Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…8

Esfiya Level 310 Stories100 Login
September 16, 2015 2 Mins Read
6 Comments

ަރީނާ އެތައް ވާހަކަ ތަކެއް ދެއްކުމަށްފަހު އީމަން ކުޑަކޮށް ހަމަޖެހިލިހެން މޫނުމަތިން ހީވުމުން އެ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އީމަންވެސް ދެއަތުން މޫނު ފޮހެލުމަށްފަހު ވަށައިގެން އަނެއްކާ ނަޒަރު ހިންގާލިއެވެ. ‘އަހަރެން ބޭނުމީ ޔާނު އުފަލުގަ ހުންނަން. އަހަރެން ކިތަންމެ ލޯބިވިޔަސް ޔާނު އަހަރެން ދެކެ ލޯބި ނުވަންޏާ އެއްކޮށް އުޅުމުގެ އެއްވެސް އުފަލެއް ނެތް. އަހަރެން ޔާނުގެ ހިޔާލުތަކާ ދުރަށް ދާނަން. އަދި މިހިތުން އެލޯބި ފުހެލުމަށް މަސައްކަތްކުރާނަން. އަހަރެން ދެން ޔާނު ފެންނަ ހިސާބަކަށްވެސް ނުދާނަން.’ އީމަން ހިތާހިތުން މިހެން ބުނެލުމަށްފަހު އެނބުރި ދާން ހިނގައިގަތެވެ. ކޮޓަރިން ނުކުމެ ދޮރު ލެއްޕުމުގެ ކުރިން އެކޮޓަރި ތެރެއަށް އެންމެ ފަހު ފަހަރަށް ނަޒަރު ހިންގާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރީގެ ދޮރު ލެއްޕުމާއެކު ތަޅުލިއެވެ. ދެފަރާތުގައި ކޮޓަރިތައް ހުރި ބޮޑު ކޮރިޑޯރ އިން އީމަން ހިނގަމުން ދިޔައިރު ހިތުގައި އުފެދެމުން ދިޔައީ އެންމެ ސުވާލެކެވެ. އީމަންގެ ހަޔާތުން ޔާނާ ވަކިކޮށްލެވޭނެ ބާވައެވެ؟ އީމަން ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ޔާނާގެ އުފަލަށްޓަކައި މިނޫން ގޮތެއް ނެތެވެ. ޖެހޭނީ ވަކިވާށެވެ. ލޯބިވިޔަސް ކެތްކުރާށެވެ. އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތް ޔާނާއަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. ކަންތައް ވަމުންދަނީ އޭނާ އެއްވެސް ގޮތެއްގައި ހިތްރުހޭ ގޮތަކަށް ނޫނެވެ. އާއިޒުއާ އެކީ ދިރިއުޅުމެއް ފަށަން އޭނާ ބޭނުމެއް ނުވެއެވެ. ޔާނާގެ ފޯނު ރިންގް ވާން ފެށީ އެވަގުތުއެވެ. “ޔާނު، ގެއަށް ދެވިއްޖެތަ؟ ” އެކޮޅުން ވާހަކަ ދެއްކީ ޖާހަތުއެވެ. ނަމަވެސް ޔާނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން އަނެއްކާވެސް ޖާހަތު ވާހަކަ ދެއްކިއެވެ. “ޔާނު، ކިހިނެއްވީ؟ އަދިވެސް އެކަމާ ދެރަވެފަތަ؟ ދެން ތިވަރަށް ނުވިސްނަބަލަ. އަހަރުމެންނަށް ވަރަށް މަސައްކަތް ކުރެވިއްޖެއެއްނު. އީމަން ނުފެނުމުން ދެން ކުރެވޭނެ އެހެންކަމެއް ނެތެއްނު. އަހަރެން ބޭނުމެއް ނުވޭ މިކަންތައްގަނޑާ ހެދި ޔާނު ހަލާކުވެގެން ދާކަށް. .. ޔާނު؟ އެބަ އަޑު އަހަންތަ؟” ޔާނާގެ ފަރާތުން ޖަވާބެއް ނައުމުން ޖާހަތު ޔާނާއަށް ގޮވާލިއެވެ. ޔާނާ މަޑުމަޑުން ހުމްމް އޭ ބުނެލިއެވެ. އެހެންކަމުން އަނެއްކާވެސް ޖާހަތު ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެންނަށް ފެންނަނީ ޔާނު މަންމަމެންނަށް ހަޤީޤަތް ހާމަކުރަން. މަންމަމެން ދެރައެއް ނޭދޭނެ. އެމީހުން ބުނާ މީހަކާ އިނުމަކީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު އާއިޒު ކަހަލަ މީހަކާ އިނދެގެން ކިހިނެއް އުޅޭނީ؟ ނޫނީ އާއިޒުގާތު ބުނޭ ޔާނު ލޯބި ނުވެޔޭ އާއިޒުދެކެ. ދުވަސްކޮޅެއް ދޭށޭ. އޭރުން އީމަން ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރެވުމުގެ ފުރުސަތު އޮންނާނެއެއްނު.؟” ޖާހަތުގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ އިވުނީ ޔާނާ ރޮއިގަތްއަޑެވެ. ޔާނާ ހުރީ ރޯކަން ނާންގަންވެގެނެވެ. ނަމަވެސް އޭނާއަށް ކެތްނުކުރެވުނީއެވެ. ހާއްސަކޮށް ޖާހަތުގެ ވާހަކަ އަޑު އިވިފައެވެ. ޖާހަތު ކިހިނެއް ވީތޯ ސުވާލުކުރިއެވެ. އަދި ނުރޮއި ވީގޮތް ކިޔައި ދިނުމަށް ހިތްވަރު ދިނެވެ. ޔާނާ އެނދުމަތީގައި އިށީނދެލާފައި ހެޑްބޯޑުގައި ލެނގިލިއެވެ. އަދި ބާލީސް ނަގައި އުނގުތެރޭގައި ހިފަހައްޓާލައިގެން އިނދެ މިރޭ ކަންތައް ވީ ގޮތުގެ ވާހަކަ ކިޔައިދޭންފެށިއެވެ. ގެއަށް އައި މަގުމަތީގައި އާއިޒު އާ ދިމާވި ވާހަކައެވެ. އަދި އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ ތަކެވެ. ޖާހަތު ކަނުލައި އަޑުއަހަމުން ގެންދިޔައީ ހައިރާންކަމާއެކީއެވެ. ޤަބޫލުކުރަން ދަތިވެފައި ހުރެގެންނެވެ. **** އާއިޒު ޔާނާގެ ހަށިގަނޑުގައި ބައްދައިގަތެވެ. އަދި އެއަތުތެރޭގައި ޔާނާގެ ހަށިގަނޑު ބާރުކޮށްލިއެވެ. ޔާނާގެ ދެލޯ ބޮޑުވިއެވެ. އަދި ރުޅިވެރިކަމާއެކު އަތު ތެރެއިން ވީއްލެން މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް އާއިޒުގެ އެބާރުގަދަ އަތުތެރޭގައި ޔާނާއަށް ހިރިވެސް ނުލެވުނެވެ. ކާރުގެ ބެކްލައިޓްގެ ރަތް އަލީގައި އެދެމީހުން ހީވަނީ އެންމެ މީހެއް ހެންނެވެ. ނަމަވެސް އާއިޒު ލާނެތް ހިނިތުންވުމަކާއިއެކީގައި ޔާނާގެ ހަށިގަނޑުގައި އަތް ބީއްސަމުން ދިޔައީ އެއްވެސް ފަރުވާލެއްނެތިއެވެ. އާއިޒުގެ މިހަރަކާތުން ޔާނާ ރުޅިގަދަވެ ކޮންޓްރޯލުން ނެއްޓޭގޮތްވިއެވެ. ގަޔަށް ލެވުނުހާ ބާރެއް ލާފައި އާއިޒު ފަހަތަށް ކޮށްޕާލިއެވެ. އަދި ހަމަ އެދަނޑިވަޅުގައި އާއިޒުގެ ކޯތާފަތްމަތީގައި އަތްވީއްލައި ޖެހިއިރު ޔާނާގެ ދެލޮލުން ރުޅިވެރިކަމުގެ ކަރުނަ އައިސްފައިވެއެވެ. ކުއްލި ސިހުމެއް ލިބިގެންދިޔަ އާއިޒުއަށް ހުރެވުނީ އެއްކޮލުގައި އަތްއަޅާލައިގެންނެވެ. ” ހަނދާންކުރާތި. ދެން ދެވަނަ ދުވަހަކު އަހަރެންގެ ގައިގައި އިނގިލި ކުރިވެސް ބީއްސާލައިގެންވެސް ނުވާނެ. އާއިޒުއަށް އެއްވެސް ހައްޤެއް ލިބިގެނެއް ނުވޭ އަހަރެންގެ ގައިގައި ބީހޭކަށް. އަހަރެން އާއިޒު ދެކެ ކުޑަ މިންވަރަކަށްވެސް ލޯތްބެއްނުވޭ. ނުވެސް ވެވޭނެ. ދުވަހަކުވެސް މިހިތެއް އަދި މި ހަށިގަނޑެއް އެހެން މީހަކަށް ނުދޭނަން.” ޔާނާ ރުޅިއައިސްފައި ހުރެގެން އާއިޒްގެ މޫނާ އިނގިލި ކައިރިކޮށްލަމުން ވާހަކަ ދައްކަމުން ދިޔައެވެެ. މޫނުމަތިން ދާ ހިއްލާލަފައި ހުރި އިރު މައި ނޭވާލެވެމުން ޔާނާ ހާސްވެފައި ހުރިވަރު އެނގެއެވެ. އާއިޒުއާ ދިމާއަށް ހިތްފުރޭވަރަށް އެތިވަރު ގޮވުމަށްފަހު ބާރުލާފައި ގެއާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އާއިޒު ހުރީ އެއަށްވުރެ ހުޝިޔާރުވެގެންނެވެ. ޔާނާއަށް ދެތިން ފިޔަވަޅު ނޭޅެނީސް ފަހަތުން އައިސް ޔާނާގެ އަތުގެ މުލައްދަނޑީގައި ހިފައި ހުއްޓުވިއެވެ. އަދި ރުޅިވެރިކަމާއެކު ޔާނާގެ މޫނަށް ބަލާލިއިރު، އެ ދެލޯ ފެނި ޔާނާ ބިރުގަންނަ ގޮތްވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އިންތިޒާރު (ތިންވަނަ ބައި)

Next

ދީވާނާ ލޯބިން ވެއްޖޭ . . [22]

Next
September 16, 2015

ދީވާނާ ލޯބިން ވެއްޖޭ . . [22]

Previews
September 15, 2015

އިންތިޒާރު (ތިންވަނަ ބައި)

6 Comments!

  1. Nyna says:
    September 16, 2015 at 8:09 am

    Very nice but thankolheah kuriee

  2. rifa says:
    September 16, 2015 at 8:13 am

    Me first dho he he he ekamaku haadha kurey kon irakun next☺ v reethi

  3. Ab says:
    September 16, 2015 at 8:43 am

    Salhii.
    Ekamu maaaa bodahh vz kureeee..

  4. maduwarry shaxra says:
    September 16, 2015 at 12:33 pm

    Haadha kurey vrh foohi

  5. vaahaka liyaa meehaa says:
    September 16, 2015 at 8:39 pm

    Dhen mee jessumehtha kuraa.. haadha kurey.. v foohivey

  6. riaa says:
    September 16, 2015 at 11:43 pm

    Waahaka wara reethiwanehn hywanyh .. Ekm maa bodah kuru v mer shaugu gehlenyh .. Aslu bunanya ewes gothe nuweynu .. Like eman e rum in dhiya wahaka n yaana nd jaahath ge phn cal .. Nothing else ..

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 9←


All Right Reserved!