Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބައިވެރިޔާ (1)

Almaa Mohamed Level 1
April 6, 2022 3 Mins Read
0 Comments

އެއީ އަހަރެންގެ ނަސީބެވެ.އަހަރެންގެ ހަޔާތުގެ ސޮފްހާތައް އުފާވެރިވި ހަނދާން ތަކުން ފުރުވާލި ފަރާތެވެ.އަހަރެންގެ ހަގީގީ ބައިވެރިޔާއެވެ.އަހަރެންގެ ހިތުގެ ވިންދެވެ.އަހަރެންގެ ލޯބިވާ ކިއާންއެވެ.އެ ކިއާންއަށްޓަކައި އަހަރެން ޖާނުން މާލުން ގުރުބާންވާނެ ފަރާތެވެ.ލޯތްބަށްޓަކައި ނަފްރަތުން ފުރުފައިވި މި ހިތް ލޯބިން ފުރުވައިލަދިން އަހަރެންގެ ދިރުމެވެ.

އަހަރެންނާއި ކިއާން ބައްދަލްވީ އަހަރެން ޓީޗިންގް ކޯސް ހަދަމުން ދިޔަ ކޮލެޖްއިންނެވެ.ކިއާން އަކީ ފުރިހަމަ ސޫރައެއް ލިބިފައިވާ ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.ކޮލެޖްގައި އޭރު ކިއާން ނުދަންނަ އެއްވެސް އިންސާނަކު ހުންނާނެހެނެއް ހިއެއްނުވެއެވެ.ކިއާންގެ ހުންނަ ފޮނި ގޮތްގަނޑު ފެނިފައި އަހަރެން ކިއާންދެކެ ވަރަށް ފޫޙިވެއެވެ.ކިއާން އަބަދުވެސް އަހަންނާއި ވާހަކަދެއްކޭތޯ މަސައްކަތްކުރެއެވެ.ކޮންމެ ފަހަރަކުވެސް އަހަރެން ކިއާން އަށް ދެނީ ބީރުކަންފަތެކެވެ.ހަގީގަތުގައި ކިއާން އަކީ ވަރަށް ރީތި ކުއްޖެކެވެ.ކިތައްމެ ފޮނިއަސް ކިއާން ވަކި ފަންތި އެއް ބެލުމެއްނެތި ބަހައްޓާ އޯގާތެރިކަމުން ކިއާންގެ ހިތްހެޔޮކަން ފެނިގެންދެއެވެ.އެހެންނަމަވެސް އަހަރެން ބިރުގަނެއެވެ.އެކުވެރިކަމުގެ ގުޅުމުން ބޭރުން އަހަންނަށް ކިއާން ދެކެ ލޯބިވެވިދާނެތީއެވެ.އަހަރެން މި ދުނިޔެ މަތީގައި އެންމެ ނަފްރަތު ކުރާ އެކައްޗަކީ ލޯތްބެވެ.ސަބަބެއް ނެތިއެއްނޫނެވެ.

އެއީ މީގެ 5 ވަރަކަށް އަހަރުކުރިއެވެ .އަހަރެން ދެކެ ލޯބިވާ ކަމަށް ބުނެ ދައުވާ ކުރި ރާއިސް އާއި އަހަރެން ރައްޓެހިވީ ލޯތްބަކީ ކިހާވަރުގެ އެއްޗެއްތޯ ބެލުމަށެވެ.އަދި އަހަންނަށް ރާއީ ކަމުވެސް ދާތީއެވެ.ރައްޓެހިވެގެން އުޅުނު ފުރަތަމަ ދުވަސްކޮޅު ރާއި އަހަރެން ގެންގުޅުނީ ނާޒުކް ފިނިފެންމަލެއްހެންނެވެ.އެންމެ ފިޔައެއްވެސް ވެއްޓުނަ ދިނުމެއްނެތި އެހާ ލޯބިންނެވެ.މަޑުމަޑުން އަހަރެންގެ ހިތްވެސް ދިޔައީ ރާއީ އަށްޓަކައި ލެބެމުންނެވެ.އަހަރެން ޗުއްޓީ އަށް ރަށުން ބޭރަށް ދަތުރު ކުރުމަށްފަހު ރަށްއް އާއިރު ހުރިހާ ކަމެއްވެސް ބަދަލުވިއެވެ.ރާއި ވެސް ބަދަލުވެއްޖެއެވެ.އެހާމެ ދުރުވެސް ވެއްޖެއެވެ.ދެން ފެނިގެން ދިޔައި އަހަރެންގެ ހިތް ލޯތަބަށް ޓަކައި ނަފްރަތުން ފުރިގެން ދިޔަ މަންޒަރެކެވެ.ތަންކޮޅެއް އަވަހަށް ސްކޫލަށް އާދެވުމުން ގޮސް ކްލާސްރޫމް އަށް ވަންއިރު ގައިގޯޅިވެގެން ތިބި ލޯބީގެ ދޮގު ދައުވާ ކުރި ރާއި އާއި އަހަރެންގެ އެކުވެރި ރަމްޝާ ފެނުމުން އަހަރެންގެ ފައިތިލަ ދަށުން ހީވީ ބިން ދަމައިގަތްހެންނެވެ.އަހަރެންގެ އެއްވެސް ކުށެއް ނެތި އެހާ ބޮޑު އަނިޔާ އެއެ އަހަންނަށް ދިނީތީ އަހަރެން އޭނާއަށް ނަފްރަތުކުރަމެވެ.އަހަރެންނަށް ގަބޫލުކުރެވުނީ އެހާބޮޑު ކެއްސެއް ލިބުމުން އަހަރެންގެ ހިތުގައި އޭރު ރިހުނީ އަހަރެންނަށް ރާއިސް ދެކެ ވެވުނު ލޯތްބެއްގެ ސަބަބުންކަމެވެ.

އެހެންކަމުން މިލޯތްބާއި ދުރުގައި އުޅެވޭތޯ އަހަރެން މަސައްކަތްކުރަމެވެ.އެގޮތުން ރޭގަނޑުގެ ވަގުތެކެވެ.އަހަރެން އޮތީ އެހެން ރޭރެއާއި އެއްގޮތަށް އެފްބީ ހާވާލާށެވެ.އެހެން އޮއްވައި މެސެޖް އެއްއައެވެ.ކިއާންގެ މެސެޖެކެވެ.އޮޅުމަކުން ސީންވެސް ވެއްޖެއެވެ.ސީންޒޯނު ކުރަންބޭނުން ނުވުމުން ކިއާންގެ ހާއި އަށް އަހަރެން ހައި ބެކް އެއް ޖަހާލީމެވެ.1 ސިކުންތުވެސް ނުވާނެއެވެ.ފައިނަލީ ޔޫ ރިޕްލައިޑް އޭ ކިޔާފައި ކިއާން ރިޕްލައިކޮށްލިއެވެ.އަހަރެން ހިހި ޖަހާފައި ރިޕްލައި ކޮށްލީމެވެ.އަހަރެންގެ ހާލުބަލައި ކިއާން ރަނގަޅަށް ތައާރަފް ވެލައި އަހަރެންގެ ތައާރަފަކަށް އެދުމުން އަހަރެން ވަރަށް ނިދި އައިސްފި ކަމަށް ބުނެ އެހެންރެއަކުން ދޯއޭ ބުނެ ކިއާން އަށް ދޯދީފައި އަހަރެން އޮފްލައިން ވެލީމެވެ.ފޯނު މެއާއި ކައިރި ކޮށް ބާރުކުރެވުނެވެ.އަހަރެން ކިތައްމެ މަޑުން އޮތަސް އަހަރެންގެ ހިތް ދިޔާއީ ޖޯޝޭ ގެނައިމީ ގައުމީ އުފާ އޭ ކިޔާ ފޯރިއާއިއެކީ ފުމަމުން ނަށަމުންނެވެ.އެހެންއޮއްވައި އަހަންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ.

އޭގެ އަނެއް ދުވަހަށް އިރު އަރައި ކޮލެޖަށް ގޮސް ކްލާސްރޫމް އަށް ވަންއިރު އެއް ކަނެއްގައި ހުރި ކިއާން ފެނުމުން އަހަރެންގެ ހިތް ހީވި ތެޅިފޮޅިގަތްހެންނެވެ.ބޭއިހްތިޔާރުން އަހަންނަށް ކްލާސްރޫމްއިން ބޭރަށް ދާން މިސްރާބު ޖެހުނެވެ.އަހަރެން ކްލާސްރޫމް އިން ބޭރަށް އެޅުމަށް ނެގި ފިޔަވަޅު ހުއްޓުނީ ލައި އޭ ކިޔާފައި ކިއާން ގޮވާލުމުންނެވެ.އެއީ ކޮންފަދަ ފިރިހެންވަންތަ އަޑެއް ހެއްޔެވެ.އަހަރެން ކުރިމަތީގައި ކިއާން އައިސް ހުއްޓިލުމުން އަހަރެންނަށް އިސްދަށަށް ޖެހުނެވެ.ލޮލާ ލޯ ދިމާ ކުރަން ނުކެރުނީއެވެ.އަހަރެންގެ ދަތްދޮޅީގައި ހިފައި މައްޗަށް ހިއްލާލުމަށްފަހު ކިއާން ގެ ލޯ އަހަރެންގެ ލޮލާއި ދިމާކޮށްލިއެވެ.އަދި ފިޔާތޮށި ކުލައިގެ ފިނިފެންމަލެއް ދިއްކޮށްލިއެވެ.އަހަރެން ހޯދަން ނުހޯދަން ހުރެފައި ވެސް މަޑު މަޑުން އެ މަލުގައި ހިފާލީމެވެ.ހިފާލުމާއެކު ހެން ކިއާން ކްލާސްރޫމް އިން ބޭރަށް ނިކުމެލިއެވެ.އަހަރެންގެ އަތުގައި އޮތް ފިނިފެން މަލައި ދިމާލަށް ބަލައިލެވުނެވެ.”ފިޔާތޮށި ކުލައިގެ ބަދަލުގައި ރަތް ކުލައިގެ މަލެއް ދެވޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން” ކުޑަކުޑަ ގަނޑުކޮޅެއްގައި ލިޔެފައި އޮތެވެ.އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.މުޅި ދުވަސް ހެން ދިޔައީ ވަރަށް ރަނގަޅަށެވެ.އެހެންނަމަވެސް އަހަރެންނަށް އިންތިޒާރު ކުރެވެމުން ދިޔާއީ މިރޭ ކިއާން އާއި ވާހަކަދެއްކޭނެ ވަގުތަކަށެވެ.އަދި ކިއާން އާއި ވާހަކަ ދެއްކުނުތާ އެންމެ ދުވަހެއްވެސް ނުވެއެވެ.އެކަމަކުވެސް އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ކިއާން ގެ ނަމުން ގޮވަމުންނެވެ.ސިކުނޑި ދިޔައީ ރާއިސް ދެކެ ލޯބިވެވުމުން އަހަރެންނަށް ކުރިމަތިލާން ޖެހުނު ވޭންތައް އަހަރެންގެ ހިތަށް ހަނދާން ކޮށްދެވޭތޯ މަސައްކަތްކުރަމުންނެވެ. އަބަދުވެސް ވާ ފަދައިން އަހަރެންގެ ސިކުނޑި އަށް ވުރެ ހިތް މާ ވަރުގަދައެވެ.ކިއާން އާއި ދުރަށް ދިއުމުގެ ބަދަލުގައި އަހަރެންގެ ހިތް ބޭނުންވީ ކިއާން އާއި ގާތްވެލާށެވެ.ކިއާން އިތުރަށް ދެނެގަންނާށެވެ.އެ މަގްސަދުގައި ލެޕްޓޮޕް ހުޅުވާލާއި އެފްބީ އިން ސައިން އިން ވެލީމެވެ.

އާނއެކެވެ.ކިއާން އަހަރެންގެ އިންތިޒާރުގައި އޮތެވެ.އަހަންނަށް މާލަސް ވެސް ވެއްޖެއެވެ.ކިއާން މީގެ 15 ވަރަކަށް މިނެޓް ކުރިން ހައި އެއް ޖަހާފައި އޮތެވެ.އަހަރެން ލަސްކުރުމެއްނެތި ރިޕްލައި ކުރީމެވެ.އަދި މާ ލަހުން ރިޕްލައި ކުރެވުނީތީ މާފަތް ވެސް އެދުނީމެވެ.ވިސްނައިލުމުން އެކުރެވުނީ މޮޔަ ކަމެކޭ ހިތައް އެރިއެވެ.އަސްލުގައި އަހަރެން މާފަށް އެދެންވީ އެއްވެސް ސަބަބެއްނެތެވެ.ކިއާން އެއް ފަހަރުގައި ވެސް ވަކި ގަޑިއަކަށް އޮންލައިން ވުމަކަށް ނުބުނެއެވެ.ކިއާން ވެސް ބުނީ އެހެންނެވެ.ކުށެއް ނެތި މާފަށް އެދެނީ ކީއްވެތޯ އެހި ސުވާލަށް ދޭނެ ޖަވާބެއް އަހަރެންގެ ސިކުނޑީ އަކަށް ނައެވެ.ބުނެވުނީ ހަމައެކަނި ނޭގޭ ކަމަށެވެ.މިރޭ އަހަރެން ކުޑަކޮށް ތައާރަފް ވެލީމެވެ.އަދި އެކި ވާހަކަ ތަކުގައި އޮތްވައި 130 ވަނީ ކަމަށް ކިއާން ބުނުމުން އަހަރެންނަށް ތެޅިގަނެވުނެވެ.އަހަރެންމީ ދުވަހަކުވެސް މި ވަރަށް ދަން ވަންދެން ހޭލައި އޮންނަ މީހެއް ނޫނެވެ.އަވަހަށް ބާއްޖަވެރި ރެއަކަށް އެދެމުން އަހަރެން ކިއާން އާއި އަލްވަދާއި ކިއުމަށްފަހުގައި ނިދަން އެރީމެވެ.އެހައި ދަން ވެފައި ވީއިރުވެސް ލޮލަކަށް ނިންޖެއް ނާދެއެވެ.އަނެއްކާވެސް ފޯނުނެގީމެވެ.އެކްޓިވް ސްޓޭޓަސް އޮފްކުރުމަށްފަހު ބަލައިލެވުނީ ކިއާންގެ އެކްޓިވް ސްޓޭޓަސްއެވެ.އޮފްލައިން ކަމަށް ދެއްކުމުން އަހަރެންގެ ހިތަށް ވެރިވެގެން ދިޔައީ ބުނެދޭން ވެސް ނޭގޭފަދަ ހިތްހަމަ ޖެހުމެކެވެ.ފޯނު ބޭއްވުމަށް ފަހު ލޯ މަރާލުމާއެކުހެން ހުވަފެނީ އާލަމަށް ދަތުރުކުރެވުނެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Almaa Mohamed

Level 1

Other Articles

Previous

ލޯބި ވެވުމުން 19

Next

އަބަދަށް އެކުގައި 13

Next
April 6, 2022

އަބަދަށް އެކުގައި 13

Previews
April 6, 2022

ލޯބި ވެވުމުން 19



All Right Reserved!