Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރައް ވެސް ލޯބިވިން – ތިން ވަނަ ބައި

Malsa Ismail
Malsa Ismail Level 110 Stories
December 24, 2022 4 Mins Read
0 Comments

ނިދީގެ ފޮނި މީރު ކަން ޙާސިލްކުރަން އޮވެފައި ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. ކަންނެތް ގޮތަކަށް އެދުން ތެދުވެ ފަޙަނާ އައް ވަނީ ހޮސްޕިޓަލައް ދިއުމުގެ ކުރިން ފެންވަރާ ލުމަށެވެ. ރޭގައި ކަންތަކުން ކިޔާރާ އިނީ ކިޔާން އާ ހަތަރުކަޅި ހަމަކޮއްލަންވެސް ނުކެރިފައެވެ. ފުން ނޭވާއެއް ދޫކޮށްލުމައްފަހު މާގަނޑު ދޫކޮއްލީމެވެ. ފިނި ފެން އަހަރެންގެ މުޅި ގައިގައި ބީހިލާއިރު ވަރަށް އަރާމެވެ. އަހަރެން ހުރީ އެ އަރާމު ދޫކޮށް ނުކުންނާން ވެސް ބޭނުން ނުވެފައެވެ.

ފާޙަނައިން ނިކުމެ އަހަރެން އެންމެ ފުރަތަމަ ވެސް ނަމާދު ކޮއަލީމެވެ. ރީތިވެލައިގެނަ ކޮޓަރީން ނިކުތް އިރު ކިޔާން ހުރީ އަހަރެންގެ ދޮރު ކުރިމަތީގައެވެ. އަހަރެން ހިތް އެތައް ނައީ ވެސް ހަމަ ކިރިޔާއެވެ. ކަޅު ގަމީހާއި ނޫ ޖެކެޓް އާ ކަޅު ޖީންސްގަ ކިޔާން ފެންނަލެއް ވަރަށް ހިތްގައިމެވެ. އަދި އެހާމެ ހޭންޑްސަމް އެވެ. ހިނިތުންވެލަފައި އަހަރެން އޭނާ އާ އެއްކޮށް ގެއިން ނިކުތީމައެވެ ޑިއުޓީ އަށް ދިޔުމުގެ ކުރިން ކައިރީގައި ހުރި ރެސްޓޯރެންޓުން ސައިބުއިމަށެވެ. ދެ މީ ހުންނައް ދެ ކޮފީ އޯޑަރު ކޮށްލުމަށް ފަހު އަހަރެން ކޮފީ ތަށިން ކޯވަރެއް ބޯލީމެވެ. ” ރޭގަ ރަނގަޅަށް ނިދުންތަ؟” “ހުމްމް. ނިދުނު. ” ކިޔާން އަށް ނިދުނުތަ ؟މިގޭގައި މަތީ ފްލޯގެ މީހުން ވަރަށް އަޑުގަދަވާނެ ބައެއް ފަހަރު. އެކަމައް ކިޔާގެ ފަރާތުން ވަރަށް ސޮރީ…” “އެއީކީ ކިޔާ ކުރާ ކަމެއް ނޫނެއްނު. ދެން އެ ބާއްވާ. ހިނގާ އަހަރެން ކިޔާ ޑްރޮޕް ކޮއްދޭނަން. ކިޔާ ލާފަ ކިޔާން ވެސް ޖެހޭނެ އޮފީހަށް ދާން.. ބިލް ދައްކާލުމައް ފަހު ކިޔާން އަހަރެން ގޮވައިގެން ގޮސް ހޮސްޕިޓަލައް ލައިދިނެވެ. ހޮސްޕިޓަލުގެ ދޮރުން ނުވަދެވެނީސް އަހަރެންގެ އަތުގައި ވަރަށް ބާރަށް މީހަކު ހިފައިގަތެވެ. “ތީ ދޯ މައި ބޯއިފްރެންޑް ސްޓީލާއަކީ. ބުނަން ވާހަކައެއް. ކިޔާން އަކީ ހަމައެކަނި މަގޭ ޙައްޤެއް. އަހަރެންގެ އެކަނި އެއްޗެއް. އެންޑް އަހަރެންގެ އެއްޗެއް އެހެން މީހެއްގެ އެއްޗަކަށް ވިޔަ ވެސް ނުދޭނަން. މިއަދައްފަހު އަހަރެންނައް ކަލޭ ކިޔަން އާ އެއްކޮށް ފެނިއްޖިއްޔާ ދުވަސް ވެސް ދުއްވާލާނަން. ” އަހަރެން ހުރީ ހުރި  ފިޔަވަޅު މައްޗައް ހުއްޓިފައެވެ. ކިޔާން ގެ ގަރލްފްރެންޑެއް ހުންނައިރު އަހަރެން ކައިރީ ގައި އުޅެން އެހީ ކީއްވެ ބާ އެވެ. އަނެއްކާ ކިޔާން އެ ކުއްޖާއަށް ދެރަ އެއް ދެނީ ބާ ވައެވެ؟. އަހަރެންގެ ބޮލުގައި ރިއްސުން ފެށީ ތިޔަހެނަކުން ނޫނެވެ. ފުން ނޭވާއެއް ދޫކޮށްލުމައްފަހު އަހަރެން ކުރަން އައި މަސައްކަތް ފެށުމަށް އަވަސް ވެގަތީމެވެ. ކުރިއެކޭ ވެސް އެއްފަދައިން އަހަރެން އެންމެ ފުރަތަމަ ވެސް ޕޭށަންޓުންގެ ހާލު ރަނގަޅު ތޯ ބަލާލީމެވެ. ހުރިހާ ޓެސްޓްތަކެއް ވެސް ހެދުމަށް ފަހު އޭގެ ނަތީޖާ ރަނގަޅު ތޯ ބަލާ ފައިލް ތަކަށް އަޕލޯޑް ކޮށްލުމަށް ފަހު އަހަރެން ބޭރަށް ނިކުތީ ސައިބޮއުމަށެވެ. ދުރުގައި ހުރި ލައުރާ އާ އެއްކޮށް ރެސްޓޯރެންޓްއަކައް ވަދެ ސޭންޑްވިޗް އެއް އޯޑަރު ކުރީމެވެ. “ކިހިނެށް ވެފައި ތިއިންނަނީ މިއަދު. ؟ ހާދަ ދެރަވެފަ؟އަނެއްކާ ހުރިހާ ކަމެއް ރަނގަޅު ތަ؟. ކިޔާރާ މަޑުން އިނުމުން ލައުރީން އަހާލިއެވެ.” މާބޮޑު ކަމެއް ނޫން. ބޮލުގައި ރިއްސާތީ މިއުޅެނީ. ” ކިޔާރާ ހެދީ ދޮގެވެ. ކިޔާން ގެ ވާހަކަ އެހެން މީހެއް ކައިރީގައި ބުނުމުގެ ކުރިން ކިޔާރާ ބޭނުން ވީ ކިޔާން ގެ ކައިރީން ޙަޤީޤަތް ހޯދުމަށްށެވެ.

ކައި ނިންމާލުމައް ފަހު ކިޔާރާ ލައުރީން އާ އެއްކޮށް ހޮސްޕިޓަލައް މިސަރަބުޖެހިއްވެ. ކިޔާރާ މިއަދު އިނީ ގެއަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ކުރާންހުރި ސުވާލުތަކަށް ގިނަކަމުންނެވެ.

ދިގެ އިންތިޒާރަކަށްފަހު ކިޔާރާގެ ޑިއުޓީ ނިމިއްޖެއެވެ. ލަސް ފިޔަވަޅު ތަކެއްގައި ހިނގަމުން ދަނިކޮށް ވަރޭ އޮއްސައިގަނެއްޖެއެވެ. ހިޔާވަހިކަން ހޯދުމުގެ ބަދަލުގައި ކިޔާރާ ބެލީ ގެއަށް ދެވޭތޯއެވެ. އޭނާގެ ހިތަށް ވެސް ތަދުވާންފެށިއެވެ. ވާރޭ އާ އެއްވަރަށް އޭނާ އައް ވެސް ރޮވުން ފެށުނެވެ. ބޭއިޚްތިޔާރުގައެވެ. މޫނުގައި ހުރި އިސްތަށިތައް އެއް ފަރާތްކޮއްލުމައްފަހު ކިޔާރާ ކަރުނަތައް ފޮހެލިއެވެ. ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އެރީ ކިޔާން އެވެ. ކިޔާން އައް އެއްފަހަރު ބަލާލުމައްފަހު ކިޔާރާ ކިޔަން ގެ ކައިރިން ދުރަށް ޖެހުނެވެ. އޭރު ވެސް އޭނާގެ ލޮލުން ކަރުނަ އެވަރައް ފައިބައެވެ. ކިޔާން ހުރީ ވެސް ވާނުވަގައެވެ. މިއަދު ރަނގަޅަށް ހުރި ކިޔާރާއައް ކުއްލިއަކަށް މިވަނީ ކީއްބާވައެވެ. ؟”ކިޔާ. ކިހިނެށް ވީތަ ؟. ހިނގާ ގެއަށް ދާން. ވާރޭ ވެސް އެ އޮތް ބޯ ކޮއްލަނީނު. “” ނޫން. ކިޔާން ދޭ.. އަހަރެން ގޮސްދާނަން އެކަނިން. ” ކިޔާރާ ބުނީ ވެސް ރޮމުންނެވެ.” ކިޔާ.. މިވަގުތު ބޮޑާ ނުހާކަބަ. މާ ގިނައިން ވާރޭ ތެމުނީމަ ރޯގާ ޖެހިދާނެ. ޕްލީސް. ” ކިޔާން ކިޔާ ވަރުން ކިޔާރައައް އެންމެ ފަހުން ޖެހުނީ ކިޔާން އާ އެއްކޮށް ދާށެވެ.  ކިޔާން ގެ ޖެކެޓު ކިޔާރާގެ ގައިގައި އޮޅާލުމައްފަހު ގެއާ ދިމާއަށް މިސްރާބު ޖެހި އެވެ. ގެއަށް ދެވެން ދެން ކިޔާރާ އޮތީ ކިޔާންގެ ބުރިކަށި މަތީގައި ބޯ އަޅައިގެންނެވެ. ކިޔާން އިނީ ކިޔާރާ އިން ގޮތުން ކަންބޮޑުވެފައެވެ. ގޭ ދޮރުމައްޗަށް ސައިކަލް ހުއްޓުމާއެކު ކިޔާރާ ސައިކަލުން ފައިބައިގެން ގޮސް ގެއައް ވަނެވެ. ކިޔާން ވެސް ކިޔާރާގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނެވެ. ކިޔާރާ އޭނާގެ ގައިގައި އަޅައިފައި އޮތް ޖެކެޓް  ވެސް ހޫރާލުމައްފަހު ސޯފާގަ އިށީނެވެ. ކިޔާން އައިސް ކިޔާރާ ގެ އަތުގައި ހިފައިލިއެވެ. “ކިޔާ… ކިހިނެށް ވެފައި ތީނީ… އަނެއްކާ އަހަރެންނައް ކަމެއް ކުރެވުނީތަ… ؟” ” ކީ.. ކީ.. ކީއްވެ ނުބުނީ.. ކިޔާން ގެ ގަރލްފްރެންޑެއް ހުންނަ ކަން……؟”ކިޔާން އިނީ އަޖައިބުވެފައެވެ. ” ގަރލްފްރެންޑޭ. އަހަރެން ގެ ނުހުންނާނެ ގަރލްފްރެންޑެއް.. ކާކު ބުނި ވާހަކައެއް ތީ… ؟ ކިޔާރާ އެ އަންހެން ކުއްޖާ ގެ ވާހަކަ ކިޔައިދިނެެވެ. ކިޔާން އޭނާގެ ފޯނު ނަގައި ވައިބާރ އައް ވަނެވެ.” މީތަ އެކުއްޖާ އަކީ. ؟ “އާނ… ތީ…” ” މި ނުލަފާ އެއްޗަކީ ކިޔާންގެ އެކްސް.. ” ކިޔާރާ ކުޑަކޮށް ހިމޭންވިއެވެ..” އެއީ މީގެ 8 އަހަރު ކުރީން ..”ކިޔާން އޭނާގެ މާޒީގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.

 

8 އަހަރު ކުރިން….

“ބޭބީ.. އަހަރެންނަށް މިރޭ މީޓެއް ނުކުރެވޭނެ.. ވަރަށް ބޮލުގައި ރިއްސާތީ މިއުޅެނީ.. ލަވް ޔޫ އިނގޭ. ” ނައުރީން ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ކިޔާން ވިސްނީ އޭނާ ކައިރިއަށް ދިއުމަށެވެ. ސައިކަލައް އަރާލުމައް ފަހު ކިޔާން ދިޔައީ ނައުރީން ދެކިލުމަށް ބޭނުން ވެގެންނެވެ. އެ ގޭގެ ތަޅުދަނޑި ކިޔާން އަތުގައި އޮންނަތީ ކިޔާން ވިސްނީ އޭނާއަށް ސަރޕރައިޒެއް ދޭށެވެ. ނައުރީން މެން ގޭގެ ދޮރު ކުރިމަތީގައި ސައިކަލް ޕާރކް ކޮށްލުމަށް ފަހު އޭނާ ގޮސް ލިސްޓަށް އަރާލިއެވެ. 6 ވަނަ ފްލޯރ އައް ލިފްޓް ހުއްޓުމުން  ކިޔާން ޖީބުން ތަޅުދަނޑި ނަގާލިއެވެ. ގެއައް ވަނުމަށް ފަހު ނައުރީން ގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ދެން ކިޔަން އައް ލިބުނީ ކުއްލި ޝޮކެކެވެ. “ވާވު. މީ ދޯ ތި ގަންނަ ގަނޑަކީ. ބޮލުގައި ރިއްސާތީ އޭ ކިޔާފަ އެހެން ފިރިހެނަކާއި އެއްކޮށް އިންނާކަށް ލަދެއް ނުގަނޭތަ ؟ ހަހަހަހަހަ. ވަރަށް ލޯބިވެޔޯ މަދެކެ. ބުނަން. ނައުރީން.. ވީ އާރް ޑަން..” ދެރަވެފައި ހުރެ ކިޔާން ނައުރީންގެ ގެއިން ދިޔައެވެ.

 

މިހާރު….

“އެއަށްފަހު އޭނާ މަށާ ގުޅީގެ ވެސް އިއްޔެގެ. އެކަމް ކިޔާން ދެން ނުދާނަން އެ ނުލަފާ އަންހެނާ ކައިރިއަކައް.. ” ކިޔާރާ އިނީ ބަސް ހުއްޓިފައެވެ. އޭނާ ގެ ހަނދާނަށް އައީ މީގެ 8 އަހަރު ކުރީން ކައިލާން ކިޔާރާއައް ދޯކާ ދިން މަތިން ނެވެ. އޭނާ ކިތަންމެ ވަރަކަށް ހަނދާން ނައްތާލަން އުޅުނުކަމުގައި ވިޔަސް ކިޔާރާއައް ކައިލާން މަތިން  ހަނދާން ނައްތައެއް ނުލެވުނެވެ.. އަދި ނުލިބުނުކަމުގައިވިޔަސް އުމުރައް ވެސް ލޯބިވިއެވެ. “ކިޔާން ދެރަނުވޭ. އިރާދުކުރެއްވީއްޔާ ނައުރީން އައް ވުރެން މާ ރަނގަޅު ކުއްޖެއް ލިބޭނެ..” ދެން ނިދަން ދަނީ ކަމަށް ބުނެ ކިޔާރާ ވަނީ ކޮޓރިއަށެވެ. ފެންވަރާ ލައިގެން އޮށޯވެލިއިރައް ދާދި ފަސޭހައިން ނިދިއްޖެއެވެ. ނަމަވެސް ކިޔާން އިނީ ކިޔާރާއައް ވީ ގޮތް ފެނި ޙައިރާން ވެފައެވެ. ؟ އޭނަ އަހަރެންގެ ގަރލްފްރެންޑެއް ހުންނަ ކަމަށް ހީ ކޮއް ދެރަވީ ކީއްވެހެއްޔެވެ ؟ ވިސްނައި ވިސްނައި ވެސް ކިޔާން އަކަށް ނޭނގުނެވެ. އެންމެ ފަހުން ކިޔާން ނިންމީ ކިޔާރާގެ ބެސްޓްފްރެމްޑް ލައުރާ ގެ ކައިރީގައި މިވާހަކަ އެހުމަށެވެ. މި ޢަޒުމުގައި ކިޔާން ކޮޓަރިއައް ވަދެ އަނެއްކާ ވެސް ނިދޭތޯއެވެ މަސައްކަތް ކުރިއެވެ..

 

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Malsa Ismail
Follow Me Written By

Malsa Ismail

Level 110 Stories

Other Articles

Previous

އުމުރައް ވެސް ލޯބިވިން – ދެވަނަ ބައި

Next

ޙަޔާތް ތިބާއަށްޓަކައި

Next
December 24, 2022

ޙަޔާތް ތިބާއަށްޓަކައި

Previews
December 22, 2022

އުމުރައް ވެސް ލޯބިވިން – ދެވަނަ ބައި



All Right Reserved!