Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރައް ވެސް ލޯބިވިން – އަށް ވަނަ ބައި

Malsa Ismail
Malsa Ismail Level 110 Stories
January 15, 2023 4 Mins Read
2 Comments

“ކިޔާ.. އާދެ ސައި ބޯން” ބަދިގެތެރޭގައި ހުރި ކިޔާން ސައިހެދުމައް ފަހު ކިޔާރާއައް ގޮވީ ސައިބޯން އައުމަށެވެ. ނަމަވެސް ކިޔާރާގެ ހިލަމެއް ނުވުމުން ކިޔާން އައް ޖެހުނީ ކޮޓަރިއައް ވަދެ އޭނާގެ ހަބަރެއް ބަލައިލުމަށެވެ. އެނދުގެ އަރިމަތީގައި ކިޔާރާ އިށީނދެގެން އިންއިރު އެ މޫނުމަތީގައި ފެންނަނީ ނުތަނަވަސްކަމެވެ. ބަލާބެލުމަށް ކަމަކާ ދެރަ ވެފައި އިން ހެން ހީވެއެވެ. މަޑު ފިޔަވަޅު ތަކެއްގައި ކިޔާން ގޮސް ކިޔާރާގެ މަގަތުގައި އިށީންދެލިއެވެ. އޭރު ވެސް ކިޔާރާ އިނީ ފުން ވިސްނުމެއް ތެރޭގައެވެ. އޭނާ އައް އޭނާގެ ކައިރީގައިވާ ކިޔާން ވެސް އިންކަން ނޭނގޭ ކަހަލައެވެ. ” ޕްރިންސެސް.. ކޮން ޙިޔާލެއްގަ. ؟” ކިޔާރާގެ ގައިގައި ހިފައި ކިޔާން އާއި ގަތްކޮއްލަމުން ކިޔާން އަހާލިއެވެ. ” ދެންމެ.. ކައިލާން ގުޅި.. ބުނީ ކިޔާން އާ އެއްކޮށް މީޓް ވެވިދާނެހޯ…” އިސްދަށަށް ޖަހައިގެން ހުރެ ކިޔާރާ ބުނެލިއެވެ. ” ހްމްްމްމްމް. އޯކޭ. އެބަޖެހެއެއްނު ދޯ ތި މީހަކު ބޭނުންވާ ކަމެއް ވެސް ހޯދާން. އެކަމް ދެން ލަވް ތިކަމާ ނުވިސްނަބަ. އައި އޭމް ހިއާރް އެއްނު. ދެން ހިނގާ ސައިބޯން ދާން” ކިޔާރާގެ އަތުގައި ހިފައި ނަގަމުން ކިޔާން ބުނެލިއެވެ.

…

ހަވީރުގެ ހިތްގައިމު ވަގުތެކެވެ. ކައިލާން ރެސްޓޯރެންޓް ތެރޭގައި މަޑުކޮއްލީ ކިޔާން އާއި ކިޔާރާގެ އިންތިޒާރުގައެވެ. ގާތްގަނޑަކަށް 20 މިނެޓުކެ ދިގު އިންޒާރަކައްފަހު އެ ދެމަފިރިން އަންނަތަން ކައިލާން އައް ފެނުނެވެ. ހިތް ބިރު ގަނެއްކަމަކު ކައިލާން ނީންމީ އެދެމީހުންގެ ކިބައިން މައާފައް އެދެންށެވެ. ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެކަން ޔަގީނެވެ. އެ ޙިޔަލްތަކުން ދުރަށް ދެވުނީއެވެ ކައިލާން ގެ ކުރިމައްޗަށް އެ ދެމަފިރިން އައިސް ހުއްޓުމުންނެވެ. އެތެރެއަށް ވަނުމުގެ ޖާގަ ދެއްކުމަށް ފަހު ކައިލާން ގޮސް އިށީންނަން ހަމަޖެހިފައިވާ ތަނުގައި އިށީންދެލިއެވެ. ވެއިޓަރު ގެނެސް ހުރިހާ އެންމެންގެ އޯޑަރު ހިފައިގެން ދިޔައެވެ. އެވަގުތު ކޮޅަކީ އޭގެން އެކެއްގެ ވެސް ފަރާތުން ބަހެއް ނުބުނެ ދިޔަ ހިމޭން ވަގުތުކޮޅެކެވެ. އެ ހިމޭންކަން ކައިލާން އައް އުނދަކޮއްލައެވެ. އެންމެފަހުން އޭނާ ނިންމާ ސީދާ ބޭނުން ބުނުމަށެވެ. އިސްދަށަށް ޖަހައިގެން އިނދެ އެންމެ ފުރަތަމަ ވެސް ކައިލާން ގެ އަނގައިން ނިކުތް ބަހަކީ “އަހަންނަށް މަޣާފްކުރަށޭ” އެވެ. ކިޔާރާގެ އިތުރުން ކިޔާން ވެސް އިނީ ވާނުވަގައެވެ. އިހަކަށް ދުވަހަކު ކިޔާރާއައް އެހެން ހަދައިފައި މިއަދު އެހާ ދެރަވީމައެވެ. “އަހަންނަށް އިނގޭ އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނުކަން.” ކައިލާން އޭނާ އެހެން ހެދި ސަބަބު ވެސް ކިޔައިދިނެވެ. އަދި ނައުރީން ކިޔާރާއައް ގެއްލުމެއް ދޭން ވިސްނައިގެން އުޅޭ ވާހަކަ ވެސް ކިޔައިދިނެވެ. “ޕްލީސް.. ފޮރގިވް މީ.. މިހާރު ގަބޫލު ކުރެވޭ އަހަރެންނައް ކަންތައް ކުރެވޭނީ ރަނގަޅަކަށް ނޫންކަން. އެކަމަކު މިއަދު ވަރަށް އުފާވޭ.. ކިޔާއައް ކިޔާން ކަހަލަގެ ރަނގަޅު ފިރިއަކު ލިބުނީމަ. އުއްމީދު ކުރަނީ ދެން އަހަރެމެންގެ މެދުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް..”ކޮފީ ތަށިން ކޯވަރެއް ބޯލަމުން  ކައިލާން ބުނެލިއެވެ. ކިޔާން ގެ އިތުރުން ކިޔާރާ ވެސް ކައިލާން އައް މަޢާފް ކުރިކަމެއް ނިންމިއެވެ. އެދެމެދުގައި ވާހަކަ ދެކެވެން ފެށީ ވެސް ދެނެވެ. ކުރިން އޮތް ހިމޭންކަން ނަގައި ސަކަރާތާ މަޖަލުގެއި މިހާރު އެ 3 މީހުން ފެންނަ މީހަކު އެއީ މާ ކުރީއްސުރެއް ވެސް އެކުވެރީންނޭ ބުނާނެކަން ޔަގީނެވެ. މަޖަލާއި ސަކަރާތަށް ގެއްލިފައި ތިއްބައި ރެސްޓޯރެންޓައް ވަދެގެން އައި ނައުރީން އައް އެ މީހުން ފެނުނެވެ. ނަމަވެސް ކިޔާން މެންނަކައް ނައުރީން އެއް ނުފެނެއެވެ. އޭނާގެ ލޭ ކެކިގެން ދިޔައީ ކިޔާރާގެ ގައިގައި ކިޔާން ހިފަހައްޓައިގެން ހުރި ތަން ފެނިފައެވެ. ރުޅި އައިސް ގެން ގޮސް ދެލޯ ރަތްވާންފެށިއެވެ . މިވަގުތު ނައުރީންގެ މޫނު ފެންނަ ކުޑަކުއްޖަކު ވެސް އޭނަދެކެ ބިރުގަންނަނެކަން ޔަގީނެވެ. ގާތްގަނޑަކަށް ގަޑިއިރެއްގެެ ދިގު ބައްދަލުވުމަކައްފަހު އެތިން މީހުން ވެސް ގެއާއި ދިމާއަށް މިސްރާބުޖެހީ ބަންގި ދޭން ވެސް ގާތްވެފައި ވާތީއެވެ. ގެޔަށް ދިޔަ މަގުމަތީގައި ކިޔާންގެ  މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސައިކަލް ގެ ސްޕީޑް ވެސް މިހާރު ކުރިއަށް ވުރެން އަވަހެވެ. ކިޔާރާ އިނީ ވަރަށް ބާރަށް ކިޔާން ގެ ގައިގައި ބައްދާލައިގެންނެވެ. ކުއްލިއަކަށް އޮއްސައިގަތް ބޯ ވާރޭ އާ އެކު ކިޔާރާ އަށް ކުރިއަށް ވުރެން ބާރަށް ކިޔާންގެ ގައިގައި ބައްދައިގަނެވުނެވެ. ހީކަރުވައިގަނެގެން ގޮސް މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ.  ކިޔާން ގެ ކައިރީގައި ވީގޮތެއް އަހަން ކިތަންމެ ވަރަކަށް ހިތް އެދުނަސް އެވަގުތު ކިޔާރާގެ ޙާލަތު ހުރިގޮތުން ކިޔާރާ އަކަށް އަނގައިންނެއް ނުބުނެވުނެވެ. ގެއާއި ހަމައަށް ދެވުމާއެކު ކިޔާން ސައިކަލް ޕާރކް ކުރުމަށް ފަހު ގޮސް ގެއަށް ވަނެވެ. ކިޔާރާއައްވެސް ބަލާލުމެއް ނެތިއެވެ. އޭރު ވެސް ކިޔާން ގެ ދެ ލޮލުން ކަރުނަ ނުހިކެއެވެ. ދުވެފައި އެދިޔަ ގޮތަށް ގޮސް އެނދުގައި އިށީނދެލިއެވެ. ކިޔާން އަށް ވެފައި ހުރި ގޮތެއް ފެނި ކިޔާރާ އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އަވަސް އަވަހަށް ގޮސް ކިޔާން ކައިރިއައް ގޮސް ވަރަށް ބާރަށް އެ ފިނި ހަށިގަނޑުގައި ބައްދާލީމެވެ. ހަމަ އެއާއެކު ކިޔާން ކިޔާރާގެ ގައިގައި އެއައްވުރެއް ވެސް ބާރަށް ބައްދާލީމެވެ. ކިޔާން ކިޔާރާ ދަމައިގަތް ބޮޑިޔާ އެނދައް ވެއްޓުނެވެ. އޭރު ކިޔާން އޮތީ ކިޔާރާގެ ގައިގައި ބައްދާ ބާރުކޮއްގެންނެވެ. ” ލަވް.. ކިހިނެއްވީ.. ؟” ޖެހިލުން ވެ ހުރެފައި ވެސް ކިޔާރާ އަހައިލީ ކިޔާން އެ ޙާލުގައި ދެކެން ބޭނުން ނުވާތީއެވެ. ނަމަވެސް ކިޔާން ގެ ފަރާތަކުން އެއްވެސް ޖަވާބެއް ނާދެއެވެ. ކިޔާން އުޅޭ ގޮތުން ކޮންމެވެސް އެއްޗެއް ކިޔަން އުޅޭ ކަމުގެ އިހްސާސް ކިޔާރާއައް ކުރެވެއެވެ. ނަމަވެސް ވެފައި ހުރި ދެރައެއްގެ ބޮޑު ކަމުން ކިޔާން އައް އަނގައިން ބުނަން ވެސް އުނދަގޫވާ ކަން ވެސް ކިޔާރާއައް އެނގުނެވެ. ކިޔާން ގެ ބޮލުގައި ފިރުމަން ކިޔާރާ އޮތީ ކިޔާން ހަމައަކަށް އެޅެންދެންނެވެ. ވަރަށް އިރު ތަކެއް ފަހުން ކިޔާން ކުޑަކޮށް ހަމަޔަކަށް އެޅުނެވެ. ނަމަވެސް އެ ދެލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. ” ކިޔާ.. ކިޔާ އަޑެއް ނަގަންވާ ކައިލާން ކީކޭ ކަމެއް ބުނީ… ކިޔާއައް ގެއްލުމެއް ދޭން ނައުރީން އުޅޭ ވާހަކަ.. ކިޔާން އައް ރަނގަޅަށް ވެސް އިނގޭ އޭނާ އެއީ ކ.. ކާކުކަން… ބޭނުން ވާ ކަމެއް ނުފުދޭ ނީސް ހުއްޓައެއްނުލާނެ… ކިޔާ.. ކިޔާ އައް ކަމެއް ވެއްޖިއްޔާ އަހަރެން މަރުވާނެ… އައި ލަވް ޔޫ ކިޔާ… އައި ރިއަލީ ޑޫ… ” ރޮމުން އިނދެ ކިޔާން ވާހަކަ ދެއްކި އިރު ކިޔާރާ ވެސް އިނީ ހިތުޖެހިފައެވެ. ހަޔާތުގައި ވެސް މީހަކު އެހާ ވަރަށް ލޯބިވާ މީ ފުރަތަމަ ފަހަރަށް ވީތީއެވެ. ލޮލުގައި ހުރި ކަރުނަތައް ފޮލެހުމަައްފަހު ކިޔާންގެ ގައިގައި ހިފައި ގެނެސް  މޭގައި ޖައްސާ ބައްދާލީމެވެ. އަދި އޭނާއަށް ދުވަހަކުވެސް ނުގެލޭނެކަމައް ވެސް ބުނީމެވެ. އިރުގަޑެއްގެ ފަހުން ކިޔާން ހަމައަކަށް އެޅުނެވެ. ތެމިފައި ހުރުމުގެ ސަބަބުން ކިޔާން ފާޚާނާއައް ފެންވަރަން ވެއްދުމައްފަހު ކިޔާރާ ވެސް ފާޚާނާއައް ވަނީ ފެންވަރާލުމަށެވެ.

10 މިނެޓް ފަސް..

ފެންވަރައިގެން ނިކުތް އިރު ކިޔާން އިނީ ކިޔާރާގެ އިންތިޒާރުގައި އެނދުމަތީގައެވެ.ި ކިޔާން ފެނިފައި ކިޔާރާ ދިޔައީ ސިއްސައިގެންނެވެ. ކިޔާރާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓާ ކިޔާން ފަހަތުން އައިސް ކިޔާރާގެ ގައިގައި ބައްދައިލިއެވެ. “ކިޔާ.. އައި ތިންކް އިޓްސް ދަ ޓައިމް..” ކިޔާރާގެ ނިތައް ދީނެއް ދެމުން ކިޔާން ބުނެލިއެވެ. “ޓައިމް ފޯ” ވާނުވާގައި ހުރެފައި ކިޔާރާ އަހައިލިއެވެ. ޖަވާބެއް ދިނުމުގެ ކުރީން ކިޔާންގެ ތުންފަތް މައްޗައް އަރުވާލި ކުލަވަރަކުން ކިޔާރާއައް ހުރިހާ އެއްޗެއް ވިސްނިގެންދިޔައެވެ. ހަމައެއާއެކު މުޅި މީހާ ލަނދުން ގޮސް ހަލާކުވާވަރުވިއެވެ. ” ދޭނަންތަ..” ކިޔާން ކިޔާރާ އާއި ގާތްވެލަމުން އަހާލިއެވެ.  ކިޔާން ގެ މޫނަށް އެއްފަހަރު ބަލާލުމެއް ފަހު ކިޔާރާ އިސްދަށަށް ޖަހައިލިއެވެ. “އޯކޭ.” ލަނދުން ހުރެ ކިޔާރާ ބުނެލިއެވެ.

ނުނިމޭ..

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Malsa Ismail
Follow Me Written By

Malsa Ismail

Level 110 Stories

Other Articles

Previous

ލޯބީގެ އަގު

Next

ތީ އޭ ހަނދަކީ 25

Next
January 17, 2023

ތީ އޭ ހަނދަކީ 25

Previews
January 14, 2023

ލޯބީގެ އަގު

2 Comments!

  1. friend says:
    January 17, 2023 at 12:16 pm

    I love this story and kiyaan and kiyaara I love this
    I love you so much guys 💕💗😘

  2. Khajja says:
    January 24, 2023 at 8:15 am

    Love this stry n when nxt prt plx avaskolladhybala can’t wait plx

Comments are closed.

Next Episodeއުމުރައް ވެސް ލޯބިވިން – ނުވަ ވަނަ ބައި←


All Right Reserved!