Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަލާ 1

yunaa Level 1
July 13, 2022 4 Mins Read
0 Comments

.ޔަލް.. ޔަލާ!” މޫދަށް ނަޒަރު ހުއްޓާލައިގެން އޮތް ޔަލާ އަށް” ހޭވެރިކަންވީ އޭނާގެ ކައިރީގައި އިން އިނާ އޭނާ އޮށޯވެގެން އޮތް އުނދޯލީގައި ޖަހާ ދުރަށް ހެއްލާލުމުންނެވެ.
“ހޫމް.. ސޮރީ، ކީކޭ؟” ޔަލާ އަވަސް އަވަހަށް ބިންމަތީގައި ފައިން ޖަހާ އުނދޯލި ހުއްޓާލަމުން އަހާލިއެވެ. “ސާބަހޭ.. ކީކޭ ހެއްޔޯ.. މަށެއްނޫނޭ.. ޔަލް އަށް ކިހިނެއްވެފަތަ ތިއިންނަނީ؟” އިނާ ރުޅިމޫނު ހަދާލާފައި މިހެން ބުނިނަމަވެސް ކަންބޮޑުވުމުގެ އަސަރު އޭނާގެ އަޑުގައި ވެއެވެ.
ޔަލާ އަކީ އިނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ވުމާއިއެކު ޔަލާ އަށް ދެރަގޮތެއް މެދުވެރިވުމަކީ އޭނާ އަށް ކެތްކުރެވޭނޭ ކަމެއް ނޫނެވެ.
“ޔަލް އަކަށް ކަމެއްނުވޭ..” ހީލަމުން ޔަލާ ބުނެލިއެވެ. ޔަލާ މިހެން ބުނިކަމަށްވިޔަސް އިނާ އެވާހަކަ ގަބޫލެއް ނުކުރެއެވެ. އެސުވާލަށް ޔަލާ އަބަދުވެސް ދޭ ޖަވާބަކީ އެއީ ކަން އޭނާ އަށް އިނގެއެވެ.
“ޔަލޫގެ ޒެން މިއަދު ވާހަކަ ނުދެއްކީތަ؟” އިނާ ހީލަމުން އަހާލީ ގިނަފަހަރަށް ޔަލާ މަޑުމައިތިރިކޮށް އިންނާނީ އެފަދަ ކޮންމެވެސް ސަބަބަކާހެދިކަން އިނގޭތީ އެވެ. އިނާގެ މިސުވާލާއިއެކު ޔަލާ ރުޅިމޫނު ހަދާލިއެވެ. “ނޯ.. އޭނަ ވާހަކަ ދެއްކި.. އެކަމް އޭނަ އަށް ފަހަރެއްގަޔޯ މާދަން ރަށަށް އާދެވޭނީ..” ޔަލާ މިހެން ބުނެލާފައި ތުންކޮޅު ހަދާލިއެވެ. އިނާ އަށް ހެވުނީ ޔަލާ ތުންކޮޅު ހަދާލުމުންނެވެ. “އޯނ.. ހާދަ ކިއުޓޭ ..” އިނާ ޔަލާ ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“ޒެން އަށް ނާނދެވިދާނެތީ ތިހުރީ ދެރަވެފަ؟” ޔަލާ އެއްޗެއް ނުބުނެ އިންނަން ފެށުމުން އިނާ އަހާލިއެވެ. “ޔާހް.. އެކަމް ޒެން ކައިރީ ނުބުނައްޗެ ޔަލް ދެރަވެފައޭ ހުރީ..” ޔަލާ އުނދޯލީގައި އޮށޯވެލަމުން ބުނެލިއެވެ. “އެއީ ކީއްވެއޯ؟..” އިނާ އަހާލިއެވެ. “އެއީ، ޔަލް ބޭނުމެއް ނޫން ޔަލް އާ ހެދި ޒެންގެ މަސައްކަތް ދޫކޮއްލާފަ އަންނާކަށެއް..” ޔަލާ މިހެން ބުނެލަމުން ދެލޯ މަރާލިއެވެ.
އާހް.. މިހާރު ކާކު؟” ޔަލާ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން ފޯނު ނެގުމަށްފަހު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ތުންފަތަށް އުފާވެރި، ރީތި ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަސްއަވަހަށް ލިބިފައިވާ މެސެޖަށް ރިޕްލައި ކޮއްލިއެވެ.
“އޫހް.. ޒެން ތަ؟” ޔަލާ ގެ މޫނުމައްޗަށް ވެރިވި އުފާވެރި ކުލަވަރު ފެނުމުން އިނާ އަހާލިއެވެ. “ޔާހް.. އެކަމް މިގަޑީ ކީއްކުރަންބާ؟” ޔަލާ އަދިވެސް އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. “ކޮންތާކުހޯ.. ބީޗްގަ މީނީ.. ޒެން ކީއްކުރަންތަ ބަލަނީކީ.. ޒެން ނުވެސް އަންނާނެވިއްޔަ..” ޔަލާ ތުން އަނބުރާލުމަށް ފަހު އިނާ އާ ދިމާލަށް ބަލައިލިއެވެ. “ކިހިނެއް އިނގެނީ.. ޒެން ހަމަ އައިސް ދާނެއްނު.. ޒެންގެ ޔަލޫ ކޮޅަށްޓަކައި..” އިނާގެ ފޯނަށް އައި މެސެޖު ކިޔާލުމަށް ފަހު ޔަލާ އާ ދިމާއަށް ބަލާލަމުން އިނާ ބުނެލީ ހިނިތުން ވެލައިގެން އިނދެއެވެ.
“ޔަލް.. ދެން ހިނގާ ގެއަށް ދާން..” އިނާ އުނދޯލިން ތެދުވަމުން ފޯނަށް ގެއްލިފައި އިން ޔަލާ ކައީ ބުނެލިއެވެ. “އާނ.. ހިނގާ ދާން..” ޔަލާ ތެދުވެ އިނާ އާ އެކީ ގެއަށް ދާން ހިނގައިގަތެވެ.
“ތިމަގުންތަ ދަނީ؟ މިހިން ދިޔައީމަ މާ އަވަސް ވެސް ވާނެއްނު..” ދުރުމަގުން ދާން ޔަލާ ހިނގައިގަތުމުން އިނާ ބުނެލިއެވެ. “އާނ.. އެކަމް މިމަގުގައޭ ހުންނަނީ ޒެން މެން ގެ ވެސް..” ޔަލާ އެމަގާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ދެން ކޮންމެ ދުވަހަކު ތިހިން ދިޔައޭ ކިޔާފަ އޭނަ ފެނޭތަ؟” އިނާ އެނެއް މަގުން ކުރިޔަށް ހިނގައިގަންނަމުން ބުނެލިއެވެ.
“ހަމަ ފެނިވެސް ދާނެއްނު..” އިނާގެ ފަހަތުން ހިނގައިގަންނަމުން ޔަލާ ބުނެލީ ހިތްހަމަ ނުޖެހި ހުރެއެވެ. “އެކަމަކު ދެން މިއަދު މިހެންނޭ ދާނީ.. ތަންކޮޅެއް އަވަހަށް ގެއަށް ދާންޖެހެއޭ އެބަ..” އިނާ މަޑުކުރުމެއް ނެތި ހިނގަމުން ބުނެލިއެވެ. “ހޫމް.. ދެން އޯކޭ އޭ..” ޔަލާ އިނާ އާ އަރާ ހަމަކޮއްލަމުން ބުނެލިއެވެ.
“ބާއި..” ޔަލާގެ ގެއާއި ހަމަ އަށް ދެވުމުން އިނާ ހިނގައިގަތީ އޭނާގެ ގެއަށް ދިއުމަށެވެ. “ބާއި..” ޔަލާ މިހެން ބުނެލަމުން އިނާ އަށް ހަނާ އަޅާލާފައި ގެއަށް ވަނެވެ.

ގޭތެރޭގައި ވަނީ ފަޅު ކަމެވެ. ޔަލާގެ މަންމަ އާއި ބައްޕަ ރަށުން ބޭރުގައިވުމާއިއެކު އޭނާގެ ދައްތަމެން ވެސް ރަށުގައި ނެތުމާއިއެކު މިހާރު އޭނާ ދިރިއުޅެނީ އެކަންޏެވެ.
ޔަލާ އަވަހަށް ގޭތެރެއަށް ވަދެ ގޭގެ ބޮކިތައް ދިއްލީ އަނދިރިވާން ފަށާފައިވުމުންނެވެ. އެއަށްފަހު ކޮޓަރިއަށްވަދެ އެއްޗިހި ބަދަލު ކޮށްލައިގެން ނިކުތް އިރު މަޣްރިބް ނަމާދަށް ބަންގި ގޮވަނީއެވެ. އެހެން ކަމުން އޭނާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ނަމާދު ކޮށްލައިގެން ނިކުމެ ސޯފާގައި ފޯނު ހިފައިގެން އިށީނީ ޤުރުއާން ކިޔެވުމަށެވެ. އިޝާ ނަމާދަށް ގޮވަންދެން ޤުރުއާން ކިޔަވަން އިނުމަށްފަހު ނަމާދަށް ގޮވުމުން ނަމާދު ކުރަންދިޔައެވެ. އެއަށްފަހު ބަދިގެއަށް ވަނީ ކެއުމަށެވެ.ކެއުމަށްފަހު ޔަލާ ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ނަގާ ޒެއިން އަށް ގުޅަން ނިންމިއެވެ.
ޒެއިން އަކީ ޔަލާގެ ލޯބިވެރިޔާ އެވެ. އެ ދެމީހުން ރަށްޓެހިވެގެން ގިނަ ދުވަސް ތަކެއް ވެގެން ގޮސްފައި ވީނަމަވެސް ޒެއިންގެ މަސައްކަތް ހުންނަ ގޮތުން އެދެމީހުނަށް އެހާގިނައިން ބައްދަލު ކުރެވޭގޮތެއްނުވެއެވެ.

“ހޭއި.. ޔަލޫ…” ޒެއިން ފޯނުނެގުމަށްފަހު ވަރަށް ލޯބިން ގޮވާލިއެވެ. ” ހޭ.. ޒެން.. ކީއްތި ކޮއްލަނި؟.. ފަހުން ގުޅާނަމޭ ބުނިމީހާތީ…” ޔަލާ ޝަކުވާކޮއްލިއެވެ. “ސޮރީ އޭ.. އެގަޑީގަ ވަރަށް ޓަޔަޑްވެފަ ހުރީމަ ގޮސް ޖައްސާލިތަނާ ނިދުނީ.. ދެން މިހާރު ވެސް މިދަނީ ކުޑަ ކަމެއްކޮށްލަން..” ޒެއިން ފޯނު ބޭއްވުމަށް ބޭނުންވެފައިވާކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. “އޯހް.. އެހެން.. އޭ އޯކޭ.. ދެން ކޮން އިރަކުން ނިމޭނި؟..” ޔަލާ އަހާލިއެވެ. “އެހެން ބުނާކަށް ނޭނގެ.. އެކަމް ނިމުނީމަ ގުޅާލާނަން…” ޒެއިން އަވަސްއަވަހަށް ބުނެލިއެވެ. “އޯކޭ.. ޕްރޮމިސް ތަ ގުޅާނަންކަން؟..” ޔަލާ ޅަ އަޑަކުން އަހާލިއެވެ. “ޔާ.. ޕްރޮމިސް އޭ.. ބާއި..” ޒެއިންވެސް ޔަލާ ބުނި ރާގުގައި ބުނެލިއެވެ. އަދި ފޯނުބޭއްވިއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޔަލާ އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާލިއެވެ. އުޑުމަތި ބަނަވެފައި ވާރޭވެހުމުގެ ކުލަތައް ދައްކަމުން ދިޔައެވެ. ޖެހިލި ބާރު ވައިރޯޅި އަކާއިއެކު ޔަލާގެ ދިގު، ފަން އިސްތަށިގަނޑު ވިހުރުވާލިއެވެ. އިސްތަށިގަނޑު ރީތި ކޮއްލަމުން ޔަލާ ކުޑަދޮރުލައްޕާލިއެވެ.
އެނދުމަތީގައި އޮތް ފޯނު ރިންގްވާންފެށި އަޑަށް އަވަސް އަވަހަށް ޔަލާ ފޯނުނަގާ ބަލާލިއެވެ. އެއީ އޭނާގެ ދައްތަގެ ފޯނެއްކަމަށްވުމާއި އެކު ޔަލާ އަވަހަށް އެ ފޯނަށް ޖަވާބު ދިނެވެ.ޑުމަތި ބަނަވެފައި ވާރޭވެހުމުގެ ކުލަތައް ދައްކަމުން ދިޔައެވެ. ޖެހިލި ބާރު ވައިރޯޅި އަކާއިއެކު ޔަލާގެ ދިގު، ފަން އިސްތަށިގަނޑު ވިހުރުވާލިއެވެ. އިސްތަށިގަނޑު ރީތި ކޮއްލަމުން ޔަލާ ކުޑަދޮރުލައްޕާލިއެވެ.
އެނދުމަތީގައި އޮތް ފޯނު ރިންގްވާންފެށި އަޑަށް އަވަސް އަވަހަށް ޔަލާ ފޯނުނަގާ ބަލާލިއެވެ. އެއީ އޭނާގެ ދައްތަގެ ފޯނެއްކަމަށްވުމާއި އެކު ޔަލާ އަވަހަށް އެ ފޯނަށް ޖަވާބު ދިނެވެ.
“ބާއި..މާދަން ގުޅާނަން އިނގޭ..” ޔަލާ އޭނާގެ މަންމަ ގުޅައިގެން ހުއްޓައި ޒެއިން ގުޅަންފެށުމުން ފޯނު ބޭއްވިއެވެ.
“ސޮރީ.. މޮމް އާ ވާހަކަ ދައްކަން ހުރީމަ ފޯނު ނުނެގުނީ..” ޒެއިން ފޯނު ނެގުމާ އެކީ ޔަލާ މާފަށް އެދުނެވެ.
“އިޓްސް އޯކޭ..” ޒެއިން އެކަން މާ ބޮޑު ކަމަކަށް ނުހަދައެވެ. “ތޭންކްސް..” ޔަލާ ބުނެލިއެވެ. “ވެލްކަމް.. އެންޑް ސޮރީ.. ތަންކޮޅެއް ލަސްވެއްޖެ ދޯ..” ޒެއިން ބުނެލިއެވެ. “އުހުން އިޓްސް އޯކޭ އޭ..” ޔަލާ އަވަސްއަވަހަށް ބުނެލިއެވެ. “ތޭންކްސް.. މަޑު ކޮއްލައްޗޭ…އެބަ އަންނަން..” ޒެއިން ފޯނު ކަނޑާލިއެވެ. ޔަލާ ފޯނު ބޭއްވުމަށްފަހު ގަޑި ބަލާލިއިރު އެގާރަ ޖެހީއެވެ. އެހެން ކަމުން ޔަލާ އޭނާގެ ނިދާ ހެދުމަށް ބަދަލު ކޮއްލައިގެން ގޮސް އެނދުގައި އިށީނެވެ. އިރު ކޮޅަކުން ވަރަށް ބޯކޮށްވާރޭ ވެހެން ފެށިއެވެ.

ޔަލާ ކުޑަދޮރު ކައިރީގައި ވާރޭވެހޭ މަންޒަރަށް ބަލަހައްޓައިގެން ހުއްޓައި އޭނާގެ ފޯނު ރިންގް ވާންފެށި އަޑު އިވުނެވެ. އެހެން ކަމުން އަވަސް އަވަހަށް ކުޑަދޮރުގެ ފޮތިގަނޑު ވައްޓާލުމަށްފަހު ޔަލާގޮސް ފޯނަށް ޖަވާބު ދިނެވެ.
“ޔަލޫ…” ޔަލާ ފޯނު ނެގިތަނާ ކަންފަތުގައި ޖެހުނީ ޒެއިންގެ ހިތްގައިމު އަޑެވެ. “ލައްބާ..” ޔަލާ ޅަ އަޑަކުން ބުނެލިއެވެ. “ކީއްތިކުރަނީ؟..” ޒެއިން އަހާލިއެވެ. “ކަމެއް ނުކުރަން.. ވާރެވެހޭތީ މިހުރީ ވާރެއާ ތެމޭހިތުން..” ޔަލާ ސިޓިންރޫމަށް ނިކުމެ ސޯފާގައި އިށިނދެލަމުން ބުނެލިއެވެ. “އެހެންތަ؟.. ނިކުމެބަލަ ވާރެއާތެމެން..” ޒެއިން ހިނިތުންވެލަމުން ބުނެލިއެވެ. “ޔަލް އެކަނި ވާރެއާ ތެމޭކަށް ނުކެރޭނެ މިގަޑިއަކު.. ޒެން އާދެބަލަ ޔަލް އާ އެކީ ވާރެއާ ދެމެން..” ޔަލާ ހީލަމުން ބުނެލިއެވެ. “ޒެން މިހުރީއޭ.. ނިކުމެބަލަ..” ޒެއިން ހީލަމުން ބުނެލިއެވެ. “ޔާހް.. ޔަލް ނިކުމެދާނަމޭ.. ޒެން އެއް ނުވެސް ހުންނާނެވިއްޔަ..” ޔަލާ މިހެން ބުނެލަމުން ބޭރު ދޮރާއި ދިމާލަށް ހިނގައިގަތީ ޒެއިން ނުހުންނާނެކަން އެނގި ހުރެއެވެ.

ޒެއިން އަކީ ރަށުން ބޭރު ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކަށް ވުމާއިއެކު، ޔަލާ ކައިރީގައި މިފަަހަރު ރަށަށް އެހާއަވަހަށް ނާނދެވިދާނެ ކަމަށް ބުނީވެސް ޒެއިން އަމިއްލަ އަށެވެ.

“ނިކުމެބަލަ.. އޭރުންނޭނުންތަ އެނގޭނީ..” ޒެއިން ލާނެއްހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އާނ.. އާނ.. ޔަލް މިނިކުންނަނީ އޭ.. އެކަމް ޒެ…..” ބޭރު ދޮރުގައި ހިފާހުޅުވާލި ޔަލާގެ ބަސް ހުއްޓުނީ ތަންކޮޅެއްދުރުގައި ފޯނު ކަންފަތުގައި ޖަހައިގެން ހެވިފައި ހުރި ޒެއިން ފެނިފައެވެ.
“ޒެން..” ޔަލާ އަށް ލިބުނު އުފާވެރި ކަމާއިއެކު ހަޅޭއްލަވައިގަނެވުނެވެ. އަދި ޒެއިން ކައިރިއަށް ދާން ދުއްވައިގަތުމަށް އެޅި ފިޔަވަޅު ފެނުނީ ޒެއިން ބަލަ ހައްޓައިގެން ހުރި ގޮތް ފެނިފައެވެ.
-ނުނިމޭ-

**މިއީ ވާހަކަ ޑޮޓް ކޮމް ގައި އަޅުގަނޑު ލިޔަން ފަށާފައި، ވަގުތީ މައްސަލަތަކެއްގެ ސަބަބުން މަޑު ޖެހިފައި ވާ ވާހަކަ އެކެވެ. އަލުން މި ސައިޓުގައި ކުރިއަށް ގެންދިއުމަށްޓަކައި ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަމެވެ.**

Share Article

Follow Me Written By

yunaa

Level 1

Other Articles

Previous

ވަރުދާ 15

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 7

Next
July 14, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 7

Previews
July 13, 2022

ވަރުދާ 15



All Right Reserved!