Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 5

Esfiya Level 310 Stories100 Login
September 11, 2015 3 Mins Read
10 Comments

ކުރިމަތީގައި ލާނެއް ގޮތަކަށް ހިނިތުންވެލައިގެން ޖިންސުގެ ދެޖީބަށް އަތް ޖަހާލައިގެން އެހުރީ، އެހެން އެއްވެސް މީހެއް ނޫނެވެ. އާއިޒު އެވެ.
ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިޒުވަނީ ހާމިޒާއާއި ނޫހުގެ ހިތް ފަތަހަކޮށްފައެވެ. އެމީހުންގެ ރުހުން ހޯދާފައެވެ. ފަތަހަ ނުކުރެވިފައި އޮތީ ހަމައެކަނި ޔާނާގެ ހިތެވެ.
ޔާނާ ދެލޯ ބޮޑުކޮށްލައިގެން އާއިޒު އަށް ބަލަން ހުރި ގޮތުން އާއިޒު ހިނި އައިސްހުރެ ޔާނާ އާ ދިމާއަށް ހިނގައިގަތެވެ. އާއިޒު ކައިރިއަށް އަންނަތަން ފެނުމުން ޔާނާ ދުރަށް ބަލައިލިއެވެ. އަދި މަޑުމަޑުން ލައިގެން ހުރި ގަމީހުގެ ފަސްބަޔަށް ދަމާލެވުނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އާއިޒު ހުންނަ ތަންތަނުގައި ޔާނާއަށް އުޅެން އުނދަގޫވަނީއެވެ. އާއިޒުގެ ބެލުން ހުންނަ ގޮތުން ފޫހިވެއެވެ. ޔާނާއާ މާގައިގޯޅިކޮށް އުޅޭތީ ޔާނާ ވަރަށް ފޫހިވާގޮތްވެއެވެ. އެހެންވެ އަބަދުވެސް އޭނާއާ ވީ އެންމެ ދުރަކުން އުޅެވޭތޯ ބަލައެވެ. ނަމަވެސް އެގެއަށް އަބަދުހެން އައިސް އުޅޭތީ، ގިނަފަހަރަށް އެކަން އޮންނަނީ ނުވެފައެވެ.
އާއިޒު ލާނެތްފާޑަކަށް ހިނިއައިސްފައި ހުރެގެން ޔާނާގެ ނޭވާ އިހުސާސްވާހާ ގާތަށް ކައިރި ވެލައިފިއެވެ. ޔާނާ އުނދަގޫވެގެން ކުޑަކޮށް ދުރަށް ޖެހިލައިފިއެވެ.
“ކީއްވެ ސައިބޯން ނައީ؟ އަހަރެން މިއައީ ޔާނު ބަލާ.” އާއިޒު ސުވާލުކޮށްލިއެވެ.
“އަހަރެން ބުނީމެއްނު އަހަންނަށް ރަނގަޅީ އަހަރެންނާ ދިމާއަށް ޔާނާ އޭ ކީމައޭ. އަހަރެން ބޭނުމެއް ނުވޭ ތިނަމުން އަހަންނާ މުޙާތަބު ކުރާކަކަށް.” އާއިޒުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔާނާ ބޭނުންވީ ފުރަތަމަ އެކަން ހުއްޓުވާށެވެ. ‘ޔާނު’ އެއީ އީމަން ޔާނާ އަށް ގޮވާ އުޅޭ ނަމެކެވެ. އެހެންއެއްވެސް މީހަކު އެނަމުން ޔާނާ އާ ވާހަކަ ދައްކަން ބޭނުންނުވަނީ އެހެންވެ ކަންނޭނގެއެެ. އަދި ހާއްސަކޮށް އާއިޒުއެވެ.
”އޯކޭ. ޔާނާ. ދެން ހިނގާ ބަލަ ސައިބޯން. ވަރަށް ބަނޑުހައޭ. އާދޭ.” އާއިޒު މިހެން ބުނެލަމުން ޔާނާގެ އަތުގައި ހިފައިލިއެވެ. އަދި ކުއްލިއަކަށް ޔާނާ އޭނާ އާ ކައިރިއަށް ގެނައެވެ. ވިސްނާ ނުލާ ހުރުމުން ޔާނާ ވަރަށް ފަސޭހައިން އާއިޒުއާ ވަރަށް ކައިރިއަށް ދެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވީ ވަގުތު އާއިޒުގެ އެދެއަތު ތެރެއަށް ޔާނާގެނެސް ބޮނޑިކޮށްލިއެވެ. ޔާނާ އެންމެ ސިކުންތުކޮޅެއްވެސް ލަސްކޮށްނުލާ އެއަތު ތެރޭން ވީއްލި ގަންނަން ތެޅިގަތެވެ. ނަމަވެސް އާއިޒު މާހުޝިޔާރެވެ. އޭނާ ހުރީ އެއަށްވުރެ ބާޮގެންކަމުން ޔާނާ ތެޅިގަތުމުން އެއަށްވުރެ ބޮޑަށް ގަޔާ ބޮނޑިކޮށްލިއެވެ. އަދި މަޑުމަޑުން ޔާނާގެ ކަނދުރާގާ ވަސްގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެންނަށް އެނގޭ ޔާނާ އަހަރެންދެކެ ލޯތްބެއް ނުވާކަން. އެކަމަކުވެސް ތިއީ އަހަރެންގެ މިލްކެއް. އެހެން އެއްވެސް މީހަކަށް ޔާނާއެއް ނުލިބޭނެ. އަހަރެން ބޭނުން ޔާނާއާ މެރީކުރަން. އެކަމަކު ޔާނާ ޖަވާބެއް ނުދޭތީ ހައްތާ ވެސް ލަސް މިވަނީ. ތިޔަ ރީތިކަން ބަލާކަށް އަހަރެންނަކަށް ދުރުގަ މާ ގިނަ ދުވަހަކު ނުހުރެވޭނެ. ގޯހެއް ނުހެދެނީސް އަވަހަށް އާނ ބަސް ބުނޭ.” އާއިޒު ވާހަކަ ދައްކަމުން ދިޔަ އިރު ޔާނާ ސަލާމަތް ވުމަށް ތެޅިފޮޅެނީއެވެ. އެންމެ ފަހުން އާއިޒުގެ މޫނުގައި ދެއަތް އަޅައި ފަހަތަށް ކޮއްޕާލިއެވެ. އާއިޒުގެ އަތް ދޫވި ވަގުތު ބަލައި ޔާނާ އަވަހަށް ދުރަށްޖެހިލިއެވެ. ޔާނާ ހުރީ މައި ނޭވާ ލެވިފައެވެ. އެރީތީ ދޮން މޫނަށްވަނީ ރަތްކުލަ ވެރިވެފައެވެ. ދެރަވެ ރުޅިއައިސްފައިވާ އިރުވެސް ތިމާގެ ބަލިކަށިކަން ހިތަށްވެރިވެ ލޮލުންވަނީ ކަރުނަ ހިލިފައެވެ.
ޔާނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން ހާމިޒާ ގޮވާލި އަޑު އިވުނެވެ. މަންމަ ޔާނާއަށް ގޮވަމުން އަންނަނީ ކޮޓަރިއަށްކަން އެނގުމުން ޔާނާ ދުވެގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި ދުވެގޮސް ހުދުކުލައިގެ ބޮޑު ބިލިގާ ކައިރީ އިށީނދެ އޭގެ ދާރާގައި ބޯއަޅާލިއެވެ. އެވަގުތު އެ ދެލޮލުން ކަރުނަތައް އޮހިގަތީ ހިފެހެއްޓުމެއް ނެތިއެވެ.
ހިތުގައި ތަފާތު ޝަކުވާތަކާއި ސުވާލުތައް އުފެދެން ފަށައިފިއެވެ. ‘މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ. އެއްކޮޅުން ޔާނާ ފުރާނައަށް ވުރެންވެސް ލޯބިވާ މީހާއެވެ. އަނެއްކޮޅުން އޭނާގެ ލޮބުވެތި މައިންބަފައިންނެވެ. އެމީހުންގެ އިތުބާރެވެ. އިއްޒަތެވެ. އާއިޒުއަކީ ބައްޕަގެ ގާތް ރައްޓެއްސެއްގެ ދަރިއަކަށް ވެފައި ބައްޕަ އާއިޒުއަށް ކުރާ އިތުބާރެވެ. އަދި ޔާނާއާ އާއިޒު ގުޅުމުން ބައްޕަމެންގެ އެކުވެރިކަން ބަދަހިވެގެން ދިޔުމަށް ބައްޕަ އެދޭ އެދުމެވެ. މިހުރިހާ ކަމެއް ވިއްސި ވިހާލި ކޮށްލާނެ އެއްވެސް ހިތްވަރެއް ޔާނާއަކަށް ނުލިބުނެވެ. ހަށިގަނޑުން މުސްކުޅިކަމަށް ނުދެއްކިޔަސް ބައްޕަމެންވަނީ ކުރީގެ ހިތްވަރާއި ޖޯޝު ނެތިދާ އުމުރަށް ގޮސްފައެވެ. އެހެންކަމުން އެމީހުންނަށް އެއްވެސް ކަހަލަ ހިތްދަތި ކަމެއް ދޭކަށް ޔާނާ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން އީމަންއެވެ.’
އީމަން މަތިން ހަނދާން ވުމުން ޔާނާއަށް އިތުރަށް ރޮވޭގޮތް ވިއެވެ. ދެން އޭނާ އަށް އީމަން ނުލިބޭނެ ހެއްޔެވެ؟ ކުޑަ ދުވަހުއްސުރެ އީމަންގެ ލޯތްބަށް އެދި ތެޅި ފޮޅެމުންދާ އެ ހިތަށް ޝިފާއެއް ލިބޭނެ ހެއްޔެވެ؟ އީމަން ކައިރީ ޔާނާ ލޯބިވާވަރު ބަޔާންކޮށްދޭން ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ ނުވަތަ އީމަންއަށް ޔާނާ ލޯބިވާކަން ނޭނގެނީ ހެއްޔެވެ. ސްކޫލްގައި އީމަންއާއެއްކޮށް ޔާނާ ހޭދަކުރި ވަގުތުތަކުގައި ޔާނާގެ ދެލޯ އީމަންއަށް ހާމަކޮށްދެމުން ދިޔަ ވާހަކަތައް އީމަންއަށް ނޭނގުނީ ހެއްޔެވެ؟ ޔާނާގެ ހަރަކާތްތަކާއި އީމަންއަށް ކުރާ އިޝާރާތްތައް ފާހަގަ ނުކުރެވުނީ ހެއްޔެވެ؟’
ގިނަ އިރުތަކެއް ވަންދެން އެގޮތަށް އިނުމަށްފަހު ޔާނާ ފާހާނާއިން ނިކުތީ އާއިޒު އެގެއިން ދާނެ ހާއިރު ކޮށްފައެވެ. ޔާނާ ކޮޓަރިން ނުކުތުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި ގޮޮސް ބަދިގެއަށް ބޯ ދިއްކޮށްލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ހާމިޒާމެންގެ ކޮޓަރި ހުންނަނީ ބަދިގެއާ ޖެހިގެން ކަމުން އެކޮޓަރިން ބޭރަށް އަލި ފެންނަން ހުރުމުން މަންމަމެން ކޮޓަރީގައި އުޅޭކަން އެނގި އެނބުރި ކޮޓަރިއަށް ދިޔައީ އާއިޒު ދިޔަކަން އެނގި ހިތްހަމަ ޖެހިގެންނެވެ. ޔާނާ މިރޭ އީމަންއާ ބައްދަލުކުރަން ބޭނުމެވެ. އޭނާ ދެކެ ލޯބިވާނަމަ އިތުބާރު ނުކުރީ ކީއްވެގެންތޯ ސުވާލުކުރަން ބޭނުމެވެ.
ފިކުރު ތަކުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔާނާގެ ނަޒަރު ފާރުގައި ހުރި ގަޑިއަށް ހުއްޓުނީ އެވަގުތުއެވެ. އިރުއޮއްސި ހަތެއް ޖަހަނީއެވެ. ސިހިގެން ދިޔައީ އެޑިޖިޓަލް ގަޑީގެ ތިރީގައިވާ ދުވަހުގެ ތާރީޙް ފެނުމުންނެވެ.
”މާދަމާއަކީ މިމަހުގެ އެންމެ ފަހު ދުވަސް. އާއިޒުއާ ބެހޭގޮތުން ބައްޕަމެންނަށް އަހަރެންގެ ނިންމުން ބުނެދޭންޖެހޭނެ. އެކަމަކު…” ޔާނާ ހާސްވެއްޖެއެވެ. އޭނާ އާއިޒުއާ ކައިވެނި ކުރާކަށް އެއްވެސް ގޮތެއްގައި ބޭނުމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު އީމަން ފެނުމުން، ޔާނާގެ ހިތުގައި ފޮރުވިފައިވާ ލޯބި އުތުރިއަރަންފެށި ކަހަލައެވެ. ޒަމާންވީ ލޯބި ދުށް ހުވަފެންތަކުގައި ކުލަޖެއްސިދާނެ ކަމުގެ އުންމީދީ ހުޅުކޮޅު ރޯވެގެން ދިޔަ ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

ހިޖުރަ (ސައުވީސްވަނަ ބައި)

Next

ނަޖާ (ދިހަ ވަނަ ބައި)

Next
September 12, 2015

ނަޖާ (ދިހަ ވަނަ ބައި)

Previews
September 10, 2015

ހިޖުރަ (ސައުވީސްވަނަ ބައި)

10 Comments!

  1. Mack says:
    September 11, 2015 at 2:29 pm

    v habeys.waiting 4 the nxt part…

  2. Xzoo says:
    September 11, 2015 at 2:43 pm

    Woww
    Vvvv Nice
    avahah up kohdhecheyy plxx
    Awesome storyyy

  3. has says:
    September 11, 2015 at 2:44 pm

    V v nies within next parts…

  4. Zach says:
    September 11, 2015 at 2:56 pm

    Mi site ah kurin up kohfa in “haadhahaa Loabivey” vaahaka ves alun genesdheyn v nun tho.

  5. aabhy says:
    September 11, 2015 at 3:34 pm

    Varah salhi.

  6. sharu says:
    September 11, 2015 at 4:14 pm

    Vvv salhi waitin4 nxt part

  7. Julie b jones says:
    September 11, 2015 at 5:26 pm

    Habeys vrh reethi

  8. mx says:
    September 11, 2015 at 5:39 pm

    Varah obi

  9. shahu says:
    September 11, 2015 at 10:21 pm

    V reethi

  10. sodha says:
    September 27, 2015 at 1:28 pm

    awesome story

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ…6←


All Right Reserved!