ކ”ކިޔާ.. ޖަވަބުދީބަލަ. ކައިލާން ކީއްކުރީހޭ. ؟” ކިޔާރާގެ ފަރާތުން ޖަވާބެއް ނުލިބުމުން ކިޔާން އަނެއްކާވެސް އަހާލިއެވެ. “ކައި.. ކައިލާން.. ކި. ކިޔާ ގެ ގަ… ގައިގަ… އަތް-..” ކިޔާރާއައް ބުނެވުނީ ހަމައެކަނި އެހާ ހިސާބަށެވެ. އެއާއެކު ހުއްޓުމެއްނެތި އެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ކިޔާން ގެ ލޭގަނޑެ ދިޔައީ ކެކި އަރަމުންނެވެ.” މަގޭ ކިޔާ ގައިގަ އަތްލާން އެއީ ކާކު؟. ” ކިޔާން ކިޔާރާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ކިޔާރާ ހަމައަކަށް އެޅުވުމަށް ފަހު ކިޔާން ގޮސް ފޯނު ނެގިއެވެ. އެއަށްފަހު އޭނާގެ ރައްޓެހި ހާނިމް އާއި ގުޅާލިއެވެ. ހާނިމް އަކީ ޕޮލިހެއް ކަމުން ކިޔާން ބޭނުންވީ ކައިލާން އައް ކޭސް އެއް ފައިލްކުރުމަށެވެ. އޭނާ ކިޔާރާއައް ކޮންމެފަދަ ކަމެއް ވެސް ކޮއްފާނެއެވެ. ހާނިމް އާއި ވާހަކަ ދައްކާ ލުމަށްފަހު ކިޔާން ގޮސް ކިޔާރާގެ ކައިރީގައި އިށީންދެލިމެވެއެ. “ކިޔާ.. ކިޔާން ދެން ބޭނުމެއް ނޫން މަޑު ކުރާކަން.. މި ވީކްގަ މެރީ ކުރަން ބޭނުމީ.. އަންނަން ހުރި މީހުންނަށް ދައުވަތު ދޭނީ.. މިހާރު އެ ކައިލާން ގެ ކަންތައް އެދަނީ މާ މައްޗަށް. ކިޔާ ކީކޭ ބުނާނީ… ؟” ކިޔާރާގެ މޫނަށް ބަލާ ލަމުން ކިޔާން އަހާލިއެވެ. ކިޔާރާ އަނގައިން އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ބޯ ޖަހާލިއެވެ. ކިޔާން ގެ އެދުމުން ކިޔާރާ ނިންމީ ވަޒީފާއިން ވެސް ޗުއްޓީ ނެގުމަށެވެ. އަލަށް ކައިވެނި ކުރާ ދެމަފިރީން އެކަނި ދުވަސްކޮޅެއް ބޭނުންވާނެ ކަން ޔަގީނެވެ..
4 ދުވަސް ފަސް…….
“ވާއު ކިޔާ.. ހާދަ ރީއްޗޭ ދޯ.. މާޝާ ﷲ.. ކިޔާން މިރޭ މޮޔަ ވާނެކަން ޔަޤީން.. ” ކިޔާރާ ކައިވެންޏައް ތައްޔާރުކުރަން ހުރި ލައުރާ ލާނެއް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އާނއެކެވެ. ކިޔާރާ އާއި ކިޔާން ގެ ކައިވެނި އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް އެންމެން ވެސް ދިޔައީ ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ކިޔާރާ ގެ މޫނުމަތިން މިއަދު ފެނިގެން ދަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ވާނީ ވެސް އެހެންތާއެވެ. ކިޔާން އާ އެކީ ޙަޔާތެއް ފަށަން ކިޔާރާ ހުރީ ކެތްމަދުވެފައެވެ. ރަތް ކުލައިގެ ދިގު ވެޑިންގް ޑޮރެސްގައި މިރޭ އޭނާ ފެނިއްޖެނަމަ ހަނދުވެސް ލަނދުން ފިލާނެކަން ކަށަވަރެވެ. ކުޑަވަގުތުކޮޅެއް ތެރޭގައި އެ ދެމީހުން ކޯޓަށް ހާޒިރުކުރެވުނެވެ. ކަޅު ކުލައިގެ ކޯޓާއި ރްރެކްޝޫޓުގައި ކިޔާން ފެންނަލެއް އެހާމެ ހިއްގައިމެވެ. ގާޒީ ކައިވެނި ކުރުމަށް ފެށިއެވެ. އެހެން ދަމުން ގޮސް ކިޔާން ގެ ގާތުގައި އަނބި ގަބޫލުކުރޭތޯ ސުވަލުކުރެވުނެވެ. ކިޔާރާގެ މޫނައް ބަލާލުމައްފަހު ކިޔާން ބުންޏެވެ. “އާނ.. އަނބި ގަބޫލުކޮއްފިން” ކިޔާންގެ މިބަހުން މުޅި މާހައުލައް އުފާވެރިކަން ގެނެވުނެވެ. ހުރިހާ އެންމެން އަތް ޖަހަންފެށިއެވެ. ލަނދުން އިނދެ ކިޔާރާ ކިޔާން އާއި ދިމާއަށް ބަލައިލިއެވެ. އޭރު ކިޔާން ވެސް އިނީ ކަޅިވެސް ޖަހައިނުލާ ކިޔާރާގެ ދިމާއަށް ބަލަންށެވެ. ކިޔާރާގެ އަތުގައި ހިފައިގެން ކިޔާން މިސްރާބުޖެހީ ވެޑިންގް ބާއްވަން ހަމަޖެހިފައިވާ ދިމާއަށެވެ. ކިޔާންގެ މޫޑު ދިޔައީ ދުރުގައި ހުރި ނައުރީން ފެނިފައެވެ. ނަމަވެސް ކިޔާން ބެލީ ކިޔާރާއައް ނައުރީން ހުރިކަން ނޭންގުމަށެވެ. މި ޙާއްސަ ދުވަހުގައި އަނބިމީހާ ދެރަކޮށްލަން ބޭނުން ވާނީ ކާކު ހެއްޔެވެ ؟. ކިޔަރާއާއި ގާތްވެލަމުން ކިޔާން ބެލީ އުފާފާޅުކުރެވޭތޯއެވެ. ހަފްލާ ދިޔައީ ވެސް އެމީހުން ރޭވިހާވެސް ފުރިހަމައަށެވެ. ގާތްގަނޑަކަށް 23:00 ޖަހަންވެފައި ހުއްޓާ ޕާޓީ ނިމުމަކަށް ގެނެވުނެވެ.
…
ކޮޓަރީގެ ދޮރު ހުޅުވާލުމައެކު ކިޔާރާގެ ގައި ފިނިވާގޮތް ވިއެވެ. ކިޔާން ފެނުމާއެކު މުޅި މީހާ ލަނދުން މޮޔަވާވަރުވިއެވެ. ދޮރު ލައްޕާ ތަޅުލުމަށް ފަހު ކިޔާން އައިސް ކިޔާރާގެ ކައިރީގައި އިށީންދެލިއެވެ. އޭރު ވެސް ކިޔާރާގެ ކޯ ވަނީ ލަނދުން ގޮސް ރަތްވެފައެވެ. ކިޔާރާގެ އަތުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ކިޔާން ކިޔާރާގެ ނިތައް ކިސް އެއް ދިނެވެ. ކިޔާރާ އިނީ ލަނދުން ވާނެ އެއްޗެއް ވެފައެވެ. ކިޔާރާ އުޅޭ ގޮތް ފެނިފައި ކިޔާން އަތަށް ހިނިވެސް އާދެއެވެ. ލޯބީގެ މަސްތުގައި ޖެހިފައި ތިބި އިރު ގަޑި ދިޔަ ގޮތް ވެސް އެ ދެމީހުންނަށް ނޭނގޭ ކަހަލައެވެ. ކިޔާންގެ ގައިދަށައް ކިޔާރާ ލައިގެން ކިޔާން އޮތީ ލޯބިން ފުރިގެން ވާ ނަޒަރަކުން އެ ރީތި ދެލޮލައް ކަޅި ވެސް ޖަހައި ނުލާ ބަލާށެވެ. ކިޔާން ގެ މަސްތުގައި ޖެހިގެން ކިޔާރާ ވެސް ދިޔައީ ދާދި ފަސޭހައިންނެވެ. ވާނީ ވެސް އެހެންތާއެވެ. ކިޔާން ކަހަލަގެ ރީތި ކުއްޖެއްގެ އަވައިގައި ޖެހިގެން ދާން ބޭނުން ނުވާނީ ވަކި ކާކު ހެއްޔެވެ ؟. ކިޔާންގެ ހާލަކީވެސް ހަމަ މިއެވެ. ކިޔާރާގެ ރީތިކަން ފެނިފައި ޙުދު ކިޔާން ވެސް އިނީ މޮޔަވާވަރުވެފައެވެ. އެރޭ ހެން އެއްކޮށް ވޭތުވެދިޔައީ އަރާމާއި މަޑު ފިރުމުން ތަކުންނެވެ.
•───────•°•❀•°•───────•
ހަނދު އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރުމަށްފަހު އިރަށް ޒިންމާ ދެމުން ހިނގައްޖެއެވެ. ކިޔާރާއައް ހޭވަރިކަން ވީ މޫނުމައްޗަށް އިރުގެ އަލި އެޅެން ފެށުމުންނެވެ. ކައިރީގައި އޮތް ކިޔާން ގެ މޫނައް ބޮސް ދިނުމަށްފަހު ކިޔާރާ ބެލީ އެނދުން ތެދުވެވޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ކިޔާން ކިޔާރާގެ އަތުގައި ހިފާ އޭނާގެ މެޔާ ކައިރިކޮއްލިއެވެ. ކިޔާން ހުރީ ކިޔާރާ ދޫކޮށްލާހިތަކުން ނެތް ނޫނެވެ. ” ކިޔާން.. ދެން ދޫކޮއްލަބަ. ސައި ހަދަން ވެސް ޖެހެއެއްނު.” ކިޔާން ނުދޫކޮއްލުމުން ކިޔާރާ ކުޑަކުއްޖެއްހެން އާދޭސްކުރަން ފެށިއެވެ. ” ޕިސް. ނުކުރާނަން ދުލެއް. ކިޔާ އޮންނާން ޖެހޭނީ ހަމަ މި އެދުގަ މި ކިޔާން ކައިރީގަ. ސައި ހެދިދާނެއްނު ފަހުން ވެސް. ކިޔާން ހެލްޕް ވާނަމޭ ލަވް އައް.” ކިޔާރާގެ ބޮލުގައި ފިރުމާލަމުން ކިޔާން ބުނެލިއެވެ. “އެކަމް ދެން ކި-” ” ސުޝް.. ހާދަ ވަރަކަށް ވާހަކަ ދައްކަނީ. ކިހިނެށްވީ؟. ލަނދުގަތީތަ ؟. ” ކިޔާރާއައް ލާނެއް ހިނިތުންވުމެއް ދެމުން ކިޔާން އަހާލީ ކިޔަރާއާއި ގަޔާވަމުންނެވެ. މޫނުމަތީގައި އަތް އަޅާލަމުން ކިޔާރާ ކިޔާން ކޮއްޕާލަމުން އެނދުން ތެދުވެގެން ގޮސް ފާޚާނައް ވަނެވެ. ” އައި ލަވް ޔޫ ކިޔާ “. ކިޔާރާ ދުވެފައި ދިއުމުން ކިޔާން ކިޔާރާއައް އިވޭ ވަރަށް ބާރަށް ބުނެލިއެވެ.
….
“ބޯ ހަލާކު. މަބުނިން ދޯ އޭރުވެސް ކިޔާން އޭނާޔާ އިންނަންށޭ އެއުޅެނީ. އެވަރުން ވެސް ކަލެއަކަށް އެއްވެސް ކަމެއް ނުވި. ދެން ކީއްކުރަން ކިޔާ އައް ތި ގޮވަނީ؟” ނައުރީންގެ ލޭ ދިޔައީ ކެކިއަރަމުންނެވެ. ކައިލާން އާއި ދިމާއަށް އެ ހުރިހާ ފަތިވަރުތަކެއް ކީ އިރުވެސް ކައިލާން އިނީ އެކެއްޗެކޭ ވެސް ނުބުނެއެވެ. “ނައުރީން.. މަ ބޭނުމެއް ނޫން ދެން ކިޔާ އަކަށް އިތުރު ދެރައެއް ދޭކަށް.. އަހަންނަށް އިނގޭ އަހަރެންގެ އަމިއްލަ ސަބަބުން ކަން ކިޔާ ގެއްލުނީ.. މިހާރު ބަލާ.. އޭނާ ކިހާ ހެޕީ.. އަހަރެން ބޭނުމީ ކިޔާގެ ހެޕިނެސް.. މިހުރިހާ ދުވަހު ކިޔާއައް އެ ހުރިހާ ގޮތެއް ވެސް ހެދީ އޭނާ މަދެކެ ލޯބިވޭތޯ ބަލަން.. މަބޭނުމެއްނޫން އަނިޔާއެއް ދޭކަށް.. އެއްފަހަރު ދެވިއްޖެ.. ދެން ނޭނގެ މަށަށް މަޢާފު ކުރާނެކަމެއް ވެސް.. “ކައިލާން ގެ ބަސްތަކުން ނައުރީން އިތުރަށް ރުޅި އަންނަ ގޮތް ވިއެވެ.” ކަލޭ ކޯއްޗެއް ބޮއެގެން ތިޔައީ. ؟ ވަރެއްގެ ކިޔާއެއް ދޯ. ކިޔާރާ އެހެން މިހެން އޯ ގޯޑް ބޯ ހަލާކު. ދެން ހެޔޮ އެހީ ނުވިއަސް. އެކަމް ކިޔާން ޙާސިލް ކުރާނީ އަހަރެން. އެންޑް ދެޓް ކިޔާރާ.. ހެހެ. އޭނާ އައް ހަދާނެގޮތެއް މާ ފަހުން ވިސްނާނަން. ” ނުލަފާ ހިނިތުން ވުމެއް ތުންފަތައް އަރުވަމުން ނައުރީން ބުނެލިއެވެ. އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައީ ކައިލާން އެ ކޯތާފަތް މައްޗަށް ފޮނުވާލާ އެތިފަހަރެއްގެ ސަބަބުންނެވެ.” ހުއްޓަލާ ނައުރީން.. ކިޔާއައް އެއްވެސް ގޮތެއް ހަދައިފިއްޔާ މަމީ ކާކު ކަން ކަލެއަށް އަންގަލާނަން ” ގިރުވާން ރީތިކޮއްލަމުން ކިޔާން އެތަނުން ދިޔައީ އިތުރަށް އެތަނުގައި މަޑުކުރަން ބޭނުން ނުވާތީއެވެ.” ޔޫ އާރ ސޯ ޑެޑް. ” ކޮލުގައި ފިރުމާލުން ނައުރީން ބުނެލިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Masha Allah v v v reethi stry waiting for nxt part n can’t wait plx thankolheh avvahah up kolladhechchey plx