނަށް ހީވެފައި އޮތީ ރަނގަޅަށް ނިވާވެގެން ތިބޭ ބަސްއަހާ ކުދިންދެކު ޓީޗަރުން ވަރަށް ލޯބިވާނެކަމަށެވެ. ޙާއްސަކޮށް އިސްލާމް ޓީޗަރުންނެވެ. ނަމަވެސް ރަނގަޅަށް ނިވާވެގެން ތިބޭ ކުދިންނަށް އެމީހުން ސީދާ ދިމާއަށް އެއްޗެހި ގޮވައެވެ. އެގޮތުން އެމީހުން ކިޔާ ބައެއް އެއްޗެހި ހިއްސާކޮށްލާނަމަވެ. “ތިއައީ އައު ދީނެއް ގެނެސްގެން އުޅޭ ބައެއް، ތިއައީ ޑޮޓުން، ޗިޕްޖަހައިފަ ތިބޭނީ، ކަޅުހެދުން ލައިގެން ހުރިހާ ނުބައި ކަމެއް ކުރަނީ، ކަޅު ހެދުން ތުނބުޅި ލައިފަތިބޭ މީހުން ފެނެއްނުވަރާނެ، އެމީހުނަ ގައިން ދުވާނީ ނަބައިވަސް” މިކަހަލަ އެތައްއެއްޗެއްސެއް ކޮންމެ ދުވަހަކުވެސް އެމީހުން ކިޔައެވެ.
ނަމަވެސް ޖެހިގެން އައި އަހަރަކީ އަހަރެންގެ ހަޔާތަށް އަނެއްކާވެސް އިތުރު ހިތްހަމަޖެހުމެއް ލިބުނު އަހަރެކެވެ. އަހަރެންނަށް އިތުރު ގެއަކަށް ދާން ފުރުސަތު ލިބުނެވެ. އެގޭގައި އަހަރެންނަށް އެކަނި 1 ރޫމް ލިބުނެވެ. ﷲ ގެ ހަޟްރަތަށް އަހަރެން ޝުކުރުވެރި ވަމެވެ. ހަމައެއާ އެކުއެކީގައި އަހަރެންގެ ކިޔެވުންވެސް އައު ބިލްޑިންގ އަކަށް ބަދަލުވިއެވެ. އައު ޓީޗަރުން ތަކެކެވެ. ޤަބޫލު ކުރަންވެސް އުނދަގުލެވެ. ދެ ބިލްޑިންގ ގައި އެއް މާއްދާ ތަކެއް ކިޔަވައި ދިންކަމުގައި ވިއަސް ވަރަށް ތަފާތެވެ. މިހާރު ﷲ ގެ ރަޙްމަތުން އަހަރެން ހިތްހަމަޖެހޭ ކިޔަވައިދޭން އެނގޭ ޓީޗަރުން ތަކެއް އަހަރެންނަށް ލިބިއްޖެއެވެ. އެމީހުންގެ ސަބަބުން ދީނަށް އުޅެން އިތުރު ހިތްވަރެއް އަހަރެންނަށް ލިބުނެވެ.
ނަމަވެސް މަގުމަތިން އަދިވެސް ފޮށޭމީހުން މަދެއް ނުވިއެވެ. އަހަރެން އިތުރު ގޮތަކަށް ވިސްނީމެވެ. ޖިލްބާބްލައި އިތުރަށް ނިވާވުމަށެވެ. ޖިލްބާބް ލުމުން އަހަރެންނަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. ކުރިން އަހަރެންނަށް އުނިކަމަށް އިޙްސާސް ކުރެވުނު އެއްޗަކީ މިއީކަން ޔަޤީން ކުރެވުނެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާ އެންގެވި ގޮތަށް އުޅުމުން ދެރަގޮތެއް ވާނެ ހެއްޔެވެ؟ ނުވާނެއެވެ. އަހަރެންނަށް ބަޔާންކުރަން އުނދަގޫ އުފާވެރި ކަމެއް ލިބުނެވެ. މަގުމަތން އޭރު ފޮށުނު މީހުންތައް އަހަރެން ފެނުނީމަ އިސްޖަހައެވެ. ޕާރޓޭ އޭ ކިޔާ މީހުން އަހަރެން ފެނުނީމަ އަހަރެންނަށް ތަންދީ އެއްފަރާތް ވެލައެވެ.
އެހެންނަމަވެސް މިއީ ހިތްވަރު ނެތްކުއްޖަކަށް ވަރަށް ދަތި އިނދަގޫ ކަމުކެވެ. އަހަރެންފެންނަ ކޮންމެ މީހަކު{ރައްޓެހިން} އަހަރެންނަށް ޖޯކު ޖަހައެވެ. އެމީހުން ބުނެއެވެ.” ތިއީ ކަޓް ގޮތެއް. ތިހެން ހުރީމަ ނުވެސް ގުޅޭ. ތިއީ ދީނުގައި ހައްދުފަހަނައަޅައި ދިއުން. ” ގޭމީހުން މަލާމާތް ކުރެއެވެ. ” ތިވަރުނުވިޔަސް ނިވާކުރެވޭނެ. އަދި އަހަރެންނާ އެކު ބޭރަށްދާން ލަދުގަނެއޭ ބުނެއެވެ. ” އަހަރެންގެ މިނިވަންކަން ކޮބާ ހެއްޔެވެ؟ އަހަރެން ބޭނުން އެއްޗެއް ލުމުގެ ޙައްޤު އަހަރެންނަށް ނުލިބެންވީ ކީއްވެ ހެއްޔެވެ؟ ބައެއް ފަހަރު ރޮވެއެވެ. އަނެއްބައިފަހަރު ރޮވޭތީ ދެރަވެއެވެ.
ނަމަވެސް މިއަދު އަހަރެން އެކަމާ އުފާކުރަމެވެ. އެމީހުން ކަހަލަ މީހަކަށް އަހަރެން ނުވީތީއެވެ. އެކަމަކު އަދިވެސް އަހަރެންގެ އުއަމީދު ތަކެއް ކުރަމެވެ. އެއީ ނިޤާބު އަޅާ އެއްކޮށް ނިވާވުމަށެވެ. ސަބަބަކީ މިހާރުވެސް އަހަރެންގެ މޫނަށް ބަލައިގެން ހިތްހަމަޖެހުން ހޯދާ ކުދިން އުޅޫކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެން ބޭނުންވަނީ އެހިތްހަމަޖެހުން ހަމައެކަނި އަހަރެންގެ ފިރިއަކަށް ދޭށެވެ.
އަދި ހުރިހާ ގޮތަކުންވެސް ހައްލަކީ ނިޤާބު ކަމުގައި އަހަރެން ގަބޫލު ކުރާތީއެވެ. ނަމަވެސް މިކަންކުރަން އަހަރެން އިތުރަށް ހިތްވަރު ބޭނުމެވެ. ނިޤާބު އަޅައިފިނަމަ އަހަރެންނަށް ޖެހޭނީ ގޭމީހުންނާ ކުޑަވަރެއްގެ ހަނގުރާމައެއް ފަށާށެވެ. އޭގެ ބަދަލުގައި އަހަރެންގެ ދުޢާ އަކީ އަހަރެންގެ މަންމައާއި ބައްޕައަށް ވިސްނި އެމީހުންގެ ރުހުމުގައި މިކަންކުރުމެވެ. އެމީހުންނަށް ހެޔޮ ވިސްނުންދެއްވާތޯ އަބަދުވެސް އަހަރެން ދުޢާ ކުރަމެވެ. އަހަރެން އެދެނީ ތި އެންމެހާ ކިޔުންތެރިން އަހަރެންނަށް މިކަން ފަސޭހަ ކޮށްދެއްވުން އެދި ދުޢާ ކޮށްދެއްވުމެވެ. {ނިމުނީ}
5 Comments!
Comments are closed.

Zai ahvex magumahchah nukunnan ungadhuvey mi ulhey lato pato aruvan rashutherey ulhey kudhin thah fahathun annaathii..zai vex v v beynun moonu burugaa alhaa ehkn hijaab vaan..but zai kuda viima family miihunvex gabooleh nuvaane knme miihakuvex malaamaith kuraane..zai ge friend ehvex ulheyne moonu alhaigen eynayaa dhimaalahvex v ehchis govaa meehun n eyna hux aa dimaalahvex maa over vanii yw kiyaafa?..hadhaane gotheh neygifa mihunnanii?
meega muhinmee parent eh nun dhw adhi e meehunge ruhun hoadhumehvs nun but Allah’s if you believe in this i think you can choose what is right parent eh naannaane narakain salaamay kuraakah we alone have to be in the safe zone you can say that kuruoh hedhun alahan beynynvaa meehunah ruhifa nivaavan beynunvaa meehunah nuruheyny aslu dharifulhuge hashigandun bayakah ufaa kohdhen noony dhn kon reason eh nunntha.
In quran also its said that we have to obey our parents to everything they say but not something that is forbbiden in islam. In islam we have to cover ourselves. And i dont know what is wrong with these people today. I mean what is wrong if we are wearing a long loose black dress covering our body?. In sha allah your parents will agree.??
Hama nuvisneythy dhw 🙁 Ingey nama nukiyaane ehenneh. This society has a habit of mocking people….
May Allah keep you steadfast. Aameen
well….different story…happy to see confident Muslim women
jazaka lillahi khairaa…