Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ތަކުރާރެއް ނުވާނެއެވެ.

Ameenath Janna Level 1
May 31, 2022 2 Mins Read
1 Comment

ވިސްނާ ވިސްނާވެސް އަހަންނަށް ކުރެވުނީ ކޮންކަމެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ސިކުނޑިއަށް އެއްވެސް ބާވަތެއްގެ ވިސްނުމެއް ނުވަނެވެ. ލޯމައްޗަށް ސިފަވެގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން ވީ ކަންކަމެވެ.

ރަށުގައި ދުވެ ކުޅެ ސަކަރާތްޖަހައި އުޅުނު ދުވަސްތަކަށް ނިމުން އައީ، ގުރޭޑް 7 ނިމުމުންނެވެ. އިތުރަށް ތައުލީމު ހާސިލްކުރުމަށް މަންމައާއި ބައްޕަ، އަހަރެން  މާލެ ފޮނުވުމުންނެވެ. މާލެ ދެވޭތީ އަހަރެން ވަރަށް އުފާވިއެވެ. ހިތުގައި ކަނޑައެޅެމުން ދިޔައީ، މަންމަމެން އުފާކޮށްދިނުމުގެ ވަރުގަދަ އަޒުމެވެ.

ނަމަވެސް، މާލޭގެ ފަސްގަނޑުގައި ފައި ޖެހުމުން، އަހަރެންގެ ވަރުގަދަ އަޒުމު ހަނދާާން ނެތުނެވެ. ހަތާނެތި އުޅޭ ވައި ކުޅަނދުރެއްހެން، މާލޭޭގެ މަގުތަކުގައި އަހަރެން އުޅެން ފެށީމެވެ. ވިޔާނުދާ ބަޔަކާއި ގުޅި، އަހަރެންގެ ވިސްނުމާއި ބުއްްދިއަށް ކަޅު އަނދިރި ވިލާގަނޑެއްގެ ހިޔަނި އެޅިގެން ދިޔައެވެ.

ދެން ފެށީ، ބޭނުންވާ އެއްޗިހި ނުހައްގުން ހޯދުމަަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ވައްކަން ކުރުމަށެވެ. އެތައް ގެއަކަށް ވަދެ، އެތައް އެއްޗެއް ލޫޓުވާ، އެކަމުގެ މާހިރަަކަށް ވެވުނީ، ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

ވިއްސާރަ ރެއެކެވެ. އާދައިގެ މަތިން، އަހަރެން ނުކުތީ، ގެއެއް ލޫޓުވާލުމުގެ ބޭނުމުގައެވެ. ވަދެ، ކުޑައިރުކޮޅަކަށް ފަހު، އަހަރެން ނިކުތީ، ފުރިހަމަ ކާމިޔާބީއަކާ މެދު އުފާކުރަމުންނެވެ. ކުއްލިއަކަށް، އަހަރެން ސިހުނީ، ފަހަތުން މީހަކު ގޮވާާ އަޑަށެވެ. ފެނުމުން، އެއީ އެގޭ ވެރިމީހާކަން، އަހަންނަށް އެނގުނެވެ. ކައިރިއަށް އައުމުން ބަލާކަށް ނުހުރެ، ކަރުގައި ހިފާ، އަތުޖެހުނު ގާގަނޑަކުން، އެމީހާގެ ބޮލުގައި ޖެހީމެވެ.

ހޭވެރިކަންވީ، އަތުގައި ފިނި އެއްޗެއް ޖެހުނުކަމުގެ އިހުސާސް ކުރެވުމުންނެވެ. ދެން އިވުނީ ފުލުހުން އައި އަޑެވެ. އެމީހުން އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ކުރެވުނީ ކޮންކަމެއްކަން އެނގުނީ ދެނެވެ. އަހަންނަށް މީހަކު މަރާލެވުނީއެވެ.

މީހަކު މަރާލިކަމަށް ކުށް ސާބިތުވެ، އަހަރެން 15 އަހަރަށް ޖަލަށްލިއެވެ. ޖަލުގެ ކަނު އަނދިރި ގޮޅިއަކަށް ލުމުން، އަހަންނަށް ކަނޑައެޅުނު އަޒުމު ހަނދާންވިއެވެ. ދެ ލޯ ކަރުނައިން ފުރުނެވެ. ގިސްލައި ގިސްލައިފައި ރޯން ފެށީމެވެ.

އެހާލުގައި އިންދައި، އަހަރެންގެ ކަންފަތަށް އިވުނު ހަބަރަކީ، ލޯބިވާ މަންމަ މަރުވި ހަބަރެވެ. ހަމައެކަނި ހުރި ދަރިފުޅު، އެެހާ ގޯސްކޮށް އުޅެ، ޖަލަށް ލުުމުން، އެ މައިމީހާގެ ލަގޮނޑިއަށް ކެތް ނުކުރެވި ހާޓްއެޓޭކެއް ޖެހި މަރުވީއެވެ.

އަހަރެން ގަބުވިއެވެ. ކުރެވުނު ކަންތައް ހިތަށް އެރުމުން، ހިތަށް ވަމުން ދިޔަ ތަދު ބޮޑުވިއެވެ. މަންމައާއި ބައްޕަގެ ހަނދާންތައް، ހަނދާނުގެ ފީތާފަށުގައި ދައުރުވާން ފެށިއެވެ. ރަށުގައި ކުޅެ އުޅުނު ރައްޓެހިން ހަނދާން ވާން ފެށިއެވެ.

އިސްއުފުލައިބަލައިލީމެވެ. އެ ކުޑަ ޖަލު ގޮޅީގެ ފެންލައިޓާއި ދިމާއަށް ބަލައިލީ، ލޮލުން ވެއްޓެން ދިޔަ ކަރުނަ، އިނގިލިކޮޅަށް ނަގަމުންނެވެ. ކަރުނަތިއްކާއި ދިމާއަށް ބަލައިލަަމުން، މަންމަގެ ފުރާނައަށް ހަމަޖެހުމެއް ގެނެސްދިނުމުގެ އަޒުމު، ހިތުގައި ވަރުގަދައަށް ކަނޑައަޅައި، ބިންވަޅުނެގީމެވެ. ކަރުނަތިކި ފުއްޓައްކެއް ޖަހާ ދުއްވާލީ، އަލުން އެފަދަ ކަމެއް، އެފަދަ ދުވަހެއް ތަކުރާރު ވިޔަނުދިމަށް އަޒުމު ކަނޑައަޅަމުންނެވެ.

ނިމުނީ

*އަޅުގަނޑުގެ ވާހަކައަށް ކޮމެންޓް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.*

Share Article

Follow Me Written By

Ameenath Janna

Level 1

Other Articles

Previous

އަބަދަށް އެކުގައި 25

Next

މަދަދުވެރިޔާ (5)

Next
June 1, 2022

މަދަދުވެރިޔާ (5)

Previews
May 31, 2022

އަބަދަށް އެކުގައި 25

One Comment

  1. Aishath Amaany says:
    May 31, 2022 at 8:54 pm

    Vaahaka v reethi….
    Kuriah huri vaahaka thahves reethi vaane kamah ummeedhu kuran ❤️

Comments are closed.



All Right Reserved!