Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ފަހު ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 30, 2015 5 Mins Read
44 Comments

ސާނިޔާގެ ބަޔާން ކިޔައި ނިންމާލުމަށް ފަހު ނާއިފަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުސްކުޅިން ބުނެ އުޅެނީ ތެދުވާހަކައެކެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. ސާނިޔާގެ މޫނުމަތީގައިވާ މައުސޫމުކަމުގެ ނިވަލުގައި ފެންނަމުން މި ދިޔައީ އަބުރުވެރިކަމެއް ނެތް ދަށުދަރައިޖެއް އަޚްލާޤީ ސިފަތަކަކުން މަސްހުނިވެފައިވާ ޒުވާނެކެވެ. މިހާރު ނާއިފަށް ސާނިޔާ އަކީ ރީތި ކުއްޖެއް ނޫނެވެ. އުލޫކާ ސުލޫކު ރަނގަޅު ނޫން މީހަކު ބަލާބެލުމަށް ކިތަންމެ ދޮންވެފައި ރީތި ކަމުގައި ވީނަމަވެސް އެ މަލަކުން މީރުވަހެއް ނުދުވާނެއެވެ.

ނާއިފް ފުންނޭވާއެއް ލުމަށް ފަހު މުއާޒުގެ މަރުގެ މައްސަލަ ބަލަމުންދާ ފައިލް ހުޅުވާލިއެވެ. ބަޔާނުގެ ގަނޑުތައް ޕަންޗު ކޮށްލުމަށް ފަހު ފައިލުކުރުމަށް އަވަސްވެގަތެވެ. މުއާޒުގެ މަރުގެ މައްސަލަ ބަލާ ނިމުނުއިރު ޝިޔާނާއަކީ ކުށްވެރިއެއް ނޫންކަން ސާބިތުވާ ކިތަންމެ ހެއްކެއް އެބަހުއްޓެވެ. އެހެންކަމުން ފަޔާޒުގެ އެދުމަށް ނާއިފް އަވަސްވެގަތީ ނިއުސް ކޮންފަރެންސް ބޭއްވުމަށް ކުރަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގައެވެ.

ތިން މަސް ފަސް

އެކި ކަހަލަ ފިޒިއޯ ތެރަޕީތައް ހެދުމަށްފަހު ޝިޔާނާގެ ހާލަތު އައީ ރަނގަޅު ވަމުންނެވެ. ލަންކާގެ އާސްރީ ހޮސްޕިޓަލުން ޝިޔާނާ ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށުން މާލެއަށް ގެނެވުނެވެ.

އެއާރޕޯޓަށް ޝިޔާނާގެ މަންމައާއި ބައްޕަ ޝިޔާނާ ބަލާ އައިސް ތިއްބެވެ. ޑިޕާރޗަރ ޓާރމިނަލުން އައިންތު އާއިއެކު ނުކުތް ޝިޔާނާއަށް އޭނާގެ މަންމައާއި ބައްޕަ ފެނުމުން ލިބުނީ ހައިރާންކަމެކެވެ. އިސްދަށަށް ޖަހައިގެން ހުރެ އެނާ އައީ ކުށްވެރިއެއް ފަދައިންނެވެ. ވާހީދާއާ އަރާ ހަމަވުމުން އޭނާގެ ލޯބިވާ ދަރިފުޅުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

ވަހީދާއި ފުއާދާ އެކީ ޝިޔާނާ ހިނގައިގަތީ ހުޅުމާލެއަށް ދާން އޮންނަ ބަހަށް އެރުމަށެވެ. ޝިޔާނާއަށް ބޭއިޚްތިޔާރުގައި ސާނިޔާ ކޮބައިތޯ އަހާލެވުނީ ސާނިޔާ ފެންނަން ނެތުމުންނެވެ. ފުއާދުމެން ޝިޔާނާ ކުރި ސުވާލަށް ޖަވާބެއް ނުދީ ބަހަށް އެރުމަށްފަހު ފަޔާޒު އެދުނު ގޮތަށް ޝިޔާނާގެ އަތަށް ފައިލެއް ދިއްކޮށްލިއެވެ.

އޭގައިވަނީ ސާނިޔާއާއި ވަހީދާގެ ބަޔާނެވެ. ބަސްތެރޭ ހުރި ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލުމަށްފަހު އެ ފައިލްގައިވާ ގަނޑުތައް ކިޔަމުން ދިޔަ ޝިޔާނާއަށް އައީ ބުނެދޭން ނޭނގޭ ކަހަލަ އަސަރުތަކެއް ކުރަމުންނެވެ. އެ ބަޔާންތައް ކިޔާ ނިމުނު އިރު ޝިޔާނާއަށް ރޮވިއްޖެއެވެ. އޭނާގެ ކޮއްކޮއާއި ފިރިމީހާ ވީ ބޭވަފާތެރިކަން ހިތަށް އަރާފައި އެމީހުންނަށް ނަފްރަތު ކުރެވުނެވެ.

ފައިލުގައި ދެން ހުރި ގަނޑުތައް ކިޔާލިއެވެ. އޭގައި އޮތީ މި ފަސް މީހުންނަށް ދެވިފައިވާ އަދަބުތަކުގެ ތަފްސީލު ލިޔެފައިވާ ނޫސް ކަރުދާހެކެވެ.

“ޝިޔާނާއަކީ މިނިވަނެއް” މިހެން ޖަހާފައިވާ ސުރުޚީ ކިޔާލުމަށްފަހު އެ ނޫހުގެ ދެން ހުރި ބައިތައް ޝިޔާނާ ކިޔާލިއެވެ. އޭނާގެ އަމިއްލަ ބޮލުގައި އެޅުނު ތުހުމަތުން ނަޖާވެ މިންޖުވެވުނީއެވެ.

*** *** *** *** *** ***

ބަދުއަޚްލާޤީ އަމަލު ހިންގަން ތިއްބާ، މަސްތުވާ ތަކެއްޗާއެކީ ހައްޔަރު ކުރި 5 ޒުވާނުންނަށް ކޯޓުން ހުކުމް އިއްވައިފިއެވެ.

އަބްދުއްﷲ މަތީނު (33 އަހަރު، ހުޅުމާލެ ފްލެޓް 02-2-93، ކ.މާލެ) އާއި ޝާހިދު ހުސެއިން (25 އަހަރު، މ.ރަތްބަގީޗާގެ، ކ.މާލެ) ވަނީ ބަދުއަޚްލާގީ އަމަލު ހިންގިކަމަށް 5 އަހަރުގެ ހުކުމެއް އިއްވާ، މަސްތުވާ ތަކެތި ވިއްކުމުގެ މައްސަލައިގައި 25 އަހަރަށް ހުކުމްކޮށް، ޖުމްލަ 30 އަހަރަށް ހުކުމް ކޮށްފައެވެ.

އަލީ ޒައީމް / ޒިމޯ (23 އަހަރު، ހުދުތަރި، ކ.ކާށިދޫ) އާއި މަރިޔަމް ނީޝް (22 އަހަރު، ހ.ދިލްކުސާގެ، ކ.މާލެ) ވަނީ ބަދުއަޚްލާގީ އަމަލު ހިންގިކަމަށް 5 އަހަރުގެ ހުކުމެއް އިއްވާފައެވެ.

ފާތިމަތު ސާނިޔާ ފުއާދު (19 އަހަރު، އަލިވާގެ، ށ. ކޮމަންޑޫ) ވަނީ ބަދުއަޚްލާގީ އަމަލު ހިންގިކަމަށް 5 އަހަރުގެ ހުކުމެއް އިއްވާ، މަސްތުވާ ތަކެތި ވިއްކުމުގެ މައްސަލައިގައި 25 އަހަރަށް ހުކުމްކޮށް، އަދި އަހްމަދު މުއާޒް މަރާލިކަމަށް 25 އަހަރުގެ ހުކުމެއް ކޮށް، ޖުމްލަ 55 އަހަރަށް ހުކުމް ކޮށްފައެވެ.

*** *** *** *** *** ***

މަންމައާއި ބައްޕަ ބަހުން ފޭބުމުން ޝިޔާނާ އެ ފައިލް ލައްޕާލުމަށްފަހު އެމީހުންގެ ފަހަތުން ބަހުން ފޭބިއެވެ.

“މަންމާ ކޮންތާކަށް މިދަނީ؟…. މަތީނުގެ ގެއަށް ދާކަށް ބޭނުމެއް ނޫން….”

ޝިޔާނާ އެހެން ބުނިއިރު އެ ބަސް ސްޓޮޕް ކައިރިއަށް އައިސް މަޑުކޮށްލި ކާރުގެ ފަހަތު ސީޓަށް ފުއާދުމެން ދެމަފިރިން އެރިއެވެ. ޝިޔާނާ ވާނުވާ ނޭނގި ހުރެކާރުގެ ކުރީ ދޮރުފަތް ހުޅުވާލުމަށްފަހު އެ ސީޓުގައި އިށީނެވެ. ފުލުހުންގެ ތެރެއިން ޝިޔާނާއި ހަވާލުވެގެން ހުރި އޮފިސަރ އައިންތު ދަނީޔޭ ބުނެ އެހިސާބަށް އައި ސައިކަލެއްގެ ފަހަތަށް އަރާ ދުއްވާލިއެވެ.

ކާރު ސްޓާރޓް ކޮށްލުމުން އެކާރު ދުއްވަން ހުރި ޒުވާނާއަށް ބަލާލެވުނީ ޝިޔާނާއަށް ދަންނަ މޫނަކާއި ވައްތަރު ވީމައެވެ. އެކާރު އޭގެ މަންޒިލާ ހަމައަށް އާދެވުނު އިރުވެސް ޝިޔާނާ އިނީ ބަހެއްވެސް ބުނަން ނުކެރިފައެވެ. ކާރުން ފުއާދާއި ވަހީދާ ފައިބައިގެން ކުރިމަތީ ހުރި ބޮޑު އިމާރާތުގެ ތެރެއަށް ވަނުމުން ޝިޔާނާވެސް އޭނާގެ މަންމަމެންނާ އެކީ ދިޔުމަށް ކާރުން ފޭބުމަށް އަވަސްވެގަތެވެ.

ޝިޔާނާ ކާރުން ފޭބުމުން ނާއިފް އަވަސްވެގަތީ ކާރު ޕާކުކުރާނެ ތަނެއް ހޯދުމަށެވެ.

ޝިޔާނާ ދެވަނަ ބުރިއަށް ސިޑިން އެރި އިރު އިވެމުންދިޔައީ އޭނާގެ ކަންފަތަށް އެ އަޑެއް އިވެން އެންމެ ބޭނުންވާ އެއް އަޑެވެ. ދޮރާއި ހަމައަށް ދެވުނު އިރު ޝިޔާނާގެ ހިތް ތެޅި ފޮޅެނީއެވެ. ލައްކަ ދުވަހު ދުރުގައި ހުރެވިއްޖެއެވެ.

ގިޓައެއް ހިފައިގެން ލަވަކިޔަން ސޯފާގައި އިށީނދެގެން އިން ކުޑަ ޒާނާއިި ދިމާލަށް ދުއްވައިގަތެވެ. ޒާން އިނީ ފަޔާޒުގެ ގިޓާ ހިފައިގެން ލަވައެއް ކިޔާލަ ކިޔާލައެވެ. ޒާން ޝިޔާނާ ފެނުމުން ޝިޔާނާ ގައިގައި ބައްދާލިއެވެ. އަދި ދުރަށް ޖެހިލުމަށް ފަހު މޫނަށް ގޮތެއް ހަދާލާފަ ވާހަކަ ދައްކަން ފެއްޓިއެވެ.

“ބޭބެ ބުނި މަންމަ ދިޔައީ ޕޮޕް ސްޓަރ އަކަށް ވާށޯ…. މަންމަގެ ބޯވެސް ކޮށާލީތަ… ޒާންއަށް ރީތީ ކުރިން ހުރިގޮތް…” ބާލާފައިވާ އިސްތަށިގަނޑު ފަޅަމުން އަންނާތީ ޝިޔާނާގެ މިހާރު އޮތީ ކަންފަތު ބުޑާ ހަމައަށް އަންނަ ކުރު އިސްތަށި ގަނޑެކެވެ. ޝިޔާނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ޒާންއާ ބައިވެރިވެލާފާ ވާހަކަ ދެއްކިއެވެ. “ސެލީނާ ގޯމޭޒްހެން މަންމަވެސް ބޯ ކޮށާލީޔޭ… އަދި ދިގުވާނޭ…..”

އެވަގުތު ރިފްދާ އައިސް ޒާން ގާތުގައި އިށީނުމަށްފަހު ޤުރުއާން ކުލާހަށް ދާން ދަބަސް އަޅުވާ އެ އެޕާރޓްމަންޓުން ދާން ހިނގައިގަތެވެ. ދޮރުން ނުކުންނަމުން ޒާން އޭނާގެ މަންމައަށް ސާލާމްކޮށްލިއެވެ. “ބާއި މަންމީ… ޒާން އަންނަން ދެން މަޑުކުރާތި… ދެން މަންމަ ނުދައްޗޭ… ބާއި”

ހިނިތުން ވެހުރެ ޒާނަށް ޓާޓާ ކިޔައި އަތުން ހަނާއަޅާލިއެވެ. އެމީހުން ނުކުތުމުން ޝިޔާނާއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދަނޑިވަޅުގައި ވާހަކަ ދެއްކީ ވަހީދާއެވެ. “މަތީނަށް ހުކުމް ކުރުމުން އަހަރެން ހަލީމަށް ގުޅައިގެން ޒާން އަހަރެން ކައިރިޔަށް ގެނައިން….. ދާންވީ ތަނެއް ނޭނގިގެން ރަށަށް ދާން އުޅެނިކޮށް ފަޔާޒުގެ އެދުމަށް މިގެއަށް މިއައީ….”

ޝިޔާނާ ސޯފާއިން ތެދުވެ ކައިރީހުރި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ފަޔާޒު އެކޮޓަރި ތެރޭގައި ލެޕްޓޮޕްއިން ދިޔައީ މަސައްކަތެއް ކުރަމުންނެވެ. ޝިޔާނާ ކޮޓަރިއަށް ވަނުމުން ފަޔާޒު އޭނާ ގާތު ކައިރިއަށް އައިސް އިށީނުމަށް އެދުނެވެ. ޝިޔާނާ އިށީނދެ އިނދެ ވާހަކަ ދައްކަން ފެއްޓިއެވެ. “ފަޔާ…. ތެންކިއު ފޯރ އެވްރީތިންގް….”

މިހިސާބަށް ޝިޔާނާއަށް ބުނެވުނު އިރު އެނދުގެ ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައިވާ ފޮޓޯ ފްރޭމް ފެނުނެވެ. އެ ފޮޓޯގައިވަނީ ފަޔާޒާއި ނާއިފާއި ދެމީހުންގެ މެދުގައި ރިފްދާއެވެ.

ފަޔާޒް ހިނިތުންވުމަށް ފަހު “ހެއި… އިޓްސް އޯކޭ…” ބުނެ އަނެއްކާވެސް ލެޕްޓޮޕްއިން މަސައްކަތް ކުރަން ފެށިއެވެ. ޝިޔާނާއަށް ފަޔާޒާއި ދައްކަންވީ ކޮން ވާހަކައެއް ކަން ނޭނގި ހަނުހުރެވުނީއެވެ. އިރުކޮޅެއް ފަހުން ފަޔާޒް މަސައްކަތް އެކީ ނިންމާލުމަށް ފަހު އެ ކުރި މަސައްކަތް ޕެންޑްރައިވަކަށް އެޅުމަށްފަހު ލެޕްޓޮޕް ލައްޕާލިއެވެ.

ޝިޔާނާ އެނދުން ތެދުވެ ހިނގައިގަތީ ކޮޓަރިން ބޭރަށް މަންމަމެން ކައިރިއަށް ދިޔުމަށެވެ. ނަމަވެސް ފަޔާޒް ޝިޔާނާގެ އަތުގައި ހިފުމުން ޝިޔާނާ ކުރިއަށް އެޅި ފިޔަވަޅު ހުއްޓާލިއެވެ. ފަޔާޒްއައިސް ޝިޔާނާގެ ނޭވާ އިހުސާސްވާހާ ކައިރީގައި ހުއްޓުނެވެ. ޝިޔާނާގެ ހިތް ބާރަށް ތެޅިގަތެވެ. ކަންތައް މިވަނީ ކިހިނެއް ކަމެއް އޭނާއަކަށް ދޭހައެއް ނުވިއެވެ. ފަޔާޒް ލޯބިން ޝިޔާނާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ.

“މީ އަހަރެން މި ސުވާލު ޝިޔާއާ ކުރާނެ ފަހު ފަހަރު…. އަހަރެން ބޭނުން ޒާންގެ ބައްޕައެއްގެ މަޤާމު ދީގެން އެސޮރަށް ރަގަޅު ތަރުބިއްޔަތެއް ދޭން…. އަހަރެން ބޭނުން ޝިޔާއަކީ އަހަރެންގެ މީހަކަށް ހަދަން… އޭރުވެސް މިހާރުވެސް އަބަދުވެސް މި ފަޔާ ލޯބިވަނީ ޝިޔާ ދެކެ…. އަހަރެންނާ އިންނާނަންތަ؟” ފަޔާޒްގެ ޖުމްލަތަކުން ޝިޔާނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރު ދައުރުވާން ފެށިއެވެ. ނަމަވެސް ދޭންވީ ޖަވާބަކާ ދޭރެތޭ ވިސްނަން ޝިޔާނާއަށް ހިނދުކޮޅަކަށް މަޑުކޮށްލެވުނެވެ.

“ދެން އާއެކޭ ބުނެބަލަ……” ކޮޓަރީގެ ދޮރު ކައިރިން އިވުނު އަޑަށް ފަސް އެނބުރި ބަލާލި އިރު ދޮރުމަތީގައި މިތިބީ ނާއިފާއި ރިފްދާއެވެ. ޝިޔާނާ ލަދުން އިސްޖަހާލިއެވެ. އެވަގުތު ފަޔާޒް ޝިޔާނާ އޭނާގެ ހަށިގަނޑާ ގާތްކޮށްލިއެވެ. ޝިޔާނާ ގަތްލަދުން ފަޔާޒުގެ މޭގައި މޫނު ޖައްސާލުމަށް ފަހު އާއެކެ ބުނެލިއެވެ.

“ކީކޭ… އަޑެއް ނީވެ…..” ނާއިފް ބާރަށް ބުންޏެވެ. ޝިޔާނާ އާއެކޭ ބާރަށް ބުނެ ފަޔާޒުގެ ހަށިގަނޑުގައި ބައްދާލިއެވެ. ވީ އުފަލުން ފަޔާޒް ނާއިފާ ދިމާލަށް އަތުގައިވާ ޕެން ޑްރައިވް އެއްލާލިއެވެ. ނާއިފް ހުށިޔާރުކަމާއި އެކީ އެ ޕެންޑްރައިވްގައި ހިފުމުން ފަޔާޒް ބުނެލިއެވެ.

“ތިއޮތީ ކާޑް ނިންމާފަ…. އަވަސް ކުރޭ…” ރިފްދާއާއި ނާއިފް އެ އެޕާރޓްމަންޓުން ނުކުތުމުން ޝިޔާނާ އެއީ ކޮން އެއްޗެއްތޯ ސުވާލުކޮށްލިއެވެ. ފަޔާޒު އެނދުގައިވާ އޭނާގެ ލެޕްޓޮޕް ހުޅުވާލުމަށްފަހު ޑިޒައިންކޮށްފައިވާ ކައިވެނީގެ ކާޑް ދައްކާލިއެވެ.

މާލޭގެ ނަންމަޝްހޫރު ހޮޓަލެއް ކަމަށްވާ ނަސަންދުރާ ޕެލަސް ހޮޓެލްސް ގައި ކުލަގަދަ އުފާވެރި ހަފްލާއެއް ކުރިއަށްދަނީއެވެ. މި ހަފްލާއަށް ރަމްޝާއާއި ޒަހާއާއި އަންމަޑޭ އައީ މި ޕާޓީއަށް ހާއްސަކޮށްފައިވާ ކުލަތަކުން ހެދުން އަޅައިގެންނެވެ. ރަތާއި ކަޅުކުލައެވެ.

ދޮރުން އެތެރެއަށް ވަދެގެންދިޔަ އިރު ރިފްދާ ހުރީ ރަތްކުލައިގެ ކުރު ވެޑިންގް ޑްރެސްއެއް ލައިގެންނެވެ. ކައިރީގައި ހުރީ ނާއިފްއެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު ނާއިފް ވަރަށް ސްމާޓެވެ. ދެން ކައިރީގައި ޕާރުސަލްތަކާއި ހަވާލުވާން ހުރީ ކުޑަ ކުޑަ ޒާންއެވެ. ޒާންގެ އަތަށް ޕާރުސަލް ދިނުމަށް ފަހު އެތެރެއަށް ޖެހިލިއިރު ދެން މިތިބީވެސް އެހާމެ ފުރިހަމަ ޖޯޑެކެވެ. ރަތްކުލައިގެ ދިގުވެޑިންގް ޑެރެސްއެއްގައި ޝިޔާނާ ހުރި އިރު އޭނާގެ ކުރު އިސްތަށިގަނޑު ވަނީ ހާވާލާފައެވެ. ބޮލުގެ އެއްފަރާތަށް ރަތްކުލައިގެ ފިނިފެންމަލެއް ޖަހާފައި އިނެވެ. ޝިޔާނާއާއި ދާދި ގާތުގައި ކޯޓުފަޓްލޫނުގާ މިހިރީ ފަޔާޒެވެ.

ޕާޓިއަށް މެހެމާނުންތައް އައިސް ނިމުމުން މި ހަތަރު މީހުންނަށް ހާއްސަ ކުރެވިފައިވާ މޭޒުދޮށަށް ގޮސް އިށީނެވެ. މިހަތަރު މީހުންނަށް ހާއްސަކޮށް އެރެއަށް ހަދާފައިވާ ކެއުމަށް އިންސާފުކުރަން ތިއްބެވެ. ވަހީދާ ފުއާދާއި އެކީ ޝިޔާނާ ގާތަށް އައިސް ޒާން ގޮވައިގެން ދަނީއޭ ބުނެ އެމީހުން ހުޅުމާލެއަށް ދިޔުމަށް ހިނގައިގަތެވެ. އޭރު ޒާން އޮތީ ފުއާދުގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދާ ފައެވެ.

ފަޔާޒާއި ނާއިފުގެ އެކުވެރިކަމުގައި ޅަ ދުވަސްވަރު އެމީހުން އަބަދުވެސް ބޭނުންވެފައި ވަނީ އެކީގައި ކައިވެނިކޮށް ބޮޑު ޕާޓިއެއް ބާއްވާށެވެ. ކައި ނިމުމަށް ފަހު ފާޔާޒްގެ ބައްޕައާއި މަންމަ ހަނީމޫން ހަމަޖައްސާފައިވާ ރިސޯޓަށް ދިޔުމަށް އެ ހަތަރު މީހުން އެކީގައި ނަސަންދުރާ ކުރިމައްޗަށް އޮތް ތޮށިގަނޑަށް ކައިރި ކޮށްލި ލޯންޗަށް އެރުމަށް ދިޔައެވެ.

ލޯންޗަށް އެންމެންއަރާ ހަމަޖެހުމުން އޭގެމިސްރާބު ރިސޯޓާ ދިމާލަށް ހަލުވި ސްޕީޑެއްގައި ދުއްވާލިއެވެ. އެ ދަތުރު އެމީހުން އެކީގައި އެކުރަމުން ދިޔައީ އުފާވެރި ބާއްޖަވެރި މުސްތަޤްބަލެއްގެ ބޭނުމުގައެވެ. ހިތާމައާއި ހިތްދަތިކަމުގެ ދުވަސްތައް ހަނދާނުން ފޮހެލާ އަލުން އާ ފެށުމަކުން ބިސްމި ކިޔައި އައު ދިރިއުޅުމަކުން ދިރިއުޅުމުގެ އުފާ ހާސިލް ކުރުމަށެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ޝެރިން

Next

ދީވާނާ ލޯބިން ވެއްޖޭ. . [28]

Next
September 30, 2015

ދީވާނާ ލޯބިން ވެއްޖޭ. . [28]

Previews
September 29, 2015

ޝެރިން

44 Comments!

  1. maash says:
    September 30, 2015 at 3:01 am

    Masha allah! V reethi vaahakaeh??

    1. Shax Lyn says:
      September 30, 2015 at 3:08 am

      Thanks Maash 🙂

  2. Gul says:
    September 30, 2015 at 4:40 am

    This story was very unique and interesting.
    Loved every bit of it!
    Great work <3 Waiting for a new story =D

    1. Shax Lyn says:
      October 5, 2015 at 3:32 pm

      thanks <3

  3. zee says:
    September 30, 2015 at 5:02 am

    Vvvv reethi v thfaathu vaahakaeh.

  4. marry says:
    September 30, 2015 at 8:11 am

    Feshigen nimendhen ves eh hama eh ga hifeheti story eh mee
    Waiting for ur new story
    Really love this story

  5. marry says:
    September 30, 2015 at 8:11 am

    Feshigen nimendhen ves eh hama eh ga hifeheti story eh mee
    Waiting for ur new story
    Really love this story

  6. rysh says:
    September 30, 2015 at 8:47 am

    V vvv nice story…love it

  7. fareeeaaa says:
    September 30, 2015 at 8:50 am

    Nice story

  8. sharu2 says:
    September 30, 2015 at 9:14 am

    Vvv nice story…waiting 4new story

  9. Ryn says:
    September 30, 2015 at 9:27 am

    wow shax. its awsm.. lst prt ah mi cmmnt khly hehe bt i do read it. its awwwssssmmmm.. habeys.. luv this stry.. n vrh salhi ninmaali goii.. 🙂 🙂 🙂 😉 dhn ehn stry eh dhw?? i will wait fr ehn stry eh.. 🙂 🙂 so excited.. 🙂 god bless u n gud luck 🙂 🙂 i will always always always b ur fan 🙂 🙂 😀 luv ya… n again thnks fr uploading such an awsmm stry fr us to read.. 🙂 🙂

    1. Shax Lyn says:
      October 5, 2015 at 3:33 pm

      Thanks RYN… 🙂

  10. nash says:
    September 30, 2015 at 9:44 am

    very very nice… waitting for the next story

  11. Raff says:
    September 30, 2015 at 9:49 am

    v nice mi story nimunu iru

  12. farey says:
    September 30, 2015 at 9:54 am

    Lynn vvv Molhu. ..mikahala ehen story akah a inthizaaru kuraanan

  13. ken? says:
    September 30, 2015 at 10:08 am

    ❤????

  14. shash says:
    September 30, 2015 at 12:31 pm

    Varah reethi story

  15. Saana says:
    September 30, 2015 at 1:27 pm

    Wow v salhi hama true story a e tha

  16. bubbly says:
    September 30, 2015 at 2:53 pm

    Best story eva

  17. Niloo says:
    September 30, 2015 at 3:10 pm

    Varah reethi me vaahakah.

  18. najah says:
    September 30, 2015 at 3:16 pm

    varah furihama reythi vaahaka ah :* 🙂

  19. najah says:
    September 30, 2015 at 3:16 pm

    varah furihama reythi vaahaka ah :* 🙂

  20. ib says:
    September 30, 2015 at 3:49 pm

    varah habeys koh mi nimuny, adhi ehaame iburaitherikoh.
    adhi gaanoonul ugoobaathuge ves dhethin sofuhaa eh keejje.
    .

    1. Shax Lyn says:
      October 5, 2015 at 3:36 pm

      ib Gaanoonul Ugoobaathu… LOL hehehe thanks

  21. shif says:
    September 30, 2015 at 4:26 pm

    Woow!!hama bunaane eche neyngifa mihuree…the story was awsum..varah kiyaa hithun kiyaalevun mi vaahaka.. waittin for ur next story..good luck beibx

  22. niloo says:
    September 30, 2015 at 4:56 pm

    Aslu hama varah salhi…. waiting for the next story shaazu…

  23. Aroo says:
    September 30, 2015 at 5:08 pm

    Believe me! you have got another fan added to your list! Awesome story!!! will wait for you next story! comment eh nukoh madukohllee vaahaka nimendhen! bas maguves, description ves everything varah reethi! thee hama aslu liuntherieh!! *thumbs up*

    1. Shax Lyn says:
      October 5, 2015 at 3:34 pm

      🙂 :* thanks Aroo…. my new FAN

  24. Shau says:
    September 30, 2015 at 7:39 pm

    OMG! This story was one of the best story that I have read… It was unique style , awesome, really interesting, also very very touching story… 😉 I jxt love this story… Seriously ur creative writer Shax.. God bless u nd give success in ur writing carrier…. Hope to read another unique story from u soon.. 🙂 <3

  25. neha says:
    September 30, 2015 at 8:08 pm

    Awesome! Will wait ur next story

  26. Aby says:
    September 30, 2015 at 11:38 pm

    Impressed… kiyaaleema ingey v dhiraasa thah kurumaky fahu liyefa vaa vahakaeh kan. Mi zamaanaa v gulhey vahakaeh… shaz thee hama best.. love u n ur story..waitin impatiently for the next :* :* :*

  27. Lathiiif says:
    October 1, 2015 at 1:26 am

    Varah reethi mulhi story ekkohvx n varahhh thafaathu…

    1. Shax Lyn says:
      October 5, 2015 at 3:35 pm

      shukuriyyaa… 🙂

  28. dhatha says:
    October 1, 2015 at 7:37 am

    Shaaz gae hunaruvari kama asaribahahunn saabaes dhen adhi umeedhu kuraen mi dhaairaa in ithurt hushahalhun thake fangen dhaanae kamae

  29. faraa says:
    October 1, 2015 at 11:19 am

    wow.. this story was one of the awesome story i have read so far.. really it was amazing and different from other stories.. evves foohi kameh nethi story kiyaa nimmaaly mi.. 🙂 eagerly waiting for a story of yours.. wish you all the best shaaz 🙂 🙂 😀

  30. gurey says:
    October 1, 2015 at 1:12 pm

    ur an amazing writer.
    loved evrybit
    waiting for mo uniq strys
    may god bless u
    keep it up
    im a FAN
    I Love U <3 🙂
    witing witing for new stry

    1. gurey says:
      October 1, 2015 at 1:13 pm

      waiting waiting :p

  31. Fifi says:
    October 4, 2015 at 5:46 pm

    Alhey…. salhi kan… rovijje.. 🙂 ufalun…

  32. kadabe says:
    October 4, 2015 at 11:35 pm

    7491755 mee v varugadha sihuruveri egge no.

  33. nabeela says:
    October 4, 2015 at 11:36 pm

    7941755 me thibuna vattharuge sihuruveri egge no.

  34. midnight girl says:
    October 19, 2015 at 1:16 am

    Masha Allah nice story eh mee esfiya ga in enme rythi story mee hurihaa gothakun vx balaa iru mi story aa ehvaru koh leveyne varuge fenvaru ge vaahaka eh neh… story eh kiyaafa comment kuran ni huree konme part eh vx perfect kamun hunnany kiyaane ehcheh neyngifa…. shax keep it up….

  35. Sandy says:
    December 29, 2015 at 2:30 pm

    Masha Allah….vvv reethi…keep it up shax…

  36. Ainth says:
    February 4, 2016 at 11:48 pm

    V v v reethi story eh….varah thafaathu story eh….v v habeys…keep it up shax…

  37. Lilly says:
    June 26, 2016 at 1:25 pm

    Varah reethi

Comments are closed.



All Right Reserved!