Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނޭންގި ވެވުނު ލޯބި 3

✨ IFAA ✨
✨ IFAA ✨ Level 110 Stories
May 23, 2022 4 Mins Read
2 Comments

 

*”އިފާ ތީ ދޯ މިއަދު ހެނދުނު އަހަރެން މޫދައް ކޮއްޕާލި މީހަކީ؟” ޝަމައިލް އޭނާގެ ފިރިހެން ވަންތަ އަޑުން އަހަރެން ގާތުގައި އަހައިލިއެވެ. އަހަރެން ވަގުރުން ޝަމައިލް ގެ މޫނަށް ބަލައިލީމެވެ. އެއާއި އެކު އަހަރުން އަށް މީހެއްގެ ހުނުމުގެ އަޑުވެސް އިވެމުން ދިޔައެވެ.*

 

އެ އަޑަށް ސަމާލު ކަން ނުދީ އަހަރެން އަދި ޝަމައިލް އެކަކު އަނެކަކާއި ދިމާލަށް ބަލަން ށެވެ. “ތީ މަގޭ ކެވެލި ކޮޅެއް… އަވަހަށް ދީ” އަހަރެން އަތް ދިއްކޮށްލުމަށްފަހު ބުނެލީމެވެ. “ފުރަތަމަ އަހަރެން ކުރި ސުވާލަށް ޖަވާބުދީ” ޝަމައިލް އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރިއެވެ. “އާން އަހަރެން މިއަދު ހެނދުނު ޝަމައިލް މޫދަށް ކޮއްޕާލީ މައްސަލައެއްތަ؟” އަހަރެން މިހެން ބުނުމުން ޝަމައިލް އެއް މިޔަކަޅިން ހީލާފައި އަހަރެންގެ އަތައް އެ ކެވެލިކޮޅު ވައްޓައިލިއެވެ. އެއަށްފަހު ޝަމައިލް ދިޔައީ ބެލް ކަންޏާއި ދިމާލަށް ށެވެ. އަހަރެން ކޮޓަރީ ދޮރު ޖެހުމަށްފަހު ތަޅުލީމެވެ. އެއަށްފަހު އެއްޗިސް ބަދަލް ކޮށްގެން އެނދުމަތީގައި އަރާ އޮށޯއްވެލީ ނިދާލުމަށްށެވެ. ނަމަވެސް ނިދޭނެ ވަރެއް ނުވިއެވެ. އަހަންނަށް ވިސްނެމުން ދިޔައީ ޝަމައިލް މަތިން އެވެ. މިހެން ޝަމައިލް ގެ ހަނދާނުގައި އޮއްވާ އަހަރެން އަށް ނިދުނު އިރެއްވެސް ހުދު އަހަންނަކަށް ނޭގުނެވެ.

 

ޖެހިގެން އައި ދުވަހު ހެނދުނު އަހަންނަށް ހޭލެވުނީ އަހަރެނ ގެ ފޯނު އެލާމް ވާ އަޑަށްށެވެ. އަހަރެން އަވަހަށް ގަޑި ބަލައިލީއިރު ހެނދުނު 7:23 ވެއްޖެ އެވެ. އަހަރެން އަވަހަށް ފާޚާނާއަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ އަލަމާރިން އަތް ދިގު ޖޯޒީ އަކާއި ޓައިޓް ހަރުވާޅެއް ނަގާ ގަޔަށް މަހާލުމަށްފަހު އަހަރެން ބުރުގާ އަޅައިގެން ނިކުމެލީ މަންމަ އަށް އެހީ ވާށެވެ. އަހަރެން ސިޑިބަރިން ތިރިއަށް ފޭބި ވަގުތު އަހަރެން ގެ ލޮލުގައި އަޅައިގަތީ އަހަރެން ސްވޯން އެނަމީ އަދި މަންމަ ގެ ރައްޓެއްސެއްގެ ދަރި އާތިކް އަހަރެން ގެ ގޭގެ ސިޓިން ރޫމް ސޯފާގައި އިށީންދެގެން މަންމަ އާއި އެކު ކޮފީ ބޯން ހުރި ތަނެވެ. އަހަރެން އާތިކް އާއި ދިމާލަށް ވަށްކަޅިން ބަލަން ހުރެފައި ބަހެއް ނުބުނެ ގޮސް ބަދިގެއަށް ވަދެލީ ކޮފީ އެއް ގިރާލާފައި އެ ކޮފީ ބޯލަން ށެވެ. އަހަރެން އަވަހަށް ކޮފީ ގިރައިގެން ބަދިގެއިން ނިކުމެ މައްޗައް އަރައި ބެލް ކަންޏަށް ގޮސް އެތާންގައި ހުރި އުނދޯލީގައި އިށީންދެލައިގެން ކައިރީގައި ހުރި ކޮފީ ޓޭބަލް މަތީގައި އަހަރެން ކޮފީތަށި ބޭންދީމެވެ.  

 

އަހަރެން މިހެން ކޮފީ ތަށި ބޯން ހުއްޓާ ޝަމައިލް އާއި ޝަމީލް އައިސް ބެލް ކަންޏަށް ވަދެ ރޭލަން ކައިރީގައި ހުއްޓިލައިގެން ހުރެ ވާހަކަދައްކަމުން ދިޔައެވެ. އަހަރެން މަޑުމަޑުން ޝަމައިލް އާއި ޝަމީލް ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ތަންކޮޅެއް ކަންފަތް ކާރިކޮށްލީމެވެ. “އޭ ކައެ ކޮން ހާލެއްގައެ… މިހާރު މިއުޓް ބަޓަން ގަ ތިހުންނަނީ… ކީއްވެފަ ތިހުރީ” ޝަމީލް މިހެން އެހުނުމް ޝަމައިލް ކަމެއްނުވޭ ކިޔާފައި ޖީބުން ޕޮޑް ނެގުމަށްފަހު އޭތި ދަމަން ފެށިއެވެ. “އޭ ދެން ބުނެބަ ކާކުތަ އެއީ ކޮން މަންޖެއެއްތަ އެއީ” ޝަމީލް ލާނެތް ރާގަކަށް ބުނެލިއެވެ. “ތިބުނީ ޝަމީލް އުޅެނީ ޖެނީ އާ ހެދި ދޯ” ޝަމައިލް މިހެން ބުނުމަށްފަހު ފަހަތައް އެނބުރި އެތާ އުންދޯލީގައި އިށީންދެގެން ހުރި އަހަންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެން އަށް ހުރެވުނީ ޝަމައިލް ގެ އެ ކަސްރަތީ ހަށިގަނޑާއި ދިމާލަށް ބަލަހައްޓައިގެން އެވެ. އަދި އެއާއި އެކު ޝަމީލް އަހަންނާއި ދިމާލަށް ބިރުން ހުރެ ބަލައިލިއެވެ.

 

“އޭ ކީކޭ؟ ޖެނީ އޭ؟” އަހަރެން އަށް ދެ ސުވަލު އެއްފަހަރާ ކުރެވުނެވެ. “ތީއްތީ މަޅީގަ ޖެހިފަ  އޭނަގަ ބެސްޓީ ކައެ ބަސްޓު އެކޮށްލީ” ޝަމައިލް ޝަމީލް އާއި ދިމަކުރުމުގެ ގޮތުން ބުނެލިއެވެ. “އަމް ޝަމައިލް!! ޝަމައިލް މާލެން އާއިރު ޓީޝާޓެއް ގަމީހެއް ކަހަލަ އެއްޗެއް ނުގެންނަން ދޯ” އަހަރެން ބުނެލީމެވެ. އެއަށްފަހު އަހަރެން ތިރީ ފްލޯ އަށް ފައިބައިފައި އާތިކް އަށް ބީރު ކަންފެތެއްދީގެން ހުރެ  ބަދިގެއަށް ގޮސް ކޮފީ ބުއި ތަށި ދޮވެލައިގެން ބަދިގެއިން ނިކުތަ ވަގުރު މަންމަ އަހަންނަށް ގޮވައިލުމުން އަހަރެން އެދިމާލަށް ދިޔައީމެވެ. އެއިރުވެސް އާތިކް އަހަރެންގެ ގޭގެ ސޯފާމަތީގައި ހުއްޓެވެ. އަހަރެން އޭނައާއި ދިމާލަށް ލޯ އަޅައިލާފައި މަންމަ ގާތު މިދަނީ އޭ ކިޔަފައި މައްޗައް އެރީމެވެ.

 

“އިފާ ކުޑަކުޑަ ކަމަކު މިއަދު މެންދުރު ފްރީތަ؟” ޝަމީލް އަހަރެން ގާތުގައި އަހައިލިއެވެ. “އާނ މަ ފްރީ ކީއްކޮށްދޭންވީ؟ ޖެނީ ސެޓް ކޮށްދޭންވީ؟” އަހަރެން ލާނެތް ގޮތަކަށް ބުނެލީމެވެ. “ނޫން މިއަދު މެންދުރުގަ އެންމެ ބޮޑުދިޔަ ހުރީ އެހެންވެ މޫދައްދާން ހިންގާ” ޝަމީލް އަހަރެން ގާތުގައި ބުނެލިއެވެ. އަހަރެން އޯކޭ އޭ ބުނެފައި އަހަރެން ގެ ކޮޓަރިއަށް ވަންނަން ދިޔައީމެވެ.

 

އެދުވަހު މެންދުރު އަހަރެން ލައިޓް ބްލޫ ކުލައިގެ ޖޯޒީ އަކާއި ކަޅުކުލައިގެ ޓައިޓް ހަރުވާޅެއް ލުމަށްފަހު ބުރުގާ އަޅައިގެން ނިކުމެލީ މޫދައް ދާން ތައްޔާރުވެގެން އެވެ. އަހަރެން ގޮސް ޝަމީލް ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލީމެވެ. ޝަމީލް ގެ ޚަބަރެއް ނުވުމުން އަހަރެން ދެން ގޮސް ޓަކި ޖެހީ ޝަމައިލް ގެ ކޮޓަރީގައެވެ. ޝަމައިލް ދޮރު ހުޅުވުމުން އަހަރެން ލޯމަތީގައި އަތް އަޅައިލީމެވެ. ވާނީވެސް އެހެން އެއްނޫން ހެއްޔެވެ. ޝަމައިލް ހުރީ ތިރިން ޓްރެކްސޫޓްއެއްލައިގެން އެވެ. ނަމަވެސް މަތިން އެކައްޗެއްވެސް ނުލާ ހުރުމުން އަހަރެން ލޯމަތީގައި އަތް އަޅައިގެން ހުރެ ސިޑިބަރިއާއި ދިމާލަށް ދާން ހިނގައި ގަތީމެވެ. “ޝަމީލް ވީ ޖެނީ މެން ގެއަށް ގޮސް މަޑުކުރޭ މަ މި އަންމަމީ ޓީޝާޓެއް ލައިގެން” ޝަމައިލް އަހަރެންގެ އަތުގައި ހިފާފައި ބުނެލިއެވެ. އަހަރެން އެންމެ ރަނގަޅު ކަމަށް ބުނެ ޝަމައިލް ގެ ކޮޓަރީ ދޮރު ކައިރި ކަމަށް ހީކޮށް ދޮރުގައި ލެގީލީމެވެ. ދެވަނަ ސިކުން ތުގައި މީހަކު ދޮރު ހުޅުވައިލުމުން އެދިމާ އެތެރެއަށް ވެއްޓެން ދިޔައެވެ. ނަމަވެސް އަހަރެން ގޮސް ޖެހުނީ ޝަމައިލް ގެ އެ ތަނަވަސް މޭމަތީގައެވެ. “އޯކޭތަ؟ ތަނަކަށް ތަދުވިތަ؟” ޝަމައިލް ހާސް ވެފައި ހުރެ ބުނެލިއެވެ. “އައިމް ގުޑް ހިންގާ ދަމާ މިހާރު ޖެނީ އާ ރައި ހުންނާނެ މަގައިން މަސްކާން” އަހަރެން މިހެން ބުނެފައި ޝަމައިލް ގެ އަތުގައި ހިފައިގެން ގޭގެ ބޮޑުދޮރާއި ދިމާލަށް ދިޔައީމެވެ.

 

އަހަރެމެން ގޮސް ގޭޓު ދޮރުން ނިކުތް އިރު ޖެނީ އާއި ޝަމީލް ވެސް އެގެއިން ނިކުންނަނީއެވެ. އަދި ނިއުޝާން އާއި ރައިލީ ވެސް އައިސް ހަމަވީއެވެ. “ރެޑީ ހިންގާ ދަމާ” ޖެނީ މިހެން ބުނެ ބީޗް ބޯލް ހިފައިގެން ކުރިއަށް ހިންގައިގަތެވެ. “ޖެން ޕިކް އަޕް އަކާއޭ ދަނީ… ޕިކް އަޕް މި އައީއޭ” ރައިލީ ޖެނީ އަށް އަޑު އިވޭވަރަށް ބުނެލިއެވެ. “އައި ނިއު ދެޓް” ޖެނީ ކަޑަނުވާން ވެގެން ބުނެލިއެވެ. ޕިކް އަޕް އައިސް މަޑުކުރުމުން އަހަރުން އެންމެން އަރާ ޖެހުނު ތާކުގައި އިށީންނީމެވެ. އަހަރެން ކައިރީގައި ހުރީ ޖެނީ އެވެ. އަހަރެން ގެ ކުރިމަތީގައި ހުރީ ޝަމައިލް އާއި ޝަމީލް އެވެ. އަދި އަހަންނާއި ޖެނީއާއި ޖެހިގެން ބިއްދޮށަށް ހުރީ ނިއުޝާން އާއި ރައިލީއެވެ. “އަޅޭމަ ކިތައް ފަހަރު ބުނަން ވީ އަހަރުން އަށް ތި ރޯމާންސް ނުދައްކަބަލަ… އަޅެ ދެން ޕްލީޒް މަ ލޮލަށް ތަދުވެޔޭ” ޖެނީ މަލާމާރުގެ ރާގަށް ބުނެލިއެވެ.

 

“ކޮބާ އޭރުވެސް މަ ބުނިން ދޯ… ސިންގަލް ކޮށް ނުހުންނާށޭ މަ ބުނާ ގޮތް ނެހެދީމަ ވާގޮތް ތީ” ނިއުޝާން ޖެއްސުމަށް ބުނެލިއެވެ. އަހަރެން އެއާއި އެކު ނިއުޝާން އަށް ވަށްކަޅިން ބަލައިލީމެވެ. އަދި އެއާއި އެކު އަހަރެން، ޖެނީ، ޝަމައިލް އަދި ޝަމީލް އެއްކޮށް “އައްޗީޑި” މިހެން ބުނެވުނެވެ.

 

“ސުވާލަކީ މަ ކީއްވެހޭ ބިޓެއް ބޭނުން ނުވަނީ އެންޑް އޭން އާންސާ ރައިޓް އިން ފްރަންޓް އޮފް ޔޫ” އަހަރެން ޑިސްކަސްޓް ވެފައި ހުރެ ބުނެލީމެވެ. މިހެން ގޮސް އޮލަ ވާހަކައިގައި ޖެހުމުގެ ސަބަބުން ފުދޭ ވަރަށް އަވަހަށް ސަން ރައިޒް އިކޯ ބީޗް އަށް ފޯރިއެވެ. ޕިކް އަޕް އިން ފޭބުމަށްފަހު އަހަރެން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީމެވެ. އެއަށްފަހު މޫދާއި ދިމާލަށް ހިންގައިތަނެފައި ރާޅު ބިންދާ ހިސާބުގައި މަޑު ކޮށްލީމެވެ.

 

ޝަމައިލް ގެ ނަޒަރު…

 

އަހަރެން ޕިކް އަޕް އިން ފޭބުނަށްފަހު މޫދާއި ދިމާލަށް ނަޒަރު ހިންގާލީމެވެ. އެތާންގައި އެކަނި ހުރި އިފާ ފެނިފައި އަހަރެން އެ ދިމާލަށް ދިއުމަށް ހިންގައި ގަތީމެވެ. ނަމަވެސް އެ ފިޔަ ވަޅު މަތީގައި ހުއްޓުނީ ޖެނީ އާއި ރައިލީ ގޮސް އޭނާ ކައިރީގައި މަޑު ކުރުމުން އެވެ. އަދި އާދަޔާ ހިލާފަށް އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. އަހަރެން ބޯމަތީގައި އަތް އަޅައިގެން ހުރެ ތިރީގައި އިށީންދެވުނެވެ. އެއިރު އަހަންނަށް ފެނުނީ ޝަމީލް އައިސް އަހަރެން ކައިރީގައި މަޑުކޮށް ތިރިވީ ތަންވެ. އެއަށްފަހު ވީ ނުވީ އެއް ނޭގުނެވެ.

 

—–

އަހަރެން އަށް ފެންނަމުން ދިޔައީ ބޮޑު ކަޅު އަނދިރި ގަނޑެކެވެ. އެ އަނދިރި ގަނޑުގައި އަހަރެން އަށް އަހަރެން ކުޑައިރުގެ ސޫރަ ފެންނަމުން ދިޔައެވެ. އަދި އަހަރެން ގެ އެ ކުޑަ ސޫރަ ކުރިމަތީގައި ރީތި އަންހެން ކުއްޖެއްވެސް ހުއްޓެވެ. ދެން އިތުރަށް އަހަރެން ގެ ކައިރީގައި އަހަރެންގެ މަންމަ އާއި ބައްޕަ އަދި ޝަމީލް ހުއްޓެވެ. އަދި އެ އަންގެން ކުއްޖާގެ ގާތުގައި އޭނާގެ މަންމަ ހުއްޓެވެ. އެ އަންހެން ކުއްޖާގެ އެ ރީތި މޫނުން އަހަންނަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ. ތެދައް ބުނާނަމަ އަހަރެން ހުރީ އަހަރެން މިހާރު މިރަށުގައި އުޅެމުން މިދާ ގޭގެ ކުރިމަތީ ދޮރުމަތީގައެވެ. އެގޭގެ ނަމަކީވެސް ވައިޓް ރޯސް އެވެ.

 

—ނުނިމޭ—     

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ުކޯމަސް އައިންގަނޑު

Next

އަބަދަށްް އެކުގައި 24

Next
May 23, 2022

އަބަދަށްް އެކުގައި 24

Previews
May 23, 2022

ުކޯމަސް އައިންގަނޑު

2 Comments!

  1. Aishath Amaany says:
    May 23, 2022 at 9:15 pm

    V reethi ❤️

  2. Lalaa says:
    July 9, 2022 at 9:43 am

    Great

Comments are closed.

Next Episodeނޭންގި ވެވުނު ލޯވި 2←


All Right Reserved!