Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ލައިލާ – 1

Aisha .H Level 1
May 23, 2022 3 Mins Read
2 Comments

ފަތިހުގެ ހަމަހިމޭން ވަގުތެކެވެ. މޫސުން ގޯސް ދުވަހެކެވެ. ކޮޓަރިތެރޭގައި ލައިލާ އޮތީ ނިދާފައެވެ. ވާރޭ ތިކިތައް ލުއި ލުއި މިއުޒިކެއްހެން ކުޑަދޮރުގައި ބީހެމުން ދިޔައީ ފަޒާތެރޭގެ ހަމަހިމޭންކަން ނަގާލަމުންނެވެ. އޭސީގެ ފިނިން މުޅި ކޮޓަރީގައި ވަނީ ގަނޑުހިފާފައެވެ. އެހެން ނަމަވެސް ލައިލާގެ އޮމާން ނިތްކުރިމަތީގައި ދާތިކިތައް ވިދަމުންދިޔައެވެ.

ކުއްލިއަކަށް އިވުނު ބާރު އެލާމްގެ އަޑާއިއެކު ލައިލާއަށް ފުއްމައިގަނެގެން ތެދުވުނެވެ. ” އޯނޯ.. މިހާރު ސްކޫލަށް ދާ ގަޑިޖެހެން ކައިރި ވެއްޖެ” ގަޑި ބަލާލައިފައި ލައިލާއަށް ޝޮކެއް ލިބުނެވެ. މިއަދަކީ ލައިލާގެ އޯލެވެލް ޓެސްޓުތަކުގެ ތެރެއިން އެންމެފަހު ޓެސްޓު ނަގާ ދުވަހެވެ. ” ހާދަ ވިއްސާރަށް ދުވަހެކޭ މިއީ… އަނެއްކާ.. އިނގިރޭސި ޓެސްޓު އޮތީމަ ކަމަށް ވެސް ވެދާނެ..” ކުޑަދޮރުން ބޭރު ބަލައިލަމުން ލައިލާ ހިނިތުންވެލަމުން ބުނެލިއެވެ. އިނގިރޭސި މާއްދާއަކީ ލައިލާއަށް ވަރަށް ފަސޭހަ މާއްދާއެކެވެ. ނަމަވެސް އިނގިރޭސި ކިޔަވައި ދޭން އަންނަ ޓީޗަރަކީ ވަރަށް ހަރުކަށި ޓީޗަރެކެވެ. މިހެންވެ ހުރިހާ ކުދިންވެސް އެ މާއްދާގެ ގަޑިތަކަށް ވަރަށް ފަރުވާތެރިވެއެވެ. ކުޑަދޮރުން ފެންނަމުން ދިޔަ ފްރާންސްގެ ހިތްގައިމު މާހައުލަށް ގެއްލިފައި އިނދެވުނު އިރު، ލައިލާއަށް ވިސްނެމުން ދިޔައީ ރާއްޖެއާއި ބެހޭ ގޮތުންނެވެ. ލައިލާ އުފަންވީ ރާއްޖެއަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އޭނާދިރިއުޅެމުން އަންނަނީ ޕެރިސްގައެވެ.

ލައިލާގެ ފޯނު ރިންގުވާން ފެށުމާއިއެކު އަވަސް އަވަހަށް ކުޑަދޮރުގެ ފޮތި ކަހައިލުމަށްފަހު ފޯނު ނެގިއެވެ. ”  ހާއި.. ލައި މިއަދު އެންމެ ފަހު ޓެސްޓަށް ވުމުން ޖެހޭނެދޯ ސެލެބްރޭޓްކުރަން..” ލައިލާ ފޯނު ނެގުމާއިއެކު އިވުނީ ޒީވާގެ އަޑެވެ. ” އަދި ރިޒަލްޓްސް ނުލިބެއެއްނު.. ފަހުން ތިކަންކުރާނީ…” ލައިލާ ބުންޏެވެ. ” އެއްކަލަ ލައި… އަބަދުވެސް ‘ފަހުން’ ވެގެން އުޅޭނީ.. ޕްލީޒް މިއަދު ހަވީރު ޒީވްމެންގެ ގެއަށް އަންނާތި..” މިހެން ބުނެ ޒީވާ ފޯނު ކަނޑައިލިއެވެ. ލައިލާ އަވަހަށް ފާހަނައަށްވަދެ ފެންވަރައިގެން ސްކޫލަށް ދާން ތައްޔާރުވިއެވެ. ފަތިސް ނަމާދުކޮށްލުމަށްފަހު އެންމެ ފަހު ފަހަރަށް ފޮތް ނަގައިގެން މާއްދާގެ ޤަވާއިދުތައް ކިޔައިލިއެވެ. ލައިލާ އޭނާގެ އިސްތަށިގަނޑުގައި ފުނާއަޅަންވެގެން ލޯގަނޑު ކުރިމައްޗަށް ދިޔަ ތަނާއި އޭނާގެ ފަހަތުން ހިޔަންޏެއް ދިޔަހެން ހީވެގެން ބަލައިލިއެވެ. ކޮޓަރިއަކު އެއްވެސް އެއްޗެއް ނެތެވެ. ” އެވާނީ …. ކޮންމެވެސް ދިރޭއެއްޗަކަށް..” ހަމަޖެހިލަމުން ލައިލާ ބުނެލިއެވެ.

ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަޑާއި އެކު ލައިލާގެ ލޯޝަންފުޅި ވެއްޓުނެވެ. “ހާދަ ވައި ބާރައޭ.. މިހާރު ލޯޝަންފުޅި އެވެއްޓުނީ..” އެއްވެސް ކަމެއް ނުވާކަމަށް ހެދެމުން ލައިލާ ބުންޏެވެ. ނަމވެސް ކުޑަދޮރު ހުރީ ލައްޕާފައެވެ. ލޯޝަންފުޅި ނަގަންވެގެން ލައިލާ ގުދުވިތަނާއި އެތާއިން ކެކްޓަސް ގަހެއްގައި ލަައިލާގެ އިސްތަށިގަނޑު އަޅައިގަތެވެ. “އާހްހް” ތަދުވިވަރުން ލައިލާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ލައިލާގެ ދޮންބެމެން އެކޮޓަރިއަށް އައެވެ. ” ލައި… ކިހިނެތްވީ؟…” ލައިލާގެ ދޮށީ ދޮންބެ މާހިލް އަހައިލިއެވެ. ” މިތާއިން ކެކްޓަސް ގަހެއްގައި ލައިގެ އިސްތަށިގަނޑު އަޅައިގަތީ…. މާ ބޮޑު ކަމެއް ނުވޭ” ލައިލާ ޖަވާބުދިނެވެ. ” ކީކޭ… ކެކްޓަސް ގަހެކޭ؟… އެކަމަކު ލައި ކެކްޓަސް ގަހެއް ކޮޓަރިއަކު ނުބަހައްޓައެއްނު…” ހައިރާންވެފައި ލައިލާގެ ދެވަނަ ދޮންބެ ޖެލާލް ބުނެލިއެވެ. “ލައި އަކަށް ނޭނގޭ މީތި… ކޮޓަރިއަށް އައިގޮތެއް..” އޮޅުންއަރައިފައި ހުރެ ލައިލާ ބުންޏެވެ. ” ދެންވެސް ލައި ގަޑިނުޖެހެނީސް… ސަލާމަތްކޮށްދީ” އާދޭހުގެ ރާގަކަށް ލައިލާ އޭނާގެ ދޮންބެމެން ކައިރީގައި ބުނެލިއެވެ. މާހިލް އަވަހަށް ލައިލާއަށް އެހީވިއެވެ.

” ލައި.. ހިނގާ އަވަހަށް ސްކޫލަށްދާން… މިހާރު ގަޑިޖެހެން ހުރީ ފަނަރަ މިނިޓް” ޖެލާލް އޭނާގެ ޔުނިފޯމު ރަނގަޅުކޮށްލަމުން ބުންޏެވެ. ” ޖެލާލް… އެކަމަކު ދޮންބެ ބުނިން މިއަދު އޮފީހަށްދާ މަގުމަތީގައި ލައި ސްކޫލަށް ލާދޭނެ ވާހަކަ” 20 އަހަރުގެ މާހިލް ބުނެލިއެވެ. ” ޖެލާލް ވެސް މިދަނީ ސްކޫލަށްދާން… ދާ މަގުމަތީގައި ލައި ވެސް ސްކޫލަށް ލައިދެވިދާނެއެއްނު….. ދޮންބެގެ ބުގަޓީ ޗެކްކޮށްލަންވާނެ ދޯ ލައި” ލައިލާއަށް ‘ދޯ’ އެއް ދެމުން 18 އަހަރުގެ ޖެލާލް ބުނެލިއެވެ.

ދަބަސް ކޮނޑުގައި އަޅުވައިގެން އަވަހަށް ޖެލާލްގެ ފަހަތުން ލައިލާ ނިކުމެލިއެވެ. “ގުޑް ލަކް” ލައިލާ ދާތަން ފެނުމުން ލައިލާގެ މަންމަ ބުންޏެވެ. ” ތޭންކްސް” ލައިލާ އޭނާގެ މަންމަގެ ގައިގައި ބައްދާލުމަށްފަހު ކާރަށް އެރިއެވެ. ފެންގަނޑުތަކުގެ ތެރެއިން ވިދުވަރެއްހައި ހަލުވިކޮށް ޖެލާލް ކާރު ދުއްވަމުން ދިޔައެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލައިލާއަށް ސްކޫލަށް އާދެވުނެވެ. ޖެލާލްއާއި ދިމާލަށް އަތް ހޫރާލުމަށްފަހު ސްކޫލުގެ ހޯލްތެރެއަށް ލައިލާވަނެވެ. ދެ ގަޑިއިރުގެ ޓެސްޓު ނިންމުމަށްފަހު ހުރިހާ ކުދިންގެ މިސްރާބު ވެސް ހުރީ ދޮރާއި ދިމާލަށެވެ.

މިހެންވެ ލައިލާ ހޯލްވޭގައި ކުޑައިރުކޮޅަކަށް މަޑުކޮށްލުމަށް ގަސްތުކުރިއެވެ. އެވަގުތު ކުޑަދޮރު ތެރެއިން ކަޅުކުލައިގެ ސޫޓެއް ލައިގެން ހުރި މީހަކު ހޯލަށް ވަދެއްޖެއެވެ. ބިރުގަތްވަރުން ލައިލާ އަވަސް އަވަހަށް އެތަނުން ނިކުމެވޭތޯ ބެލިއެވެ. ލައިލާގެ ލޮލުގައި އެތަނަށް ވަން މީހާ އަޅައިގަތެވެ. އަސަރުގަދަ ނޫކަޅިއެކެވެ. ކަޅު ބުމައެކެވެ. ފަން، ކަޅު އިސްތަށިގަނޑެކެވެ. ބަލާބެލުމަށް ވައްތަރީ ފިލްމް ތަކުން ފެންނަ ބަތަލާއަކާއިއެވެ. ފުރަތަމަ ނަޒަރުންވެސް ލައިލާއަށް މި އަންހެންކުއްޖާއަކީ އޭނާގެ ސްކޫލްގައި އުޅޭ ކުއްޖެއް ނޫންކަން ދަނެގަނެވުނެވެ. ” ހާއި… މައި ނޭމް އިޒް އެލާ… ކޮން ނަމެއް ކިޔަނީ؟..” ލައިލާއަށް އިޝާރާތެއްކޮށްލަމުން އެކުއްޖާ އަހައިލިއެވެ. ” މައި ނޭމް އިޒް ލައިލާ..” ހިނިތުންވެލައިފައި ލައިލާ ޖަވާބުދިނެވެ. ” ފްރެންޑްސް” މިހެން ބުނެ އެލާ އަތް ދިއްކޮށްލިއެވެ. “ޔާ” މިހެންބުނެ ލައިލާ އެލާގެ އަތުގައި ހިފާލިއެވެ.

ކުއްލިއަކަށް މުޅި ސްކޫލުން ކަރަންޓު ކަޑައިގެން ދިޔައެވެ. އެވަގުތު ކޮންމެވެސް މީހަކު ލައިލާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތްހެން ހީވިއެވެ. ވައިރޯޅިތައް އެއްވެސް ހުރަހަކައި ނުލައި ލައިލާގެ ހަށިގަނޑާއި އަމާޒުވަމުން ދިޔައެވެ. މޫސުން ގޯސް ދުވަހަކަށް ވުމުން ހެނދުނު ވެސް ހީވަނީ ރޭގަނޑު ހެންނެވެ. ހިމަފޮދު ވާރޭގެ ތިކިތައް ލައިލާގެ ހަށިގަނޑުގައި ހުއްޓުމެއްނެތި ބޮސް ދެމުން ދިޔައީ އޭނާ މު/ލިން ތެމްމާލަމުންނެވެ. އެވަގުތު ކޮންމެވެސް މީހަކު ލައިލާގެ ކަރަށް ތޫނު އެއްޗެއް ހަރައިލިއެވެ. މުޅި ތަން އެނބުރެމުން ދިޔަ ކަހަލައެވެ. އެލާގެ އަތްމައްޗަށް ޙަބަރު ހުސްވެގެން ލައިލާ ވެއްޓުނެވެ.

***********************

(ނުނިމޭ)

ނޯޓް: އައްސަލާމް ޢަލައިކުމް. މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ވަރަށް ގިނަ ކުއްތައް ހުރުން އެކަށީގެންވެއެވެ.
މި ވާހަކައައް ކިޔުންތެރިން ލޯބި ލިބިގެންދާނެ ކަމައް އުއްމީދުކުރަން?
އިންތިޒާރު ކޮއްލައްވާ!

Share Article

Follow Me Written By

Aisha .H

Level 1

Other Articles

Previous

ހިތުގެ ޝަކުވާ… 35

Next

ފަނީ ވާހަކަ

Next
May 25, 2022

ފަނީ ވާހަކަ

Previews
May 23, 2022

ހިތުގެ ޝަކުވާ… 35

2 Comments!

  1. Aisha .H says:
    May 23, 2022 at 2:48 pm

    Alhugandu liyunu note gai baeh kuthahke ebbahuri… Eiee ehgothakaves alhuganda gasthaku liyevifaivaa kuhthakeh noon:) mikama kiyun theringe samaalu kan nudhevumma edhen….
    – Aisha-

  2. Laloo says:
    July 9, 2022 at 9:31 pm

    Nice

Comments are closed.



All Right Reserved!