ފަތިހުގެ ހަމަހިމޭން ވަގުތެކެވެ. މޫސުން ގޯސް ދުވަހެކެވެ. ކޮޓަރިތެރޭގައި ލައިލާ އޮތީ ނިދާފައެވެ. ވާރޭ ތިކިތައް ލުއި ލުއި މިއުޒިކެއްހެން ކުޑަދޮރުގައި ބީހެމުން ދިޔައީ ފަޒާތެރޭގެ ހަމަހިމޭންކަން ނަގާލަމުންނެވެ. އޭސީގެ ފިނިން މުޅި ކޮޓަރީގައި ވަނީ ގަނޑުހިފާފައެވެ. އެހެން ނަމަވެސް ލައިލާގެ އޮމާން ނިތްކުރިމަތީގައި ދާތިކިތައް ވިދަމުންދިޔައެވެ. ކުއްލިއަކަށް އިވުނު ބާރު އެލާމްގެ އަޑާއިއެކު ލައިލާއަށް ފުއްމައިގަނެގެން ތެދުވުނެވެ. ” އޯނޯ.. މިހާރު ސްކޫލަށް ދާ ގަޑިޖެހެން ކައިރި ވެއްޖެ” ގަޑި ބަލާލައިފައި ލައިލާއަށް ޝޮކެއް ލިބުނެވެ. […]