ހިތަކުން ހަމަ ނުފިލާނޭ…
އަހަރެންނަކީ މާކަ ރީތި އަންހެން ކުއްޖެއް ނޫނެވެ. ނަމަވެސް ހުތުރު ކުއްޖެކޭވެސް ނުބުނެވޭނެއެވެ. ހުންނާނީ ބުރުގާ އަޅާފައެވެ. ފިރިހެން ކުދިންގެ މެދުގައި މާކަ މައްޝޫރު ނޫނަސް، ފުދޭވަރަކަށް ގިނަ ކުދިންނާއި ވާހަކަ ދައްކާ އުޅެމެވެ. ނަމަވެސް އެއްވެސް ކުއްޖަކާއި އަދި ރައްޓެއްސެއް ނުވަމެވެ.
ކޮންމެގޮތެއްވިޔަސް، އަދި ކުރިޔަށް އޮތް ތާނގައި ކޮންމެ މީހަކާއި އެކުގައި އަހަރެން އުޅުނު ކަމުގައި ވިޔަސް، ދާދި ފަހަކުން އަހަރެންގެ ޙަޔާތުގައި ޖެހުނު ލައްގަނޑެއް ހިތަކުން ފިލައިގެނެއް ނުދާނެއެވެ. މިފަދަ ކަމެއް، އަހަރެންނަށް މި ދިމާވީ އަލަށް ކަަމަށް ވިޔަސް، އެތަކެއް ޢިބްރަތެއް ލިބިއްޖެއެވެ.
******************************
އަހަރެންނަށް އަދި އެންމެ 13 އަހަރެވެ. ދިރިއުޅެނީ މާލެ އަތޮޅު ވިލިގިނލީގައި ކަމުގައި ވިޔަސް، ދަނީ މާލޭގެ ސުކޫލަކަށްށެވެ. އަހަރެންނަށް މިވީ އަދި އެންމެ 13 އަހަރު ކަމުން، އުޅެނީ ގްރޭޑް 7 ގައެވެ.
މާލޭ ސުކޫލަކަށްދިޔަ ކަމުގައި ވިޔަސް، ޓިއުޝަނަށް ދަނީ ވިލިނގިލީގައި ހުންނަ ގެއަކަށްށެވެ. ކޮންމެ ދުވަހަކުވެސް، އަހަރެން ޓިއުޝަނަށް ދަނީ 03:15 އަށެވެ. ކޮންމެ ދުވަހަކުވެސް ޓިއުޝަނަށް ދާއިރު، ބައިވަރު ކުދިން ޓިއުޝަނުގައި ތިބޭނެއެވެ. އެކުދިން އަންނާނީ، އަހަރެންނަށް ވުރެ އެއްގަޑި އިރު ކުރިންނެވެ. ނަމަވެސް އަހަރެންނާއި އެއްގަޑީގައި ޓިއުޝަނަށް ދާ ކުއްޖަކު އުޅޭނެއެވެ. އެއީ ޒިދުނާއެވެ. އޭނަވެސް އުޅެނީ 7 ގައެވެ. ނަމަވެސް މާލޭގެ އެހެން ސްކޫލެއްގައެވެ.
އަހަރެން ހަނދާންވާގޮތުން އެއީ ހޯމަ ދުވަހެވެ. ސުކޫލް ނިމިގެން، ވިލިގިއްޔަށް އާދެވުނުއިރު، މެންދުރުން އަނބުރާ 2 ޖަހަނީއެވެ. ފެންވަރައި ތާޒާވެލައިގެން، އަހަރެން އަވަސްވެގަތީ، ޓިއުޝަނަށް ދިއުމަށްށެވެ. މެންދުރު ކެއުމަކީ، އަހަރެންގެ ކަށީގައި ހިފާފަ ނެތް ކަމަކަށް ވީތީ، ކެއުމަކަށް ސަމާލުކަމެއް ނުދެމެވެ.
އަހަރެން ދިރިއުޅޭ ގެއާ، ޓިއުޝަން ގެއާ އެހާ ދުރެއް ނުވާނެއެވެ. މަޑު ހިނގުމެއްގައި ހިނގާލައިފައި ހަތްވަރަކަށް މިނެޓުން ޓިއުޝަނަށް ދެވޭނެއެވެ. ދޮންކޮށްފައިވާ އިރުގެ ހޫނުން އަހަރެން ވަނީ އުނދާސް ކުރުވާފައެވެ. ޓިއުޝަން ގެއާ ވަރަށް ކައިރި ވެފައި ވަނިކޮށް ޒިދުނާ އާއި ދިމާވެއްޖެއެވެ.
”އަހަން ޒިދޫ! މެކްސް ފޮތް ގެނައިންތަ؟ މިސް އިއްޔެ ބުނި މިއަދު މެޝާރމެންޓް އެކްސްޕްލެއިން ކޮށްދޭނެމޭ…” ޒިދުނާ ފެނުމުން އަހަރެންނަކަށް މަޑަކުން ނުހުރެވުނެވެ. ވާނީވެސް އެހެން ތާއެވެ. އަހަރެންނާއި ޒިދުނާ އަކީ ނުލާހިކު ގާތް ދެ ރަޙުމަތްތެރިން ވިއްޔާއެވެ. އެއްކޮށް ޓިއުޝަނަށް ދާތާ ގާތްގަނޑަކަށް ދެ ވަރަކަށް އަހަރު ވެދާނެއެވެ.
”އާން ދެން ގެންނާނެއްނު.. އަންނަ ހަފްތާގަ ޔުނިޓް ޓެސްޓު ފަށާ ޒިދޫ މެންނަށް.. އެންޑް ތި ވާހަކަ އެއް ނޫނޭ! ގެސް ވަޓް؟ އެއްކަލަ ދުވަހު ޓިއުޝަނަށް އައެއްނު ވަރަށް ޝޯޓް ބޯއީ އެއް ދޯ! އޭނަ މިއަދު ފެރީން ދެކުނިން. ހުރީ ޓީ.އެސް ޔުނީފޯރމް ގަ. ހީ ގޭވް މީ އަ ސްމައިލް އެންޑް އަ ވިންކް.. އައި އޭމް ސޯ ހެޕީ…” ޒިދުނާ ވެސް އަހަރެންނާއި ބައިވެރިވެލިއެވެ. ދެމީހުންމެ، ތަފާތު ވާހަކަތަކެއް ދައްކަމުން ގޮސް ޓިއުޝަނަށް ވަނީމެވެ.
އާދައިގެ މަތީން ގޭގެ ފެންޑާ މަތި ވަނީ ތަފާތު ސައިޒުގެ ތަފާތު ވައްތަރުގެ ފައިވާނުން ފުރިފައެވެ. ތިނޯހެއްގެ ތުނޑު ޖައްސާލާނޭ ވަރު ތަންކޮޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް އެތާނގައި ފައިވާން ގިނައެވެ. ޓިއުޝަނުގައި ވަރަށް ގިނަ ކުދިން ތިބިކަން އަހަރެންނަށް ވަގުތުން ދެނެގަނެވިއްޖެއެވެ. ”ޒިދޫ! މިއޮތީ ހުސްތަންކޮޅެއް.. ހިނގާ އަވަހަށް އެތެރެއަށް.. ވަރަށް ކުދިން ގިނަ ކަންނޭނގެ.. ޔަޤީނުން ވިއްޔާ އިށީންނާނެ ތަންކޮޅެއް ވެސް ނުލިބޭނެ.” އަހަރެން ޒިދުނާ އާ މުޚާތަބު ކޮށް ވާހަކަ ދެއްކީމެވެ. އޭރު އޭނަ އަހަރެންނާއި ދާދި ގާތުގައި ފައިވާން ބަހައްޓަނީއެވެ.
ޒިދުނާއަށް ފައިވާން ބަހައްޓަން ޖާގަ ކޮޅެއް ދިނުމަށްފަހު އަހަރެން އަވަސް ވެގަތީ ސިޑިން މައްޗަށް އެރޭތޯއެވެ. ނަމަވެސް އަހަރެންނަށް އެރުނީ ސިޑީގެ ދެ ހަރުފަތަށެވެ. ފަހަތުން މީހަކު އަހަރެންގެ ގައިގައި ބައްދައިގަތެވެ. ދަބަހުގައި މާކަ ގިނަ ފޮތް ނެތުމުން، އެމީހަކަށް އަހަރެންގެ ފަހަތުން ބައްދައިގަންނަން ފަސޭހަވިއެވެ. ”ޒިދޫ! ޒިދޫ!!..” އަހަރެން ބާރަށް ހަޅޭލަވައިގަތީމެވެ. ނަމަވެސް ކަރުބުޑުގައި އަޑު ވަނީ ތާށިވެފައެވެ. ސަލާމަތްވާން ތެޅެފޮޅެމުންދާއިރު، ބިރުންގޮސް ކުޑަކަމު ނުދެވުނީ ވެސް ހަމަ ކިރިޔައެވެ.
އަހަރެންނެކޭ އެއްފަދައިން ޒިދުނާގެ ހާލަކީ ވެސް ހަމަ މިއީއެވެ. އޭނަވެސް ހުރީ ބިރުން ރޫރޫ އަޅައަޅައެވެ. އަހަރެން ހުރީ އެމީހަކާއި ފުރަގަސް ދީގެން ކަމުން، އަހަރެންނަކަށް އެމީހަކު ނުފެނެއެވެ. އަހަރެންގެ ކަރުގައި ވަށާލެވިފައިވާ ދެއަތް ކުއްލިއަކަށް މޮހުނެވެ. އެއާއެކު އެމީހަކު އަހަރެންގެ ކުރިމަތި ފަރާތަށްވާ ގޮތަށް ބާރަކަށް ބައްދާލިއެވެ. އެވަގުތު އަހަރެންގެ ހައްޓަކު ހޭވެރިކަމެއް ވެސް ހުރިކަމެއް ނޭނގެއެވެ. ތިބާ ނަމަވެސް ވާނީ އެހެނެއް ނޫން ހެއްޔެވެ؟ އަހަރެންގެ ގައިގައި ބައްދައިގަނެގެން އޮތީ ކާކު ކަމަށް ހެއްޔެވެ؟ ރާއްޖެއަށް ގިނަވެގެން މިއުޅޭ ބިދޭސީންގެ ގޮލައެކެވެ. އެމީހާގެ އިސްތަށިގަނޑު ފުދޭވަރަކަށް ދިގެވެ. އަދި ބޮޑު މަތިމަހެއް ވެސް ހުއްޓެވެ. އެމީހާ ވަނީ ލޮކި މަސްޖަހާ ފަލަވެފައެވެ. ހީވަނީ ޖަންބެއް ހެންނެވެ. ނޫނެކެވެ. ބަރަބޮލެއްގެ މިސާލު ނެގިއްޔާ މާ ގުޅޭނެއެވެ.
އަހަރެންގަތީ އަމަށަކު ބިރެއް ނޫނެވެ. އޭރު އޭނާގެ ތުންފަތް ވަނީ އަހަރެންގެ މޫނާއި ދާދި ގާތްވެފައެވެ. ފެންކަޅި ވެފައިވާ އަހަރެންގެ ލޮލުން ކަރުނަތައް ނީރާލާކަށެއް މާކަ ގިނަ އިރުތަކެއް ނުނެގިއެވެ. އޭރު ޒިދުނާވެސް އަޑުން އަޑުނަގާ ރޮނީއެވެ. ޒިދުނާ ހުރީ ފައިވާންތައް ބަހައްޓާތާ ކައިރި ގަނޑުވެފައި ކަހަލަ ގޮތަކަށްށެވެ. ކޮންމެ ގޮތެއް ހަދައިފަިއި ވިޔަސް، ޒިދުނާއާއި އަހަރެން މި ބަންގާޅު މީހާ ކައިރިން ސަލާމަތް ވާން ބޭނުމެވެ. އަހަރެމެންގެ ޢިއްފަތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔާއި މޮޑެވިގެން ދާކަށެއް ބޭނުމެއް ނޫނެވެ.
”އޭ މިހިރަ ޙަޔާތް ކުޑަ މީހާ ގަނޑާ!! ހަމަ މިހާރު އަހަރެންގެ ގައިން ދޫކޮށްލާ! އެހެންނޫނީ…” އަހަރެން ޖުމްލަ ފުރިހަމަ ވެސް ނުކުރަމެވެ. ފުރިހަމަ ކުރިޔަސް ވަކި ބުނަން އޮންނާނީ ކީކޭ ހެއްޔެވެ؟ މި ވަގުތު އަހަރެންގެ އެއްވެސް ބާރެއް އާރެއް ނެތެވެ. ކުޑަމިނުން ބިންމަތީގައި ދުވެލަ ދުވެލަ އުޅޭ ހިނިތަކަށް ވުރެވެސް އަހަރެންގެ މިނިވަން ކަން ކުޑަ ވިއްޔާއެވެ.
އަހަރެންގެ މޫނާއި ކައިރިވެފައި ހުރި ބަންގާޅު މީހާގެ ތުންފަތުގައި، އަހަރެންގެ ދިގު ނިޔަފަތިތަކުން ވަކި އަޅުވާލީމެވެ. އޭނައަށް ތަދުވީ ތޯއްޗެކެވެ. ވަގުތުން ދޫކޮށްލައިފިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ސިޑިން ތިރިއަށް ގޮސް ޒިދުނާގެ ގައިގައި ޖަހައިފިއެވެ. އަހަރެންނަށް އެ އިހާނެތި މަންޒަރު ބަލާކަށެއް ކެތެއް ނުކުރެވުނެވެ. އަވަހަށް ގޮސް ޒިދުނާ އެ ބަންގާޅު މިހާގެ މަޅިން ސަލާމަތް ކުރެވޭތޯ އުޅެގަތީމެވެ. ނަމަވެސް އެކަންވީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އެއާއެކު، އޭނާގެ ބާރުގެ ދަށަށް އަހަރެންވެސް ދިޔައީއެވެ.
އެއް އަތުން ޒިދުނާގެ ގައިގައި ފިރުމަމުން، ބާކީ އޮތް އަތް ބޭނުން ކޮށްގެން އޭނާ އުޅުނީ ޖިންސްގެ ޒިބު ކަހާލަން ވެގެންނެވެ. ވަކި ވަރަކަށް ޒިބު ކަހާލުމުން، އޭނާ ކުރަން އެ އުޅޭ ކަންތައް އަހަރެންގެ މި ޅަ ސިކުނޑިއަށް ނަގައި ގަނެވިއްޖެއެވެ. ވަރަށް ސިއްރުސިއްރުން ބުރުގާގައި އިން ޕިން ނައްޓާލުމަށްފަހު އަތަށް ހެޔޮވަރުކޮށްލީމެވެ. އެ ބަންގާޅު މީހާގެ ނަޒަރު ވަނީ ޒިދުނާއަށް ހުއްޓިފައެވެ. އެއީ އަހަރެންގެ ނަސީބެވެ. އެ ބަންގާޅު މީހާގެ އަތްދަށުން ދެމި ގަތީމެވެ. އެވަގުތު ޒިދުނާއަށް އަހަރެންގެ އަތުގައި އޮތް ޕިން ފެނިއްޖެއެވެ. އޭނާއަށް އަހަރެން ކުރަން އުޅޭ ކަންތައް ދޭހަވާކަށެއް މާކަ ގިނަ އިރެއް ނުނެގިއެވެ. އެހެންވެ، އޭނާ މޮޅު ޑްރާމާއެއްގެ ތަންކޮޅެއް ކުޅެލި ކަހަލަ އެވެ. ”އަހަރެމެންގެ ކުށަކީ ކޮބައިތަ؟ ކުށަކީ ކޮބާހޭ؟؟ މިކިޔާ އެއްޗެއް އަޑު އެބަ އިވޭތަ؟ ކަލެއަށް މަދުވަނީ ކޯއްޗެއް؟ ތި ކުރަން އުޅޭ ކަންތައް އެހާ ވަރަށް ކުރާ ހިތްވަންޏާ، މީހަކާ އިނދެގެން ސަހަލު ގޮތުގަ އެކަން ކޮށްބަލަ..” ޒިދުނާ ފުރަތަމަ ވާހަކ ދެއްކީ ވޭނީ ރާގެއްގައެވެ. ނަމަވެސް ފަހުން އެ އަޑުގައި ރުޅިވެރިކަމާއި ނަފުރަތު އިންތިހާއަށް އެކުލެވިގެން ވިއެވެ.
ޒިދުނާގެ އެ އާދޭސް އަޑުއިވި، އަހަރެންނަށް އައު ހިތްވަރެއް ލިބުނު ކަހަލައެވެ. ލަހެއް ފަހެއް ނެތި އެ ބަންގާޅު މީހާގެ ބުރަކަށްޓަށް، އަހަރެންގެ އަތުގައި އޮތް ޕިން ހަރާލީމެވެ. ދެތިން ފަހަރަކު ދެތިން ދިމާލަކަށެވެ. އެހާ ފުނަކަށެއް ވެސް ނޫނެވެ. ހަމަ ކިރިޔާ ހަންގަނޑުގައި ޖެހިލާ ވަރަށެވެ.
”އައުޗް! އައުޗް! އައުޗް!” އަރިއަރިއަށް ހަށިގަނޑު އޮރި ކުރަމުން ގޮސް، އޭނާއަށް އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވޭ ވަރު ވީ ކަންނޭނގެއެވެ. ނޫނީ ބަލި ޤަބޫލު ކުރީ ކަންނޭނގެއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން، އެމީހާ ޒިދުނާގެ ގައިން ދޫކޮށްލައިފިއެވެ. އެއާއެކު، ޒިދުނާވެސް އަހަރެންނާއި ބައިވެރިވިއެވެ.
އޭގެ އިރުކޮޅެއް ފަހުން އެ މީހާ ދުވެ ފިލައިފިއެވެ. ދިޔަ ނުދިޔަ ތަނެއްވެސް ނޭނގެއެއެވެ. އަވަހަށް ސިޑިން މައްޗަށް އަރައި، މިސްމެންނަށް ވެދިޔަ ކަންތައްތައް ވަރަށް ތަފްސީލު ކޮށް ކިޔައި ދިނީމެވެ. ވަގުތުން ޕޮލިހުންނަށް ވެސް ގުޅިއެވެ.
ޓިއުޝަން މިސްމެން ގޭގެ އެންމެނާއި، ޕޮލިހުން ގުޅިގެން ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އެ ބަންގާޅު މީހާ ހޯދުނެވެ. ”އަަހަރެމެން ގެ އަތުގަ އޭނަ ޖެހުނު އިރު، އޭނަ އުޅެނީ ސިފަ ބަދަލު ކުރަން ވެގެން. ކުރިން ޖަހާފަ އިން މަތިމަސް ވެސް އޭރު ނައްޓަނީ..” ޓިއުޝަން މިސްގެ ފިރިމީހާ ކިޔާދިނެވެ. އަދި އޭނަ ބުނިގޮތުން ވިއްޔާ އެ ބަންގާޅު މީހާ އަތުލައިގަނެވުނު އިރު އޮތީ އޮރިއާން ހާލުގައެވެ. އޭރު އިސްތަށިގަނޑު ވެސް ނުލާހިކު ކުރެވެ.
ﷲ ގެ ހެޔޮ ރަޙުމަތުން އަހަރެމެން ސަލާމަތް ވީތީ، އެކަލާނގެއަށް ޝުކުރުވެރިވަމެވެ. ބޮޑު ފާފައަކަށް ގަދަކަމުން ނަމަވެސް، އަރައިގަނެވުމުގެ ކުރީން ސަލާމަތްވިކަން އެއީ ހަމަ ނަސީބެކެވެ. އެހެންނޫންނަމަ، 13 އަަހަރު ވަންދެން ރައްކާކޮށްގެން ގެންގުޅުނު އަނބުރިވެރިކަމާއި ޢިތްފަތްތެރިކަން، ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޔާއި މޮޑެވިގެން ދިޔައީހެވެ. އެކަމަށްޓަކައި ކިޔަމުން އައިހާ ޅެން، ފަރިއްސަށް ވީހެވެ.
މިއަދު މުޖުތަމަޢުގެ ޙާލަތަށް ވިސްނާލަ ބަލާށެވެ. އެ ބަންގާޅު މީހާ އެ ދުވަހު ޖަލަށް ލިއެވެ. ޑީޕޯޓްވެސް ކުރިއެވެ. ނަމަވެސް، ދުނިޔޭގައި ކަންހިނގާ ގޮތުން ވިއްޔާ، މާދަންވެސް އޭނާ މިނިވަން ކޮށްލަފާނެއެވެ. އެއްފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިން ވެސް ފުންމާލާނެކަން އެއީ ކަށަވަރު ކަމެކެވެ. އެހެން ކަމުގައި ވަނީނަމަ، އެ ބަންގާޅު މީހާ މިނިވަންވީހާ އަވަހަކަށް އަވަސްވެގަންނާނީ އެހެން އަންހެން ކުއްޖެއްގެ ދުވަސް ދުއްވާލެވޭތޯއެވެ. އޭނާގެ މަޅީގައި ޖެއްސޭތޯއެވެ. ފަހަރުގައި ތިބާވެސް އެކަހަލަ މަޅިއެއްގައި ޖެހިދާނެއެވެ. ސަމާލު ވައްޗެވެ.
މިއީ އަހަރެންނަށް މިފަދަ ކަމެއް ދިމާވި ފުރަތަަމަ ފަަހަރެވެ. ހިތުން ފުހެލަން ވަރަށް އުނދަގުލެވެ. ހިތުން ފުހެލަން ކިތަންމެ މަސައްކަތެއް ކުރިޔަސް، ހަމަ އެ ހަނދާން އާ ވަނީއެވެ. ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ ގޮތެއް ވިޔަސް، ހަޔާތުގައި މި ޖެހުނު ލައްގަނޑު ހިތަކުން ހަމަ ނުފިލާނެއެވެ.
ނޯޓު: ފަހަރުގައި މިއީ ވަރަށް ފަކުރު ވާހަކަ އަކަށްވެސް ވެދާނެއެވެ. ނަމަވެސް މިއީ ހަޤީޤީ ވާހަކައެކެވެ. މި ވާހަކަ މިވަނީ އަސްލު ނުގެއްލޭ ގޮތަށް މޮޑިފައި ކޮށްފައެވެ. މި ވާހަކައިން ޢިބްރަތެއް ހާސިލް ކުރައްވާށެވެ!!!
********
31 Comments!
Comments are closed.


hope u all will get a moral! enjoyy
Vvv rangalhu vaahaka eh.
thankx zee
Tution geyga hama ehaa Gina meehun think iru ein meehakah ves hama nufeneytha? Halhey leviyya adu iveyne thoahcheh tution ah dhiya kuhjakah ves..
ThIBI iru *
yap. tiushan ga thibi kudhn buni adeh neeveyoa. wedhaane mi haadhisaa dhimaavi girl men gey fendaa mathyga huregen govyma kamah ves. anyway thankx for the comment @ Anonymous
haadha vefa…… :p… molhiyya amillayah vaahaka liyan dhaskobbala… kaleyah ehnvejjeyya hunnaany kihineh…. visnaigen comment kuran aadha kobbala alhaa….
iburaitheri vaahaka eh… ekamu “maaka” mee dhivehi bahehtha???
labba uji.. radheef gai waagothun ”maaka” ge maana aky DHARAJAIGE THAFAATHU DHEKKUMUGE GOTHUN BEYNUN KUREWEY BAHEH. EG: MAAKA BODEH NUUN.. and thi dhn comment ah shukuriyyaa
kobaa… uji… dhivehi dhaskuran ulhebala….
Eynage hayaathuga lahgandeh nujehe ehnu
eyna ah eyge hithi asaru koffi ehnu.. hama kiriyaa eyna salaamai vy.. @ fakko
misaalakah fakko ah ekahala kameh vejjeyyaa ufalun accept kuraany dhww…… bala ehn myhunge ves hitheh oveyey…. MOYA..
bangaalheen nah vure maa hayaaiy kuda dhivehin..mi veytha vaahaka akah..molhu vaahaka eh me..
thi dhn comment ah shukuriyyaa @ yaanube. insha allah VAAHAKA AKAH VAAKAHALA VAHAKA eh liyaanan v avahah
every girl should know how to fight back… it is a inspiring story for girls.. just dont let them do whatever they want, show the women power… 🙂
ya v rangalhu vaahaka eh thiee @ shaa
YEY….. BOAKI…..
VARAH RYTHI….. E MOYA BAKARINTHAKAH NENGE ANHENUNGE FURIHAMA KAMEHN VES….
Vaahaka reethi
thankx shaaha
Haadhisaa shauguver… haadhisaa kiyadhinumuga boadah asaru ufadhaadheythi… kunnu baarugadhakoallaathi…eyrun reethivaane…. vaahaka ah saabasdhen..
thankx moomi miss! insha allah miss thi dhin comment ah alhugadu amalu kuraanan.. miss you moomi miss:)
ya! varah rahgalhu vaahaka eh haahsa koh anhen kudhin ah
oh what a tregedy
i agree with u maddeline. hehehe
sabas thiya gothu gai hifahahtaathi igey!!!!!!!!!
waiting for new stories of you
yes my friend maddeline!! 10x for ur support maddeline n thankx 4 ur comment
HI!
hiii,, insha allah sham ge exam nimunuhaa avahakah sham ge new storiex up waane. these days am busy with cuming exams.
I loved it shaam.??
Molheyy dhw shaamila??
Loved this story