Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުމުރައް ވެސް ލޯބިވިން – ދެވަނަ ބައި

Malsa Ismail
Malsa Ismail Level 110 Stories
December 22, 2022 4 Mins Read
0 Comments

ކާރު ގޮސް ހުޅުމާލެ ހޮސްޕިޓަލް ދޮރުމައްޗަށް ހުއްޓުމުން އަހަރެން ފޭބީމެވެ. ލައުރާ  ބުނި ވާހަކަތަކާމެދު ވިސްނާ ލުމަށް ފަހު އަހަރެން ހޮސްޕިޓަލައް ވަނީ އާ ދިރިއުޅުމެއް ފެށުމުގެ ނިޔަތުގައެވެ. “ގުޑް މޯރނިންގް ކިޔާ. ހައު އާރް ޔޫ؟” އަހަރެން ފެނުމާއެކު އެސިސްޓެންޓް ނަތާ އަހާލިއެވެ. “ގުޑް. ތެންކްޔޫ” އަހަރެން އަވަސްވެ ގަތީ ގަޑި ޖެހުމުގެ ކުރިން ފިންގަރ ޖެހޭ ތޯއެވެ. ފިންގަރ ޖެހުމަށް ފަހު އަހަރެން ދިޔައީ އަހަރެންގެ ޕޭޝަންޓުމްގެ ހާލު ބަލާލުމަށެވެ. ކޮންމެ ދުވަހެއް ވެސް ފެށޭނީ މިހެންނެވެ. ހޮސްޕިޓަލުގައި އުޅޭ މި ވަގުތު ތަކަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ވަގުތުކޮޅެކެވެ. ކުޑަކުދިމްނާއެކު ހީ ސަކަރާތް ޖެހުމަކީ އަހަރެންގެ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ. އެ ކުދީންގެ އުފަލަކީ އަހަރެންގެ ފުރާނައަށް ވުރެވެސް މުހިންމު އެއްޗެކެވެ.

ޕޭޝަންޓުން ޗެކްކޮއްލުމައްފަހު އަހަރުން ކެބިން އައް ދާން ހިނގައިގަތީމެވެ. އަވަސް ފިޔަވަޅު ތަކެއްގައި ދަނިކޮށް ކުއްލިއަކަށް އަހަރެންގެ ގައިގައި މީހަކު ވަރަށް ބާރަށް ޖެހުނެވެ. އެ އާއެކޭ އޭނާގެ އިތުރުން އަހަރެން ވެސް ވެއްޓުނެވެ. “އައްދޯތް. ދެލޯ ކަނީތަ؟ ޑޮކްޓަރެއް ކަމަކު ތި ތަންކޮޅެއް ބަލައިގެން އުޅެން ވީނު.. މީ ކަލޭގެ އެކަނި ތަނެއް ވެސް ނޫނެއްނު..” އެ ޒުވާނާ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ހިތާމައެވެ. ދެލޯ ވެސް  ހުރީ ރަތް ވެފައެވެ. ” ވަރަށް ބޮޑަށް ސޮރީ…” އަހަރެން ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ. އޭނާ މޫނު މަތީ އަތް އަޅައިގެން ހުރެ ރޮނީއެވެ. އަހަރެންނަށް އެ މަންޒަރު ބަލަން ހިއްދަތިވިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ބުރިކަށިމަތީގައި ފިރުމާލެވުނެވެ. 15 ވަރަކަށް މިނެޓް ފަހުން އޭނާގެ ރުއިން ހުއްޓާލިއެވެ. އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. “ސޮރީ….” އެ ޒުވާނާގެ އަޑު މިފަހަރު ނިކުތީ ވަރަށް މަޑުންނެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެޒުވާނާގެ ފައެވެ. ހޯސްލައިފައި ލޭ އަންނަ ތަން ފެނި އަހަރެން އޭނާގެ ފައިގައި ބޭސް އަޅައިދޭން ކެބިން އައް ގެންދިޔައީމެވެ.

 

“މި ކިހިނެށް ވީ ކަމެއް ؟” ކެތް މަދު ވެފައި ހުރެ އަހަރެން ސުވާލު ކޮއްލީމެވެ. އޭނާ އަދިވެސް އިނާ އިސްޖަހައިގެންނެވެ. ” އަހަރެން… އަހަރެންގެ މަންމަ.. އެކްސިޑެންޓްވީ… ޑޮކްޓަރ ބުނީ ގެނައި އިރުވެސް މ.. މި. މަންމަ އޮތީ. މަ….” އޭނާ އަށް ބުނެވުނީ މިހާ ހިސާބަށެވެ. ޙަޔާތުގައިވެސަ ފިރިހެން ކުއްޖަކު ރޯތަން ފެނުނު މީ ފުރަތަމަ ފަހަރެވެ.. އޭނާގެ ވޭނީ ރުއިން އަޑު އިވޭ ކޮންމެ މީހަކަށް ވެސް އަސަރު ކުރާނެކަން ޔަޤީނެވެ.. “ދުނިޔޭގައި އަހަރުން ގެ ހަމައެކަނި ހުރި މީހާކީ މަންމަ… މިއަދު އަހަރެން ނަކީ ނިކަމެއްޗެއް.. ވަންނާނެ ތަނެއްވެސަ ނެތް.. މި ހުރިހާ ކަމެއް ވެސް ވީ ހަމަ އަހަރެންގެ ނުލަފާ ބައްޕަގެ ސަބަބުން.. ބައްޕަ މިއަދު މަންމަ ދޫނުކުރި ނަމަ މިއަދު އަހަރެން މިހާ ބޮޑު އެކަނިވެރި އަކަށް ނުވީސް… ޑޮކްޓަރ.. ޕްލީސް.. އަހަރެންނަށް އެހީ ވެދީ.. އަހަރެންނަށް ހަމައަކަށް އެޅެން ވަގުތުކޮޅެއް ބޭނުންވާނެ.. އެއަށްފަހު އަހަރެން ޑޮކްޓަރ އައް ރިޕޭ ވެސް ކޮއްދޭނަން. މިވަގުތު ބައްޕަ އަހަރެން ގެއަށް ވެސް ނުވައްދާނެ.. ބުނެފަ ވެސް އޮތީ މަންމަ މަރުވުމަށްފަހު އަހަރެން އެގެއަކު ނުބަހައްޓަނެކަމައް.. ޕްލީސް ހެލްޕް މީ.. ” އޭނާ ވާހަކަ ދައްކައި ނިމުނުއިރު އަހަރެންނައް ވެސް އިނީ ރަނގަޅަށް ވެސް ރޮވިފައެވެ. ބަފައެއްގެ  ލޯބިން މަޙުރޫމުވުމުން ކުރާނެ އަސަރު އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށެވެ.”ކޮން ނަމެއް ކިޔަނީ ؟” “މަށަށް ކިޔަނީ ކިޔާން… ތީ ޑޮކްޓަރ… ؟”..” މީ ޑޮކްޓަރ ކިޔާރާ. ކިޔާން ދެރަ ނުވޭ. ކިޔާން އަށް މިވަގުތު ކުރާނެ އަސަރު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ… ކިޔާން ބޭނުން ދުވަހެއް ވަންދެން އަހަރެންގެ ގޭގައި އުޅެވޭނެ.. މި ގޭގައި ހުންނާނެ 2 ރޫމް ވެސް.. ” ކަރުނަތައް ފުހެލުމަށް ފަހު އަހަރެން މަސައްކަތް ކުރީ ކިޔާން ހަމަޔަކަށް އެޅުވޭތޯއެވެ. އަހަރެންގެ މަސައްކަތް ނިންމާފައި ބައްދަލުވާނެ ކަމަށް ނިންމައި އަހަރެން ކެބިން އިން ނިކުތީމެވެ. ނިކުމެވުނީ ވެސް ލައުރާ ގެ ކުރިމައްޗަށެވެ. އޭނާ ފެނިފައި އަހަރެންނަށް އަނެއްކާވެސް ރޮވެންފެށުނެވެ. “ކިހިނެށް ވީ ކިޔާ… ؟” ލައުރާ ކިޔާރާގެ ބުރިކަށިމަތީގައި ފިރުމާލަމުން އަހާލިއެވެ. ކިޔާރާ ލައުރާއައް ކިޔާން ގެ ވާހަކަތައް ކިޔައިދި ނެވެ. ” އަސްލުތަ.. އަޅޭ. އޭނާ ބައްޕަ ހާދަ ގޯހޭ ދޯ.. ދެން މާ ވަރަށް ނުވިސްނާ.. އަހަރެން މި އައީ ވެސް ކިޔާ ގެ ޕޭޝަންޓް ނައުރީްން ވަރަށް ސީރިއަސް ވެގެން ބަލާ.. ހިނގާ އަވަހަށް ދާން..

 

ކިޔާން އަދިވެސް އިނީ އޭނާގެ މަންމަގެ ހަނދާންތައް ކޮއްލަކޮއްލައެވެ. އެ ހަނދާންތައް  އަންނަ ވަރަކަށް އޭނާގެ ދެލޯ ފުރިގެން ބަންޑުން ވެއެވެ. ފުން ހިތާމައިގައި އިންދާ އޭނާގެ ފޯނައް ކޯލެއް އައެވެ. “ހަލޯ.” ކިޔާން ގެ ކަންފަތުގައި ޖެހުނު ނައުރީންގެ އަޑު އިވުމުން އޭނާގެ ލޭ ކެކޭގޮތް ވިއެވެ. “ކީއް ކުރަން މަށަށް ތި ގުޅަނީ. ؟ ކަލޭ އަދިވެސް މަށަށް ކުރި ވަރު ކުޑަ އީތަ ؟ މަގޭ ދެކެ ލޯބިވެޔޭ ކިޔާފަ އެހެން ފިރިހެނެއް ގޮވައިގެން މަގޭ ފަހަތުން ދުވިއިރު މަށަށް ވާނެ ވަރު ވިސްނިންތަ ؟” ރުލިގަދަވެގެން ގޮސް ހުރިހާ އެއްޗެއް އެއްފަހަރާ ކިޔަލެވުނެވެ. “ބޭބީ.. އަދިވެސް ރުޅި އައިއްސާ ދޯ. ޕްލީސް ފޮގިވް މީ. އައި ރިއަލީ ލަވް ޔޫ..” އެ ކެހިވެރި ބަސްތައް އިވުމުން ކިޔާން ގާތައް އިތުރަށް ރުޅިއައެވެ. “ލޮތްބޭ ؟ކޮން ލޮތްބެއް ؟ކަލޭ ނުވޭ މަދެކެ ލޮތްބެއް. އަހަރެން މުއްސަނދި ވީމަ ކަލޭ މަށާ ރައްޓެހިވީވެސް. އެއީ ދޯ ލޯބި. ބުނަން ނައުރީން. ވީ އަރ ޑަން.. މަގޭ މަތިން ހަނދާން ވެސް ތިއައީ 8 މަސް ފަހުން. ދެން މަބީ އަނބުރާ ކަލޭ ކައިރިޔައް ދާށޭ؟ ނެވަރ. މަ އެބައުޅެން ތަ ކަލޭ ނުލިބިގެން. ” ފޯނު ކަނޑާލާފައި ކިޔާން އިންތިޒާރުކުރީ ކިޔަރާ އަންނާނެ އިރަކަށެވެ. 7:15 ގައި ޑިއުޓީ ނިމޭނެވަހަކަ ބުނެފައި ވާތީއެވެ. ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ކިޔާރާ އަތުވެއްޖެއެވެ. އޭނާ މިފަހަރު ހުރީ އެކަންޏަކު ނޫނެވެ” ކިޔާން. މީ ލައުރާ. މައި ބެސްޓްފްރެންޑް. އެންޑް ލައު. މީ ކިޔާން. ” ދެ ކުދިން ތައާރަފު ކޮށްދިނުމަށް ފަހު ލައުރާ އޭނާގެ ފިރިމީހާ އާ އެއްކޮށް ގެއަށް ދިޔައެވެ. އޭނާ ދިޔުމުން ކިޔާރާ ކިޔާން އާ އެއްކޮށް ގެއަށް ދާން ހިނގައިގަތެވެ.” އަމް.. ކިޔާ.. ގެ ހުންނަ ތަން ކިޔައިދޭންވީނު.. ކިޔާން ގެ ސައިކް ގަ ގެއަށް ދާނީ… ” ކިޔާން އަދިވެސް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ކިޔާރާ އޭނާގެ ގެ ހުންނަ ހިސާބު ކިޔައިދިނެވެ. ފިރިހެން ކުއްޖެއްގެ ސައިކަލް އައް އަރާ މީ ފުރަތަމަ ފަހަރު ކަމުން ކިޔާ ހުރީ ކުޑަކޮށް ޖެހިލުން ވެފައެވެ. ނަމަވެސް ހިތްވަރު ކޮށްފައި އޭނާ ސައިކަލައް އަރާލިއެވެ. ގެއަށް ދިޔަ މަގުމަތީގައި އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެއްކެވެއެވެ. އެ ދެމެދުގައި ވެސް ވަނީ ހިމޭންކެމެވެ.

ސައިކަލް ގޮސް ގެއާއި ހަމަޔަށް ހުއްޓުމުން ކިޔާރާ ފޭބިއެވެ. ކިޔާން ސައިކަލް ޕާރކް ކޮއްފައި އައުމުން ކިޔާރާ ގެއަށް ވަންނަން މިސްރާބު ޖެހިއެވެ. ދޮރު ހުޅުވާ ލުމަށްފަހު ދެމީހުން ވެސް ގޭތެރެއަށް ވަނެވެ. ކިޔާން އައް އޭނާގެ ކޮޓަރި ދައްކާލުމައްފަހު ކިޔާރާ އޭނާގެ ކޮޓަރިއައް ވަނީ ވަރުބަލިކަން ފިލުވައި ފެންވަރާލާށެވެ. 10 ވަރަކަށް މިނެޓް ފަހުން ކިޔާރާ ކޮޓަރިން ނިކުތެވެ. ކިޔާރާގެ ލޮލުގައި އަޅައިގަތީ  ބެލްކަނީގައި ހުރި ކިޔާން އެވެ. އުޑުމައްޗަށް ބަލަން އިން ކިޔާން ގެ ލޯ ވަނީ އަދިވެސް ފެންކަޅިވެފައެވެ. އަހަރެންގެ ހިތުގައި ކިޔާން އަށްޓަކައި ހަމްދަރުދީ އުފެދޭން ފެށިއެވެ. މަޑު ފިޔަވަޅު ތަކެއްގައި ގޮސް ކިޔާން ކައިރިޔައް ހުއްޓުނީ އޭނާގެ ހާލަތާ މެދު ވިސްނިފައެވެ. “ހޫމްމްމްްމްމްމްމް. ހާދަ ފިނި ވައިރޯޅި ޖެހެ ޔޭ ދޯ. ހިނގާބަ ކިޔާއާ އެއްކޮށް ބީޗް އައް ދާން. 5 މިނެޓް ތެރޭގައި ދެވޭނެ. އަހަރެން ވަރަށް ދެރަ ވޭ ކިޔާން ތިހެން ހުންނާތީ…” “އޯކޭ. “ކިޔާން ދިނީ ކުރު ޖަވަބެކެވެ

މަޑުފިޔަވަލުތަކެއްގައި ގޮސް މޫދު ކައިރީގައި އިށީންދެލިއެވެ. މަޑުމަޑުން އެ ދެމެދުގައި ވާހަކަ ދެކެވެން ފެށިއެވެ. ކުރިން އެ ފެނުނު ހާ މާޔޫސް ކަން ކިޔާންގެ މޫނުން ފެންނަން ނެތުމުން ކިޔާރާ ހުރީ ނުހަނު އުފާ ވެފައެވެ.” ކިޔާ.. ވަރަށް ބޮޑަށް ސޮރީ.. މިއަދު އަހަރެންނަށް ވާހަކަދެއްކުނު ގޮތުން.. އެ ގަޑީގައި ދެރަވެފަ ހުރި ވަރުން އެހެން ބުނެވުނީ….”ކިޔާން ހުރީ ވަރަށް ދެރަވެފައެވެ. އޭނާ މިއަދު އެހާ އެއްޗިހި ގޮވި ކުއްޖާ އޭނާއައް އެހީވެދޭތީ ކިޔާން އިނީ ދެރަވެފައެވެ. އޭނާގެ ޢަމަލުތައް މިއަދު ކިޔާރާ އައް ހުރި ގޮތާމެދު ކިޔާން އިނީ ކިޔާރާއައް ބަލާލަންވެސް ލަނދުގަނެފައެވެ. “ހޫމްމްމްމްމްމްމް. ކިޔާޔައް އެނގޭ ޔޭ. ދެން ތި ކަމާ ނުވިސަނަބަލަ. އިޓްސް އޯކޭ އޭ..” ހިނިތުންވެ ހުރު ކިޔާރާ ބުނެލި އެވެ. އޮލަ ވާހަކަތަކެއް ގައި ތިބެފައި 10 ޖަހަން ވުމުން ދެމީހުން ވެސް ގެޔާ ދިމާލައް މިސްރާބުޖެހިއެވެ. “ދެން ދަނީ ނިދަން. ޖުޑް ނައިޓް ކިޔާން.” ހާފުރެމުން ކިޔާރާ ރޭގަނޑުގެ ތަހުނިޔާ ކިޔާލިއެވެ. ” ޖުޑް ނައިޓް ކިޔާ.” ކިޔާން ކުޑަކޮށް ކިޔާރާ އާ ގާތްވެލިއެވެ. ބުނެދޭން ނޭނގޭ ކަހަލަގެ ގޮތަކަށް ކިޔާރާގެ ހިތް ތެޅިގަތެވެ. ކިޔާން ގޮސް ކޮޓަރިއައް ވަންނަން ދެން ކިޔާރާ ހުރީ ބަލަހައްޓައިގެންނެވެ. ކިޔާން ގެ ދެ ލޮލުގައި ބުނެދޭން ނޭނގޭ ރީތިކަމަށް ހުއްޓެވެ. ކޮޓަރިއައް ވަދެ އެދުމަތީގައި އޮށޯތީ ނިދޭތޯއެވެ. ނަމަވެސް އޭނާ އަށް ސިފަވަމުން ދިޔައީ ކިޔަން ތޫނު ލޮލެވެ. އޭނާގެ ފިރިހެން ވަންތަ ހަށިގަނޑެވެ. ކިޔާން ގެ ހާލަކީ ވެސް ހަމަ މިއެވެ. ކިޔާރާ މަތިން ހަނދާން ވާވަރުން ނިދެނީކީވެސް ނޫނެވެ “އިޒް ދިސް ވަޓް ދޭ ކޯލް އޭޒް ލަވް” ކިޔާން އަށް މިހެން ބުނެވުނީ ހިނިތުން ވެ ހުރެއެވެ. “އަހަރެން ކިޔާާ ޙާސިލްކުރަނަން…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Malsa Ismail
Follow Me Written By

Malsa Ismail

Level 110 Stories

Other Articles

Previous

އުމުރައް ވެސް ލޯބިވިން – ފުރަތަމަ ބައި

Next

އުމުރައް ވެސް ލޯބިވިން – ތިން ވަނަ ބައި

Next
December 24, 2022

އުމުރައް ވެސް ލޯބިވިން – ތިން ވަނަ ބައި

Previews
December 21, 2022

އުމުރައް ވެސް ލޯބިވިން – ފުރަތަމަ ބައި



All Right Reserved!