އުމުރައް ވެސް ލޯބިވިން – ނުވަ ވަނަ ބައި
ލަނދުރަކި ގޮތަކަށް ކިޔާރާ ގޮސް އެނދުމަތީގައި އިށީނދެލިއެވެ. ކިޔާރާގެ ފަހަތުން ކިޔާން ވެސް ގޮސް އިށީނދެލިއެވެ. ކިޔާރާގެ ކައިރިއަށް ޖެހިލުމެއް ފަހު ކިޔާން ކިޔާރާ އާއި ހަތަރުކަޅި ހަމަކޮއްލިއެވެ. އެއާއެކު ކިޔާރާގެ މުޅި ގައި ފިނިވެގެން ދިޔައެވެ. ކިޔާން ގެ ބީހުންތަކުން ކިޔާރާ އައް އިތުރު އަރާމެއް ލިބިގެންދެއެވެ.
……
ނިދާފައި އޮތް ކިޔާރާއައް ހޭވަރިކަން ވީ އޭނާގެ ލޮލަށް އެޅެމުން ދިޔަ އަވީގެ ސަބަބުންނެވެ. ދެލޯ އުނގުލާލުމައްފަހު ކައިރީގައި އޮތް ކިޔާން އެއްފަރާތަށް ޖައްސަލުމައްފަހު ކިޔާރާ ބެލީ އެނދުން ތެދުވެވޭތޯއެވެ. ނަމަވެސް އެކަމެއް ވާ ގޮތެއް ނުވިއެވެ. ބަނޑަށް ތަދުވާވަރުން ކިޔާރާއައް ބަނޑުގައި އަތް އަޅައިލެވުނެވެ. އެއަށްފަހު ބަލައިލެވުނީ ކިޔާން ގެ މޫނަށެވެ. އޭރު ކިޔާން އޮތީ ކިޔާރާ އާއި ދިމާއަށް ބަލަންށެވެ. “ތަދުވަނީތަ؟.” ކިޔާރާ އާއި ގާތްވެލަމުން ކިޔާން ބުނެލިއެވެ. އެއްޗެކޭ ނުބުނެ ކިޔާރާ ހަމައެކަނި ބޯ ޖަހައިލިއެވެ. ލަނދުން އިނުމުން ކިޔާރާ އަނގަޔަކުން ނުބުނެއެވެ. ” ސޮރީ.. ރޭގަ ކުޑަކޮށް މޮޔަވެފަ އިނީ… ދެން ކިޔާ ފެނިފައި ނޭނގޭ ވީ ގޮތެއް.” ކިޔާރާ ގެ ގައިގައި ބައްދާލަމުން ކިޔާން ބުނެލިއެވެ. ” އެ އޯކޭ އޭ..” ކިޔާރާ ބުނެލީ ވަރަށް މަޑުންނެވެ. ” އެބޮއް ސޮލިއުޝަން އެއް. ކުރަން ކެރެންޏާ ބުނެފާނަން” ކިޔާރާ އާއި ދިމާއަށް ބަލަން ހުރެފައި ކިޔާން ބުނެލިއެވެ. ” ބުނީމައެއްނު އެނގޭނީ ކުރަން ކެރޭނެ ތޯ ނޫނީ ނޫން ވެސް” ކިޔާރާ ބުނެލިއެވެ. ” ކިޔާން ދީފަނަން ބާރތް އެއް. ލަވް އައް.” ކިޔާރާ ގެ އަތުގައި ހިފާލަމުން ކިޔާން ބުނެލިއެވެ. ” ގަނޑިން ކިހައި އިރެއްތަ ؟. 7 ޖެހީ ދޯ. އެބަ އަންނަން ރީތި ވެގެން. އައިއްސާ ސައި ހަދައިދޭނަން އިނގޭ.” ކިޔާރާ މައުޞޫ ބަދަލުކޮއްލިއެވެ. ކިޔާން ގާތައް ކުޑަކޮށް ހިނިވެސް އައެވެ. ލަނދު ގަނެފައި ހުރި ވަރުން ކިޔާރާ ދުވެފައި ގޮސް ފާޚާނާއައް ވަނެވެ.
ފެންވަރާ ނިމުމަށްފަހު ކިޔާރާ ނިކުމެ ބަލައިލީ ކިޔާން ގެ ހިލަމެއް ކޮޓަރިތެރެއިން ނުވާތީއެވެ. ސިޓިން ރޫމައް ނުކިތް އިރު ކިޔާން އިނީ ވަރަށް ކަންބޮޑުވެފައެވެ. މޫނުމަތީން ކޮންމެސް ވަރަކަށް ރުޅިވެރިކަން ވެސް ފެންނަން ހުއްޓެވެ. މަޑު ފިޔަވަޅު ތަކެއްގައި ކިޔާރާ ގޮސް ކިޔާން ގެ އުނގުމަތީ ގައި އިށީނދެލިއެވެ. ކިޔާރާ އިނީ ހަމައެކަނި ކަކުލާ ހިސާބަށް އަރާ ގަމީސްކޮޅެއް ލައިގެން ކަމުން ކިޔާރާ އިށީދުނުއިރައް ކިޔާން އެ ދޮން ފައިތިލައިގައް އަތުން ބީހިލިއެވެ. ” ކިހިނެށް ވެފަ ތީނީ ؟” ކިޔާން ގެ ބޮލާއި ކުޅެމުން ކިޔާރާ އަހާލިއެވެ. ކިޔާން ފުރަތަމަ ވެސް ދޫކޮށްލީމާ ފުން ނޭވާއެކެވެ. “ދެންމެ ބޮސް ގުޅި. އޭނަގެ ވަރަށް މުހިއްމު ޑޮކިއުމެންޓެއް ނަގައިފި އެ އުޅޭ ޔުމާން. ބޯ ހަލާކު. އޭނާ ބުނީ އެ ނުދޭނަމޯ. އޭނާގެ ބޭނުން ނުފުދެނީސް އެހިފަހައްޓާނެ. ނޭނގޭ ކޯއްޗެއް ކަމެއްވެސް ބޭނުންވެގެން އެއުޅެނީ. އެކަމް އެ ޑޮކިއުމެންޓް ބޭނުންވާނެ ޔޯ މި އަންނަ ހަފްތާގެ ހޯމައިގެ ކުރިޔަށް..ބޮސް ގެ އެގްރިމެންޓް އަކަށް އެ ލިޔުން ބޭނުންވޭ. މިއަދު މީ ބުރާސްފަތި. ނޭނގެ އެ ލިބޭނެކަމެއް ވެސް ހޯމައިގެ ކުރިޔަށް.. ” ބޮލުގައި އަތް އަޅާލަމުން ކިޔާން ބުނެލިއެވެ.” އިރާދުކުރެއްވީއްޔާ އެ އަދި ލިބޭނެ. ދެން ހިނގާބަ ކިޔާ އައް ހެލްޕް ވާން ސޭންޑްވިޗް ހަދަން. ކިޔާން ކަންތަކުން ކިޔާގެ ބަނޑަށް އަދިވެސް ތަދުވޭ ” ބޮޑާހާކަމުން ކިޔާރާ ބުނެލިއެވެ.” އަދި އެއް ރައުންޑް މިރެއައް ދޯ ލޯބީ. ” ކިޔާރާއައް ޖެއްސުމުގެ ރާގަކަށް ކިޔާން ބުނެލިއެވެ.” މައި ސްޓަމަކް ” ކިޔާރާ ބުނެލި ގޮތުން ކިޔާން އައް ހެވުނެވެ.
…
މެންދުރުގެ ވަގުތެކެވެ. ލައުރާ އަންނަ ވާހަކަ ބުނުމުން ކިޔާރާ އިނީ ލައުރާގެ އިންތިޒާރުގައެވެ. އެހެން އިންދާ ކިޔާރާއައް ފޯނެއް އައެވެ. އަންނޯން ނަމްބަރެއްކަމުން ކިޔާރާ ކުޑަކޮށް ޖެހިލުން ވިއެވެ. ނަމަވެސް ގުޅަނީ ކާކުތޯ ބަލަން ކިޔާރާއައް ފޯނު ނަގަން މަޖުބޫރު ވިއެވެ. “ކާކު” ފުރަތަމައިން ވެސް ކިޔާރާއައް އަހައިލެވުނީ މިހެނެވެ. ” ކިޔާރާ ދޯ. ހެހެ. މީ ޔުމާން . މަށަށް އެނގޭ އެ ކިޔާން މިހާރު ބުނާނެ ކަން ޑޮކިއުމެންޓް ގެ ވާހަކަ ވެސް” ލާނެއް ރާގަކަށް ކިޔާރާ ބުނެލިއެވެ. ” ޔުމާން ދޯ. ދެން ތީ ކޮންކަމެއްތަ. ކިޔާން އެހުންނާނީ ތީގެ ސަބަބުން މިހާރު ބޯ ފަޅައިގެން ދާ ވަރުވެފަ. ދެން ތި ދޭންވީނު މީހުންގެ ސިކުނޑި ނޮގޮއްވާ.” ރުޅިވެރި ގޮތަކަށް ކިޔާރާ ބުނެލިއެވެ. “” އެންމެ ގޮތެއް އޮތީ.. ކިޔާރާ މިރޭ މަށާ މީޓްކުރޭ ސްނޯވިލާގެއިން. ރޫމު އިޒް 6. ޑޮކިއުމެންޓް ބޭނުންވަންޏާ އާދެ. ޓައިމް އިޒް 9.އައި ވިލް ބީ ވެއިޓިންގް ފޯރ ޔޫ.. ” މިހެން ބުނެ ލުމަށްފަހު ޔުމާން ފޯނު ކަނޑާލިއެވެ. ކިޔާން ކައިރީގައި މިވާހަކަ ބުނަން ދާން އުޅެނިކޮށް ދޮރުގައި ބެލް އެޅިއެވެ. ކިޔާރާ ގޮސް ދޮރު ހުޅުވާލިއިރައް ލައުރާ ކިޔާރާގެ ގައިގައި ބައްދާލިއެވެ. ކިޔާރާ ވެސް ލައުރާގެ ގައިގައި ބައްދާލިއެވެ. ލައުރާއައް ވަނުމުގެ ތަން ދެއްކުމައްފަހު ކިޔާރާ ވަނީ ބަދިއެއަށެވެ. ކިޔާރާ ގެ ފަހަތުން ލައުރާއާއި ކިޔާން ވެސް އައެވެ. މެންދުރުގެ ކެއުމަށް އެންމެން ވެސް ތިބީ ކެތްމަދުވެފައެވެ. ކިޔާރާ ހެދި ފްރައިޑް ރައިސް އާއި ޗިލީޗިކަން އެންމެންނަށް ވެސް ވަރަށް ކަމުދިޔައެވެ. ކާން އިން ވަގުތުގައި ކިޔާރާގެ ހަނދާނަށް އައީ ޔުމާން ގެ ވާހަކައެވެ. މީ ކިޔާން ކައިރީގައި ބުނަން ރަނގަޅު ވަގުތެއް ކަމުން ކިޔާރާ ކިޔާން އައް ޔުމާން ގެ ވާހަކަ ކިޔައިދިނެވެ. “ކިޔާ އާރ ޔޫ އިންސޭން ؟. އޭނާ އެއުޅެނީ ކޮންމެވެސް އެހެން ބޭނުމަކު. ޕްލީސް ކިޔާ. ނުދާތި އޭނާ ބުންޏަސް. އެވަރުގެ މީހެއް ކައިރިއަށް ކިޔާ ދާކައް ރަނގަޅެއް ނޫން . ޕްލީސް ކިޔާ. ޑޯން-” ކިޔާން އާއް ބުނެވުނީމާ ހަމައެކަނި އެހާ ހިސާބަށެވެ. ކިޔާން ގެ ބޮސް ގެ ކޯލެއް އައުމުން ކިޔާން ދިޔައީ ދުރަށެވެ. ނަމަވެސް ކިޔާން އެ ދައްކަނީ އެ ޑޮކިއުމެންޓް ގެ ވާހަކަ ކަން ކިޔާރާއައް އަޑުއިވެއެވެ. ” ކޮން ޑޮކިއުމެންޓެއްތަ؟”ވާނުވަގައި އިނދެފައި ލައުރާ އަހާލިއެވެ. ކިޔާރާ ލައުރައައް ވީ ގޮތް ކިޔައިދިނެވެ. ” ކިޔާންގެ ބުނީ ތެދެއް ކިޔާ. ޔުމާން ކައިރިއަށް ނުދާތީ އޭނާ އެ ދޭނަމޭ ބުންޏަސް.” ލައުރާ ވެސް ބުނީ ހަމަ ކިޔާން ބުނި ވާހަކައެވެ. ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ކިޔާން އައެވެ. އެއާއެކު އަނެއްކާ ވެސް ކެއުން ކުރިޔަށް ދިޔައެވެ.
ކައި ނިމުނުތާ ބައި ގަނޑިއިރެއްހާއިރު ނުވަނީސް ލައުރާ ގެއަށް ދިޔައެވެ. ސޯފާގައި ޓީވީ ބަލަން އިން ކިޔާރާ ސިހުނީ ކުއްލިއަކަށް އައި މެސެޖެއްގެ ސަބަބުން ނެވެ. އާނއެކެވެ. އެއީ ޔުމާންގެ މެސެޖެކެވެ. އޭގައި ވަނީ މިރޭ ގަޑިޔަށް ނައިއްސި ނަމަ އެ ޑޮކިއުމެންޓް އަނދާލާނެކަމަށެވެ. ކިޔާރާއައް މިހާރު އެ ޑޮކިއުމެންޓް ހޯދަން މަޖުބޫރެވެ. ކިޔާރާ ނީންމީ ކިޔާން ކައިރީގައި ވެސް ނުބުނެ ދިއުމަށެވެ. ޑޮކިއުމެންް ހިފައިގެން އައީމާ ކިޔާން އައް ވިސްނާ ދޭނީކަމަށް ކިޔާރާ ނިންމިއެވެ. މިހާރު ކިޔާރާ އިނަތިޒާރުކުރަމުން ދިޔައީ އަށެއް ޖަހަން ދެނެވެ. އަށެއް ޖެހުމާއެކު ކިޔާރާ ގޮސް ފެންވަރައިލިއެވެ. ލޯގަނޑު ކުރިމަތީގައި ރީތި ވާން ހުރި ކިޔާރާ ސިހުނީ ފަހަތުން އައިސް އޭނާގެ ގައިގައި ކިޔާން ބައްދައިލުމުންނެވެ. “ކޮންތާކަށް ދާން ތި ތައްޔާރު ވަނީ ސާހިބާ؟” ކިޔާރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ކިޔާން އަހާލިއެވެ. ” މި. މި އުޅެނީ.. އަނެއް. އާން.. ލައުރާ އާ އެއްކޮށް ހިނގާލަން ދާން ވެގެން. 10 ގެ ކުރިއަށް އަންނާނަން. ލަވް ޔޫ” ކިޔާން ގެ ގައިގައި ބައްދާލަމުން ކިޔާރާ ބުނެލިއެވެ. ކިޔާން ކައިރީގައި ދޮގެއް ހަދަން ޖެހުމުން ކިޔާރާ ހުރީ ވަރަށް ދެރަ ވެފައެވެ. ނަމަވެސް ޑޮކިއުމެންޓް ލިބުނީމާ ތެދުބުނާނީ ކަމުގެ ކިޔާރާ ނިންމިއެވެ. ކާރަކަށް އަރައި ދާންޖެހޭ އެޑްރެސް ބުނެލުމައްފަހު ކިޔާރާ ހަމަޖެހިލިއެވެ.
ކިޔާރާ ދިޔުމުން ކިޔާން ނިންމީ ނެޓްފްލިކްސް އަޅުވައިގެން މޫވީ އެއް ބެލުމަށެވެ. ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ކިޔާން އައް އެ ގޭގެ ބެލް ޖެހި އަޑު އިވުނެވެ. ކިޔާން އައް ފުރަތަމަ ވެސް ބަލައިލެވުނީ އަތުގައި އިން ގަޑިއަށެވެ. ކިޔާރާ ބުނީ 10 ގެ ކުރިޔަށް އަންނަނަމޭއެވެ. ގަޑިން އަދި ކިރިޔާ 20:30 ވީއެވެ. އިންތަނުން ތެދުވެ ކިޔާން ގޮސް ދޮރުހުޅުވައިލިއެވެ. ކިޔާން އައް ލިބުނީ ކުއްލި ޝޮކެކެވެ. ކުރިމަތީގައި ހުރި ލައުރާ ފެނުމުން ކިޔާން އިނީ ހައިރާން ވެފައެވެ. ކިޔާރާ ލައުރާ އާއި އެއްކޮށް ދިޔަ ނަމަ ލައުރާ މިވަގުތު މިތާ އެ ކުރަނީ ކީއްބާވައެވެ ؟” ކޮބާ ކިޔާ ؟ ގުޅާ ގުޅާ ފޯނެއް ނުނަގާ. އެހެންވެ މިއައީ. މަންމަ ފޮނުވި ކުންނާރު ކޮޅެއް ދޭންވެގެން. ” ލައުރާ ބުނެލިއެވެ.” ވަޓް. ސަމާސާ ކުރަނީ ދޯ ކިޔާ އާއި ދެމީހުން . ކިޔާ ބުނީ ލާއިރާ އާއި އެއްކޮށް ހިނގާލަން ދަންށޭ މިއުޅެނީ. މިހާރު ދިޔަތާ އިރުކޮޅެއް ވެއްޖެ ” ކިޔާން ބުނެލިއެވެ.” އެކަމް… ކިޔާ އެއް ނާހާ ލައު ކައިރީގައި ތީގެ އެއްވެސް ވާހަކައެއް. ” ލައުރާ ގެ ބަހުން ކިޔާން އައް ހަނދާންވީ މިއަދު ކިޔާ ޔުމާން ކައިރިއަށް ދާން އެހި ވާހަކައެވެ.” ޔުމާން. ” ކިޔާން މިހެން ބުނެލުމައްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސައިކަލައް އަރައިލިއެވެ. އެއަށްފަހު ޔުމާން ގެ ގެއާއި ދިމާއަށް މިސްރާބު ޖެހި އެވެ.
ކާރު ގޮސް ސްނޯވިލާގެ ކުރިމަތީގައި ހުއްޓުމުން ކިޔާރާ ކާރުން ފޭބިއެވެ. ލިފްޓައް އަރައިގެން ގޮސް 6 ވަނަ ފްލޯރ އައް ލިފްޓް މަޑުކޮއްލުމުން ކިޔާރާ ލިފްޓުން ފޭބިއެވެ. ފުން ނޭވާއެއް ދޫކޮށްލުމައްފަހު އެޕަރޓްމެންޓްގެ ދޮރުގައި ޓަކި ޖަހައިލިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


next part upload kuraani kon iraku… waiting for next part
Yeah next part uploaded kuraani kon iraku… Waiting for next part ❤️❣️💕💞💓💘😍