Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް 2

-----queen----- Level 1
May 3, 2022 4 Mins Read
2 Comments

“ކާފަ ނުދާނަމޭ ރައްޔު ދޫކޮއްފަ އެއްވެސް ތާކަށް”ޒާން ރައްޔާންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

“އަސްލުވެސް؟”ޤަބޫލުނުކުރެވިފައި ރައްޔާން އަހާލިއެވެ.ޒާން ބޯޖަހާލަމުން ރައްޔާން ގެންގޮސް އެނދުގައި ބާއްވާފައި ނިދާލުމަށް ބުނެ ރައްޔާން ނިދެންދެން ކައިރީގައި އިނެވެ.އެވަގުތު ޒާންއަށް ބެލެމުން ދިޔައީ އޭނާގެ އަތާއި ގުޅި ލާމެހިފައިވާ ރައްޔާންގެ އަތަށެވެ.ނިދީގައި އޮތް ރައްޔާންގެ މި ކުޑަ ކުޑަ ޢަމަލުން އެކަނިވެސް ޒާން އަބަދުވެސް އޭނާޔާ ގާތުގައި ވުމަށް އެ ޅަ ހިތް އެދޭވަރު އޭނާޔަށް އަންދާޒާކޮއްލެވުނެވެ.

ޒާންގެ އާއިލާއަކީ މުޅި ދުނިޔޭގައި ތިބި އެންމެ މުއްސަނދި އާއިލާތަކުގެ ތެރެއިން އާއިލާއެކެވެ.ޒާން އާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އާއި ދެމީހުންގެ އުމުރުން އެންމެ އަށާރަ އަހަރުގައި ފެށި ސިލްވަރ ޓެކް ކުންފުންޏަކީ މިއަދު ތެލާއި ގޭހުގެ ވިޔަފާރިކުރުމުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.

މި ހޮސްޕިޓަލަކީވެސް ޒާން އާއި އޭނާގެ އާއިލާގެ ފުރިހަމަ ޙިއްސާ އޮންނަ ތަނެކެވެ.ސިލްވަރ މެޑްސް އަކީ ޒާންގެ ދޮށީ ފިރިހެންދަރި އިޔާންގެ ބެލުމުގެ ދަށުން އެ ވިޔަފާރީގެ ތެރެއިން އިޔާން ނެރުނު ގޮތްޕެކެވެ.މި ހޮސްޕިޓަލަކީ އިޔާން އެހެންމީހުނަށް ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިވުމުގެ ގޮތުން އިޔާން އެޅި ތަނެއް ނަމވެސް މިއަދު އިޔާން ގެ ދަރިފުޅު،އޭނާގެ ކާފަ ދަރިފުޅަށް މިތަނުން ފަރުވާ ދޭންޖެހިދާނެކަމަށް އޭނާ ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ.

މީގެ އަހަރުތަކެއް ކުރިން އިޔާން އަކީ ޒާންގެ ފަޙުރެވެ.ހެޔޮ ގޮތުގައި ބަލާ ބޮޑުކުރެވުނު ދަރިޔެކޭ ކިޔައިގެން ދަންނަ އެންމެން ގާތުގައި ޒާން ދިޔައީ އިޔާންގެ ރަނގަޅު ވާހަކަޔާއި މޮޅު ވާހަކަ ދައްކަމުންނެވެ.ނަމަވެސް އެ ހުރިހާ ވާހަކަތަކަކީ ހަޤީގަތެއް ނެތް ބޭކާރު އެއްޗެއްކަން ޒާން އަށް ޤަބޫލު ކުރެވުނީ އިޔާންއަށް އޭނާގެ ގާތް އެކުވެރިޔެއް ކަމުގައިވާ ދުބާއީގެ މުއްސަނދި ވިޔަފާރިވެރިޔެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅު ރައިލިޔާ އާއި ކައިވެނިކުރަން މަޖުބޫރުކުރުވި ފަހުންނެވެ.

އިޔާން ލޯބިވާ ކުއްޖެއް ހުރި ކަމަށް ބުނެ އެ ކައިވެނި ނުކުރުމަށް އެތަށް ބަހަނާއެއް ދެއްކި ނަމަވެސް ޒާން އެއަޑު އަހާކަށް ބޭނުމެއްނުވިއެވެ.އެވަގުތު އޭނާއަށް މުހިއްމުވީ ކުޑައިރު އެކުވެރިޔާއަށް ވެވިފައި އޮތް ވަޢުދު ފުއްދުމެވެ.އޭގެ ދުވަސްކޮޅެއް ފަހުން އިޔާންއަށް ރައިލިޔާވެސް އޭނާ ދެކެ ލޯބިވާކަމަށް ބުނެ ކައިވެންޏަށް އެއްބަސް ވީ ޙަބަރު ލިބުމުން ރައިލިޔާދެކެ އޭނާ އައީ އަމަށަކު ރުޅިޔެއްނޫނެވެ.ކުޑައިރުގެ އެކުވެރިޔެއް ކަމުގައި ވީނަމަވެސް އިޔާން ރައިލިޔާ އާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކޭކަށް ބޭނުމެއްނުވިއެވެ.ނަމަވެސް ބައްޕަ އެ ކައިވެނި ނުކޮއްފިއްޔާމުން ތަރިކަމުދަލުން އެއްވެސް އެއްޗެއް ނުލިބޭނެކަމަށްބުނެ ބިރުދެއްކުމުން ހިތާއި ދެކޮޅަށް އިޔާން ރައިލިޔާއާއި އިނެވެ.

ކައިވެންޏައްފަހު ޒާންގެ ސަބަބުން އިޔާންއަށް ރައިލިޔާ ދޫކޮއް ދިޔުމަށް ފަސްޖެހެވުނެވެ.ނަމަވެސް އެކީގައި އުޅުން ފަސޭހައެއް ނުވިއެެވެ.އެ ދުވަސްކޮޅު ކިރިޔާ ކަމެއްވިޔަސް ރައިލިޔާއާއި ދިމާލަށް ހަޅޭއްލަވައި އެކި ގޮތްގޮތުން އަނިޔާކޮށް ހެދުމަކީ އިޔާންގެ ވާޖިބެއްފަދައެވެ.އަދި އެވަރުނުވެގެން ރައިލިޔާ ކުރިމަތީގައި އޭނާ ރައްޓެހިވެގެން އުޅޭ އެލީނާ އާއި ދެމީހުން ގައިގޯޅިވެ އުޅުން ގިނަކުރީ ރައިލިޔާގެ ހިތަށް އެކަމުގެ ސަބަބުން އިތުރު އަނިޔާތަކެއް ދީ އިޔާން އާއި އެކު ނޫޅެވޭ ވަރު ކުރުމަށެވެ.

އިޔާން ދެކޭގޮތުގައި އޭނާޔަށް އެލީނާއާއި ނީނދެވުނީ ރައިލިޔާގެ ސަބަބުންނެވެ.ރައިލިޔާ މި ކަަިވެންޏަށް އެއްބަސް ނުވިނަމަ އެއިން އެއްވެސް ކަމަކާ ކުރިމަތިލާން ނުޖެހި އެލީނާއާއި އެއްކޮށް ރަނގަޅު ދިރިއުޅުމެއް އުޅެވުނީހެވެ.ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް އިޔާންގެ ފަރާތުން ރައިލިޔާއަށް ލިބެމުން ދިޔަ އަނިޔާތަށް ދިޔައީ އިތުރުވަމުންނެވެ.ރައްޔާން އަކީ އެފަދަ އަނިޔާއެއްގެ ނަތީޖާއެވެ.ރައިލިޔާއަށް އޭނާ ބަލިވެއިންކަން އެނގުމުން އެންމެ ފުރަތަމަ ވެސް އެ ޙަބަރު ދިނީ ޒާންއަށެވެ.ކާފަ ދަރިޔަކު ލިބެން އުޅޭތީ ކިތަންމެ އުފާވީނަމަވެސް އެވަގުތު ޒާން ހުރީ ވިޔަފާރި ދަތުރެއްގައި އެމެރިކާގައި ކަމުން ރައިލީން އާއި އިޔާންގެ ގާތަށް އޭނާއަށް ދިޔުންވީ އުނދަގޫ ކަމަކަށެވެ.

އިޔާން އާއި ރައިލިޔާގެ ގުޅުން ރަނގަޅު ނޫންކަން އޭނާއަށް އެނގުން ނަމަވެސް ލިބެން އުޅޭ ދަރިފުޅުގެ ސަބަބުން އެ ގުޅުން އިތުރަށް ކުރިއަރައިގެން ދާނެކަމަށް އޭނާޔަށް އުންމީދު ކުރެވުނެވެ.ނަމަވެސް ކަންތަށް ވެގެން ދިޔައީ ޒާން ހީކުރިގޮތާ ދިމާ އިދިކޮޅަށެވެ.ރައިލިޔާ ބަލިވެ އިންކަން އެނގުމުން އުފާވުމުގެ ބަދަލުގައި އިޔާންގެ ގާތަށް އައީ އަމަށަކު ރުޅިޔެއް ނޫނެވެ.ރައިލިޔާއަށް ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށް މަޖުބޫރި ކުރި ނަމަވެސް ރައިލިޔާ ހުރީ އެދަރިފުޅު އުފަންކުރުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ.އެ ދުވަހަށްފަހު އިޔާން އެކި ގޮތްގޮތުން އެ ކުށެއްނެތް ފުރާނަ ނެތިކޮއްލުމަށް މަސަތްކަތްކުރި ނަމަވެސް އެކަލާނގެ އިރާދަފުޅުން ނުވަ މަހާއި ދިހަ ދުވަސް ފަހުން ރައިލިޔާ ވިހެއީ ސިއްޙަތު ސަލާމަތުން އޮތް ކުޑަ ފިރިހެން ކުއްޖަކު.

ްރައްޔާން ވިހެއުމަށްފަހު ރައިލިޔާ މި ދުނިޔެއާއި ޢަލްވަދާއު ކީ މާބަނޑު އިރު ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން އެތެރެހަށްޓަށް ލިބިފައިވާ ގެއްލުންތަށް މާ ބޮޑުވުމުންނެވެ.އިޔާން ބެލީ ރައިލިޔާގެ މަރަކީ އޭނާޔާއި އެލީނާގެ ގުޅުން ކަައިވެނީގެ ގުޅުމަށް ބަދަލުކުރަން ލިބުނު ރަނުގެ ފުރުސަތެއް ގޮތުގައެވެ.ޒާންއަށް ގުޅައި ރޮއެ ހޭރިފަައި ރައިލިޔާގެ މަރަކީ އަމިއްލަ މީހާގެ ފަރުވާކުޑަ ކަމުން ވީ ކަމެއްކަމަށް ބުނެ މާބަނޑު ދުވަސްވަރު އޭނާ ރައިލިޔާއަށް އަޅާލައި އެ ދެމީހުންގެ ގުޅުން ރަނގަޅުކުރި ކަމުގައި ބުންޏެވެ.އެމެރިކާގައި ހުރި ޒާންއަށް އިޔާން އެ ދެއްކި ވާހަކަތަކުގެ ތެދު ދޮގު ނުބަލައި އެ ވާހަކަތަށް ޤަބޫލުކުރެވުނީ ފޯނުން އިވެމުން ދިޔަ އިޔާންގެ އަޑުގައި އެކުލެވިގެންވީ ވޭނާއި ހިތާމައިގެ އަސަރުތަކުގެ ސަބަބުންނެވެ.

ބައްޕަގެ އިތުބާރު ލިބުންކަން ޔަޤީންވުމުން އިޔާން އޭނާގެ އެދުން ފާޅުކުރިއިރު އެކަމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި އޭނާ ބޭނުންކުރީ ކުޑަ ކުޑަ ރައްޔާންއެވެ.ބޮޑުވަމުން އަންނަ އިރު ރައްޔާންއަށް މަންމައެއްްގެ ލޯބި ބޭނުންވާނެކަމަށް ބުނެ އަދި އެ މަޤާމަށް އެންމެ އެކަށީގެންވާނެ މީހަކީ އެލީނާކަމަށް ބުނެ ޒާން އެކަމަށް އެއްބަސްކުރުވިއެވެ.ހަޤީގަތުގައި ޒާން އެކަމާމެދު ހިތްހަމަނުޖެހުނު ނަމަވެސް ރައްޔާންދެކެ ވާ ލޯތްބެއްގެ ސަބަބުން އެ ދަރިފުޅު އެއްވެސް އުފަލަކުން މަޙުރޫމްކޮށްގެން ގެންގުޅުމަކީ އޭނާ ރުހޭ ކަމަކަށް ނުވުމުން އިޔާންއަށް ދެވަނަ ކައިވެންޏެއް ކުރުމަށް ހުއްދަ ދެވުނީއެވެ.

އެއީ މިއަދު ޒާންގެ އެންމެ ބޮޑަށް ހިތާމަކުރާ ކަމެވެ.އިޔާން އެލީނާއާއި ކައިވެނި ކޮއްގެން ގެޔަށް ގެނައި ފަހުން މުޅި ގޭތެރެ ހިސޯރުކޮއްލާފައި އޮންނަނީ އެ ދެމީހުންގެ ހުނުމުގެ އަޑާއި މަޖާކުރުމުގެ އަޑުތަކުންނެވެ.ދެ މީހުންކުރެ އެކަކުވެސް ރައްޔާން އުޅޭ ނޫޅޭ ގޮތެއް ބަލައެއް ނުލައެވެ.

ރައްޔާން ހަނދާން ހުންނަން ފެށީއްސުރެންވެސް އޭނާގެ ހުރިހާ ކަމެއް ބެލެހެއްޓީ ގޭގައި ގެންްގުޅުނު ނޯކަރުންނެވެ.
އިޔާން އާއި އެލީނާއާއި ދިމާވާ ކޮންމެ ފަހަރަކުމެ އޭނާޔަށް އެތަށް އަނިޔާތަކާއި ވިހަގަދަ ބަސްތަކާއި ކުރިމަތި ލާންޖެހެއެވެ.ފުރަތަމަކޮޅު އެކަމާއި ދެރަވެ ރޮއެހެދި ނަމަވެސް ފަހުން އައިސް އެއީ ކީއްވެގެން ކަމާއި އެލީނާއަކީ އޭނާގެ އަސްލު މަންމަ ނޫންކަން އެނގިގެން ދިޔުމުން އެ ހިތުގައި އެ ދެމީހުންނާއި ދޭތެރޭ ނަފްރަތުގެ ހުޅުގަނޑެއް ރޯވެގެން ދިޔައެވެ.ފުރާވަރަށް އެރުމުން ރައްޔާންވެސް އެލީނާއާއި އިޔާންއާއި ދިމާލަށް ފާޅުގައި އެއްޗެހި ކިޔައި އުޅުނު ނަމަވެސް އެކަމުގެ ސަބަބުން އޭނާ ތަހައްމަލް ކުރަން ޖެހުނު ވޭން ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ.

މަރުވެފައި އޮތް އޭނާގެ މަންމަ ފަދައިން އޭނާވެސް ބައްޕަގެ އަނިޔާތަކާއި ކުރިމަތި ލާން ޖެހުނީއެވެ.ނަމަވެސް ތަފާތަކީ އެ މަންމަހާ އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫންވީމައެވެ.އެ މަންމަހާ ކެތްގަދަ ނޫންވީމައެވެ.ތެދެކެވެ.
އިންސާނުންނަށް ކެތްވާނީ ވަކި ވަރަކަށެވެ.ރައްޔާންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ މީގެ ދެމަހެއްހާ ދުވަސް ކުރިން އެލީނާ އޭނާގެ ކުރިމަތީ ރައިލިޔާއާއި ދިމާލަށް އެއްޗެހި ކިޔުމުންނެވެ.އެލީނާ އޭނާގެ މަންމަައާއި ދިމާލަށް “އެއީ މަގޭ އަތުން އިޔާން ޖަހައިގަތް ބަޑި އަންހެނެއް.ހުތުރު ސިފައެއް ލިބިފައިހުރި އެއްޗެއް އެއީ.ރީތި ނިމުމެއްނު އެ ލިބުނީ” އެލީނާގެ މި ޖުމްލަތަށް އަޑު އިވުމުން ރައްޔާންގެ ހިތުގައި އޮތް ނަފްރަތުގެ ހުޅުގަނޑަށް ޕެޓްރޯލް އެޅިގެން ދިޔަކަހަލައެވެ.

އެންމެ އަވަހަށް އަތުގައި ޖެހުނު ތޫނު ވަޅި ނަގައި އެލީނާގެ މޫނު ނޮޅާ ކުދިކޮއްލީ އެހެން ނުހެދުމަށް އޭނާ އާދޭސްކޮއްކޮށް އޮއްވައެވެ.އިޔާން އަށް މިމަންޒަރު ފެނުމުން ވަގުތުން އައިސް ރައްޔާންގެ ބޯ ބިއްދޮށުގައި ދަނޑިބުރިއަކުން ޖަހާ ހޭނެތިކޮއްލިއެވެ.ރައްޔާްންއަށް ހޭލެވުނުއިރު އޭނާއަށް އޮވެވުނީ ސިލްވަރ ޓެކް ހޮސްޕިޓަލްގެ ވީ.އައ.ޕީ ރޫމްގައެވެ.ކައިރީގައި އައިޒެކް އިނެވެ.އައިޒެކް އަކީ މޮޅު ސައިކޮލެޖިސްޓެއްގެ އިތުރުން ޒާންގެ “ސްޕައި” އެކެވެ.އައިޒެކް ރައްޔާންގެ އުފަންދުވަސް ކަމުގައިވުމުން ޒާން ފޮނުވި ހަނދިޔާ ހިފައިގެން އެ ގެޔަށް ދިޔަ ގަޑީގައި ރައްޔާން ހޭނެތިފައި އޮތް ތަން ފެނުމުން ހޮސްޕިޓަލަށް ގެނައީ ކަމަށް ބުންޏެވެ.

ނަމަވެސް ރައްޔާންއަށް ނޭނގި އޭނާ ރައްޔާންގެ ލޭ ނަގައިގެން ޓެސްޓުތަކެއް ހެއްދިއެވެ.

މައި ޑިއަރ ރީޑަރސް، މި ބައި އިޒް އޯލް އެބައުޓް ރައްޔާންސް ޕާސްޓް އެންޑް ދަ ރީޒަން ވައި ހީ އިޒް އިން ދަ ހޮސްޕިޓަލް.ދަ ރިއަލް ސްޓޯރީ ފެށޭނީ ނެކްސްޓް ޕާރޓް ގަ.އިންތިޒާރު ކޮއްލައްވާ ??

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ވާތީ މަ ކައިރީގައި 6

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (66)

Next
May 3, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (66)

Previews
May 3, 2022

ވާތީ މަ ކައިރީގައި 6

2 Comments!

  1. s.n.o.w.f.l.a.k.e Dark angel says:
    May 3, 2022 at 2:36 pm

    Varah reethi Maasha allah ??? when is the next part

  2. -----queen----- says:
    May 3, 2022 at 4:10 pm

    Thanx.Insha Allah varah avahah ??

Comments are closed.

Next Episodeނުވާނަން ތަފާތެއް 3←


All Right Reserved!