Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ފަންސަވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 14, 2015 8 Mins Read
54 Comments

ޤުރުއާނުގައި އާޔަތްތަކާއި ލަފްޒުތައްވެސް އެތުރިފައިވި ގޮތުން އެ ފޮތަކީ ﷲ ނޫން އެހެން ފަރާތަކުން އައި ފޮތަކަށް ނުވާނެކަން ޤަބޫލުކުރެވުނެވެ. ޤިޔާމަތް ދުވަހަށް ޝައްކުކުރަން ނަޞްރާ ނުކުޅެދުނީ ނުބައިކަމެއްކުރަން އުޅޭ ވަގުތު ޚުދު އޭނަގެ އަމިއްލަ ނަފްސު އެކަމެއް ނުކުރުމަށް އަންގާ އެންގުމަކީވެސް އެ ދުވަސް އަންނާނެކަމުގެ ހެއްކެއްކަން އެނގުމުންނެވެ.

 

ސަދަފްމެނާއި އެކީ އުޅެން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުން ނަޞްރާގެ ޙަޔާތުގެ އާ ބާބެއް ފެށިގެން ދިޔައެވެ. ދީނުގައި މިވެނި ކަމެއް އޮންނަނީ މިވެނި ގޮތަކަށޭ ބުނާ އަޑު އިވޭއިރަށް އެކަން ކުރަން ބޭނުންވެއެވެ. މިގޮތުން ނަޞްރާ އެކި ކަންތައް ކުރާއިރު ކިޔާ ދުޢާތައް ދަސްކުރިއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ފޮތަކުން ބަލައިގެން ކިޔަން ފެށިއެވެ. ބުރުގާ އެޅުމަކީ ވެސް ދީނުގައި އޮންނަ ކަމެއްކަން އެނގުންވީ ދުވަހު ނަޞްރާ ސަދަފް ކައިރީގައި އެދިގެން އޭނަގެ ބައެއް ހެދުންތައް ހޯދީ ތިމަންނަ އެއްދުވަހު ފައިސާ ދޭނަމޭ ބުނެފައެވެ. ސަދަފް ހިނިތުންވުމަކާއެކީ ބުނިހާވެސް އެއްޗަކީ އެއީ ކަމެއްނޫންކަމުގައެވެ. ބުރުގާއާއެކީ ޖިލްބާބު ލައިގެން މަގަށް ނިކުތް ފުރަތަމަ ދުވަހު އެންމެންގެ ނަޒަރު ނަޞްރާއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް އެކަމާމެދު ނަޞްރާ ޖެހިލުމެއްނުވެއެވެ. އޭނަ ރުއްސަންޖެހޭ ހަމައެކަނި ފަރާތަކީ ﷲކަން އޭނަ ހަނދާން ހުރީތީވެއެވެ. އެދުވަހު ނަޞްރާ ގެއަށް އައުމުން އޭނަ އޭނަގެ އަމިއްލަ އެޕާޓްމެންޓަށް ބަދަލުވުމަށް ސަދަފް އެދުނެވެ. ނަޞްރާ އޭނަގެ ހުރިހާ އާ ހެދުންތަކާއެކީ އެ އެޕާޓްމެންޓަށް ބަދަލުވީ ބިރުގެންފައިވާ ހިތަކާއެކީގައެވެ. ބިރުގަތީ އޭނަގެ އަމިއްލަ އަތުން އަނެއްކާވެސް އޭނަގެ އަމިއްލަ ނަފްސު ބަރުބާދުކޮށްލެވިދާނެތީވެއެވެ. އަނެއްކާވެސް އޭނަގެ ވަށައިގެންވި އެއްވެސް އެއްޗެއް ނުފެންނާނެ ފަދަ އަނދިރިގަނޑަކަށް އަނބުރާ ވަދެވިދާނެތީވެއެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ ނަޞްރާ ހީކުރި ގޮތަކަށް ވެސް ނޫނެވެ. ނަޞްރާ ކޮޓަރީގައި ހުރި ފޮތް ކަބަޑު ހުޅުވާލި ވަގުތު ކަބަޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު ފޮތުގެ ބޭރުގަނޑު ފެނިފައި ނަޞްރާއަށް ބޭއިޚްތިޔާރުގައި ދުރަށް ބަލަމުން ދެލޯ މަރާލެވުނެވެ. އޭނައަށް ވީ ގޮތާއިމެދު ނަޞްރާ ޙައިރާންވިއެވެ. އޭނަ ދެންވެސް އެއްފަހަރު އެ ފޮތާއި ދިމާލަށް ބަލަން އުޅުމުން ވީ އެކަހަލަ ގޮތެކެވެ. ނަޞްރާ އަވަސްއަވަހަށް އެ ފޮތް ނަގައިގެން ގޮސް ޑަސްބިނަށް އަޅާލިއެވެ. ނަޞްރާ ހުރީ އޭނަގެ ލެޕްޓޮޕް ދޮށަށް ނުދާށެވެ. އެ ލެޕްޓޮޕް ދޮށުގައި އިން އެންމެ ފަހު ފަހަރު ވީ ގޮތް ހަނދާންވެފައެވެ. ނަމަވެސް އޭނަ ކުރާނެ ކަމެއްނެތި ފޫހިވެގެން ގޮސް ލެޕްޓޮޕް ދޮށުގައި އިށީނެވެ. ޑެސްކްޓޮޕް ބެކްގްރައުންޑްގައި ގަމީހެއްނެތި ހުރި ފިރިހެން ފިލްމީ ތަރި ފެނިފައި ނަޞްރާއަށް ތިރި ބެލެން ފެށި ގޮތުން އޭނަ އިތުރަށް ޙައިރާންވިއެވެ. އޭނަ ހަނދާނަށް އައީ އޭނަ އެންމެ ކުޑައިރު ހަމަ މިގޮތަށް ޖެހިލުންވި ހަނދާނެވެ. ނަޞްރާގެ ލޮލަށް ކަރުނަތައް ޖަމާވީ އޭނައަށް އާ ފެށުމަކުން ފެށުމުގެ ފުރުޞަތެއް ލިބުނު ކަހަލަ އިޙްޞާޞެއް ކުރެވުމުންނެވެ.

 

އޭގެ ދުވަސްތަކެއްފަހުން ސަދަފްއާއި ސަދަފްގެ މަންމަ އަނބުރާ ސަޢޫދީއަށް ދާ ވާހަކަ އިވުމުން ނަޞްރާ މާޔޫސްވިއެވެ. ސަދަފް ފުރުމަށްޓަކައި ތައްޔާރުވެގެން ނަޞްރާގެ އެޕާޓްމެންޓަށް ދިޔައެވެ. ދެމީހުން އެނދުގައި އިށީނދެގެން ތިބެ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ނަޞްރާ އަޖާއިބުވާފަދަ ސުވާލެއް ސަދަފް ކުރިއެވެ.

 

“ނަޞްރާ……އެނގޭތަ ނަޞްރާގެ ދޮންބެ ނަޞްރާ މަތިން ވަރަށް ހަނދާންވާކަން؟” ސަދަފް ބުނެލި ވާހަކައިން ނަޞްރާގެ ނިތަށް ރޫގިނަވިއެވެ.

 

“ސަދަފްއަށް ކިހިނެއް އެނގުނީ އަހަރެންގެ ދޮންބެއެއް ހުންނަކަން؟” ނަޞްރާ ވެސް ކޮއްލީ ސުވާލެކެވެ. ސަދަފް ތިރި ބަލާލަމުން ލުއި ގޮތަކަށް ހީލިއެވެ.

 

“އަހަރެން މިއީ އެ ދޮންބެގެ ވައިފް.” ސަދަފް ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ. އެ ވާހަކަ އިވިފައި ނަޞްރާގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ހަނދާނަށް އައީ މީގެ މަސްތަކެއް ކުރިން އަފްރާޒް އޭނައަށް ގުޅާފައި ކައިވެންޏެއްގެ ވާހަކަ ދެއްކި ދުވަހެވެ. އޭނަ އެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފޯނު ކަނޑާލީއެވެ. ދޮންބެ އިނީ ސަދަފްއާއިތާއޭ ހިތަށްއެރި ވަގުތު ނަޞްރާގެ އަނގައިން ނިކުތް އާހެއްގެ އަޑަކާއެކީ އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ސަދަފްއަށް ބަލާލަމުން އެއްޗެކޭ ބުނަން އުޅުނުތަނާ ސަދަފް ވާހަކަ ދެއްކިއެވެ.

 

“އަހަރުމެން ކައިވެނި ކުރީއްސުރެ ވެސް އަފްރާޒް އަހަންނަށް ވަރަށް ކިޔައިދޭނެ ނަޞްރާގެ ވާހަކަތައް. ދެމީހުން ކުޑައިރު އެކީގައި މަހަށްދާ ވާހަކަ ވަރަށް މަޖާވެފައި ކިޔައިދޭނެ. ދެން ފަހުން ފަހުން އައިސް ދެމީހުން ދުރުވީ ގޮތް ވެސް ކިޔައިދިން. ނަޞްރާއާއި އެހާ ރުޅިވެރިކޮށް ވާހަކަ ދެއްކުނީތީ ދެރަވާ ވާހަކަ އޭނަ ތަކުރާރުކޮށް ބުނޭ. ބުނާނެ ނަޞްރާ ގޯސް ކުއްޖަކަށްވީ ވެސް ތިމަންނަގެ ސަބަބުން ކަންނޭނގެއޭ. އަހަންނާއި މަންމަ ލަންޑަނަށްދާ ވާހަކަ ދެއްކީމަ އޭނަ އަހަރެން ކައިރީގަ ބުނި ނަޞްރާވެސް ހުންނަނީ އެތަނުގައޭ. އަހަރެން ބުނިން އަހަރުމެންނާއެކީ އަންނަންވީ ނޫންހޭ. އެކަމަކު އޭނަ ބުނީ ނަޞްރާއަށް ތިމަންނަ ފެނިއްޖެއްޔާ ރުޅި އަންނާނެއޭ. ތިމަންނައަށްޓަކައި ނަޞްރާގެ ޙާލު ބަލާލަދޭށޭ. އެހެންވެ އަހަރުމެން މިފަހަރު މި ޢިމާރާތުގައި ތިބެން ނިންމީވެސް. މިއީ އަހަރެންގެ ކޮއްކޮ ޢާއްމުގޮތެއްގައި އުޅޭ ޢިމާރާތެއްނޫން. ނަޞްރާގެ އުޅުން ހުންނަ ގޮތް ފެނުނީމަ އަފްރާޒްއަށް ކިޔައިނުދީ އަހަންނަށް ނުހުރެވުނު. އެ ވާހަކަތައް ކިޔައިދިން ފުރަތަމަ ދުވަހު އަފްރާޒް ހުރީ ރުޅިން ރަތްވެފަ. އެކަމަކު އަނެއްދުވަހު އަހަރެން ކައިރީގަ ބުނި ނަޞްރާއަށް އެހީވެދޭށޭ. ނަޞްރާ އެގޮތަށް ކަންތައް ކުރަނީ ނަޞްރާއަށް ނޭނގޭތީވެއޭ. އޭނަ ކޮންމެ ދުވަހަކުހެން އަހަންނަށް ގުޅާފަ ނަޞްރާގެ ޙާލު ބަލަމުން ދިޔަ. ފަހަކަށް އައިސް ވަރަށް އަހާނެ ނަޞްރާ ތިމަންނަގެ ވާހަކަ ދައްކާހޭވެސް. އަހަރެން ނުބުނަން އެދުވަހު ނަޞްރާ އަހަރެން ކައިރީގަ ތިމަންނަގެ ޢާއިލާއެއްނޯވެއޭ ބުނި ވާހަކަ. އަހަންނަށް އެނގޭ އެ ވާހަކަ ބުނެފިއްޔާ އަފްރާޒް ދެރަވާނެ މިންވަރު…..” ސަދަފް ކިޔައިދިނެވެ. އެ ވާހަކަ ނިމުނުއިރު ނަޞްރާގެ ކޯތާފަތް މައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. މުޅި ޢުމުރު ދުވަހު އޭނަގެ ދުޝްމިނެއްގެ ގޮތުގައި ބެލި މީހަކު މިވީ އޭނަދެކެ އެންމެ ލޯބިވާ މީހުންގެ ތެރެއިން އެކަކަށެވެ. އޭނަގެ އަމިއްލަ ޢާއިލާގެ މީހުންގެ ލޯބި އޭނައަށް ނުފެނުނީ އޭނަ އަނދިރިވެފައިވީތީވެހޭ ނަޞްރާގެ ހިތަށްއެރިއެވެ. މާޒީގެ އެކި ޞަފްޙާތައް ލޯ ކުރިމަތިން ސިފަވެގެން ދިޔަ ހިނދު އޭނަގެ ޢާއިލާގެ ކޮންމެ މީހަކު އޭނައާއި ދިމާލަށް ބުނި ކޮންމެ ބަހަކީ ވެސް އޭނަގެ ރަނގަޅަކަށްޓަކައި ބުނި ބަހެއްކަން އޭނައަށް އެނގުންވިއެވެ.

 

ސަދަފް ފުރަން ދިޔުމުން ނަޞްރާ އަފްރާޒްއަށް ގުޅިއެވެ. އަފްރާޒް ސަލާމް ގޮވާލި އަޑު އިވުމުން އޭނައަށް ގިސްލެވެން ފެށިއެވެ. އަފްރާޒް ކިހިނެއްވީތޯ ސުވާލުކުރުމުން ނަޞްރާ އެތައް ވަރަކުން އަފްރާޒްއަށް މަޢާފަށް އެދުނެވެ. އަފްރާޒްވެސް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ނަޞްރާއާއި މިހުރިހާ ދުވަހު ވާހަކަ ދެކެވުނު ގޮތަށްޓަކައި މަޢާފަށް އެދުނެވެ. ދެމީހުންގެ ވާހަކަ ފެށިގެން ދިޔައީ އަސަރުން ފުރިގެންވި ގޮތަކަށް ކަމަށްވިޔަސް އެ ފޯނު ކޯލު ނިމިގެން ދިޔައީ ސަމާސާތަކަކުންނެވެ. އެ ކޯލު ނިމުނުއިރު ނަޞްރާގެ ހިތުގައި އޭނަގެ ދޮންބެއަށްޓަކައި ދުވަހަކުވެސް ނުވާފަދަ ކުލުނެއް އުފެދިފައިވިއެވެ. ނަޞްރާ އެރޭ ޝަރީފްއަށާއި އަފްރީންއަށް ވެސް ގުޅައި އެމީހުންނާއިވެސް އެތައް ދުވަހަކަށްފަހު ރަނގަޅަށް ވާހަކަ ދެއްކިއެވެ.

 

ޔުނިވާސިޓީގައި ނަޞްރާގެ ކިޔެވުން ފެށުނެއްކަމަކު އޭނަގެ ކިޔަވާ ހިތް ކެނޑުނެވެ. އޭނަ ކިޔަވަން ފެށީ މުސްތަޤްބަލުގައި އޭނަ ވާން ބޭނުމީ ކޯޗެއްކަން ނުނިންމައެވެ. އޭނަ އެންމެ ބޮޑަށް ފޫހިވީ ފުރަތަމަ 2 އަހަރު އެއްކޮށް އޭނައަށް ބޭކާރުކޮށްލެވުނީތީވެއެވެ. އޭނަ މިވާހަކަތައް އަފްރާޒްއަށާއި ސަދަފްއަށް ކިޔައިދިނެވެ. ސަދަފް އެދުނީ ނަޞްރާ ސަޢޫދީއަށް އައުމަށެވެ. ސަދަފްގެ ބައްޕަގެ އެހީގައި އެތާނގައި އަލުން މަތީ ތަޢުލީމު ޙާޞިލުކުރަން ފެށުމަށެވެ. ނަޞްރާއާއި އަފްރާޒް ވެސް އެކަމަށް ކުރީކޮޅު އިންކާރު ކުރިއެވެ. ނަމަވެސް ސަދަފްގެ ބައްޕަވެސް އެކަމަށް ބާރު އެޅުމުން ނަޞްރާ އެކޮޅަށްދާން ނިންމިއެވެ.

 

ސަދަފްގެ ޚިޔާލު ވަރަށް ވެސް މޮޅެވެ. ނަޞްރާ ސަޢޫދީއަށް އައިސް އަފްރާޒްއާއި ސަދަފް ކިޔަވާތަން ފެނިފައި ކިޔަވާ ހިތް ޖެހުނެވެ. އޭނަ ބޭނުންވީ އިސްލާމް މުދައްރިސަކަށްވާށެވެ. އޭނައަށް ކުޑައިރު އިސްލާމް ގަޑީގައި ކުރަން ނުކެރުނު ސުވާލުތަކުގެ ޖަވާބުތައް ކިޔަވައިދިނުމުގެ ތެރެއިން ވެސް މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށެވެ. އަދި އިސްލާމް މާއްދާ އިތުރަށް ޝައުޤުވެރި ކުރުމުގެ ނިޔަތުގައިވެސްމެއެވެ.

 

ނަޞްރާ ސަޢޫދީގައި ކިޔަވަން ފެށިތާ ދުވަސްކޮޅެއްފަހުން ސަދަފް މޫނު ބުރުގާ އެޅުމުން ނަޞްރާ ވެސް މޫނު ބުރުގާ އަޅަން ބޭނުންވިއެވެ. ނަޞްރާގެ ހިތަށް އެގޮތް ރީތިވީ ވަރުންނެވެ. ލަންޑަން ގައި އޭނައަށް ކުރު ހެދުން ލާން ފެށީ އޭނަ ބޭނުންވެގެންނެއްނޫނެވެ. އެ ގޮތް ވަކި އޭނައަށް ރީތިވެގެންނެއް ވެސް ނޫނެވެ. އޭނަ އެ ކަހަލަ ހެދުން ލުމުން އެހެން މީހުނަށް އޭނަ ރީތިވާކަން އެނގުނީތީވެއެވެ. ނަމަވެސް އޭނަ އެހެން މީހުން ރުއްސާކަށް ނުޖެހޭކަން ނަޞްރާއަށް މިހާރު ސާފުކޮށް އެނގެއެވެ. އޭނައަށް އޭނަ ބޭނުންވާ ގޮތަކަށް ހެދުން އެޅުމުގެ މިނިވަންކަން އެބައޮތްކަން ދަނެގެން ނަޞްރާ މޫނު ބުރުގާ އެޅިއެވެ.

 

އަފްރާޒްމެނާއިއެކީ އުޅުމުގެ ތެރޭގައި ނަޞްރާއަށް ނަމޫނާ ޒަވާޖީ ޙަޔާތެއްގެ މިސާލެއް ލޯކުރިމަތިން ފެންނަމުން ދިޔައެވެ. ދުރުން ބަލާ މީހަކަށް ހީވާނީ އަފްރާޒްއާއި ސަދަފް އަބަދުވެސް ޒުވާބު ކުރަނީ ހެންނެވެ. ނަމަވެސް ދެމީހުން ރުޅިވެގެން ތިބެވެސް އެކަކު އަނެކަކަށް އެހީވެދޭނެއެވެ. އެކަކު އަނެކަކަށް ހަދިޔާތައް ގެނެސްދޭނެއެވެ. ދެމީހުން ރުޅި ރަނގަޅުވުމުން ދެމީހުން އެކީގައި އެކި ތަންތަނަށް ދާނެއެވެ. ސަދަފް ބަލިވެ އިން ދުވަހު އަފްރާޒް ނަޞްރާ ހުރިކަން ވެސް ނޭނގި ސަދަފް ދެއަތުން އުރާލިއެވެ.

 

**

 

“އެ މަންޒަރު ފެނިފައި އަހަރެންވެސް އަހަރެން އުރާލާނެ މީހަކު ބޭނުންވިއެވެ. އަހަރެން ޅަ ކުއްޖަކުހެން ގެންގުޅޭނެ މީހަކު ބޭނުންވިއެވެ. އަހަންނަށް މީހަކު އެ ފަދަ ލޯތްބެއްދޭނެ ދުވަހެއްގެ އިންތިޒާރު ކުރެވުނެވެ. އެކަމަކު އަހަންނަށް އޭގެއިން ކޮންމެ ފަހަރަކު އެކަހަލަ ލޯތްބެއް އަހަންނަށް ޙައްޤުނުވާކަން ހަނދާންވެއެވެ. ޢިއްފަތްތެރިކަމެއްނެތް ކުއްޖަކާ އިންނާނީ ކާކުހޭ ހިތަށްއަރައެވެ. އަހަންނަކީ ދުވަހަކުވެސް އިންނާނެ މީހަކު ވާނެ މީހެއް ނޫން ކަމުގައި ހިތް ބުނަމުން ދިޔައެވެ.

 

އަހަރެން ޔޫނުސްއާއި ދިމާވި ފުރަތަމަ ދުވަހުވެސް އަހަންނަށް ޔޫނުސް ކަމުދިޔައެވެ. އަހަރެން މުޅި ޢުމުރު ދުވަހު ދިމާވި ހުރިހާ ފިރިހެނުންގެ ތެރެއިން ވެސް އަހަންނާއި ދިމާލަށް ނުބަލަން މަސައްކަތް ކުރި ހަމައެކަނި މީހަކީ ތިއީއެވެ. ޔޫނުސްއާއި އިންނަން ބޭނުންވެގެން ސަދަފްގާތު އެ ވާހަކަ ބުނެލީ އަހަރެންގެ މާޒީގެ މަތިން ހަނދާން ނައްތާލަމުންނެވެ. ސަދަފް ބުނި ގޮތުގައި އަހަރެން ދެކެ ލޯބިވާނެ މީހަކު އަހަރެންގެ މާޒީއާއެކީ އަހަރެން ޤަބޫލުކުރާނެއެވެ.

 

ޔޫނުސް އަހަރެންގެ ކޮންމެފަދަ ކުށެއްވެސް މަޢާފުކޮށްފާނެ ކަމަށްބުނެ ފޮނުވި ސިޓީ ކިޔާފައި އަހަންނަށް ރޮވުނެވެ. އަހަރެންގެ ޙަޔާތަށް ވެސް ލޯތްބެއް އައިސްދާނެކަމުގެ އުއްމީދު ހިތުގައި އުފެދުނެވެ. ނަމަވެސް މާޒީގައި އަހަންނަށް ކުރެވުނު ކުށްތައް ހަނދާންވެފައި ޔޫނުސްއަށް ވެސް އެ ކުށްތަކަށް މަޢާފު ނުކުރެވޭނެހެން އަހަންނަށް ހީވެއެވެ. މަޢާފު ނުކުރެވުނަސް މައްސަލައެއްނެތެވެ. އެއީ ޙަޤީޤަތުގައި ވެސް މަޢާފު ކުރެވޭވަރުގެ ކުށްތަކެއްނޫނެވެ. ޔޫނުސް އަހަރެންގެ މާޒީގައި ވެފައިވާ ކަމެއް އެނގިފައި ވަރި ނުކުރާނެކަމަށް ބުނެފައި އޮތަސް މި ވާހަކަތައް އެނގިފައި ޔޫނުސް އަހަރެން ދޫކޮއްލަން ބޭނުމިއްޔާ ދޫކޮއްލިޔަސް އަހަރެން ޔޫނުސްއަށް ރުޅި ނުވާނަމެވެ. ޔޫނުސްއާއި އެކީގައި މި ވޭތުވި މަދު ދުވަސްކޮޅަކީ އަހަރެންގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. އަހަންނަށް އެ ދުވަސްތައް ހަނދާން ނައްތާލެވޭނެ ކަމެއްނޭނގެއެވެ. ނަމަވެސް ޔޫނުސް މިރޭވެސް އަހަރެން ދޫކޮއްލަން ހުރިއްޔާ އަހަރެން މިހިރީ ތައްޔާރަށެވެ.

ނަޞްރާ”

 

ސިޓީ ކިޔައި ނިމުނުއިރު ޔޫނުސްއަށް އިނދެވުނީ ގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. ބުމަގޮށްޖެހިފައި ދެލޯ ރަތްވެފައި އިންއިރު މުޅި މީހާ ރޫރޫއަޅަމުން ދިޔައެވެ. ޔޫނުސް އޭނަގެ އަތުގައި އޮތް ގަނޑަށް ބަލަން އިނދެފައި އޭތި ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވަމުން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.

 

ނަޞްރާ އިނީ ކޮޓަރީގެ އެނދުގައި އިށީނދެގެންނެވެ. އޭނަ ގެއިން ބޭރަށްދާން ލައި އުޅޭ ކަހަލަ ހެދުމެއްގައި މޫނު ނިވާނުކޮށް އިންއިރު އެނދުގެ ކައިރީގައި ހެދުން ފޮށްޓެއް ހުއްޓެވެ. ނަޞްރާ ހުރީ ޔޫނުސް މިވަގުތު ވެސް އައިސް ގެއިން ނެރެފިއްޔާ އެފަދަ ޙާލަތަކަށް ތައްޔާރުވެގެންނެވެ. ވާނީވެސް އެހެންނޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. ޔޫނުސް އޭނައަށް ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުންނަތަން ސިފަކުރެވުމުން ވެސް ނަޞްރާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ ޖެހޭނީ ހަމަ ޔޫނުސް މަތިން ހަނދާން ނައްތާލަން ހެއްޔެވެ؟ އޭނަ ޖެހޭނީ އެހެން ދުވަހަކު ޔޫނުސް މަގުމަތިން ފެނުނަސް އެއީ ނުދަންނަ މީހެއްކަމަށް ހަދަން ހެއްޔެވެ؟ އޭނައަށް އެގޮތަށް ކަންތައް ކުރެވޭނެ ކަމާއިމެދު ވެސް ނަޞްރާއަށް ޝައްކު ކުރެވުނެވެ. އޭނަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

 

ނަޞްރާ އޭނަގެ ދެއަތުން ލޯ ފޮހެމުން މައްޗަށް ނަޒަރު ހިންގާލި ވަގުތު އޭނަގެ ހިތް ހުއްޓުމަކަށްއައެވެ. ކޮޓަރީގެ ދޮރުމަތީގައި ހުރީ ޔޫނުސް ނޫން ދެވަނަ މީހެއްނޫނެވެ. ނަޞްރާއަށް އޭނައަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ކޮޅަށް ތެދުވެވުނެވެ. ޔޫނުސްގެ މޫނުމަތީގައިވީ ރުޅިވެރިކަން ކަމެއް ނުވަތަ ހިތާމަވެރިކަން ކަމެއް ނަޞްރާއަށް ނަގައިގަންނާކަށް ނޭނގުނެވެ. ކޮންމެ ގޮތެއްވިޔަސް ޔޫނުސް އެ އައީ ސިޓީ ކިޔާފައިކަން ނަޞްރާއަށް ޔަޤީން ކުރެވުނެވެ. ޔޫނުސް ބުނެލާނެ ބަސްތަކަށް ހިތްވަރު ކުރުމުގެ ގޮތުން އޭނަ ދެއަތް މުއްކަވާލިއެވެ. ނަޞްރާ ބަލަބަލާ ހުއްޓާ ޔޫނުސް ލަސް ފިޔަވަޅުތަކެއް އޭނައާއި ދިމާލަށް އަޅަމުން ވާހަކަ ދެއްކިއެވެ.

 

“އަހަރެން އިނީ ކުރު ހެދުން ލައިއުޅުނު ނަޞްރާއާއިއެއްނޫން. އަހަރެން ނުދަންނަން ހުތުރު މަންޒަރުތައް ބަލައި އުޅުނު ނަޞްރާއެއް. ނުދަންނަން ހިލޭ ފިރިހެނުންނާއިއެކީ ރޭތައް ހޭދަކުރާ ނަޞްރާއެއް. އަހަރެން ލޯބިވީ އަހަރެން ބަލާލުމުން ވެސް ބެލުން ތިރިކުރި ނަޞްރާދެކެ. އަހަރެންގެ ހިތް ލެނބުނީ އެ ލަދުވެތި ނަޞްރާއަށް. އެ ނަޞްރާ މިއަދު އަހަރެންގެ ކުރިމަތީގަ ހުރީ. ދެން ކީއްވެގެންތަ ހީވަނީ އަހަރެން ނަޞްރާ ދޫކޮށްލާނެހެން؟” ޔޫނުސްގެ ވާހަކަ އިވޭނުއިވޭ އަޑަކުން ނިމުނުއިރު އޭނަ ހުރީ ނަޞްރާގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. ޔޫނުސްގެ ވާހަކަތައް އިވިފައި ނަޞްރާއަށް އަނގަމަތީގައި ދެއަތް އަޅާލަމުން ބާރަށް ރޮއިގަނެވުނެވެ. އުފާވެރިކަމުން ފުރި ބަންޑުންވަމުން ދިޔަ ހިތް ފަދައިން މުޅި މީހާވެސް ވިރިގެން ހިނގައިދާނެހެން ނަޞްރާއަށް ހީވިއެވެ. ނަޞްރާގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު ޔޫނުސްގެ ދެއަތުގެ ހިމާޔަތް އޭނައަށް ލިބުނެވެ. ޔޫނުސްގެ މޭމަތީގައި ބޯ އަޅައިގެން ހުރެވެސް ނަޞްރާއަށް ހުއްޓުމެއްނެތި ރޮވުނެވެ.

 

އެރޭ ވެގެން ދިޔައީ ޔޫނުސްއާއި ނަޞްރާގެ ޒަވާޖީ ޙަޔާތުގެ އާ ފެށުމަކަށެވެ. ދެމީހުން ދުވަހަކުވެސް ކައިރި ނުވާވަރަށް އެރޭ ކައިރިވެވުނެވެ. އެރެއަށްފަހު އެ ދެމީހުންގެ ދެމެދުގައި އެއްވެސް ޖެހިލުންވުމެއް ނޯވެއެވެ. ދެމީހުންގެ ދެމެދުގައި ދުވަހަކުވެސް ނުކުރެވޭ ފަދަ ސަމާސާތަކާއި ޢިޝާރާތްތަކެއް ކުރެވެން ފެށިއެވެ. ބޭނުންވާހާ ވާހަކައެއް ލަސްތަކެއް ނުކޮށް އެކަކު އަނެކަކާ ޙިއްޞާ ކުރެވެން ފެށިއެވެ. ދެ މީހުންނަށް ވެސް އިޙްޞާޞް ކުރެވުނީ އެދެމީހުންގެ ޒަވާޖީ ޙަޔާތް ފެށިގެން ދިޔައީ އެރޭ ހެންނެވެ.

 

ދުވަސްތައް އޮމާންކަމާއެކީ ފާއިތުވަމުން ގޮސް އަފްރީންގެ ފައިގައި ހުރި ޕްލާސްޓަރު ނަގާ ދުވަސް ޖެހުނެވެ. ޕްލާސްޓަރު ނެގި ދުވަހު ޝަރީފް ސަމާސާއަކަށް ދާން ބޭނުންވަނީ ކޮންތަނަކަށްތޯ އަފްރީން ކުރެން ސުވާލުކުރިއެވެ. އެހެނީ އަފްރީން ހުރީ އެކި ތަންތަނަށް ދަތުރު ކުރުމަށްޓަކައި މި ހަ މަހުގެ ޗުއްޓީ ނުލިބިގެންނެވެ. ނަމަވެސް އޭނަ މިހާރު މާ ބޮޑަށް ތަނަކަށް ދާހިތެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނަވަނީ އެހެން ކަމަކަށް “ދެވިހިފާފައެވެ.” އަފްރީން މިހާރު ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ޤުރުއާނުގެ އާޔަތްތަކާމެދު މަޢުލޫމާތުތައް ހޯދައި އެއާއިމެދު ވިސްނައި ފިކުރު ކުރުމުގައެވެ. އެ އާޔަތްތަކުން އުނގެނެވޭ އެއްޗެއްގެ ފުރިހަމަކަމުން އަފްރީންއަށް ކެތްނުވެގެން އޭނައަށް ޝަރީފްއާއިވެސް އެ ވާހަކަތައް ޙިއްޞާ ކުރެވެއެވެ. އަފްރީންއަކީ ޢާއްމު ގޮތެއްގައި އޭނަގެ ބައްޕައާއެކީ ވަގުތު ހޭދަކުރާ ކުއްޖެއްނޫނެވެ. ނަމަވެސް މިކަމާއިހެދި އެދެމެދުގައި އޮތް ގުޅުން ވެސް ބަދަހިވަމުން ދިޔައެވެ.

 

އެއްރެއަކު ނަޞްރާއާއި ޔޫނުސް ދަމުނަމާދު ގޭގައި އެކީގައި ކުރިއެވެ. ޔޫނުސް އިމާމުވެ ނަމާދު ކުރިއިރު އޭނަ އެކި ބައިބަޔަށް ބަހައިގެން ކިޔަވަމުން ދިޔައީ ފުރުޤާން ސޫރަތެވެ. އެ ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގެ ތެރެއިން އާޔަތަކާއި ހަމަވުމުން ކައިރީގައި އިން ނަޞްރާ ރޯން ފެށިކަން ޔޫނުސްއަށް އެނގުނެވެ. އާޔަތުގައި ދެކެވޭ ވާހަކައެއް އެނގޭތޯ ޔޫނުސް ކިޔެވޭ އެއްޗަކަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. އޭނައަށް ޢަރަބި އެނގޭ މިންވަރުން ޔޫނުސްއަށް އެނގުނުހާ ވެސް އެއްޗަކީ އެ އާޔަތުގައި ހަމަ ޔަޤީނުންވެސް ޤާތިލުގެ ވާހަކައާއި ޢަޒާބުގެ ވާހަކަ އައިސްފައިވިކަމެވެ. އެއާއެކު ޔޫނުސްއަށް ވެސް ރޮވެން ފެށިއެވެ. އެ ދެކެވެނީ ޤާތިލަށް ލިބޭ ޢަޒާބުގެ ބޮޑުކަމުގެ ވާހަކައޭ ހިތާއެވެ. ސަލާން ދިނުމަށްފަހު ޔޫނުސް ނަޞްރާ ގާތު ސުވާލެއް ކުރަން އުޅުނުތަނާ ނަޞްރާ ތެދުވެގެން ގޮސް ސައިޑް ޓޭބްލް މަތީގައި އޮތް ޚަތިމް ނަގައިގެން އައިސް ދެންމެ ކިޔެވި އާޔަތްތައް ދައްކައި އެ އާޔަތްތަކުން ބުނާ އެއްޗެއް ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި ޔޫނުސްއަށް ނަމާދުގައި ރޮވުނު ވަރަށްވުރެ ވެސް ބޮޑަށް ރޮވުނެވެ. އެ އާޔަތްތަކުގައި އޭނަ ހިވެސް ނުކުރާހާފަދަ ރަޙުމަތެއްވުމުން އޭނަގެ ހިތަށް ކެތްނުކުރެވުނީއެވެ.

 

އެދުވަހަށްފަހު ޔޫނުސް ވެސް ޤުރުއާނުގެ އާޔަތްތަކުން ބުނާ އެއްޗެއް ރަނގަޅަށް ދެނެގަންނަން ބޭނުންވިއެވެ. އޭނަ ނެޓުން ސާޗްކޮށް އެފަދަ މަޢުލޫމާތު ލިބޭނެ ސައިޓްތައް ހޯދައި ފޮތްތައް ޑައުންލޯޑް ކުރިއެވެ. ޔޫނުސް އޭނައަށް ހުސް ވަގުތު ލިބޭ ވަގުތުތަކުގައި ހީވާގިކަމާއެކީ ފޮތްތައް ކިޔައި ނުކުތާތައް ނަގަމުން ދިޔަ މަންޒަރު ފެނިފައި ނަޞްރާއަށް ހިނިތުންވެލެވެއެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަ އެގޮތަށް އުޅުނު ދުވަސްވަރެވެ. ފަހަކަށް އައިސް އޭނަ އެފަދަ ކަންތައް ކުރުމަށް ޖޯޝެއް ނުހުރެއެވެ. އެ ޖޯޝު އަނބުރާ އަންނާނެނަމައޭ ނަޞްރާގެ ހިތަށްއަރައެވެ. ޔޫނުސްގެ އެހީއިން ނަޞްރާގެ އެ އެދުން ފުރިހަމަވިއެވެ. އެއީ ޚުދު ޔޫނުސްއަށް ވެސް އެކަން ނޭނގިއެވެ. ޔޫނުސް އޭނަ އުނގެނެމުން ދިޔަ އެއްޗެހި ފޯރިއާއެކީ ނަޞްރާއާއި ޙިއްޞާކުރަމުން ދިޔައެވެ. ކުރީކޮޅު ޔޫނުސް ކިޔައިދިނީ ނަޞްރާއަށް އެނގޭ ވާހަކަތަކެވެ. ނަމަވެސް ފަހުން ޔޫނުސް ނަޞްރާއަށްވުރެ ވެސް މަޢުލޫމާތު މުއްސަނދިވިއެވެ. ނަޞްރާއަށް މާނަ ރަނގަޅަށް ނޭނގޭ އާޔަތްތައް ޔޫނުސް ކިޔައިދިނުމުން އޭނައަށް ހީވީ އޭނަ އަލަށް ޤުރުއާނަށް ތަޢާރަފުވީހެންނެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ދުވަހުގެ ކޮންމެވެސް ވަގުތެއް ޤުރުއާނަށް ހުސްކުރަން ނަޞްރާއަށް ޢަޒުމް ކަނޑައެޅުނެވެ.

 

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް އާ އަހަރެއް ފެށިގެން ދިޔައެވެ. އަފްރީންއަށް ޖެނުއަރީގައި އޭނަގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނެވެ. 5 އޭ ސްޓާރ އާއި 2 އޭ ފެނިފައި އަފްރީން ފަޚުރުވެރިވާކަށް ބޭނުމެއްނުވިއެވެ. ކާމިޔާބު ލިބުން ވަނީ އޭނަގެ އަތުގައެއްނޫންކަން އެނގޭތީވެއެވެ. އޭނަ ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބި ހިނގައިދާނެކަން އޭނައަށް އެނގެއެވެ. އަދި މި ދުނިޔޭގައި ކާމިޔާބެއް ލިބުނަސް އެކަމަކުން އޭނަގެ ދެން އޮތް ޙަޔާތަކަށް ވަކި އިތުރެއް ނުވާނެކަން ހަނދާން ހުރީތީވެއެވެ.

 

އޭގެ މަސްތަކެއްފަހުން އަފްރީންގެ މަތީ ސާނަވީ ތަޢުލީމު ފެށުމަށް އޭނަ ތައްޔާރީތަކެއްވަމުން ދިޔައެވެ. އޮރިއެންޓޭޝަން އޮތް ރޭ އަފްރީން އޭނަގެ އާ ޔުނިފޯމްގައި އޭނަގެ އާ ސްކޫލަށް ދިޔައެވެ. ޖިޕުން ފައިބައިގެން ގޮސް ސްކޫލްގެ ގޭޓުން އަފްރީން ވަދެގެން ދިޔައީ ބީރައްޓެހި ގޮތަކަށެވެ. އޭނައަށް ވަށައި ހޯދެމުން ދިޔައީ އެނގޭ މީހަކު ފެނޭތޯއެވެ.

 

“އަފޫ…..” ވަރަށް ކައިރިން އިވުނު ފިރިހެން އަޑަކާއެކީ މީހަކު އޭނަގެ އަތުގައި ހިފާލިހެން ހީވި ވަގުތު އަފްރީންއަށް ތެޅިގަންނަމުން އޭނަގެ އަތް ދަމައިގަނެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންތިޒާރު (ދެވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

Next
September 14, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7

Previews
September 14, 2015

އިންތިޒާރު (ދެވަނަ ބައި)

54 Comments!

  1. mariyam says:
    September 14, 2015 at 9:48 pm

    Miha iburaytheri reethi vaahaka eh adhi nukiyan. Jazakillah. Jana.

    1. jana says:
      September 15, 2015 at 7:10 am

      Jazakillah Khairan. Alhamdhulillah! 🙂

  2. shaahy says:
    September 14, 2015 at 10:04 pm

    Asluvess rovehjje. Varah reethi.

    1. jana says:
      September 15, 2015 at 7:11 am

      hehe….jana ahves rovunuhen jana ah heevany 😛
      Alhamdhulillah! 😀

  3. Zah says:
    September 14, 2015 at 10:09 pm

    Vvvvvvv……salhi

    1. jana says:
      September 15, 2015 at 7:12 am

      Alhamdhulillah! 😀

  4. aika says:
    September 14, 2015 at 10:24 pm

    maashallah. varah reethi vaahakaeh. dhen kn dhuvahaku up vaanee?

    1. aika says:
      September 14, 2015 at 10:25 pm

      im second. Alhamdhulillah

    2. jana says:
      September 15, 2015 at 7:13 am

      Alhamdhulillah! secondeh noon fourth. ekamaku ey visnaa kanthah noon. dhen up vaany thursday ga In Sha Allah. mi bayaai gulhigen ves varah visnan jehey fb post thah hunnaanethy 🙂

  5. luvna says:
    September 14, 2015 at 10:36 pm

    gihsath ajmal v gihsath ahksan.. anekkaa rangalhah tha mi bune vuny jaan.. well the story is awsome. waiting frr de nxt prt

    1. jana says:
      September 15, 2015 at 7:14 am

      thi buni ehcheh saafeh nuvi luvna. hehe….Alhamdhulillah! 😀 Next part thursday ga In Sha Allah 🙂

    2. pole says:
      September 15, 2015 at 10:08 pm

      ebuner v reethi vaahaka eko dhw. gihsath kiyanee vaahaka ah. ajmal-furihama, ahsan-good/beautiful.. rangalhu tha anekka?

  6. Arcane_Belle says:
    September 14, 2015 at 11:08 pm

    Ma Sha Allah

    1. jana says:
      September 15, 2015 at 7:14 am

      Alhamdhulillah! 🙂

  7. Sharoo says:
    September 14, 2015 at 11:40 pm

    V reethi mibai jana.

    1. jana says:
      September 15, 2015 at 7:15 am

      mee anekka Sharoo kuri commenteh tha? noony Sharoo ge namuga koffa oiy commenteh tha? hehe….Alhamdhulillah! 😀

  8. zai says:
    September 14, 2015 at 11:41 pm

    In sha allah..varah reeeethi mibaivex..

    1. jana says:
      September 15, 2015 at 7:16 am

      Alhamdhulillah! 😀

  9. mai says:
    September 15, 2015 at 12:54 am

    Masha Allah vvvreethi

    1. jana says:
      September 15, 2015 at 7:16 am

      Alhamdhulillah! 😀

  10. emiliya says:
    September 15, 2015 at 7:19 am

    vvvvvreethi……………………… jazakallah khairan…… waiting for the nxt part. anyways when is the next part

    1. jana says:
      September 15, 2015 at 1:47 pm

      Alhamdhulillah! Jazakillah Khairan! Next part thursday ga In Sha Allah. FB post thah follow kuryma inthizaaru kuruvaane ingey? 😉

  11. mee says:
    September 15, 2015 at 7:33 am

    Vvvvvvvv reethe iburaytheri vaahaka ah masha allah

    1. jana says:
      September 15, 2015 at 1:47 pm

      Alhamdhulillah! 😀

  12. Dhooni says:
    September 15, 2015 at 7:36 am

    Afraz and sadaf ge love story genas dhehchey. Eyrun varah salhI vaane. Igey janaa sweety.
    btwn I have a question do you wear moonu buruga? And is this story related to you?

    1. jana says:
      September 15, 2015 at 1:54 pm

      hehe…..Dhooni, Afraaz aai Sadaf ge vaahaka ehaa detail koh naannaane. Sorry for that dhooni. mi vaahakaige maigandaky Nasra menge bayaai Afreenge bai.
      jana moonu burugaa naalhan. mi vaahakaige evves maigandu vaahaka eh ekygai jana ah relate eh nuvaane. vaahakaige eki thanthankolhu jana aai relate vaany. misaalakah Afreen ge vaahakaiga eyna youtube videos thakun dho Quran ah rangalhah introduce vy? jana ah ves vy ehen. 🙂

  13. maashal says:
    September 15, 2015 at 8:19 am

    V salhi mi part vx.

    1. jana says:
      September 15, 2015 at 1:55 pm

      Alhamdhulillah! 😀

  14. hana says:
    September 15, 2015 at 9:14 am

    V reethi mi part…v ibraiyhtheri..

    1. jana says:
      September 15, 2015 at 2:31 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  15. nasra says:
    September 15, 2015 at 10:26 am

    rovihjje hama..:'(

    1. jana says:
      September 15, 2015 at 2:32 pm

      jana jeheyny tissue eh fonuvan dho? 😛

  16. Anonymous says:
    September 15, 2015 at 1:54 pm

    afraaz aa eky.. mihenneh noon. afraazaa eky.. afreenaa eky.. afreen aa eky eh noon. ey kusheh..

    1. jana says:
      September 15, 2015 at 2:33 pm

      Anonymous ge commentakah jana ah inthizaaru kurevunu. 🙂 Jazakallah Khairan faahanga kolla dhinythy. Alhamdhulillah! 🙂

  17. jana says:
    September 15, 2015 at 2:34 pm

    FB Post:

    The statement that truly frees us. “Our Master is Allah!” 😀
    https://www.youtube.com/watch?v=jzczyQgvjkM

  18. Zila says:
    September 15, 2015 at 3:08 pm

    Jana moonu burugaa alhaakah nuvisnantha?? story v iburaitheri. visnaa fikiru kuraa mehakah iburai huri.

    1. jana says:
      September 15, 2015 at 4:33 pm

      Thee thankolheh personal suvaaleh Zila. javaabu dhey hitheh nuvey mithaanga. hehe…
      Alhamdhulillah 🙂

  19. butterflyyyy says:
    September 15, 2015 at 3:21 pm

    Vrh vrh vrh rythi mi baevx…me mihaathanah kiyunu enme rythi vaahaka…..waiting for the next parttttt……:)

    1. jana says:
      September 15, 2015 at 4:34 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂

  20. jana says:
    September 15, 2015 at 4:35 pm

    FB Post:

    Sometimes i cant even explain my love for this passage of Surah Furqan (Ayats 61-77) <3 <3 <3 <3 <3 <3
    This will explain what exactly made Yunus and Nasra cry 😀
    https://www.youtube.com/watch?v=dz5HemaTTyg

  21. Somebody says:
    September 15, 2015 at 7:55 pm

    Maashallah. Haadha gina information thakekey. Mihaaru abadhuves mi story ah inthizaaru kurevenee. And mi story kiyan feshi fahun somebody ves varah quran ge aayah thakun dheyhavaa kanthah engey hih vi. Kurin quran kiyevias maana akah nuvisnan. Jazakallah khairan jana. By the way jazakallah aai jazakallah khairan ge huri thafaathakee koba? And welcome ah arabin kiyanee keekey?

    1. jana says:
      September 15, 2015 at 8:17 pm

      Alhamdhulillah Alhamdhulillah Alhamdhulillah!!! mi comment kiyaafa jana vvvvvv ufaavejje. aslu mi vaahaka feshi maigandu maqsadhu kommeves varakah furihama vaahen heevejje. beynunvy kiyuntheringe hithugai Quran ahtakai shauquverikameh ufehdhun. Alhamdhulillah! 😀 Allah iraadha kuravva ehcheggai ekalaange barakaaiy lavva.
      Jazakallah ge maana aky May Allah reward you. Jazakallah Khairan ge maana aky May Allah reward you with good. 🙂 Welcome ah arabin kiyaa ehcheh neyngey. jana ah arabi engeny varah kudakoh. bodah engifai hunnany Quranugai hunna arabi basthah. 🙂 Adhives effaharu Alhamdhulillah! 😀

    2. pole says:
      September 15, 2015 at 10:03 pm

      welcome ah arabin kiyanee ‘ Ahlan va sahlan’.. i think

    3. jana says:
      September 16, 2015 at 10:08 am

      hmm pole. jana ahves heevany ehdhuvahu thi kahala ehcheh jana ah ivunu hen. Jazakallah Khairan 🙂

    4. Anonymous says:
      September 16, 2015 at 2:56 pm

      Aa ahlan va sahlan kiyany.. dhen baeh meehun ahlan ekani ves beynun kurey.. Aaekey ah arabin kiyany Na’ am.. noonekey ah kiyany “Laa”.

  22. Azu says:
    September 15, 2015 at 11:36 pm

    Masha allah v reethi mi bai ves. Jazaakillah khairan Jana. Jazaakillah khairan buneema dhn javaabu ga bunaani Baarakallah feeka nooni Wa iyyakki

    1. jana says:
      September 16, 2015 at 10:06 am

      Alhamdhulillah! Wa iyaaki! 😀

  23. Maal says:
    September 16, 2015 at 2:58 am

    Masha Allah.. this is so touching….

    1. jana says:
      September 16, 2015 at 10:07 am

      Alhamdhulillah! 😀

  24. een says:
    September 16, 2015 at 10:57 am

    Een busy kamun adhi kiriyaa mi vaahaka mi kiyiny. . Mi bai ves v interesting. ..

    1. jana says:
      September 16, 2015 at 9:05 pm

      Alhamdhulillah! 😀

  25. nathoo says:
    September 16, 2015 at 8:32 pm

    emme reethi vaahakamee ,thanks jana for this precious gift.

    1. jana says:
      September 16, 2015 at 9:06 pm

      Alhamdhulillah! (All praise and thanks belongs to Allah) 😀

  26. Nish says:
    September 17, 2015 at 1:17 am

    adhi mivaahaka v reethi kollacchey!

Comments are closed.

Next Episodeހިޖުރަ (ސައްބީސްވަނަ ބައި)←


All Right Reserved!