Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނެތް ހަދިޔާ

Farihibe Level 1
November 5, 2022 3 Mins Read
0 Comments

ދިރިއުޅުމަކީ ބުރަކަމެވެ. ވޭން ބޮޑު ކަމެކެވެ. ހިތާއި ޖިސްމަށް އެތައް ޒަޚަމް ތަކެއް ލިބޭ ކަމެވެ. މަންމަ އާއި ބައްޕަގެ ލޯތްބާއި އެކު ފިކުރުތަކާއި ވިސްނުންތަކުން މަދު ދިރިއުޅުމެއްގައި އުޅެލާފަ ފަހުން މިނުކުމެވެނީ އަމިއްލަ ދިރިއުޅުމަކަށެވެ. ހާދަހާ އުނދަގުލެވެ. ނަމަވެސް މިބުނާ ދިރިއުޅުމުގެ ރީތިކަމަކީ މިއީއެވެ. ވޭނަށް ކެތްކުރުމަށް ފަހު އަރާމުހޯދުމެވެ. ނަފްރަތުގެ ކަށިތަކުން ނެއްޓުމަށްފަހު ލޯބިލިބިގަތުމެވެ. ހިތާމައިން އަރައިގަނެ އުފާވެރިކަން ޚާސިލްކުރުމެވެ. އަހަރެމެންނަށް އިންސާނުންނޭ މިކެޔެނީ މިހެންވެނޫނެހެއްޔެވެ؟ ވޭނާއި ކެކުޅުމާއި ހިތާމެއެވެ. އަރާމާއި ލައްޒަތާއި ލޯތްބެވެ. އިންސާނީ އިޙްސާސް ތަކެވެ.

ލޯބިތޯއެވެ… އަޖައިބެއް ކަހަލަ އެއްޗެކެވެ. ޖާދޫއެއް ބާވެއެވެ. ކޮންމެއަކަސް މިއީ ދުލުންނާއި ގަލަމުން ބަޔާން ކުރެވޭނެ ފަލްސަފާއެއް ނޫނެވެ. ހިތަށް ކުރެވޭ އިހްސާސެކެވެ. އެހެން ހުރިހާ އިހްސާސްތަކުގެ މައްޗައް ރަނިކަން ކުރާ އިހްސާސެކެވެ. ބޭއިޚްތިޔާރުގައި ނަފްސު ބެހިގެންދާ ޖަޒުބާތެކެވެ. އަހަރެންނާ މިކަން ލައްވާލީ އެއްވެސް ކަހަލަ އިޝާރާތެއް ނެތިއެވެ. ތައްޔާރު ނުވެ ހުއްޓައެވެ. ހިތުގެ ނުފުށަށް އެރި ތީރު އަދިވެސް އެއިނީ ނައްޓާލަން ނުކެރިފައެވެ. އިތުރަށް ކޮއްޕާލަންވެސް ނުކެރިފައެވެ.

މޭމަތީ އަތްއަޅާލެވުނެވެ. ދެލޯމަރާ ލެވުނެވެ. ފިނިފިނި ވައިރޯޅިތައް ހަށިގަނޑުގައި ބީހެމުންދެއެވެ. އެވައިރޯޅިތަކަށް އިޖާބަދެމުން ހެލިލާ ފަތްތަކުގެ އަޑު އިވެއެވެ. މަޑުމޮޅިކަމާއެކު ބީއްސަމުންދާ ކުދި ރާޅުތަކުގެ އަޑު އިވެއެވެ. ހާދަހާ ހިއްގައިމެވެ. ލޯހުޅުވާލިވަގުތު އިރުގެ ދޯތައް އެޅުމުން ކުޑަކޮށް އުނދަގޫވާގޮތް ވިއެވެ. އޭރު އިރު ފެނަށް ތިރވަމުން ދެއެވެ. އުޑުމަތީގެ ކުލަތައް ބަދަލުވަމުން ދާގޮތަކީ މިހެން ލިޔެލަން ދަތި ގޮތަކަށް ވާނެއެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. ކަމުދަނީ ވެސް މީހުން މަދިއްޔާއެވެ. ވެލިފޮޅާލުމަށް ފަހު ހިންދެމިލާ ތެދުވެލީމެވެ. އިރުކޮޅަކުން އިރުއޮއްސިދާނެއެވެ. ދެކޮޅަށް ބަލާލީމެވެ. މި ގޮނޑުދޮށުގެ ރީތި ކަމަކީ އަދިވެސް އަހަރެން އެކަމާމެދު އަޖައިބު އަންތަރީސް ވާކަމެކެވެ. މިފަދަ ރީތި މޫދަކާއި ވެލިގަނޑެއް ރާއްޖޭގެ އިތުރު ރަށެއްގައި ވެދާނެ ކަމަށް އަހަރެންގެ ސިކުނޑި ދޮގުކުރެވެ. އާނއެކެވެ. ތިލަދުންމަތީ އުތުރު ބުރީ ހއ. ކެލައަކީ ތިހީކުރާވަރަށް ވުރެ މާރީތި ރެށެކެވެ.

ނަމާދުން ފައިބައިގެން ގެއަށް ވަތް އިރު މަންމަގެ އަޑު އިވެމުންދެއެވެ.

“ކޮބާތަ އެސޮރު؟ ތުނޑިއަށޭ ކިޔާފަ ދިޔަމީހާ ފޯނުވެސް އެއޮތީ ބާއްވާފަ؟ ދޭބަލަ އޭނަ ކޮބައިތޯބަލަން. އަދި އެބަ ދާންޖެހޭ މަންމަމެނަށް ކާއެތިކޮޅެއް ހިފައިގެންވެސް ދާން އެބަޖެހޭ އެގޭދޮށަށް.”

“އޭތް! މަންމާ! ނަމާދުންނޭ އަޅުގަނޑު މިއައީ. ދެންތި ހަމަޖެހިބަލަ. ޗުއްޓީއަށް އައިވެސް ތިހުންނަނީ އަބަދުވެސް ހާސްވެފަ.”

“މިހިރީއެއްނުން ފިލައިގެން އުޅޭގޮލާ. އަބަދުބޭރުގަ. ދެފައި އެއްތާކުނުޖެހޭނެ. އަށާރަވިޔަސް އަދި ބޮޑެއް ނުވޭ އިނގޭ!” ފިހިގަނޑު ހިފައިގެން ހުރެ މަންމަ ބުންޏެވެ.

ބައްޕަ ހީލާފައިފައި ފޯނުހިފައިގެން ނޫނީ ނުދައްޗޭ ބުނަމުން ބޭރަށް ނުކުތެވެ. އަހަރެން ކޮޓަރިއަށްވަދެ ދޮރުލައްޕާލާފަ އެނދުގައި އޮތް ފޯނުނެގީމެވެ. ފޯނުގައި އަތްލުމުން ކަވަރުގެ އެއްބައި ނެއްޓިފައި އޮތީތީ ފެނުނެވެ. ކުޑަކޮށް ހާސްވެފައިހުރެ ކަވަރު އެއްކޮށް ހުޅުވާލިއިރު… އޭތި ވެއްޓުނީ ބާވެއެވެ. އަވަސް އަހަށް މުށިތައް މައްޗަށް ލޯ ހިންގަން ފެށީމެވެ. ގުދުވެ އެނދުތަންދޮށް ބަލާލަނިކޮށް ފަހަތުގައި މީހަކު ހުރި ކަމުގެ އިހުސާސް ވިއެވެ. މެޔަށް އުނދަގޫވާ ގޮތް ވިއެވެ. މަޑުމަޑުން އަނެއް ފަރާބަލާލި އިރު ހުރީ މަންމައެވެ.

“މި ދޯތިޔަ ހޯދަނީ!” ކަރުދާސް ކޮޅެއްދިއްކޮށް ލަމުން މަންމަ ބުނެލިއެވެ.

ރާގު ހުރިގޮތުން އެހުރީ ރުޅިއައިސްފާ ކަމެއް ނޫނީ އޯކޭ ކޮށް ކަމެއްވެސް ނޭނގުނެވެ. ވަރަށް އާގަންނަ ގޮތަށް އާއެކޭ ބުނެފައި އެކަރުދާކޮޅުގައި ހިފައިފީމެވެ. މަންމަ ދެލޯ ބޮޑުކޮށް ބުމަ އުފުލާފައި އެ ކަރުދާކޮޅާއި ބެހޭގޮތުން ސުވާލު ކުރަން އުޅުމުން އަވަހަށް ވާހަކަ މެދު ކަނޑާލީމެވެ.

“މި ބައިން ދަބަލަ. ދެން ހިނގާ ކާއެއްޗެހި ހިފައިގެން މާމަމެން ގެއަށް ދަމާ. އަވަހަށް ނިދަން އަންވާނެއްނުން. މާދަމާ މިއީ ފަހު ދުވަސް އެހެންވެ ހަދިޔާ ޕެކް ކުރަންޖެހޭނެއްނުން. އަދި އާނ… ހަނދާންވެސް ނެތިފަ މިހުރީ މާދަން ދާންއެބަޖެހޭ އިރުއަރާގަޑި އަށް ފުއްޓަށަށް. “ސަންރައިސް” ބަލަން. ” ކަރުދާކޮޅު ޖީބަށް ލަމުން އަހަރެން ބުނީމެވެ.

“ހޫން… މަ މިދަނީ ފެންވަރާ ރީތިވަން. ދެން ގޭގަމަޑު ކުރާތި. އަނެއްކާ މިޔޮއް ދެނަމާދުދޭތެރޭ ނައްޓާލާނީކީ ނޫން ” މިހެން ބުނެލާފަ މަންމަ ކޮޓަރިން ބޭރަށް ނުކުތެވެ.

ކުޑަވަރެއްގެ ހަމަ ޖެހުމުގެ ނޭވާއެއް އަހަންނަށް ލެވުނެވެ. އެދުގައި އިށީނދެލީމެވެ. ޖީބުގައި އޮތް ކަރުދާކޮޅު ނަގާ ބަލާލީމެވެ. އެއީ ފަންސުރު ކުރެހުމެކެވެ. އޭގައި އެއިނީ އަންހެން ކުއްޖެކެވެ. ތަސްވީރުގެ ކުޑަކަމާއި ފަންސޫރުދެލިން ހަޑިވެފައި ހުރި ތަންތަނާއެކުވެސް މި ކުއްޖާގެ ރީތިކަން ހާމަވެއެވެ. ކަޅުކަންގަދަ ރީތި ދެލޮލެވެ. އޮމާން ހިތިފަތު ބުމައެކެވެ. ހަމުގެ ކުލަ އަލި ކަމަށް ދައްކައެވެ.  އެންމެ ހިއްގައިމީ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމެވެ. މިއީ އެކުޑަ ކުރެހުމުން ހާމަވާހާ ސިފައެވެ. މި ކުއްޖާގެ ރީތި ކަމަކީ މިފަދަ ކުޑަ ކުރެހުމަކުން ދައްކާލެވޭނެ ވަރަށް ވުރެ މާފުރިހަމަ ރީތި ކަމެކެވެ. މިއީ އަހަރެންގެ ލޯބި ހަމައެކަނި އަތުލި ކުއްޖާއެވެ. ނޭނގި ނުވިސްނި ހުރެ ހިތް ދެވުނު ކުއްޖާއެވެ.

އެއީ 2008 ވަނަ އަހަރެވެ. އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ ނުވައަހަރެވެ. ކިރިޔާ އަދި ތަންދޮރު އަދިވަކިވާން ފަށާ ދުވަސްވަރެވެ. މަންމަ ބަލިވެގެން މާލެ ބަދަލުވީއެވެ. އަތްމަތިދަތިވެފައި ހުރުމުން މާލޭގައި ކުއްޔަށް ނޫޅެވޭނެކަން އިނގޭތީ ބައްޕަ ނިންމީ ވިލިގިލީގަ ހުރި އެކުވެރިއެއްގެ އެއްކޮޓަރީ އެޕާރޓްމެންޓްއެއް ހެޔޮ އަގެއްގައި ހިފުމަށެވެ. އަހަރެންގެ ކިޔެވުން ގެލިދާނެތީ މަންމަގެ އެދުމާ އެކު މުޙިއްޔުއްދީން ސްކޫލްއަށް އަހަރެން ލިޔެވެ. ވިލިގިލީ ސްކޫލަކީ ގަސްގިނަ ހިތްގައިމު ސްކޫލެކެވެ. ސަފުތާހިރުކަމާ މާޙައުލުގެ އެ ތާޒާ ރީތިކަން އަދިވެސް ސިފަވެއެވެ. މެރޫން ކުލަޔާއި ހުދު އަދި މަޑު ފިޔާތޮށި ކުލަ އިމާރާތުގައި ލެވިފައިވެއެވެ. ހަދާފައިވަނީ ތިން ބުރިޔަށެވެ. ވަދެގެން އަންނައިރު ވާތްފަރާތުގައި ހޯލް ހުރެއެވެ. ކުރިމަރީގައި އޮންނަނީ ދޮންވެލިލައިފައި އޮންނަ ކުޑަ ފަސްކޮޅެކެވެ.

ދުވަކީ އަހަރެންގެ އުފަންދުވަހެވެ. ނުވަ އަހަރުވީއެވެ. ނަމަވެސް މުޅިންއާ ސްކޫލަކަށް ދެވޭތި އަހަރެން ހުރީ ފުދޭވަރަކަށް ހާސްވެފައެވެ. ބަރު ދަބަހާއެކު މަންމަ އަތުގަ ހިފައިގެން ސްކޫލް އަށް ވަދެ ދިޔައީ އޮފީހަށެވެ. އެތަނުން ލީޑިން ޓީޗަރ އަހަރެންނާ ހަވާލުވިއެވެ. ކޮން ކުލާސް އެއްތޯ އެހުމުން “ތުރީ ސީ” ކަމަށް ބުނީމެވެ. މަޑުމަޑުން ޓީޗަރ ފަހަތުން ގޮސް ކުލާސް ރޫމް ކުރިމަތީގައި މަޑުކޮށްލީމެވެ. ހަލަބޮލި އެކްލާސް ރޫމްގައި ހުރިހާކުދިންވެސް ވެސް ތިބީ ކޮންމެވެސް ކަމެއްގައެވެ. ކުލާސް ޓީޗަރ ވަނުމަށް ބުނުމުން ބޭރުގަ ހުރި ހަރުގަނޑުގައި ޖާގައެއް ހަދާ ބޫޓް ބެހެއްޓީމެވެ. އަދި ވަނުމަށް ފައިނެގުމާއެކު…

އެއްޗެއް ބޮލުގައި ބަންލައިފައި އައިސް ޖެހުމާއެކު ލޯމަރާލެވުނެވެ. ޖެހުނީ ސީދާ ނިތުގައިއެވެ. އެރީ ދިލަ ތަދެކެވެ. މަޑުމަޑުން ލޯހުވާލާ ބެލިއިރު ފައިދޮށުގައި ރަބަރެއް ވެއްޓީފައި އޮތެވެ. އޭރު ކުތިމަތީ ޑެސްކެއްގަ އިންކުއްޖާ އިނީ އަނގަމަތީ ދެއަތްއަޅައިގެނެވެ. އޭނާގެ ދެލޯބޮޑުކޮށް ހާސްވެފައި އިންގޮތުން އެތެރެއަށް ހިނިވެސް އައެވެ. ނަސީބު ކަނދިމާ ކުރިގޮތުން މިސްއަކަށް މިމަންޒަރެއް ނުފެނުނެވެ. ވެއްޓިފައި އޮތް ރަބަރު ނަގާބަލާލީމެވެ. ވިދަވިދާ ދެލިހުރި ގަލަމަކުން ރަބަރުގައި ނަމެއް ލިޔެލައި ފައިވެއެވެ.) (Naina އެވެ.

Share Article

Follow Me Written By

Farihibe

Level 1

ވާހަކަ ކިޔުމަކީ އިޙްސާސެކެވެ. ޖަޒުބާތެކެވެ

Other Articles

Previous

ފައިސާ ދަބަސް

Next

ވައުދޭ ވެވޭ މީ… 31

Next
November 5, 2022

ވައުދޭ ވެވޭ މީ… 31

Previews
November 5, 2022

ފައިސާ ދަބަސް



All Right Reserved!