Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝަހާމާ-(3)

Justordinarilygirl Level 1
January 22, 2023 6 Mins Read
1 Comment

“ޔަޒަކް…ދަރިފުޅޫ….ޔަޒަކް…..” ޝާނީ ބަދިގޭގައި ހުރެފައި ނުކުތީ ޔަޒަކް ހޯދަމުންނެވެ. “އަޅެ މަންމާ ކޮބާތަ ޔަޒަކް..؟ ގައިމު ދެންމެ ވެސް މިތާގަ އިނޭ…އެކަމް މިހާރަކު ނެތް…..” އައިޝާ ކޮޓަރިން ނުކުތް ވަގުތު އޭނާ ގެ ސަމާލުކަން އަތުލައިގަތީ ޝާނީގެ ކަންބޮޑު ވަފައިވާ އަޑެވެ.” ނޭނގެ މަންމައަކަށް….މަންމަ މިއައީ ޟުހާ ނަމާދު ކޮއްލައިގެން މަންމަ ކައިރިއަކަށް ނާދޭ..”ޝާނީ ވަގުތުން ދުވެފަ ބޭރަށް ނުކުތެވެ. އެގޭ ޓެރަސް މަތީގައި ޒައިން އިނީ އޭނާގެ ދަރިފުޅު ޔަޒަކް އާއި ސަމާސަ ކޮށް ކުޅެލާ ހަދާށެވެ.

“މީނީ އެއްނުން ކޮން އިރެއްތަ ހޯދާތާ….އަޅެ ޒައިން ޔަޒަކް ނެރުން އިރު ބުނެލާފަ އަޅެ ނެރުންނަމަ…ބިރުން ހަލާކު ވެއްޖެޔޭ….ވަރަށް ފޫހިވޭ…ތިކަހަލަ ކަންތަށް ކުރާކަށް ނުވާނެއެއްނުން… އާދޭ ސައިބޯން ދާން…”ޝާނީ ގޮސް ޔަޒަކް ނަގަމުން ބުންޏެވެ. ޝާނީ އަވަސް އަވަހަށް ހިނގައިގަތީ  ޔަޒަކަށް ކާންދީ ނިންދަވާށެވެ. ޝާނީ ފަހަތުން ޒައިން ވެސް ވަދެ ޝާނީ ކައިރީގައި އިށީނީ ސައިބޯށެވެ.

**** *** ***

ޝަހުމް އޮފީހަށް ވަދެގެން ދިޔައިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އޮފީސް ހަޓް ތެރޭގައި ލެޕްޓޮޕް ހިފައިގެން އިން ޝަހާމާ އެވެ. އެ މައުސޫމުކަން ފެނި ޝަހުމް އަށް ހުއްޓެން މަޖުބޫރުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މަސައްކަތް ކުރަން އިން އިރުގައި އެ މަސައްކަތަށް ދީފައިވާ ފުރިހަމަ ސަމާލު ކަމަކީ އަބަދުވެސް އެ މޫނުމަތިން ފެންނަން ހުންނަ ސިފައެކެވެ.

“ޝަހުމް….އާދެބަލަ…”އެކި ހިޔާލު ތަކުގައި ހުރި ޝަހުމްގެ ސަމާލުކަން ދިޔައީ ޝަހާމާ އަށާ ދިމާލަށެވެ. “މިއުޅެނީ ލ. އަތޮޅަށް ދާން… މަށާ އެއްކޮށް ދާނެ މީހަކު މި ހޯދަނީ..؟ އަމްމް ޝަހުމް އަށް ދެވޭތަ..؟”

ޝަހުމް ތެދުވެލާފަ ސެލިއުޓް ކޮއްލަމުން ” ޔެސް މޭމް ” އޭ ބުނެލިއެވެ. “އައްދޭ ހާދަ ޑްރާމާކޮށް…” ހިނިގަނޑު މަތަ ކުރަން މަސައްކަތް ކުރަމުން ޝަހާމާ އަހާލިއެވެ. “ކިހިނެތް ވީ… މިޖެއްސުނީ ޑްރާމާ އެއް ކަމަށް ވަންޏާ ކޮންމެ ދުވަހަކު މި ޑްރާމާ ޖައްސާ ހާދަ ބަޔަކު އުޅޭނެޔޭ ދޯ…” މިއަޢި އެކު ޝަހާމާ އަނެއްކާވެސް ހޭން ފެށިއެވެ.

*** *** ***

“ނައު…. ކާކާތަ ތި ގުޅަނީ….”ގެއަށް އަށް ވަދެގެން އައި ފަޒީލް ގޮސް ކައިޔަން އުރާލަމުން އެއްސެވެ. ނައުރާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާ ވެސް ހަމަ އެ ސުވާލު ތަކުރާރު ކޮށްލިއެވެ. ” މިއުޅެނީ ޝަހާމާއަށް ނުގުލިގެން….3 ދުވަސް ވެއްޖެ މިހާރު….މީ ފަޒީލް ކަންތަކޭ…” ނައުރާ ތެދުވެ ފަޒީލް އަތުން ކައިޔަން ނަގަމުން ނައުރާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

*** *** ***

ޝަހާމާ އޮފީހުން ގެއަށް އަހިސް ފެންވަރައިގެން ނުކުތީ ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައަކަށް ދިއުމަށެވެ. “އެކްސްކިއުސް މީ….” ޝަހާމާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އޭނާއަށް ގޮވާލުމުންނެވެ. ފަހަތް ބަލާލިއިރު ހުރީ އޭގެ ދެތިން ރޭ ކުރިން ޝަހާމާ އެހީތެރި ވެދިން ކުއްޖާގެ މަންމަ އެވެ. ” ނަމާއި ނަންބަރު ދޭން ވީއެއްނުން…އަޅުގަނޑު ބޭނުން ފަހުން ބައްދަލު ކޮށްލަން… މި ގަޑީގަ ނެތް ހުރެވޭކަށް ” ޝާނީ ބުނެލިއެވެ. ޝަހާމާ ޝާނީ އަށް ނަންމަރު ދީފައި ކައުންޓަރަށް ފައސާ ދައްކާފައި ނުކުމެ ޓެކްސީ އަކަށް ގުޅިއެވެ.

**** ***** ****

“މަންމީ… ކޮންއިރަކުންތަ ކޮއްކޮ ކައި އާއި އެއްކޮށް ކުޅޭނީ…”ނައުރާގެ ކައިރީގައި އިން ކުޑަކުޑަ ކައިރާ ޝަކުވާ ކޮއްލިއެވެ. ” ސާބަހޭ ދޫނީ …. އަދި އިރާދަކުރެއްވިއްޔާ ކައި އާއި އެއްކޮށް ކޮއްކޮ ކުޅޭނެ އަދި މާ ކުޑައީ ކޮއްކޮ…” ނައުރާ ކައިރާ ނަގާ އުނގުމަތީގައި ބައިންދަމުން ބުނެލިއެވެ. އެވަގުތު މީހަކު އެގޭގެ ބެލް އެޅިއެވެ.

“ޝަހާމާ….” ކުރިމަތީގައި ޝަހާމާ ހުރިތަން ފެނުމުން ނައުރާއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. “މިއީ ކައި އަށް ވީ ހަދިޔާ…. ދެން މީ ކައިޔަން އަށް ވީ ހަދިޔާ…” އެތެރެއަށް ވަންނަމުން ހަދިޔާ ތަށް ބަހާލިއެވެ. ކައިރާ ވަރަށް އުފަލުން ހުރެ ދުއްވައިގަތީ ކޮޓަރިއާއި ދިމާ ލަށެވެ.

“އަހަރެން ހީކުރީ ނާންނާނެކަމަށް” ޝަހާމާ ގާތުގައި އިށީންނަމުން ނައުރާ ބުނެލިއެވެ. “ކީއްވެ ނާންނަން ވީ…” ކައިޔަން ނަގާ އުނގުމަތީގައި ބާއްވަމުން ޝަހާމާ އަހާލިއެވެ. “ކުރިންދުވަހު ވީ ކަންތަކާ…..ވަރަށް ބޮޑަށް ސޮރީ..” އިސްޖަހައިގެން އިނދެ ނައުރާ ބުނެލިއެވެ. “ނައުރާ ސޮރީ ބުނާކަށް ނުޖެހޭނެ….. ނައުރާ ދެކެ އަހަރެން ރުޅިއެއްވެސް ނާދޭ…. ކީ އެއްޗެއް ނޫނީ ކުރެވުނު ޒުވާބެއް ހިނގީ އަހަންނާ ފަޒީލާ ދޭތެރޭ….އަސްލު އަހަރެން ވެސް ގަބޫލުކުރަން މަށަށް ވެސް މާ ރުޅިއާދެވުނީ ކަން….އެދުހު އޮފީހުގަ ވީ ކަމަކާ ހުރީ ވަރަށް ބޮޑަށް ކަޓާފަ….އެހެންވެ އަސްލު އެހާ ރުޅި އާދެވުނީ… ފަހުން ނައުރާ ގުޅީމަ ފޯނު ނުނެގުނީ ވަރަށް ބިޒީކޮށް އުޅޭތީ….ހަމަ ފްރީ ވަގުތެއް ވީމަ މިއައީ…. ދެން ހިތަށް އެރީ އަންނަމުން ގިފްޓެއް ގެނެސްދޭނީ އޭ…” ދެ އެކުވެރިން ވަރަށް ގިނައިރު ވާހަކަ ދައްކަން ތިބެފަ ވަކިވެލީ ވަރަށް ވެސް އުފަލުންނެވެ.

*** **** ****

“އުމްމްމް…..އަޅޭ ދޮން…ހާދަ ބައިވަރު ސާމާނެއް…..މިހާރުވެސް ބަނޑުހައި ވެއްޖެ…..”ބަދިގެ ތެރެއަށް ވަންނަމުން ޝަހުމް ބުނެލިއެވެ.”ހުނނ…މީއްޗެހީގަ އަތް ނުލާތި މިއަދު މިއުޅެނީ މެހެމާނަކު ގެންނަން އެހެންވެ ހަދާއެއްޗަހި މީ” ޝަހުމްގެ އަތުގައި ހިފާ ޝާނީ ބަދިގެއިން ބޭރަށް ނުކުތީ އޭނަ މަޑުން ނުހުންނާނެކަން އެނގޭތީއެވެ… ނުވަންނާތި..” އަމުރެއް ކޮއްލާފަ ޝާނީ އަނެއްކާ ވެސްވަނީ ބަދިގެއަށެވެ. “ކޮބާ ބޭރުކޮއްލީ ދޯ..؟”ފަހަތުން އިވުނީ ޒައިން ގެ އަޑެވެ. ” އަޅޭ ދޮންތަބޭ…. ދޮން އެ ގޮތްގަނޑު ކަނޑުވާލަ ދީ ބަލަ… ދޮން ކަމެއް ކުރަންޏާ ހުންނަން ޖެހޭނީ ހަމަ ޕާރފެކްޓް ކޮއް ….. އެއްމެ އިންޗިއެއްވެސް ގުޑުވާލައިފިއްޔާ ނިމުނީ މަރަށް މަރު..”

ބޯކަހާލަމުން ޝަހުމް ގޮސް ޒައިން ކައިރީގައި އިށީނެވެ. ” ކީއްކުރާނީ… ބައެއްކަން ކަމަކީ ކަނޑުވާ ލެވޭ ކަހަލަ ސިފަތަކެއް ނޫން….ޝަހުމް އަށް ވެސް މިކަމުގެ އަޖުމަ އިނގޭނީ މީހަކާ އިންނަ ދުވަހަކުން….ކޮން އިރަކުން ތަ އިންނާނީ..”ޝަހުމް ކުޑަކޮށް ރަކިވިއެވެ.”އާނ މީ…. އަސްލު ކުއްޖަކު ދެކެ ލޯބި ވެވުނީ މަ ކިހނެތް ތަ އިނގޭނީ….؟” ޒައިން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމަ އެއާއި އެކު ޒައިންގެ ތުންފަތުގައި ކުޅެލީ ލާނެއް ހިނިތުން ވުމެކެވެ. ” އައްދޭ… މަގޭ ކުޑަކުޑަ ޅިޔަނު ވެސް ބޮޑުވީތަ..؟ ކުއްޖަކު އަނެއްކާ ތި ހިތް ގެންދިޔައީތަ..؟ އެއީ ކާކުބާ..” ޒައިން އިނީ ސީދާ ޝަހުމްގެ މޫނަށް ބަލާށެވެ.”އައްދޭ ބްލަޝް ވާންވެސް އިނގޭތަ..؟ ހޫނނ ހޫނ…..ލޯބި ދޯ….. ލޯބި ވެވުނީމަ އަބަދު އެކުއްޖާ އާއި ބައްދަލު ވާން ހިތް އެދޭނެ… ފެންނަ ކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސް ވާނެ…..އެހެން ކުއްޖަކާ އެއްކޮށް އުޅޭތަން ފެނުނީމަ ދެރަވާނެ…. ދެން ބުނެބަލަ ދޮންކަލޯ ކުއްޖަކު ދެކެ ލޯބި ވެވުނީތަ..” ޒައިން ވަރަށް ލާނެތް ވެލާފައި ބުންޏެވެ.

“ނޭނގެ… އެއީ ލޯބި ކަމެއް…. އެކަމް ވަރަށް ލައިކް ވޭ….ކިހިނެތް ކޮންފެސް ކުރާނީ…. ދޮން އަށް ކޮންފެސް ކުރީ ކިހިނެތްތަ..” ލަދުން އިނދެވެސް ޒައިންގެ ކައިރީގައި ބުނީ ދެން އެކަމުން ސަލާމަތް ނުވާނެ ކަން އެނގޭތީ އެވެ.

*** *** ***

ޝަހާމާ ހުރީ ލޯގަނޑު ކައިރީގައި ރީތި ވާށެވެ. ލައިގެން ހުރި ފެހި ކުލައިގެ ދޫ އަބާޔާގައި ޝަހާމާ ފެންނަނީ ނުހަނު ލޯބިކޮންނެވެ. ޝޯލް ވެސް ރީތި ގޮތަކަށް އަޅާލާފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ބޮލުގައި އެންމެ ފަހު ޕިން ޖަހާލަމުން އަތްދަބަސް ނަގަމުން ޝަހާމާ ނުކުތީ ކާރަކަށް ވެސް ގުޅާފައެވެ.

**** *** ***

“ދޮން…..ހާދަ މީރުވަސް ދުވައޭ…..މިހާރު ބަނޑުހައިވެގެން ހުރެވެނީކީ ނޫން…” ޝަހުމް ކާގެ ތެރެއަށް ވަންނަމުން ބުނެލިއެވެ. “ހެޔޮ ކިތަންމެ ބަނޑުހައި ވިޔަސް….. ދޮން އިންވައިޓް ކުރި ކުއްޖާ އައީމަ ކެވޭނީ… އިހަށް ނުކުމޭ މިތަނުން…” ޝަހުމް ކާގެއިނ ނެރެންވެގެން އަތުގައި ހިފާ ހިނގައިގަތެވެ. “ދެން މިތަނަށް ޝަހުމްވެސް ނޫނީ އެހެން މީހަކު ވެސް ވަދެގެން ނުވާނެ..” އަމުރު ކޮއްލާފަ ޝާނީ އަނެއްކާ ވެސް ވަނީ ކާގެ ތެރެއަށެވެ. ޝަހުމް ވެސް އިތުރަށް ދޮންތައަށް އުނދަގޫ ނުކުރަންވެގެން ދިޔައީ ކޮޓަރިއަށެވެ. ޝާނީ ވެސް ކާގެ ތައްޔާރު ކޮއްލާފަ ދިޔައީ ފެންވަރާށެވެ. ޝާނީ ފެންވަރައިގެން ނުކުމެ ސިޓިން ރޫމްގައި އިށީން ވަގުތު އެގޭގެ ބެލް ޖެހިއެވެ.

” އަވަހަށް އާދޭ….. އިށިނދޭ…..” ކުރިމަތީގައި ހުރި ޝަހާމާ ފެނި ޝާނީ އުފާވެރި ހިނިތުން ވުމަކާއި އެކު ބުންޏެވެ. ޝަހާމާ އެތެރެއަށް ވަތް އިރު ސޯފާގައި އިން ކުޑަކުޑަ ޔަޒަކް ފެނުމުން ގޮސް އެކުއްޖާ އުރާލިއެވެ. “އައްދޭ ދައްތައަށް ހާދަ ރައްޓެއްސޭދޯ….” ޝާނީ އަހިސް އިށީނެވެ. ޝަހާމާ ގެނައި ކުޑަކުޑަ ހަދިޔާ ޔަޒަކް އަށް ދިނުމުން ޔަޒަކް ވެސް އިނީ ވަރަށް އުފަލުންނެވެ. އެ ވަގުތު ޝާނީ މެންގޭ އެންމެން އެތަނަށް އައެވެ.

“މީ އަހަރެންގެ މަންމަ އައިޝާ…މަންމަ އާއި ދިމާ ވިއެއްނުން….. މީ ބައްޕަ ސައުދު….ދެންމީ އަހަރެންގެ ފިރިމީހާ ޒައިން….ދެން…. ކޮބާ މިހާރު ކޮއްކޮ… ގައިމު ދެންމެ މިތާގަ ހުރި…. މަންމާ ދޭބަ ކޮއްކޮ އަށް ގޮވާލަން” ޝާނީ ދިޔައީ ޝަހާމާ އަށް އެންމެން ކިޔައިދެމުންނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ….. ތި ކޮއްދިން ކަމަށް ދުވަހަކުވެސް ޝުކުރު އަދާ ނުކުރެވޭނެ…. ކިހާވަރެއް ދޭންވީ…..ކޮންމެސް ވަރައް ބުނެބަ…” ޒައިން ހުރީ ހަމަ ހަގީގަތުގަ ވެސް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައެވެ.

” އަޅުގަނޑު އެކަން ކޮއްދިނީ ބަދަލުގައި އެއްޗެއް ހޯދާކަށް ނޫން…. އެވަގުތު އަޅުގަނޑު އަދާކުރީ އިންސާނީ ވާޖިބެއް….އެއަކަށް އެއްވެސް އެއްޗެއް އަޅުގަނޑު ނުބޭނުން…” އެވަގުތު ޝަހުމް ވެސް އައިސް އެތަނަށް ވަނެވެ. ޝަހާމާ އަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ހަމަ އެހެންމެ ޝަހުމް ވެސް ހުރީ ވަރަށް ބޮޑު ހައިރާން ކަމެއްގެ ތެރޭގައެވެ. “މީ އަހަރެންގެ އެއްބަނޑު އެއްބަފާ ހުރި ހަމަ އެކަނި ކޮއްކޮ…..ޝާހުމް…. އެންމެން މީ ޝަހާމާ…..މިހާރު އެންމެނަށް ވެސް އެކަކު އަނެކަކު އިނގޭނެނެ އެއްނުން ހިނގާ ކާން ދާން…” ޝާނީ ޔަޒަކް ގޮވައިގެން ހިނގައިގަތީ ކާގެއާ ދިމާލަށެވެ.

ކާން އިން އިރުވެސް ޝަހުމްގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ޝަހާމާއިން ވަކި ނުވެއެވެ. ޒައިންއަށް މި މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ޒައިންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުން ވުމެކެވެ. ކައި ނިމުމުން ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލަން އިނދެފައި ޝަހާމާ ނުކުތީ ގެއައްދާށެވެ.

“އެކަނި ތަ ގެއަށް ދަނީ…..” ޝަހާމާ ނުކުންނަން ފެށުމުން ޒައިން ބުނެލިއެވެ. ” އާނ ކާރުގަ ” ޝަހާމާގެ ޖަވާބު ކުރެވެ. ” ޝަހުމްކޯ ދާންވީނުން ޝަހާމާ ގެއަށް ލާން… މިހާރު މިގަޑީ ވަރަށް އުދަގޫވާނެ ކާރު ހޯދަން” ޒައިންގެ ހިނިގަނޑު މަތަ ކުރަމުން ބުނެލިއެވެ.

ޝަހުމް އާއި ޝަހާމާ ނުކުމެގެން ގޮސް ސައިކަލަށް އެރި އިރު ދެމީހުން ކުރެ އެކަކު ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ” ކިހިނެތް ވީ… ކަމެއް ވެފަ ތަ…. ކޮންމެސް ވާހަކަ އެއް ދައްކަބަލަ….” އެ ދެމެދުގައި ވީ ހަމަ ހިމޭން ކަން ކަނޑުވާލީ ޝަހުމްއެވެ. ” ކަމެއް ނުވޭ… ކޮން ވާހަކައެއް ދައްކަންވީ….. އަސްލު ވަރަށް ސަޕްރައިޒްވި….ނޭނގެ ޝަހުމް އަކީ އެ ފެމިލީ މީހެއްކަމެއް..”

އިސްދަށަށް ޖަހައިގެން އިނދެ މަޑުމަޑުން ޝަހާމާ ބުނެލިއެވެ. ” އަދި އެކަކާ މީޓް ނުވޭ….ދޮންބެ….ދޮންބެ ވީ ބޭރުގަ ކިޔަވަނީ…ދޮންބެ ދައްތަ ގޮވައިގެން ގޮސް…. ބައިދަ ވޭ ވަރަށް ބޮޑަށް ތޭންކްސް ދޮން އަށް ހެލްޕްވީމަ…” ޝަހުމްގެ ހިތުގެ އަޑިން ހަމަ ހަގީގަތުގައިވެސް ޝުކުރު ވެރި ވާ ހާލު ބުންޏެވެ. ” ދެން… ތެންކިޔޫ ނުބުނާނެ….ތެންކިޔޫ ބުނާނީ ދުރު މީހުންނޭ…” ސައިކަލު ގޮސް މަޑު ކޮއްލީ ރަސްފަންނު ކައިރިއަށެވެ.

” އެހެންތަ އަހަރެންމީ ހަމަ އެހާ ކްލޯސް މީހެއްތަ..” ޝަހުމް ވަރަށް ލާނެއް ވެލާފައި ބުންޏެވެ. ދެމީހުން އެކުގައި ހިނގަމުން ދިޔައީ ތަފާތު ވާހަކަ ތަށް ދައްކަމުންނެވެ. ” ޕްއް…” ޝަހާމާ ސިއްސައިގެން ގޮސް ޝަހުމް ގައިގައި ވަރަށް ބާރަށް ބައްދާލެވުނެވެ. ” ތީ ދޯ ތިކުރާ ކަމަކީ…. އެކަމް ބުނާނެ އޮފީހުގައޭ އަބަދު އުޅެނީ… މާފޮޅުވަނީތަ….. ނޫނީ އުޑުން ތަރި ބާލަނީތަ…؟ ތީ ރަނގަޅު މީހެއް އަންގާލައިގެން އުޅޭ ނަމަދޯ..”

ފަހަތުން ޝަހާމާ އަށް އިވުނީ ފަޒީލްގެ އަޑެވެ. ” އަދިވެސް ދެމީހުން ދުރަށް ދާން ނުވަނީތަ..؟” ފަހަތުން ޝަހާމާ އަށް އިވުނީ ފަޒީލްގެ އަޑެވެ. ޝަހާމާ  ވައިސޫރިއެއްހާ ބާރަށް ޝަހުމްގެ ކައިރިން ދުރަށް ޖެހިލިއެވެ.

“ކިހާ ދެރަކަމެއް….. ފެށުނީތަ……ނުބެހޭކަށް ކަމެއްވެސް ނޯވެޔޭ……” ފަޒީލާ ދިމާލަށް ކަޅި އަޅާލަމުން ޝަހާމާ ބުންޏެވެ. ” ހުނ ހުނ ދެން އޯކޭ ޔޭ….. ޒުވާބު ކުރަން ނުފަށާތި…. ދެން ބުނެބަލަ މީ ކާކުތަ…؟ އިންޓްރޮޑިއުސް ވެސް ނުކޮއްދޭނަންތަ..؟”  މިއޮއްހާއިރު ދުރުގަ ކުޅި ބަލަން ހީހީ ދުރުގަ ހުރެފަ ދެން އިވުނީ ނައުރާގެ އަޑެވެ.

“މީ މީ….މީ” ޝަހާމާ އަށް އުޅުނީ ވާހަކަ ވެސް ނުދެއްކިގެންނެވެ. ” އައްދޭ މިހާރު އާގަންނަން ވެސް ފެށީތަ..؟” ފަޒީލް ހުރީ ހީހީ ގޮސް ހަލާކު ވާ ވަރު ވެފައެވެ. ” މީ ޝަހުމް….އޮފީސް ކުއްޖެއް…..މީ ފްރެންޑެއް….. ކީއްތަވީ.. ؟” ދެކޯ ފުއްޕާލަފައި ޝަހާމާ ބުނެލިގޮތުން ނައުރާ އާއި ފަޒީލް ގެ ގާތަށް ވަރަށް ހިނިއައެވެ. ” ހޫނ ހޫނ ދެން ކިޔާ ތިހެން…އެކަމް މިހާރު ބަލާލަ ތިއޮއް މުޅި މީ ހާ ބްލަޝް ވީ…..މީހާ ހީވަނީ ސްޓްރޯބެރީ އެއްހެން….” ބަނޑުގައި އަތް އަޅައިގެން އޮވެ ހެމުން ހެމުން ފަޒީލް ބުނެލިއެވެ.

“ހުއް ހެވޭ ތި އެއްނުން އަބަދު ފަޒީލަށް ކުރަން އެނގޭ ކަމަކީ…. އެންމެ ރަނގަޅޭ….ހިނގާ ދާން… މިތަނުން މި މީހުން ނުއެއްހުއްޓާނެ…” ޝަހާމާ ޝަހުމްގެ އަތުގައި ހިފައިގެން ހިނގައިގަތީ އެ މީހުން ކައިރިން ދުރަށް ދާށެވެ. “އަހަރެން ގެއަށް ގެންގޮސްދީފާނަން..” ސައިކަލާ އަރާ ހަމަ ވުމުން ވަރަށް މަޑުމަޑުން ޝަހާމާ ބުނެލިއެވެ. ޝަހުމް އާއެކޭ ބުނެ ބޯ ޖަހާލުމުން ދެމީހުން އެކީގައި ގެއަށް ދިއުމަށެވެ.

=ނުުނިމޭ=

ނޯޓު: މިދުވަސްކޮޅު ސުކޫލުގެ އިތުރު ހަރަކާތް ތަކުގައްޔާއި އެކްސްޓްރާ ކުލާސް ތަކުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭތީ ގަވައިދުން ވާހަކަ އަޕްލޯޑު ނުކުރެވިދާނެއެވެ. ވަކިން ހާއްސަ ކޮށް ގުރޭޑް 10 އެއްގެ ފަހު ޓާމު ކަމުން ފިލާވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭތީ ވާހަކަ އަޕްލޯޑް ކުރުމަށާއި ލިއުމަށް ވަގުތު ނުލިބެއެވެ. އެހެން ކަމުން ކުޑަ ދުވަސްކޮޅަކަށް ވާހަކަ މެދުކަނޑާލީމެވެ. ދެން އަލުން އާ އްޕިސޯޑެއް ގެނެސް ދޭވޭނެ ދުވަހެއް ފަހުން އަންގާލާނަމެވެ.

Share Article

Follow Me Written By

Justordinarilygirl

Level 1

hello everyone. my name is shahaa. i love reading and writting stories i am just a typical teenager . I strongly believe that comments and feedback is the way to grow up the carrier

Other Articles

Previous

ޖޭއޯވަން-5

Next

މައާފު އެދެމޭ..(ހަވަނަ ބައި)

Next
January 23, 2023

މައާފު އެދެމޭ..(ހަވަނަ ބައި)

Previews
January 22, 2023

ޖޭއޯވަން-5

One Comment

  1. Shahaa says:
    February 11, 2023 at 9:06 am

    Dhivehi vaahaka “Shahaama” ge part 4 iraadha kurehviyya 8 june ga upload kohdhynan..🙂💚
    Vaahaka medhu kandaalan jehunee midhuvaskolhu varah busy koh ulhen jehumuge sababunne… Mikamaa kiyuntheringe kibain niyaayathah maafah edheme…

Comments are closed.



All Right Reserved!