Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބިވެވުނީ 2

Lilac Level 1
March 12, 2023 5 Mins Read
36 Comments

ފަސްގަޑި ބަޔަށް ފޯނު އެލާމްކޮށްފައި އެނދުކައިރީގައިވާ ސައިޑްޓޭބަލް މަތީ ބޭއްވިތާ އިރުކޮޅެއްގެ ތެރޭގައި ޔައިލީއަށް ފުން ނިންޖަކަށް ގެނބިއްޖެއެވެ.

♡ދެވަނަ ބައި♡

އާ ދުވަހަކަށް ފަތިސްވެއްޖެއެވެ. ގަދަ ނިދީގައި އޮތް ޔައިލީއަށް ހޭލެވުނީ ރޭގައި އެލާމްކޮށްފައި އޮތް ފޯނު އެލާމް އެޅުމުންނެވެ. އެލާމް ނިއްވާލާފައި ތެދުވެ މޯޅިއަކަށް ދެމިލާފައި އެނދުންފައިބާ ފާހަނާއަށް ގޮސް ދަތްއުނގުޅާ މޫނުދޮވެ ވުޟޫކޮށްގެން ނިކުމެ ފަތިސް ނަމާދު ކުރިއެވެ. އަދި ޤުރުއާނުން މިންވަރެއް ކިޔަވާލިއެވެ. ޔައިލީއަކީ އަބަދުވެސް ނަމާދަށް ފަރުވާތެރިވާ ކުއްޖެކެވެ. ކޮންމެކަމެއް ކުރަންހުރިކަމުގައި ވިޔަސް އެކަމެއް ހުއްޓާލައި ނަމާދަށް އަންނާނެއެވެ. އެއީ ޔައިލީ މަންމަ އަބަދުވެސް ޔައިލީއަށް ދެމުންއައި ނަސޭހަތެކެވެ. އެ ނަސޭހަތުގައި ހިފުމަށް ޔައިލީ އަބަދުވެސް މަސައްކަތްކުރެއެވެ. މިހާރު ޔައިލީ އެހުރީ އެކަމަށް ހޭނި، އާދަވެފައެވެ. ޤުރުއާން ކިޔަވައި ނިމުމުން ޔައިލީ ހެނދުނުގެ ޒިކުރުތައްކިޔައި ހެދިއެވެ. އޭރު ގަޑިން 30 6 ވާން ކައިރިވަނީއެވެ. ސްކޫލަށްދާން ޖެހެނީ 8 ޖަހާއިރުކަމުން ކޮޓަރިން ނިކުމެ ބަދިގެއާ ދިމާއަށް ދިޔައީ މަންމައަށް އެހީތެރިވުމުގެ ބޭނުމުގައެވެ.

މަންމައާއެކު ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ސައިހެދީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. ސައިހަދާ ނިމުމުން މަންމައާއެކު ސައިބޮއެ ނިމުނުއިރު ގަޑިން 7 ޖަހައި ބޮޑުވެއްޖެއެވެ. “ދަރިފުޅުދޭ އަވަހަށް ސްކޫލަށްދާން ތައްޔާރުވާން. އައިރާއާ ދީމާ އަންނާނެ ދަރިފުޅާއެކު ސްކޫލަށްދާން. އެހާއިރު ކުރިން ވާނެއެންނު ތައްޔާރުވެގެން ހުންނަން. އެހެންނޫނަސް ދަރިފުޅުތީ ތައްޔާރުވާން ވަރަށް އިރުނަގާ ކުއްޖެއް.” ކައި ނިމިގެން ތަށިދޮންނަމުން ގަޑިއަށް ބަލާލާފައި ވަދީފާ ބުންޏެވެ. “މަންމަވެސް ދެންދައްކާ ވާހަކަ. މިހާރު އައިރާއެކޭ މަންމައެކޭ ތަފާތެއްވެސް ނެތްކަންނޭނގެ. އައިރާވެސް ހަމަ ތިވައްތަރަށް އުޅެނީ. ވަރަށް ފޫހި.” ތަށި ދޮވެގެން ތަށި މޭޒުމައްޗަށް ލާފައި މަންމައާދިމާލަށް އެނބުރިލަމުން މޫނުމައްޗަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ބުންޏެވެ. މިތަންފެނި ވަދީފާއަށް ހެވުނެވެ. ޔައިލީ ކުޑައިރު އުޅުނު ގޮތް ހަނދާންވިއެވެ. ކިތަންމެ ބޮޑުވިޔަސް އުޅުމަކަށް ބަދަލެއް ނާދެޔޭ ހިތަށްއެރިއެވެ. އަދި އެއްޗެކޭ ބުނުމުގެ ކުރިން ޔައިލީ ކޮޓަރިއަށްގޮސް ދޮރުލެއްޕިއެވެ.

ޔައިލީ ތައްޔާރުވެގެން ނުކުތްއިރު ދީމާއާއި އައިރާ ތިބީ ސޯފާގައި ޔައިލީގެ އިންތިޒާރުގައެވެ. ޔައިލީފެނުމާއެކު އައިރާއަށް ފުންމައިގެން ތެދުވުނެވެ. “އެއްކަލަ ތަތް މަންޖެ ދޯ މިއައީ. ކޮންއިރެއް މިތާ ހުންނަތާ. އިއްޔެވެސް ޔައި ބަލާއައިން 4 ޖެހިއިރު. އެކަމުވެސް ޔައިއަކަށް ތައްޔާރުވެވުނުކަމަކަށް ނުވި.” ޔައިލީގެ ތަތްކަމަށް އައިރާ ފާޑުކިޔެވެ. “އެއްކަލަ އިރާ. އަޅެ ޔައި ހަމަ އެހާ ލަސްތަ ތައްޔާރުވާން؟ ހުރިހާ އެންމެން ތިހެންތިކިޔަނީ. މިހާރު ދީވެސް އެހުރީ ހޭންވީކަމެއް ނުހޭންވީކަމެއް ނޭނގިފަތޯއްޗެއް.” ޔައިލީވެސް ވަކި ދުލެއްނުކުރިއެވެ. އަދި ދީމާ އަނގަމަތީ އަތްއަޅައިގެން ހުރިތަންފެނި އެކަމާ ޝަކުވާކުރިއެވެ. “ހުމް. ދެންވެސް ހިނގާބަ މިތަނުން ދެވޭތޯ ބަލަން. މިހާރު ގަޑިޖެހެން 15 މިނެޓަށްވެއްޖެ.” ދީމާވެސް ހިނިގަނޑު މަތަކުރަމުން ބުންޏެވެ. އަދި އެ ތިންކުދިންވެސް ސްކޫލަށްދާން ގެއިން ނުކުތެވެ.

ސްކޫލް ހުންނަނީ ކުޑަކޮށް ދުރުގައިކަމުން އެހާ ހިސާބަށް ދެވުނުއިރު އެތިންކުދިންވެސް ހުރީ ވަރުބަލިވެފައެވެ. ހަމައެވަގުތު ސްކޫލް ބެލްޖެހިއެވެ. އެތަނަށް ގަޑިއަށް ދެވުމުން އެކުދިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އަދި ތިންކުދިންވެސް ކްލާހަށް މިސްރާބުޖެހިއެވެ. އެތިންކުދިންވެސް ކިޔަވަނީ އެއް ކްލާހެއްގައިކަމުންނާއި އެކީގައި ހުރެވެތީ އެކުދިން ހުންނަނީ ވަރަށް އުފަލުންނެވެ.

ކްލާހަށް ވަންވަގުތު ފެނުނު ސޫރައަކުން ޔައިލީއަށް ހުރިފިޔަވަޅުމަތީ ހުއްޓާލެވުނެވެ. އާނއެކެވެ. އެއީ ހަމަ އޭނައެވެ. ޔައިލީ އަބަދުވެސް ދެކިލަން ބޭނުންވާ ސޫރައެވެ. ކަޅުކަންދަގަ ލޮލެއްގެވެރި، ވެލާ ހިނިތުންވުމުން ޔައިލީގެ ހިތްކަތިލާ އިންސާނާއެވެ. އާނއެކެވެ. އެއީ ހަމަ އާކިންއެވެ. އޭރު އާކިން ހުރީ އޭނަ ކިޔަންއިން ފޮތަކަށް ގެއްލިހުސްވެފައެވެ. އިސްޖަހާލައިގެން ފޮތްކިޔަން ހުރިއިރު ނިތްކުރިއަށް ވެރިފައިހުރި އިސްތަށިކޮޅުތަކުން އޭނަގެ ރީތިކަން ފެނިގެންދެއެވެ. ކްލާހުގެ ކުޑަދޮރު ބޭރުން އެޅޭ އަލީގެ ސަބަބުން އާކިންގެ ހަމުގެ ދޮންކަން އިތުރުވެ ރީތިކަން ދެގުނަވިކަން ޔައިލީއަށް ފާހަގަވިއެވެ. ޔައިލީއަށް އެތަން ވަރަށްވެސް ކަމުދިޔައެވެ. އެމަންޒަރަކީ ކިތަންމެ ގިނައިރުވިޔަސް ބަލާބަލާ ފޫހިވާނެ މަންޒަރެއް ނޫނޭ ޔައިލީ ހިތަށްއެރިއެވެ. އައިރާއަށް ޔައިލީ ކަޅިޖަހައިނުލާހުރެ އާކިންއާދިމާލަށް ބަލަންހުރިތަން ފެނުމުން ކުޑަކޮށް ހެވުނެވެ. “ޔައި ބަލަ ހީޒް މައި ކަޒިން އިނގޭ. ތަންކޮޅެއް ބަލައިގެން އުޅޭތި. ދެން އެހާވަރަށް އޭނަގަޔަށް ނުބަލަބަ. އޭނައަށް ފެނިއްޖެއްޔާ ލަދުގަނެދާނެ.” އެއްވެސް މީހަކަށް އަޑުއިވިދާނެތީ އައިރާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. ނަމަވެސް އާކިންއަށް މިވާހަކަ ވަރަށް ރީއްޗަށް އަޑުއިވުނެވެ. ހަމައެވަގުތު އިސްނަގައި ޔައިލީގަޔަށް ބަލައިލިއެވެ. އޭރު އިސްޖަހައިގެން ހުރި ޔައިލީ ހުރީ ލަދުންގޮސް ވިރޭވަރުވެފައެވެ. ޔައިލީ ބޯހިތްލާލިވަގުތު އާކިން ހުރީ ޔައިލީގަޔަށް ބަލަންކަމުން އެދެމީހުންގެ ހަތަރުކަޅި ބައްދަލުވެެންދިޔައެވެ. ދެން ޔައިލީއަށް ވީގޮތެއް ޚުދު ޔައިލީއަކަށްވެސް ނޭނގުނެވެ. އެ ތޫނު ނަޒަރުގެ ސަބަބުން އެވަގުތު ޔައިލީގެ ގައިން ވަރުދޫވާހެން ހީވިއެވެ. ވާހަކައެއް ދެއްކޭނެހާ ހިތްވަރެއްނެތެވެ. ކުރިޔަށް އެންމެ ފިޔަވަޅެއްވެސް އަޅާނެހާ ހިތްވުވެސް ނެތެވެ. ހިތްހީވަނީ މޭފަޅައި ނުކުމެދާނެހެނެވެ. އެކަން ޔައިލީއަށް އެނގުނީ މާފަހަކުންނެވެ.

އެންމެ ކުރީ ސީޓުގައި އިން އާކިންއަށްވެސްވީ އެފަދަ ގޮތެކެވެ. ފޮތް ހުޅުވައިގެން އިނެއްކަމަކު އޭނަގެ ނަޒަރުވަނީ ޔައިލީއާ ދިމާލަށެވެ. ޔައިލީ ފެނުނީއްސުރެ އާކިންއަކަށް އޭނަގެ ނަޒަރު ޔައިލީއަކާ ވަތްކެއްނުވެވުނެވެ. އަމިއްލަ ނަފްސަށް މިވަނީ ކީއްކަމާމެދު އާކިންވެސް ހުރީ ސުވާލު އުފެދިފައެވެ. ދަބަހެއް އަޅައިގެން ޔައިލީހުރިއިރު ލައިގެން ހުރި ޔުނީފޯމުން އެކަނިވެސް ޔައިލީގެ ރީތިކަން އިތުރުވާފަދައެވެ. އެ ރީތި ދެލޮލަށް ގެއްލިފަ އިނދެވުނީ ކިހާވަގުތަކުކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ މިމަންޒަރު އާކިންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަލާންއަށް ފެނުމާއެކު ލާނެތްގޮތަކަށް ހިނިތުންވެލާފައި ބޯހޫރުވާލިއެވެ. “ބްރޯ ހާދަވަރަކަށް ތިބަލަނީ. އެކުއްޖަ ލަދުގަނުވާލަންތަ ތިއުޅެނީ އަނެއްކާ. މިހާރު ގަޑިރެއްވެދާނެ ތިހެން ކަޅިހަމަކޮށްގެން ހުންނަތާ. ކާކު މޮޅުވީ ތި މުބާރާތުން؟ މޮޅުވި މީހަކަށް މަދޭނަން ކެއުމެއް.” އަލާން އާކިންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުންޏެވެ. އެވަގުތު ޔައިލީއަށްވެސް އާކިންއަށްވެސް ހަމަބިމަށްއާދެވުނުފަދައެވެ. “ދެން އަލާންވެސް ދައްކާ ވާހަކަ. މަ ނުބަލަމޭ އެއްވެސް މީހެއްގަޔަކަށް.” އާކިންވެސް ޗުސް ތަޅާލަމުން ނުވާކަމަށް ހަދާފައި ބުންޏެވެ.

“ދެން ތިދެމީހުން އިށީންނާކަށް ނުވޭތަ؟ ހާދަ އިރެއްވެއްޖެޔޭދޯ ތިތާ ކޮޅަށް ހުންނަތާ. ފައިވާޅުނުވާކަން ދޯ.” އަނގައަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން އަލާން އައިރާއާ ޔައިލީގާތު ބުންޏެވެ. އޭރު ދީމާގޮސް އޭނަގެ ސީޓުގައި އިށީންނަނީއެވެ. “އަލާންއަށް ކޮންބެހޭކަމެއް؟ އަހަރުން މިތާ ކޮޅަށް ހުއްޓަކަސް ނުޖެހޭނޭ އެކަމާ ވާކަށް. މިތާ ކިތަންމެ ގިނައިރެއްވަންދެން ކޮޅަށްހުއްޓަކަސް އަހަރުންގެ ފައެއްވާޅެއް ނުވާނެ. އެހެންނޫނަސް އަލާންތީ އަންހެންކުއްޖަކު ވާހަކައެއް ދެއްކިޔަސް އަޅާލާ މީހެއް ނޫން. ދެން ކީއްވެ ކުއްލިއަކާ އަހަރުން މިތާކޮޅަށް ހުރީމަ އުނދަގޫވެގެންތި އުޅެނީ؟” އަލާން ކުއްލިއަކާ އެހެންހުރެފަ ވާހަކަ ދައްކަން ފެށުމުން އައިރާއަށް އޭނަގެ ދެއަތް އުނަގަނޑުގައި ވިއްވާލާފައި ތުން އަނބުރާލިއެވެ. “އައްދެ. ޑަމްބޯއަށް ހާދަ ވަރެކޭތިވީ މަ އެއްޗެކޭ ބުނެލާއިރަށް. މަ ތިމީހުންގެ ބިޒްނެސްއަކާ ނުބެހެން. މަ އެހެންބުނީ ތިދެމީހުން ކްލާހަށް ނުވަދެ ތިތާ ކޮޅަށް ހުރީމަ. އިރުކޮޅަކުން އެސެމްބްލީވެސް ފެށޭނޭ ވިއްޔަ.” އަލާންވެސް ލާނެތްގޮތަކަށް ބުންޏެވެ. އޭރު ކްލާހުގެ ހުރިހާ ކުދިންތިބީ އެދެމީހުންގެ ކޯޅުންގަނޑަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ.

އަލާންއާ އައިރާއަކީ އެ ކްލާހުގައި ހުރި އެންމެ ވަރުދަގަ ދެމީހުންނެވެ. ކުދިކުދި ކަންކަމަވެސް ހިފައިގަނެދާނެއެވެ. އެދެމީހުންނެކޭ ކުޑަކުދިންތަކެކޭ ތަފާތެއްނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދެމީހުން ސްކޫލަށް ނާންނަދުވަހެއް ވެއްޖެނަމަ ކްލާސް އެއްކޮށް ފަޅުވެ އެންމެންގެ މޫޑު ހަރާބުވެއެވެ. އެހާވެސް އެދެމީހުންގެ ސަކަރާތް ބޮޑެވެ. މިކަންތައް އިންތިހާއަށް ނުދާކަން އެއީ އެމީހުންގެ ނަސީބުކަންނޭނގެއެވެ. “މިހާރު މަށާދިމާލަށް ފާޑުފާޑުގެ ނަންވެސް ކިޔަންފެށީއޭދޯ. ޑަމްބޯ އޯ. މަށާ ދިމާލަށް ޑަމްބޯކިޔަން ތީކާކު؟ ދެން އެނޫން އެއްޗެއް ނުކިޔަނޭ. ވަރުގަދަ ފިރިހެނެކޭ މިތާ މީނީ.” އަލާން އައިރާއާ ދިމާލަށް އެހެންނަމަކުން ގޮވުމުން އައިރާ ހުރީ ސަތޭކައަށްއަރަން ގާތްވެފައެވެ. “ޑަމްބޯ އޭ ހަމަޖެހޭ. މިހާރު ރުޅިއައިސްގެން ތިޔޮށް މޫނު ރަތްވަނީ. ކާމް ޑައުން. ޑީޕް ބްރެތްސް.” މުށިކުލައިގެ ދެލޯ ހަނިކޮށްލަމުން އަނެއްކާވެސް އަލާން ބުންޏެވެ. ނަމަވެސް އަލާން ހުރީ އައިރާއަށް ވާގޮތުން ކިރިޔާ ނުހެވިއެވެ. އައިރާ އެއްޗެކޭ ބުނަން އަނގަހުޅުވާލާފައިވެސް ނުބުނެވުނީ އަލާންގެ ލާނެތްމޫނު ފެނިފައެވެ. އެވަގުތު އަލާން އެއްމިޔަނަކުން ހީލިއެވެ. އައިރާއަށް ކުއްލިއަކަށް މިވީގޮތުން ކައިރީގައިހުރި ޔައިލީވެސް ހުރީ ހައިރާންވެފައެވެ. “ހީނުކުރައްޗޭ ދޫކޮށްލީއޭ.” ނުވާކަމަށްހަދާ މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސަމުން އައިރާ ބާރުބާރަކަށް އޭނަ ހުންނަ ސީޓަށްދިޔައެވެ. ޔައިލީވެސް ނިތްމަތީގައި ކުޑަކޮށް ޖަހާލަމުން ދެފަރާތަކަށް ބޯހޫރުވާލާފައި އައިރާފަހަތުން ދިޔައެވެ. އޭރު އާކިންވެސް ހިނިގަނޑު ބަނޑަށްލައިގެން ހުރީއެވެ. އަލާންގެވެސް ކަންތަކެއް އޮވޭދޯއޭހިތަށް އަރުވަމުންނެވެ.

އިރުކޮޅަކުން އެސެމްބްލީ ފެށޭތީ ހުރިހާ ކުދިންވެސް އެސެމްބްލީއަށް ހޯލަށްދިޔައެވެ. އިރުކޮޅެއްނުވެ ދުވަހުގެ އެސެމްބްލީ ފެށުނެވެ. އެސެމްބްލީ ނިމުމާއެކު ހުރިހާ ކުދިން ކްލާހަށްގޮސް ކިޔެވުމަށް ތައްޔާރުވިއެވެ. ޓީޗަރު އަދި ނާންނަތީއާއި އެންމެ ކުރިން އޮތީ ދިވެހި މާއްދާކަމުން އެ މާއްދާއެއްގެ ފޮތްނަގައި ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ އަމިއްލަ ކަމަކަށް މަސްއޫލުވިއެވެ. އިރުކޮޅެއްނުވެ ދިިވެހި ޓީޗަރު އަންވަރު ސަރ ކްލާހަށް ވަނެވެ. އަދި ހުރިހާކުދިންވެސް އިޙްތިރާމުކުރުމުގެ ގޮތުން ކޮޅަށް ތެދުވުމާއެކު ސަރ ސަލާމް ގޮވައިލިއެވެ. ރައްދުގައި ހުރިހާ ކުދިންވެސް ސަލާމްބަލައިގަތުމުން ސަރ ހުރިހާ ކުދިންގާތު އިށީންނަން ބުންޏެވެ. ދެން ފެށުނީ ކިޔަވާށެވެ.

ޔައިލީ، ދީމާ އަދި އައިރާވެސް ކިޔެވުމަށް ވަރަށް ސަމާލުކަންދޭން މަސައްކަތްކުރިއެވެ. ހަމައެގޮތަށް އާކިން، އަލާން އަދި އެހެންކުދިންވެސް ސަމާލުކަންދެވޭތޯ ބެލިއެވެ. އެ ހުރިހާ ކުދިންވެސް ޓެސްޓުން ރަނގަޅު ނަތީޖާ ހޯދަން ބޭނުންވެއެވެ. ނަމަވެސް އާކިންއަށް މިކަންކުރުންވީ އުނދަގޫ ކަމަކަށެވެ. އިރުއިރުކޮޅާ ޔައިލީއާ ދިމާލަށް ކަޅި ހިނގާލެވެއެވެ. ފޮތުގައި ލިޔެލިޔެހުއްޓާވެސް ހަމަބެލެނީއެވެ. މިތަން ވަރަށް ރީއްޗަށްވެސް އަލާންއަށް ފެނުނެވެ. އަދި ފަހަތްބަލާލައި އައިރާއަށް މިކަން އެނގިއެވެ. ޔައިލީއަށްވެސް ވަނީ ހަމަ އެވަރެވެ. ކިތަންމެވަރަކަށް ނުބަލާން އުޅުނަސް އެކަމެއްނުވެއެވެ. އާކިން ބަލާލާ ކޮންމެފަހަރަކު ޔައިލީ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލައެވެ. އާކިންވެސް ހަމައެގޮތަށް ކަންތައްކުރަނީއެވެ.

މުޅި ގަޑި ދިޔައީ އެކަހަލަ ގޮތަކަށެވެ. އިރުކޮޅެއްނުވެ ގަޑި ނިމުނުކަމުގެ ބެލް އަޅައިފިއެވެ. އަންވަރު ސަރ ހުރިހާ ކުދިންނަށް ސަލާމް ގޮވާލުމުން ހުރިހާ ކުދިންވެސް ސަލާމް ބަލައިގަތުމާއެކު ސަރ ނިކުމެގެން ދިޔައެވެ. އެވަގުތު އައިރާއާ އަލާންއާ ދެމީހުން ހުރީ ނުހޭންވެގެންނެވެ. ހޭން ފަށައިފިއްޔާ އެމީހުންގެ ދުވަސްދާނެކަން އިނގޭތީއެވެ. ނަމަވެސް އައިރާއަށް އިތުރަކަށް ކެތެއްނުކުރެވުނެވެ. ޕަކަޕަކައަޅާފައި ހޭންފަށައިފިއެވެ. އައިރާ ހޭން ފެށުމުން އަލާންއަށްވެސް ކެތްކުރެވުނީ އެހިސާބަށެވެ. ދެމީހުން އެކީހެން ހޭތީވެ ޔައިލީއާ އާކިންގެ އިތުރުން ކްލާހުގެ އެހެން ކުދިންވެސް ހުރީ ސުވާލުމާކެއްގައެވެ. “ތި ދެމީހުންނަށްވާ ހަމަ ސާބަސް. ތިހާވަރަށް ދެމީހުންތި ބަލަނީ އަނެއްކާ އިންނަން އުޅެނީތަ؟ ބަލާގޮތުންވެސް ހީވަނީ ވަލު ޖަނަވާރެއް އައިސް އަރައިގަންނަން އުޅޭހެންނޭވިއްޔާ.” ހެމުންހެމުން އައިރާ އެހެން ބުނުމާއެކު ކްލާހުގެ އެހެންކުދިންވެސް ބާރުބާރަކަށް ހޭންފަށައިފިއެވެ. “އާނ! ހީވަނީ ހަމަ ކޮންމެފަދަ ގަޑިއެއްގައިވެސް ޖަހައިގަނެގެން ފިލަންދާން ތައްޔާރަށް އިންހެން. ދޯ ޑަމްބޯ.” އަލާންވެސް އައިރާގެ ބުނުމާ އެއްބަސްވުމުގެ ގޮތުން ބުންޏެވެ. “އެއްކަލަ ފިރިހެނާ ފަށައިފިއެންނު. މަށާ ދިމާލަށް ތިހެން ނުކިޔާށޭ ކިތަށްފަހަރު އަލާން ކައިރީ ބުނެވިއްޖެ. އަދިވެސް އެބަ ކިޔައެންނު އެހެން. ބޮޑު ފޮނި ބޯކިބާގަނޑު.” އަލާން އެހެން ބުނުމާއެކު އައިރާގެ ހުނުން އެއްފަހަރާ ކަހަލަގޮތަކަށް ހުއްޓުނެވެ. އަލާން ކޮންމެއެއްޗެއް ބުންޏަސް އެއީ އައިރާއަށް ހަމަވާގޮތެކެވެ. ކަމަކާނުލާ ރުޅިއާދެވެއެވެ. ހިފާހިތްވެއެެވެ. އެއްޗެހިކިޔާ ހިތްވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. “އޭ. މިހާރު ކޮންތާކަށްތި ދިޔައީ. މަ މިކިޔަނީ މަގޭ އާކިންއާ ކަލޭގެ ޔައިލީގެ ވާހަކައޭ. ހޭވް ސަމް ކޮމޮން ސެންސް. މަ ކޮންމެއެއްޗެއް ބުންޏަސް ޑަމްބޯ ނުޖެހޭނެޔޭ ރުޅިއަންނާކަށް. ޑަމްބޯއަށް އިނގޭތަ. އަވަހަށް ރުޅިއަންނަ މީހުން އަވަހަށް މުސްކުޅިވެޔޯ. ސޯ ކޮންޓްރޯލް ޔުއަރސެލފް. އެޓްލީސްޓް ފޯ ޔޮއަރ ލޯންގ ލައިފް.” އަލާންވެސް ދިފާއުގައި ވާހަކަދެއްކިއެވެ. އައިރާ އިތުރަށް ރުޅިއަލުވަލުމުގެ ބޭނުމުގައެވެ. “ލުކް. އައި ޑޯންޓް ނީޑް ޔޫ ޓު ޓިޗް މީ ފެކްޓްސް އެބައުޓް މައި ލޯންގ ލައިފް. ސޯ ޖަސްޓް ޝަޓް އަޕް.” އައިރާވެސް ވަކި ދޫކުރަނެ ހެއްޔެވެ؟

އެގޮތަށް ދެމީހުން ޝަކުވާކުރަން ހަދައިގެން އެންމެ ފުރަތަމަ ފެށި ވާހަކަ މަތިން ހަނދާނެއްނެތެވެ. އެކަމާ އާކިންއާ ޔައިލީތިބީ އައިރާގެ ރުޅިގަދަކަމަށް ޝުކުރުކޮށްލަކޮށްލައެވެ. އައިރާގެ ރުޅިގަދަކަމަށް ކްލާހުގެ ދެންތިބި ކުދިންވެސް ތިބީ ސާބަސް ކިޔާލައެވެ. ބައެއް ފަހަރު އަލާންއާ އައިރާއާ ދެމެދުއޮންނަނީ އެކުވެރިކަމުގެ ގުޅުމެއްބާވައޭވެސް ހިތަށްއަރައެވެ. އެގޮތަށް ދެމީހުން ހިފާތަން ބަލަން އެކުދިން ތިބީ ޝައުގުވެރިވެފައެވެ. އެދެމީހުން ހީވަނީ ފިލްމެއްގެ ސީނެއް ކުޅޭހެން ވިއްޔާއެވެ. ދެން ބާކީތިބި މީހުންނަށް އެ ޝޯވ ބެލުންނޫން އިތުރުކަމެއް ނުކުރެވޭނެއެވެ. އެހުރިހާ އެންމެން ސަކަރާތްޖަހަން ހުރިއިރު އެމީހުންނަށް ނޭނގުނުކަމަކީ ޔައިލީއާ އާކިންއަށް ހަސަދައިގެ ނަޒަރަކުން މީހަކު ބަލާކަމެވެ.
ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

އިންތިޒާރު…4

Next

ލޯތްބަކުން ދިން…….2ވަނަ ބައި

Next
March 16, 2023

ލޯތްބަކުން ދިން…….2ވަނަ ބައި

Previews
March 11, 2023

އިންތިޒާރު…4

36 Comments!

  1. Tulip🌷 says:
    March 13, 2023 at 6:10 am

    Adhi nukiyan ingey

    1. 😲 says:
      March 14, 2023 at 8:54 am

      Oh

  2. Quinn Lilac says:
    March 13, 2023 at 6:11 am

    Salaam readers. Here’s the second episode. Ummeedhu kurany mi episode ves kamudhaane kamah.😊

    1. Kaaku Baa?? says:
      March 13, 2023 at 10:50 am

      Eyy vrh solhi ingey maashaa Allah ❤️. Hama u get life dhw🤣😂… Waiting for the next ingey

  3. Tulip🌷 says:
    March 13, 2023 at 6:41 am

    Eyyy Ebo….. Oooobs vrh solhi ingeyyyyy. Keep going waiting for the
    Part.

  4. Tulip🌷 says:
    March 13, 2023 at 6:42 am

    Next part**

  5. Potato🖤 says:
    March 13, 2023 at 8:15 am

    Iboooo vrh Salhi ingeyyyy 💕 MASHA ALLAH
    Waitinggg for the next….

    1. Quinn Lilac says:
      March 13, 2023 at 8:34 am

      Alheyyy. Thankiu soo much ingey. Glad you enjoyed it. 😘

  6. Tulip🌷 says:
    March 13, 2023 at 8:18 am

    @Potato🖤 mi vhkain ehcheh getu khba😂🤣

  7. Guess who am I? says:
    March 13, 2023 at 10:55 am

    Hama u dhw mi story ga mi ulheny 🤣

    1. Quinn Lilac says:
      March 14, 2023 at 1:15 pm

      Hehe. Hama vedhaane.😅 Dhn hykohlaigen hurey.😂

  8. Her😻 says:
    March 13, 2023 at 12:28 pm

    Vr rethi maashaa Allah❤️

    1. Quinn Lilac says:
      March 14, 2023 at 1:19 pm

      Thank you. ❤️❤️❤️

  9. Potato🖤 says:
    March 13, 2023 at 1:03 pm

    @tulip🌷 oh no 🤣

  10. Daisy🌼 says:
    March 13, 2023 at 1:09 pm

    @potato🖤 vahtharu gotheh hurey dhw aslu kamakaa👀 aslu kamah vaany anyways varah reethi ingey mi part vexx

    1. Quinn Lilac says:
      March 14, 2023 at 1:22 pm

      Hehe.😅 hahaha avahakah thi going nimmanii. Anyways Thankiu ingey. 😊😊

  11. Hahaha😤 says:
    March 13, 2023 at 1:12 pm

    @ Guess who am I… ehcheh shahkuveetha.. 😂😂

    1. Guess who am I? says:
      March 14, 2023 at 8:59 am

      Aanekeyyy🤣🤣🤣🤣🤣

  12. 😁 says:
    March 14, 2023 at 9:03 am

    Heyyyynnn ibsyyyy midhia aharu roadha mas hadhain vhji🤣🤣

    1. Quinn Lilac says:
      March 14, 2023 at 1:17 pm

      😂😂😂. Nethin ehchekey bunaakah. 😅

    2. Kaaku Baa?? says:
      March 14, 2023 at 1:36 pm

      @😁 Aanekey dhw vrh miss dhw 🤣😂 alun beynunnnn dhwwwww

    3. 😁 says:
      March 14, 2023 at 6:47 pm

      @Quinn Lilac kada veetha 🤣🤣🙊

    4. Quinn Lilac says:
      March 15, 2023 at 6:49 am

      Anekkaa alun e roadhamas annan e ulheny. History about to repeat itself.😁 maaka gina dhuvaheh neiy ingey.

    5. Quinn Lilac says:
      March 15, 2023 at 6:51 am

      By the way… Kadaeh nuve @😁

  13. Tulip🌷 says:
    March 14, 2023 at 1:20 pm

    @Potato🖤 @Daisy🌼 dhn lets see dhw😂

    1. Quinn Lilac says:
      March 14, 2023 at 1:24 pm

      Inthizaaru kollahvaa. 😊😂😂😂

  14. ☺️😊😀😈😎😭😳 says:
    March 14, 2023 at 1:32 pm

    @Daisy🌼… Kn kamebba👀👀😂😂

  15. Daisy ge another version 😆 says:
    March 14, 2023 at 1:40 pm

    @potato🖤 kobaa youu

  16. 0987654321 😂😂 says:
    March 14, 2023 at 1:59 pm

    @Daisy ge another version 😆 salaan ingey 👀😂😂

    1. Daisy ge another version 😆 says:
      March 14, 2023 at 2:04 pm

      Eyy nubehey ingey

  17. mariyam says:
    March 14, 2023 at 4:03 pm

    I love this story
    My exams are so hard

    1. 🤣🤣 says:
      March 14, 2023 at 6:50 pm

      Haan koancheh vanihyey

    2. Quinn Lilac says:
      March 15, 2023 at 6:44 am

      “Rangalhah dhaskurey.😁 Eyrun birugannan jehey evves kameh noannaane.” 😊 Insha allah. You’ll pass. Anyways…. Thank you ingey. Ummeedhu kurany Dhn upload kuraa episodethahves kamudhaane kamah.

  18. 0987654321 😂😂 says:
    March 15, 2023 at 6:30 am

    @Daisy ge another version Misaalakah behuniyyo😂😂

  19. 🌻🌼 says:
    March 15, 2023 at 6:34 am

    Masha Allah vrh vrh reethi Mi episode vx❤️.. Waiting for the next episode

    1. Quinn Lilac says:
      March 15, 2023 at 6:47 am

      Thankiu ingey.😊

Comments are closed.

Next Episodeލޯބިވެވުނީ 3←


All Right Reserved!