Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

މާޒީގެ ސަފުހާއެއް 4

Ash Ashko
Ash Ashko Level 1
January 10, 2023 2 Mins Read
1 Comment

އަހަރެންގެ ކެއްތެރިކަން ކޮޅުންލިއެވެ. ލުޔޫނާ ދެކެ އަންނަމުން ދިޔަ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ބޭނުން ވީ ލުޔޫނާގެ މޫނު ނޮޅާލުމަށެވެ. ނަމަވެސް އަތުގެ ހަމަލާއެއް ނުދެމެވެ. އަހަރެންވެސް ލުޔޫނާ ފަދައިން ބަހުގެ ހަމަލާ ދިނީމެވެ. 

“މުޑުދާރޭ ؟… ހަމަގައިމު ވެސް އަހަރެން މިހުރީ ސާފު ތާހިރުކޮށް ދެން ކޮން މުޑުދާރެކޭ ތި ކިޔަނީ” އަހަރެން ލުޔޫނާ ބުނި ވާހަކައަށް ރައްދު ދިނުމުން އެންމެން ހަމަހިމޭންވިއެވެ. ދުވަހަކުވެސް ލުޔޫނާ ބުނި ބަހަށް ރައްދުދޭ ޖޫން މިއަދު ރައްދު ދިނުމުންނެވެ. ” އޮހް ޕްލީސް.. ނުވާން ނޫޅެބަލަ.. ކިތަންމެ ތާހިރު މީހަކަށްވާން  އުޅުނަސް ތީ މިހާރު ބޮޑު މުޑުދާރު ގަނޑެއް… އެއްވެސް ތާޒާކަމެއް ނެތް މިލާފަވާ މަލެއް ހެހެހެހެހެއް” މަލާމާތުގެ ބަހުން ލުޔޫނާ ރައްދުދިނެވެ. ނަމަވެސް އަހަރެން ބަލިކަށިވާނެ ހެއްޔެވެ. ” ތި ދައްކާ މަލަކީ އަދި ވެސް ތާޒާ މަލެއް.. ފިރިހެނެއްގެ އިނގިލި ކުރި ވެސް ބީހިލާފަ ނުވާ ސާފު ރީތި މަލެއް…..ލުޔޫނާ ފަދަ ކުލާހުގެ ހުރިހާ ފިރިހެން ކުދިންގެ ތުންފުއްސެ ނޫން ” 

އަހަރެން ދިން ރައްދު ގެ ސަބަބުން އެ ދުވަހު ކުލާހު އެއްވެސް ކުއްޖަކަށް މަލާމާތް ކުރާކަށް  ނުކެރުނެވެ. ކުލާހުގެ ނިސްބަތުން 15 ކުދިން ތިބޭއިރު އަހަރެން ގާތު މާފައް އެދުނީ އެންމެ މީހެކެވެ. މަލްސާއެވެ. މަލްސާގެ މާފު އަހަރެން ގަބޫލު ކުރީ ހިތުގައި އެއްވެސް ބުރަކަމެއް ނެތިއެވެ. މަލްސާ އަހަރެން ގާތު ސުވާލު ވެސް ކުރިއެވެ. ރަށުތެރޭގައި ދެކެވެމުން އަންނަ ވާހަކައިގެ ތެދު ދޮގުމިން ބެލުމުގެ ނިޔަތުގައެވެ. އަހަރެން ހުރިހާ ވާހަކައެއް މަލްސާއަށް ކިޔައިދިނީމެވެ. ނުވި ތާކަށް ޙަތިމުގަ އަތްލާ މާތް ﷲ ޤަންދީ ހުވާ ކުރީމެވެ. 

މަލްސާ އަހަރެންގެ ވާހަކަ އަޑުއެހިއެވެ. އަދި ގަބޫލު ކުރިއެވެ. އެކަމުން އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެންދިޔައެވެ. ދުވަސް ކޮޅަކަށް ފަހު އެ ވާހަކަ ހިނދެމުން ހިނދެމުން ގޮސް އެއްކޮށް ހިނދިއްޖެއެވެ. ނަމަވެސް އަހަރެންނަށް އެނގެއެވެ. އެ ވާހަކަ ނުދެއްކި ނަމަވެސް އެންމެންގެ ހިތް ތަކުގައި އަހަރެންނަށް ވަނީ މަލާމާތެވެ. އަހަރެންގެ ފަރުވާލެއް ނެތެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީނަމަވެސް އަހަރެން އަޅައެއް ނުލާނަމެވެ. 

އެދުވަސްތަށް މަތިން ހަނދާން ކުރުމުން މިހާރުވެސް ހީވަނީ ދިރިހުއްޓައި ފައިދަށުން ބިންގަނޑު ކަނޑައިގެންދާ  ހެންނެވެ. އަހަރެންގެ ވާހަކަ ގަބޫލު ކުރާނެ މީހަކަށްވީ އެންމެ މީހެކެވެ. އެކަމަށް އަހަރެން ޝުކުރުވެރި ވަމެވެ. މިހާރު އަހަރެންގެ ހަޔާތުގައި ރަހުމަތްތެރިއަކު ނުހުންނާނެވެ. އެ ޖާގަ ހުރީ ހުސްކޮށެވެ. ތެދުވެރި ވަފާތެރި ކޮންމެ ކަމެއްގައި ވެސް އަހަރެންނަށް އެއްބާރުލުން ދޭނެ މީހަކު އަންނަންދެނެވެ. އެ މީހަކު އަހަރެންގެ ހަޔަތަށް އަންނާނެ ވަގުތަކަށް އަހަރެން މި ދަނީ އިންތިޒާރު ކުރަމުންނެވެ. ކިތަންމެ އަހަރެއް ވަންދެން މަޑު ކުރަން ޖެހުނަސް ހެވޭ އަހަރެން މަޑު ކުރަނަމެވެ. 

މިއީ އަހަރެންގެ ހަޔާތުގައި ހިނގާފަވާ މާޒީގެ ސަފުހާއެކެވެ. ގަބޫލު ކުރުމާ ނުކުރުން އޮތީ ކިޔާ މީހުންގެ އަތްމަތީގައެވެ. އަހަރެންނަށް ކުރިމަތިލާން ޖެހުނު ކަންތަކުން ވަރަށް ގިނަ ކަންކަން ދަސްވިއެވެ. މީހުންނަށް އިތުބާރު ނުކުރުމަށެވެ. ރަހުމަތްތެރިކަން ކޮންމެ ކޮންމެ މީހަކާ ނުބޭއްވުމަށެވެ. ކަންކަމާ އެކަނި ކުރިމަތިލުމަށެވެ. ވަރަށް ގިނަ ކަންކަން ދަސްވިއެވެ. ނަމަވެސް އަހަރެންގެ ދުޢާ އަކީ އަހަރެންނަށް ލިބުނު ފަދަ ހިތަދަތި ކަމެއް އިތުރު އެއްވެސް އިންސާނަކަށް ނުލިބުމަށެވެ. 

–ނިމުނީ–

ނޯޓު: ކިޔުންތެރިން ދެއްވި އެއްބާރުލުމަށް ސުކުރު އަދާކުރަން އަދި މި ގެނެސްދިން ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. އިރާދަ ކުރެއްވިޔާ އަޅުގަނޑުގެ އާ ވާހަކައަކާއެކު ބައްދަލު ވާނެކަމަށް އުންމީދު ކުރަމެވެ. 

Share Article

Ash Ashko
Follow Me Written By

Ash Ashko

Level 1

Other Articles

Previous

މާޒީގެ ސަފުހާއެއް 3

Next

ޒުވާންކަން ނީލަމަށް ނުލާށެވެ.

Next
January 10, 2023

ޒުވާންކަން ނީލަމަށް ނުލާށެވެ.

Previews
January 5, 2023

މާޒީގެ ސަފުހާއެއް 3

One Comment

  1. Naju says:
    January 10, 2023 at 1:22 pm

    Nice

Comments are closed.



All Right Reserved!