ކުޑައިރުންސުރެ އެންމެ ގާތްކޮށް އުޅުނު އާޔަތު އާއި ޔަލްވީ ވަކިވެގެން ދާންޖެހުނީ ރަށުފެންވަރުގައި ތަޢުލީމު ޙާސިލްކުރެވެން އޮތް އެންމެ މައްޗަށް ކުރުމަށްފަހު ރާއްޖެއިން ބޭރަށް ކިޔަވަން ދާންޖެހުމުންނެވެ.
ކިޔެވުންނިމި 6 އަހަރު ފަހުން އާޔަތު އާއި ޔަލްވީ އަލުން ދިމާވވެ، ކުރިއެކޭ އެއްފަދައިން ‘ސިސްޓަރ ބޮންޑް’ ވަރުގަދަވިއެވެ. ރާއްޖެއިން ބޭރުން ތަޢުލީމް ޙާސިލްކުރުމަށްފަހު އެނބުރި ރާއްޖެ އައިސް އާޔަތު އާއި ޔަލްވީ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ތައްޔާރުވާންފެށިއެވެ. ‘ކަރިއަރ’ ފެށި ހިސާބުން ދެމީހުންގެ ދިރިއުޅުންވެސް ހީނުކުރާ ފަދަ ގޮތަކަށް ބަދަލުވެގެން ދިޔައެވެ. އެގޮތުން ދިރިއުޅުމުގައި އެތައް ކަންތައްތަކެއް ކުރިމަތިވެ ފިރިހެނުންނަށް ނަފްރަތުކުރާ އާޔަތުގެ ހިތް ލަންބުވާލީ ދިމާވި އަޖައިބެއްފަދަ ޒުވާނާއެވެ.
ވަޒީފާއަށް ނުކުންނަން ފެށިހިސާބުން ޔަލްވީއަށްވެސް އެތައް އުނނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ދިރިއުޅުމުގައި ކުރިއަށް ދެވޭނީ ދިމާވާ ބޮޑެތި ކަންކަމމާއި ހިތްވަރާއެކު ކެރިގެން ކުރިމަތިލާ މީހުންނަށްށެވެ.
*މިވާހަކައަކީ 16+ ގެ ވާހަކަ އެކެވެ.*
2 Comments!
Comments are closed.

16+ vaahaka i6 years he kurdhin a kiyeyne tha
BTW trailer vrh reethi
❤️?❤️?❤️?❤️?❤️?❤️
Alhe.. vrh vrh rythi vanehn hyvany … Curiously waiting for the first part … Lysm stay safe