ފަހަތުން އިވުނު އަޑުން ސިހިފައި ޔަލްވީ ފަހަތަށް އެނބުރި ބަލާލިއެވެ. ”’ލިއަމް؟” ގަބޫލު ނުކުރެވިފައިހުރެ ޔަލްވީ ބަލާލީ ކުރިމަތީ ހުރި ލިއަމްއަށެވެ. ”ޔެސް! މީ މިޖިމްގެ މެނޭޖަރ އަދި އޯނާރއަކީވެސް،ކިހިނެއްވީ؟” ބޮޑާ ގޮތަކަށް ލިއަމް އެހެން ބުނެލުމުން ޔަލްވީ މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ. ”އޯވްހް! ތީ ދޯ މެނޭޖާރ އަކީ! އެކަމް މިތާގެ ސްޓާފުންގެ ޑިސިޕްލިން ހާދަ ކަޑައޭ، މެނޭޖަރއަށްވެހުރެ ފުރަތަމަވެސް އަމިއްލަ ޖިމްގެ ސްޓާފުން ކޮންޓްރޯލް ކޮށްބަލަ.” ރުޅި އައިސްހުރެ ޔަލްވީ ދިޔައީ ހިތައް އައިއެއްޗެއް ލިއަމް އަށް ގޮވަމުންނެވެ. ”އެކްސްކިއުޒް މީ؟ ކިޔޭ އެއްޗެއް އެބަ އެނގޭތަ؟” ލިއަމް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ”ޔެސް! އެބަ އެނގޭ މިކިޔެނީ ކީކޭކަންވެސް، މިބުނަނީ މިޖިމްގެ އިންސްރަކްޓަރސްގެ ޑިސިޕްލިން ނެތް ވާހަކަ، ވީއައިޕީ ރޫމްގަ ހުރި މުސްކުޅިވަރުގެ މީހާގެ ވާހަކަ މިބުނީ، ހައު ޑެއަރ ހީ ކޮމެންޓު އޮން މައި ހިޕްސް! ފުރަތަމަ އަހަންނަކީ އޭނާގެ އުމުރުގެ މީހެއްނޫން، އެންޑް ހީ ވޯސް ޓްރައިން ޓު ސެކްޝުއަލީ ހެރެސްމީ!” ޔަލްވީގެ ރުޅިގަނޑު ދިޔައީ އިތުރަށް ގަދަވަމުންނެވެ. ލިއަމް އިތުރު އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ލިއަމްގެ މޫނުމަތީގެ ކުލަވަރުން ވަރަށް ރުޅިގަދަވެފައި ހުރިކަން އެނގޭނެއެވެ. ޔަލްވވީ އިތުރަށް މަޑުކުރުމެއްނެތި ދަބަސް ކޮޑުގައި އަޅުވާލަމުން ޖިމުން ނުކުތީއެވެ. ވެފައި ހުރި ވަރުބަލިކަމާއި އައިސްފައި ހުރި ރުޅިން ޔަލްވީ ދަބަސް އެނދު މައްޗަށް ހޫރާލަމުން ފާޙަނާއަށް ވަނެވވެ. އެތަށް އިރެއްވަންދެން ފެންމާގަނޑު ދޫކޮށްލައިގެން ޔަލްވީ ހުރީ ރުޅިގަނޑު ފިނިވޭތޯއެވެ. ހަމައަކަށް އެޅުމުން ގައިން ފެން ހިއްކަމުން ފާޙަނާއިން ނުކުމެ ޔަލްވީ ނޫކުލައިގެ ފައިފުޅާ ހަރުވާޅަކާއި އަތްކުރު އަޅި ކުލައިގެ ޓީޝާޓެއްލިއެވެ. ވެފައިހުރި ވަރުބަލިކަމުން އޮށޯވެލަން ބޭނުންވިޔަސް ފުރަތަމަ އެއްޗެއް ކެއުމަށް ބޭރަށް ނުކުތެވެ.
ޔަލްވީ ކާގެއަށް ވަތްއިރު އާޔަތާއި ޔުވާން ސައިބޯން ތިއްބެވެ. ”ލޯބި، ކިހިނެއްވެފަ ތިހުރީ ހާދަ މޫޑީވެފައޭ” ޔަލްވީ ހުރި ގޮތް ފެނިފައި ޔުވާން ޔަލްވީ ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. ޔަލްވީގެ ބަޑި ފަޅައިގެން ދިޔައީ ޔުވާން މާ ގިނައިން ސުވާލުކުރަން ފެށުމުންނެވެ. އާޔަތު އައިސް ޔަލްވީގައިގައި ބައްދާލަމުން ޔަލްވީ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ”ދޫނީ އިޓްސް އޯކޭއޭ ދޮންބެކައިރީ ބުނަން ބޭނުން ނޫނިއްޔާ! އަވަހަށް ހުއްޓާލާ!” ޔުވާން ދެރަވެގެން ޔަލްވީގެ ދެލޯ ފޮހެލަދިނެވެ. ”ދޮންބޭ!” ރޮމުން ޔަލްވީ ވާހަކަ ދައްކަން ފެށިއެވެ. ޖިމްގައި ހިނގި ކަންތައް ޔަލްވީ ޔުވާން އަށް ކިޔައިދޭން ފެށިއެވެ. ޔަލްވީގެ ވާހަކަ ނިމުމުން ޔުވާން ރުޅިއައިސްހުރެ ފޯނު ހިފައިގެން ވަރަށް ބާރަށްގޮސް ޓެރަހަށްއެރިއެވެ.
ރޮއިރޮއިފަ ވަރުބަލިވެގެން ނިދާފައޮތް ޔަލްވީއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. ޔަލްވީ މޯޅިއަކަށް ދެމިލާފައި ތެދުވެ ގަޑި ބަލާލިއިރު 14:15 ވަނީއެވެ. ފޯނުނަގައި ކަންފަތު ޖަހާލަމުން ޔަލްވީ ‘ހެލޯ’ އޭ ބުނެލީ ގުޅަނީ އޮފީސް ނަންބަރަކަށްވުމުން ޖެހިލުންވެ ހުރެއެވެ. ”ހެލޯ! ލައްބަ ވާހަކަ ދައްކަނީ ޔަލްވީ!” ފޯނުގައި ހުރެ ޔަލްވީގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރުން ވަރަށް އުފާވެރި ހަބަރެއް ލިބުންކަން އެނގެއެވެ. ފޯންކޯލް ނިންމާލުމަށްފަހު ޔަލްވީ ދުވަމުން ގޮސް ޓީވީ ބަލަންއިން އާޔަތުގެ ގައިމައްޗައް ވެއްޓިގަތެވެ. “ސާބަހޭ! ޔައްލު އައި ކާންޓް ބްރީތް” ނޭވާ ނުލެވިގެން އާޔަތު ޔަލްވީ ކޮއްޕާ ބިންމައްޗައް ވައްޓާލިއެވެ. “އައުޗް! ތަދުވެއްޖޭ އާޔޫ” ބުރަކަށީގައި އަތްކާތަމުން ޔަލްވީ ލޯއަޅާލިއެވެ. “ކިހިނެއްވީތަ މާވަރަކަށް ތިނަށަނީ؟” އާޔަތު ޔަލްވީ އުޅޭގޮތުން ބޮލަށް އުނދަގޫވެގެން އެހިއެވެ. “އަޅޭ އާޔޫ އައިގޮޓް އެކްސެޕްޓެޑް ޓު މައި އިންޓަރވިއު” އުފަލުން ނަށަމުން ޔަލްވީބުންޏެވެ. “ވާއު! ކޮންގގްރެޓްސް ޔައްލު، އަމް ސޯ ހެޕީ ފޮރ ޔޫ” އާޔަތު ޔަލްވީގައި ބައްދާލިއެވެ.
“ދެކުދިން ހާދަ އުފާވެފަ. ކިހިނެއްވީ؟” ޔުވާން އޮފީސް ނިންމާލާފައި ގެއަށް އައިސް ވަންނަމުން އަހާލިއެވެ. ވެގެން އުޅޭގޮތް އާޔަތު ކިޔާދިނުމުން ޔުވާން ޔަލްވީއަށް މަރުހަބާ ކިއެވެ. “ކޮންއިރަކު އިންޓަރވިއު އޮތީ؟” ސޯފާގައި އިށީނަމުން ޔުވާން އަހާލީ ޔަލްވީގާތުއެވެ. “މާދަމާ ހެނދުނު 10 ޖަހާއިރު” ޔުވާން ކައިރީ އިށީނަމުން ޔަލްވީ ބުންޏެވެ. “ގުޑްލަކް މައި ލަވް ޑޫ ޔުއަރ ބެސްޓް އިނގޭ” ހީލަމުން ޔުވާން ޔަލްވީ ކޮލުގައި ހިފާލިއެވެ. “ދޮންބެ ދޭ ފްރެޝް ވެލައިގެން ކާންއަންނަން، ޔައްލުގަނޑުވެސް ދޭބަލަ ދަތްއުނގުޅަން ޗީޑި ނިދާހޭލާގެން ކުނިވެފަ ތިހުރީ” މޫނުހަދާލަމުން އާޔަތު އެހެން ބުނީ ޔަލްވީ ރުޅި އަރުވާލާށެވެ. ” ހައް! ވަރަށް ފޫހިވޭ އާޔަތުގަނޑު” ތުންދަމާލަމުން ޔަލްވީ ކޮޓަރިއަށްވަނެވެ. ތިން މީހުން އެކުގައި ކައިނިމިގެން އާޔަތުއާއި ޔަލްވީ ރޭގަނޑު ބިރުވެރި ފިލްމެއް ބަލަން ރޭވިއެވެ. އާޔަތާއި ޔަލްވީ ކިތަންމެ ބިރުގަންނަ ދެކުދިންކަމުގައި ވިޔަސް ބިރުވެރި ފިލްމް ބަލަން ވަރަށް ފޯރިހުރެއެވެ.
ރޭގަނޑުގެ ވަގުތެވެ. ޔަލްވީހުރީ ބަދިގެތެރޭގައި ޕޮޕްކޯން ހަދާށެވެ. އާޔަތު ‘ޕޮޓޭޓޯ ފްރައިސް’ ހެދުމުގައި އުޅުނެވެ. ގޭގެ ބެލް ޖަހާއަޑު އިވެންފެށީ އެވަގުތުއެވެ. “ވެއިޓް…ޔައްލު އެބަދަން” ޔަލްވީ އަތްދޮވެލައިގެން ގޮސް ދޮރުހުޅުވިއެވެ. “އަނހާ! އަޒާން؟ހައި!” ކުރިމަތީގައި ހުރީ އަޒާންއެވެ. “ހެލޯ ޔަލްވީ! ކޮބާ ޔޫވީ؟” ހީލަމުން އަޒާން އެތެރެއަށް ވަނެވެ. “ދޮންބެ އެބައުޅޭ އެހެރަ ކޮޓަރީގައި” ހަތަރުވަނައަށް ހުންނަ ކޮޓަރިއަށް ޔަލްވީ އިޝާރާތް ކޮށްލިއެވެ. އަޒާންގޮސް އެކޮޓަރިއަށް ވަނެވެ. އެކޮޓަރިއަކީ ޔުވާން ގެ ގޭމިން ރޫމްއެވެ. ޔުވާންގެ އެކުވެރިންނާއެކު ގޭމްކުޅެން އެކޮޓަރި ހާއްސަކޮށްލެވިފައިވެއެވެ. އާޒާންގޮސް ވަތް ދިމާއަށް ކަޅިއަޅައިގެން އާޔަތު ހުއްޓެވެ. “ސާބަސް އާޔޫ! ތިހާވަރަށް ކަޅި ނާޅަބަލަ، ހީވަނީ ލޭބޯ ފުރޭތައެއްހެން” އާޔަތު ހުރިގޮތުން ޔަލްވީއަށް މަޖާވިއެވެ.
އިރުކޮޅެއްފަހުން ޔުވާން ކޮޓަރިން ނުކުތެވެ. ފަހަތުން އަޒާންވެސް ނުކކުމެގެން އައެވެ. “ޔައްލު ދޮންބެމެންވެސް ބައިވެރިކޮށްބަލަ ފިލްމް ބަލަން، ދޮންބެގެ ރޫމް ލައިޓް އަނދައިފި، މިރޭދެން ގޭމްއެއް ނުކުޅެވޭނެ” ޕޮޕްކޯން ކޮޅެއްކާލަމުން ޔުވާން ބުންޏެވވެ. “ހޫން! މިހެންވެ ދޯ މި ނުކުތީ، އެކަމް ޝަރުތެއް އެބައޮތް. ދޮންބެމެން ޖެހޭނީ ކޯކް ގަންނަން ދާން” އާޔަތު ސަމާސަކޮށްލިއެވެ. ހެމުން އާޔަތު ބަލާލީ އަޒާންއަށްށެވެ. އެވަގުތު އަޒާންވެސް ހުރީ އާޔަތައް ބަލާށެވެ. އަޒާން މާގިނައިން އާޔަތަށް ބަލާކަން ފާހަގަވެގެން ލޯއަޅާލިއެވެ. “އަޒާން؟ ހިނގާދަމާ” ޔުވާން އަޒާންކޮނޑުގައި ޖަހާލުމުން ސިހިފައި ބާލާލިއެވެ. ޔުވާންއާއި އަޒޒާން ކައިރީހުރި ފިހާރައަކުން ކޯކް ގަތެވެ. “ބްރޯ ލިޔާއަށް ނުގުޅަންތަ؟” ޔުވާން އަހާލީ އެކުވެރިއެއްގެ ވާހަކައެވެ. “ނޫން މަގުޅިން އެކަމް އޭނަބުނީ ކުޑަކަމެއް ދިމާވެގެން މިރޭ ނާދދެވޭނޭ” އަޒާން ލިފްޓުން ނުކުންނަމުން ބުޏެވެ.
4 މީހުން ފިލްމް ބަލަން ރެޑީވެލިއެވެ. ‘ނޯވަން ގެޓްސް އައުޓް އެލައިވވް’ އަޅުވާލަމުން އެންމެން ސޯފާގައި ހަމަޖެހިލިއެވެ. އަޒާން އިށީނީ ވަކިން އިން ސޯފާގައއެވެ. ޖެހިގެން ޔަލްވީއިން އިރު ޔުވާން އިނީމެދުގައެވެ. އާޔަތު އެންމެ އެކޮޅުގައި އިނީ އަޒާން ބަލާވަރުން އުނދަގޫވެގެންނެވެ. މޫވީ ފެށިގެން އިރުކޮޅަކު ރަނގަޅަށް ބެލުނެވެ. ބިރުވެރި ހިސާބަށް ދިޔައިރު އާޔަތުއާއި ޔަލްވީ ތިބީ ޔުވާންގައި ދެބޯވަހެން ތަތްކޮށްލައިގެނެވެ. ދެމީހހުން އުޅޭގޮތުން އަޒާން ގާތަށް ހިނިއައެވެ. “ބޫވްހް!!!!……..” އެންމެ ބިރުވެރި ހިސާބުން ޔުވާން ބިރުވެރި އަޑަކުން ހަޅޭލަވައިގަތެވެ. “މަންމާތް!!!…” ގަތްބިރުން ހަޅޭއްލަވަމުން އާޔަތު ދުއްވައިގަތެވެ. ޔަލްވީ ދެކަންފަތުގައި އަތްއަޅައިގެން އިނދެ ހަޅޭއްލަވަނީއެވެ. އާޔަތުގެފައި މޭޒު ފައިގައި އަޅައިގެންފައި އިދިފުށަށްގަސް ޖެހުނީ އަޒާންގެގައިމައްޗަށެވެ…..
One Comment
Comments are closed.

Hii this is ep.04 of soulmates story!! Will be uploading ep. 5 and 6 soon… Hope you guys like this part too. Enjoy reading ♥️
Lots of love… Tc and be safe ♥️ ♥️
Guess whats gonna happen next???!!