Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 9

Esfiya Level 310 Stories100 Login
September 17, 2015 4 Mins Read
10 Comments

“ކީކޭ؟ އެހެން މީހަކަށޭ؟ ކާކު؟ ކާކުހޭ އެއީ؟” އާއިޒް ޔާނާގެ ދެއަތުގައި ހިފައި ތަޅުވައިގަތުމުން ޔާނާ ސިހިގެން ދިޔައެވެ. ނަމަވެސް މިއީ އޭނާ ބިރުގަންނަންޖެހޭ ވަގުތު ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދީ ހިތްވަރު ކޮށްފައި ޖަވާބު ދިނެވެ.
“އާނ. އެހެން މީހަކަށޭ. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. މިއީ އިއްޔެއަކު މިއަދަކު ވީކަމެއް ނޫން. އަހަރެން ސްކޫލް ދައުރުއްސުރެ އޭނާ ދެކެ ލޯބިވަން. މިހިތަކު އެހެން މީހެއްދެކެ ލޯބިވާކަށް އެއްވެސް ތަންކޮޅެއް ނެތް. މާފުކުރޭ އާއިޒު. އަހަރެންނަށް އާއިޒުދެކެ ލޯބިވާކަށް މަސައްކަތެއްވެސް ނުކުރެވޭނެ. ކުރާކަށް ބޭނުމެއްވެސް ނޫން.” ޔާނާ ވާހަކަ ދައްކަންފެށީ ނުރުހުމުގައި ހަރުކަށިކޮށްކަމުގައި ވިޔަސް، އީމަން މަތިން ހަނދާންވުމުން ރޮވޭގޮތް ވިއެވެ.
“ނުވާނެ ތިހިނެއް. އަހަރެން ނޫން އެހެން މިހަކަށް ޔާނާ ނުލިބޭނެ. ދުވަހަކުވެސް. ހަނދާންކުރާތި. ކައިވެނިވެސް އަވަސް ކުރުވާނަން. ޔާނާ ބޭނުންވިޔަސް ނުވިޔަސް ޖެހޭނީ އަހަރެންގެ މީހަކަށްވާން. ޔާނާއަށް އެންމެ ރަނގަޅުވާނީ މިކަންކަން އަމިއްލަ ނަފްސަށް ވީ އެންމެ އަވަހަށް ވިސްނައި ދީފިއްޔާ.” އާއިޒު ހަރުކަށިކަމާއެކީ ވާހަކަ ދައްކަމުން ދިޔައެވެ.
ހަތަރުއުދަރެސް ފެނުޖެހޭހެން ޔާނާއަށް ހީވެ ލޮލުން ކަރުނައައި އިރުވެސް ނޭނގުނެވެ. މިއީ އާއިޒުގެ ނިންމުން ކަމުގައި ވަނީނަމަ ދެން އޭނާ އީމަންއާ ބައްދަލުވި ނަމަވެސް ވާނެ ފައިދާއެއް ނެތެވެ. ދެން އޭނާ ޖެހޭނީ އާއިޒުއާ ކައިވެނިކުރާށެވެ. އެނޫން ގޮތެއްނެތެވެ. ޔާނާއަށް މަޑުމަޑުން ރޮވެންފެށުނެވެ. ނަމަވެސް އާއިޒު ރުޅިގަދަވެފައި ވާހަކަ ދައްކަމުން ދިޔައެވެ. ޔާނާއަށް އެއިން އެއްވެސް ވާހަކައެއް ނީވޭ ފަދައެވެ. އަޑު އެހުމުގެ ބޭނުމެއްވެސް ނުވިސްނުނީއެވެ. އާއިޒު ހަރުކަށިކަމާއެކީ ވާހަކަދައްކަމުން ދިޔައިރު އައިސްފައި ހުރި ރުޅީގައި އެއްވެސް އެއްޗެއް ނުވިސްނޭފަދައެވެ. އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ފަދައެވެ. ގޯޅީގައި މީހުން މަދުވިނަމަވެސް ކޮންމެވެސް ވަރަކަށް މީހުން ގިނަވާހެން ޔާނާއަށް ފާހަގަ ކުރެވެންފެށިއެވެ. އާއިޒު ވާހަކަ ދައްކަމުން ދަނިކޮށް ދެތިން މީހަކު އައިސް އަރާ ހަމަވުމުން އެމީހުން ދިޔުމަށް ތަން ދެއްކުމަށް އެއްފަރާތަކަށް ޖެހިލިއެވެ. ޔާނާ ލިބުނު ފުރުސަތުގެ ބޭނުންހިފިއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ގެއާ ދިމާއަށް ދުއްވައިގަތެވެ. އާއިޒުއަށް ޔާނާ ދުއްވައިގަންފިކަން އެނގުނީވެސް އެމީހުން ހުރަސްކޮށްލުމުންނެވެ. ވަރަށް ބާރަށް ޔާނާއަށް ގޮވާލުމާއެކު ފަހަތުން ދުއްވައިގަތެވެ. ނަމަވެސް ޔާނާ ގެއަށް ވަންނަނީއެވެ. އާއިޒު ހުއްޓި ބަލަން ހުރިއިރު ނާކާމިޔާބުވެއްޖެކަމުގެ ކުލަވަރު އެމޫނުމަތިން ފެންނަން ހުއްޓެވެ. ****
“އަސްތަޤްފިރﷲ. ތިއީ ހަމަ ތެދެއްތަ؟ ޔާނާ މިހާރު ދެން ތިދަނީ މާ މައްޗަށް. އަހަންނަކަށް ނުފެނޭ އެންމެ ސިކުންތެއްވެސް މަޑުކުރާކަށް. ޔާނުގެ މަންމަމެންނަށް ކިޔައިދީ ހުރިހާ ވާހަކަތަކެއް. އޭރުން ވަގުތުން ތިކައިވެނި ހުއްޓޭނެ. ހުރިހާ ކަމެއް ހަމަ ޖެހުނީއެއްނު؟” ޔާނާގެ ވާހަކަތަށް އަޑުއެހުމަށްފަހު ޖާހަތު ހާސްވެފައި ލަފާ ދެމުން އެންމެ ފަހު ޖުމްލަ ބުނެލީ ހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ.
“ޖާތު. އެހިސާބުން ހުރިހާ ކަމެއް ހަމަ ޖެހުނީއެއް ނޫނޭ. އާއިޒުގެ ކިބައިން ސަލާމަތް ކުރުވަން މަންމަމެން އަހަރެން އެހެން މީހަކާ ކައިވެނި ކުރަން ބޭނުންވެދާނެ. އެކަމަކު އަހަރެން ބޭނުމީ އާއިޒުގެ ކިބައިން ސަލާމަތްވާކަށް ނޫނޭ. އީމަން ހޯދަން. މިވަގުތު އަހަރުމެންނަށް އެންމެ ބޭނުމީ ވަގުތު. ދެން ކޮންމެ ގޮތެއްވިޔަސް އަހަރެން ކެތްކުރާނަން އީމަން ހޯދެންދެން. އީމަން އާ ބައްދަލުވުމުން މިހުރިހާ ވާހަކަ ތަކެއް މަންމަމެންނަށް ކިޔައިދޭނީ.” ޔާނާ ޖާހަތުއަށް ހިޔާލުދިނެވެ. ޖާހަތުވެސް ޔާނާއާ އެއްބަސްވިއެވެ. އަދި ފޯނު ބޭއްވީ ޔާނާއަށް ހިތްވަރު ދެމުންނެވެ. ޔާނާވެސް ފޯނު ބޭއްވީ ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުމުންނެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ޔާނާއާއި ޖާހަތު އީމަން ފެނޭތޯ މަސައްކަތް ކުރަންފެށީ އާހިތްވަރެއް ލާފައެވެ. ޔާނާގެ ބައްޕަމެންނަށް ޔާނާ ދިން ޖަވާބުގައި ބުނެފައިވަނީ އާއިޒުއާ އިންނަން ބޭނުމީ ކިޔަވާ ނިންމާލާފައި ކަމަށެވެ. ލޯބިވާ ދަރިފުޅުގެ މި އެދުމާ ދެމަފިރިން ހިތުން ރުހުމުން ގަބޫލުވިއެވެ. ނަމަވެސް ޔާނާގެ މިނިންމުމުން ހައިރާންކަން ލިބިގެން ދިޔައީ އާއިޒުއަށެވެ. ޔާނާ އޭނާ އާ އިންނަން އެއްބަސް ނުވާނެކަން އެނގޭއިރު، އެކަން އެހެންވީ ސަބަބެއް ހޯދަން ބޭނުންވިއެވެ. ޔާނާއާ ސުވާލުވެސް ކުރެއެވެ. ނަމަވެސް ޔާނާ ބުނަމުން ދިޔައީ ކައިވެނީގެ ޒިންމާ ބޮލުގައި އެޅުމުން ކިޔެވުމަށް ބުރޫއަރާފާނެތީ، ކިޔެވުން ނިމެންދެން މަޑުކޮށްލަން ބޭނުންވީކަމަށެވެ. ޔާނާގެ ޖަވާބު ގަބޫލުކުރާކަމުގައި ބުންޏަސް އާއިޒުގެ ހިތުގައި ޝައްކު އުފެދެމުން ދިޔައެވެ.
ޖާހަތުއާ ޔާނާ އީމަންފެނޭތޯ ޔުނިވަރސިޓީގެ އެކި ކްލާސްތައްވެސް ބަލަމުން ދެއެވެ. ކިޔަވައިދޭ ލެކްޗަރަރމެންނަން ނުފެންނަހެން ކްލާސްތަކަށް ބޯދިއްކުރަމުންދާއިރު ކޮންމެ ކްލާހަކުންވެސް އެނބުރިލަނީ ނުފެނުމުން މާޔޫސީކަމާއެކުއެވެ. ނަމަވެސް މިއަދު ހާޒިރު ނުވަނީކަމުގައި ހީކޮށްލައި އުންމީދު އާ ކޮށްލައެވެ.
ޔާނާ މެންނަށް އެހޯދެނީ ރަނގަޅު ދިމާބާވައެވެ. އެކިއެކި އެޕާރޓްމަންޓަތަކަށް ގޮސް އީމަންގެ ފޮޓޯދައްކައިގެން ސުވާލުކުރަމުން، އަކި އެކި ގެތައް ބަލަމުންދާއިރު، މާލޭގައި ހުރި ބޮޑެތި ގެތަކުންކުރެ ގެއެއްގައި އީމަން ވެދާނެޔޭ ޔާނާގެ ހިތް އެއްފަހަރުވެސް ބުނެ ނުލައެވެ. އެހެންކަމުން ކިތަންމެ ފަހަރަކު އެގޭ ހުރަސްކޮށްފަދާއިރުވެސް އީމަން ފެނުމުގެ ނަސީބެއް ނުލިބެއެވެ.
ޔުނިވަރސިޓީގައި ދަރިވަރުންތަކުގެ ތެރެ ހޯދުމުގެ ބަދަލުގައި އީމަން ލެކްޗަރަރއެއްގެ ހައިސިއްޔަތުން ހުރެދާނެޔޭ އެއްފަހަރުވެސް ހިތަށް އަރައިފިނަމަ ފެނުމުގެ ފުރުސަތު ބޮޑުވާނެއެވެ. ކިތަންމެ ފަހަރަކު، އީމަންގެ ސެޝަން އޮންނަ ކްލާސްކައިރިން ދެވޭއިރު އީމަން ހުރި ކަމުގެ އިހްސާސްކުރެވޭހެން ހީވެގެން ދަރިވަރުންގެ ތެރެއަށް ނަޒަރު ހިންގާލައެވެ. ނަމަވެސް ފެނުމުގެ ނަސީބެއް ނުލިބެއެވެ.ކޮންމެ ދުވަހަކު ގެއަށް ދާން ޖެހެނީ މާޔޫސްވެގެންނެވެ.
ލޯބިވާ ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ހާމިޒާއަށް ފާހަގަ ކުރެވެމުން ދެއެވެ. ގެއަށް ވަދެގެން އަންނައިރު މާޔޫސްވެފައި ހުރުމާ، ގިނަގިނައިން ބޭރަށް ދިޔުމުގެ އިތުރުން އާއިޒު ބައްދަލްކޮށްލަން އަޔަސް ނުނިކުމެ ކޮޓަރިތަޅުލައިގެން ހުންނަތަންފެނި ހިތުގައި ސުވާލު އުފެދެމުން ދެއެވެ. އީމަން ނުފެނުމުން ކުރަމުންދާ ހިތާމަޔާއި މާޔޫސީކަމުގެ އިތުރުން އާއިޒުގެ ފަރާތުން ވަމުންދާ އުނދަގުލާހެދި ޔާނާގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ގެއަށް އަތުވެއްޖެނަމަވެސް ބޭރުގައި މަޑުނުކޮށް ޔާނާގެ ކޮޓަރި ތެރޭގައި އުޅުމާ، ޔާނާއަށް އޭނާއާއެކު ތަންތަނަށް ދިޔުމަށް މަޖުބޫރުކުރުވުން ހިމެނެއެވެ. މިގޮތުން އާއިޒު ހުންނަ ވަގުތުތަކުގައި ބުރުގާ ނާޅައި އުޅުމަށް ބާރުއަޅަމުންދެއެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވަމުންދެއެވެ. އާއިޒު ޔާނާއާ ގައިގޯޅިވާން ކުރާ ހުރިހާ މަސައްކަތްތަށް ޔާނާ ދަނީ ހިތްވަރާއެކު ނާކާމިޔާބުކޮށްލަމުންނެވެ. ހަމައެކަނި އެންމެ މަޤްސަދަކަށްޓަކައެވެ. ލޯބިވާ އީމަންއަށްޓަކައި ކުރެވޭ އިންތިޒާރެއްގެ ބޮޑުކަމުންނެވެ. މިގޮތުން އީމަން ފޫހިވާނޭހާ ގޮތްގޮތަށް ކަންކުރަމުން ދިޔައެވެ. އެގޮތުން ވަރަށް ވިސްނުމަށްފަހު ޔާނާ ލައި އުޅޭ ހެދުންތައް އެހެން ގޮތަކަށް ފެހުމަށް ނިންމިއެވެ.
ހާމިޒާގެ ހިތުގައި އުފެދެމުންދާ ސުވާލުތައް ފުރި ބަންޑުންވީ އެއްރެއަކު ޔާނާ ސިޓިން ރޫމަށް އައިސް ހާމިޒާގެ ކުރިމަތީ ހުއްޓެލިއިރު ލައިގެން ހުރި ހެދުން ފެނިފައެވެ. ހާމިޒާ އަށް ހައިރާން ކަމާއެކީ ކޮޅަށް ތެދުވެވުނެވެ. ކަޅުކުލައިގެ ބޮޑު ހެދުމެެކެވެ. އަދި ތުނި ކަޅު ފޮތިން ބުރުގާއެއް އަޅައި މުޅި މީހާ ހުރީ ނިވާވެލާފައެވެ. ފެންނަން ހުރީ ހަމައެކަނި އެ ސާދާ މޫނާއި އެ ދޮން ދެއަތްތިލައެވެ. އެގޮތަށް ހެދުން އެޅުމުގެ ސަބަބުން އެމޫނުމަތި އިތުރަށް މައުސޫމްވެފައި މާތްގޮތެއް ހުރިއެވެ.
ހާމިޒާ އިތުރަށް އެންމެ ސިކުންތެއްވެސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ލޮލުގެ ކޮއިފަދައިން ލޯބިވާ ދަރިފުޅަށް ދިމާވެގެން އެއުޅޭކަމެއް ބަލަން އިންތިހާ ދަރަޖައަށް ބޭނުންވިއެވެ. ނޫހުވެސް ގޭގައި ނޫޅޭ ވަގުތެއް ކަމުން، އެއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން ހާމިޒާއަށް ވިސްނި، މަޑުމަޑުން ކުރިއަށް ޖެހިލައި ޔާނާގެ އަތުގައި ހިފައިގެންގޮސް ސޯފާގައި އިށީންދެލިއެވެ.
“ދަރިފުޅާ، މަންމައަށް އެނގޭ ދަރިފުޅު ވަރަށް ބޮޑު ކަމަކާ ވިސްނާކަން. ވަރަށް ދުވަސް ވެއްޖެ މަންމައަށް މިކަން ފާހަގަ ކުރެވޭތަން. ހައްތާވެސް މަޑުކޮށްލައިގެން މިހުންނަނީ ދަރިފުޅުގެ ފަރާތުން ބަހެއް ލިބޭތޯ. ކިޔައިދީބަލަ. ކިހިނެއްތަ ވީ؟” ހާމިޒާ އޯގާތެރިކަމުން ފުރިގެންވާ ރާގެއްގައި ޔާނާއާ ސުވާލުކޮށްލިއެވެ. ޔާނާ އިސްޖަހާލިއެވެ. ހާމިޒާއާ ހަތަރުކަޅި ހަމަކޮށްލައިގެން އިންނަން އުނދަގޫވީއެވެ. އެ މައިވަންތަ ކަމުގެ ލޯބިން ޔާނާގެ ހިތުގައިވާހާ ހުރިހާ އެއްޗެއް ބަންޑުންވެގަންނަން އުޅުނުހެން ހީވި ކަހަލައެވެ. ލޯބިވާ މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ބޭރުކޮށްލައި ހަމަޖެހުމުގެ ނޭވާއެއްލާން ބޭނުންވިއެވެ. ނަމަވެސް ޔާނާއަށް އެކަން ކުރާނެ ހިތްވަރެއް ނުލިބުނެވެ. އެދެމެދަށްވެރިވެފައިވި ހަމަ ހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް ހާމިޒާ ވާހަކަ ދައްކަން ފެށުމުންނެވެ.
“ދަރިފުޅުގެ އިހްސާސްތައް ހިއްސާ ނުކުރެވޭވަރަށް ދުރު މީހަކަށް މަންމަ ވީ ކޮން ދުވަހަކުތަ؟ ދަރިފުޅު ކިތަންމެ ސިއްރުކުރަން އުޅުނަސް މަންމައަށް އެނގޭ ކޮންމެވެސް ކަމަކާ ދަރިފުޅު ހިތާމަ ކުރާކަން. އާއިޒާ ދަރިފުޅާ ދޭތެރޭތަ މައްސަލަ ޖެހިގެން ތިއުޅެނީ؟ މަންމައާ ހިއްސާ ނުކުރެވޭނަމަ ދެކުދިން އަމިއްލަ އަށް ވާހަކަ ދައްކާލައިގެން ހައްލުކޮށްލާ. ކައިވެނީގެ ކުރިން ދެމީހުންވެސް ޖެހޭނެ އެކަކު އނަެކަކުގެ މިޒާޖު ވީހާވެސް ބޮޑަށް ދަސްކުރަން. އޭރުން އުފާވެރި ހަޔާތެއް ލިބޭނީ” ހާމިޒާ ހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައިރުވެސް ޔާނާހުރީ އިސްޖަހާލައިގެންނެވެ. ނަމަވެސް އެހިތުތެރޭގައި ހީވަނީ ބިޔަރާޅުތަކެއް އުތުރި އަރަމުންދާހެންނެވެ. ކައިވެނީގެ ވާހަކަ އަޑުއިވުމުން ނޭވާ ހާސްވާހެން ހީވާން ފެށިއެވެ. ލޮލުތެރެއަށް ކަރުނަ ޖަމާވެ ލަގޮނޑިއަށް ތަދުވާންފެށިއެވެ. ޔާނާއަށް އިތުރަށް އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުކުރެވުނެވެ. ހާމިޒާގެ ގައިގައި ބައްދައިގަތެވެ. އަދި ކޮނޑުގައި ބޯއަޅާލުމާއެކީ ރޮއިގަނެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އަލީގެ މުސައްލަ

Next

ނަޖާ (ބާރަވަނަ ބައި)

Next
September 17, 2015

ނަޖާ (ބާރަވަނަ ބައި)

Previews
September 17, 2015

އަލީގެ މުސައްލަ

10 Comments!

  1. shaahy says:
    September 17, 2015 at 3:14 pm

    Varah reethi.

  2. naax says:
    September 17, 2015 at 3:18 pm

    Yey.. Im 1st dhw. v rythi mi partvx.. Masha Allah

  3. saamy says:
    September 17, 2015 at 3:21 pm

    v reeethi….

  4. stranger says:
    September 17, 2015 at 3:41 pm

    Me first.. varah reethi mi part vex..

  5. sim says:
    September 17, 2015 at 4:03 pm

    V nice mi part ves.waiting for the nxt part…

  6. shaina says:
    September 17, 2015 at 6:13 pm

    v nice mi part ves. enjoyed it.:-)

  7. muniya says:
    September 18, 2015 at 9:19 pm

    V reethi

  8. baby gurl says:
    September 18, 2015 at 11:13 pm

    Eeman foohiwaaney goiy gothah .. E aaizuge wahaka dw .. Story warah nice .. Dhen awahah dhimaa kuruwaba eman aa ?

  9. naxy says:
    September 19, 2015 at 12:35 am

    Varah salhi

  10. lixu says:
    September 20, 2015 at 11:07 am

    Varah obi

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 10←


All Right Reserved!