Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބިވެވުނީ 3

Lilac Level 1
March 18, 2023 8 Mins Read
8 Comments

އެހުރިހާ އެންމެން ސަކަރާތްޖަހަން ހުރިއިރު އެމީހުންނަށް ނޭނގުނުކަމަކީ ޔައިލީއާ އާކިންއަށް ހަސަދައިގެ ނަޒަރަކުން މީހަކު ބަލާކަމެވެ.

♡ތިންވަނަ ބައި♡

މުޅި ސްކޫލު ދުވަސްދިޔައީ އެކަހަލަ ގޮތަކަށެވެ. ގަޑިއެއްނިމޭ ކޮންމެފަހަރަކު އަލާންއާ އައިރާ ކޮންމެވެސް އެއްޗެކޭ ކިޔާ ހިފައިގަނެއެވެ. އެއްފަހަރަކު އަލާންއެެވެ. އަނެއްފަހަރު އައިރާއެވެ. ބައެއްފަހަރު ދެމީހުން އެއްކޮށެެވެ. ބްރޭކް ގަޑީގައި ކެންޓީނަށް ގޮއްސަވެސް ދެމީހުން ކޮންމެވެސް އެއްޗެކޭ ކިޔަންފެށިއެވެ. އެއްވެސް މީހެއް އެކަން ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެެވެ. އޭރުން އެކަމުގެ ތެރޭގައި އުޅެން ޖެހޭނީ އެމީހެއް ކަމުގައިވާތީއެވެ.

އެދުވަހުގެ ސެޝަން ނިމުމުން ހުރިހާ އެންމެން ގެއަށްދިޔުމަށް ދަބަސް ޕެކްކުރިއެވެ. ޔައިލީ ދީމާ އަދި އައިރާވެސް ދަބަހަށް ފޮތްއެޅުމުގައި މަސްއޫލުވިއެވެ. އޭރު އެ ތިންކުދިންނޫން ހުރިހާ އެންމެންހެން ވަނީ ކްލާހުން ބޭރަށްގޮހެވެ. ޔައިލީ ހުރިހާ ފޮތްތައް ދަބަހަށް އަޅައި ނިމި މޭޒުމަތީގައި އިން ޕޯސް ނަގަން އުޅެނިކޮށް އައިތަނެއް ނޭނގި ކޮންމެވެސް ކުއްޖަކު އެޕޯހުގައިޖެހި އޭތި ބިންމައްޗަށް ވެއްޓިގެން ދިޔައެވެ. އެޕޯސް ހުރީ ޒިބު ނުދަމާކަމުން ޕޯހުގައި ހުރި ސާމާނުތައް ބިންމައްޗަށް ވެރިގެންދިޔައެވެ. “އޫޕްސް. ސޮރީ ޔައިލީ. އޮޅިގެން.” އެކުއްޖާ ބުންޏެވެ. “އިޓްސް އޯކޭ ރަޝާ. ޔޫ ޑިންޑް މީން އިޓް.” ޔައިލީ ބުންޏެވެ. އަދި ރަޝާ ޔައިލީއަށް އެ ޕޯސް ނަގައިދިނެވެ. “އެނީވޭޒް. އައި ޑޯންޓް ތިންކް ޔޫ އެންޑް އާކިން އާރ އަ ޕާރފެކްޓް މެޗް. ހީޒް ޓޫ ގުޑް ފޯ ޔޫ.” ރަޝާ އެހެން ބުނީ ކީއްވެކަމެއް ޔައިލީއަކަށް ނުވިސްނުނެވެ. ދެލޯ ހަނިކޮށްލަމުން ރަޝާ އޭނާގެ ގަތާލެވިފައިވާ އިސްތަށިގަނޑު ދެފަރާތަކަށް ހަލުވާލަފައި ފަރިހިނގުމެއްގައި ކްލާހުން ނިކުމެގެންދާން ހިނގައިގަތެވެ. ހަމައެވަގުތު އައިރާއާ ދީމާ ކްލާހުގެ ދޮރުކުރިމައްޗަށް އެރިއެވެ. “ހީނުކުރައްޗޭ ޔައިލީއާ ދިމާލަށް ތިކަހަލަ ފާޑުފާޑުގެ އެއްޗެހިކިޔާފަ މިތަނުން ދެވޭނެޔޭ.” ދިމާ ހިތްހަމަނުޖެހުމާއެކު ބުންޏެވެ. ނަމަވެސް ފަހަތުގައި ހުރި ޔައިލީ މަޑުމަޑުން ދެފަރާތަކަށް ބޯހޫރުވާލާތަންފެނި ދީމާ އިތުރަކަށް އެއްޗެކޭ ނުބުންޏެވެ. އަދި ރަޝާ ދިޔުމަށް ތަންދެއްކިއެވެ. ރަޝާވެސް ދިޔައީ އައިރާގެ ގައިގާ ޖެހިފައެވެ. ގަސްތުގައިކަމެއް އޮޅިގެންކަމެއް ނޭނގެއެވެ.

“ގޯޑް. ވަޓްސް ރޯންގ ވިތް ދެޓް ގާރލް. އައި ޖަސްޓް ކާންޓް ޓޮލެރޭޓް އެނީވަން ސޭއިން އެނީތިން ޓު ޔޫ.” ދީމާ ވާހަކަދެއްކީ ހިތްހަމަ ނުޖެހިގެން ހުރެއެވެ. “ޔާ. ކޮބާތަ އޭނަގެ މައްސަލައަކީ؟ ޔައި ކޮންމެކަމެއް ކުރިޔަސް އޭނައަށް ކީއް.” އައިރާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބުންޏެވެ. ޔައިލީއާ ދިމާލަށް އެއްޗެހި ކިޔާތަންބަލަން އެދެމީހުން ކުރެ އެކަކަށްވެސް ކެތްނުވަނީއެވެ. “ގައިޒް ރިލެކްސް. އެއީ އެއްވެސް ކަމެއް ނޫނޭ. އައިމް ނޮޓް ގެޓިން އިންފްލުއެންސްޑް ބައި ހާ ވޯރޑްސް. އިން ފެކްޓް އައިމް ވެރީ ހެޕީ. މިހާރު އިނގޭ ތި ދެމީހުން ޔައިއަށް ކެއާރ ކުރާވަރު. އައި ލަވް ޔޫ ގައިޒް.” ޔައިލީ އެހެންބުނީ އެމީހުން ހިތްހަމަޖައްސާލުމުގެ ގޮތުންނެވެ. ” އޯވ. ވީ ލަވް ޔޫ ޓޫ. އެކަމަކު ޔައި ކުރިން އަހަރުންނާ ޝައްކުކުރިންތަ ޔައިއަށް ކެއަރ ކުރާކަމަށް؟” ދީމާ ބުނީ ޔައިލީ އެވާހަކަ ބުނުމުންނެވެ. “ނޯ ވޭ. ޔައިއަށް އިނގޭ ތިދެމީހުން ޔައިއަށް އެއްވެސް ކަމެއް ވިޔަ ނުދޭނެކަން. އަދި ކަމެއްވިޔަސް ޔައިއަށް ކެއަރ ކުރާނެކަން. ސޯ ނަތިން ޓު ވޮރީ.” ޔައިލީ ދީމާގެ ސުވާލަށް ޖަވާބުދާރީވިއެވެ. ދެން އެތިންކުދިންނަށް އެއްފަހަރާ ކަހަލަގޮތަކަށް ހެވުނެވެ. އަދި ސްކޫލުން ބޭރަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު ދީމާ ފާހާނައަށް ދާންކަމަށްބުނެ ޔައިލީއާ އައިރާ ފޮނުވާލިއެވެ.

ފާހަނާއިން ނިކުމެ ދީމާ ބާރު ހިނގުމެއްގައި ދިޔައީ ޔައިލީއާ އައިރާއަށް ލަސްވެގެން އުޅޭނެތީއެވެ. އަދި ދީމާ ނާންނަނީސް އެދެމީހުން ނުދާނެކަން އިނގޭތީއެވެ. އެހެންވެ ތަނެއްދޮރެއްބަލައި ނުލާ ދުވަމުން ކަހަލަގޮތަކަށް ދީމާ ދިޔައެވެ. ނަމަވެސް ދެން އެޅިފިޔަވަޅާއެކު ދީމާ ކައްސާލައިގެން ވެއްޓެންދިޔައެވެ. ވެއްޓުނީމަ ތަދު އިހުސާސްވާނެކަން ދަނެ ދީމާ ދެލޯމަރާ ތަގުޅިކޮށްލިއެވެ. ބިންމަތީ ޖެހެންދެން މަޑުކުރަނީކަންނޭންގެއެވެ. އެގޮތަށް އިރުކޮޅަކު ދެލޯމަރައިގެން ހުއްޓެއްކަމަކު ދީމާއަކަށް އެއްވެސް ތަދެއް އިހުސާސެއް ނުވިއެވެ. ދެލޯ ހުޅުވާލި ވަގުތު ދީމާއަށް ފެނުނީ ބޮޑު ގަދަ އަޅިކުލައިގެ ކަޅިއެއްގެ ވެރި ލޮލެއްގެ އިންސާނެކެވެ. ދީމާއަށް އޭނަގަޔަށް ބަލަންހުރެވުނީ އިޚްތިޔާރަކާނުލައެވެ. “ޔޫ އޯކޭ؟” އެކުއްޖާ ބުންޏެވެ. އެހެން ބުނީކަންނެ ދީމާ އަވަސްއަވަހަށް ހަށިގަނޑު ސީދާ ކޮށްލާ އެކުއްޖައާ ކުޑަކޮށް ދުރަށްޖެހިލިއެވެ. ” ޔެސް. އައިމް ފައިން.” ބިންމަތީގައި ހުރި ފެންތަކަށް ނަޒަރު ހިނގާލަމުން ދީމާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. “ގުޑް. އެނީވޭޒް. އައިމް ޒިލާލް.” އެކުއްޖާ ތައާރަފްވެލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ. “އައި ނޯ ހޫ ޔޫ އާ. އެއް ކްލާހެއްގައެންނޫންތަ ކިޔަވަނީ. އައިމް ދީމާ.” ދީމާވެސް ތައާރަފްވެލާ ޒިލާލްއާ ސަލާމްކޮށްލިއެވެ.

ދެމީހުންވެސް އަމިއްލަ ވާހަކައަށް ގެއްލި ހުސްވެތިބެ މަޑު ހިނގުމެއްގައި ހޯލްވޭތެރެއިންލާފައި ދިޔައެވެ. އެގޮތަށް ދެމީހުން އެކީ ވާހަކަ ދައްކަމުން ސްކޫލު ގޭޓާ ހިސާބަށް ދެވުމާއެކީ ދީމާއަށް ޔައިލީއާ އައިރާ ފެނުނެވެ. އެދެމީހުންވެސް ދީމާއަށް ބަލައިލި ވަގުތު އެދެމީހުންގެ އަނގަހުޅުވި ދެލޯ ބޮޑުވެގެން ދިޔަތަން ދީމާއަށް ވަރަށް ސާފުކޮށްފެނުނެވެ. ޒިލާލްއަށްވެސް މިތަން ފެނި ދީމާގަޔަށް ބަލާލެވުމާއެކު ދެމީހުންނަށް އެއްފަހަރާ ހެވުނެވެ. ސްކޫލުގައި ތިބި އެހެންކުދިންގެ ނަޒަރުވެސް އެދެމީހުންނަށް އަމާޒުވާން ފެށުމުން ދީމާއަށް ކުޑަކޮށް އުނދަގޫވާން ފެށިއެވެ. ޒިލާލްއަށް މިކަން ފާހަގަވިއެވެ. “ދީމާ ދެން ދަނީއޭ. އެހެންނޫނީ ވަރަށް ބޮޑުކަމަކަށް ވާނެ މިގޮތަށް އަހަރުން ދެމީހުން އެކީ ހުންނަންޏާ. މިނޫން ވާހަކައެއްނުދައްކާނެ ސްކޫލުގައެއް. އިޓްސް ފޯ ޔުއާ އޯން ގުޑް. ހޭވް އަ ނައިސް ޑޭ.” އެހެން ބުނެ ޒިލާލް އޭނަ ލައިގެން ހުރި ސްކޫލު ފަޓުލޫނުގެ ޖީބުން އަވި އައިނެއް ނަގައި އޭނާގެ ދެލޯ ފޮރުވާލިއެވެ. އަދި ދަބަސްވެސް ކޮނޑުގައި ރީތިކޮށް އަޅުވައިލުމަށްފަހު ގޭޓުން ނިކުމެ ބޭރު މަޑުކޮށްގެން ހުރި ކާރަކަށް އަރައިގެން ބާރު ސްޕީޑެއްގައި ދިޔައެވެ. ދީމާއަށް އެތަން ބަލަން ހުރެވުނީ ސުވާލުމާކެއްގައެވެ.

“ދީ. ވަޓް ވޯޒް ދެޓް؟ ކީއްވެ އޭނަ ދީއާ އެކު ނުކުތީ. އައި މީން ޑޫ ޔޫ ނޯ ހޫ ހީ އިޒް؟ ޒިލާލް އަހްމަދު. ދަ ވަން އެން އޮންލީ ޒިލާލް އަހްމަދު.” އައިރާއާއި ޔައިލީ ދީމާއާ އަރާ ހަމަކުރަމުން ބާރުބާރަކަށް އައިރާ ވާހަކަދެއްކިއެވެ. މި އަޑާހެދި އެތާ ތިބި އެހެން ކުދިންވެސް އެދިމާލަށް ބަލަންފެށިއެވެ. “ދެން ކިހިނެއްވީ؟ އައިމް ނޮޓް އިންޓު ދެޓް ގައި އޯ އެނީތިންގ. ހީޒް ނައިސް ބަޓް ސްޓިލް. ނޮޓް އިންޓްރެސްޓެޑް.” ދިމާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. ” އޯ ކަމް އޮން ދީ، ސިރިއަސްލީ. ހިޒް ފެމިލީ އިޒް ލައިކް ވަން އޮފް ދަ ރިޗެސްޓް ޕީޕަލް އިން މޯލްޑިވްސް. އަދި އެވެސް ބިޒްނެސް ދާއިރާއިން.” އައިރާ ބުންޏެވެ. “އައި ނޯ އިރާ. ބަޓް ޔޫ ނޯ ދެޓް އައި ޑޯންޓް ލައިކް ދޯޒް ކައިންޑް އޮފް ޕީޕަލް. އެމީހުން އަބަދުވެސް ވިސްނާނީ އަމިއްލަ ސެލްފްއަށް. ނޮޓް ފޯ އަދާޒް. އެންޑް ވަޓް ނޮންސެންސް އިޒް ދިސް. ހިނގާބަ ދެން މިތަނުން ދެވޭތޯ ބަލަން. އެވްރީވަންސް ލުކިން އެޓް އަސް.” ދީމާ އެހެން ބުނީ އެތާނގައި ތިބި ގިނަ ކުދިން އެދިމާލަށް ބަލަންތިބެ އެކެއްގެ ކަންފަތް ބުޑުގައި ސިއްރު ވާހަކަ ދައްކަންފެށީމައެވެ. ދީމާއަށް އެދައްކަނީ ކޮން ވާހަކައެކަން ފަހުމްވީއެވެ.

ތިން ކުދިންވެސް މަޑުހިނގުމެއްގައި ހިނގަމުން ދިޔައިރުު މީހުންގެ ލޯތައް އެކުދިންނަށް އަމާޒުވެގެންދާކަމެއް އެކުދިންނަކަށް ނޭނގެއެވެ. އެއަށްވުރެ މާބޮޑަށް އެކުދިންވަނީ ދައްކާ ވާހަކައަށް ގެއްލި ހުސްވެފައެވެ. ތިންކުދިންގެވެސް މިސްރާބު ހުރީ ކައިރީގައި ހުރި ފިހާރައަކަށެވެ. ޔައިލީ އެ ފިހާރައަށް ވަންނަން ދެކޮޅުހެދުމުން އައިރާއާ ދީމާއާ ދެކުދިން އެކަނި ފިހާރައަށްވަނެވެ.

އައިރާއާ ދީމާ ނިކުންނަންދެން ޔައިލީ ބޭރުގައި މަޑުކުރިއެވެ. ގިނައިރުވާނެކަން އެނގޭތީ ޔައިލީ އެތާ ކައިރީ ޕާކުކޮށްފައި އިން ސައިކަލެއްމަތީގައި ލެނގިލިއެވެ. ކުއްލިއަކަށް ޔައިލީ ސައިކަލުމަތިން ތެދުވީ ފަހަތުން މީހަކު ކަރުކެހެލި އަޑު އިވިގެންނެވެ. އެމީހާ ގަޔަށް ދޫ ކަޅުކުލައިގެ ޓީޝާޓަކާއި ކަށްދިގު ގަދަ ނޫ ކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އެ ޖިންސުގެ އެތަންމިތަން ވަނީ ފަޅައިގެން ގޮއްސައެވެ. ނޫނީ ފަޅާލާފައެވެ. ކަރުގަޔާއި އަތުގައި މަތިމައްޗަށް ރިހިކުލައިގެ ޗޭނުތަކެއް އެޅިފައިވީއިރު ތެޅިލާ ކޮންމެ ފަހަރަކު އޭގެ އަޑުފައްގަނޑު އިވިގެންދެއެވެ. “ތީ މަގޭ ސައިކަލު.” މަޑުމައިތިރިކާމާއެކު ބަރު އަޑަކުން އެމީހާ ބުނެލިއެވެ. ނަމަވެސް މޫނުމަތީގައިވަނީ ނުރައްކާތެރިކަމެވެ. އަނގައިން ބަހެއްވެސް ބުނެނުލާ ޔައިލީ އެއްކައިރިއަށް ޖެހެލީ އެހެންވެއެވެ. ހާސްވެފައިހުރިވަރުން އެއްކައިރިއަށް ޖެހިލަން އުޅުނު ވަގުތު އަރިއަޅައިގަނެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މި މަންޒަރު ފެނި އެމީހާގެ ގާތަށް ކުޑަކޮށްހިނިއައެވެ. ނަމަވެސް ހިނިގަނޑު އޮބާލަމުން އޭނާގެ މޫނަށް ސީރިއަސްކަން ގެނުވީ ބަސްބުނާހާ ކުޑަ ސިކުންތުކޮޅުތެރޭގައެވެ. “އަހަންނަށް ކިޔަނީ އައްޔާޝް” މޫނުމައްޗަށް ނުލަފާވައްތަރެއްގެ ހިނިތުންވުމެއް ވެރިކުރަމުން ޔައިލީއާ ދިމާލަށް ބަލާލާފައި އޭނާ އަމިއްލައަށް ތައާރަފްވެލާ ސަލާމަށް އަތްދިިއްކޮށްލިއެވެ. އެއަތުގައި ހިފަންނުހިފަން ހުރެފައި ސަލާމަށް އަތް ހިއްލާލަން އުޅުނުވަގުތު އައިރާއާ ދީމާ ބާރަކަށް ފިހާރައިން ނިކުމެގެންއައިސް ޔައިލީ ގާތު ދާން ހިނގާށޭ ބުންޏެވެ. އެއަޑަށް ޔައިލީ ސިހިގެންދިޔައިރުވެސް އައްޔާޝްގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއްވިއެވެ. އަވަސްއަރުވާލާފައި ޔައިލީ އެތަނުން ދެވޭތޯ އުޅުނެވެ. ހިތާހިތު ޔައިލީއަށް އެތަނުން ސަލާމަތްވެވުނީތީ ހިތާހިތުން އައިރާއާ ދީމާއަށް ޝުކުރު އަދާކުރިއެވެ.

ހިނގަމުން ދިޔަ މަގުމަތީގައި ޔައިލީ ފަހަތްބަލާލީ އައްޔާޝް އެތާ ހުންނާނެ ކަމަކަށްނޫނެވެ. ނަމަވެސް އޭރުވެސް އޭނަ އެ ހުރިގޮތަށް ގުޑައިވެސް ނުލައި ހުރީ ބިރުވެރި ވައްތަރަކަށް ހީލައިގެންނެވެ. ހީވަނީ މިހާރުވެސް އަރައިގަންނަން ތައްޔާރަށްއިންހެންނެވެ. ޔައިލީއަށް މިކަން ފާހަގަވެ ނުވާކަމަށް ހަދާފައި އަވަހަށް ހިނގަމުންދިޔަ މަގަށް ނަޒަރު ބަދަލުކޮށްލިއެވެ. “ޔައިލީ” ތުނިކޮށް ކޮށާލާފައިވާ އޭނާގެ ތުނބުޅިގައި އޭނާގެ އަތް ހިނގާލާފައި ޔައިލީގެ ނަން ބުނެލީ ވަރަށް މަސްތީކޮށެވެ. ހިޔާލަށް ގެއްލިފައި އޭނާ ހުރީ ދެން ކުރާނެ ކަންތައް ސިކުނޑީގައި ރާވާށެވެ. އިރުކޮޅެއްވަންދެން އެގޮތުގައި ހުރުމަށްފަހު އޭނާ ބާރުބާރަކަށް ހޭންފެށީ މޮޔައަކު ހެންނެވެ. ހުރެވުނީ މަގުމަތީގައިކަންވެސް ރޭކައިނުލައެވެ. މީހުންގެ ނަޒަރު އޭނާއާ ހުރުމުން ހުނުން ހުއްޓާލާފައި ފަރާތްފަރާތް ބަލާލީ ކަމެއްނުވާކަން ދައްކާށެވެ. އޭނާ ބަލަންފެށުމުން މީހުންތައް އަވަހަށް އެމީހެއްގެ ކަމަކާ މަސްއޫލުވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ ގޮތްގަނޑު ނޭނގޭ މީހުން މި މާލޭގައި ވަރަށް މަދުވާނެކަން ގައިމެވެ. ޔައިލީމެނަށް އެކަން ނޭނގެނީ އެސަރަހައްދާ ތަންކޮޅެއް ދުރުގައި އުޅޭތީ ކަންނޭނގެއެވެ.

މަޑުހިނގުމެއްގައި ހިނގަމުންދިޔަ ދެފިރިހެންކުދިންނަށް ގިނަމީހުންގެ ނަޒަރު ދަނީ ހުއްޓެމުންނެވެ. ހާއްސަކޮށް ޒުވާންފުރައިގެ އަންހެންކުދިންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ މޫނުމައްޗަށް ހިތްކަތިލާފަދަ ފުޅާ ހިނިތުންވުމެއް ވެރިކޮށްގެން ތިބި އާކިންއާއި އަލާންއަކީ ބޭރުގައުމެއްގެ މޮޑެލްތަކަކާ ދޫކުރާނެ ބައެއްނޫންވިއްޔާއެވެ. ސްކޫލު ޔުނިފޯމުގައި ހުއްޓެއްކަމަކު އެރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެކުދިންނަށްވެސް އެ ބެލުންތަކުން އުނދަގޫ ވިޔަސް އެކަމާ އަޅާނުލާހުރީ އެއީ އަބަދުވެސް ވާގޮތްކަމުގައިވާތިއެވެ. “އޭ ބްރޯ. ކަލޭ ހާދަވަރަކަށް ޔައިލީގަޔަށް ބެލީ މިއަދު. ކިނެއްވީ އަނެއްކާ؟ ހިތްކީތަ؟” އާކިންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން އަލާން ބުނެލިއެވެ. ވީވެސް އަލާން ހީކުރިގޮތެވެ. އާކިން އަލާންއަށް ބަލާލުމެއްނެތި މަގުމައްޗަށް ނަޒަރު ހުއްޓިލައިގެން ހުރެ ހިނިތުންވެލާފައި މޫނުމައްޗަށް ސީރިއަސްކަން ގެނުވީ އަލާންއަށް އެ މަންޒަރު ނުދައްކަންވެގެންނެވެ. ނަމަވެސް އާކިންއަށް ނޭނގުނުކަމަކީ އަލާންއަށް އެ މަންޒަރުު ވަރަށް ރީއްޗަށް ފެނުނުކަމެވެ. އަލާންވެސް ނުވާކަމަށް ހަދައިގެން މޫނުމައްޗަށް ސީރިއަސްކަން ގެނުވަމުން ހުރީއެވެ. ނަމަވެސް އިރުކޮޅެއްނުވެ ދެކުދިންވެސް ބޮޑު ވާހަކަ އަޅުވާލިއެވެ. އެއްވެސް ކަމެއް ނުވާކަހަލައެވެ. އެގޮތަށް ދެކުދިން ވާހަކަދައްކަމުން ހިނގަނީ އެވެ.

“އާކިން”. އާކިން ހިނގުން ހުއްޓާލީ ފަހަތުން ދަންނަ އަޑަކުންް ބާރަކަށް އޭނަގެ ނަމުން މީހަކު ގޮވާލުމުންނެވެ. މޫނުމައްޗަށް ފޫހިކަން ވެރިވީ އެއީ ކާކުކަން އެނގޭތީއެވެ. އެކަން އެނގިހުރެ އޭނަ ފަހަތް ނުބެލީ ގަސްތުގައެވެ. “ރަޝާ”. އާކިން އެއްޗެކޭ ނުބުނުމުން އަލާން އާކިންއާ ނުހަނު ގާތުގައި ހުރި ރަޝާއަށް ގޮވައިިލިއެވެ. ހީވާގޮތުން އާކިންއަށް އެކަން އެންގުމަށްޓަކައެވެ. “މިތާ ކީއްތިކުރަނީ؟” އަލާން އަހައިިލިއެވެ. “އާކިން. ހިނގާބަ އަހަރެން ގެއަށް ލައިދޭން ދާން.” އަލާން ކުރި ސުވާލަށް ރަޝާ ޖަވާބުދިނުމެއްނެތި ދިޔަގޮތަށްގޮސް އާކިންގެ އަތުގައި އޮޅުލައިގަތެވެ. މިކަމާ ހެދި އާކިންގެ މުޅި މޫޑު ހަރާބުވިއެވެ. ރުޅިވެސްއައެވެ. ނަމަވެސް ހުރެވުނުތަނުގެ ސަބަބުން އާކިން މަޑުމަޑުން ރަޝާގެ އަތް ނައްޓުވާލަން އުޅުނެވެ. އެއްވެސް ކަމެއް ނުކުރެވުނެވެ. ރަޝާ ހުރީ އާކިންގެ އަތުގައި ނުނެއްޓޭވަރަށް ބާރަކަށް ހިފަހައްޓައިގެންނެވެ. “ރަޝާ ދެން ތިވައްތަރަށް މިތާ ނޫޅެބަ. މީ މަގުމައްޗޭ.” އާކިން ރަޝާގެ އަތް ނައްޓުވާލަން މަސައްކަތް ކުރަމުން ބުންޏެވެ. ހަގީގަތުގައިވެސް އާކިންހުރީ ރަޝާ އުޅޭވައްތަރުން އޭނަގެ ރުޅި އިންތިހާއަށް ދާވަރުވެފައެވެ. “އެހެންނޫނަސް ރަޝާގެ ދޮންބެ ކޮބާތަ؟ އޭނައާއެކުއެއްނޫންތަ ރަޝާ ސްކޫލުން ނިކުތީ؟ ދެން ކޮންމެހެން މަގޭ ފަހަތުން ނުދުވެބަ.” އާކިން މަޑުން ވާހަކަދެއްކިއެއްކަމަކު އެ އަޑުގައިވި ރުޅި އަލާންއަށް ފާހަގަވިއެވެ. އެކަމާ އަލާން ހުރީ ވަރަށް ހާސްވެ ރަޝާ ދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ. “އަހަރެންގެ ދޮންބެ ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިގެން ގޮއްސި. ދޮންބެ ބޭނުންވީ އަހަރެން ގެއަށް ލާފަ ދާން. އެކަމް އަހަރެން ބުނީ ދޮންބެއަށް ލަސްވަންޏާ ދާށޭ. އެހެންވެ މިތާ މިހުރީ. ދެން ތިމީހުން ދާތަންފެނިގެން މިގޮވީ. އަހަރެން އެކަނި ގެއަށް ނުދާންވެގެން. ސޯ.. ޕްލީޒް.” ރަޝާ އެދެމީހުންނަށް ކުރުގޮތަކަށް ވީގޮތްކިޔައިދިނެވެ. އަދި ތުއިގޮތަކަށް ޕްލީޒް އޭ ބުނެލިއެވެ.

“ހްމްމް. ފައިން.. ހިނގާ އަހަރުންނާއެކު ދާން.” އާކިން އެންމެފަހުން ބުންޏެވެ. ކިތަންމެ ހިތްހަމަނުޖެހުނަސްހެވެ. އާކިން އެހެން ބުނުމުން އަލާންއަށް އައިބަދަލު އާކިންއަށް ފެނުނެވެ. އަދި ބޮލުގެ އިޝާރާތުން އެކަމާ ނުވާށޭވެސް ބުނެލިއެވެ. އަލާން އެއްޗެކޭ ނުބުނީ އެހެންވެއެވެ. ރަޝާއާއެކު ހިނގަމުންދިޔައިރު އުޅޭ ވައްތަރުން ދެކުދިންވެސް ހުރީ ވަރަށްވެސް އުނދަގޫވެފައެވެ. އިރުކޮޅަކާ ކޮންމެސް ވާހަކައައެއް އަޅުވާލާނެއެވެ. ނޫނީ އާކިންގެ ގައިގާ ޖެހިދާނެއެވެ. އެއްފަހަރަކު ވެއްޓޭކަމަށްވެސް ހަދައި އާކިންލައްވާ އޭނާ ހިފެއްޓުވިއެވެ. މިކަމާހެދި އާކިން ހުރީ ހަމަ ރަނގަޅަށްވެސް ބޯގޮވާފައެވެ.

ރަޝާ ގެއަށް ވަނުމުން ދެކުދިންނަށް އެއްފަހަރާކަހަލަގޮތަަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ މިއޮއްހާއިރުވަންދެން ނޭވާ ނުލާހުރިހެނެވެ. “ބްރޯ ދެޓް ވޯޒް ކްލޯސް.” އަލާން ހަމަޖެހިލަމުން ބުނެލިއެެވެ. “ޔޫ ގޮޓް ދެޓް ރައިޓް.” އާކިންވެސް އެއްބަސްވިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ތިބެވުނީ އެދެކުދިންގެ ގެއާ ވަރަށް ކައިރީގައިކަމުން އަލާންވެސް ދަނީކަމަށް ބުނެ އެދެކުދިންގެ ‘ސީކްރެޓް ހޭންޑް ޝޭކް’ ކޮށްލުމަށްފަހު ދިޔައެވެ. އާކިންގެވެސް މިސްރާބުހުރީ ގެއާދިމާލަށެވެ.

ހިނގަމުންގޮސް އާކިން ވަނީީ 10 ބަރިއަށް އަޅާފައިވާ އެޕާޓްމެންޓަކަށެވެ. ބޭރުންފެންނައިރުވެސް އެ އެޕާޓްމެންޓަކީ ވަރަށް ރީއްޗަށް ފަރުވާތެރިކަމާއެކު އެޅިފައިވާތަނެއްކަން އެނގެންދަނީ އެތަނުގެ ރީތިކަމުންނެވެ. ހަމަޖެހިލަމުން އާކިން އެތެރެއަށް ވަދެ ލިފްޓަށް އަރައި އެޕާޓްމެންޓުގެ 9 ވަނަ ފިތަށް ފިއްތާލައި ފުން ނޭވާއެއް ދޫކޮށްލިއެވެ. 9 ވަނަ ބަރިއަށް ދެވުމާއެކު އަވަހަށް ނިކުމެ އޭނަ އުޅޭބަޔަށް ވަނެވެ. ރީތި ތަނެކެވެ. ވަންނަދިމާލުން އިންނަ ސިޓިންރޫމްވަނީ ރީތި އަގުބޮޑު ފަރުނީޗަރުތަކުން ފުރާލެވިފައެވެ. ބަދިގެއާއި ކާގެ އެއްކޮށް އެޅިފައިވީއިރު ބޭރުން ވަންނަ މީހުންނާއި އެ ބޮޑު ސިޓިންރޫމު އެއްކޮށް ފެނިގެންދެއެވެ. ބަލާބެލުމުން ވަރަށް ސާފުތާހިރުކަމަށް ލޯބިކުރާބައެއް އުޅޭތަނެއްހެން ހީވެއެވެ. އެތަނުގައި ފަސްކޮޓަރި އެޅިފައިވީއިރު ކޮންމެ ކޮޓަރިއެއްގައި ފާހާނާހުރެއެވެ. އަދި ވަންނަ ދޮރުއިން ފާރުގައި ރީތި ވަރެއްގެ ބެލްކަނީއެއް ހުރެއެވެ. “ދަރިފުޅާ. ހާދަ ލަހުން މިއަދު ތިއައީ.” އާކިން ވަންތަންފެނި ބަދިގޭގައި ހުރި އާކިންގެ މަންމަ ރިއާޝާ ބުންޏެވެ. “އެއީ އަލާންއާއެކު ވާހަކަ ދައްކާލަން މަޑުކުރީމަ ކުޑަކޮށް ލަސްވީ. ކޮބާ އިނީ؟” އާކިން އެހެން ބުނެ ދެފަރާތްބަލައި ހޯދީ އޭނާގެ 9 އަަހަރުގެ ކޮއްކޮ އައިނީއެވެ. “ދޮންބެ ކޮންމެހެން އިނީ ހޯދާނެކަމެއް ނެތް. ހިތަށްއެރިހާ އިރަކުން ކޮއްކޮއަށްވެފަ އަނެއްބައި އިރު އިނީ ރޮއްވާފަ. މަންމައަށް އިނގޭތަ؟ ދޮންބެ ކުރީދުވަހު އިނީގެ ސްކޫލު ދަބަހުގެ ޒިބުގަ އަޅުވާފައިން އެތިކޮޅު ދޮންބެ ނެ…” އައިނީ ބާރަަކަށް އެހެން ބުނަން އުޅެނިކޮށް އާކިންއައިސް އައިނީގެ އަނގަމަތީގައި އަތްއެޅިއެވެ. އަދި ބޮލުގެ އިޝާރާތުން ނުބުނާށޭވެސް ބުންޏެެވެ. ނަމަވެސް އާކިންގެ ބާރު ހަޅޭކާއެކު އައިނީގެ އަނގައިން އަތްނަގާ އައްދިއްޔޯއި އޭ ބުންޏެވެ. އޭރު އާކިންގެ އަތުގައި ބޮޑެތި ދަތްވަޅުތަކެއް ހުއްޓެވެ. އާކިން އައިނީއަށް ބަލާލުމާއެކު އައިނީ ފާޑަކަށް ހީލައިގެން ހުއްޓެވެ. އައިނީހުރީ ދެންމެ ކުރެވުނުކަމަކުން ފަޚުރުވެރިވެފައެވެ. “އައިނީީ” އާކިން ބާރަކަށް ހަޅޭއްލަވާފައި އައިނީ ފަހައިދުވަން ފެށިއެވެ. އައިނީވެސް ތޫލި ހަޅޭކަކާއެކު އާކިންގެ އަތުނުޖެހޭތޯ މުޅި ސިޓިންރޫމުވަށައި ދުވަންފެށިއެވެ. އޭރު ރިއާޝާހުރީ ބަދިގޭ ދޮރުކައިރީ އެދެކުދިންއުޅޭގޮތުން މަޖާވެފައެވެ. އަދި ހިނިގަނޑެއްޖަހައިލީ ފަހަތުން އާކިން އައިނީ އުރާލައި ބަންކިޔާފައި ސޯފާއަށް ވެއްޓިގަތީމައެވެ. އައިނީ އެވަގުތުވެސް ދިޔައީ އާކިން އަތުން ސަލާމަތްވޭތޯ ތެޅިފޮޅެމުންނެވެ. ނަމަވެސް ކުޑަކުއްޖަކަށް ބޮޑު ފިރިހެނެއްއަތުން ސަލާމަތްވެވޭނެ ހެެއްޔެވެ؟ އައިނީއަށް ލިބިފައިވަނީ ކޮނޑާހަމައަށްއަރާ އަދި އެހާމެ ބުޅި އިސްތަށިގަނޑެކެވެ. އާކިންގެ ހުންނަކަހަލަ ދޮން ހަންގަނޑެއް ލިބިފައިވީއިރު ހީލާ ކޮންމެ ފަހަރަކު ކޮލަށް އެޅޭ އަޑިކޮޅުން އިތުރަށް ލޯބިކަަމަށް ދައްކައެވެ. އައިނީއަކީ ނުވައަހަރުގެ ކުއްޖެއްކަމަކު އައިނީއަކީ ކަންކަމާ ވަރަށް ވިސްނާ އަދި އެހާ އަނގަގަދަ ކުއްޖެކެވެ. އުޅޭނީވެސް ބޮޑެތިމީހުން އުޅޭގޮތަށެވެ. ބައެއްފަހަރު އެތަނުން ދޮށީ ކާކުކަންވެސް އޮޅޭފަހަރު އާދެއެވެ.

“ދެން މަންމީ ދޮންބެ ކައިރީ ބުނޭ އިނީ ދޫކޮށްލާށޭ” އައިނީ ބޮޑާހާކަމުން ރިއާޝާގާތު ބުންޏެވެ. “ދެން މަންމީ. އިނީ ގާތުބުނޭ ދޮންބެއަށް ސޮރީބުނާށޭ. ދޮންބެއަށް ވަރަށް ތަދުވެއްޖޭ.” އާކިންވެސް އައިނީ ވާހަކަދެއްކި ރާގުން ވާހަކަދެއްކިއެވެ. އަދި މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލިއެވެ. “ދަރިފުޅުމެންވެސް އުޅޭވައްތަރު ދޯ.” އިވުނު އަޑާއެކު ސޯފާގައި އޮތް ދެކުދިންގެ އިތުރުން ރިއާޝާވެސް ފުޅާ ހިނިތުންވުމަކާއެކު ބަލައިލީ ގެއަށް ވަންނަ ދޮރުކައިރީ ހުރި މީހާއާ ދިމާލަށެވެ. އިސްކޮޅުން ދިގެވެ. ތުނބުޅި މަތިމަސް ތުނިކޮށް ކޮށާލާފައި ހުރިއިރު އާއި ލައިގެން ހުރި ކަޅުގަމީހާއި ފަޓުލޫނުގެ ސަބަބުން އިތުރަށް ޝާހީކަމަށްދައްކައެވެ. އަތުގައި އެންމެ ފަހުގެ އަތުކުރިގަޑިއެއް އަޅާފައިވީއިރު އެނާގެ މުއްސަނދިކަން އިތުރުވާފަދައެވެ. އާނއެެވެ. އާކިންގެ ބައްޕަ އަކްމަލްއަކީ ރާއްޖޭގެ މަޝްހޫރު ނަންހިންގާލާފައިވާ ބިޒްނެސްގެ ބޮޑުމީހާއެވެ. އޭނައަކީ އެތައްއެއްޗެއްގެ މިލްކުވެރިއެވެ. ނަމަވެސް އޭގެން އެއްވެސް ކަމަކާ ބޮޑާވެ ނޫޅެއެވެ. އެއަށްވުރެބޮޑަށް އެ އާއިލާތެރޭގައި އޮންނަނީ އެމީހެއްގެ އުފަލެއް އެންމެ ރަނގަޅުގޮތުގައި ލިބޭތޯ މަސައްކަތްކުރުމެވެ. “އާކިންވެސް މިހާރު ބޮޑުވާން ވެއްޖެއްނު. މިހާރު ދަރިފުޅަށް 17 އަހަރު ވެއްޖެންނު. އަދިވެސް ތި އުޅެނީ ކުޑަކުއްޖެއްހެން. އިނީވެސް ދެން އަބަދު ދޮންބެއާ ނުބެހެބަ. އިނީ ތީ ވަރަށް ވިސްނޭ ކުއްޖެއްނު ދޯ.” އަކްމަލް ދެކުދިންކައިރީ ހުއްޓިލަމުން އައިނީގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ވަރަށް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ނަމަވެސް އެދެކުދިން އުޅުނުގޮތުން އަކްމަލްވެސް ހުރީ ވަރަށް މަޖާވެފައެވެ. އެކަން އަކްމަލްގެ މޫނުމަތިން ފެނިގެންދިޔައެވެ. އެކަމާ ރިއާޝާވެސް ހުރީ ހިނިއައިސްފައެވެ. ނަމަވެސް އަކްމަލް ރުޅިއައިސްދާނެތީ ކެތްކޮށްއިގެން ހުރީއެވެ. “އާކިން ދޭބަ އެއްޗެހި ބަދަލުކޮށްގެން އަންނަން. މަންމަ ކާންހަދާލާނަން. އަކްމަލްވެސް. އާދޭ އިނީ މަންމައާއެކު ކާންހަދަންދާން.” މިހެން ބުނެފައި ރިއާޝާ އައިނީއާއެކު ބަދިގެއަށް ދިޔައެވެ. އަދި އާކިންގެ އިތުރުން އަކްމަލްވެސް އެމީހެއްގެ ކޮޓަރިއަށްވަނީ އެއްޗެހި ބަދަލުކުރާށެވެ.

އެ ބޮޑު އެޕާޓްމެންޓުގައި މުޅިއެކު 10 ފަންގިފިލާ ހުރިއިރު އެންމެ މައްޗަށް ހުންނަނީ ރީތިމާގަސްތަކުން ޖަރީކުރެވިފައިވާ ބޮޑު ޓެރަހެކެވެ. ނުވަވަނައަށް ހުންނަ ބަޔަކީ އާކިންމެންގެ އާއިލާ އުޅޭ ބައެވެ. 8ވަނަ ފަންގިފިލާ ނޫން ދެން ބާކީ ހުރި ފަންގިފިލާތަކަކީ ކުއްޔަށް ދީފައިހުންނަ ތަންތަނެވެ. އެއްޗެހި ބަދަލުކޮށްގެން ނުކުތްއިރު ކާގޭ މޭޒުމަތިވަނީ މެންދުރުގެ ކެއުމަަަަށް ތައްޔާރުކޮށްފައެވެ. ލަސްކުރުމެއްނެތި ހުރިހާ އެންމެންވެސް ގޮނޑީގައި އިށީނދެ ކާންފެށިއެވެ. ކަމުންދިޔަގަޑީގައި އައިނީ ސްކޫލުގައި މިއަދުކުރި ކަންތައް ކިޔައިދީހެދިއެވެ. ބާކީތިބި މީހުން އައިނީ ކިޔައިދޭ މަޖާ ވާހަކަތަށް އަޑުއަހާފައި ހެނީއެވެ. އެކުޑަ އާއިލާތެރޭގައިވެސް އޮތީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެއްވެސް މީހެއްގެ މޫނުމައްޗަކުން ބޮޑާކަމެއް ކިބުރުވެރިކަމެއް ނުފެނެއެވެ. އެގޮތަށް އެ އެންމެން ކައި ނިންމާލީ މޫނުގައިވާ ހިނިތުންވުމަށް އެއްވެސް ބަދަލެއްނެތިއެވެ.
ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

ލޯތްބަކުން ދިން…….2ވަނަ ބައި

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 32

Next
March 18, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 32

Previews
March 16, 2023

ލޯތްބަކުން ދިން…….2ވަނަ ބައި

8 Comments!

  1. Quinn Lilac says:
    March 19, 2023 at 7:37 am

    Hey guys. Here’s the third episode. Hope you enjoy😁

  2. Anonymous says:
    March 19, 2023 at 10:50 am

    Vr Reeth mi part vess. Kureege part Thakah comment nukurias keen. Vr Reethi. Masha Allah. Good luck with the next parts. Can’t wait to read.

    1. Quinn Lilac says:
      March 21, 2023 at 6:42 am

      Thank you very bodukoh. 😊

  3. Potato🖤 says:
    March 19, 2023 at 11:26 am

    OMG. Vrh reethi ingeyyyy. Masha Allah 💞💞
    Who is that ayyaash bruhhhh??

    1. Quinn Lilac says:
      March 21, 2023 at 6:45 am

      Thankiu again.😊 Ayyaash is just a guy who is a very big seyku. 😂😂

  4. mariyam says:
    March 19, 2023 at 4:48 pm

    Varha reethi vahakae I love this story
    I am sick and cold

  5. Hehe says:
    March 22, 2023 at 11:24 am

    Ey vnv eh neyngun🤣🤣😭

    1. Quinn Lilac says:
      March 23, 2023 at 7:40 pm

      Adhi ingeyne.😊

Comments are closed.

Next Episodeލޯބިވެވުނީ 4←


All Right Reserved!