ވައުދޭ ވެވޭ މީ…24
އަޔާނީގެ ލަވަ ނިމުމާއި އެކު ޒައްޔާން އަށް އަޔާނީގެ ގައިގައި ބައްދާއި ގަނެވުނެވެ. ދެން މާކަށް ގިނަ ދުވަހެއް ނެތި އޭނާ އަށް އަޔާނީ އަށް ދުރަށް ދާން ޖެހޭނެ އެވެ. ޓްރެއިނިންގ އަށެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. އެވަރުންވެސް އެދެމެދުގައި ވި ލޯބި އެއްވެސް ހުރަހެއް ނެތި ފެންނާން ހުއްޓެވެ. އީވާ އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. އަދި ދެވަނަ ބުރަށް ފުޅި އަނބުރާލިއެވެ.
♡ ・ ♡ ސައުވީސް ވަނަ ބައި ♡ ・ ♡
މިފަހަރު ފުޅި އެންބުރެމުން ގޮސް ހުއްޓުނީ ނާއިފް އަށެވެ.
” ނާއިބެ އަށް އެބޮތް އެހެން ޓާސްކެއް ތި ކިޔާ ލަވަ ކިޔަން ވީ މިތަނުން މީހަކަށް… އޯކެ؟” ” އެހެން ދެން ކާކަށް ކިޔައިދޭނީ…؟” ” މަޑެއް… މި ފުޅި އަނބުރާލާފަ ދެން އެ ހުއްޓޭ މީހަކަށް…” ” އެންމެ ރަނގަޅު..” ޒައިހާ ނާއިފް އަށް އެހެން ޓާސްކެއް ޖައްސާ ފުޅި އަނބުރާލިއެވެ. އެންމެން ވެސް ތިބީ އެ ހުއްޓޭނީ ކާކަށް ތޯ ބަލަން ކެތްމަދުވެފައެވެ.
” ޒިވްކޮ؟!!” އިޔާޝް އަށް ހިނިގަނޑަކާ އެއްކޮށް ޒިވާގެ ނަން ކިޔާލެވުނެވެ. އޭރު އިސްދަށަށް ޖަހައިގެން އިނދެފައި ޒިވާވެސް އިސް އުފުލާލަނީ އެވެ.
” އޯކެ ލަވަ ކިޔަނީ އިނގޭ…”
.•♫•♬•.•♬•♫•.
ކަރުނައިގަ މަ ގެނބިގެން ދަނީ…
ރޮއްވަމުން އަލްވަދާ އޭ ކީ…
އަނދިރިކަން ވޭ ވަށާ ކައުނުގާ…
ނެތް ވަރެއް ވެސް ހަށީގާ މަގޭ…
ތި ފަރި ފަރި ސޫރަ ދެކިލަން އެދެން، ތި ކަމަނާ އަރިހުގާ ވާން އަލުން…
ކުރާމީ ހެޔޮ ދުއާ އޭ ހިތުން…
ލިބޭތޯ ޔާރު ޖަންނަތުން…
ތި ފަރި ފަރި ސޫރަ ދެކިލަން އެދެން، ތި ކަމަނާ އަރިހުގާ ވާން އަލުން…
ކުރާމީ ހެޔޮ ދުއާ އޭ ހިތުން…
ލިބޭތޯ ޔާރު ޖަންނަތުން…
♬•.•♬•
އޯ….
އާލާ ވަނީ އޭ ތިޔަ ހަނދާން…
ތީ ލޮލުގާ ވި ފިނިކަން ހަމަ ހުވާ…
އިވުމުން ޚަބަރު މޭ ތެޅި ވެދޭ ވޭ…
ވޭނީ އުދާހުން ފުރިދަނީ…
މި ކުޑަ ކުޑަ ދުނިޔެއިން ގެއްލުނީ، ރަނާ ރިއްސަށް ވުރެން އަގު ވިމާތް…
ކުރާ މީ ހެޔޮ ދުއާ އޭ ހިތުން…
ލިބޭތޯ ފިރްދައުސު އިން…
ތި ފަރި ފަރި ސޫރަ ދެކިލަން އެދެން، ތި ކަމަނާ އަރިހުގާ ވާން އަލުން…
ކުރާމީ ހެޔޮ ދުއާ އޭ ހިތުން…
ލިބޭތޯ ޔާރު ޖަންނަތުން…
♬•.•♬•
ފެނުނޭ ބަގީޗާ އެއްތެރޭ ގާ…
ހިލާ ނަށާލާ އުދުހިލާ…
އަސްތާ އެ މަންޒަރު ފެނިލުމުންނޭ…
ނޭނގޭ މަށަށް ވީ ގޮތް ބުނަން…
މިއީ ފޮނި ހުވަފެނެއްކަން ޔަގީން…
ތި އަސްލީ ހަނދުގެ އަލިކަން އޮތީ…
މި ނޫން ދިގު ރާސްތާ އެއް އެބޮތް..
ވެދާނަން އިންތިޒާރުގާ…
ތި ފަރި ފަރި ސޫރަ ދެކިލަން އެދެން، ތި ކަމަނާ އަރިހުގާ ވާން އަލުން…
ކުރާމީ ހެޔޮ ދުއާ އޭ ހިތުން…
ލިބޭތޯ ޔާރު ޖަންނަތުން…
ހްމްމްމް… ހްމްމްމް….
.•♫•♬•.•♬•♫•.
ލަވަ ނިމުމާއި އެކުހެން އެ ތަނުގައި ގުގުމައިގެން ދިޔައީ އަތްޖެހުމުގެ އަޑެވެ. ނާއިފް އަށް އެހާ ރީތިކޮށް ލަވަ ކިޔަން އިނގޭ ކަން ކުރިން ނޭނގޭ ކަމަށް އިއަން ބުންޏެވެ. އެހެން ނޫން ނަމަ ގަސްތުގަ ވެސް އިއަން އަށް ލަވަ ކިއުއްވަން ދޭނެ ކަމަށް ވެސް ބުންޏެވެ.
ހަގީގަތުގައި ނާއިފް އެ ކީ ލަވައިން ބުނެދެމުން ދިޔައީ އޭނާގެ ހިތް އެދެމުން ދިޔަ ގޮތެވެ. އެ ހިތް ޒިވާ އަށް އެދެމުން ދިޔަ ވަރެވެ. ދުނިޔެމަތިން ނުލިބުނަސް އާޚިރުގައި ދެމީހުން ޖަންނަތުން އެކުގައި ވުމެވެ.
އެކަކަށް ފާހަގަ ނުވިޔަސް ނާއިފް ކިޔަމުން ދިޔަ ލަވައިގެ ސަބަބުން ވިޝާމްގެ މޫޑު ބަދަލު ވަމުން ދިޔައެވެ. ނާއިފް އާއި ޒިވާ އާ ދެމެދު އޮން ގުޅުން ކައިރި ވަމުން ދާ ހެން އޭނާ އަށް ހީވިއެވެ. ވާނިވެސް އެހެން ނޫން ތާއެވެ. ފާއިތުވެގެން ދިޔަ މަދު ވަގުތު ކޮޅު ތެރޭ ވެސް އޭނާ ހިތް ނޭދޭ އެތަށް މަންޒަރެއް ފެނިގެން ހިނގައްޖެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ކުޅިވަރު ކުޅުމައިގެން އަނެއްކާ ވެސް އެންމެން ދިޔައީ ކުރިއަށެވެ. ނާއިފް އަށް ފަހު އިޔާޝް އަށް ޖެހުމުން ޕެނަލްޓީ އަށް ޑެއާރ އެއް ކޮމްޕްލީޓު ކުރިއެވެ. އަދި ލަވައެއްގެ ކުޑަ ކުޑަ ތަންކޮޅެއް ކިޔާލިއެވެ.
.•♫•♬•.•♬•♫•.
ދުރުގަ ހުއްޓަސް ކަލާ އޭ މި ހިތުގާ ވަނީ…
ދުރުގަ ހުއްޓަސް ކަލާ އޭ މި ހިތުގާ ވަނީ…
ލޯބިވާއޭ މި ހިތް ދަތިވެ އާވާރަ ވޭ…
ލޯބިވާއޭ މި ހިތް ދަތިވެ އާވާރަ ވޭ…
ތިޔަ ހަނދާނުން މި ހެނދުނާ ހަވީރު ވެ ދަނީ…
ތިޔަ ހަނދާނުން މި ހެނދުނާ ހަވީރު ވެ ދަނީ…
ލޯބިވާއޭ ހިތަށް ކެތް ނުވާތީ ރޮވޭ…
ލޯބިވާއޭ ހިތަށް ކެތް ނުވާތީ ރޮވޭ…
ދުރުގަ ހުއްޓަސް ކަލާ އޭ މި ހިތުގާ ވަނީ…
ތިޔަ ހަނދާނުން މި ހެނދުނާ ހަވީރު ވެ ދަނީ…
.•♫•♬•.•♬•♫•.
އިތުރު ދެ ރައުންޑަށް ފަހު ވިޝާމް އަށް ޖެހުނެވެ. އެއްވެސް ގޮތަކަށް ލަވަ ކިޔާކަށް ވިޝާމް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ޒައިހާ ހުރީ ދޫ ކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ގަދަކަމުން ނަމަވެސް ވިޝާމް ލައްވާ ލަވައެއް ކިޔުއްވަން އޭނާ ހުރީ ގަދަ އަޒުމުގައެވެ. ހީވާ ކަހަލައެވެ. ވިޝާމް ލަވަ ކިޔުމުން ނޫނީ އޭނާ ނުހުއްޓާނެއެވެ.
” ދެން އޯކް އެހެން އެއްޗެއް… ވިޝާމްބެ ލަވަ ނުކިޔައިފިއްޔާ އެހެން މީހަކު ލައްވާވެސް ލަވައެއް ނުކިޔުއްވާނަން.. އެހާ ވަރަށް ބަހަނާ ދެއްކީމަ އަދަބެއްގެ ގޮތުން ޖެހޭނެ އެއް ލަވަ އެއްކޮށް ކިޔަން… މި އަދަބު ގަބޫލު ކުރޭ އެހެން ނޫނި މިރޭ ނިދާފަ އޮތަސް އޭގެ އަދަބު އަންނާނެ…” ޒައިހާ ވަރަށް ހަރުކަށި ގޮތަކަށް ނަމަވެސް މަޖާ ކޮށްލަން ބުނެލިއެވެ. އެންމެ ފަހުން ވިޝާމް ލަވަ ކިޔަން އެއްބަސް ވީ މިރޭ ނިދާފަ އޮތަސް އޭގެ އަދަބު އަންނާނެ ވާހަކަ ބުނުމުންނެވެ. އެންމެންވެސް ހިމޭން ވުމުން ވިޝާމް ޒިވާ އަށް ބަލަން ހުރެފައި އޭނާގެ ލަވަ ފެއްޓިއެވެ.
.•♫•♬•.•♬•♫•.
މާޔޫސް ވެވި އެކަނިވެފާ..
ބަރުބާދު ވެ ދުނިޔޭގާ..
ހިތްދަތިކަން ވެރިވީމާ…
ހުރެވުނެ ކަނު އަނދިރީގާ…
ހިލަ ހިތަކަށް މިއަދު ވިތާ..
ހިލަމެއް ނުވި މިއަދު ކަލާ..
ލޯ ކަރުނުން ތެންމާފާ…
ދޫކޮށްފާ ދިޔައީ ބާ…
މާޔޫސް ވެވި އެކަނިވެފާ..
ބަރުބާދު ވެ ދުނިޔޭގާ..
ހިތްދަތިކަން ވެރިވީމާ…
ހުރެވުނެ ކަނު އަނދިރީގާ…
ހިލަ ހިތަކަށް މިއަދު ވިތާ..
ހިލަމެއް ނުވި މިއަދު ކަލާ..
ލޯ ކަރުނުން ތެންމާފާ…
ދޫކޮށްފާ ދިޔައީ ބާ…
މާޔޫސް ވެވި އެކަނިވެފާ..
ބަރުބާދު ވެ ދުނިޔޭގާ..
ހިތްދަތިކަން ވެރިވީމާ…
ހުރެވުނެ ކަނު އަނދިރީގާ…
ހިލަ ހިތަކަށް މިއަދު ވިތާ..
ހިލަމެއް ނުވި މިއަދު ކަލާ..
ލޯ ކަރުނުން ތެންމާފާ…
ދޫކޮށްފާ ދިޔައީ ބާ…
♬•.•♬•
ލޯބިން އުޅޭ ދެހިތެއް ވަކިވާން ނޭދޭ ހިތްތަށް ވޭ..
ނަފްރަތުކޮށް ވަކިކޮށްލަން އެދެވޭ ހިތްތަށް ވެސް ދުނިޔޭގާ ވޭ…
ލޯބިން އުޅޭ ދެހިތެއް ވަކިވާން ނޭދޭ ހިތްތަށް ވޭ..
ނަފްރަތުކޮށް ވަކިކޮށްލަން އެދެވޭ ހިތްތަށް ވެސް ދުނިޔޭގާ ވޭ…
ހުރެވޭ ތި ޚިޔާލުގާ ލޯބިވާތީ އޭ…
ދުރުގާ ހުއްޓަސް؛ އިންތިޒާރު ކުރަމޭ…
މާޔޫސް ވެވި އެކަނިވެފާ..
ބަރުބާދު ވެ ދުނިޔޭގާ..
ހިތްދަތިކަން ވެރިވީމާ…
ހުރެވުނެ ކަނު އަނދިރީގާ…
ހިލަ ހިތަކަށް މިއަދު ވިތާ..
ހިލަމެއް ނުވި މިއަދު ކަލާ..
ލޯ ކަރުނުން ތެންމާފާ…
ދޫކޮށްފާ ދިޔައީ ބާ…
♬•.•♬•
ގާތަށް އައިސް ދޭނުހޭ ކަރުނަ ފޮހެލާދޭށޭ ލޮލުގަވާ..
އުމުރަށް ހުރެދޭނަމޭ ބުނެލަދޭށޭ ލޯބިން އޭމަލާ…
ގާތަށް އައިސް ދޭނުހޭ ކަރުނަ ފޮހެލާދޭށޭ ލޮލުގަވާ..
އުމުރަށް ހުރެދޭނަމޭ ބުނެލަދޭށޭ ލޯބިން އޭމަލާ…
ލޯމެރި ތި ހަނދާން ވެވި ހިތް ހާސް ވެޔޭ…
ދެކިލަން ތި ދެލޯ އެދި އެދި ހުންނަމޭ…
ލޯމެރި ތި ހަނދާން ވެވި ހިތް ހާސް ވެޔޭ…
ދެކިލަން ތި ދެލޯ އެދި އެދި ހުންނަމޭ…
♬•.•♬•
މާޔޫސް ވެވި އެކަނިވެފާ..
ބަރުބާދު ވެ ދުނިޔޭގާ..
ހިތްދަތިކަން ވެރިވީމާ…
ހުރެވުނެ ކަނު އަނދިރީގާ…
ހިލަ ހިތަކަށް މިއަދު ވިތާ..
ހިލަމެއް ނުވި މިއަދު ކަލާ..
ލޯ ކަރުނުން ތެންމާފާ…
ދޫކޮށްފާ ދިޔައީ ބާ…
މާޔޫސް ވެވި އެކަނިވެފާ..
ބަރުބާދު ވެ ދުނިޔޭގާ..
ހިތްދަތިކަން ވެރިވީމާ…
ހުރެވުނެ ކަނު އަނދިރީގާ…
ހިލަ ހިތަކަށް މިއަދު ވިތާ..
ހިލަމެއް ނުވި މިއަދު ކަލާ..
ލޯ ކަރުނުން ތެންމާފާ…
ދޫކޮށްފާ ދިޔައީ ބާ…
~ އޭ…. ޔާރާއޭ…. އަންނާށޭ…
ޚިޔާލީ ދުނިޔޭގާ އެކީގާ ވެލާން…
އޭ…. ޔާރާއޭ…. އަންނާށޭ…
ޚިޔާލީ ދުނިޔޭގާ އެކީގާ ވެލާން….. ~
.•♫•♬•.•♬•♫•.
އަސަރާއި އެކު ވިޝާމް ލަވަ ކިޔާ ނިންމާލީ އޭނާ ފެށި އިރު ވެސް ހުރި ގޮތަށް ޒިވާ އާއި ދިމާލާށް ބަލަން ހުރެ އެވެ. އެތަކެއް މާނަ ތަކެއް އެ ލަވައިން ބުނެދެމުން ދިޔައިރު ޒިވާ އެ އަޑު އަހާލަން އިނީ ވިޝާމް އެ ލަވަ އެކީ ސަބަބު ނޭނގޭ ތީ އެވެ. ހީކުރި ގޮތާއި ހިލާފަށް ވިޝާމް މާ ހިތާމަވެރި ލަވައެއް ކިޔުމުން ދެ ފަހަރަކު ހެން އޭނާ އަށް ވިޝާމް އާއި ދިމާލަށް ބަލައި ލެވެ އެވެ. ވާނީ ވެސް އެހެން ތާއެވެ. އެ ލަވައިގެ ބައެއް ބައިތަށް ކީ އިރު ހީވަނީ ހަމަ އޭނާ އަށް އަމާޒުކޮށް ބުނެލާ އެއްޗިސް ހެންނެވެ.
ވިޝާމް އާއި ޖެހިގެން އިން މިޝްކާ އަށް ވެސް ވީ އެވަރެވެ. ވިޝާމް ލަވަ ކިޔަމުން ގޮސް ފުރަތަމަ ކަޑި ފެއްޓުމާއި އެކު ހެން މުޅި މީހާގެ ގައިން ހީބިހި ނަގައިގެން ދިޔައީ އެއީ އޭނާ އަށް އަމާޒުކޮށް ބުނެލި އެއްޗެއް ކަމަށް ހީކޮށެވެ. އެހެން ނަމަވެސް ވިޝާމްގެ ހިތުގައި ލަވައިގެ އެ ތަންކޮޅު ވަނީ އެހެން މީހަކަށެވެ.
މިޝްކާ އަށް އިސް އުފުލާ ވިޝާމް އާއި ދިމާލަށް ބަލައި ލެވުނު ހިނދު އޭނާ އަށް ފާހަގަ ވީ ވިޝާމްގެ ނަޒަރު ޒިވާ އާއި ވަކި ނުވާ ކަމެވެ. ބާރު ބާރަށް ތެޅި ތެޅި އޮތް ހިތް ވެސް ޖެނެރޭޓަރު ނިއްވާލުމުން ވާ ފަދައިން މަޑުވެލި އެވެ. އެހެން ނަމަވެސް އޭގެ ކުރިއަށް ރުޅި އިސް ވިއެވެ. އެތާނގައި އެއްޗެކޭ ބުނަން ބޭނުން ނުވުމުން ވިޝާމްގެ ލަވަ ނިމުމާއި އެކު މިޝްކާ ތެދުވެ، ދަނީ ނިދަން ކަމުގައި ބުނެފައި ކޮޓަރި އަށް ދިޔައެވެ. ފަހަތުން ނައިރާ ދިޔައީ މިޝްކާ އެބުނީ ދޮގެއްކަން އެނގުމުންނެވެ.
~ނުނިމޭ~
Hiii vaudhey vevey mee mi vaahakaige 24 vana episode las vi kamahttakaa kiyun teringe kibain maafah edhen… vaahakaige mi episode liyevifa vii namaves editing thah hurumun naai eku school hulhuven kairi vumun alhugandah male ah trips dhaan jehi dhen adhi vagutu nuvumun mi bai submit kohhlun las vee… insha allah dhen oi bayaai eku alhugandu bahdhal kohllaanan
And yes mibaigai lavaige lyrics thah thankolheh gina velaane…!!!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



