Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6

Esfiya Level 310 Stories100 Login
September 13, 2015 4 Mins Read
6 Comments

ޔާނާ އެނދުމަތީގައި އޮތް ފޯނު ނަގައިގެން ޖާހަތުއަށް ޑަޔަލް ކޮށްލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރައިފިއެވެ. އަދި ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުޢާން ކިޔަވަން އިނެވެ.
ގަޑިން އަށެއް ޖަހަން ކައިރިވަނީއެވެ. ޔާނާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ފިޔަވަޅުތައް އަވަހެވެ. ޝޯލްއަޅައި ތައްޔާރުވެލައިގެން ހުރުމުން ބޭރަށް ދާން އުޅެނީކަން އެނގެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޔާނާ ދޮރާ ދިމާއަށް ބަލައިލިއެވެ. ހުދުކުލައިގެ ގަމީހަކާއެކު ކަޅު ޝޯލްއެއް އަޅަިއގެން ޖިންސް ބެލްއެއް ލައިގެން، ފަރި ހިނިތުންވުމެއްގައި ޖާހަތު ހުރިއިރު ކިތަންމެހައިވެސް ފުރިހަމައެވެ.
“ހާދަ ލަސްވީ! އަހަރެން ކިހާ އިރެއް ނައިސްގެން ހުންނަތާ.” ޔާނާ ޝަކުވާ ކޮށްލިއެވެ.
“ގަޑި ބަލާބަލަ! ހަމަ ބަރާބަރު 8 ޖެހީ. އަށެކަށް ނޫންތަ އަންނަން ބުނީ؟ އަހަރެންނަށް ހީވަނީ ޔާނުގެ ހިތް އަވަސްވެގެން ވާހާ ގޮތްހެން ތީ.” ޖާހަތު ހިނިއައިސްފައި ހުރެގެން ޔާނާއާ ކުޑަކޮށް ދިމާކޮށްލިއެވެ.
ހަޤީޤަތުގައިވެސް ވީ އެހެން ކަންނޭނގެއެވެ. ޔާނާ ކުޑަކޮށް ލަދުގަންނަގޮތް ވުމުން ކުޑަކޮށް މޫނު ހަދާލާފައި ވާހަކަ ދައްކަން ފެށިއެވެ.
“ހޫމް. ދެން ވަރިހަމައޭ. ދެންވެސް ހިނގާބަލަ އަވަހަށް ދާން”. ޔާނާ ޖާހަތުގެ އަތު ހިފައިގެން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. އެވަގުތު ހާމިޒާ އިނީ ސިޓިން ރޫމުގައި 8ގެ ހަބަރު ބަލާށެވެ.
“މަންމާ. އެބަ އަންނަން ބޭރަށް ގޮސްލާފާ.” ޔާނާ ބުނެލިއެވެ.
“އާނ. ފިހާރަ އަކަށްތަ ތިދަނީ؟ މާ ލަސްނުވައްޗޭ.” ހާމިޒާ ދެކުދިންނާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ބުނެލިއެވެ.
ޔާނާ އިތުރު އެއްޗެއް ނުބުނެ ބޯ ޖަހާލަމުން ބޭރަށް ހިނގައިގަތެވެ. ޖާހަތު ޔާނާ އާ އެއްވަރެއްގައި ހުއްޓެވެ. “މިރޭ އިރާދަކުރައްވައިގެން އޭނަ އަހަރެންނާ ބައްދަލުވެއްޖެނަމަ، އަހަރެންގެ ހިތުގެ ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން. ޖާތު! އަހަރެން ހާދަ އުފާ އެބަވެޔޭ. ދިގު އިންތިޒާރަކަށް ނިމުން އަންނަން މިއުޅެނީ.” ޔާނާ ބަދިގޭ ދޮރު ހުރަސްކުރަމުން ޖާހަތުއަށް ބުނެލިއެވެ. ޖާހަތު އާނއެކޭ ބުނާފަދަ ގޮތަކަށް ހިނިތުންވެލިއެވެ.
ޔާނާމެން ބަދިގޭ ދޮރު ފަސްދީ ނުކުމުގެން ދިޔަ ފަހުން ނޫހު ހިނިތުންވެ ހުރެ އެކުދިންނަށް ބަލަމުން ބަދިގެއިން ނިކުމެގެން ގޮސް ހާމިޒާ ގާތު އިށީންނިއެވެ.
“ހާމިޒާ ގާތު އަހަރެން އެއިރުވެސް ބުނީމެއްނު ޔާނާ އަހަރެންގެ ނިންމުމާ ރުހި ގަބޫލޭ. ދެންމެ އެދެކުދިން ދަމުން އެދެއްކީ އާއިޒުގެ ވާހަކަކަން އަހަރެންނަށް ހަމަ ޔަޤީން.” ނޫހު ފަޙުރުވެރިވެލާފައި ހާމިޒާގާތު މިހެން ބުނުމުން ހާމިޒާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އަދި ނޫހު ދެންމެ ޔާނާ ދެއްކި ވާހަކަ ހާމިޒާކައިރީ ކިޔައިދެމުން ދިޔައިރު އެމޫނުމަތިން ފެނުނީ ހިތްހަމަ ޖެހުމުގެ ކުލަވަރުތަކެވެ.
“އާނ. އަހަރެން ބޭނުންވީ އެއްވެސް ކަހަލަ ނުފޫޒެއް ޔާނުއަށް ނުފޯރުވާ އޭނަގެ ރުހުމާއެކު ކުރެވޭ ކައިވެންޏެއްކަމުގައި މިކަންވުން. ކޮންމެ ގޮތެއްވިޔަސް މިކަމުގަ އަހަރެންނަށް މުހިންމީ ޔާނާގެ ހިތްހަމަޖެހުމާ އުފާ”. ހާމިޒާ މިހެން ބުނެލުމުން ނޫހު އެްބަސް ވުމުގެ ގޮތުން ބޯޖަލައިލިއެވެ.
މާލޭގެ ހަލަބޮލި މަގުމަތީގައި ޔާނާއާއި ޖާހަތު ހިނގަމުންގޮސް ގޯޅިއަކަށް ވަނެވެ. އަދި ނޫކުލައިގެ ބޮޑު ދޮރާއްޓެއްގެ ކުރިމައްޗަށް ހުއްޓުނެވެ.
“ޖާތު އަށް ޔަޤީންތަ މިއީ އީމަން އުޅޭ ގޭކަން.؟” ޔާނާ ކުރިމަތީގައި ހުރި އުސް އިމާރާތަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.
“އާނ! އަހަރެންނަށް އެނގިފައި އޮތްގޮތުން އީމަން އެންމެ ފަހުން އުޅުނުކަމަށްވަނީ މިގޭގެ ހަތަރު ވަނަ ބުރީގައި. ދެން ވަދެ ބަލައިލީމަ އެނގިދާނެއެއްނު. ހިނގާ ވަންނަން.”
ޔާނާއާއި ޖާހަތު ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އެތެރޭގައިވަނީ ހުސްފެންޑާއެއްކަހަލަ ތަނެކެވެ. ކުރިމަތީގައި ލިފްޓް ފެންނަން ހުރުމުން ދެމީހުންވެސް މިސްރާބުޖެހީ ލިފްޓާ ދިމާއަށެވެ. ލިފްޓް ފްލޯރއަކަށްފަހު ފްލޯރ އެއް ހުރަސްކުރަމުން 6ވަނަ ފްލޯރް އާ ކައިރިވަމުން ދިޔަ ވަރަކަށް ޔާނާގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. މޫނުމަތިން ހާސްވުން ފާޅުވާންފެށިއެވެ. ޖާހަތު ޔާނާ ހަމައަކަށް އެޅުވޭތޯ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ޔާނާގެ އެހާލަތު ޖާހަތުއަށް ވަރަށް ރަނގަޅަށް އިހްސާސްކުރެވުނެވެ. ޔާނާގެ ހިތުގެ އިހްސާސްތައް އެންމެ ރަނގަޅަށް އެނގެނީ ޖާހަތުއަށްކަމަށް ވުމުންވެސް ވެދާނެއެވެ.
ލިފްޓްގެ ދޮރު ދެފަރާތަށް ކެހިގެން ދިޔުމާއެކު ދެމީހުންނަސް ތިބެވުނީ ބޮޑު ހޯލެއްގައެވެ. ހޯލުގެ ދެފަރާތުގައި ކޮޓަރިތައް ހުއްޓެވެ. ޔާނާ އެންމެ ކައިރީ ހުރި ދޮރުކައިރީ ހުއްޓި ޓަކި ޖަހައިލިއެވެ. ޖާހަތު ބުނި ގޮތުންނަމަ އީމަން އުޅެނީ އެކޮޓަރީގައެވެ. ދެތިންފަހަރަކު ޓަކި ޖަހައިލުމާއެކީ ދޮރު ހުޅުވިއްޖެއެވެ. ޔާނާ ހިތް ބާރުބާރަށް ތެޅިގަތެވެ. މޫނުމައްޗަށް އުންމީދުންފުރިގެންވާ ހިނިތުންވުމެއް ވެރިވިއެވެ.
ނަމަވެސް ހަމަ އެ ސިކުންތު ކޮޅުގައި އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ކުރިމަތީގައި ހުއްޓުނު އަންހެން މީހާ ފެނިފައެވެ. ސުވާލުކުރާފަދަ ނަޒަރަކުން އެމީހާ ޔާނާއަށް ބަލައިލިއެވެ.
“އީމަން އުޅެނީ މިބައިގަތޯ؟” ޔާނާ ސުވާލުކޮށްލި އިރު އަޑުގައި ފަސްޖެހުމުގެ ރާގު ހުއްޓެވެ.
“ނޫނޭ. މިބައިގައި އުޅެނީ އަޅުގަނޑުމެން.” އެ އަންހެން މީހާ ޖަވާބުދިނެވެ. ޔާނާ ކަންބޮނޑުވެފައި ޖާހަތު އަށް ބަލައިލިއެވެ.
“ކުރިން މިބައިގައި އުޅުނު…..” ޖާހަތުއަށް މިހިސާބަށް ބުނެވުނުތަނާ ފިރިހެނެއް ބޭރަށް ނުކުތެވެ. އެއަންހެން މީހާ ޖާހަތުއަސް އެނބުރި ބަލައިލުމަށްފަހު ބުނެލިއެވެ. “މިއަދު އަޅުގަނޑުމެން މި ބަދަލުވީވެސް. ރައްޓެއްސެއް ހޯދައިދިން ތަނެއްމީ. އެހެންވީމަ ކުރިން ތިބި ބައެއްގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ.”
“އެހެންވީ އިރު އެ ރައްޓެހިމީހާ އާ ގުޅައި ދެވިދާނެތަ؟ ކުރިން އުޅުނު މީހާ އާ ބެހޭ ކޮންމެވެސް މަޢުލޫމާތެއް ލިބޭނެ ގޮތެއް ނެތްތަ؟” ޔާނާ އާދޭސް ކުރާ ރާގެއްގައި މިހެންބުނެ ނިމުނު އިރު ހުރީ ރޮވޭ ގޮތްވެފައެވެ. އޭނާގެ ހިިތުގައި އީމަން ހާސިލް ކުރުމަށްޓަކައި ދިއްލުނު ކުޑަކުޑަ ހުޅުކޮޅު ނިވެން އުޅޭކަހަލަ އިހްސާސެއް ކުރެވުމުންނެވެ.
“އަޅުގަނޑުމެންނަކަށް ތިކަަހަލަ އެއްވެސް މަޢުލޫމާތެއް ހޯދައިދެވޭކަށް ނެތް. އޭގެ އިތުރުން މިތަނަށް ބަލާލާފައި ހިޔެއް ނުވޭ މިތަނުގައި މީހަކު މާބޮޑަށް އުޅެފަ ހުރިހެނެއް. އެހެންވީމަ ވަރަށް ބޮނޑަށް ސޮރީ.” މިފަހަރު ވާހަކަ ދެއްކީ އެފިރިހެން މީހާއެވެ. މިހެން ބުނުމަށްފަހު އެމީހުން އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ޔާނާގެ ހިތް ހީވީ ވިރިގެން ފައިބައިގަތީހެނެވެ. ނާއުންމީދުވެގެން އެނބުރި ދާކަށް ބޭނުމެއް ނުވިއެވެ. ލޮލުން ކަރުނަ އޮހިގަތެވެ.
“ނޫން. މިހިންނެއް ނުވާނެ. އަހަންނަށް ޔަޤީން އީމަން އާ ދިމާވާނެ. އެހެން ރޫމަކަށް ދިޔައީ ކަންނޭނެގެ. ޖާތު ހިނގާބަލަ އެހެން ކޮޓަރިތައް ބަލަން.” ޔާނާ ތެޅިގަންނަމުން މިހެން ބުނެފައި އެހެން ކޮޓަރި ތަކުގެ ދޮރުގައި ޓަކި ތަޅަން ފެށިއެވެ. ފަހަރަކު ކޮޓަރިއެއްގެ ދޮރު ހުޅުވުވަމުން ދިޔައެވެ. ޖާހަތު ޔާނާ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޓަކި ޖެހުމުން ނުކުންނަމީހުންވެސް ވާނުވާ ނޭނގިފައި ބަލަން ތިއްބެވެ. ޔާނާ މޮޔަވެފައިވާ މީހެއްހެން އެއްކޮޓަރީގެ ދޮރުމަތިން އަނެއްކޮޓަރީގެދޮރުމަތިން ދުވަމުން އީމަން ހޯދަމުން ދަނީއެވެ. އެކުވެރިޔާގެ މިހާލަތު ފެނި ޖާހަތުއަށް ކެތްކުރެވެނީ އެއްނޫނެވެ. އަވަސަ އަވަހަށް ޔާނާގެ ފަހަތުންދުވެގޮސް މަޑުކުރުވައިފިއެވެ. އަދި ވިސްނައިދޭން މަސައްކަތްކުރަންފެށިއެވެ. ނަމަވެސް ޔާނާއަށް އެއްވެސް ވާހަކައެއް އިވޭކަމަކަށް ނުވެއެވެ. އީމަން މިތާ އުޅޭނެޔޭ ކިޔައިގެން ކޮޅުކޮޅުހޯދަނީ އެވެ.
“ޔާނާ، އީމަންއެއް މިތާނގަ ނޫޅެޔޭ!” ޖާހަތު އަޑުގެ ކޯލަށް ހަޅޭއްލަވައިގަތެވެ. ޔާނާ ސިހި މައިތިރިވިއެވެ. އަދި މާޔޫސީ ނަޒަރަކުން ޖާހަތުއަށް ބަލައިލިއެވެ.
“ޔާނު. ނެތޭ މިތަނުގަ އީމަންއެއް. އަހަރުމެންނަށް އަދި އީމަން ހޯދޭނެ. ދެން އެހަށް ހިނގާ މިތަނުންދާން.” ޖާހަތު އޯގާތެރިކަމާއެކީ ޔާނާގެ އަތުގަ ހިފައިގެން ހިނގައިގަތީ ކޮޓަރިތަކުން ނުކުމެތިބި މީހުންގެ ކިބައިން މަޢާފަށް އެދެމުންނެވެ. ޔާނާ ހީވަނީ ދިރުމެއްނެތި ހިނގަމުންދާ މަސްގަނޑެއްހެންނެވެ.
މަގުމަތިން ގެއާ ހަމައަށް ދެވެންދެން ޖާހަތުވެސް އަދި ޔާނާވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ލޯބިވާ އެކުވެރިޔާ ހިތްހަމަ ޖައްސައިދޭން ޖާހަތު ކިތަންމެ ބޭނުންވި ނަމަވެސް ދައްކާނީ ވަކި ކޮންވާހަކައެއް ހެއްޔެވެ. ކިޔާނީ ކީކޭ ހެއްޔެވެ؟ އީމަން ވީ ތަނެއް ޖާހަތު އަށް އެނގޭނަމަ މިރޭ އީމަންގެ ފައިދަށަށް ވެއްޓި ނަމަވެސް ޔާނާއާ ބައްދަލުކޮށްދިނުމަށް އެދި އާދޭސް ކުރާން އޭނާ ހުރީ ތައްޔާރަށެވެ. ނަމަވެސް އެނަސީބެއްވެސް ނެތެވެ. ކަންމިހެން އޮތްއިރު ޔާނާ ހިތްހަމަ ޖައްސައިދިނުމަށްޓަކައި، އުންމީދީ އެއްވެސް ހުޅުކޮޅެއް ރޯކޮށްލަ ދޭކަށް ޖާހަތުއަކަށް ނުކެރުނެވެ. އެއީ އެ ހުޅުކޮޅު ނިވިއްޖެނަމަ ޔާނާގެ ހިތް ކުދިކުދިވެދާނެކަމުގެ ބިރު އޮތުމުންނެވެ.
ޖާހަތުގެ ގޭގެ ގޯޅިއާ އަރާހަމަވުމުންވެސް ގެއަށް ނުގޮސް އައީ ޔާނާ ލައިދިނުމަށްޓަކައެވެ. ނަމަވެސް ޔާނާ އެކަނިވެލުމަށް ބޭނުމޭ ބުނެ ޖާހަތު ގެއަށް ފޮނުވާލީ ޖާހަތުގެ ރުހުމާ ދެކޮޅަށެވެ. މާލޭގެ އެހަލަ ބޮލި މަގުން ހިނގަމުންގޮސް ޔާނާ ގެއަށް ދާ ގޯޅިއަށް އަޅުވާލިއެވެ. ހަނިގޯޅިއެއްކަމުން ކުޑަކޮށް އަނދިރިވެސް މެއެވެ. މަޑު ހިނގުމެއްގައި ޔާނާ ކުރިއަށް ދިޔައިރު އޭނާގެ ސިކުނޑީގެ ތެރޭގައިވަނީ އީމަންގެ ހިޔާލުތަކެވެ. ކުޑަކުޑަ އުންމީދެއް އެހިތުގައި އުފެދިފައިވެސް މަރުވެގެން ހިނގައްޖެއެވެ.
ކުއްލިއަކަށް އަނދިރީގެ ތެރެއިން މީހެއް ޔާނާގެ އަތުގައި ހިފައިލިއެވެ. ޔާނާ ސިހިގެންގޮސް އެނބުރި ބަލައިލިއެވެ. ހިނިތުންވެފައި ހުރި އާއިޒު ފެނުމުން ޔާނާ ފޫހުވެފައި އަތް ފޮޅުވާލިއެވެ. އޭނާ މިރޭ އާއިޒުއާ ޒުވާބުކުރާކަށް ބޭނުމެއް ނޫނެވެ. މިރޭ ކީއްކުރަން ހެއްޔެވެ. ދެން ކުރިއަށް އޮތް ބާކީ ހުރިހާ ދުވަހެއްގައިވެސް އޭނާއަށް އުޅެންޖެހޭނީ އާއިޒުގެ ވާހަކަތައް އަޑުއަހައިގެން އޭނާ ރުއްސައިދީގެންކަން ޔަޤީނެވެ. އެހެންވީއިރު ކޮންމެހެން މިހާރު އޭނާއާ ދެކޮޅު ހެދުމުގެ އެއްވެސް މާނައެއް ނެތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ޔާރާއޭ….(ފަހު ބައި )

Next

ްއިންތިޒާރު (ފުރަތަމަ ބައި)

Next
September 13, 2015

ްއިންތިޒާރު (ފުރަތަމަ ބައި)

Previews
September 13, 2015

ޔާރާއޭ….(ފަހު ބައި )

6 Comments!

  1. roasy says:
    September 13, 2015 at 12:46 pm

    Haada kurey up kohfa in bai… anyways nice… next faster please

  2. saamy says:
    September 13, 2015 at 12:48 pm

    vaahaka v reethi ekamu maakury. thankolheh dhigukn up nukureveynetha? plx….

  3. nuzoo says:
    September 13, 2015 at 3:59 pm

    Haadha kurey.. kiyaa hithun indhaa konme faharakuves nimenee..

  4. shara says:
    September 13, 2015 at 8:47 pm

    v reethi..
    whn nxt part up kurany?

  5. Eesh says:
    September 13, 2015 at 9:26 pm

    Kobaatha shudhoo vaahaka keevetha mihaaru nugenesdheny

  6. smile buddy says:
    September 13, 2015 at 10:53 pm

    Masha Allah… Nice one..

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…7←


All Right Reserved!