“ޔައިލީ. ނިކަން އަވަސްކޮށްބަލަ. މިހާރު ކިހާއިރެއް މިތާ މަޑުކުރާތާ. މިހާރު އެއޮއް ހަވީރު 4:30 ވަނީ. އަދިވެސް ގެއިން ބޭރަށް ނުކުމެވޭ ވަރެއް ނުވޭ. ރީތިވާށޭ ކިޔާފަވެސް ލޯގަނޑު ކުރިމަތީ ގަޑިއިރެއް ހޭދަކުރާނެ. އަދި ސެންޓު އެހާ ގިނައިން ޖަހާނެ. ހީވަނީ ސެންޓުން ފެންވަރާހެން. އެވަރުންވެސް މި މަންޖެގެ ހިތެއް ނުފުރޭނެ.” ޔައިލީ ރީތިވާލެއް ލަސްކަމުން އެންމެފަހުން އައިރާއަށް ކެތްނުކުރެވިގެން ހިތަށް އައިހާ އެއްޗެއް ގޮވަމުން ޔައިލީގެ ކޮޓަރިއާ ދިމާލަށް ދުވެފައި ކަހަލަގޮތަކަށް ދިޔައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ދިނުމުންވެސް ޔައިލީ ދޮރު ނުހުޅުވުމުން އައިރާ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އައިރާއަށް ފަނޑުގޮތަކަށް ހިނިތުންވެލާފައި ބޯ ހޫރުވާލެވުނެވެ.
ލޯގަނޑު ކުރިމަތީގައި ފުން ޚިޔާލަކަށް ގެއްލިފައި އިން ޔައިލީއަށް މީހަކު ކޮޓަރިއަށް ވައިންކަމެއްވެސް ނޭނގެއެވެ. އަމިއްލަ ސޫރައަށް ބަލަން ހުރެ ހިނިތުންވެލައިގެން އެ ހުރިގޮތަށް ހުރީއެވެ. ރީތި ބައްޓަމަކަށް ޔައިލީގެ މޫނުހުރިއިރު، ދޮން ހަންގަނޑަކާ ބޮޑު ގަދަ މުށިކުލައިގެ ދެލޮލާއި ކުޑަ ނޭފަތަކާއި މަޑު ފިޔާތޮށި ކުލައަކަށްދާ ތުންފަތުން ޔައިލީގެ ރީތިކަން ހާމަވެގެންދެއެވެ. އައިސް ބްލޫ ޖިންސަކާ، ކަކުލާ ހަމައަށް އަރާ ރީތި ކަޅުކުލައިގެ ދޫ ހެދުމަކާއެކު ބަންދެއް އައްސާފައި ހުރުމުން ޔައިލީގެ ރީތި އަނަރޫފަ ހަށިގަނޑާ ނުހަނު ގުޅެއެވެ. އަދި ބޮލުގައި ރީތި ގޮތަކަށް ކަޅުކުލައިގެ ޑިޒައިން ޝޯލެއް އަޅާފައި ހުރުމުން ޔައިލީގެ ރީތިކަން އިތުރުވެގެންދެއެވެ.
އައިރާއަކީވެސް ރީތި ކުއްޖެކެވެ. ޔައިލީހެން އިސްކޮޅުން ދިގުވެފައި ހަންގަނޑު އަތްޔެވެ. އެހާ ހިކިނޫނަސް އެހާ ފަލައެއްވެސް ނޫނެވެ. ވައް މޫނެއް ލިބިފައިވީއިރު ރީތި ތުންފަތަކާއި ރީތި ނޭފަތެއް ހުރެއެވެ. އަދި ކަޅުކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއެކު ކަޅު ޖިންސަކާ ނޭވީ ބްލޫ ޝޯލެއް އަޅާފައި ހުރިއިރު ފިރިހެން ކުދިންގެ ހިތްތައް ކަތިލާނެކަން ޔަގީނެވެ.
” އެހެމް އެހެމް.” އިރުކޮޅެއްވަންދެން އެތާ ހުރުމަށްފަހު އެވަރުންވެސް ޔައިލީގެ އެއްވެސް ކަހަލަ ހިލަމެއްނުވުމުން އައިރާ ކަރުކެހެލުމާއެކު ޔައިލީއަށް ކުއްލި ސިހުމެއް ގެނުވިއެވެ. މި މަންޒަރު ފެނި އައިރާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “އިރާ!” އައިރާ ހޭތަން ފެނިފައި ޔައިލީ ލަދުގަންނަގޮތް ވިއެވެ. އަދި ނުވާކަމަށްހަދާ ކުޑަކޮށް ހީލިއެވެ. “އެވަރުގެ ކުޑަ ކަމަކާ އެހާ ވަރަށް ހޭކަށް ނުވާނެ.” “ނުހޭ ވަރުތަ؟ އާނ ދެން ކޮންއިރެއް ތިތާ ކޮޅަށް ހުންނަތާ. އަދިވެސް ތައްޔާރެއް ނުވެވުނު. ވަރުގަދަ ސިހުރެއްތާ އެ ސޮރު ޔައިގައި އެ ޖެއްސީ. މީހަކާމެދު ވިސްނިޔަސް ތީ ދެން ހަމަ ބޮޑުވަރު ހަހަހަ.” ހެމުން ހެމުން އައިރާއަށް ވާހަކަވެސް ދެއްކުނީ ކިރިޔާއެވެ. “ދެން އައިރާވެސް ދައްކާ ވާހަކަ. ޔައިއެއް ނޫޅެމޭ އޭނައާ ވެގެނެއް. ޔައި މީ އިރާއެއް ނޫނޭ ތާކުން ފިރިހިނެއް ފެންނައިރަށް ހިތާވާކަށް.” ޔައިލީވެސް ވަކި ދެރަނުވާންވެގެން ދިފާއުގައި ވާހަކަދެއްކިއެވެ. “ހުމް ތިއެއް ނޫނޭ. ކޮބާތަ ދީ؟ ކީއްވެ އޭނަ ގޮވައިގެން ނައީ. ނަސީބެއް ނުގެނައިކަންވެސް. އެހެންނޫނީ ޔައިގެ ދުވަސްދާނެ މިއަދު.” ޔައިލީ އެހެން ބުނީ ދީމާގެ ލާނެތްކަން އެނގޭތީއެވެ. އަދި އައިރާއާ އެކު ދީމާ ނެތްކަން އެނގުމުން އައިރާގާތު އަހާލިއެވެ. “ދީ ވެއްޖެ މިތާ ކައިރީ ފިހާރައަކަށް ގޮސް، އޭނަ މޮމް ބުނެގެން ކޮންމެސް އެއްޗެއް ގަންނާށޯ ކިޔާފަ. ރީތިވެގެން ހުރީ.” އައިރާ އައި މަގުމަތީގައި ދީމައާ ދިމާވި ވާހަކަ ކިޔައިދިނެވެ. އަދި އިރުކޮޅަކުން އަންނަ ވާހަކަ ބުންޏެވެ.
ޔައިލީ، އައިރާ އަދި ދީމާއަކީ ކުޑައިރުއްސުރެ އެކީ އުޅެބޮޑުވި ތިން ގާތް ރަހުމަތްތެރިންނެވެ. ކޮންމެކަމެއް ކުރިޔަސް ކުރާނީ އެކުގައެވެ. އެކެއްގެ އުފަލެއްގައި އަނެކަކު ބައިވެރިވެއެވެ. ހަމައެގޮތަށް އެކެއްގެ ހިތާމައިގައިވެސް އަނެކަކު ބައިވެރިވެއެވެ. މި ތިން އެކުވެރިންނަކީ ވަރަށް ބަސްއަހާ، ކިޔެވުމަށް މޮޅު ދަރިވަރުންތަކެކެވެ. ގުރޭޑު 12 ގައި ކިޔަވަމުންދާއިރު ކޮންމެ ކުއްޖެއްވެސް ބޭނުންވަނީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމިނޭށެވެ. މިދިޔަ ފަހަރު އޯލެވެލްގެ ޓޮޕް 10 ގައި އެ ތިން ކުދިންގެ ނަންވެސް ހިމެނިފައިވެއެވެ. އެހެންކަމުން އެ ތިން ކުދިންވެސް ބޭނުންވަނީ އިތުރަށް ތައުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރަށް ދާށެވެ.
“ދެން އެހެންނުވާނީ. ޔާލްއާ ބްރޭކްއަޕްވި ފަހުން ދީ ހުންނަނީ މުޅިން ފާޑަކަށް. އަބަދު ކޮންމެވެސް މަސައްކަތެއް ނުލިބިގެން އެ އުޅެނީ. އެހެންނޫނަސް ދީ އެހާ ބޮޑަކަށް އޭނަގެ ވާހަކައެއް ނުދައްކައެއްނު އޭގެ ފަހަކުންނެއް. އަނެއްކޮޅުން ޔާލްގެ އެއްވެސް ކަހަލަ ވެއަރއެބައުޓްސްއެއްވެސް ނޭނގެއެއްނު. އެކަމް ހާދަ ސޭޑްއޭ ދޯ. ދޭ ލުކްޑް ސޯ ކިއުޓް ޓުގެދަރ.” ދެރަވެލާފައި އައިރާ އެހެން ބުނެލިއެވެ.
ދީމާ އާއި ޔާލްއަކީ ވަރަށް ކުރިންސުރެ ރައްޓެހިވެގެން އުޅުނު ދެމީހުންނެވެ. ގްރޭޑް 7 ގައި ރައްޓެހިވެގެން އުޅުނުގޮތަށް މިހާރާ ހަމައަށް އުޅުނީ ވަރަށް ލޯބިންނެވެ. ނަމަވެސް އެދެމީހުންގެ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އެ ދެމީހުން ވަނީ ރުޅިވެފައެވެ. އޭގެފަހުން ދީމާ ޔާލްގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގުޅާނުލިތާނގައި ވީތަނެއްވެސް އެނގެނީކީއެއް ނޫނެވެ. އެދެމީހުން ރުޅިވިތާ 3 އަހަރުވީއިރުވެސް ދީމާއަށް އެކަން ހަނދާން ނައްތާލުމަކީ ވާނެކަމެއްބާވާއޭ ހިތަށްއަރާ ފަހަރުފަހަރުވެސް އާދެއެވެ. އަނެއްކޮޅުން ޔާލްގެ ހާލަތު ހުރިގޮތް އިނގޭނީ އަޅެފަހެ ކާކަށްހެއްޔެވެ؟
“ދީ އޭ ކިޔައިގެން ކޮންވާހަކައެއް ތިދައްކަނީ؟” ކޮޓަރީ ދޮރުކައިރީ ހުއްޓިލަމުން ދީމާ އަހާލިއެވެ. ރީތި މޫނެކެވެ. ބޮޑު ކަޅުކަންގަދަ ކަޅިއެއް ހުންނަ ދެ ލޮލެވެ. ކުޑަ ލޯބި ނޭފަތެކެވެ. ގައިގާ މަސްޖަހަލާފައި ހުރުމުގެ ސަބަބުން އަދި އިތުރަށް ‘ކިއުޓް’ ކަމަށް ދައްކައެވެ. ހުދާއި މަޑު ނުލުން ޖަރީކުރެވިފައިވާ ހެދުމަކާއި ކަޅު ޖިންސަކާއެކު ނޭވީ ބްލޫ ޝޯލެއްއަޅެއިގެން ހުރުމުން ދީމާގެ މޫނާ ވަރަށް ގުޅެއެވެ. އެ ތިން ކުދިންގެވެސް އިސްކޮޅު ގާތްގަނޑަކަށް ހުންނަނީ އެއްވަރަކަށެވެ.
“އުމުރުވެސް ދިގޭ ދޯ ދީގެ” އައިރާ ދީމާއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އަސްލުވެސް” އައިރާއާ އެއްބައިވެލަމުން ބުނެލިއެވެ. “ތިއެއްނޫނޭ. ދެން ބުނެބަލަ. ދީއޭ ކިޔައިގެން ކޯންޗެކޭތަ ތިކިޔަނީ؟ އަޅެ ދީ ކައިރީވެސް ބުނެލަބަ ދޯ. އޭރުންތާ ބޮޑުކަމެއްވިޔަސް އިންގޭނީ.” އައިރާއާ ޔައިލީ ހުރި ލޯގަނޑު ކައިރީ ހުއްޓި، ޝޯލް ރީތިކޮށްލަމުން ދީމާ އަނެއްކާވެސް އަހާލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިންފަދައިން ޔައިލީއާ އައިރާ ދެމިހުންގެ މޫނަށް ބަލާލާފައި ދީމާގަޔަށް ބަލާލިއެވެ. “މީ..އަނޭ..” ބުނެވެން އުޅުނު އެއްޗާމެދު ވިސްނާލެވުމުން އައިރާއަށް ފަސްޖެހެވުނެވެ.
“މީ.. ދީއާ ޔާލްގެ ވާހަކަ މި ދައްކާލީ. ދީ ޔާލްއާ ބްރޭކްއަޕްވި ފަހުން ދީ އުޅުންގޮތް ހަނދާންކޮށްލީ. އިނގޭ ދީ ހިތްހަމައެއް ނުޖެހޭނެކަން.” އައިރާއަށް ނުބުނެވުމުން ޔައިލީ ތެދުތެދަށް ބުންޏެވެ. އެއީ ޔައިލީ ދުވަހަކުވެސް އެ ދެމީހުންނަށް އެއްވެސް ކަމެއް ސިއްރުކޮށްފައި ނުވާތީއެވެ. ޔައިލީ އެހެން ބުނަމުން ގެންދިޔައިރު އައިރާ ހުރީ ދީމާގެ މޫނަށް އަރާ ފައިބަމުން ގެންދިޔަ ކުލަތައް ވަރަށް ރަނގަޅަށް ބަލާށެވެ. ދީމާއަށް ވަމުންދާގޮތް ފެނި އެ ދެކުދިން ދެރަވިއެވެ. “ދީ ޕްލީޒް. އަހަރުންމީ ދީގެ ބެސްޓީޒްއެއްނު. އަޅެ ދީ ހަމަ އެއްފަހަރުވިޔަސް އަހަރުންކައިރީ ވީގޮތް ކިޔައިދީބަ. އޭރުން ދީއަށްވެސް އަހަރުންނަށްވެސް ވަރަށް ފަސޭހަވާނެ. ތިގޮތަށް ފީލިންގްސް ބޮނޑިކޮށްގެން ހުންނަން ދީއަކަށް އެއްވެސް ފަސޭހައެއް ނުވާނެކަން އަހަރުންނަށް އިނގެއޭ. ސޯ ޕްލީޒް! ޖްސްޓް ޓެލް އަސް ވަޓް ހެޕަންޑް.” ދީމާގެ ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލަމުން ޝަކުވާކުރާ ކަހަލަ ރާގަކަށް ޔައިލީ ބުންޏެވެ. އެއްނޭވާއިން އެ ހުރިހާ އެއްޗެއް ކިޔުމުގެ ސަބަބުން ޔައިލީއަށް އެވަގުތު މާނޭވާއެއް ލެވުނެވެ.
ޔައިލީ އެހުރިހާ އެއްޗެއް ކިޔާ ނިމުނުއިރު ދީމާގެ މޫނުގެ ކުލަވަރު މުޅިންހެން ވަނީ ބަދަލުވެފައެވެ. ހީވަނީ އެ ދެކެވުނު ވާހަކައިން އުނދަގޫވެފައި އިންހެނެވެ. ވީވެސް އެހެންނެވެ. މިތަން ފެނި ޔައިލީއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އިސްޖެހިފައި ދީމާ އިންތަން ފެނުމުން ޔައިލީއަށް ދެންމެ ދީމާއާ ދިމާއަށް ކިޔުނު އެއްޗެހިން އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. “ދެން ހިނގާބަ އެޓްލީސްޓް މި ކޮޓަރިން ނުކުމެވޭތޯ ބަލަން. މިހާރު ކޮންއިރެއް މިތާ ހުންނަތާ. މިހާރު ފޫހިވާންވެސް ފަށައިފި.” އެންމެން އެގޮތަށް މަޑުންހުންނަން ފެށުމުން އައިރާއަށް އެކަމުން އުނދަގޫވެ ދީމާ ހަމައަކަށް އެޅުވުމަށް މައުޟޫ ބަދަލުކޮށްލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ކުޑަ ހިނިތުންވުމަކާއެކު ދީމާ ބޯޖަހާލިއެވެ. އެތަންފެނި ޔައިލީއަށްވެސް ހިނިތުންވެލެވުނެވެ. އަދި ހިތާހިތުން އައިރާއަށް ޝުކުރުއަދާކުރެވުނީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ.
އެތިންކުދިންނަށް ގެއިންބޭރަށް ނުކުމެވުނުއިރު ގަޑިން 5 ޖަހައި ފަސް މިނެޓު ހިނގައިފިއެވެ. އެކަމާ އައިރާ ކުދިކިޔަމުން ދިޔައިރު ޔައިލީއާ ދީމާ ތިބީ ހޭށެވެ. އައިރާގެ އެ އަނގަޔާހެދި އެންމެ ދެރަވެފަހުރި މީހާވެސް ހޭނެކަން ގައިމެވެ. މާލޭގެ ތޮށްޖެހިފައިވާ މަގުމަތީގައި އެގޮތަށް ބާރަކަށް އައިރާ ހަޅޭއްލަވަމުން ދިޔައިރު މީހުންގެ ލޯތައް އެކުދިންނަށް އަމާޒުވާން ފެށުމުން އެކުދިން ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އައިރާއަށް މީ މަގުމައްޗޭވެސް ރޭކާނުލައެވެ. އެގޮތަށް ވާހަކަ ދައްކާކަށް ވަކިވަގުތެއް ވަކި ތަނެއް އޮންނަނީކީއެއްނޫނެވެ. އައިރާގެ އަނގަ ވާޅުނުވާކަން އެއީ އައިރާގެ ނަސީބެއް ކަންނޭނގެއެވެ. ހީހީ ބަނޑަށް ތަދުވާން ފެށުމުން ދީމާ އާއި ޔައިލީ ހުނުން ހުއްޓާލިއެވެ. އޭރު އެކުދިން ތިބީ ރަސްފަންނު ކައިރިއެވެ. ހިނގާބަ ދެން މިތަނުން އައިސްކްރީމެއް ގަނެލަން. ވަރަށް ބަނޑުހައިވެއްޖެ.” ރަސްފަންނުގައި ހުންނަ އައިސްކްރީމް ވިއްކާތަންފެނި ދީމަ ބުންޏެވެ. އެވަގުތު އެކުދިން ތިބީ އަދި މެންދުރު ނުކައިކަން ހަނދަންވިއެވެ. ނަމަވެސް ބަނޑުހައިވެގެން ހުރެ އައިސްކްރީމްކެއުމަކުން ބަނޑެއް ނުފުރޭނެކަން ވަރަށްވެސް ރަނގަޅަށް އެނގެއެވެ. އެކަމަކުވެސް ދީމާ ކުރުނުކޮށް ކިޔަންފެށުމުން އެންމެފަހުން ދީމާއާ އެއްބަސްވިއެވެ. އަދި އެތަނަށް ގޮސް ކޮންމެ ކުއްޖެއް ޗޮކުލެޓް އައިސްކްރީމެއް އޯޑަރުކުރިއެވެ. އެތާނގައި ވަރަށް ގިނަ މީހުން ހުރުމުގެ ސަބަބުން އައިސްކްރީމް ލިބުނުލެއް ލަސްވިއެވެ. އައިސްކްރީމް ލިބުމާއެކު ތިންކުދިންނަށް އެއްފަހަރާ ކަހަލަގޮތަކަށް އޭގެ ރަހަބަލާލެވުނެެވެ. އަދި އެ އައިސްކްރީމް މީރުކަމުން އެކުދިންނަށް ލޯމަރަލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޔައިލީ ލޯހުޅުވާލަފައި ފަހަތްބަލާލީ މީހެއް ބަލާހެން ހީވުމުންނެވެ.
ޔައިލީ ފާޑަކަށް ހުރެ މާ ވަރަކަށް ފަހަތްބަލާތީ ދީމާވެސް ފަހަތްބަލާލިއެވެ. ނަމަވެސް އެތާނގައި ދަންނަ އެއްވެސް މީހެއްނެތުމުން ޔައިލީއަށް ގޮވާ ވީކިހިނެއްތޯ އެހިއެވެ. އައިރާވެސް އެތަން ބަލާލީ ހަމަ އެވަގުތުއެވެ. “ކަމެއްނުވެ. މީހަކު ބަލާހެން ހީވީމާ. އަޅާނުލާ. އެ ވެދާނެ ޓެސްޓް ބޯމަތިވީމަ މާ ބޮޑަށް ހާާސްވީމަ ވީގޮތެއްކަމަށްވެސް.” މިހެން ބުނެ ޔައިލީ އައިސްކްރީމް ބޯންފެށިއެވެ. “އެހެންވެސް ވޭތަ؟ ޔައި މީ ހާދަ އެހެންކަހަލަ މީހެކޭ ދޯ. ޓެސްޓޭކިޔާފަ ބިރުން އަނެއްކާ ފެއިންޓްނުވައްޗޭ. ޔައި ފެއިންޓްވެއްޖިއްޔާ އަހަރުންވެސް ފެއިންޓްވެދާނެ.” ޔައިލީ ބުނި އެތިން އައިރާ ހުރީ ފާޑަކަށް ހެވިފައެވެ. އެހެންވެ ޔައިލީއާ ދިމާކޮށްލާހިތްވީ ކަންނޭނގެއެވެ. އައިރާ އެހެން ބުނުމުން ދީމާއަށްވެސް ކުޑަކޮށް ހެވުނެވެ. ނަމަވެސް މޫނުމަތިން އެއަސަރު ނުދައްކަން ހުރީއެވެ. ޔައިލީ ރުޅިއައިސްފިއްޔާ ކަންތަކާޖެހުނީއެވެ.
“އިރާ ހަމަ ކޮންމެކަމަކަށްވެސް ސަމާސާ ކުރާތި އިނގޭ. އިރާ ޓެސްޓުން ފާސްވާން ބޭނުންނުވިޔަސް ޔައި ބޭނުމޭ. މީ އަހަރުން ސްކޫލްގައި ކިޔަވާ އެންމެ ފަހި އަހަރު. އައި ވޯންޓު ސްކޯ ގުޑް މާރކްސް ފްރޮމް ދިސް. އައި ވޯންޓު މޭކް މައި މޮމް ޕްރައުޑް. އައި ވޯންޓު ސްޓަޑީ ފާރދާ. އެންޑް އައި ވޯންޓް ތިދެމީހުންވެސް ޔައިގެ ސައިޑްގަ ހުންނަން. ނޯ މެޓާ ވަޓް.” އައިރާ އާ ދީމާ ހީކުރިގޮތާ ޚިލާފަށް ޔައިލީ ކަންތައްކުރުމުން ހުރީ ހައިރާންވެފައެވެ. ހައިރާން ނުވަންޏާ ދެރައެވެ. ރުޅިއައިސްގެން ފެށި ވަހާކަ ނިމުނުއިރު ހުރީ ވަރަށް މަޑުމައިތިރިކޮށެވެ. އެހެންނޫނީ ރުޅިއައިސްގެން ވާހަކައެއްފަށައިފިއްޔާ ދެން ހުއްޓާލުމަކީ ނާދިރުކަމެވެ. އުންމީދުން ފުރިގެންވާ ގޮތަކަށް ޔައިލީ ވާހަކަ ދައްކަމުން އައިރާއާ ދީމާގެ އަތުގައި ހިފިއެވެ. އެކަމާ އެދެކުދިންވެސް ވަރަށް އުފާވިއެވެ. އަދި ޔައިލީއާ އެއްބަސްވުމުގެ ގޮތުން ދެކުދިންވެސް ބޯޖަހާލިއެވެ. “އަހަރުންވެސް ބޭނުމޭ ރަނގަޅު ނަތީޖާ ހޯދަން. އެބައިން ގޮތެއް. ނެކްސްޓް 2 ވީކްސް ތެރޭގަ ޓެސްޓް އޮވެއެންނު؟ ހިނގާ މާދަމާ ސްކޫލް ނިންމާފަ ގްރޫޕް ސްޓަޑީއެއް ހަދަން. އޭރުން ވަރަށް ފަސޭހަވާނެއެންނު ދޯ. އޭރުން ނުޖެހޭނެ ނޭނގެޔޭ ކިޔާފަ ބިރުން އުޅޭކަށް.” އައިރާ ޔައިލީގެ ކޮނޑުގައި އަތްއަޅާލަމުން ބުންޏެވެ. އަދި ދީމާވެސް ޔައިލީވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
އަސަރުގަދަ ވަގުތުކޮޅަކަށްފަހު އިރުއޮއްސެން ގާތްވުމާއެކު އެކުދިން މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. އެ ތިންކުދިން ކޮންމެވެސް ވާހަކައެއްގައި ގެއްލިތިބެ ހިނގަނީއެވެ. ނަމަވެސް އެކުދިންނަށް ނޭނގުނު ކަމަކީ އެކުދިންނަށް ފާރަލާން މީހަކު ހުރިކަމެވެ.
އައިރާއާއި ދީމާ ގެެއަށް ދިއުމުން ޔައިލީވެސް ގެއަށް ދިޔައެވެ. ގޭގެ ދޮރުހުޅުވާފައި އެތެރެއަށް ވަން ވަގުުތު ފެނުނީ ޔައިލީގެ މަންމަ ވަދީފާ ސޯފާގައި ޓީވީބަލަން އޮތްތަނެވެ. އޭރު ޓީވީން މަޣްރިބް ނަމާދުގެ ބަންގީގެ މަތިވެރި ކަލިމަތައް އިވެނީއެވެ. ވަދީފާ ޔައިލީއަށް ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރައްދުގައި ޔައިލީވެސް ހިނިތުންވެލިއެވެ. އަދި ސޯފާގައި މަންމައާ ޖެހިގެން އިށީނދެ މަންމަގައި ވަރަށް ބާރަކަށް ބައްދާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދައަކުންނެވެ. ވަދީފާވެސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގައިގާ ވަރަށް ބާރަކަށް ބައްދާލީ ޔައިލީގެ އަމަލަށް ރައްދެއްގެ ގޮތުގައެވެ. “ދަރިފުޅު ހާދަ އުފާވެފަ. އަނެއްކާ ބޮޑުކަމެއް ލައިގަތީތަ؟” ވަދީފާ ޔައިލީގާތު ވަރަށް ލޯބިން އަހާލިއެވެ. “ނޫނޭ މަންމާ. ކިޔަވާ ނިމޭތީ ވަރަށް އުފާވެފަ މިހުރީ. އަނެއްކޮޅުން ޓެސްޓް ބޯމަތިވީމަ ކުޑަކޮށް ބިރުވެސް ގަނޭއެބަ.” ޔައިލީ މަންމަގާތު ތެދަށް ވީގޮތް ބުންޏެވެ. ޔައިލީ ބުނި އެތިން ވަދީފާއަށް އިޚްތިޔާރަކަނުލާ ހިނިތުންވެލެވުނެވެ. “ދަރިފުޅުވެސް ބޭކާރު ކަންކަމާ ބިރުގަންނާނެކަމެއް ނެތް. އެއީ އެއްވެސް ކަމެއްނޫން. އިރާދަކުރެއްވިއްޔާ ހުރިހާ ނަތީޖާއެއްވެސް ރަނގަޅުވާނެ. ދަރިފުޅު ރަނގަޅަށް ދަސްކުރޭ. އޭރުން ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ.” ވަދީފާ ޔައިލީއަށް ވިސްނައިދިނީ ވަރަށްވެސް މަޑުމައިތިރިކޮށެވެ. އެހެނީ އޭނާއަކީ ދުވަހަކުވެސް ޔައިލީއާ ދިމާލަށް އަޑުލައި ހެދި މީހެއްނޫނެވެ. އެކަނިމާއެކަނި ޔައިލީބަލައި ބޮޑުކުރީ ވަރަށްވެސް ފޮނި އުންމީދުތަކާ އެކުގައެވެ. އިރާދަކުރެއްވިއްޔާ އެ ބުރަ މަސައްކަތުގެ ސަބަބުން ޔައިލީއަކީ ރިވެތި އަޚްލާގެއްގެ ވެރި، މަޑުމައިތިރި މިޒާޖެއް ހުންނަ މޮޅު ދަރިއެކެވެ. މިއަދު ވަދީފާ އެހުންނަނީ އަމިއްލަ ނަފްސަށް ފަޚުރުވެރިވެފައެވެ.
ޔައިލީވެސް މަންމަގެ ނަސޭހަތް ބަލައިގަތީ ވަރަށް އުފަލުންނެވެ. ބައްޕައެއް ނެތްތާނގައި މަންމަ އެކަނިމާއެކަނި ޔައިލީބަލައި ބޮޑުކުރީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ރޭގަނޑުގެ ނިދިން މަހުރޫމްވެ ޔައިލީއަށް އެހީތެރިވެދީ ހެދުމުގައި ވަގުުތު ހޭދަކުރެއެވެ. އެ މަންމަ ކުރި ބުރަ މަސައްކަތަށް ހިތާހިތުން ޝުކުރުއަދާކުރެވެނީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން މަންމަ ފަޚުރުވެރިވާފަދަ ދަރިއަކަށްވުމަށް ޔައިލީ އަބަދުވެސް މަސައްކަތްކުރެވެ. މަންމައާނުލާ ޔައިލީ ދިރިއުޅޭނީ ކިހިނެއްހޭ ހިތަށްއަރާފަހަރުވެސް އާދެއެވެ.
މަންމައާ ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ޔައިލީ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ބޮޑު ކޮޓަރިއެވެ. ހަތަރުފާރުވަނީ ރީތި ހުދުކުލައަކުން ކުލަލެވިފައެވެ. ބޮޑު އަލަމާރިއަކާ ބޮޑު ސްޓަޑީ ޓޭބަލްއަކާއެކު ކުޑަ ސޯފާ ސެޓެއް ހުރެއެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގަލުމުން ފެންނަނީ ތަރުތީބުކަމާއި ސާފުތާހިރުކަމެވެ. ބަލާކަށް ނުހުރެ ޔައިލީ އަޅައިގެން ހުރި ޝޯލް ބާލައި ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކުރިއެވެ. އަދި މުސްހަފް ހިފައިގެން އައިސް ޤުރުއަނުން ކޮންމެެވެސް މިންވަރެއް ކިޔެވޭތޯ ބެލިއެވެ. އިޝާ ނަމާދު ބަންގި ގޮވަންދެން ޔައިލީއެކަމުގައި ވަގުތު ހޭދަކުރިއެވެ. އެގޮތަށް އިންދާ އިޝާއަށް ގޮވީ ހީކުރިވަރަށްވުރެ އަވަހަށެވެ. ލަސްކުރުމެއްނެތި އިޝާ ނަމާދު ކޮށްގެން ދިޔައީ ކާ ކޮޓަރިއާ ދިމާލަށެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ޔައިލީއަށް އެތަނަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އެތަނަށް ދިޔަވަގުތު ވަދިފާ އުޅުނީ ކާން ތައްޔާރުކޮށެވެ. އެއީ އަބަދުވެސް ޔައިލީ ކާގަޑިކަން އިނގޭތިއެވެ. މަންމައާއެކު ކައިގެން ޔައިލީ އަނެއްކާވެސް ކޮޓަރިއަށް ދިޔައީ ނުނިމި ހުރި ފިލާވަޅުތައް ނިންމުމުގެ ބޭނުމުގައެވެ.
އޭރު ގަޑިން 45 8 ވާން ކައިރިވަނީއެވެ. އެންމެ ފުރަތަމަވެސް ޔައިލީނެގީ ހިސާބު މާއްދާގެ ފިލާވަޅެވެ. އެއީ ޔައިލީ އަބަދުވެސް އެންމެ ކިޔަވާހިތްވާ މާއްދާއެވެ. ހިސާބު ފިލާވަޅު ނިމި، އިތުރު ފިލާވަޅެއް ނެތުމުން ދަބަހަށް ފޮތް އަޅާފައި އެއްޗެހި ބަދަލުކޮށްގެން އެނދުގައި އޮށޯވެލީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނާއި މާދަމާއަކީ ސްކޫލު ދުވަހެއްކަމުންނެވެ. އޭރު ގަޑިން 30 9 އަށްވުރެ ބޮޑުވެއްޖެއެވެ. ފަސްގަޑި ބަޔަށް ފޯނު އެލާމްކޮށްފައި އެނދުކައިރީގައިވާ ސައިޑްޓޭބަލް މަތީ ބޭއްވިތާ އިރުކޮޅެއްގެ ތެރޭގައި ޔައިލީއަށް ފުން ނިންޖަކަށް ގެނބިއްޖެއެވެ.
ނުނިމޭ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.

Mi vaahaka varah reethi vaane hen heevanee… Kuriah huri baithah kiyan beynun..👍
Thank you. Next week Sunday ah inthizaaru kollahvaa. 😁
Hey guys! Mee Quinn mi site ah upload kuraa furathama vaahaka. So mistakes hurumaky ekasheegenvaa kameh. Hope to get your support and comments. Good or bad, heyohithun balaigannaanan. Adhi ekan rangalhukureveythoa balaanan. Wish me luck!
Gud luck
Best of luck 👍👍👍
Looking forward on reading this story
Masha allah Vrh reethi vaahaka eh dhen huri part thah ves reethi vaane kamah unmeedhu kurann???
Curiously waiting for the next???
❤️❤️❤️
Thank you Lily??❤❤
Haaaaiiiii…… Alhe finally you vaahaka nerunytha.. so happy for you.. unmeedhu kuran varah avahah ehen episode eh kiyaalan libeyne kamah… Vaahaka kiyaalaafa dhen in episode eh ga comment kohlaanan ingey.. varah reethi vaane kamah unmeedhu kuran…
Vrh reethi vhk eh kamah mi laafa kuranee..😊.. baeh mistakes eba huri kan faahaga khllan.. please take a note of it… I’m saying meethi hama rangalhakah ingey.. hope u’ll not take it in a negative way😊😊❤️..
BTW vrh avahah aneh episode kiyaalan libeyne kamah unmeedhu kuran…
Yaaay. Finally nerefi.. Masha Allah vrh reethi story eh 💖. Dhn huri part thah vrh avahah kiyan libeyne kamah unmeedhu Kuran.
Broooooo
When next part¿¿¿¿
Nice☺️
Thank you Geezaa????
Broooooooo
Finally nerefi.
Vrh reethi ingeyyyy. Masha Allah💖💖
Waitinggg Waitinggg………. 🤗
Dhn Inn part nereyyybaaaa avahahhh
Salhi integrated.. keep going..😊
@potato this vaahaka kiyaa Bala maa Gina vaahaka nudhahkaa heyo koh vihyaa adhi nukiyaa kanneynge…. Eyyy quinn lilac dhee ah kihinehtha vyy alhe… Dhee aslu varah dhera vaane dhw… curiously waiting………..
@Daisy Noon ingeyyyy. Mi part keen and waiting for the next.
Asluvss dhee ah kihineh v ¿¿
@quinn lilac bunaa kahala ennu dhw faun….😁
Ekan ingeyne Fahun. Kehkollaa.😁
Thedeh Bunebaaa dhee ah v goiy. So curious.. Anyway vrh reethi ingeyyyy story Masha Allah 💞
Patiently wait for the upcoming episodes. Insha allah konme weekehge Sundayga upload kureveythoa balaanan.
Mioh kameh dhn .. @potato @Daisy.. Dhn thikan bahahtaa… 😂
@kAAKU HEN HEEVANY.. yea dhn mi behehty dhw @daisy
Eyyy aaan 😆
Ey aan okay man.
Ehkala fashaifi 🤣
@Daisy aanekeyy 🤣
Mi Vaahaka Vr Reethi vaane Kamah ummeedhu kurany…
Can’t wait for the next episode….
😀😀
Vr interesting Mi episode.. Dhn huri episode thah vx reethi vaane Kamah ummeedhu kuran… And good luck for the next episodes ❤️❤️
Eyy waaaau vrh ryyyythi maasha allah ♥️
U vx finally feshy ey dhw
And curiously waiting for the next parrt😌
ALL THE BESSHT INGE♥️
Vrh vrh vrh reeeethi ingeyyyyy mi vaahaka….Mashallah❤️… Next part eh Hama mi huree inthizaaruga…😁
Thankiu soo much
Nice story
Ibsiiiisssss vrh vrh vrhh reethi mashaa Allah can’t wait ingey next episode ah. Best of luck Dhn huri episode thakkah
MAASHAA ALLAH ❤️❤️
Alhe thanks ingey loabii😊… Insha allah vr avahah next episode upload kuraanan.
Alhe dhee ah eyoh vee goiy dhww
Vrh nice ingey mi vhk…👍😊.
Keep it up and good luck to you😺
Thank you Yailee…. Don upload kuraa episode ves kamudhaane kameh ummeedhu kuran..😊
ibsiiiiiiiiiii vrh reethi ingeyyyy. dhen in episode neribeh
ibsiiiiiiiiiii vrh reethi ingeyyyy. dhen in episode nerey inge
@Quinn Lilac story vrh rythi ingey.. Vrhh molhu Maasha Allah. Waiting for the next part.
Thank you Tulip🌷.. ❤️❤️
Waaau vrh rythi vhk maasha allah ♥️
U vx finally feshy dhw
Curiously waiting..😌
Nice story.. Keep it up ❤️❤️
Waaaau Maasha Allah vrh rythi Inge vhk ❤️
Curiously waiting💖
Mi part vrh reethi Ma Sha Allah
When next¿¿
Rabushaaaa kale magey nan jahain🙄🙄🙄