ހިތުގަ މިވާ ސޫރަ ތެދޭ! 3
މިއަދު ޖައުޝަން އަށް ގަޑި ދާލެއް ލަސް ހެން ވެސް ހީވެއެވެ. އެތަކެއް ފަހަރު ގަޑި ބަލާލުމަށްފަހު “ހާދަ ލަހޭ” ބުނެވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނިއުޝާއާއި ބައްދަލުކޮށް ނިއުޝާގެ ޝަން އަކީ އޭނަކަން ބުނެދިނުމަށް އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ނިއުޝާގެ އިންތިޒާރު ނިމުނީކަމަށް ބުނެދެން ބޭނުންވެއެވެ. ޖައުޝަން އެނދުމަތީ އަނެއްކާވެސް ޖައްސާލިއެވެ. އެއަށްފަހު ކުރީގެ އެތަކެއް ހަނދާން ތަކެއް އާކޮށްލިއެވެ.
“ޝަން!! މިސާލަކަށް އަހަރެން ބުނިއްޔޯ ވަރަށް ބޮޑު ކަމެއް ކުރިމަތި ވެއްޖެޔޭ.. އަންނާށޭ އެހީ ވެދެން…. އަންނާނަންތަ؟”
“ސުބުހާނަﷲ.. ތިހެން ބުނަންވެސް ވާނެތަ.. ޝާ ކައިރިއަށް ދާނަން ދުވެލާފަ.. އެ ކަމެއް ޝާ އާއި ކުރިމަތިވުމުގެ ކުރިން ޖެހޭނީ އަހަރެންނާއި ކުރިމަތިލާން.. ހެހެހެހެ.. ޝާ ބުނީމެއްނު ޝާގެ ޕްރިންސް އެއްގެ ވާހަކަ..ދޯ.. ޝާގެ ޕްރިންސް ގެ ކުރިން އަހަރެން ދާނަން ހުދު އަހެއްގެ މައްޗަށް އަރައިގެން ޝާ ކައިރިއަށް. ދެން ޝާ އަރުވައިގެން ގެންދާނީ.. ޝާގެ ޕްރިންސް އަކަށް ދެން ޝާއެއް ނުލިބޭނެ އެއްނު.. ހެހެހެހެހެ”
“ޝަން.. ސާބަސް.. މިސާލަކަށް އެ ޕްރިންސް އަކީ ޝަން ވެއްޖެއްޔާ ކީއްކުރާނީ”
“އާޗާ.. މާ ސަޅިއެއްނު.. އޭރުން ޕްރިންސް އަށްވެސް ޝާ ލިބުނީ އަހަރެންނަށްވެސް ލިބުނީ. ހެހެހެހެ.”
“ޝަން.. އަސްލުވެސް އޭ… ތީ އޭ ޝާގެ ޕްރިންސް…”
“ކީކޭ؟؟ އެކަމު ޝާ.. ކިހިނެއް؟”
“ޝަން… އަހަރެންގެ ޕްރިންސް އޭ ކިޔައިގެން މިއުޅުނީ ހަމަ ނުދައްނަ މީހަކަށް.. ތީ.. ތީ އެ މަގޭ އެންމެ އެދޭ ހިތުގަ މިވާ ސޫރަ ތެދޭ.. ލޯބިމިވާވަރު ދެން ބުނިއްޔާ ގޯހެއްހޭ މީހަދާ”
“އެކަމު ޝާ.. އަހަރެމެން އެކަކު އަނެކަކު ނުވެސް ދަންނަން.. ހެހެހެ.. ތިޔަކަށް ނުކިޔާނެ ލޯބިއެއް ދޫނިގަނޑާ.. ވެދާނެ ލޯބި އަދި ނުވެވޭތީ އޭގެ އިހްސާސް ނޭނގެނީ ކަމަށް. އެކަމު ލޯބި އަކީ ތަފާތު އެއްޗެއް.. ވިސްނޭތަ އެބަ.. ހެހެހެ.. ތީ ލޯތްބެއް ނޫން.. ޝާވެސް ދޯ”
“އާނ.. ދޯ.. މިއީ ލޯތްބަށް ވެދާނެތަ.. ދޯ.. އަހަރެން ވެސް މޮޔަ .. އަދި ޝަންދެކެ އެވެސް ލޯބި.. ހެހެހެހެ.. ޝަން އާއި ލޯބި އެއީ އެއްނުވާނެ ދޭއްޗެއް.. ހެހެހެހެހެ..”
ޖައުޝަން އަށް ހީލެވުނެވެ. އެ ފޮނި ފޮނި މަޖާ ދުވަސްތައް މަތިން ހަނދާންވުމުންނެވެ. “ޝާ… ހަމަ އަސްލުވެސް އަހަރެން ދެކެ ލޯބި ވިން ދޯ… ނޫނޭ! އަދިވެސް އަބަދުވެސް ވަން ދޯ.. އައި ލަވް ޔޫ ޓޫ ޝާ..” ޖައުޝަން ގެ އިންތިޒާރު ހަމަ ވީ ގަޑިން 5:30 ވުމުންނެވެ. އެހެން ދުވަސްތަކޭ އެއްގޮތަށް މިއަދުވެސް އިރު އޮއްސޭ މަންޒަރު ބަލަން ނިއުޝާ ދާނެ ކަމުގެ އުއްމީދުގައި ޖައުޝަން ވެސް ސައިކަލަށް އަރައިގެން ދިޔައެވެ. އެ މޫނު މަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. މޮޔައަކު ފަދައިން ސައިކަލު ދުއްވަން އިން އިރުވެސް އޭނާ އިނީ ހީލަ ހީލައެވެ. ނިއުޝާއަށް ވާނެ ގޮތް ވިސްނާލާފައެވެ. ސައިކަލު ޕާކު ކޮށްލުމަށްފަހު ޖައުޝަން ހިނގައިގަތީ ނިއުޝާ އިންނާނެ އޭ ހިތާއެވެ. ޖައުޝަންގެ ރީތި މޫނުގައިވާ ހިނިތުންވުން ފިލައިގެން ގޮސް މާޔޫސްކަމަށް ބަދަލު ވީ ނިއުޝާ ފެންނަން ނެތީމައެވެ. ” މިހާރު 5:45 ވަނީ… ނިއު!!! ދުވަހަކުވެސް ލަހަކުންނެއް ނާދެ.. މިއަދު ކިހިނެއް ވީބާ.؟ އަނެއްކާ އޭނަ މަންމަ.. ނިއުޝާގެ އެޑްރެސް އެއްވެސް ނޭނގެ.. ދެން ކިހިނެއް ހަދާނީ.. އެކަމު އަދި އަންނާނެ ކަންނޭނގެ” ޖައުޝަން ހިތާ ހިތުން ކިޔާލުމަށްފަހު ސައިކަލު މަތީ އިށީނދެގެން އިނެވެ. އަނެއްކާވެސް އޭނާ މާޒީގެ ކަނޑަށް ފުއްމާލިއެވެ.
“ޝާ.. ހިތަށް އަރުވާލާފައި ކިޔާލަބަލަ އަހަރެން މިގަޑީގައި ހުންނާނެ ގޮތް… ހެހެހެހެ”
“އޮފީހުގަ ދޯ ތިއިނީ..؟”
“ހުމްމްމް”
“ސޯ.. މްމްމް.. ގަމިސް ލާފަ.. އަތް އޮޅާލާފަ.. ފަޓުލޫން ލާފަ.. އޮފް ބޫޓަކަށް އަރާލާފަ.. އިސްތަށިގަނޑު ހިއްލާލާފަ… ދެން..މްމްމް.. ގަމިސް ހުދު ކުލައިގަ ފަޓުލޫން ކަޅުކުލައިގަ ދޯ؟ ހެހެހެހެހެ”
“ޝާ ހާދަ މޮޅޭ…. އެކަމު ކިހިނެއް އިނގުނީ ބްލެކް އެންޑް ވައިޓް ކަމެއް؟”
“ނޭނގެ.. ހަމަ ހިތަށް އަރުވާލީ…ހެހެހެހެ.. އެއީ އަސްލު ޝާގެ ޕްރިންސް ހުންނަ ގޮތް.. ކޮޕީ ނުކުރަންޗޭ.. ހެހެހެހެހެ.”
“ހުމް ހުމް.. ދެން ނުކުރާނަމޭ… ވަރުގަދަ ޕްރިންސް އެއް ތީވާ.. އަޅެ އެ ޕްރިންސް އަކީ އަހަރެން ނަމަ.. ހެހެހެ.. ލަކީ ވާނެ ދޯ.. ޝާ އަޅެ ލަވައެއް ކިޔާލަދީބަލަ”
“ބުނީމެއްނު ކުރިންވެސް ތީ އޭ ތީ އޭ އަހަރެންގެ ޕްރިންސް އަކީ.. ދެން ނޫޅެން ލަވަ ވެސް ކިޔާކަށް.. ޝަން އަނެއް ބައި ފުރިހަމައެއްވެސް ނުކޮށްދެ.. ދެން ކީއްކުރަން؟ ހުންންންހް”
“އޯކޭ އޯކޭ ދޫނި ގަނޑާ ފުރިހަމަ ކޮށްދޭނަން”
“ޕްރޮމިސް.. ތީ ތީއެ މަގޭ އެންމެ އެދޭ ހިތުގަ މިވާ ސޫރަ ތެދޭ.. ލޯބި މިވާ ވަރު ދެން ބުނިއްޔާ ގޯހެއްހޭ މީ ހަދާ..”
“އޯއޯ… އަންނާށެ އިސްނަގާ.. ރޭ މިވަނީ ދަންވެފަ. ނުނިދޭނޭ މިރޭ އައިމާ ނޫނީ ކަލާ… ހެހެހެ”
ޖައުޝަން ސިއްސައިގެން ގޮސް ތެޅިގަނެވުނީ މީހަކު އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލީމައެވެ. “ޖައު… ކޮންކަމަކާ ތިހެނީ ހޭ ވައްޓާލާފަ.. އަހަރެން ގޮވަނީ މިތާ ހުރެގެން ކިތަށް ފަހަރު.. މިހާރު ކިތައް ދުވަސް މިވަނީ ކުޅޭކަށް ނާދެ.. ދިމާކުރަން ހިނގާށެ ބުނީމަ ބިޒީ.. ކޮންކަމެއް ތި ކުރަނީ ބިޒީ ވާން. ގައިމު ކަމެއް ކުރާތަނެއް ނުފެނެ… އަނެއްކާ ޖައު މޮޔަވީތަ.. މިތާ މިގަޑީގަ އެކަނިން ކީއްކުރަނީ؟” ޝިޔާން ފައްޗަކަށް އަމުނާލިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި ބައްދަލު ނުވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައި އެކުވެރިޔާއަށް ބަދަލު ތަކެއް އަންނަހެން ހީވުމުން ކުޑަކޮށް ކަންބޮޑުވެ ރުޅިގަދަވެވުނީއެވެ. ޝިޔާން ނޭވާއެއް ފަޒާ ތެރެއަށް ދޫކޮށްލިއެވެ. “ބްރޯ ނޭވާ ލާބަލަ އިހަށް.” ޖައުޝަން ކައިރިއަށް އައީ ހިންޔެވެ. “ކޮންނޭވައެކޭ ކިޔާކަށް… ކިހިނެއްހޭ ވެގެން ތި އުޅެނީ؟” އަނެއްކާވެސް ޝިޔާން ސުވާލުކުރިއެވެ. އަޑުވެސް މިފަހަރު ތަންކޮޅެއް ބާރުވިއެވެ. “ޝިޔާ.. ހަމަ ޖެހިބަލަ… ވަރަށް ދިގު ވާހަކައެކޭ މީ.. ފަހުން ދޯ. މިގަޑިއަކުނޫން” ޝިޔާން ބުނެލިއެވެ. “ހުމްމް ހެވޭ. ކޮންމެހެން ނޫޅެން އަޑުއަހާކަށްވެސް. އަސްލު ބޮޑުކަމެއް ބޭނުންވެގެންނޭ ޖައު މި ހޯދަނީ..”. “ކޮންކަމެއްތަ؟” ޖައުޝަން ޝިޔާންއާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “ހެހެހެ ބްރޯ. މާ ސީރިއަސް ނުވެބަލަ. ބްރޯ އަކާއި ނުގުޅެ.. ހެހެހެ. ހުމް ހުމް މާ ބޮޑު ކަމެއްނޫން.. ހިނގާބަލަ އަހަރެމެން ގެއަށް.. މަންމަ ހޯދާ އެބަ… ހެހެހެ މަންމަ ބުނީ މިއަދު ކޮންމެ ގޮތެއް ހަދައިގެންވެސް ފެނިއްޖެއްޔާ ދަމައި ހަލައިގެން ގެއަށް ގެންނަންޗޯ.. ހިނގާ އަވަހަށް.. މަންމަމެންވެސް ދައްކަނީ ޖައު ގެއަށް ނާންނަ ވާހަކަ.. މިއީތާ މިތާ އިނދެގެން ކުރާ ކަންތަށް.. ދެންވެސް ހިނގާ”
“ޝިޔާ މިއަދު ކުޑަކޮށް ބޮލުގަވެސް ރިއްސާ.. މިހާރު ގޮއްސިއްޔާ އަވަހަށް ޖެހޭނެ ނިކުންނަން އިރުކޮޅަކުން މަޤްރިބް ނަމާދަށް ދާން ޖެހޭނެ.. އެހެންވީމަ މާދަމާ ދޯ.. އޯކޭ އެއްނު.. 4 ޖަހާއިރު.. އެކަމު ޝަރުތެއް.” “ސާބަސް ކޮން ޝަރުތެއް؟” “އަހަރެން ތިގެއިން ނިކުންނާނަން 5:45ގަ އޯކޭ އެއްނު..” “ހުމްހުމް.. ކޮންމެ ގޮތެއް ހަދައިގެންވެސް ގެންނަން އެބަޖެހޭ ވިއްޔަ.. އަންނާތި އިނގޭ.. އަހަރެން މިދަނީ ދެން.” އެހެން ބުނެލުމަށްފަހު ޝިޔާން ސައިކަލު ސްޓާރޓް ކޮށްލިއެވެ. އަދި އެތަނުން ދިޔައެވެ. ޖައުޝަން މަޔޫސް ވިއެވެ. އަދި އޮއްސެމުންދާ އިރާއި ދިމާލަށް ބަލާލިއެވެ. ނިއުޝާގެ އެޑްރެސް އިނގޭނަމަ މިއަދު އެ ގެއަށްވެސް ދިޔައިސް ކަން ޔަގީނެވެ.
ޖައުޝަން އެތައް އިރަކު އެތާ އިނުމަށްފަހު ގެއަށް ދާން ނިންމިއެވެ. ގެއިން ނިކުތްއިރު މޫނުމަތީ ހުރި އުފާވެރިކަމާއި ތާޒާކަން މޫނުމަތިން ފިލައިފިއެވެ. އަދި މާޔޫސް ކަމަށް ހުރީ ބަދަލުވެފައެވެ. ސައިކަލު ޕާރކް ކޮށްލުމަށްފަހު ޖައުޝަން ގެއަށް ވަނެވެ. އެއަށްފަހު ގޮސް ކޮޓަރިއައް ވަދެ ތަޅުލިއެވެ. މި ވަގުތު އެއްވެސް މީހަކާއި ބައްދަލު ކުރަން އޭނާ ބޭނުމެއް ނުވެއެވެ. އޭނާ މިވަގުތު ބޭނުމީ އެކަނި ވެލާށެވެ. އެތަކެއް އިރު ޖައުޝަންގެ މަންމަ އައިސް ދޮރުގައި ޓަކި ޖެހި އިރުވެސް ޖައުޝަން އަށް ނޭނގޭ ކަހަލައެވެ. އެހެން އޮއްވާ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.
……………………………………………………………………………………………………..
އަނެއް ދުވަހުގެ ހެނދުނު ނިއުޝާ ދޫކޮށްލެވުނެވެ.. އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅުވުމުންނެވެ. ފަޒީނާއާއި ސާހިދުގެ އާދޭސް ތަކުގެ މަތިން ނިއުޝާ އެގޭގަ އުޅުމަށް ނިންމިއެވެ. އެހެނީ އޭނާއަށްވެސް މަންމައަކާއި ބައްޕައެއްގެ ލޯބި ބޭނުންވެއެވެ. ގެއަށް ދެވުމާއި އެކު ފަޒީނާ ގެންގޮސް ނިއުޝާއަށް ނިއުޝާގެ ކޮޓަރި ދެއްކިއެވެ. އަދި އެނދުގައި އަރާމު ކޮށްލުމަށް ބުންޏެވެ. ނިއުޝާ އެ ބޮޑު ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ.އޭނާގެ ލޮލުން ކަރުނަތަށް ފޫދިގެން އެ މަޑު މަޑު ކޯތާފަތުގައި ބީހިލަމުން ވެއްޓިގެން ދެއެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ކޮޓަރި ދޮރު ހުޅުވުމުންނެވެ. އަވަސް އަވަހަށް ލޯ ފޮހެލާ ފަސް އެނބުރި ބަލާލިއެވެ. ދޮރު މަތީ ހުރީ ޝިޔާން އެވެ. ވިދަމުން ދާ ހުދު މުތީތަކެއް ފަދައިން އޭނާގެ ދަތްތައް ފެންނަން ފެށިއެވެ. ޝިޔާން އައި ނިއުޝާއަކީ ގާތް ދެރަހުމަތްތެރިންނެވެ. އެ ދެމީހުންނަކީ ކުޑައިރުއްސުރެ ގާތް ގުޅުމެއް އޮންނަ ދެމީހުންނެވެ. ދެގެ ޖެހިފައި ހުރުމުގެ ސަބަބުންނެވެ. ޝިޔާން އައި ގޮތަށް އައިސް ނިއުޝާގެ ކައިރީ އިށީނދެލިއެވެ. “ކޮންކަމަކާ ދަތްޕިލަ ތިހާވަނީ” ނިއުޝާ ފުރަތަމަވެސް ކޮށްލީ މަލާމާތެކެވެ. “އެހެންނު ވާނީ.. ގާތް އެކުވެރިޔަކު އެއްގެއެއްގައި އުޅެން އައީމާ. ހެހެހެ.. ކޮއްކޮ އަކަށްވެގެން.. ނިއު ކޮއްކޮ.. ހެހެހެހެ.. އެކަމު ކީއްވެ ތި ރޮނީ؟ މިހާރު އޯކޭ ވީނު ހުރިހާ ކަމެއް.. ދެން؟” އޯގާތެރިކަމާއި އެކު ނިއުޝާގެ ކޮލުގައި ޝިޔާން ފިރުމާލިއެވެ. “ދެން މިހާރު ނިއު އަށް ނުލިބި އޮތީ ތިޔަ ކިޔާ ޝަންއެއް ދޯ.. ހެހެހެ.. އަދި ލިބޭނެ އޭނަވެސް” ނިއުޝާކައިރިއަށް ހިނިއައެވެ. “ދެން ޝިޔާ.. ނޫޅެން ވަރަށް ފޫހިވެ.. ހެހެހެ” ނިއުޝާ ޝިޔާންގެ އަތުގައި ވިކައިލިއެވެ. އަދި އެ ރީތި ހިނިތުންވުން ޝިޔާންއަށް ރައްދުކޮށްލިއެވެ. “ހުމް ހުމް މިއަދު އަންނާނެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އޭނަ އާއި ވާނެ ބައްދަލު ކޮށްލަން.. މަންމަ މެންވެސް އޭނައާއި ވަރަށް ގާތްކޮށް އުޅެނީ.. ނިއު ވެސް ޖެހޭނެ އޭނައާއި ފްރެންޑްވާން އިނގޭ..” “ހުމްމް.. ދެން ދޭ.. ތިޔަ މީހަކު އަންނަން ވާއިރަށް ފެންވަރަން ޖެހޭނެ ވިއްޔަ” “ހުމް މިދަނީ” ޝިޔާން އެނދުމަތިން ތެދުވެ ބޭރަށް ދާން ހިނގައިގަތެވެ.
ނިއުޝާ އަވަސް އަވަހަށް ފެންވަރާލަން ވަނެވެ. ގައިގާ އަދިވެސް ރިހު މެއް ހުރި ހެން އޭނާއަށް ހީވެއެވެ. ހާއްސަކޮށް ބަނޑުގައެވެ. ނިއުޝާ ބަނޑުގައި އަތް އަޅާލިއެވެ. އެއަށްފަހު ދެފަރާތަށް ބޯ ހޫރާލުމަށްފަހު ފެން މާގަނޑު ޖައްސާލިއެވެ.
…………………………………………………………………………………………………….
ޖައުޝަން އަވަސް އަވަހަށް ތައްޔާރު ވެލީ މިއަދު ޝިއާންމެން ގެއަށް ދާން ޖެހިފައި އޮތުމުންނެވެ. ތައްޔާރު ވަމުން ދިޔައިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ނިއުޝާގެ ހިޔާލުތަކެވެ. ނިއުޝާއާއި މިއަދު ދިމާވާނެތޯ ހިތާހިތާ ދުޢާކޮށްލަ ކޮށްލަ ހުރި އިރު އެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
ޖައުޝަން ސައިކަލަށް އަރާ ދުއްވާލިއެވެ. އަދި ޝިޔާންމެންގެ ގެއާއި ހަމައަށް އަރާ ސައިކަލު ޕާކުކޮށްލުމަށްފަހު އެ ގެއަށް ވަންނަން ހިނގައިގަތެވެ. “އައްސަލާމް އަލައިކުމް” ޖައުޝަން ސަލާމް ގޮވާލިއެވެ. “ވައަލައެކުމުއް ސަލާމް.. އަހަ.. ޖައުޝަން.. އާދޭ އަވަހަށް. މިހާރު ކިހާ ދުވަހެއް ތިވީ ދައްކައިވެސް ނުލާތާ.. ” ޖައުޝަން ފެނުމާއި އެކު ފަޒީނާގެ އަވަސް އަވަހަށް ޖައުޝަން ގެއަށް ވެއްދިއެވެ. “އަވަހަށް އިށީނދޭ.. އަންނާނަން ޝިޔާ ގޮވައިގެން” ޖައުޝަން ސޯފާގައި އިށީނދެލިއެވެ.
ފަޒީނާ ޝިޔާން ގޮވައިގެން އައެވެ. އަދި އެއަށްފަހު ކައިރި ފިހާރައަކަށް ދަނީކަމަށް ބުނެ ބޭރަށް ދާން ހިނގައިގަތެވެ. ޝިޔާން އައިސް ޖައުޝަން ކައިރި އިށީނެވެ. “ނަސީބެއްނު އައިކަން.. ދެން ކިޔާބަލަ.. އަސްލު ވެގެން އުޅޭގޮތަކީ ކޮބާތަ؟” ޝިޔާން ޖައުޝަންއާއި ސުވާލުކޮށްލިއެވެ. “ބްރޯ.. އަސްލު އަހަރެން ކުއްޖެއް ދެކެ ލޯބި ވެވުނީ.. އެ ކުއްޖާ އުޅޭ…….” “ޝިޔާން… ދައްތާ… މަންމާ… ޝިޔާން އާދެބަލަ އަވަހަށް” ޖައުޝަންގެ ވާހަކަ ހުއްޓުނީ އަންހެން ކުއްޖަކު ހަޅޭލަވައިގަތް އަޑަށެވެ. ޝިޔާން އަވަހަށް އެ ދިމާލަށް ދުއްވައިގަތެވެ. ޖައުޝަންއަށް ވާނުވާ ނޭނގުނު ކަމުގައި ވިޔަސް ޝިޔާންގެ ފަހަތުން ދުއްވައިގަތެވެ. ޝިޔާން އައިސް ދޮރު ހުޅުވާލުމާއި އެކު ނިއުޝާ ދުވެފައި އައިސް ޝިޔާންގެ ގައިގާ އޮޅުލައިގަތެވެ. ޝިޔާންއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އޭރު ނިއުޝާ ބިރުން ތެޅެއެވެ. “ކިހިނެއް ވީތަ.. ނިއު.. ކިހިނެއްވީ؟” ޝިޔާން ވަރަށް ހާސްވެފައި ހުރެ ސުވާލުކުރަންފެށިއެވެ. އޭރު ޖައުޝަންއަށް ދޮރާހަމައަށް އެރެވުނީއެވެ. “ޝިޔާ.. ޝިޔާ.. ކުރަތްޕެއް.. އެތާ.. އެތާ އެބައިން” ނިއުޝާ އަދިވެސް ހުރީ ޝިޔާންގެ ގައިގައި ބައްދައިގަނެގެންނެވެ. އޭނާއަށް ވާހަކަވެސް ދެއްކުނީ ކިރިޔާއެވެ. “ހަހަހަހަހަހަ.. ކުރަތްޕެކޭ.. ކިރިޔާނު ބިރުން މަރުނުވީ. ދެން ނިއު ތީ ކުޑަކުއްޖެއްވެސް ނޫނެއްނު..މި ދޫކޮށްލަބަލަ.. އަހަރެންގައިން ދޫކޮށްލިޔަސް ކުރަފިއަރައިގެންނެއް ނާންނާނެޔޭ..ހަހަހަހަ” ޝިޔާން ނިއުޝާ ދުރުކޮށްލިއެވެ. ޖައުޝަންއަށް ހުރެވުނީ ހަމަ ހުރިތާއެވެ. ނިއުޝާ ފެނުމުންނެވެ. ނިއުޝާއަށް ފަހަތުގައި މީހަކު ހުރިހެންވެސް ހީނުވެއެވެ. ބިރުން ހަލާކު ވެފައި ހުރުމުގެ ސަބަބުންނެވެ.
“ނިއު ކުރަތްފެއް.. މީނީ” “މަންމާ..” ނިއުޝާއަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަދި ޝިޔާންކޮށްޕާލުމަށްފަހު ދޮރާ ދިމާލަށް ދުއްވައިގަތެވެ. ނިއުޝާ ގޮސް ޖެހުނީ ޖައުޝަން ގެ ގައިގައެވެ. ޖައުޝަން ހުރީ އެކަހަލަ ކަމެއް ވެދާނެކަމަށް ތައްޔާރު ވެގެން ނޫންކަމުން ޖައުޝަންއާއި ނިއުޝާ އެއްކޮށް ގޮސް ވެއްޓުނެވެ. ނިއުޝާ އޮތީ ޖައުޝަންގެ ގައި މަތީގައެވެ. “ޝަން” ނިއުޝާގެ ހިތް އޭނާގެ ރާޖާއަށް ގޮވަން ފެށީ ކީއްވެ ކަމެއް ނޭނގުނެވެ. ކުއްލިއަކަށް ނިއުޝާ ދެލޯ ހުޅުވާލިއެވެ. އަދި އަވަސް އަވަހަށް ތެދުވެލިއެވެ. “ޖައު؟؟” ނިއުޝާއަށް ޖައުޝަން އާއި ދިމާލަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ޖައުޝަން ގެ ގައިގަ ބީހިލާ ކޮންމެ ފަހަރަކު އޭނާގެ ހިތް ޝަންއަށް ގޮވަނީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ. ޖައުޝަން ތެދުވެލިއެވެ. އެއަށްފަހު ލައިގެން ހުރި އަތް ދިގު ޓީސާޓް ފޮޅާލިއެވެ. ނިއުޝާ އަށް އަދިވެސް ހުރެވުނީ ޖައުޝަންއާއި ދިމާ ބަލާށެވެ. “ނިއުއަށް ޖައުޝަން އިނގޭތަ.. މާ ރަނގަޅެއްނު.. ޖައު މީ މިހާރު އަހަރެންގެ ކޮއްކޮއެއް.” ޝިޔާން ދެމީހުންނާއު ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ.
ޖައުޝަން ނިއުޝާއާއި ދިމާލަށް ބަލާލިއެވެ. އަދި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެ ހިނިތުންވުމަކީ އެތަކެއް މާނަތަކުން ފުރިގެންވާ ހިނިތުންވުމެއްކަން އިނގޭނީ ހަމައެކަނި ޖައުޝަންއަށެވެ. “ނިއު ވެސް ދޯ ކުރަތްޕެއް ފެންނައިރަށް ވާ ގޮތް އެއީ.. އެއީ ކުޑަ ކުޑަ މަހްލޫޤެއް ވިއްޔަ.. އޭތިއަކަށް ނިއުޝާއެއް ކައެއް ނުލެވޭނެ.ހަހަހަހަ” ޝިޔާން ނިއުޝާގެ ކޮލަށް ދަމައިގަތެވެ. “ހުމްމް ހެވޭ ހެވޭ… އެހެން ބުނާއިރު މަކުނު ދެކެވެސް ބިރުގަންނަ ބޭފުޅެއް ތީ.. އެ ރޭވެސް ގޮސް ސޯފާ މަތީ އޮތްކަމަށް ވަނީ.. ހަހަހަހަހަ” ނިއުޝާވެސް ގަދަ ކޮށްލިއެވެ. “މަންމަ ދޯ ބުނީ.. ޕިސް ޕިސް ޕިސް.. ނިއު.. ކޮންމެ ކަމެއްގައިވެސް އޮންނާނެ ވާހަކައެއް… އަހަރެން މަކުނު ދެކެ ބިރުގަންނަނީ ވަރަށް ބޮޑު ސަބަބަކާއި ލައިގެން.. ނިއުޝާ މެންނެއްނު ފެންނަ ކޮންމެ އެއްޗަކަށް މަންމައާއި ބައްޕައަށް ގޮވާ ހަދަނީ..”
ޖައުޝަން ފުރަތަމަ ނިއުޝާއަށް އަދި އެއަށްފަހު ޝިޔާންއަށް ބަލައިލިއެވެ. ޖައުޝަންއަށް ހިނިގަނޑެއް ޖަހާލެވުނެވެ. އެއާއި އެކު ނިއުޝާއާއި ޝިޔާން ޖައުޝަންއާއި ދިމާލަށް ބަލައިލިއެވެ. “ޖައު ކޮންކަމަކާ ތިހެނީ؟” ޝިޔާން ބުނެލިއެވެ. “ތީ ދެން ކުޑަކުދިންނެއް ނޫނެއްނު ތޮޅޭކަށް… ހަހަހަހަހަހަ..” ޖައުޝަން ހިނިގަނޑު އޮއްބާލަން މަސަތްކަށް ކުރިޔަސް އޭނައަށް އެކަމެއް ނުވިއެވެ. ނިއުޝާ ލަދު ގަތެވެ. އެއަށް ފަހު އިސް ޖަހައިލައިގެން ހުއްޓެވެ.
ތިން މީހުން އެތަކެއް އިރު ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ފަޒީނާވެސް ފިހާރައިން އައިސް ޖައުޝަންއާއި ނިއުޝާ އަދި ޝިޔާންއަށް ސައި ހަދައިދިނެވެ. ނިއުޝާއާއި ޖައުޝަން ދިމާވި ގޮތް ކިޔައިދިނުމުން ޝިޔާން ވަރަށް ދިމާކުރިއެވެ. ޖައުޝަން ޑައިރީގެ ވާހަކަ ނުދެއްކީ ނިއުޝާއާއި އެކަނި ވެލާ ވަގުތު ދައްކާށެވެ. ޖައުޝަން ގެއިން ނިކުމެގެން ދިޔައީ މާދަމާ ނިއުޝާ ގާތު އައުމަށް ބުނެފައެވެ. އޭނާ ވަރަށް އުފާވިއެވެ. ނިއުޝާ އެ ނުބައި އަންހެނާގެ ކައިރިން ސަލާމަތް ވުމުންނެވެ.
(ނުނިމޭ)
-އީދު މުބާރިކް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
104 Comments!
Comments are closed.






im first oa
hahaha.. 🙂 🙂 ;)..
EID MUBAARAK to all the readers.. enjoy…. nd thanks for reading.. 🙂 🙂 🙂 😉
eid mubaarak
EID mubaarak to u too zaha 🙂 🙂
Eid Mubarak to oll spclly u flower… luv u nd miss u…. v rythi mi part vs…. hama habeyz. Nd kurefi part v majaa.. niusha is lyk me dww.. nukko vs v biruganeyy direy ehchia dheke.. hehe…. 🙂 🙂 🙂 🙂 🙂
thanks lily.. luv u too nd miss u too vrh bodah.. n thanks fr reading…. haahahahah yeah niusha is just like you lol.. hahahah 😀 🙂 🙂 🙂
vaahaka hama vv nice ryn
thanks nahu 🙂 🙂 🙂
vr vr slhai mi prt ves , jxt amaxing , cant wait to read nxt prt , love u sis
thanks doc 🙂 🙂 🙂 …
heiii ls….EID MUBARAK 🙂 nd thank u soooooo much for uploading dis prt ….nd i noticed tht mi prt ehn prt thakah vure dhigu kan 😀 anyways vrh reeeethi mi prt vx 😉 nd shaby vx vrh biru ganey kurefi dheke 😮 heheh bst of luck ls…. my best wishes r olways wid u….luv u ls 😛 ummmmwah!
thanks shaby.. n EID MUBAARAK.. n welcm. n thanks thanks thanks.. LOL :D.. n hahahah enmn vx kurafi dheke birugane.. even i do.. ewwwww.. n againn thanks alot. hahahha.. n luv u too ummmmmah 🙂 <3
eid mubaarack oll, specially ryyn sis
thanks doc.. n EID MUBAARAK to u too n ur family
vr salhi
thanks 🙂
ingeytha shaby hithah araa ingey ehkala kurefyga indhe ehnun naruvaa kanneynge kiyany antanna eh kahala ehchh dhw?? shaby hithah arany ethaaga hifaafa kurefi nagaa jahaanamey….aan dhn eythi shaby birugannavany viyya 😉
hahahhaha dhw… boy kudhin ulheyny e antanna ga hifaign.. rynge lil bro vx.. dhn annaany ryn aai dhimaalah.. ewwwwww.. adhi fly kuranyaa vrh birugane.. plus eh kurafi maraalyma aneh kurafithah aadhey.. eh dhuvahu ryn mn ah e landu libuny.. mulhi geah.. ewwwww…. nw vrh fakuru ganey eba.. ewww
Haha dw shabyy… ekm yukk and biruganeyy…. adhi annaane kairi ah eytgi dww
dhw nukko.. hahahha
Eid aee hinithun vamun maamaluga nala kula jassamun rythivihaa lava kiyamun maamaluga nala kula jassamun.. mubarak…
hahahaha afuan i think nubaikoh hen thiky….heheh haadha molhey dhw lava kiyan… 😛
EID MUBAARAK afuan 🙂 🙂
Hahahahaaa
shabee eathyge naruvaa eh noon loluga hifaa , earun dhen shabee eh nufennane e kurafi akah , shabee rythi kamun ney kurafi ves annany
hahhahahahahha 😀 LOL.. dhw doc.. hhahahahh.. shaby reethi vyma kurafi thakah vx shaby aai dhimaalah nais nuhureveny hama.. hahahahhha 😀
dhw ls….shaby ah vx vrh ginain libey landeh eyee….ehkurefi maraalyma aadhey baivaru…dhn mulhi meehaa haas vgn dhuvvai gannnany…hahahah 😛
hahahah… 😀
hahahha
elsa vx kiyaa ehchihi….hahaha 😉 baeh faharu hithah araa elephant ehgge trunk ga hifaafa nagaa jahan v ey vx…hahah huvaa shaby vrh beynun 😛 hahahahhaha
shaby hippopotamus ge tail ga hifaafa aneh fushah jahaa hitheh nuveytha.. LOL 😀 hahahahahha
anti kurafi meeheh elsa mee , hama freexe koh laanee kurafi
hahahha elsa ehnu thy.. ehnvyma freeze kureveyne ennu.. .ryn mn ah kyhkureveyny.. hama dhuve dhuve hunnan jeheyny kurafi annanya..
hahah , elsa nagaa jahaa ehn vehjehyaa
Nukko kurafi maran iloshi fathi or fihi gandu hifaign ulhenyy. Ekm jahanyy kurefi gayaku noon faaruga or knmvs ehn thaku.. kurefi fenna irah mom genes nukko beyrah dhanyy. Adhi ehdhuhu nukko room ga othyy udhuhey ehcheh dhn nukko fahathun e dhuvanyy.. varakah halhey lavaalin edhuhu.. 🙂 :p 😛 😛
hahahaha ehntha…shaby emme birugannany udhuhey kurefi dheke…ewww hyvany aissa kanfathah vadhe dhaaneyey 😛 hahahh
hhahahahh Ryn vx varah foohi ve fly kuraa ehcehi dheke.. ehn ehchehi viyya in thanaku indhey viyya.. fly kuraa ehchehi himeynun neendhe annaany hama fahathu rulhi aruvam
shabee elephant nagaa jahan furathama kuran v kameh bunan tha
hmmm buneba 😀
nukko kairi hunna hiy vany eyy kurafi ves nukko loabi kamun , dw shabee
hahaha hmm dhw 😉
Lol
kuran v kamaky dhuvaalaku 10 faharu raw cabbage kaan v
dhen 100 kilo red chillie aa
dhen 1000 kilo raw potato aa
wat da……..hmmm thivarun noolhen elephant nagaa jahaakah…
ahcheeeedi nukereyne kaakah….ewwwww thiahvure elsa kairy bunantha vaahaka eh??
earun elephant eh varu vaane , dhen kihaa faseyha vaane elephant eh ufulaalan , anehkaa chili keyma elephant kodah lagen baarah dhuve veyne , eage kuli rahaige sababun
:doc ely
hmm buneba , alhu gadah mi info dhiny doc ely
hahaha thihurihaa ehcheh keyumahvure maa meeru vaaney kurefii thellaigen keyeema…eyrun vrh murana vaane..yummy 😛 hahahah ewwww 😛 doc ely kaan v nun? eyrun e kaameehakah biru gennuveyne ehn myhun cux kurefyga hunna hurihaa baareh libeyne emyhakah eyrun elephant vx biru gannaane… hahaha 😉 dhw ryyn adhi vrh habeys vaane girrafe egge karuga hifaafa nagaa jahan….eyrun karu innaany valhoa vefa dhw?hahaha 😛
hahhahahahhahah dhw shaby.. eww… thellaign kaan hama enme best vaany.. hahahahha
hahahaa
hahahhahah dhow doc.. doc ashey ingeyny rangalhah.. dhw… hahhahahhaha elephant nagaane kameh nei.. dhey WHALE eh eh fushun aneh fushah jahan.. LOL
i love kurafi , vr meeru vaane fenu kah keigen , yumm deilicious
hahahah
hahahahahhah doc ah meeru vaane ennu dhen… hahahah
Yukkkkk
hahahhahaha
hahahah pis pis mioh dhakka vaahaka eh dhw 😉 shaby,ryy,nukko nd elsa moya vaahaka dhakkany…hahaha
ryyn*
hahhahaha… naseebehnu shaby vx himanaafa kan.. LOL.. hahahhahaha
ryyn adhi vrh meeru vaane kurefi bbq hadhaigen kaan vx…heheheh dhw?? 😛 hahahahah ewwww
adhi bbq hadhaign taste eh nukuran.. shaby bunyma jeheyne knme hn vx taste kuran.. hahahhah EID SPECIAL ***KURAFI BBQ***
hahahhahahahhahahha… 😀 😛
bbq ah vure meeru vaane fenuneh keema , so so yummy
nop fenukekkyma madu vaane…eyrun oakaa dhemeyne…..thythi kada ey elsa….maa meeru vaane bbq hedhyma….bbq stove eh nethiyya thellaign kaany eyrun hama habeyxx vaane 😛 yummy…..
mihiry fenukehki kurafi aadhey hurihaa kudhin kaan , yumm , adhi emee meery mi kurafeege hiy
YUMMM… fenu kahkaign vx taste kuran v dhw… adhi hama ekani thellaign taste kury.. LOL.. hahahhaahhaha mihaaru mi jehuny fenu vx kahkan bbq vx hadhan LOL
n e hiy fis fis koh leema ,adhi maa meeru , yummmmmmmmm
hahhahhahha thellaignvx vrh meeru kurafige hiyy.. hahhahah
ekam hama enme meeree antenna… ryn ah..
nonekey shabee , elsa kaifdin 2 vah tharu kurafi ves , bt emme meery hama fenukehki kurafi , kaahithun maruvany mioh
hahhahahhah 😀
AHCHEEDI SHABY MIHAARU OAKAA DHEMEY EBA, NW STOP IT….HAHAHAH M FYLING YUCK…. BUT SHABY DHW FETTY VX?? OOPS HAHHA BUT NW “KUREFI” VAAHAKA IS OVRR 😉 BUT VAANE WEEKEND EHGGA KUREFI BBQ EH EMMN EKH HADHAN BEACH AH DHAAN INGEY??HAHAHAH
hahhahaha dhw… yuuummm i cnt wait.. hahahhahahh 🙂 🙂 asluvx vrh fakuru ganey eba.. dhn hyvany kairyga kurafi eh ulheyhn.. n e kurafi bunaahn “THELLAIGENNEY BBQ EY FENU KAKKANY EY… THIYA KAMEH KURANVX AIYYLAN KERIHJEYYA VAANE” hahahhah…. 😀 😛
hahahaha ls vx dhw….hahaha 😛
antena ah vure ves meeree hiy , cox kurafi hiy vr thiri vaane , kurafi hiy eyy ehaa haru eh cheh noon , yummmmmmm
hahhahahha ryn ah meeru hiyy vx antenna vx.. ekm enme meere antenna… lolz.. dhn nimuny..
KURAFI VAAHAKA OVER
THE END!!!!
END OF KURAFI VAAHAKA!!
girls are CRAZY.. hahahha amihla ah fasha fashaafa dhn fakurun ulheyne hhahahhahahah
hahahahah dhw…eyge thereyga shaby nd ryyn vx himeney..hahahah 😉
hahahahh hmmm 😛 😉
Vara salhi.eid Mubarak all
thanks sofoo 🙂 n eid mubaarak to u n ur family 🙂
Yes point to be noted… GIRLS ARE CRAZY… finally u guys agreed. Hahahaaaaa
hahahhahahhah… 🙂 😉 ehbai fahara jeheyneyey agree vx kuran… 😛 😛
blll
Varah furihama
Eid mubarak oll. !
thanks usu.. n eid mubaarak to u n ur family 🙂 🙂 😉
reethi!! keep it up ryyn 🙂
thanks K 🙂 🙂
hei ryn sry kury faharu kiyaafa cnmt nukurevuny. de story is awwsome. and waiting for de nxt part.. wen are u gonna upload it.. keep it up.. and i luvd dht kurafi story but it was yucky.. luv u n miss u.. nishyy..
thanks luv… hahhahahah… luv u too n miss u too mr n mr… n vrh avahah up khdheynan 🙂 🙂
this part is nice as well, waiting for next up load it fast. this time talking theme is KURAFI!.. anonymous ge habarehves nuvey, shabee deke birugathytha?
hahaha shaa vx dhw….
ey sorry shaby ah name nujahaa comment kuryma dhemme shaby shaa ah kuri reply ga eyny “anonymous” ge name ingey….so name eh nujahaa cmnt eh khfiyya dhw “anonymous” e arany….huh i hope u guys would understand…. 🙂
hhahahahaahaha… thanks shaa. 🙂 🙂 🙂 shaa vx vaane KURAFI BBQ ah annan ingey.. EID SPECIAL.. hahaha 🙂 😀
owh ehntha shaby.. hehehhehe
n i believe u shaby.. 🙂 🙂 its okay.. n ryn ah vx heevany cmmnt name empty kh baindhaathi kanneynge ANONYMOUS arany.. 🙂 dnt wry… enmn ah undrstnd vaane.. 🙂 🙂
means u have commemted on his name some day before…. hehe… 😉
sorry. i mean comented
no ehvx name eh nujahaa baidhaafa cmnt post kuryma ANONYMOUS arany….u can chk tht..aslu shaby mythi restart khffa dhn open kohlaafa kuri first cmnt v ma name jahan handhaan nethuny….dhn post khlevunyma inguny name nujahaa kan….nd shaby handhaan ebahuri anonymous buni handhaan ehnvx ehchh nujehyma ey anonymous e arany… 🙂
Hama check kollii ok
story is nice