Skip to content
އެސްފިޔަ

އަރޫނީ 1

 

 

ސީލިންގުގައި ހަރުކޮށްފައިހުރި ހިތްގައިމު ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތީ ފުންވިސްނުމެއްގައެވެ. އުޅެބޮޑުވި ރަށާއި, މަޔަކާއި ނުލައި ބަލާބޮޑުކުރި ލޯބިވާބައްޕަ ދޫކޮށްލުމަށްފަހު އޭނާ މާލެ އައީ ބައްޕަގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ޓީޗިންގ ކޯސް ހެދުމަށެވެ. އަރޫނީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު މިގެއަށް އައިއިރު ދިމާވި ކަންތައްތަކެވެ.

“މިއީ ޖައިޝް ދެން މިހިރީ ޖީނާ. ބޭބެގެ ފުރާނަ އަކީވެސް މިދެކުދިން” މަންސޫރުބޭބޭ ކިތަންމެ ހެވިލާފައި ތައާރަފް ކޮށްދިނަސް އެކުދިންގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ. އަދި ޖައިޝްގެ ރުޅިވެރިނަޒަރުން ހީވަނީ އަރޫނީ އަންދާ އަޅިއަށް ހަދާލަފާނެހެވެ. އެކުދިން އެހާ ފޫހިވީ އޭނާ އެގެއަށް ކިޔަވަން އައިމަހެއްޔެވެ؟ ނޫނީ ރާއްޖެ ތެރޭގެ ކުއްޖަކަށް ވީމާހެއްޔެވެ؟  އެކުދިން އެހާ ރުޅިއަންނަންޏާ މިގޭގައި ހުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.އަނެއްކޮޅުން މިފަދަ މުއްސަނދި ދިރިއުޅުމަކަށް އޭނާ ހޭނެން ވެސް ފަސޭހައެއް ނުވާނެއެވެ. ސުވާލު ތަކުން އަރޫނީގެ ސިނކުޑިއަށްބާރު ކުރަން ފެށިއެވެ.

“މަށަށް ކޮންކަމެއް؟ ހުރެދާނެއްނު ފުއްޕާފަ. މަންސޫރުބޭބުނީ މީ އަހަރެންގެވެސް ގެޔޭ. މަނާ އެއްޗެއް ނޯންނާނެޔޭ.އައިމް ކޫލް.” ކުއްލިޔަކަށް ފުންމައިގެން ތެދުވެފައި އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން އަރޫނީގޮސްވަނީ ފާޚާނާ އަށެވެ.

“ހާދަ ފޫއްސޭ! ޖަހާ ކަޓުވައްތަރު. 80 ގެ އަހަރުތަކުގައި މީހުން ލާކަހަލަ ހެދުމެއް ލައިގެންވެސް ދެން ނޭނގެ. އަދި ބައްޕަވެސް ބުނެފިއޭ ތަންތަނަށް ދާއިރު ގެންދާށޯ. ޖީއަށް ކެރޭތަ، ޖީގެ ފްރެންޑުން މަލާމާތްވެސް ކުރާނެ. އަޅެ.” ދެފައި ތަޅާތަޅާފައި ޖީނާ އޭނާގެ ދޮންބެ ކައިރީ ޝަކުވާކުރަމުން ދެއެވެ.

“ކާމް ޑައުން ސިސް! އަހަރުން ނަކަށް ގޮތެއް ހުހެއްނުވާނެ.” ސޯފާމަތީ އޮތްފޯނު އަނބުރާލަމުން ޖައިޝް ވިހަ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮއްލި އެވެ. ދެން ޖައިޝް ބުނި ވާހަކައިން ޖީނާ އަނގަމަތީ އަތް އަޅަމުން ބާރަކަށް ހީގަތެވެ.

ހެނދުނުގެ ނާސްތާއަށް ކާކޮޓަރިއަށް ވަން މަންސޫރަށް، މޭޒުމަތި ތައްޔާރު ކުރަން ހުރި އަރޫނީ ފެނުމާއި އެކު މޫނުމަތި އަލިވެގެން ދިޔައެވެ. ފަރިތަކަމާއި ފާޑުވެރި ކަމާއި އެކު އަރޫނީ މޭޒުމަތި ތައްޔާރުކުރަމުން ދިޔައީ ހިނިތުންވެ ހުރެއެވެ.

“އަހަނ ދުރުވީތޯ؟ އަވަހަށް އިށީންނަވާ!” މަންސޫރާއި އަރޫނީވެސް ސިހުނީ ގޭގައި ކައްކަން އުޅޭ ފާތާނިކެގެއަޑަށެވެ.

” އެކޮއި ދެންދޭ ފެންވަރާލައިގެން ސައިބޯން އަންނަން.” އަރޫނީގެ ބުރަކަށިގައި ޖަހާލަމުން ފާތާނިކެ ބުނެލީ ލޯތްބާއެކުއެވެ.

“ދަރިފުޅު އަންނަމުން ޖީނާއަށް ވެސް ގޮވާލާތި. ޖައިޝް ސައިނުބޮއި ދިޔައީ ދޯ.” އެއްފަހަރު އަރޫނީއަށް އަނެއްފަހަރު ފާތާނިކެއަށް ބަލަމުން މަންސޫރުވާހަކަ ދެއްކިއެވެ.

 

” އަޅުގަނޑަށް ހީވަނީ މަންސޫރުގެ ހުވަފެންތަށް ހަޤީޤަތަކަށް ވަނީހެން.” އަރޫނީ ދިޔަ ދިމާއަށް ބަލަން ހުރެ ފާތާނިކެ އުފާވެރި އަޑަކުން ވާހަކަދެއްކިއެވެ. ފަތިސް ނަމާދު ކޮށްގެން އައިސް ފާތާނިކެއަށްވުރެން ކުރިން ބަދިގެއާ ތަންތަން ސާފުކޮށް ސައިހެދުމުގެ މަސައްކަތް އަރޫނީ ކުރިވާހަކަ ކިޔައި ދިނީ ހިނިއައިސް އިނދެއެވެ.

ހެންދުނުގެ ސައި ގަޑީގައި ޖައިޝް މޭޒުދޮށަކުން ނުފެނެއެވެ. ފުސްމޫނު ހަދައިގެން އިނދެ ޖީނާ ކައި ނިންމާލީ އަވަސް އަވަހަށެވެ. ހީވަނީ ބައްޕަގެ ދަރިފުޅަކީ އަރޫނީ ހެނެވެ. އެކި ސުވާލުތައް އަރޫނީ އާއިބައްޕަ ކުރަމުން ދިޔައިރު ޖީނާ އިނީ ރުޅިއައިސްގެން ހަލާކުވާވަރުވެފައެވެ.

ކޮލެޖް ތެރެއަށް ވަދެގެން ދިޔައިރު ތަނބެއްކައިރީ ބައިހަދާފައި ތިބި އަންހެން ގުރޫޕެއް އޭނާއަށް ބަލަމުންދާކަން އަރޫނީއަށް އެނގުނެވެ. އޮފީހާއި ދިމާއަށް ދަމުން އެއްފަހަރު އެކުދިންނާއި ދިމާއަށް ބަލާލިއެވެ. ހައްތާވެސް ފެޝަން ކުދިންނެވެ. ބާރު ޖީންސާއި ކުރު ޓޮޕްކޮޅުތަކުގައެވެ. މުޅިންވެސް މިތަނުން ފެންނަނީ އެކަހަލަ ކުދިންނެވެ. އަރޫނީ ލައިގެން ހުރީ ކަކުލަށްވުރެން ތަންކޮޅެއް މައްޗަށް ހުރި މަޑުނޫކުލައިގެ އަރިފެޅި ހެދުމެކާއި އެކުލައިގެ ދޫ ބެލްސްއެކެވެ.

“ހައި ބޭބީ!” ގޭޓުން ވަދެގެން އައި ޖައިޝް ފެނުމާއިއެކު ތުއި ގޮތަކަށް ހިނގާލާފައި ޖަޒްލީ ގޮސް ހުއްޓިލިއެވެ. ވާހަކަ ދައްކަމުން އައި ޖައިޝްގެ ފިޔަވަޅުތައް މަޑުޖެހުނީ އޮފީސްބައިން ނިކުމެގެން ގޮސް ކުލާސްރޫމު ތަކާއި ދިމާއަށް ދިޔަ އަންހެން ކުއްޖާފެނިފައެވެ.

“ޖޭޒް އަށް ހީވަނީ އެއީ މިއަދު ޖޮއިން ކުރި ގަމާރެއް ހެން. ހިނި އަންނަ ފާޑެއްދޯ ޖަހަނީ” ފަރި ގޮތަކަށް ޖައިޝްގެ ކަސްރަތީ މުލައްދަނޑީގައި އަތް އަޅުވާލަމުން ޖަޒްލީ ބުނެލިއެވެ. ޖަޒްލީގެ އުނަގަނޑުގައި އަތް އަޅުވާލަމުން ޖައިޝް ހީލިއެވެ.

އިއްތިފާޤަކުން ނަމަވެސް އަރޫނީ އާއި އެއްކުލާހެއްގައި އިންނަން ޖެހުމަކީ ޖައިޝްއަށް ކެތް ކުރެވޭ ކަމަކަށް ނުވިއެވެ. ހާދަ ވަރުގަދަ ކުއްޖާ ގަނޑެކެވެ.ދެން އެސައިންމެންޓްތައް ވެސް ހަދައިދޭޖެހޭނީ އޭނާއަށް ކަންނޭގެއެވެ. ނޫނެކެވެ. އަރޫނީ ޖެހޭނީ ދާށެވެ. އެގެއިންވެސް ކޮލެޖުންވެސް އޭނާ އަރޫނީ ފައްސާލާނެއެވެ. އޭނާ އާއެއްފެން ވަރަކަށް އަރޫނީ ކަހަލަ އާދައިގެ ކުއްޖަކަށް އާދެވޭނީ ކިހިނެއް ހެއްޔެވެ؟

އަޑުގައި އޮތްހާތަނަކަށް ލެކްޗަރު ދެމުންދިޔަ މާނިޝް އިރު އިރު ކޮޅާއި އަރޫނީއަށް ބަލާލައެވެ. އެބަލާލުން ފާހަގަ ވެގެން ބައެއްކުދިން އެނބުރިފައިވެސް އަރޫނީއަށް ބަލާލައެވެ. ނަމަވެސް ނޯޓުފޮތެއްތެރެއިން އެއްޗެއްހޯދުމަށް އަވަދިނެތި އުޅެމުން ދިޔަ އަރޫނީ އަށް މިކަން ރޭކާލާހެނެއްވެސް ހިޔެއްނުވެއެވެ. ކުއްލިޔަކަށް މާނިޝް އަތްމަޅާލާފައި މާކަރުގެ ދޯރިއެއްލީ އަރޫނީގެ ނިތްކުރިއާ ދިމާއަށެވެ.

ހުރިހާކުދިން ހައިރާންވެ އަނގަ ހުޅުވުނު ނަމަވެސް މާނިޝް އަށް ޖެހި ލެވުނީ ފަހަތަށެވެ. ލޮލާއި ދެތިން އިންޗި ދުރުމުނިގައި ދޯރި ހިފާއްޓާލައިގެން އިން އަރުނީ އިނީ މާނިޝް އަށް ބަލަހަށްޓައިގެނެވެ.

“ނައިސް ކެޗް! ބޮޑީ ގާރޑް ގަ ސަލްމާންޚާން ހެން.” އަރޫނީ އާއި ޖެހިގެން އިން އިމްޝާ ބުނެލިއެވެ.

އަތުގައި އޮތް ދޯރި ޓީޗަރުގެ މޭޒުމަތީގައި ބޭއްވިއިރު އަރުނީގެ މޫނު މަތީގައި ވަނީ ހަމަޖެހުމުގެ ކުލަވަރެވެ. ކަމެއްވީ ހެންވެސް ހީނުވެއެވެ. އާނގަމަވެފައި ބަލަން ހުރެވުނީ މާނިޝްއަށެވެ.

“ހޭއި އައިލެންޑް މައުސް! މަށަށް ބޮޑީގާރޑެއް ހޯދަންއެބަ. އެޖޮބަށް އަންނަންވީނުން. ރަނގަޅު މުސާރައެއްވެސް ދޭނަން. ” ކެންޓިނުގައި ކާންތިބި ޖަޒްލީމެނަށް އަރޫނީ ފެނުމާއި އެކު މަލާމާތް ކޮއްލިއެވެ.

” ތެދެއް. އޭރުން މާމަގެ ހެދުންތައް ލާކަށްވެސް ނުޖެހޭނެއްނު.” އަމާނީގެ ޖުމްލައާއި އެންމެން އަޑުގެ ކޮޅަށް ހީގަތެވެ.

“އަސްލުތަ؟ ” ހީހީތިބި ޖަޒްލީމެންގާތަށް ހުއްޓެމުން އަރޫނީ އަހާލީ ޝައުޤުވެރި ރާގެއްގައެވެ. ޖައިޝް އަނގަޔަށް ނުބައިވައްތަރެއް ޖައްސާލިއިރު ދެންތިބިކުދިން ދެލޯބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލައިލިއެވެ.

“ގަމާރު ކަމުގެ އިންތިހާ! މީހަކު މަލާމަތް ކުރިޔަސް އެގެނީއެއްވެސް ނޫން.” ޖައިޝް ހިތާހިތުން އެތިވަރު ގޮވައިގަތް ނަމަވެސް އެންމެ ލަފްޒެއްވެސް ދުލާއި ހަމައަކަށް ނުގެނެއެވެ.

“ޖޭޒް އަށް ރަނގަޅު މުސާރައެއް ދެވޭނެތަ؟ މިހެން މި އެހީ، މީހާއަށް ބަލާލާފައިވެސް އެގޭވިއްޔަ އުނުއޮރިޔާން ނިވާކުރާނެ ފަދަ އެއްވެސް ނެތްކަން. ބޮޑިގާރޑަކީ އަދި މާފަހުގެ ކަމެއްތާ!” ޖަޒްލީގެ ބޮޑުބައެއްހާމަ ވެފައިވާ މޭމައްޗަށް ލޮލުން އިޝާރާތް ކޮށްލަމުން އަރޫނީ ބުނެލީ މަލާމާތުގެ ރާގަކަށެވެ. އެހެންކުދިން އަނގަމަތީ އަތްއަޅާލެވުނެވެ. ޖަޒްލީ ރުޅިއައިސްގެން ރަތްވެގެން އުކައިގަތް ހޫނު ކޮފީތަށިން ހުށިޔާރުކަމާއެކު ރެކެމުން އަރުނީ ހިނގައިގަތެވެ. ލާނެއްހިންނެއްއައިސްފަހި ހުރި ޖައިޝް ފެނުމާއި އެކު އެ ރުޅިވެރި އަލިފާންގަނޑަށް ހީވީ ޕެޓްރޯލް އެޅިހެނެވެ. އަތުން ޖަހާ މޭޒުމަތި ހުރި ހެދިކާތަށް ބުރުވާލި އެވެ. އަދި ބާރުބާރަށް އަތުން މޭޒުގައި ޖެހިއެވެ.

“ބޭބީ ހަމަ ޖެހިބަ! ތިއޮއްލޯބި މޫނު ހަޑިވަނީ އޭ ތިހެން ހުރީމަ!” މަސްލަހަތަށް ބަލާފައި ޖައިޝް ވަގުތުން ފިޔަވަޅުއެޅިއެވެ.  ސްވިޗަކަށް ފިތާލިހެން ޖަޒްލީގެ ރުޅިގަނޑު ފިނިވިއެވެ.ވާނީވެސް އެހެންތާއެވެ. ރައްޓެހިވެގެން ތިންމަސްވީއިރުވެސް ޖައިޝް އޭނާ އާ މިހާލޯބިން މުޚާތަބު ކޮށްފައެއްނުވެއެވެ. އޭނާ ޖައިޝް އާހެދި ފިދާވާއިރުވެސް މާބޮޑަކަށް އޭނާއާ ހެދިއެއް ނޫޅެއެވެ.

“ހިނގާދާން!” ޖަޒްލީގެ އުނަގަނޑުގައި ހިފާ ގަޔާ ފިއްތާލަމުން ޖައިޝް ބުނެލިއެވެ. ޖަޒްލީއަށްހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ކުއްލިޔަކަށް އޭނާގެ އުންގަށް ބަންޑުންވީހެނެވެ. ހުރިހާދަތްތަކެއް ފެންނަވަރަށް ހީލަމުން ޖަޒްލީ ތުއިވެލިއެވެ.

“އޯ! އައިލެންޑް މައުސް! ޔޫޑިޑް އަ ފޭވަރ އެކްޗުއެލީ” ޖަޒްލީ ހިތާހިތުން ކިޔާލިއެވެ.

“ދޮންބޭ!” ސޯފާގައި ޚިޔާލަކަށް ގެއްލިފައި އޮތް ޖައިޝް ސިއްސައިގެންދިޔައީ ޖީނާއައިސް ގައިމައްޗަށް ޖެހިގަތުމުންނެވެ. 15 އަހަރު ވިއިރުވެސް ޖީނާ އުޅެނީ ކުޑަކުއްޖެއްހެނެވެ.

“ކޯޗެއް ވިސްނަނީ” ބޯއަރި ކޮއްލަމުން ޖައިޝް މޫނަށް ޖީނާ ބަލާލިއެވެ.

” ދޭބަ ދުއްވާލަންދާން ރެޑީވެލަން” ޖީނާގެ ބޮލުގައި ތުންފަތް ޖައްސާލާފައި ޖައިޝް ލޯތްބާއެކު ބުނެލިއެވެ. ބޯހަމަޖައްސާލުމަށް ޖައިޝް ކުރާކަމަކީ އެއެވެ. ލޯބިވާކޮއްކޮ ގޮވައިގެން ބުރުޖަހާލަން ދިޔުމެވެ. ކޮއްކޮގެ މަޖާ ވާހަކަ ތައް އަޑުއެހުމެވެ. މަންމަ ނެތްތަން ފޫބައްދައިދިނުމަށްޓަކައި ކޮއްކޮއާ އެކު ގިނަވަގުތު ހޭދަކުރުމަށް އޭނާ އަބަދުވެސް އިސްކަންދެއެވެ.
“މިދަނީ ދޮންބެއާ ދެކުދިން ދުއްވާލަން.” ދެބެންނަށް ނިކުމެވުނީ ބައްޕަގެ ކުރިމައްޗަށެވެ.

“ދެން އަރޫނީ އޯ؟ އެމަންޖެވެސް ގޮވައިގެންދޭ! އެކަނިވީމަ ކިހާފޫހިވާނެ.” ޖީނާގެ މޫނުކޮޅު ވަގުތުން ފުއްޕާލިއެވެ. ތުންކޮޅުދަމާލިއިރު އެތެރެއިން އަނދައިގަތީ ތިޔަހެންނެއްނޫނެވެ. ޖައިޝްވެސް ހިތްހަމަ ނުޖެހިފައި ދަތްދޮޅީގައި ފިރުމާލިއެވެ.

“ދަރިފުޅާ! ކުދިންނާ ގުޅުނީމައޭ އެކުދިންގެ ގޮތްވެސް އެނގޭނީ!”މަންސޫރު އެތައް ވާހަކައެއް ދައްކައިގެން، ލޯބިން އެކުދިންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

ބާރަށް ދުއްވާފައި ދިޔަ ކާރުގެ ފަހަތުސީޓުގައި އަރޫނީ އިނީ ބޭރު ބަލާށެވެ. އެދެބެން އަމިއްލަވާހަކައެއްގައި ތިބީ އަރޫނީ އިންކަމަށްވެސް ހަދާނުލައެވެ. އެކުދިންގެ ބައްޕަގެ އެދުން ބޮލާލައި ނުޖަހަންވެގެން އޭނަ ގެނައީ ކަން އެކުދިންގެ އަމަލް ތަކުން ކިތަންމެ ރަނގަޅަކަށްވެސް އެބަ ސާފުވެއެވެ. ޖައިޝް އިރުއިރުކޮޅާ ލޯގަނޑުން އޭނާއަށް ބަލާ ކަމެއް އަރޫނީ ނުދެނަހުއްޓެވެ.

“ކޮއްކޮއާއެކު ހޭދަކުރާ ،އުފާވެރި ވަގުތުކޮޅުވެސް މިއަންހެނާ ފޭރިގަތީ ހެއްޔެވެ؟ ވަރެއްގެ ކުއްޖާ ގަނޑެކެވެ. އަދި މާނޫން ކަމަށް ހެދިގެން އެބަ އިނެއްނޫހެއްޔެވެ؟ ” ކުއްލިޔަކަށް ހިތައް އެރި އެއްޗަކުން ޖައިޝްއަށް ހުންގާނަށް ބާރުކޮށްލެވުނެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލިރު ދެލޯވަނީ ވައްވެފައެވެ.

Comments (36)

  1. iraa

    nice storyy.. feshun varah reethi… nxt part ah inthizaaru kuraanan…

  2. maash

    Nice! avahah up kohdhehchey!waiting 4 the Next part

  3. ninth

    hindhi drama eh balan mifeshuny… salhivaanehen hybey hama.. keep it up

  4. anaa

    Good beginning. …. looking forward ….

  5. Tulip

    Plz do updates? nice story

  6. Nahthu

    Daily koh up kohdhyba mi vaahaka

  7. Princess Noddy

    Interesting.. feshun v reethi… keep it up n gudluck.

  8. dark princess

    Feshun v salhi… aroony v gadha dhw!!! Avahah daily koh up kohdhehchey… waiting waiting 4 next part…

  9. sharu

    V reethi mifeshun migothah rulhin ulhennaa vkiyaa hihvey

  10. Fax

    V.interesting. pls upload kuraathi

  11. phathima

    Mashaa Allah nice story… keep it up 🙂 :* <3

  12. Aroo

    Hyvani v reethu vaane hen.. Feshun v reethi keep it up.. N maa gina days nuve up kuramun dhahchey eyrun kiyun therin ves kiyaa hiy vaani..n again love the stry

  13. Ary

    Warah reethi..

  14. naaji

    Nalla .. keep it up

  15. sofoo

    Interesting…..waiting for next part….dailyko up kodhechay….

  16. nahu

    nice story

  17. Anonymous

    v salhi. shauguverikan hifahahtaathi.. ragalhu naseyhatheh dheythi.. ??
    dhen faahaga kohlan dhe bas eh bahehge gothuga liyefa hurikan.. ragalhu kohlan feney..
    ???

  18. Shau

    Vrh reethi feshun… Heevanii vrh reethi vaane hen… Kon dhuvas thakeh ga tha mi story up vany? Wish all the very best Thaka 😉

    1. Shau
      Shau

      Oopss! Sorry ThaYa! 😉

  19. Faxoo

    varah reethi vaanehen hyvany .. varah kiyaahithun mihiry ✌

    1. lillygirl
      Faxoo

      nice 😉 u hv talentt an wens nxt prt

  20. Anonymous

    Koba thaa when is next
    Part I’m waiting awax kohlacheyy

  21. Anonymous

    Kon anonymous eh tha hama anonymous Eba araa
    Anyways I’m xaaxaa

  22. saa

    Nice story

  23. faahi

    vrah reethi vaahakaeh. keep it up dhevana bayah eba inthizaaru kurevy

  24. sharu

    v v nice story

  25. Ifaa

    Nice storry next part up kurachey avaha

  26. jeesh

    Mi vaahaka dhen up kurany kon dhuvas thakeh ga tha???varah kiyaa hivvey mi vaahaka

  27. Princess Noddy

    4 days ago.. hama inthixaaru kureveny.. plz make it fast.. reethi vaanethy keh nukureveny

  28. Fakko

    Maa las up kuraaleh, bt varah kiyaa hithun mihiry…?

  29. shima

    Dhan kon dhuwahakun second part upload kuranee….nw Kiya hithun ulhey Tha kon dhuwaheh…..plz upload fast….Maka Las wanya meehun Kiya hit kedi dhaane….

  30. shima

    Sorry o meant Kiya hiyy kedi dhaane…. ☺ plz upload fast….can’t wait to read it….

  31. minnu

    Alhe knirakuntha mi story ge anebai upload kurany. Plx avahah upload kohba. Mi story varah interesting… waiting for the next part

  32. reader

    please upload nxt part. plx plx plx plx plx plx plx……………………………………..

    1. Anonymous
      reader

      Hi
      I am manha

  33. Anonymous

    Hi
    I am manha

Comments are closed.