އިހުސާސް (2)
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މުޅި ދުނިޔެވެސް ނިދާފަކަހަލައެވެ. މީހެއްގެ ހިލަމެއްނުވާ މަގުމަތީގައި ހުރި ހޮޅިބުރީގެ ފަނޑު އަލިކަމެއް ހުއްޓެވެ. “ޝަނާން…” މީހަކު ބަރު އަޑަކުން ގޮވާލިއެވެ. އެއީ ޒުވާންފިރިހެނެކެވެ. ދިގު އިސްކޮޅެއް ލިބިފައި އޭނާގެ އިސްތަށިގަނޑު ދިގެވެ. އޭނާއަށް ގޭގެ ބެލްކަނިމަތީގައި ހުރި ޝަނާން އިޝާރަތް ކުރަމުން ދަނީ ގެއަށް ވަނުމަށެވެ. ޝަނާންގެ މައިންބަފައިން ހަފްތާއަކަށް މާލެ ގޮސްފައިވުމުން ގޭގައި އުޅެނީ ހަމައެކަނި އޭނާއެވެ.
“ބޭބީ؟؟..ކޮންއިރަކުތަ އައީ؟” އެ ޒުވާނާ ގޭތެރެއަށް ވަނުމުން ޝަނާން އޭނާގައި ގައި ބައްދާލެވުނެވެ. “ހަވީރު..އަހަރެން މަތިން މިސްވިތަ؟” އޭނާ ބުނެލިއެވެ. “މިސްވީއޭ؟!! މިސްވާނެއެއްނުން ހާރިސް އަހަންނާ ދުރުގަ އުޅެފާ އައީމަ” އޭނާގެ މޫނު ހާރިސްގެ މޭމަތީގައި ބޮޑިކޮށްލިއެވެ.
ހާރިސް ވަނީ މީގެދައަހަރު ކުރިން ޝަނާންއަށް ލޯބިހުށަހަޅައިފައެވެ. އަދި ޝަނާންވެސް އޭނާގެ ލޯބި ގަބޫލުކުރިއެވެ. ނަމަވެސް ދެމީހުން އެކުގައި އަހަރަކާ 6 މަސްނުވަނީސް ހާރިސްގެ ބައްޕަގެ އެދުމުގެ މަތީން ބޭރަށް ކިޔަވާން ދާން މަޖުބޫރުވިއެވެ. ދެމީހުންވެސް ވަޢުދުވީ އިންތިޒާރު ކުރުމަށެވެ. އެރޭ އޭނާ އައީ 6 މަސް ދުވަހަށްފަހު ރާއްޖެއަށެވެ.
ހާރިސްވެސް އިތުރު އެއްޗެކޭނުބުނެ ދެމީހުން ހިގައިގަތީ ޝަނާންގެ ކޮޓަރިއާދިމާލަށެވެ. ހާރިސް ތުވާލި ހިފައިގެން ފާހަނައަށް ވަނުމުން މަޑު ހިނގުމެއް ޝަނާން ގޮސް އެނދުމަތީގައި އޮތް ފޯނުނަގާ އަލްޔަންއަށް މެސެގެއް ފޮނުވާލިއެވެ.
‘ލެޓްސް ބްރޭކް އަޕް، އައި ޑޮންޓް ލައިކްޔޫ ނައު’
ހާރިސް އައުމުން ޝަނާންހުރީ އުފަލުންނެވެ. ނަމަވެސް އޭނާގެ ޙަޔާތައް ތޫފާނެއް އަންނަން އުޅޭކަން އޭނާއަށް އަންދާޒާކުރެވުނެވެ. ހާސްވެފައި ހުރިލެއް ބޮޑުކަމުން އޭނާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. “ދޫނީ؟ ކަމެއް ގޯސްވީތަ؟” ހަމައެކަނީ ތުވާއްޔެއްގައި ހުރި ހާރިސް ފެންވަރައިލައިގެން ނުކުތެވެ. އެވަގުތު މާހައުލު މުޅިން ބަދަލުވެއްޖެއެވެ. ޝަނާންއަށް ދުނިޔެ ދައުރުވުން ހުއްޓިއްޖެ ކަހަލައެވެ. ހާރިސްއަށްވެސް އެވަރެވެ. އިބިލީހުގެ ވަސްވާހަށް ދެމީހުން ހެއްލިއްޖެއެވެ. ދެމީހުންގެ ދޭތެރޭގައިވި ދުރުމިން ކުޑަވެ ތުންފަތުގެ ހަދިޔާއެއްވެސް ދެވިއްޖެއެވެ. ދެން އެރޭވެގެންދިޔައީ އަރާމުގެ ތެރޭގައެވެ.
***
5:50 ވެއްޖެއެވެ. އާ ދުވަހަކަށް އިރުއަރައި ދުނިޔެ މައްޗަށް އަލިވެއްޖެއެވެ. މައިޝާއާއި އޭނާގެ ދޮންތަ މަނާލް ރަށުގެ ފުއްޓަރުފަރާތުގައި ހުރި ޖޯލިފަތީގައި އަރާމު ކުރަން ތިއްބެވެ. މިއީ އެދެމީހުން އާންމު ގޮތެއްގައި ހިތްހަމަޖައްސައިލަން އަންނަ ތަނެވެ. ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައިއިން މައިޝާއަށް ހޭވެރިކަންވީ އޭނާ ކައިރީގައިއިން މަނާލް ގޮވާލުމުންނެވެ.
“ދެންއެގެއަށްވެސް ނުދާންތަ ގަސްތުކޮއްގެން ތިހުންނަނީ؟” މަނާލް ފަންވަތާކާ ކުޅެލަމުން ބުންޔެއެވެ. “ނޫނޭ ކޮންމެސް ގޮތަކުން އަޔާންއާ ދިމާވާންޖެހޭނެ…..އެކަމަކު..” “އަކަމަކު ކިހިނެއްވީ؟…އޭނަފެންނައިރަށް ހިތައް ގޮތްގޮތް ވަނީދޯ؟!” މަނާލް ހިނިގަނޑެއްޖަހާލިއެވެ. “ދޮންތަވެސް ދޯ އަޅެ.. އަހަންނަށް އެއްޗެއް ކިޔޭވަރެއް ނުން” މައިޝާއަށްވެސް ހެވޭގޮތްވިއެވެ.
***
ދޮރުގައި މީހަކު ޓަކިޖަހާ އަޑަށް އަޔާންއަށް ހޭލެވުނެވެ. ކައިރީގައި ހުރި ދަނޑިގަނޑެއްގެ އާހީގައި އޭނާ ދޮރާހިސާބަށް ހިނގައިފައި ދިޔައެވެ. ދޮރުހުޅުވާލުމާއެކު އޭނާގައިގައި މީހަކު އޮޅުލާގަތެވެ. ” ޔާން!! އައިމިސްޑް ޔޫ ސޯމަޗް!!” އޭނާގެ ގައިގައި ތަތްވެގެންއޮތް 19 އަހަރުގެ އައިލީން ހަޅޭއްލަވައިގަތެވެ. އައިލީންގެ ތޫލިއަޑުން އެއީ ކާކުކަން އަޔާންއަށް އެނގުނެވެ.
“ލީން!! ކޮންއިރަކު އައީ؟” އަޔާން ހިނިތުންވުމަކާއިއެކު ބުނެލެވުނެވެ. މިއީ އޭނާގެ އެއްމާބަނޑު ކޮއްކޮ އޭނާއަށް އަހަރުތަކަކަށް ފަހު ދިމާވި އެންމެ ފުރަތަމަ ފަހަރެވެ.
އޭނާގެ އުމުރުން 9 އަހަރުގައި އައިލީންވަނީ ސަފީނާގެ ފިރިމީހާގެ ގާތާށް ތައިލެންޑްއަށް ބަދަލުވެފައެވެ. އޭގެފަހުން ދެމީހުން ވާހަކަދެވިފައިވަނީ ހަމައެކަނި ފޯނުންނެވެ. ތައިލެންޑުގައި އަޔާންގެ ކިޔެވުން ނިންމާލާފައި އައީ ރާއްޖެއަށެވެ. ނަމަވެސް އައިލީންއާ ދިމާވާނެ ފުރުސަތެއްނުލިބެއެވެ.
“ބޭބެއަށް އިނގޭތަ އަހަރެން މިއައީ މޫސަބެއަށް ނޭގި” އައިލީން މަޑުމަޑުން ބުނެލިއެވެ. އެއީ އަޔާން ރުޅިއައިސް ދާނެތީއެވެ.” ލީންއަށް މިގެ ހުންނަތަން އިނގުނީ ކިހިނެއް” އަޔާން އަށް އަހާލެވުނެވެ. އެއީ އައިލީން އެރަށަށް ދުވަހަކުވެސް އައިސްފައި ނުވާތީއެވެ. ސަފީނާވެސް އަދި އަލްޔަންވެސް އައިލީން ކައިރީގައި ނުބުނާނެކަން އޭނާއަށް އިނގެއެވެ.
“މައިޝާ ބުނީ….ދެންތިކަމާ ނުވިސްނާ ކޮންއިރަކުތަ ފޭސްޓުފޭސް އެމީހުންނާ މީޓްވާނީ؟” ކުޑަކުއްޖެއްހެން އައިލީން އަޔާންގެ ގާތިގައި އާދޭސް ކުރިއެވެ.
ކުއްލިއަކަށް ސަފީނާ ބަދިގެ ތެރޭގައި ހުރެ މީހަކާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އައިލީންއާއި އަޔާން ބަދިގެއަށް ވަނުމާއެކު އިވެމުންދިޔައީ ސަފީނާގެ ނުރުހުމުގެ ބަސްތަކެވެ. އޭނާ އެ ހަޅޭއްލަވަމުން އެދަނީ ގޭގައި ގެން ގުޅޭ ބިދޭސީ މީހާ ޝަރްމީލާއަށެވެ. ސަފީނާ ރުޅިއައީ އޭނާގެ އަތުން ޖޫސް ތަށިވެރުމުންނެވެ. އިންސާނެއްނަމަ އޭނާއަށްވެސް ކުއްކުރެވޭނެއެވެ. އެހެނަސް ސަފީނާއަށް އެކަންވިީ މީހަކު ބޮޑު ފާފައަކަށް އަރައިގަނެގެން އުޅޭކަހަލަ ކަމަކަށެވެ.
“ދައްތާ އެއީ އެހާވަރު ކަމެއްނޫނޭ…. އަޅާނުލާ” ޝަރްމީލާ ދެރަވެފައި ހުރިތަންފެނުމުން އައިލީން ސަފީނާ ހަމަޖެއްސޭތޯ ބެލިއެވެ. ސަފީނާ އަނގައިން އެއްޗެކޭ ނުބުނެ ކެކެމުން ދިޔަ ރުޅިގަނޑު މަތަކުރަމުން ބަދިގެއިން ނިކުމެގެން ދިޔައެވެ.
އަޔާންއަށް އެތާ ހުރެވުނީ ކިރިޔާއެވެ. ޝަރްމީލާ ދިމާލަށް މީހުން ހަޅޭއްލަވާއަޑު އަހަން އޭނާއަށް ކެންނުކުރެވެއެވެ. އެއީ ޝަރްމީލާއަކީ އޭނާގެ ދެވަނަ މަންމައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް އޭނާ ޝަރްމީލާއަށް ގަދަރުކުރެއެވެ. ވާނީވެސް އެހެންތާއެވެ.
މީގެ 10 އަހަރުކުރިން ހިނގައިދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ސަލާމަތްވީ އޭނާ އެކަންޔެވެ. މައިންބަފައިން ނެތްދުނިޔޭގައި އޭނާ ބަލާ ބޮޑުކޮށް، މައިންބަފައިން ދަރިންނަށް ދޭންޖެހޭ ލޯބި ދިނީ ހަމައެކަނި ޝަރްމީލާއެވެ. އަޔާންއަކީ ލޯފަން ކުއްޖެއް ކަމުގައިވިޔަސް، ޝަރްމީލާވެސް ދެކެނީ އެއީ އޭނާގެ އަމިއްލަ ދަރިއެއްފަދަ ގޮތަށެވެ
އައިލީން ބަލާކަށް ނުހުރެ ޝަރްމީލާއަށް ސާފުކުރަން އެހީވިއެވެ. އަޔާންއަށްވެސް ވީވަރަކުން އެހީވެދިނެވެ. ހެދުނުގެ ނަސްތާއަށްފަހު އައިލީން ބޭނުންވީ ރަށުތެރެބަލާލާށެވެ. ޝަރްމީލާގެ އެހީގައި މައިޝާ ނަންބަރުވެސް ހޯދިއެވެ. އަދި އެތަކެއް އާދޭހަކަށްފަހު އަޔާން ފޮނުވަން ސަފީނާ ހުއްދަދިނެވެ.
މެންދުރުގެ ކެއުމަށްފަހު އަޔާން ވަނީ ކޮޓަރިއަށް ފެންވަރާލާށެވެ. ފެންމާގަނޑު ދޫކޮށްލައިގެން ހުރި އަޔާން އަށް މީހަކު ޓަކީޖަހާލި އަޑުއިވުނެވެ. އަތްޖެހޭ ހިސާބުގައި އޮތް ‘ބާތްރޯބް’ ލުމަށްފަހު އޭނާ ފާހަނައިން ނިކުތެވެ. އޭރު ޓަކިޖަހާ އަޑުއިވެމުން ދަނީ ކުޑަދޮރުންނެވެ.
އެވަގުތު އޭނާއަށް ހަނދާންވިއެވެ. މިއީ މައިޝާ އޭނާއާ ބައްދަލު ކުރަން އަންނަ ވަގުތެވެ. ބަރާބަރު އެކެއްޖަހާއިރު މައިޝާ ކުޑަ ދުރުގައި ޓަކި ޖަހާނެއެވެ. އަޑު އަންނަ ދިމާލަށް އަޔާން ދިޔައެވެ. އަދި ކުޑަދޮރު ހުޅުވާލަމުން މައިޝާ ވަންނަން ތަންދެއްކިއެވެ.
“ނުބައި ވަގުތެެއްތަމީ…؟ މައިޝާއަށް އަހާލެވުނީ ކިރިޔާއެވެ. އޭނާގެ ކުރިމަތީގައި ހުރި އަޔާން ފެނިފައި އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދެންމެ ފެންވަރައިގެން ނިކުތް އަޔާންގެ ރީތިކޮށް ކޮށާލެވިފައިވައި އިސްތަށިގަނޑުން ފެންތިކި ތަޅައެވެ. ކަސްރަތީ ހަށިގަނޑެއް ލިބިފައި ދިގު އިސްކޮޅެއް އޭނާގެ ހުރެއެވެ. އެދޮން މޫނުގައި ހުރި ދިގު އެސްފިޔަތަކުގައި ޖަވާހިރެއްހެން ވިދަމުން ދިޔަ ފެންތިކިތައް ހަރުލާފައި ހުއްޓެވެ. ބަލާބެލުމަށް އެއީ އިންސާނެންހެނެއްވެސް ހިޔެއްނުވާނެއެވެ. އެހާވެސް އޭނާގެ ސޫރަ ފުރިހަމައެވެ. ބާތުރޯބް ލައިގެން ހުރިކަންވެސް އެއީ ނަސީބެކެވެ. އެހެންނޫނީ މައިޝާ ފަކީރުގެ ހިތްފަޅައިގެންގޮސް ދާނެއެވެ.
“ނޯ…ކޮންމެ ގަޑިއެއްގަ މައިޝާއަޔަސް އަހަރެން އުފާވާނެ” އިސްތަށިގަނޑުން ފެންފުހެމުން ދިޔަ އަޔާން ޖަވާބު ދިނުމުން މައިޝާއަށް ހޭވެރިކަންވީ ދެނެވެ. އެނދުމަތީގައި އޮތް ޖިންސު ނަގާލަމުން އަޔާން މައިޝާއަށް އިޝާރާތް ކޮއްލިއެވެ. “މައި… ބަލާބަ ކަޅު ޖިންސެއް އަލަމާރީގަ އިންތޯ…މި ޖިންސު އަހަންނަށް މިހާރު ބާރު” މައިޝާ އަލަމާރި ހާވާލުމުން ކަޅު ޖިންސެއް ނެގިއެވެ. އަދި ކޮޓަރިތެރޭގައި ހުރި އިސްތިރިން ޖިންސު އިސްތިރި ކޮއްލުމަށްފަހު އަޔާންއާ ހަވާލުކުރިއެވެ.
“އެބަ އަންނަން..މައި މަޑުކުރޭ މިތާ” އަޔާންގެ އަންނައުނުތައް ހިފައިގެން ފާހަނައަށް ވަދުނެވެ. ކޮޓަރިތެރޭގައި އެކަނިހުރި މައިޝާ އެނދުމަތީގައި އިށީނެވެ. ސައިޑް ޓޭބަލް މަތީ ހުރި ފޮޓޯ ފްރޭމެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭތި ނަގާލަމުން ރަގަނޅަށް ބަލައިލިއެވެ. ފޮޓޯގަނޑުގައި ވަނީ އަޔާންގެ މައިންބަފައިންނެވެ. އެއީ މައިޝާއަށް މިކޮޓަރިން ފެނިފައި ނުވާއެއްޗެކެވެ.
މައިޝާއަށް ނޭގި ފޮޓޯ ފްރޭމްގައި އިން ބިއްލޫރި ތަންކޮޅަކުން އަތް ކަނޑައިގެން ދިޔައެވެ. ވީތަދުން އޭނާއަށް ހަޅޭއްލަވައި ގަނެވުނެވެ. “މައި ހިކިނެއްވީ؟” ފާހަނައިން ނިކުންނަމުން އަޔާން އަށް އަހާލެވުނެވެ. އޭނާގެ އަޑުގައި ކިންބޮޑުވުން ފާޅުވެއެވެ. “އެހާ ބޮޑުކަމެއްނުވޭ…ބޭރުން ކުރަތްޕެއް ފެނުނީ” މައިޝާ ދޮގުހެދީ އަޔާން އިތުރަށް ކަންބޮޑު ނުކުރުމަށެވެ. ނަމަވެސް އަޔާން ޤަބޫލެއްނުކުރިއެވެ. އަޔާން މައިޝާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.
އެވަގުތު އޭނާއަށް މައިޝާގެ އަތުގައި ތެއްކަން އިހުސާސްވިއެވެ. “މައި… ތަނެއް ކަނޑައިގެން ދިޔައީތަ…މީ ލެއެއްނުން” ލޭގެވަސް އޭނާގެ ނޭފަތުގައި ޖުހުމުން ބުނެލިއެވެ. މައިޝާއަށް އެއްޗަކޭނުބުނެވުނެވެ. ހެދި ދޮގު ފަޅާއެރީތީއެވެ. އަޔާން ސައިޑް ޓޭބަލްގައި އިން ވަތްގަނޑަކުން ބޭސްމަލަން ގަނޑެއް ނަގާ މައިޝާ ގާތުގައި އެޅުމަށް އެދުނެވެ. ދެކޮޅު ހެދުމެއް ނެތި މައިޝާ ބޭސް މަލަން އަތުގައި އެޅިއެވެ. ބޭސް އަޅަންދެން އަޔާން އިނީ އޭނާ ގާތުގައި އިށީންދެގެންނެވެ.
މައިޝާއަށް އަޔާންް އެވަރަށް ކައިރީގައި އިންކަން އިހުސާސްވީ ދެނެވެ. އަޔާންގެ މޫނަށް ގެއްލިފައި އިންކަމެއްވެސް މައިޝާއަކަށް ނޭގެއެވެ. އަޔާން ކުއްލިއަކަށް މަޑުން އިނދެފައި އޭނާގެ އަތުން މައިޝާގެ މޫނުގައި ފިރުމާލެވުނެވެ. ހަމަ އެވަގުތަކީ މީހަކު ދޮރުގެ ތަޅުގައި ހިފާ ދޮރު ހުޅުވާލި ވަގުތެވެ…
ނުނިމޭ……….
2 Comments!
Comments are closed.

wow vrh reethi
maasha allah
waiting for nexxt partt…
Varah reethi mi part ves ?? can’t wait for the next part