ވައުދޭ ވެވޭ މީ… 27
އެންމެ ފުރަތަމައިނުންވެސް ފުޅި އަނބުރައިގެން ޖެހުނި އީވާ އަށެވެ. ޓްރުތް ނެގުމަށް ފަހު ތަށިން ގަނޑުކޮޅެއް ނެގިއެވެ. ހީގަނެގެން ހުރި އަޔާޝް އާއި ދިމާލަށް ބަލާލާފައި އީވާ ހިނިތުން ވެލަމުން ގަނޑުކޮޅު ނިއުޅައިލިއެވެ. އޭގައި އޮތް އެތި ފެނުމުން ހިނިތުންވުން ފަނޑުވެގެން ގޮސް ދެބުމަ ގޮށްޖެހުނެވެ.
< ނޭމް ސަމްވަން ހޫ ސްޓިލް ތްރެޓެންސް ޔޫ. >
𓆩♡𓆪 ހަތާވީސް ވަަނަ ބައި 𓆩♡𓆪
” އަހް…” އިވާ އަށް ބުނަން ވި އެތި ނޭނގުމުން މަޑު މަޑުން އޭނާގެ އަތުގަ އޮތް ގަނޑުކޮޅު ދެންތިބި އެންމެންނަށް ދައްކާލިއެވެ. ޖެހިލުންވެ ހުރެ އޭނާ އަށް ބަލާލެވުނީ ޖެހިގެން އިން އަޔާޝް އަށެވެ. ބުމަ ގޮށްޖަހައިގެން ދެލޯ ކުޑަކޮށްގެން އޭނާ އާއި ދިމާލަށް ބަލަން އިން އަޔާޝްގެ މޫނުމަތިން ފެންނަމުން ދިޔައީ އެ ސުވާލުގެ ޖަވާބު ބޭނުންވާ ފަދަ ކުލަވަރެކެވެ.
ބުނަން ނުބުނަން ހުރެފަވެސް އިވާގެ އަނގައިން ނަމެއް ބޭރުވިއެވެ.
” ޝާމިން…” އިސް ޖަހާލާފައި އިވާގެ އަނގައިން ނުކުތް ނަން އަޑު އިވިފައި އަޔާޝް އަށް ސިހިފައި ބަލައިލެވުނީ އީވާ އަށެވެ. އެހެން އެންމެން ވެސް އީވާ އާއި ދިމާލަށް ބަލަން ތިބީ އެއީ އެކަކަށް ވެސް އެނގިފައި ވި ކަމަކަށް ނުވުމުންނެވެ. ޚުދު ޒިވާ، މަލަކާ އަދި އަޔާނީ ވެހެވެ. އެ ތިން މީހުން ވެސް ތިބީ ހައިރާން ވެފަ އެވެ. އީވާ ދުވަހަކު ވެސް ޝާމިންގެ ވާހަކަ އެމީހުން ކައިރި އަކު ނުދައްކައެވެ. އިއަން އަށް ވެސް ހީވީ އޭނާގެ ބޯ މައްޗަށް ބޮޑު ބަރެއް ވައްޓާލީ ހެންނެވެ.
ތަނުގެ ސީރިއަސް ކަން ކަނޑުވަން ޒީހާން ފުޅި އަނބުރާލިއެވެ. މިފަހަރު ފުޅީގެ ތުން ހުއްޓުނީ އިޔާޝް އާއި ދިމާލަށެވެ. އިޔާޝްވެސް ނެގީ ޓްރުތް އެވެ. އޭނާ ވެސް ތަށިން ގަނޑުކޮޅެއް ނަގާފައި އޭގައި އޮތް އެއްޗެއް ބަލާލިއެވެ.
< އެންމެ ފުރަތަމަ، އަދި އެންމެ ފަހުގެ ލޯބިވެރިޔާގެ ނަން؟..>
ގަނޑުކޮޅުގައި ވި އެތި އިޔާޝް އެންމެންނަށް އަޑު އިވޭ ވަރަށް ކިޔާލިއެވެ.
” ތީގަ ތިބުނާގޮތުން ވަނީ ނަމަ، ދޮންބެ ޖެހޭނީ ދޮންބެގެ ފަސްޓް ލޯބިވެރިޔާގެ ނަމާއި އެންމެ ލާސްޓް ލޯބިވެރިޔާގެ ނަން ބުނަން…” ޒައިހާ ވަގުތުން އެ ގަނޑުކޮޅުގައި ވި އެތި ތަފްސީލް ކޮށްދިނެވެ.
” އެންމެ ފުރަތަމަ ލޯބިވެރިޔާ ދޯ… ސައިނާ… ދެން އެންމެ ފަހުގެ ލޯބިވެރިޔާ އަކީ… ސައިނާ…” އިޔާޝް އާވާރަ ވެފަ އިން މީހަކު ފަދައިން އޭނާގެ އެންމެ ފުރަތަމަ ލޯބިވެރިޔާ އާއި ފަހުގެ ލޯބިވެރިޔާގެ ނަން ބުނެލިއެވެ.
” ދެން ސައިނާ އަކީ ކާކު…؟” މޫނު މަތީގައި ސުވާލު މާކު ޖަހައިގެން އިނދެ ޒިވާ އަހާލިއެވެ.
” ދަ ލަވް އޮފް މައި ލައިފް…” އަދިވެސް އިޔާޝް ހީވަނީ މޮޔަ ވެފަ އިން ހެންނެވެ. ހުވަފެނީ ގޮތަކަށް އެހެން ބުނެލި އިރު އޭނާގެ ސިނކުޑީގައި ވަނީ ކޮން އެއްޗެއް ކަން އިނގޭނީ އެންމެ ފަރާތަކަށެވެ.
” ދަ ލަވް އޮފް ޔުއާރ ލައިފް އަކީ ކާކު ހެއްޔޭ…؟؟ ސަހާދެ ހޭބަލި ވެފަ މީނަ މިހިރީ މިހާރު” އަޔާޝް، އިޔާޝްގެ ބޮލުގެ ފުއްކިބައިގައި ޖަހާލާފައި ކުދި ކިޔައިގަތެވެ.
” އެއީ ޔޫރަޕުގަ އުޅުނު އިރު ދިމާވި ރާއްޖެ ކުއްޖެއް… ވަރަށް ނައިސް… ޝީ އިޒް ދަ ބެސްޓް… ހަމަ ލަވް އެޓް ފަސްޓް ސައިޓް ވީ ވެސް… އެންޑް އައި ޕްރޮޕޯޒްޑް ހާ ކޮލެޖް ޕްރޮމް އޮތް ރޭ…” ވަރަށް ހިނި އައިސްފައި އިނދޭ އިޔާޝް އެހެން ބުނެލި އިރު އެންމެންވެސް ތިބީ އިޔާޝްގެ ވާހަކަ އަޑު އަހާށެވެ. ވާނީ ވެސް އެހެންނެއް ނޫން ހެއްޔެވެ. ކިތަންމެ ގާތް ކޮށް އުޅެވުނު ނަމަވެސް އިޔާޝް އޭނާގެ ލޯބި ވެރިއެއް ނޫނީ ލޯބިވާ މީހަކު ހުރި ވާހަކަ ބުނެ ވެސް ނުލި ވިއްޔާއެވެ.
” ދޮންބެގެ ބިޓެއް ހުރޭ؟؟….” ޒިވާ ތެދުވެގެން ގޮސް އޭނާގެ ސަލާމަތުން އޮތް އަތުން އިޔާޝްގެ ކޮނޑުގައި ހިފާ ތަޅުވަފއިގަންނަމުން އަހާލީ ހަޅޭއްލަވައިގަންނަ ގޮތަކަށެވެ.
” އާނ! ކިހިނެއްވީ؟… ނުބުނެވޭތަ ތިމީހުން ކައިރީގަ؟؟…” އިޔާޝް ޒިވާ އަށް ބަލައިލަމުން މަޑުމައިރިކޮށް އަހާލީ އެތާނގައި ކަމެއް ވީހެންވެސް ހީ ނުވާ ހެންނެވެ.
” ބ***އެއް، އަޅެ އާން އެކޭ…!!! ދޮންބެގެ ބިޓެއް ހުރި ވާހަކަ އެއް މިއޮއްހުރިހާ ދުވަހަކު ނުބުނޭ… ބޮލުގެ ފުއްކިބައިގަ އަދި އެއްފަހަރު ލަޑަން މަށަށް ފެންނަނީ…” އިޔާޝްވެސް އިންތަނުްނ ފުންމައިގެން ތެދުވީ އެމް.ޑީ.ފީ / ޕީ.ޕީ.އެމް މުޒާހަރާއެއްގައި މީހަކު ޒުވާބަކަށް ފުންމައިގެން ތެދުވާހެންނެވެ.
” ހޫން ދެން ރަށަށް ގޮއްސަ ތިވާހަކަ ދައްކާ… މި ގޭމްގެ މެދު ތެރެއަކުންނެއް ނޫން…” މާހީ ހަޅޭއްލަވައިގަންނަ ގޮތަކަށް ބުނެލިއެވެ. އެއާއި އެކު އަނެއްކާވެސް ގޭމު ކުރިއަށް ގެންދެވުނެވެ.
މިޝްކާ އަށް ޑެއާ ޖެހުމުން ދެން ފުޅި އަނބުރައިގެން ލިބޭ މީހަކާ އެއްކޮށް ކަޕްލް ޑާންސް ކުރަން ޒީހަން ބުންޏެވެ. ނަމަވެސް އެއީ ދެން ހުއްޓޭނެ މީހަކީ ވިޝާމް ކަން ނޭނގޭ ހާލުއެވެ. ފުޅި އަނބުރާލުމާއި އެކު ވިޝާމް އަށް ހުއްޓުމުން އެއްވެސް ފަސް ޖެހުމެއް ނެތި ވިޝާމް ތެދުވިއެވެ. އެއްވެސް ވަރަކަށް ޒިވާ އަށް ބަލާލުމެއް ނެތި ވިޝާމް މިޝްކާ އާއި އެއްކޮށް ކަޕްލް ޑާންސް ކުރަން ފެއްޓިއެވެ. މިކަމުން ޒިވާގެ ހިތުގައި އަޅަމުން ދިޔަ ވޭން އެތަށް ހާސް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ދެމީހުން ނަށަމުން ދިޔައިރު ކައިރިވެލާ ކޮންމެ ފަހަރަކު މިޝްކާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމާއި، ވިޝާމްގެ މޫނުމަތިން އެކަމާއި ދެކޮޅަށް އެއްވެސް އަސަރެއް ފެންނަން ނެތުމުން ޒިވާ އަށް ހީވީ އޭނާގެ ހިތުގައި މިހަކު ވަޅި އަޅާ ކޮށަމުން ދިޔައީ ހެންނެވެ.
މިޝްކާ އަށް ޑެއާ ނެގުނު މޮޔަ ހިތަށް އެރި އެވެ. އެކަކުވެސް ޑެއާ ނުނަގާތީ ތަފާތުކޮށްލަން ޑެއާ ނެގުމުން ޖެހުނީ ފުޅި އަނބުރައިގެން ދެން ލިބޭ މިހަކާ އެކީ ނަށާށެވެ. އެ ލިބޭ މީހަކީ ކާކު ކަމެއްވެސް ނޭނގެ އެވެ. ހިތާއި ހިތުން އެއީ ނައިރާ ނޫނީ ވިޝާމް އަށް ވޭތޯ އޭނާ އަށް ހުރީ އިނގިލި ހުރަސްކޮށްގެންނެވެ.
ފުޅި އަނބުރައިގެން އެ ހުއްޓުނީ ވިޝާމް އަށް ކަން އެނގުމުން މިޝްކާ އަށް ފުންމައި ނުގަނެވުނީ ކިރިޔާ އެވެ. އެހެން މީހަކަށް ވެއްޖެ ނަމަ އޭނާ ގެ މުޅި މޫޑު ޚަރާބު ވީސްކަން ޔަގީނެވެ. އެހެންނަމަވެސް ވިޝާމް ލިބުމުން އޭނާ އަށް ނައިރާ އަށްވެސް ބަލައިލެވުނީ ފުޅާ ހިނިތުންވުމަކާއި އެކު ދެލޯ ބޮޑު ކޮށްލައިގެން ހުރެއެވެ.
ދެމީހުން އެކުގައި ނަށާލަން ލިބުމާއި އެކު އޭނާ އަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ. އެހެން ކަމުން މިޝްކާގެ މޫނުމަތިން ފެންނަމުން ދިޔައީ މައުނަވީ ހިނިތުންވުމެކެވެ.
މިޝްކާގެ ޑެއާ ނިންމާފައި ޒައްޔާން ނެގި ޑެއާ ޖެހުނީ އަނބުރާލާށެވެ. ގަނޑުކޮޅުގައި އޮތީ_ <ސިޓް އިން ޔުއާ ބޯއީ ފްރެންޑްސް ލެޕް ފޯރ ދަ ރެސްޓް އޮފް ދަ ގޭމް> އެވެ. އެހެން ކަމުން އެ ޑެއާ އަނބުރާ ލާފައި އަޔާނީ ޒައްޔާންގެ އުނގުގައި އިށީންނަ ގޮތަށް ހެދިއެވެ.
އެރެއަށް އެމީހުން ކުޅިވަރުތަށް ނިންމާލީ ދަންވަރުން އަނބުރާ އެކެއްވެސް ޖެހި ފަހުންނެވެ. އެހެން ނަމަވެސް މާފޮޅުވަން ބޭނުންވެފައި ތިބިލެއް ބޮޑުކަމުން، ޒީހާން މާހީ ގޮވައިގެން ބެލްކަނި އަށް ދިޔައެވެ. އަދި އެކަކުވެސް ބަލަން ނެތް ގަޑި އަކަށް ބަލާފައި ޒައްޔާން އާއި އަޔާނީ ގެއިން ބޭރަށް ފާލަން މައްޗަށް ދިޔައެވެ. އެ ދެ ޖޯޑަށް ދިމާކުރަމުން ދެން ތިބި އެންމެން ތިބީ އަޔާޝް އާއި އީވާ އެތަނުން ދާނެ އިރަކަށް ބަލަ ބަލަ އެވެ.
އެންމެން ބަލަން ފެށުމުން އަޔާޝް އޭނާ އީވާ އާއި ދައްކަން ބޭނުންވެފައި އޮތް ވާހަކައިގެ ބޮޑު ކަމުންނާއި އެކު އޭނާ ވަގުތުން އީވާގެ އަތުގައި ހިފައިގެން ގޭގެ ބިއްދޮށްފަޅިއަށް ހިނގައިގަތެވެ. އެދެމީހުން ހިނގައިގަތުމާއި އެކު ދެންތިބި އެންމެން އެ ދެމީހުންނާއި ދިމާކުރަން ފެށިއެވެ.
” އިވް.. ކީއްވެ އިވް އަހަރެން ކައިރި ނުބުނީ ޝާމިންގެ ވާހަކަ؟” އިވާ ގޮވައިގެން ގޭގެ ބިއްދޮށް ފަޅިއަށް ގޮއްސައި އަޔާޝް ތިރީގައި އިށީންދެފައި އީވާ އޭނާގެ ކައިރީ ބައިންދަމުން އަހާލީ ވަރަށްވެސް ލޯބިންނެވެ.
” އެއީ… އިވް އަށް އިނގޭ ޔާޝް ވަރަށް ރުޅި އަންނާނެ ކަން އެވާހަކަ އިނގުނިއްޔާ، އެންޑް އައި ޑިޑްންޓް ވޯންޓް ދޮންބެއަށް އެވާހަކަ އިނގެން…!” އިސް ޖަހާލަމުން އިވާ ބުނެލީ ދެއަތް ދެއަތާ މޮޑެމުންނެވެ. ދެކެވެމުން ދިޔަ ވާހަކައިން އޭނާ ނުތަނަވަސް ވާން ފެއްޓިއެވެ.
” އެ ކީއްވެ އިވް އަށް ޔާޝް ކައިރި ނުބުނެވެން ވީ… ޑަމީ އައި ވިލް ނޮޓް ގެޓް މޭޑް އެޓް ޔޫ… އައި ލަވް ޔޫ މޯރ ދެން އެނީތިން އިން ދިސް ވޯލްޑް ޑާރލިން… ” އަޔާޝް އީވާގެ ދަތްދޮޅީގައި ހިފާ އިސް އުފުއްލުވާލަމުން ސީދާ އީވާގެ ދެލޮލަށް ބަލާ ލާފައި ބުނެލިއެވެ. އިވުނު ބަސްތަކުން އިވާގެ ހިތް އުފަލުން ނަށައިގަތެވެ. އެހެން ނަމަވެސް އޭނާގެ ހިތުގެ އެއް ކަނަކުން ކުއްވެރިކަން އިހުސާސު ކުރެވެމުން ދިޔައެވެ.
” އޭނަ މަގޭ ޑާލިން ބިރުދައްކަން ބުނީ ކީކޭ؟؟… އޭނަ އެއްވެސް ކަމެއް ޑާލިން އަށް ކުރިތަ؟؟..” އަޔާޝް އިވާގެ ދެ އަތުގައ ހިފާ އޭނާގެ އަތް ތެރެއަށް ލަމުން މަޑު މައިތިރި ކަމާއި އެކު ސުވާލު ކޮށްލިއެވެ. އެހެންނަމަވެސް އީވާ އަށް އެ އަޑުގައި ވީ ކަންބޮޑުވުން ނަގައި ގަނެވުނެވެ. އެހެންކަމުން އިވާ ކޮންމެ ގޮތެއްވެސް ވަރިހަމަ ކަމަށް ބަލާ ތެދު ހާމަ ކުރަން ނިންމި އެވެ. އެހެންނަމަވެސް އޭގެން ނުކުންނާނެ ނަތީޖާގެ ހިތިކަން އެނގޭ ނަމަ އިވާ އެހެން ކަންތަށް ނުކުރާނެ އެވެ.
އީވާ އާއި އަޔާޝްގެ ހަޔާތަށް ދެން އަންނާނީ ކޮންކަހަލަ ތޫފާނެއް ހެއްޔެވެ.؟ އެދެމީހުންގެ ގުޅުން ނިމިގެން ދާނީ ހެއްޔެވެ.؟ އަޔާޝް އީވާގެ ފަރާތުން އިވިގެންދާ ހަގީގަތުން އީވާ ދޫކޮށްލާނީ ހެއްޔެވެ.؟ ނޫނީ އެ ހަގީގަތް އިނގުމަށް ފަހުވެސް ދެމީހުން އެކުގައި އުޅޭނީ ހެއްޔެވެ.؟ އެ ދެމީހުންގެ ގުޅުމަށް އެޅޭނީ ކޮން ބައެއްގެ ކަޅު ހިޔަންޏެއް ހެއްޔެވެ.؟ ޝާމިން އާއި އީވާ، ނައިރާ އާއި އަޔާޝް އަށް ދެން ވާނީ ކިހިނެއް ހެއްޔެވެ.؟
~ނުނިމޭ~
އުންމީދު ކުރަނީ މިބައި ވެސް ހުރިހާ ކިޔުން ތެރިންނަށް ކަމު ދިޔުން
ލިޔުންތެރިޔާގެ ނޯޓް
އަލުގަނޑު ގެ ފުރަތަމަ ޓާމް އެސެސްމެންޓް 1 މި އަންނަ ހަފްތާ ގައި ފެށެމުންދާތީ 28 ވަނަ ބައި އަޕް ކުރުން ލަންވެގެން ދާން ކަމަށް ކިޔުންތެރިންގެ މައުލޫމާތައްޓަކައި ދަންނަވާލަން…
އިންޝާﷲ ދެން އޮްންނަ ބަޔާއި އެކު ތިޔަ ކިޔުންތެރިންނާއި އެކު ބައްދަލްކޮށްލާނަން 22 ވަނަ ދުވަހު ނޫނީ 23 ވަނަ ދުވަހު
އިންތިޒާރު ކޮށްލައްވާ……….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Baaaaabyyyyyyyyyyyyy 🖤🖤🖤..
Haadha reehchey ingey mi prt vsss🖤🖤🖤..
Brooo Alheyyyyyyyyyyyyy enmenge life ah effaharaa thoofaan annany dhwwwww.. Dhennnnnnnnn😭😭😭..
Insha Allah everything will be fine..
Waiting Curiously for the next episode🖤🖤🖤..
Good luck with studies and everything darlsss 🖤🖤🖤..
Lysssssmmm 🖤🖤🖤🖤🖤
in reply to @nayaa
manmeeeeeeeeeee. dhooni bunan ulhuny manmi baiveri van tha mi malim moosa manikge handhaanugaa baahvva gaumee vaahaka liyumuge mubaaraathuga dhooni eyga baiveri vegen hovihjje and i have t go male ah 24 hisaabuga to compete officially….
yayyyyy
lol aaaannnn thoofaanannaanee dhen enmennah ehkohhneh nun hehehehehe
dhen hingaa balamaa test ah vaane gotheh neyge… depends on how the teacher teaches me lol
eyy dhanoo eba jehey adhi school ha dhaan
sorry…. Malim Moosa Maafaiykilegefaanu*