“ދަރިފުޅާ ތިހެން ހުއްޓައި ގަޑި ޖެހިދާނެ.”
“އާނ. މާމް މި ނިންމައިލަނީއޭ.” ޖުނައިދު ޗޮކްލެޓު ކުލައިގެ އަތްކުރު ޓީޝާރޓް މަތިން ފަތުދިޔަ ކުލައިގެ ގޮޅިޖެހި ގަމީހެއް ހެޔޮވަރުކޮށްލިއެވެ.
ނާޞިރާ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ހިނިއައިސްފައެވެ. ޖުނައިދު ރީތިވާމޭޒު ކައިރިއަށް ގުދުވެލައި ކަނާއަތުން ފަންފަން އިލި އިސްތަށިގަނޑު ނިތްކުރި މައްޗަށް ވައްޓައިލިއެވެ.
“ތިތަ މީހުން ފުނާ އަޅައިގޮތަކީ؟ ކުލާހަށް ދާތައި ތިން ދުވަސްވީ އިރުވެސް ހީވަނީ ފުރަތަމަ ދުވަހުހެން. ހިއްހިއް…”
“ޔޭސް މާމް. ދަނީއޭ. ލަވް ޔޫ މާމް.” ޖުނައިދު ކޮނޑުގައި ދަބަސް އަޅުވާލަމުން މިސްރާބުޖެހީ ޤައުމީ ޔުނިވަރސިޓީއާ ދިމާއަށެވެ.
ހުޅުމާލޭގެ ސަރާސަރު ބޮޑެތި މަގުތަކުން ސައިކަލުގެ މަޑު ދުވެއްޔެއްގައި ޖުނައިދު ދުއްވަމުން ދިޔައިރު ޚިޔާލްކުރެވެމުން ދިޔައީ ޔުނިވަރސިޓީއާ މެދުގައެވެ. ޔުނިވަރސިޓީއަށް ވަދެވޭވަރަށް އޭލެވެލްއިން ފާސްވުން އެއީ ޖުނައިދަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޔުނިވަރސިޓީއާ ގާތްވުމުން މަގުގެ ދެފަރާތް ބަލައިލިއެވެ. ބައެއް ކުދިން ހިނގާފައި ޔުނިވަރސިޓީއާ ދިމާއަށް ދިޔައިރު އަނެއްބައި ކުދިންކުދިން ސްކޭޓްބޯރޑްތަކުގައި އެދިމާއަށް ދުއްވަމުން ދެއެވެ. ޖުނައިދު ސިއްސައިގެން ދިޔައީ ޔުނިވަރސިޓީގެ ބަސް އައިސް ބަރުގޮނު އެޅުމުންނެވެ.
ޔުނިވަރސިޓީގެ މައިދޮރޯށިން ދެކާރަށް ވަދެވޭނެ ޖާގަހުންނާނެއެވެ. ކުލާސްރޫމްތައް ހުންނަނީ ހަތަރުބުރިއަށް ނަގައި، ޔޫ އަކުރެއް ހުންނަ މިޘާލަށް މައިދޮރޯޓާއި ދުރަށެވެ. ދޮރު ކުރިމަތީގައިވާ ސަރާސަރު ބޮޑު ހުސްބިމުގައި ޕާރކް ސަރަހައްދާއި ކުދިންގެ އެކިއެކި ކުޅިވަރުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފައިވެއެވެ. އެ ސަރަހައްދު ހިޔާކޮށް، އެކި ހިސާބުތަކުގައި ކާރޕެޓްވިނަ އިންދައި، އެތަނުގައި ބެންޗްތައް އަތުރާފައި ހުއްޓެވެ. އެ ބެންޗްތަކުގައި ދަރިވަރުން އެކި މަސައްކަތުގައި ޝާމިލްވެ އުޅެއެވެ. ސައިކަލުގެ ދުވެލި ބާރުކޮށްލައި ޔުނިވަރސިޓީގެ ގޯތިތެރޭގައި ޖުނައިދު ސައިކަލް ޕާރކްކޮށްލީ ފަރުވާތެރިކަމާއެކުގައެވެ.
“އޯ ވާވް. ހީ އިސް ސޯ ސުމާރޓް. އެންމެފަހުގެ ޖީއެން އެއްދޯ؟” ޕާކުކުރާ ސަރަހައްދުގައި ތިބި އަންހެންކުދިންތަކެއް ޖުނައިދުގެ ސަމާލްކަން ހޯދަން މަސައްކަތްކުރިއެވެ.
އެހެން ނަމަވެސް ޖުނައިދުގެ ނަޒަރުގައި “އަން ކިޔައިފިޔާ ބަންވާނެއެވެ.” އެހެންވުމުން އެކަމާ މާބޮޑު ސަމާލުކަމެއް ނުދީ ކުލާހާ ދިމާއަށް ހިނގައިގަތީ އެކުދިންގެ ބުނި އެއްޗެއް އަޑު ނީވޭކަމަށް ހަދާފައެވެ.
އޯ ލެވެލްގައި ކިޔަވަމުން ދިޔައިރުވެސް ހާލަކީ އެއީއެވެ. ކިތަންމެ ކުއްޖަކު ލޯބި ހުށައަޅައެވެ. އެހެނަސް ޖުނައިދު އެހުރިހާ ކުދިންނަށްވެސް ދިނީ ބީރު ކަންފަތެކެވެ. އަންހެން ކުދިންނަށް ވުރެއް ބޮޑަށް ޖުނައިދު އެކި ފާޑުފާޑުގެ ގޭމްތައް ދެކެ މާ ލޯބިވެއެވެ. ހުންނަ ލޯބިވެރިޔަކީވެސް ރަޙްމަތްތެރިޔަކީވެސް އެޔެވެ. ލިބޭ ކޮންމެ ހުސްވަގުތެއް ހުސްކޮށްލަނީ އެކަމުގައެވެ. ކިތަންމެ ގޭމްތައް ދެކެ ގަޔާވި ނަމަވެސް ޖުނައިދުގެ ހަށިގަނޑަކީ ހެޔޮވަރު ފަލަ މިނެއްގައި ހުންނަ ދިގު ހަށިގަނޑެކެވެ.
ކުލާހުގެ ވައިފިނިކުރައިގެ ފިނިން ޖުނައިދުގެ ހަށިގަނޑަށް ފިނިކަން އިޙްސާސްވަމުން ދިޔައެވެ. ކުލާހުގައި އެކަނިމާ އެކަނި އިނުމުގެ ސަބަބުން ވަމުންދިޔަ ފިނިން ހަށިގަނޑު ނުތޮރުފަނީ ކިރިޔާއެވެ. އެންމެ ފަހަތު ބަރީގައި އިނުން އެއީ ޖުނައިދުގެ އާދައެވެ. އިރުކޮޅުކޮޅުން އަތުކުރި ގަޑިއަށް ބަލައިލެވެނީ ވަމުންދިޔަ ފިންޏަށް ކެތްކުރަން ދަތިވާތީއެވެ.
ކުލާހުގެ ދޮރު ހުޅުވުނު އަޑަށް ޖުނައިދު ބަލައިލިއެވެ.
“އައްސަލާމް ޢަލައިކުމް.” ދޮރު ކައިރީގައި ހުރި ހިމަތޮޅި ދޮންދޮން އަންހެންކުއްޖާ މުދައްރިސްގެ ހުއްދައަށް އެދުނީ މަޑުމައިތިރިކަމާ އަދަބުވެރިކަމާއެކުގައެވެ.
ސަލާމްގެ ޖަވާބު ލިބުމުން ކުލާހުގެ މެދާ ހިސާބަށް މަޑު ހިނގުމެއްގައި އައިސް ވަށައިގެން ހޯދައިލިއެވެ. އެކުއްޖާގެ މަޑު ޗޮކްލެޓް ކުލައަށްދާ އިސްތަށިގަނޑު އޮތީ ތިރިއަށް ދޫކޮށްލައިފައެވެ. ގަދަފަތުދިޔަ ކުލައިގެ ޖެކްޓް ގަޔާލައި ބޮޑިކޮށްލުމުން އޭނާއަށް ފިނީގެ އަސަރުކޮށްފިކަން އެނގެއެވެ.
“މިތަނުގައި އިށީނަސް އޯކޭތަ؟”
ޖުނައިދު ދިޔައީ ސިއްސައިގެންނެވެ. ކުލާސްތެރެއަށް ރަނގަޅަށް ނަޒަރު ހިންގައިލިއިރު ޖުނައިދުގެ ކަނާއަތް ފަރާތުގައި އިން ގޮނޑި ނޫން އެހެން ގޮނޑިއެއް ނެތެވެ.
“ޔެޕް.” ޖުނައިދު މޭޒުގެ ކަބަނޑު ތެރޭގައި އަތް ބޭއްވީ މާހައުލްގެ ފިނިކަމުންނެވެ.
ޖުނައިދުގެ ނަޒަރު ހުއްޓިފައިވަނީ މުދައްރިސާ ދިމާއަށެވެ. އެ އަންހެންކުއްޖާ އިރުއިރުކޮޅުން ޖެކެޓް ގައިގާ ގަދަޔަށް ބާރުކޮށް އޮޅައިލައެވެ. ޖެކެޓް ތެރެއަށް އަތްލައި ހޫނުގެ އިހްސާސެއްވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޖުނައިދުގެވެސް ހާލަކީ އެއީއެވެ. އެހެންނަމަވެސް އަންހެން ކުއްޖަކު ގާތުގައި އިނުމުން ކެތްތެރިކަމާއެކު އިށީދެލައިގެން އިނީއެވެ.
“ހެއި. މިއީ އާފިޒާ.” ވާހަކަ ދައްކަން ނުދައްކަން އިނދެފައި އާފިޒާ ނިންމީ ވާހަކަ ދައްކާށެވެ.
“ޖުނައިދު.” ޖުނައިދު ފަރުވާ ކުޑަކޮށް ބުނެލިއެވެ.
“މިސް. ހާދަ އޭސީ ބާރުކޮށްފައޭދޯ؟” އާފިޒާ ދެއަތްދެއަތުގެ ބަނޑުފުށް އުނގުޅައިލާ އަތަށް ހޫނުކޮށްލިއެވެ.
“ހިއްހިއް. ޔާރ އައި އެމް ފްރީޒިން ޓު ޑެއްތު.” ޖުނައިދުވެސް އެކަމާ އެއްބަސްވިއެވެ.
“ރިއަލީ.” އާފިޒާ ކަނބަޑުތެރޭ އޮތް ޖުނައިދުގެ އަތުގައި އަތްލިއެވެ.
ޖުނައިދުއަށް ހޫނުގެ އަސަރު އިހްސާސްވުމުން އާފިޒާގެ އަތުގައި ހިފައިލެވުނީ ބޭއިޚްތިޔާރުގައެވެ. އާފިޒާއަށް އަތް ދަމައިގަންނަން ނުކެރުމުން ނޭނގޭކަމަށް ހަދާފައި އިނެވެ.
އާފިޒާއަށް ނޭނގޭކަމަށް ހަދާފައި އިނެވުނީ ކުޑަ އިރުކޮޅަކަށެވެ. މަޑުމަޑުން ޖުނައިދުގެ އިނގިލިތަކުގެ ދޭތެރެއަށް އިނގިއްޔެއްލައި ޖުނައިދުގެ އަތާއި އާފިޒާގެ އަތް ވެހައިލެވުނެވެ. ދެމީހުންނަށްވެސް އިޙްސާސްވަމުންދިޔަ ހޫނުގެ ސަބަބުން އެކަކުވެސް އަތް ދޫކޮށްލުމުގެ ޚިޔާލެއް ނުކުރެއެވެ.
“އަލަށްތަ ތި ޖޮއިންކުރީ؟” ޖުނައިދު ސިއްރުސިއްރުން މުދައްރިސަށް ރޭކާނުލައިނެހެން އަހައިލިއެވެ.
“ނޫން. އަދި ހަމައަކަށް އެޅިގެން މިއާދެވުނީ. ހިއްހިއް.” އާފިޒާ ވައިއަޑަކުން ބުނެލިއެވެ.
އާފިޒާގެ މަޑުމައިތިރިކަމާއި އަންހެންވަންތަކަމުން ޖުނައިދުގެ ހިތުގައި އެކަމަށް ޚާއްސަ މަޤާމެއް އުފެދެން ފެށިއެވެ. ކުރިން އިޙްސާސްނުވާ ކަންތައްތަކެއް، ހަށިގަނޑުގައި ޖަހަމުންދައި ވިންދު ފަދައިން ދައުރުވާން ފެށިއެވެ. ބުނަން ނޭނގޭފަދަ އިޙްސާސްތަކެކެވެ. ޢަމަލުން ވެސް ބަޔާން ނުކުރެވޭފަދަ އިޙްސާސްތަކެކެވެ. އެކަމުން ޖުނައިދުއަށް އުފާވެރިކަން ގެނުވައެވެ.
“ހެއި. ގެއަށް ނުދާނަންތަ؟”
ޚިޔާލްތަކަކަށް ގެއްލިފައި އިން ޖުނައިދު ސިހިގެން ދިޔައީ އާފިޒާގެ އަޑަށެވެ. “ނޫން. ދާންވީ.” ޖުނައިދު އަވަސްއަވަހަށް ބުނެލިއެވެ. “ހިނގައިދާން.”
ޖުނައިދު އެހެން ބުނުމުންވެސް އާފިޒާ އިންގޮތަށް އިނީ އިސްޖަހާލައިގެންނެވެ.
“ކިހިނެއްވީ؟” އެއްޗެކޭ ނުބުނެ އިނުމުން ޖުނައިދުއަށް އަހައިލެވުނެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އާފިޒާ ބަލައިލީ ގުޅުވާލެވިފާވައި ޖުނައިދުއާއި އާފިޒާގެ އަތްޖޯޑަށެވެ.
“އޫޕްސް. ސޮރީ.” އަވަސްއަވަހަށް ޖުނައިދު އާފިޒާގެ އަތް ދޫކޮށްލިއެވެ.
“ނޯ. އައި ލައިކް ދަ ވާރމް އަޕް. އެހެން ފަހަރަކުންދޯ، ދެން.” އާފިޒާ ދަބަހަށް ފޮތްތައް އަޅައިގެން އަވަސް ހިނގުމެއްގައި ހިނގައިގަތެވެ.
ޖުނައިދުއަށް އިނދެވުނީ އާފިޒާ ހިނގަމުން ދިޔަ ފިޔަވަޅުތައް ގުނައިށެވެ. އާފިޒާ ދޮރާ ހަމައަށް ގޮސް ޖުނައިދުއަށް ހަނާ އަޅައިލިއެވެ. ޖުނައިދުއަށް ހަނާ އަޅައިލެވުނީ މުޅިން އެހެން ދުނިޔެއެއްގައި އިނދެއެވެ. އޭރު ޖުނައިދުގެ އަތް ހުރީ އުނދާސް ވެގެންގޮސް ފެން ތިކި ޖަހާވަރުވެފައެވެ.
“ދަރިފުޅާ! ކާންވެސް ނާންނަނީތަ؟” ނާޞިރާ ކޮޓަރި ދޮރުމަތީގައި ހުއްޓިލައި ހަށަން ބަދެލިއެވެ.
ޖުނައިދު އޮތީ ހެވި ދިއްލިގެން، ބާލީހުގައި ބައްދާލައިގެން ނާޞިރާ ދިމާއަށް ބަލަހައްޓައިގެންނެވެ. ނޫނެކެވެ. ދޮރާދިމާއަށް ނަޒަރު ހުއްޓައިލައިގެންނެވެ. ޖުނައިދުގެ ހަމަވަނީ ޚިޔާލީ ދުނިޔެއެއްގައެވެ.
“ދަރިފުޅާ! ހާދަ ވަރަކަށް.”
“އެ، ކީކޭ މަންމާ؟” ޖުނައިދު ހެދީ ނޭނގޭކަމަށެވެ.
“އަންނާށޭ ރޭނގަޑުގެ ބަތަށް.”
ނާޞިރާގެ ފަހަތުން ގޮސް ޖުނައިދު މޭޒުދޮށުގައި އިށީދެލައި މޫނުގައި ދެއަތް ރަނގަޅަށް އުނގުޅައިލިއެވެ. ހީވަނީ ގިނަގިނައިން ޚިޔަލީ ދުނިޔެއަށް ދާންޖެހޭތީވެ އެކަމުން މިންޖުވެލިހެންނެވެ. ނޫނީ އެދުވަހަށް ޚިޔާލީ ދުނިޔޭގެ ދޮރު ބަންދުކުރީ ހެންނެވެ.
“ދަރިފު، އަތް ދޮންނާތި! މަންމައަށް ކަންކަމެއް ފަސޭހަކޮށެއް ނުފޮރުވޭނެ އެނގޭ.” ނާޞިރާ އަވަދިނެތި މޭޒުމަތީގައި ތަށިތައް އަތުރަމުން ދިޔައެވެ.
“ހައްހައް. ކަމެއް އެބަ ފޮރުވާތަ؟” ޖުނައިދު ހިނިގަނޑެއް ޖަހައިލިއެވެ.
“ކޮން ކުއްޖެއްތަ އެއީ؟”
“ކޮބައި؟”
“މި ދިޔަ ތިން ދުވަހުންކުރެއް ދުވަހެއްގައި ފެނުނެއްނުން.” ނާޞިރާ ވާހަކަ ދައްކަމުން ދިޔަގޮތުން ހީވަނީ ޖުނައިދުއާއި ނާޞިރާ، އެއީ ޒަމާނުންސުރެއް ފެނިދެނެވިފާވައި ދެރަޙްމަތްތެރިންހެންނެވެ.
“މާމް. އޯކޭ. އަހަރެންނަށް ފެނިއްޖެ ވަރަށް ރީތި އަންހެން ކުއްޖެއް މީގެ ދެތިން ދުވަސްކުރިން.”
“އަންހެނަކަސް ފިރިހެނަކަސް ނަމެއް އޮންނާނެ ދޯ؟” ނާޞިރާ ސަމާސަ ގޮތަކަށް ބުނެލިއެވެ.
“ހިއްހިއް. ނަން ދޯ. ނަމަކީ އާފިޒާ.”
“ދެން ކޮބައި އާފިޒާ މިހާރު؟”
“ދެން ދިމާވާނީ މިއަންނަ ހަފްތާގައި އެކުލާހުން.” ޖުނައިދު ފުންނޭވައެއް ބޭރުކޮށްލިއެވެ.
“ނުބުނެ ހުއްޓަ ގެއްލިދާނެ. ހިއްހިއް.” ނާޞިރާ ދިމާކޮށްލިއެވެ.
ޖުނައިދު ހިނގަމުން ދިޔައީ ޔުނިވަރސިޓީއާ ދިމާއަށެވެ. ހިނގާފައި ދިއުމުން ޖުނައިދުގެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ކަންތައްތަކައި ފަސޭހަކަމާއެކު ވިސްނައި ފިކުރުކޮށްލެވެއެވެ. އާފިޒާ ދިމާވާނެކަމުގެ އުއްމީދެއް ނެތުމުން ފައިމަގުގައި ދާން ބޭނުންވީއެވެ.
ޖުނައިދު ކުލާހަށް ދިޔަ މަގުމަތިން އާފިޒާ ބެލްކަނި ކައިރި ހުއްޓައި ފެނުމުން، ޖުނައިދުގެ ހިތް އުފަލުން ފުމެން ފެށި ކަހަލައެވެ. ނާއުއްމިދު އުއްމީދަށް ބަދަލުވެ އުއްމީދު އާވެގެން ދިޔައެވެ. އާފިޒާ ހުރީ ހުދުކުލައިގެ ޓީޝާރޓެއް މަތިން ކަޅުކުލައިގެ ދިގު ޖެކެޓެއްލައިގެންނެވެ. ޖުނައިދުއަށް އާފިޒާއާ ދިމާއަށް ހިނގައިގަނެވުނީ އިޚްތިޔާރުން ބޭރުގައި ހުރެއެވެ. ޖުނައިދުއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ހަޤީޤަތުގައިވެސް އާފިޒާ ނުފެނި ހުރެ ފެނުމުން އުފާވީއެވެ.
“އާފިޒާ. ކިހިނެއްވެފަ އެކަނިމާ އެކަނި؟”
“ކަމެއް ނުވޭ.” އާފިޒާ ޖުނައިދުއާ ދިމާއަށް ބަލައިލީ ބީރައްޓެހިގޮތަކަށެވެ.
“ހެއި. އާފިޒާ، އަހަރެން ބޭނުން ވާހަކަ ދައްކައިލަން.” ދުރުން ފެށުމުގެ ބަދަލުގައި ޖުނައިދު ފެށީ ސިދާ މައުޞޫއިންނެވެ.
“އޯ… ކޭ…” އާފިޒާ ވާހަކަ ދެއްކީ ނޭނގުމެއްގެ ތެރޭގައި ހުރެގެންނެވެ.
“އަހަރެންނަށް އާފިޒާ ފެނުނު ދުވަހުން ފަށައިގެން އަހަރެން… އަހަރެންނަށް… އަހަރެންގެ ހިތުން އާފިޒާއަށް ޖާގައެއް ހުސްކުރެވިއްޖެ. އަހަރެންނަށް އާފިޒާދެކެ ލޯބިވެވިއްޖެ.” ޖުނައިދު އަޅައިގަންނަމުން ބުނަން ބޭނުން ވާހަކަ ސާދާކޮށް ކުރުކޮށް ބުނެލިއެވެ.
އާފިޒާގެ މޫނުމަތީގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އޭގެ ސަބަބުން ޖުނައިދުގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވުއެވެ. ލޯތްބަކީ ވަރުގަދަ ފާޑެއްގެ އެއްޗެއްކަން ޖުނައިދުއަށް ޤަބޫލުކުރެވެން ފެށިއެވެ. ޖުނައިދުގެ ހިތް އެދި ގޮވަމުން ދިޔައީ ޖަވާބަކަށެވެ. އާއެކޭ ބުނުމަށް ހިތް އެދި ގޮވަމުން ދިޔައެވެ.
“ހުމް. އައި ލަވް ޔޫ ޓޫ.” އާފިޒާވެސް ޖުނައިދުގެ ރީތިކަމާ ހައިބަތަށް ބަލައިލުމަށްފަހު ލޯބީގައި، ދެމީހުންވެގެން އެއްމަގަކުން ހިނގުމަށް ނިންމިއެވެ.
ޖުނައިދުއަށް ހީވީ ހުރިހާ ކަމައް އެއްފަހަރާ ޙާޞިލްވީހެންނެވެ. ހުރިހާ އެއްޗެއް އެއްޖުމުލައުން ލިބުނީހެންނެވެ. ޖުނައިދު އާފިޒާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އާފިޒާވެސް ހިނިތުންވެ ހުރެ ޖުނައިދުގެ އަތުގައި ހިފައިލިއެވެ. ދެމީހުންނަށް ބެލެމުންދިޔައީ އެކަކު އަނެއްކަގެއްގެ ލޮލާ ދިމާއަށެވެ.
“ލަވް، ކިހިނެއްވީ ހާދަ ލަސްވީ؟” ޖުނައިދު ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
“ކަމެއް ނުވޭ.” އާފިޒާ ޖުނައިދުއާ ދިމާއަށް ބަލައިލީ ދެލޯ ބޮޑުކޮށްލައިފައެވެ.
ޖުނައިދު މަޑުމަޑުން އާފިޒާގެ އަތުގައި ހިފައިލިއެވެ. އެހެން ނަމަވެސް އާފިޒާ ޖުނައިދުގެ އަތުން އަތް ދަމައިގަތެވެ.
“ކިހިނެއްވީ ލަވް؟” ޖުނައިދުއަށް ލިބުނީ ޝޮކެކެވެ. “ރޭނގަ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހުނު ދޯ؟”
އާފިޒާ އެއްވެސް އެއްޗެއް ނުބުނެ މުދައްރިސް ކިޔަވައި ދެމުން ދިޔަ އެއްޗަކަށް ސަމާލުކަން ދޭން މަސައްކަތްކުރިއެވެ. ޖުނައިދުގެ ޢަމަލްތައް ހުރި ގޮތުން އާފިޒާ ހިތްހަމަ ނުޖެހުނީއެވެ.
“ލަވް. މަށަށް ވަރަށް ފިނިވޭ އެބަ. ޕުލީސް ކޭން އައި ހޯލްޑް ޔުރ ހޭންޑް.”
ޖުނައިދު ބުނަމުން ދިޔަ އެއްވެސް އެއްޗެއް އާފިޒާއަށް އަޑު ނީވޭ ކަހަލައެވެ. އަނގައިން ނުބުނި ތާނގައި ބަލައިވެސް ނުލިއެވެ. ތިކިޔަނީ ކީކޭ ހޭވެސް އަހައި ނުލިއެވެ.
“ޕުލީސް. އިޓިއިސް ސޯ ކޯލްޑް.”
“އޯކޭ. ބަޓް އައި ޑޯން ލައިކް އިޓް ވެން ޔޫ ޓުރައިޓް ޑޫ ސަޗް ތިންގްސް، ވެން މައި މައިންޑް އިސް ސަމްވެއާރ އެލްސް.” އާފިޒާ ހިތްހަމަނުޖެހުނު ސަބަބު ޖުނައިދުއަށް ބުނެދިނެވެ.
“އޯކޭ. ސޯ ސޮރީ މައި ލަވް.” ޖުނައިދު އާފިޒާގެ އަތުގައި ބާރަށް ހިފައިލިއެވެ.
ޖުނައިދު މާއަފްކުރާށޭ ބުނިގޮތުން އާފިޒާ ގާތަށް ހިނިއައެވެ. ރުޅިގަނޑު މައިތިރިވެގެން ދިޔައެވެ.
“މަށަކަށް ނޭނގެ ކީއްވެކަމެއް އަހަރެންނަށް އެހާ ފިނިވަނީ.”
“ވެދާނެ އެއްނުން. ފިޒާ ނެތީމަކަމަށްވެސް.” އާފިޒާ ހިތުގައި ޖުނައިދުއަށް މަޤާމެއް ދެވިފައި ވީނަމަވެސް އާފިޒާ ހުންނަނީ އެކަމަށް ސަމާލުވެގެންނެވެ.
“އޯ. ހިއްހިއް.” އާފިޒާ ކޮށްލި ސަމާސައިން ޖުނައިދުއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ.
އާފިޒާގެ ސަބަބުން ޖުނައިދުގެ ހަޔާތަށް އަންނަ ބަދަލުތައް ޚުދު ޖުނައިދުއަކަށްވެސް ނޭނގެއެވެ. އަބަދާ އަބަދުމެ އޮންނަނީ ފޯނުގައެވެ. މެސްޖް ކުރުމުގައެވެ. މެސެންޖަރއިންނެވެ. ނޫނީ ވައިބަރއިންނެވެ. އާފިޒާއާއެކު ބޭރުގައި ހިނގުމެވެ. ފިނި ބުރުޖަހަން ދިއުމެވެ. ލޯބިވެރިންގެ މައިދާނުގައި ކުރުމަށް ހަމަޖެހިފާވައި ކޮންމެ ކަމެއްގައި ކަހަލައިން މި ދެލޯބިވެރިން ބައިވެރިވެއެވެ.
“އެހާ ބާރަށް ނުދުއްވަބަ ޖުނޭ.” އާފިޒާ ސައިކަލް ފަހަތުގައި އިނދެގެން ހަޅޭލަވަމުންދިޔައެވެ.
ހޮނިހިރެއް ކަމަކު ހުޅުމާލޭގެ މީހުން ނޫޅޭ ސަރާސަރު ބޮޑު މަގެއްގައި ދުއްވާފައި ދާއިރު އިވޭނެ ދެވަނަ ފަރާތެއް ނުހުރެދާނެއެވެ. އާފިޒާ ޖުނައިދުގެ ގައިގާ ފަހަތުން ބައްދައިލިއެވެ. އާފިޒާގެ ހިތުގެ ތެޅުން ޖުނައިދުއަށް އިޙްސާސްވަމުންދިޔައެވެ. ސައިކަލްގައި ދެމީހުން ތިބިއިރު ދުރުން ފެންނަ މީހަކަށް ފެންނާނީ އެންމެ މީހެއްގެ ސިފައިގައެވެ.
ޖުނައިދު ސައިކަލް މަޑުކުރީ ބޭރުމަގުގައި ހުރި ދަނބުގަހެއްގެ ކައިރިއަށެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކަމުގައިވީ ނަމަވެސް އެހިސާބުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބިޔަ ބޮޑެތި ފެހި ގަސްތަކުން ޖެހެމުންދިޔަ ވައިން މީހެއްގެ ހިތަށް އެތަކައް ހިތްހަމަޖެހުމެއް ލިއްބައިދޭނެއެވެ. ސައިކަލްގެ އެއްފަރާތުގައި ޖުނައިދު އިށީނެވެ. އާފިޒާ އިނީ ސައިކަލްމަތީ، ޖުނައިދުގެ ކޮނޑުގައި އަތްއަޅައިގެން އަތްމަތީ ދަތްދޮޅި ވިއްދާލައިގެންނެވެ.
“ބޭބީ. އަހަރެމެން އެކު އުޅޭތާ މިހާރު ޓޫ ވީކްސް މިވީ. ބޭބީ. އަސްލުވެސް ފިޔާ ދެކެ ވަރަށް ލޯބިވޭތަ؟”
“ހިއްހިއް. ފިޔާ އޭ؟” ޖަވާބު ދިނުމުގެ ބަދަލުގައި ޖުނައިދުވެސް ކުރީ ސުވާލެކެވެ.
“ހުމް. އާފިޒާއަށް މީހުން ލޯބިން ކިޔަނީ ފިޔާ. ދެން ފިޔާގެ ސުވާލަށް ޖަވާބު ދީބަ؟”
ޖުނައިދު ސައިކަލުން ފައިބެ އާފިޒާގެ ކުރިމަތީގައި ހުއްޓިލިއެވެ. އާފިޒާގެ ދަތްދޮޅިއާ ހިސާބުގައި ދެއަތުން ހިފައި އިސްއުފުއްލައިލިއެވެ. ޖުނައިދު ސީދާސީދާ އާފިޒާގެ މޫނަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ފިޔަލަކަސް އަލުއްވަކަސް އަހަރެން އަބަދުވެސް އާފިޒާދެކެ ވަރަށް، ވަރަށް، ވަރަށް ލޯބިވޭ.” ޖުނައިދު އާފިޒާ އުރާލައި ބައްދައިލިއެވެ.
ގަޑިޖެހެން ދެންހުރީ އެންމެ ނުވަ މިނެޓެވެ. ޖުނައިދު ބާރުބާރަށް ސައިކަލް ދުއްވަމުން ދިޔައީ އާފިޒާ ޖުނައިދުގެ އިންތިޒާރުގައި އިންނާނެތީއެވެ. ކުލާހަށް ވަދެވުނީ ކިރިޔާއެވެ. އޭރު އާފިޒާ ފޮތްތައް އަތުރާލައިގެން އެންމެ ފަހަތު މޭޒު ކައިރީ އިށީދެގެން އިނެވެ.
“ހެއި ބޭބް. ލަސްވެއްޖެ ދޯ؟ ސޮރީ އެނގޭ.”
“އިޓިސް އޯކޭ. ގެނައިންތަ ޑިސްކަސް ކުރަން ބޭނުންވާ ފޮތް. ކުލާސް ފެށޭނެ އާފްޓަރ ފޯރޓީ-ތުރީ މިނެޓްސް.”
“ޔެޕް.” ޖުނައިދު ދަބަހުގެ ޒިބު ކަހާލައި ދަބަސް ތެރެ ހޯދަމުން ދިޔައެވެ.
“ހެއި. ޖުނައިދު. ކޭން އައި އާސްކް ޔޫ ސަމްތިން؟” އާފިޒާ މޭޒުމަތީގައި ގަލަން ބޭއްވިއެވެ.
“ޔޭސް ޝުއަރ މައިލަވް. ނޯ. ފުރަތަމަ ކޭން އައި އާސްކް ޔޫ ސަމްތިން؟” ޖުނައިދު މަޖާވެލާފައި ޖެއްސުންކުރާ ބީދައިން އަހާލިއެވެ.
“ޝުއަރ. ގޯ އެހެޑް.”
“ކީއްވެ އަހަރެންނަށް ޖުނައިދު ކިޔަނީ؟ ވައި ނޮޓް ޖުނޭ.”
“އަހަރެންނަކަށް ނޭނގެ ޖުނައިދުއަށް ކިޔަނީ ޖުނޭކަމެއް އެއްގޮތަކަށްވެސް.” އާފިޒާ މޫނުމަތިން ފާޅުވާން ހުރީ ސީރިއަސްކަމެވެ.
“ރިއަލީ. ސަމާސަ ނުކޮށް ބުނެބަ؟” ޖުނައިދު ހިތްހަމަނުޖެހޭ ގޮތްވިއެވެ.
“އަސްލުވެސް ސީރިއަސްކޮށް. އެންޑް ވައި ޔޫ ޓުރީޓް މީ އޭސް ޔުރ ގާރލްފްރެންޑް، ވެން ޔޫ ޑޯންޓް ޑޫ ތިންގްސް އަދަރ ކަޕުލްސް ޑޫ.” އާފިޒާ ވާހަކަ ދެއްކީ ސަމާސަ ކަނޑައިފައެވެ.
“ބިކޯސް އައި ލަވް ޔޫ ސޯ މަޗް. އެކަމަކު ޔޫ ލުކް ލައިކް އަ ޑިފަރެންޓް ޕާރސަން.” ޖުނައިދު ގާތަށް އައި ރުޅިގަނޑު ހިތާމައަށް ބަދަލުވިއެވެ.
“ވަޓް. ވައި ޔޫ ޑިޑިންޓް ޓެލްމީ؟”
“ހަވް މެނީ ޓައިމްސް… ނޯ. ނޯ. އިޓް ކާންޓް ބީ.” ޖުނައިދު ދެފަރާތަށް ދެފަރާތަށް ބޯ ހުރުވަން ފެށިއެވެ. “މިއަދު ހަވީރު އާދެވިދާނެތަ… ބީ.ބީ.ކިއް ޕޮއިންޓަށް އެޓް ފައިވް. ޕުލީސް.”
“ހުމް. ބަޓް ކޭން ޔޫ ޓެލްމީ…”
ޖުނައިދު އާފިޒާގެ ވާހަކަ އަޑުއަހާކަށެއް މަޑެއް ނުކުރިއެވެ. ދިޔަގޮތަށް ގޮސް ކުލާހުން ބޭރަށް ނުކުތެވެ. އޭރު އާފިޒާގެ ލޮލުން ކަރުނަ ފައިބަފައިބާ ހުއްޓެވެ. އެއީ އުފާވެރިކަމުގެ ކަރުނަކަމެއް ނޫނީ ހިތާމައިގެ ކަރުނަކަމެއް އާފިޒާއަކަށްވެސް ނޭނގެއެވެ.
ޖުނައިދުގެ ލޮލުންވެސް ކަރުނަ ފައިބަފައިވާ ހުއްޓެވެ. ޖުނައިދު ބާރުބާރަށް ހިނގަމުން ދިޔައީ ގެއަށް ދާށެވެ. ހެނދުނުގެ އެ ވަގުތުގައި ޔުނިވަރސިޓީއަށް ވަންނަމުން ދިޔަ ކުދިންނަށް ޖުނައިދުގެ ލޮލުން ކަރުނަ އަންނަކަން ނުދައްކައި ހާލުގައެވެ. ޖީބަށް އަތް ކޮށްޕާލައި ފޯނު ނެގިއެވެ.
“ހަލޯ.”
“ހެއި ބޭބް. ރެޑީވާތި މިއަދު ހަތަރުގަޑި ތާރޓީއަށް؟ ފަހެއް ޖަހާއިރު ތަނަކަށް ދާންވެގެން އެނގޭ. ދާނަން ބަލައި، އޯކޭ.” އާފިޒާއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ނުދީ ޖުނައިދު ފޯން ބޭއްވިއެވެ.
“ދަރިފުޅާ! ކޮންކަމަކާ މާވަރަކަށް ތި ވިސްނަނީ؟ ކިހިނެއްވީ މާވަރަކަށް ގަޑިއަށް ތިބަލަނީ؟ ތަނަކަށް ދާންޖެހޭ ދުވަހަކީތަ؟” ނާޞިރާ ސުވާލު ގޯންޏެއް ޖުނައިދުގެ ބޮލަށް އޮށްސައިލީ އެނދުމަތީގައި ބޮލަށް އަތްނަގައިގެން އޮތުމުންނެވެ.
“ނޫނޭ. މަންމާ. އަހަރެން މި ވިސްނަނީ މިއަދު މަންމައަށް އާފިޒާ ދައްކައިލަން، މިގެއަށް ގެންނަންކަމަށް.” ޖުނައިދު ހަޤީޤަތް ފޮރުވިއެވެ.
ޢާއިލާގެ މަސްލަހަތަށްޓަކައެވެ. ނާޞިރާ އެކަމާ ވިސްނަދާނެތީއެވެ. އެއީ ހަމައެކަނި ޖުނައިދުއަށް ރަނގަޅު ކުރެވޭނެ ކަމަކަށް ވާތީއެވެ. އަމިއްލައަށް އޮޅުވައިލި ނަނެއް ރަނގަޅު ކުރަންޖެހޭނީ އޮޅުވައިލި މީހާއޭ ބުނާ ބީދައިންނެވެ.
“އެހެންތަ. ދެން ނުވިސްނަބަ އެކަމާ ތިވަރަށް. ދަރިފުއަށް އެނގޭނެ މަންމަ މައްސަލައެއް ނުޖައްސާނެކަން. ހިއްހިއް.”
“މައްސަލައެއް ޖެހުނީތަ؟ އަހަރެންނާ އެއްވެސް ވާހަކައެއް ނުދައްކައި ތި ދުއްވަނީ.” އާފިޒާ އިނީ ޖުނައިދު ސައިކަލްގެ ފަހަތުގައެވެ.
އާފިޒާ ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔަނަމަވެސް ޖުނައިދު އެއްވެސް ސަމާލުކަމެއް ނުދީ ދުއްވަމުން ދިޔައީ ބީ.ބީ.ކިއް ސަރަޙައްދަށެވެ. އާފިޒާ ކުރަމުންދިޔަ ސުވާލުތަކުގެ ޖަވާބު ދިނުމުގެ ބަދަލުގައި ޖަވާބުތައް އާފިޒާގެ ލޮލަށް ހާމަކުރާށެވެ. ޚުދު ޖުނައިދުވެސް ހަޤީޤަތާ ކުރިމަތިލާން ބޭނުންވާތީއެވެ.
އެތަނަށް ދެވުމާއެކު އާފިޒާ އަތުގައި ހިފައިގެން ޖުނައިދު ހިނގައިގަތީ އެތަނުގައި މަޑުކޮށްލައިގެން ހުރި އާފިޒާގެ ގާތަށެވެ. އިރުއޮށްސޭ ވަގުތު ކަމުން އެތަނުގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އުޑުމަތީގައި ވިލާތައް ބަރިބަރި ޖަހަމުން ދިޔައެވެ. އިރުއޮށްސޭ ދިމާއިން ފަޑު ރަތްކުލައިއެއްގެ އަސަރު ފެންނާން ހުއްޓެވެ.
“ލިބިއްޖެތަ އާފިޒާއަށް ޖަވާބު މިހާރު.” ޖުނައިދު އެތަނަށް ދެވުމާއެކު އާފިޒާއާއި ވާހަކަ ދައްކަން ފެށިއެވެ.
އެތަނުގައި ދެ އާފިޒާ ހުއްޓެވެ. ހަމަ އެކަކެވެ. ސޫރައިގައި އެއްވެސް ތަފާތުކަމެއް ނެތެވެ. އެތަނުގައި ހުރި އާފިޒާ ހުރީ ހައިރާންވެފައެވެ. އެތަނަށް ގެނައި އާފިޒާ ހުރީ އިސްޖަހައިގެންނެވެ.
“އަހަރެންނަކަށް ކަލޭއަށް ކިޔާ ނަމައެއް ނޭނގެ.” ޖުނައިދު ގެނައި އާފިޒާއާ ދިމާއަށް ޖުނައިދު ރުޅިވެރިކަމާއެކު ބަލައިލިއެވެ. “ކީއްވެގެން ކަލޭ އަހަރެންނާ އާފިޒާއާ ދެމެދަށް ތިގޮތަށް ތިވަންނަނީ؟”
“ޖުނޭ ރުޅިމަޑުކޮށްބަ. އަހަރެންނަށް ވާހަކަ ދައްކަން ފުރު…”
“ފުރުޞަތޭ. އެއްވެސް ފުރުޞަތެއް، އެއްވެސް ވާހަކައެއް ދައްކާނެ ކަމެއްނެތް.” ޖުނައިދުގެ ރުޅި އިންތިހާއަށް ގޮސްފައި ހުއްޓެވެ. “އަހަރެން ބޭނުމެއް ނޫން ތިކަހަލަ ވިޔާނުދާ މީހެއް.”
ޖުނައިދު އައިސް ރުޅިމަޑުކޮށް އާފިޒާގެ ކުރިމަތީގައި ދެކަކޫ މައްޗަށް ތިރިވިއެވެ. ދެއަތް ވާގިނެތިފައިވާހެން ތިރިއަށް ދޫކޮށްލިއެވެ. އިސްއުފުލައި އާފިޒާގެ ތެމަމުންދާ މޫނަށް ބަލައިލިއެވެ. އޭރު ޖުނައިދުގެ ލޮލުންވެސް ކަރުނަ ހިލިފައި ހުއްޓެވެ.
“އާފިޒާ، އަހަރެންނަށް މާއަފްކުރޭ. އަހަރެން އާފިޒާދެކެ އިންތިހާއަށް ލޯބިވޭ. އިންތިހާއަށް ލޯބިވޭ.” ޖުނައިދުއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.
ހަމައެކަނި ޖުނައިދުއަށް އެކަންޏެއް ނޫނެވެ. އެންމެނަށްވެސް ތިބީ ރޮވިފައެވެ. ޖުނައިދު ވާހަކަ ދައްކަމުން ދިއުމުން އާފިޒާއަށް ވާހަކަ ދައްކާކަށެއް ނުކެރުނެވެ. ޖުނައިދު ފުރުޞަތު ނުދިނުމުން ވިޔާނުދާ އާފިޒާއަކަށް ވާހަކަ ދައްކާކަށެއް ނުކެރުނެވެ. ވަންނަން ނުޖެހޭ ތަނަކަށް ވަނުމުން ދެއްކޭނެ މާގިނަ ވާހަކައެއްވެސް ނޯންނާނެއެވެ.
“ޖުނައިދު. އަހަރެންވެސް ޖުނައިދު ދެކެ އިންތިހާއަށް ލޯބިވޭ. އިންތިހާއަށް ލޯބިވޭ.” ރޮމުންރޮމުން އާފިޒާ ޖުނައިދުގެ ކުރިމަތީގައި ދެކަކޫ މައްޗަށް އިށީނެވެ.
“ޖުނައިދު އަހަރެން… އަހަރެންނަށް… އަހަރެންނަށް މާއަފްކުރޭ. އަހަރެންނަގެ ނަމަކީ އާފިޔާ.” އާފިޔާއަށް ރޮވެމުން ދިޔައެވެ. “އަހަރެން މީ އާފިޒާގެ ދައްތަ.” އާފިޔާ މަޑުމަޑުން ޖުނައިދުގެ ފަހަތުގައި ހުއްޓުނެވެ.
“އަހަރެންނަށް މާއަފްކުރޭ.” ޖުނައިދުގެ ކޮނޑުގައި އާފިޔާ އަތްލިއެވެ.
“ޚަބަރުދާރު، އަހަރެންމީ އާފިޔާގެ މީހެއްނޫން. އެކަމަކު އަހަރެން މިއަދު އާފިޔާއަށް މާއަފްކުރަން. ހެޔޮހިތުން މާއަފްކުރަން.” ޖުނައިދު ފުންމައިގެން ތެދުވީ ކަރަންޓުގައި ޖެހިގެން ކަހަލައިންނެވެ.
ޖުނައިދު އާފިޒާ ކޮޅަށް ނަގައި މެޔާލައި ބޮޑިކޮށްލިއެވެ. ހީވަނީ ދެން ދުވަހަކުންވެސް އެއްވެސް މީހަކަށް އެދެލޯބިވެރިންގެ ދެމެދަށް ނުވަދެވޭނެހެންނެވެ. އާފިޒާ ޖުނައިދުގެ މޭގައި މޫނު ފޮރުވައިލިއެވެ. ޖުނައިދުވެސް އާފިޒާއަށް ރޯލުމަށްޓަކައި މޭމަތި ތަނަވަސްކޮށްދިނެވެ.
“ޖުނައިދު. އަހަރެންވެސް ޖުނައިދުދެކެ އިންތިހާއަށް ލޯބިވޭ. އިންތިހާ… އިންތިހާއަށް… އިންތިހާއަށް ލޯބިވޭ.” އާފިޔާ ޖުނައިދުގެ ގާތަށް ޖެހެމުން ޘާބިތުކަންމަތީ ހުރެ ބުންޏެވެ.
އެހެންނަމަވެސް ޖުނައިދުވެސް ފަހަތް ފަހަތަށް ޖެހެމުން ދިޔައެވެ. އާފިޔާ އެދެލޯބިވެރިންގެ ދެމެދަށް ވަނުމަށް ނޭދުމުގެ އިތުރުން، އާފިޔާ އެދެލޯބިވެރިންގެ ވަސް ދުވާ ހިސާބަށް އަންނަންވެސް ޖުނައިދު ނޭދެއެވެ. ބޭނުމެއްވެސް ނޫނެވެ.
“????????????????????????????? އަހަރެން ލޯބިވަނީ ތިބާގެ ސޫރަދެކެއެއްނޫން. އަހަރެން ލޯބިވަނީ އަހަރެންގެ ހިތް އަތުލި، އަހަރެންދެކެ ލޯބިވ ކިޔަމަންތެރި، އަދަބުވެރި، ތެދުވެރިޔާ ދެކެ. މަކަރުވެރި، ދޮގުވެރިއަކަށް މިހިތަކުން އެއްވެސް ޖާގައެއް ނެތް.”
ނޯޓް: އައްސަލާމް ޢަލައިކުމް. ލޮބުވެތި ކިޔުންތެރިން.
ތިޔަ ކިޔުންތެރިން އަޅުގަނޑަށް ދެއްވާ ތަރުޙީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
މަތީގައި ސުވާލުމާކުތަކަކުން ދޫކޮށްލެވިފައިވާ ޢިބާރާތްކޮޅުން މިވާހަކައަށް ދެއަފި ކިޔުނީ ކީއްވެކަން ޘާބިތުވާނެއެވެ. އެހެން ނަމަވެސް އަޅުގަނޑު މިފަހަރު ބޭނުންވަނީ ތިޔައިން ބޭފުޅަކު، މިވާހަކައަށް ދެއަފި ކިޔުނު ސަބަބު ހާމަކުރާށެވެ. އެންމެ އަވަހަށް އެންމެ ރަނގަޅު ޖަވާބު ފޮނުއްވާ ބޭފުޅަކަށް އަޅުގަނޑު ހަދިޔާއެއް ރައްދުކުރާނަމެވެ. (މާލޭގެ ކޮންމެ ހިސާބެއް)
ޖަވާބު ފޮނުއްވުމަށްޓަކައި މަތީގައިވާ ފޭސްބުކް ޕޭޖްއަށް ކޮމެންޓެއް ގޮތުގައި ނުވަތަ މެސެޖެއްގެ ގޮތުގައި ނުވަތަ އެސްފިޔަ.ކޮމްގައިވާ “ދެއަފި” މިވާހަކައިގެ ތިރިއަށް ކޮމެންޓެއް ގޮތުގައި ޖަވާބު ހުށައަޅައިށެވެ. އެސްފިޔަ.ކޮމް އަށް ޖަވާބު ހުށައަޅައިނަމަ ޖަވާބުގެ ފަހަތަށް އެބޭފުޅަކަށް ގުޅޭނެ ނަންބަރެއްގެ، އެންމެ ފަހު ތިން އަކުރު ލިޔުން އެދެމެވެ. (ސެކިއުރިޓީ ބޭނުމަށް/ ނެތްނަމަ ޖަވާބު ޑިސްކޮލިފައިވާނެ)
ޖަވާބު ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 27 ސެޕްޓެމްބަރ 2015އެވެ. 28ވަނަ ދުވަހުގައި އަޅުގަނޑު ސުވާލުމާކުގެ ބަދަލުގައިވާ ޢިބާރާތްކޮޅު އައު ކުރާނަމެވެ. އަދި ޖަވާބު ދިމާކުރި ފަރާތް (ހުއްދަޔާއެކު) ހާމަކުރާނަމެވެ.
މި ފުރުޞަތުގައި ހުރިހާ ކިޔުންތެރިންނަށް އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުވަމެވެ.
ޝުކުރިއްޔާ!
27 Comments!
Comments are closed.


mee kon kahala vaahaka ehtha? vaanuvaa neyngey. eh scene nimigen aneh scene feshey iru ves neyngey. thi ibaaraaiy guess kureveyny ves guess kurevey kahala gothakah genesfa in nama dhw. dhen anehka kon irakutha hulhumale ga national university hury? koren series balaafa liyunas dhivehi mujuthama akaa nugulheyne dhoonya. anehkka bbq sarahadhu keehve iru ohsey gadeega hus van v? ei enme meehun gina vegen ethan thohjehey gadi. lol. jacket n t shirt laafa lee min ho sifa kohleema reethi vaane kamah heekury thowche. n raahjeyga university thereyga thi buna skate board thakeh ves nudhuvvaane. this is maldives. NOT KOREA
Hehe. Thankyou for the comment. In sha Allah will write a good one again.(vaanuvaa igey)
Miee kiyaalee vaahakaeh. Thanthanuge haalthu badhalhuvumun aharemenge imagination kuraa gothaa kithanme thaneh thafaathuvaane. Maleyge kithanme bayaku miadhu Korea fashion copy kurey. Hehe.
Imagination is a knowledge. : )
Ya dat may b true. bt “hulhumale” ge name genesfa ethanuge bbq point ge vaahaka dhahkanya ethan hunna gothah genaeema dhw it makes a sense. or else u can just write without mentioning an island here in maldives. misaalakah raahjethereyge rasheh ge vaahaka kiyanya erasheh hunna gothakah keema kannenge hamajeheyny. dnt u agree? mi storyge environment beyru gaumehge environment gothah gennanya hama dhivehi bayaku beyrah gosgen ulhenikoh anna gothah liyevidhaane. noony raahjeyga ves vaki rasheh nujaha sense make kura gothakah genevidhaane. hiyaalee vaahaka akah viyas it should make sense. by the way. waiting 4 ur next “vaanuva engey” story. hehe. best of luck! hope dat 1 ll b nice to read.
Okay. Thankyou for the comment. me. I would like to right a story that u guys will like. In sha Allah will right a vaanuvaa ingey vaahakaeh soon after eid. Hehe. 🙂
U guys comment is my first pirority to improve. Thankyou so much for the valuable comments. 🙂
Maa gina inenglish in vaahaka dhahkkaafa huree
Dhe afi ey thi kiyanee aAFIya and aAFIza ulheythy dho .
this story is know as dheafi caux there is two people with one look i men there is look alikes and they love one person and most of all the two girls belong frm the same houd
caux aFIA and afiza 2AFI
thankyou for the comment guys.
english kohlee mihaaruge kudhin kudhin maa eng veema. hehe. next time i will think about it @fareeaa
lets wait for the ans dw. 🙂
plx send me comments about the story to improve my next story in sha allah.
Kafivun
I haven’t read the story but..
Bwahahaha.. that cover tho ??
Plx remember to put the codes as in the note. Anyone might be the winner. Wish u all the best. 🙂
It is Korean cover. Hehe. 🙂
Vrh hadi mihaa hadi hamanujehey waahaka eh mihaathanah aharen nukiyah..chiiy midhen alhe waahaka ehthah waanuwaa neyngey
Hehe.
Vaanuvaa igey vaahakaeh eba liyan. Tnx for comment. Plx read my other stories and comment me. 🙂 @shaxra @Anonymous
haadhahaa olhun bolhun gina ey
Eyy vara nice ingee adee gnas deebaa ingee
Dhe afi E ee eh gahuge dhe ofi misaalakah twins gothah 905
tnx @ainth. will right a new one soon in sha allah.
keep sending me ans as in note. hope all of you will think about it.
and guys plx give a like to my page, i only can improve with help of u all. thankyou for the precious comments once again. 🙂
Dhe afi ky dhaane eh same look hunna 2 kudhin ulhey thy vess
eiy e dhe anhen kudhin ge furathama feshey dhe akuru.afiya and afiza ge 2 afi…
Story v nice…. dheafi eiee eh sifa ehge dhemyhun ulhefa, dhemyhun ves junaidhu dheke loabivyma…. aslu story thakuga eng words or sentences use kuryma v nice… waiting for next story….
Dheafi kiyuny… kithanme sifa eahvahtharash adhi eakaku dheke lobi vevunash ea dhemeehunge ulhumuga dhegoatheh huryma… ekakaky kiyamantheri thedhuveri eah anneh kakaky dhoguveri beavafaa theri akah vyma…
Lee min ho ♥️♥️♥️♥️
Lee min ho ♥️♥️♥️♥️ Story nice..ekm ehaa ehaa eh noon
Thank you all. 🙂
will update the ans soon in sha allah.
and will try to contact the winner. plx keep in a touch.
Not bad but very nice story. Vaanuvaa vx ingey. So plx keep it up