ހަަތަރު އުދަރެސް (22)
ކޮޓަރިއަށް ވަތް ގޮތަށް ޖެހި ބުދެއް ހެން އެތައް އިރެއް ވަންދެން ހުރުމަށްފަހު އަރީފު ލިއުޒާއާއި ދިމާލަށް ހިނގައި ގަތެވެ. އަރީފު ކުރިއަށް އެޅި ފިޔަވަޅާއެކު ލިއުޒާގެ ލޮލުން ކަރުނަ އޮއްސާލިއެވެ.
“ކާކުގެ ދަރިއެއް؟” ލިއުޒާގެ ކުރިމަތީގައި ހުއްޓުމަށްފަހު އަރީފު ސުވާލު ކުރިއެވެ. އޭނާގެ އަޑުގައި އެއްވެސް ހަރުކަށިކަމެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. އެއްވެސް އިތުރު އިހުސާސެއްވެސް އެއަޑުގައި އެކުލެވިގެނެއް ނުވެއެވެ.
“ލިއުޒާގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް؟” ލިއުޒާގެ ފަރާތުން ކަރުނަ ނޫން އިތުރު ޖަވާބެއް ނައުމުން އަރީފު އަނެއްކާވެސް ސުވާލު ތަކުރާރު ކުރިއެވެ. އެހެންނަމަވެސް އެ ސުވާލަކަށްވެސް ލިއުޒާއަކަށް ޖަވާބެއް ނުދެވެއެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ އޭނާއަށް ގިސްލެވެނީއެވެ.
“އަހަރެން މިއެހީ ތީ ކާކުގެ ދަރިއެއް ހޭ؟! ޖަވާބުދީބަލަ!” މިއީ ލިއުޒާގެ ކުރިމަތީގައި އަރީފު އަޑުހަރުކޮށް އެއްޗެކޭ ބުނި ފުރަތަމަ ފަހަރެވެ. އަރީފުގެ އަޑަށް ލިއުޒާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް އަދިވެސް ރޮވެނީއެވެ. އެއްވެސް އެއްޗެކޭ ނުބުނެވެއެވެ.
“ލިއުޒާ؟!” އެނދުގެ ހެޑްބޯޑުގައި ހިފާ ލަތްކެއް ޖަހާލަމުން އަރީފު ލިއުޒާއަށް ބަލާލީ ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ.
“ނޭނގެ… ނޭނގެ…” އެންމެ ފަހުން ލިއުޒާ އަށް ކަރުނައިގެ ތެރެއިން މި ދެ ލަފްޒު ބުނެލެވުނެވެ.
“ނޭނގެ އޭ؟! ކީއްވެ ނޭނގެންވީ؟ މީހަކު ލިއުޒާ އާއި ބެހުނީތަ؟ އެހެންވެތަ ނޭނގެނީ؟ ނޫނީ ލިއުޒާއަށް އެކުގައި އުޅެވިފަ ތިބި މީހުންގެ ލިސްޓު ގިނަ ވީމަތަ ތި ދަރިފުޅުގެ ބައްޕަ ނޭނގެނީ؟!” ފަހަރަކަށް ފަހު ފަހަރެއް އަރީފުގެ އަޑު ދިޔައީ ގަދަ ވަމުންނެވެ. އެއާއި އެއްވަރަށް ލިއުޒާގެ ރުއިންވެސް ދިޔައީ އަޑު ބާރު ވަމުންނެވެ.
“ޖަވާބު ދީބަލަ!” އަރީފު ލިއުޒާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. އެހެނަސް ލިއުޒާއަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާއަށް ކުރެވުނު ހާވެސް ކަމަކީ ބޯ ހޫރުމެވެ. އެންމެފަހުން އަރީފު ލިއުޒާގެ ގައިން ދޫކޮއްލިއެވެ. ދެފިޔަވަޅު ފަހަތައް އަޅައި ދެމީހުންގެ ހަތަރު ކަޅި ހަމަ ކުރިއިރު އަރީފުގެ ލޮލުގައި އުފެދިފައިވާ ކަރުނަތައް ލިއުޒާއަށް ވަރަށް ރަނގަޅަށް ފެނެއެވެ.
“ލިއުޒާއަށް ޓޮކްސްމޯޕްލާސްމާ އިންފެކްޝަން ޖެހުނީ.. އޭގެ ސަބަބުން ތި ދަރިފުޅަށް ނޭދެވޭ އަސަރު ކޮއްފާނެ.. ފަހަރެއްގަ މިސްކެރީ ވެސް ވެދާނެ.. ނުނީ ބާރތު ޑިފެކްޓްސް ވެސް ހުރެދާނެ.. އަހަރެން ލިއުޒާގެ މަންމަމެން ގާތަކު އެއްވެސް ވާހަކައެއް ނުބުނަން..” މިފަހަރު އަރީފު ވާހަކަ ދެއްކީ ކޮޓަރީގެ ދޮރާ ދިމާލަށް ހިނގައި ގަންނަމުންނެވެ. ލިއުޒާއަށް ފުރަގަސް ދީގެން ހުރިއިރު އޭނާގެ ލޮލުން ވަނީ ކަރުނަ ފާއްދާލާފައެވެ. އެ މަންޒަރު ލިއުޒާއަށް ފެންނަން އޭނާގެ ހިތެއް ނޭދެއެވެ. އެހެންކަމުން އިތުރު އެއްވެސް އެއްޗެކޭ ބުނުމެއް ނެތި އޭނާ ކޮޓަރިން ނިކުތެވެ.
*****
“ދޮންތަ މިހާރު ކިހިނެތް؟ ކީކޯ ޑޮކްޓަރު ބުނީ؟” ލުޔާ އޭނާގެ މަންމައާއި ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.
“ކޮންމެވެސް އިންފެކްޝަން އެކޯ.. އަދި ދުވަސްކޮޅެއް ވަންދެން އޮބްޒަވޭޝަންގަ ބާއްވާނެހެންހީވަނީ. ދޮންތަ ވަރަށް ދެރަވާނެ ލުޔާ ނާންނަކަން އެނގުނީމަ….” ހައުފާ ޖަވާބުދިނީ ދެރަވެފައެވެ.
“ލުޔާ ނުދަނީއެއް ނުނެއް ނު.. ނުދެވެނީ އޭ…” ލުޔާ ކުކުރާލަމުން ބުންޏެވެ.
“އާނ މަންމައަށްވެސް އެނގެޔޭ ތިކަން.. އެކަމަކުވެސް ވަރަށް ދެރަ.. ހަމަ މި ދުވަސް ކޮޅާ ދިމާކޮއްފަތަ ތި ތޫފާނެއްވެސް އަންނަންވީ..” ހައުފާ ވާހަކަ ދެއްކީ ޅަކުއްޖެއް ފަދައިންނެވެ. އޭނާގެ މި ޖުމްލައިން ލުޔާ ގާތަށް ހިނިއައެވެ.
“ދަރިފުޅު ބަލައިގެން އުޅެއްޗޭ އިނގޭ.. ގެއިން ބޭރަށް ނުދައްޗޭ…” ފޯނު ބޭއްވުމުގެ ކުރިން ހައުފާ އޭނާގެ ހަގު ދަރިފުޅަށް ނަސޭހަތްތެރިވިއެވެ.
މަންމަ ފޯނު ބޭއެވުމުން ލުޔާ އޭނާގެ ގައިގައި އޮޅާލެވިފައިވާ ފޮތިގަނޑު ރަނގަޅު ކޮއްލިއެވެ. ބޭރުން ފައިބަމުންދާ ސްނޯ އަށް އޭނާގެ ނަޒަރު ހުއްޓާލެވުނެވެ. ލުޔާގެ ހިތައް އެރިއެވެ. ތަގުދީރުވެސް އޭނާ ލިއުޒާގެ ކައިވެންޏަށް ދާން ބޭނުން ނުވީއެވެ. ލުޔާ ފުރަން އޮތް ދުވަހާ ދިމާކޮށް އެހައި ބޮޑު ތޫފާނެއް އައުންވީ އޭނާގެ ނަޒަރުގައި ނަސީބުކަމަށެވެ. ދޮންތައާއި އަރީފު އެކުގައި އުޅޭތަން އޭނާއަށް ފެނުމަށް އެ ފައިބާ ގަނޑުފެން ކޮޅުވެސް ނޭދެއެވެ.
ލުޔާ ކެނެޑާއަށް އައީ ހަގީގަތުގައި ރިޔޫނިއަނައަކަށް ނޫން ކަމުގައި ވީ ނަމަވެސް އޭނާ އައުމުން އެކުގައި އުޅުނު ކުދިންތަކާއި އެކީއުޅެވެއެވެ. ގިނަ ވަގުތު ހޭދަކުރެވެނީ ވެސް އެ އެންމެންނާ އެކުގައެވެ. ކުޑަކޮށްވެސް އެކަހެރި ވާކަށް ލުޔާ ބޭނުމެއްވެސް ނުވެއެވެ. އޭނާ އެކަނި ވެއްޖެނަމަ އަރީފުގެ މަތިން މާބޮޑަށް ހަނދާން ވާތީއެވެ. އޭނާ މިހާރު ވާހަކަ ކިޔުމާވެސް ނުލާހިކު ދުރެވެ. ލޯބީގެ ވާހަކައެއް ފެނިއްޖެނަމަ އޭނާއަށް ސިފަވަނީ އަރީފެވެ.
ލުޔާ އަރީފުގެ މަތިން ހަނދާން އާ ކުރަން ހިތް ނޭދުނު ނަމަވެސް އެކަމަށް ޝިފާއެއް ނެތެވެ. ނިދަން އޮށޯވެއްޖެނަމަ އަރީފުގެ ހުވަފެނެއް ނޫނީ އޭނާއަކަށް ނުފެނެއެވެ. ވަކިން ޚާއްސަކޮށް މި ދެތިން ދުވަހު ހަތަރުދަމު ގޭގައި އިންނަން ޖެހުމުން އޭނާއަށް އަރީފުގެ ހަނދާންތައް އާވާލެއް އިހުނަށްވުރެވެސް ބޮޑެވެ.
ކުޑަ ދޮރުން ބޭރު ބަލަހައްޓައިގެން އެތައް އިރެން ވަންދެން އިނުމައްފަހު އޭނާ ތެދުވީ ކޮޓަރިއަށް ވަނުމަށެވެ. އެވަގުތު ފޯނު ސައިލެންޓައް ލެވިފައި އޮތުމުން އޭނާގެ ފޯނު ރިންގުވިކަމެއް ލުޔާއަކަށް ނޭނގެއެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއިރުވެސް ބޭރު މޭޒުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ.
*****
“ފޯނެއްވެސް ނުނަގާ” ޔިވާމް ވާހަކަ ދެއްކީ ލިއުޒާއާއިއެވެ. “އަނެއްކާ މައްސަލައެއް ޖެހުނީތަ؟ ކީކޭ ކިޔާފަ ދިޔައީ؟”
“ނުބުނޭ އެއްވެސް އެއްޗެކޭ.. އަދި އެއްފަހަރު ގުޅާލަބަ.. ޔަގީންތަ ގެއަކު ނޫޅޭކަން؟” ލިއުޒާ ވާހަކަ ދެއްކިއިރު އެއަޑުގައި ހާސްކަން ވެއެވެ. އޭނާ ކޮންމެވެސް ކަމެއް ސިއްރު ކުރަނީ ކަން ޔިވާމްއަށް އެނގުނު ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“މިހާރު އޮފް ކޮއްލާފަ އޮތީ… ޑޯންޓް ވޮރީ، އިރު ކޮޅަކުން އަންނާނެ…” ޔިވާމް ލިއުޒާގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ.
ޔިވާމް ހިތްވަރު ދިނެއް ކަމަކު ލިއުޒާއަށް ނުރޮއެ ހުރެވެނީ ހަމަ ކިރިޔާއެވެ. މިއަދު ހެނދުނު އަރީފު ދިޔަގޮތައް އަދިވެސް އޭނާގެ ޚަބަރެއް ނުވެއެވެ. އަރީފުގެ ހަރަކާތްތައް ހުރިގޮތުން ލިއުޒާގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. އޭނާގެ މައިންބަފައިންނަށް ހަޤީގަތް އެނގި ދާނެތީވެސް އޭނާ ހުރީ ބިރުގެންފައެވެ. އަރީފު އޭނާއާއި އިންނަން ދެކޮޅު ހަދައިފިނަމަ އޭނާގެ ހަތަރު އުދަރެސް ފެނު ޖެހޭނެކަން ލިއުޒާއަށް އެނގެއެވެ. ލިއުޒާ ސިއްސައިގެން ދިޔައީ އޭނާއާއި ޖެހިގެން ހުރި ޔިވާމްގެ ފޯނު ރިންގުވުމުންނެވެ. ޔިވާމް ފޯނު ނެގުމާއެކު ލިއުޒާ އެއީ އަރީފުތޯ ސުވާލު ކޮއްލިއެވެ.
“ހަލޯ.. އާނ ލިއު ގާތުގަ މިހިރީ.. އުނހުން މިހާރު އޯކޭ… އިންފެކްޝަންއެކޯ..މަޑުކޮއްލައްޗޭ..” ވާހަކަ ދެއްކުމަށްފަހު ޔިވާމް ލިއުޒާއަށް ފޯނު ދިއްކޮއްލިއެވެ.
“ހަލޯ..” އެކޮޅުން އިވުނު އަޑާއެކު ހީވީ ލިއުޒާގެ ހިތަށް ހަންޖަރެއް ހެރުނު ހެންނެވެ. އެއީ އަރީފުގެ އަޑެއް ނޫނެވެ. މީގެ ކުރިން ކިތަންމެ އަހާ ހިތްވާ އަޑަކަށް ވިޔަސް މިއަދު އެއަޑު އިވުމުން އޭނާއަށް އުނދަގޫވިއެވެ. އޭނާއަށް ރޮވޭ ގޮތް ވިއެވެ.
“ލިއު އޯކޭތަ…؟ ބޭބީ ކިހިނެތް؟” އަހުނަފް ވާހަކަ ދައްކަމުން ދިޔައީ ވައި އަޑުންނެވެ. ހީވާގޮތުން އިތުރު މީހަކަށް އޭނާ ލިއުޒާއާއި ވާހަކަ ދައްކާކަން އަންގަން ބޭނުން ނުވީއެވެ.
އަހުނަފްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލިއުޒާއަށް އިސްއުފުލައި ޔިވާމް އަށް ބަލާލެވުނެވެ. ޔިވާމް އެތަނުގައި ހުއްޓައި އޭނާއަށް އެ ވާހަކަ ނުދެއްކޭނެތީއެވެ. ލިއުޒާގެ ބެލުމުން ޔިވާމް އަމިއްލައަށް އެއްޗެއް ދެނެގަތެވެ. މިއަންނަނީ އޭ ބުނެފައި އޭނާ ކޮޓަރިން ނިކުތީ އެހެންވެއެވެ.
“ލިއު…” އަހުނަފް އޭނާއަށް ގޮވާލުމުން ލިއުޒާއަށް އަނެއްކާވެސް ރޮވެން ފެއްޓުނެވެ.
“ބޭބީ.. އޯކޭ.. އެއް ނޫން…” ގިސްލުމުގެ ތެރެއިން ލިއުޒާއަށް ބުނެވުނީ މިހެންނެވެ. އެއާއެކު އެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ.
“އައި އޭމް ރިއަލީ ސޮރީ… ކިހިނެތް ވީ..؟” އަހުނަފް ވާހަކަ ދެއްކިއިރު އެއަޑުވެސް ތުރުތުރު އަޅައެވެ.
“ޓޮކްސްމޯޕްލާސްމާ އިންފެކްޝަންއެއް… ބޭބީގެ ލައިފް ފޭޓަލް..” ލިއުޒާއަށްވެސް މިހާރު ވާހަކަ ދެއްކެނީ ވައި އަޑުންނެވެ.
“މޭ-މޭބީ އިޓްސް ފޯ ދަ-“
“ނޯ! ނުބުނާތި! އަހުނަފްއަށް އެންމެ ރަނގަޅު ގޮތް ކަމައްވިޔަސް ލިއުއަކަށް އޯކޭ އެއް ނޫން!” އަހުނަފް ބުނަން އުޅުނު ވާހަކަ މެދު ކަނޑާލަމުން ލިއުޒާއަށް ހަޅޭއްލަވައި ގަނެވުނެވެ.
“ސޮރީ… ސޮރީ.. އައި ލަވް..” އަހުނަފް އަށް މިހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ލިއުޒާގެ ގިސްލުމުގެ އަޑު އިތުރަށް ގަދަވިއެވެ.
“އަދި އެއް ވާހަކަ.. އަރީފަށް އެނގޭ…” ލިއުޒާ ރޮމުން ނަމަވެސް މަސައްކަތް ކުރީ ވާހަކަ ދެއްކޭތޯއެވެ.
“ވަޓް ދަ- ކިހިނެތް؟! ލިއު ބުނީތަ؟!!” އަހުނަފްގެ އަޑާއި އޭނާ ސުވާލުކުރި ރާގުން އޭނާ ބިރުގެންފައި ހުރިކަން އެނގެއެވެ.
“އަހުނަފް ކަމެއް ނޭނގެ… ލިއު ބަނޑުބޮޑުކަން އެނގެނީ..” ލިއުޒާ އޭނާގެ ނޭވާ ހަމައަކަށް އެޅުމުން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
“ވަޓް؟ ބަޓް ހައު؟..” އަހުނަފް ދެން ވެސް ހުރީ ސުވާލެވެ.
“އަރީ ދިޔަގޮތަށް ޚަބަރެއް ނުވޭ… ޔިވާމް ބުނީ ގެއަކަށް ވެސް ނުދެޔޯ..” އަރީފުގެ ހަރަކާތްތައް ހުރިގޮތް ކިޔައިދިނުމަށްފަހު ލިއުޒާ ބުންޏެވެ.
ލިއުޒާ ފޯނުގައި އިންދައި ސިއްސައިގެން ދިޔައީ ކޮޓަރި ދޮރުފަތް މީހަކު ހުޅުވާލުމުންނެވެ. އަރީފުއާއި ޔިވާމް އެތެރެއަށް ވަދެގެން އައި ވަގުތު ފޯނުން އަންހެނެއްގެ އަޑު ލިއުޒާއަށް އިވުނެވެ.
“ބޭބީ، މި ހެދުމުގެ ޒިބު އަޅުވަ ދީބަ…”
ލިއުޒާއަށް ނޭވާ ހިފަހައްޓާލެވުނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ކުރިމަތީގައި އަރީފު ހުއްޓިގެން ހުރުމުން ހެއްޔެވެ؟ ފޯނުން އަހުނަފްގެ އަނބިމީހާގެ އަޑު އިވުމުންހެއްޔެވެ؟ ނޫނީ އޭނާ ފޯނުން ދެއްކި ވާހަކަ އަރީފުމެންނަށް އަޑު އިވުނުހެން ހީވާތީހެއްޔެވެ؟ ފަހަރުގައި މި ހުރިހާ ސަބަބެއް އެއްވުމުން ކަމުގައި ވެސް ވެދާނެއެވެ.
“މަގުމަތިން ދެންމެ ދިމާވީ.. ހަޅޭއްލަވައިގަތީމަ ބުނީ އޮފީހުން ޗުއްޓީ ނަގަންވެގެން އެކަންތައް ހަމަޖައްސާލީއޯ..”ލިއުޒާ ދިއްކޮއްލި ފޯނުގައި ހިފަމުން ޔިވާމް ވާހަކަ ދެއްކިއެވެ.
ޔިވާމް ގެ ވާހަކައާއި އެއްބަސްވާކަށް އަރީފު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ދޮރުން ވަތް ގޮތަށް އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އެއްފަހަރު އަރީފުގެ މޫނަށް، އަނެއްފަހަރު ލިއުޒާގެ މޫނަށް ބަލާލުމަށްފަހު ޔިވާމް މަޑުމަޑުން ބޯ ހޫރާލިއެވެ. އޭނާވެސް އިތުރު އެއްޗެކޭ ނުބުނެއެވެ. ފޯނު ޖީބަށް ލުމަށްފަހު ޔިވާމް ނިކުތީ ކޮޓަރިން ބޭރަށެވެ. މިހާރު ވޭނީ ހަމަހިމޭންކަމެއް މެނުވީ އެކޮޓަރިތެރެއަކު ނުވެއެވެ.
“އަރީ…” ވަރަށް ހިތްވަރު ކުރުމަށްފަހު ލިއުޒާ އަރީފަށް ގޮވާލިއެވެ. އެއާއެކު އަރީފު އިސްއުފުލާލައި ލިއުޒާގެ މޫނަށް ބަލާލިއެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން ލިއުޒާއަށް ބަލަމުން ދިޔައިރު ހީވަނީ ބީރައްޓެއްސަކު ކުރިމަތީގައި ހުރިހެންނެވެ.
“އަރީ ވާހަކަދައްކަބާ… ޕްލީޒް…” ލިއުޒާއަށް އަނެއްކާވެސް ރޮވޭގޮތް ވިއެވެ. މިއަދު އޭނާ އަށް އޮތީ ރުއިމެވެ. ހިތްދަތިކަން ނޫން އެހެން އިހުސާސެއް އޭނާއަށް ނޭނގޭ ފަދައެވެ.
“އަހަރެން ކުރި ސުވާލަކަށް ލިއުޒާ އަދިވެސް ޖަވާބެއް ނުދެމެންނު” އަރީފު ވާހަކަ ދެއްކިއިރު އެއަޑުގައި އެއްވެސް އިހުސާސެއް ނެތެވެ.
“އެ ސުވާލު ނޫން އެހެން ކޮންމެ ސުވާލެއް ކުރިޔަސް އޯކޭ… އެސުވާލަށް ޖަވާބު ދެވޭކަށް ނެތް…” ލިއުޒާ އޭނާގެ ކޯތާފަތް ތެންމަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލަމުން ބުންޏެވެ.
“އޯކޭ.. ގަދަކަމުން މީހަކު ކުރުވި ކަމެއްތަ؟” އަރީފު ސުވާލުކުރީ ސީދާ ލިއުޒާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ލިއުޒާއަށް ކަޅި ޖަހާނުލައި ހުރެވުނެވެ. އޭނާގެ ލޮލުން ކަރުނަ ތިކި ވެއްޓި އަތް ތެންމާލި ވަގުތު އިސްޖަހާލުމަށްފަހު ބޯ ހޫރާލިއެވެ.
“ލިއުޒާ ބޭނުންވެގެން…؟” އަރީފަށް ސުވާލު ކުރެވުނީ ވައި އަޑުންނެވެ. މިފަހަރުވެސް ލިއުޒާ ޖަވާބު ދިނީ އިސް ދަށަށް ޖަހައިގެންއިނދެއެވެ. އޭނާގެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނީ އިތުރު ދޮގުތަކެއް ހަދަން ބޭނުން ނުވީމައެވެ.
“ޖަވާބު ލިބިއްޖެ.. އަހަރެން މިއުޅެނީ ފުރަން މެލޭއަށް.. ގެ ކުއްޔައް ދީފަ ދައްތައާ ކޮއްކޮ ގޮވައިގެން.. ލިއުޒާ ހިތްހެޔޮ ކުރާތި..” އަރީފު އިށީނދެގެން އިން ގޮނޑިން ތެދުވަމުން އޭނާގެ ވަދާޢީ ސަލާމް ކޮއްލިއެވެ. އަރީފު ނިކުންނަން ހިގައި ގަތް ވަގުތު ވީ ހައުފާއާއި ނަސީރު އައިސް ވަތް ވަގުތަށެވެ.
“ދަރިފުޅާ އަރީފު ދޭބަލަ ގެއަށް ގޮއްސަ އަންނަން.. މަންމަމެން ދެންމެ އައި އިރު ލިއުޒާގެ ހެދުމެއް ގެންނަން ހަނދާނެއް ނެތް. އެމަންޖެ އިއްޔެ ލައިގެން ހުރި އެއްޗެހީގަ އަދިވެސް އެހެރީ” ހައުފާ އޭނާ ގެނައި ކޮތަޅު ތަކުން އެކި ސާމާނުތައް ހުސްކުރަމުން އަރީފުއާއި ވާހަކަ ދެއްކިއެވެ. މައިންބަފައިންގެ ކުރިމަތީގައި ލިއުޒާ ބޭޒާރުކޮއްލަން އަރީފު ނޭދޭތީ ހައުފާއަށް ހިނިތުންވުމެއް ވެދުން ކޮއްލުމަށްހު އަރީފު ނިކުތީ އެގެއަށް ދާށެވެ.
ގެއަށް ވަދެގެން ދިޔައިރު އޭނާއަށް ހީވަނީ މުޅިން ތަފާތު މާހައުލަކަށް އާދެވިގެން އުޅޭހެންނެވެ. ލުޔާ ނެތްތަނުގައި ލިއުޒާމިހާރު ވެފައިވަނީ މުޅިން ބީރައްޓެހި މީހަކަށެވެ. ލިއުޒާގެ ކޮޓަރީގެ ދޮރުކުރިމަތީގައި ހުރެ އަރީފަށް ބަލާލެވުނީ ލުޔާގެ ކޮޓަރިއާ ދިމާލަށެވެ. މިއަދު ހިނގަ ދިޔަ ހުރިހާ ކަމެއްގެ އޭނާ ހިއްސާ ކުރަން ބޭނުންވީ ލުޔާއާއިއެވެ. އެހެނަސް މިއަދު އެ އެންމެންގެ ދިރިއުޅުމުން ދުރަށްދާން އޭނާ ވަނީ ނިންމާފައެވެ.
އަރީފުގެ އަތުގައި އޮންނަ ލިއުޒާގެ ކޮޓަރީގެ ތަޅުދަނޑިން ދޮރު ހުޅުވާލުމަށްފަހު އޭނާ ކޮޓަރިތެރެއަށް ފިޔަވަޅު އެޅިއެވެ. މަޑުމަޑުން ހިނގަމުން ގޮސް އޭނާ ހުއްޓުނީ ލިއުޒާގެ ކަބަޑުގެ ކުރިމަތީގައެވެ. އެންމެ ކަނާތައް ހުރި ވަތްގަނޑު ދަމާލީ އެތަނުގައި ލިއުޒާގެ ކުރުތާ ހުންނަކަން އަރީފަށް އެނގޭތީއެވެ. އެންމެ މަތީގައި އޮތް ފެހިކުލައިގެ ކުރުތާއެއް ނެގިއިރު އަރީފުގެ ލޮލުގައި އަޅައިގަތީ ވަތްގަނޑުގެ ކަނަކަށްލައި ފޮރުވާފައި އިން ސްނޯގްލޯބެކެވެ. އެ ސްނޯގްލޯބަކީ އޭނާއަށް ކުރިން ފެނިފައިވާ އެއްޗެއްހެން އޭނާއަށް ހީވިއެވެ.
ސްނޯ ގްލޯބް ނަގައި ކައިރިން ބަލާލުމުން އެއީ ލަންޑަންގެސްނޯގްލޯބެއްކަން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް އެއީ ސީދާ ކޮންއިރަކު ކޮންތާކުން ފެނުނު އެއްޗެއްކަން ހަނދާނަކަށް ނައެވެ. އިރުކޮޅެއް ވަންދެން އެއަށް ގެއްލިފައި ހުރުމައްފަހު އޭތި އަނބުރައި ވަތްގަނޑަށްލާން އޭނާ އަތް ދިއްކޮއްލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސްނޯގްލޯބްގައި ލިޔެވިފައިވާ ‘ލަވް’ މި ލަފްޒެވެ.
ހަމައެއާއެކު މީގެ ދެތިން ހަތަރު މަސް ކުރީގެ ހަނދާނެއް އާވިއެވެ.
އަރީފުއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އެއީ ބަންދުދުވަހެއްކަމުން ފޯނު ކަނޑާލީ ގުޅީ ކާކުތޯވެސް ނުބަލައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ފޯނު ރިންގުވާންފެށުމުން އޭނާ ފޯނު ނެގިއެވެ. އަނެއްކޮޅުން ވާހަކަ ދެއްކީ އަހުނަފްއެވެ. މާގަދަޔަށް ވާރޭ ވެހުމުން އޭނާ ލިއުޒާމެންގޭގައި ތާށިވެފައި ހުރި ވާހަކަ ބުންޏެވެ. ސައިކަލުގެ ޕެޓްރޯލް ހުސްވެފައި ހުރުމުން އޭނާ ގުޅީ ބަލައި އައިސް ދޭށޭ ބުނާށެވެ.
އަރީފު ލިއުޒާ މެން ގެއަށް ދިޔައީ ވަރަށް އަވަހަށް ތައްޔާރުވެލައިގެންނެވެ. އަހުނަފް އެގެއިން ނަގައިގެން އޭނާ މާފަންނަށް ދުއްވާލިއެވެ. އެހެންނަމަވެސް ދިޔަ މަގުމަތީގައި ހުރި ‘ގިފްޓް ޝޮޕް’އެއް ފެނިފައި އަހުނަފް އެތަނަށް ވަންނަން ބޭނުންވިއެވެ. އޭނާ ބޭނުންވެގެން އަތްލީ ލަންޑަންގެ ސްނޯގްލޯބެއްގައެވެ. އޭގައި ‘ލަވް’ ލިޔެފައި ވުމުން އެކަމާ އަރީފު ދިމާވެސް ކުރިއެވެ.
“ތީ އަނެއްކާ ކޮން ބިޓަކަށް؟ މަ އޭރުވެސް ބުނީމޭ އަހަރުން އެންމެންގެ ތެރެއިން އެންމެ ވަގުވާނީ އަހުނަފްއޭ” އަރީފު ސަމާސާކުރިއެވެ.
“މީ އަހަރެންގެ ހިތުގެ ރާނީއަށް..” އަހުނަފް ޖަވާބުދިނީ ސްނޯގްލޯބަށް ގެއްލިފައި އިނދެއެވެ.
އެދުވަހު އަހުނަފް ބުނި އެ ލަފްޒުތައް އަރީފުގެ ބޮލުތެރޭގައި ގުގުމާލިއެވެ. ނުވާނެއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާއަށް އެފަދަ ބޮޑު ލަނޑެއް ނުދޭނެއެވެ. އެހެނަސް އޭނާގެ އަތުގައި އެއޮތީ ހަމަ އެ ސްނޯގްލޯބެވެ.
އަރީފުގެ ފައިކޮޅުން ބާރު ދޫވާހެން އޭނާއަށް ހީވިއެވެ. ލިއުޒާގެ އެނދުގެ ކޮޅުގައި އޭނާ އިށީންއިރުވެސް އަތުގައި ސްނޯގްލޯބް އޮތެވެ. އަނެއްކާވެސް އެދުވަހުގެ އެހެންހަނދާނެއް އާވިއެވެ.
އަހުނަފް ގެއަށް ލުމައްފަހު ފެންވަރައި ހަދައިގެން އަރީފު އަނެއްކާވެސް ދިޔައީ ލިއުޒާމެން ގެއަށެވެ. އަރީފު ލިއުޒާ ގާތުގައި އިށީނުމާއެކު ލިއުޒާ އޭނާގާތުގައި ސުވާލެއް ކުރިއެވެ. އެއީ އެގެއަށް އެއްވެސް ހަދިޔާއެއްފޮނުވިތޯއެވެ. އަހުނަފް އެ ސްނޯ ގްލޯބް ގަތުމާއި ލިއުޒާއަށް ހަމަ އެދުވަހު ހަދިޔާއެއް ލިބުމާއި އަދި ހަމަ އެފަދަ ސްނޯގްލޯބެއް މިއަދު އަރީފުގެ އަތުގައި އޮތުން އެއީ ހަމަ އިއްތިފާގެއް ބާވައެވެ.
އަރީފުގެ ނޭވާ ކުރުވަމުން ދިޔަވަރަކަށް އެނާގެ ހިތްދަތިކަން ދިޔައީ އިތުރު ވަމުންނެވެ. އެގެއަށް އައި ސަބަބުވެސް ހަނދާން ނައްތާލަމުން އަރީފު ނިކުތީ ގެއިން ބޭރަށެވެ. އޭރު އޭނާގެ އަތުގައި ސްނޯ ގްލޯބް އޮތެވެ. ސައިކަލަށް އަރައި އޭނާ ދުއްވާލީ އާންމުކޮށް ދުއްވާވަރަށް ވުރެ ބާރާށެވެ.
މ.ޒޭވަރުގެ ކުރިމަތީގައި ސައިކަލު ޕާކުކޮއްލުމައްފަހު އެންމެ ހިނދުކޮޅެއްވެސް މަޑުކުރުމެއް ނެތި އަރީފު ގޭތެރެއަށް ވަނެވެ. އެވަގުތު ވީ ޒީޝާންއާއި އަހުނަފް އެކުގައި ގެއިން ނިކުންނަން އައި ވަގުތަށެވެ. ފޮއްޓާއި އަތްދަބަސް ހިފައިގެން ނިކުތުމުން އެދަނީ ފުރަންކަން އަރީފަށް އެނގުނެވެ. އޭނާ އަހުނަފްއާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އައު ކައިވެނީގެ މަރުހަބާއެއްވެސް ނުކިޔައެވެ. އަހުނަފްއަށް ވެސް މަޑުކޮއްލެވުނީ އަރީފުގެ މޫނުމަތީގެ ކުލަވަރު ފެނުމުންނެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ އަރީފުގެ އަތުގައި އޮތް ސްނޯ ގްލޯބަށެވެ. އެއީ އޭނާއަށް ހަނދާން ނައްތާލެވޭނެ އެއްޗެއް ނޫނެވެ. އޭނާއާއި ލިއުޒާގެ ލޯބީގެ ފެށުމުގެ ސިއްކަ ޖަހައިދިން ސްނޯ ގްލޯބް މިހާރު އެއޮތީ އެލޮތްބަށް ހުރަސް އެޅި ފާރު ކަމުގައިވާ އަރީފުގެ އަތުގައެވެ. އަހުނަފް ގުދުވެލުމަށްފަހު ޒީޝާންގެ ކަންފަތް ދޮށުގައި ގޭތެރެއަށް ދިޔުމަށް ބުންޏެވެ. އެއީ އޭނާއާއި އަރީފުއާއި ދެމެދު ދެކެވޭ ވާހަކައަށް ހެކިވެރިޔަކު ބޭނުންނުވާތީއެވެ.
ޒީޝާން އެތެރެއަށް ވަނުމާއެކު އަރީފު އޭނާގެ އަތުގައި އޮތް ސްނޯގްލޯބް އަހުނަފްއާއި ދިމާލަށް އެއްލިއެވެ. ހުށިޔާރު ކަމާއެކު އަހުނަފް އޭގައި ހިފި ނަމަވެސް އޭނާގެ އިނގިލިތަކަށް ވަރަށް ތަދުވިއެވެ.
“ތީ ކާކުގެ އެއްޗެއް؟” އެ ދެމެދުގައި ވާ ނުތަނަވަސް ހަމަހިމޭންކަން ނައްތާލަމުން އަރީފު ސުވާލުކުރިއެވެ.
“މީ ލިއުޒާގެ އެއްޗެއްނު..” އަހުނަފް ބޭނުން ވީ ޖަދަލު ކުރުމުގެ ބަދަލުގައި ހަގީގަތަށް ވާހަކަ ދައްކާށެވެ. އިތުރަށް ބޮޑެތި ދޮގުތަކެއް ހެދުމުގެ ބޭނުމެއް ނެތުމުންނެވެ.
“ކިހިނެތް ލިއުޒާއަށް ލިބުން އެއްޗެއް؟” އަރީފު ދެންވެސް ކުރީ ސުވާލެކެވެ.
“ތީ އަހަރެން ދިން އެއްޗެއް.. ކޮބާ މައްސަލައަކީ؟” އަހުނަފްގެ ރުންކުރު ޖަވާބު އިވުމުން އަރީފުގެ ގާތަށް ރުޅިއައެވެ.
“ހަޔާތް ކުޑަކަން” މުޅި އުމުރުގައިވެސް އެންމެ ފުރަތަމަ ފަހަރަށް އަރީފު އަތް އިސްކުރިއެވެ. އެހެންނަމަވެސް އަހުނަފް އެއަތް ހިފެހެއްޓުމައްފަހު ފޮޅާލިއެވެ.
“އަރީފު އަހަންނަށް އިނގިލި ދިއްކޮއްފަ ތިހެން ބުނަން ލަދު ގަންނަން ޖެހޭ-“
“އަހަރެންގެ ދަރިއަކަށް ޒީޝާން ބަލިވެ އިންކަމެއް ނުދެނަހުރިން!” އަހުނަފްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޖެއްސުމުގެ ރާގަކަށް އަރީފު ޖަވާބު ދިނެވެ.
“އަޑުއަހާ! އަރީފުގެ ސިއްރެއް އަހަންނަށްވެސް އެނގޭ.. އެހެންވީމަ މާ އަޑުގަދަ ވަންޏާ އަހަރެންގެ އަޑުވެސް ގަދަވާނެ” އަހުނަފް އަރީފަށް އިންޒާރު ދިނެވެ.
“އަހަރެންމީ ކަލޭ ކަހަލަ މީހެއް ނޫން! ތިކަހަލަ ހަޑި މުޑުދާރު ސިއްރެއް އަހަރެންގެ އެއް ނޯންނާނެ” އަރީފުގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ.
“އާނ… އަރީފުގެ ސިއްރަކީ މިއައްވުރެވެސް ހަޑި ސިއްރެއް.. އެއީ އަރީފުއާއި ލުޔާގެ ގުޅުމުގެ ވާހަކަ!” އަރީފުއާއި ގާތްވެލުމައްފަހު އަހުނަފް ވާހަކަ ދެއްކީ ވައި އަޑަކުންނެވެ.
އަހުނަފްގެ ދުލުން ލުޔާގެ ނަން ބޭރުވުމާއެކު އަރީފުގެ މުޅި ހަށިގަނޑައް ބަދަލުއައެވެ.
38 Comments!
Comments are closed.


Reethi varah
Haadha lahey!!!! Up it soon.. Vv reethi mi story
I’m first
haadhalahey up vaalen.alhe plx thakolhen avash koladhyba..v.nice
reethi
Mihar kin dhuvahe inthizaaru kuraathaa…maalas vanee gennah leh….update kuraa iru maakutu vahaka
Reethi, waiting for the next part
maa las vanya story mathin foohi vaane ingey.. gavaidhun up nukurevenya reethi vias like eh nuvey.. hope meege fahun ehen nuvaane kamah.. dhn part thah avahah up vaane kamah heekuran!!
Kihineh up kuraa story eh mi…anyway vvv reethi
mi vaahaka huttaalee kamah heekuree.. kurin part genes dhin iru buni next part avahah up kuraanamey.. mee avas?? anyway kuriah oh thanuga part thah gavaidhun up kuraane kamh ummeedhu kuran!
alhey!! haadha wait eh kureemey mi story ah. v reethi mi vaahaka but maa maa lahee up vaaleh! maa bodah ves
hoodh aa zaisha ekani mi site ge authors thakuge therein daily up kuranee vaahaka. ehenve evaahaka thah v intrstn aaekee kiyaalevey.. ehen authors baeh faharu fenifa gehlifa.. mi vaahaka ves reethi but kon dhuvaheh mihaaru nugenesdhey thaa?
v reethi mi vaahaka. dhn bunan othy ehen kudhin ves buni vaahaka. hope yew knw?
nice story………………….
Haadha lahey up vaaleh
Handhaan nethey haa varu vey
Alhe thankolheh avahah up kohdhiiba kiyaahithun keith madhuvefa
Maalahyy ey up vaaleh…
foohi fasheh vey mohen hedheema. dhn bxy ey anekehcchekey kiyaalaathi. hun.
alhe konirakuntha vahaka up kolladheynee kiyaahithun plz avaha up klladhee bala
Den huhttaalaaaa… Inthizaru ga thibi kudinkolhu ehen vaahakha eh kiyan fashsaa. Mi vaahakha hiehnuve den up vaane heneh
dhen mivarun vaahaka nuliyan vejje kanneh dho.. vaahaka liyelaane vagutheh ves nulibeneebaa ey hithah araa.. thivarun keeh kuran tha vaahaka liyany.. kurin kee part thah ves handhaan netheyhaa dhuvas nagaa.. daily koh upload nukohdhinas dhe dhavahun eh dhuvahu kohdhey nama ves rangalhu,, week eh vegen dhaairuves upload kohdhevey vareh nuvey.. vaahaka liyun huhtaalan fennany.. busy ves vedhaane.. ekam mee thankolheh bodu varu kahnney..
Ainyyy konme dhuvahaku balan vaahaka thah upload veytho.. ekamaku hama fooneh fayah fenfurun kahala kameh. Miee dhivehin ge massala akiii. Rythi vaahaka thah liyan fashaafa dhen vaanuvaa eh neyge. Molhu liyuntherin eba thibi ekamaku kameh fashaifiyya eba jehey dho nimman ves…. misaalakah ekugai vaan edhemey, inthizaaru, hatharu udhares mihen goss kiyaane kameh nei… plxxxx kiyuntherin mithibenyyy thiya liyuntheringe masakkaiy balaiganna thayyaarah…. thihen hiydhathi koh rulhi aruvan noolhe liyangnaa liyan vii nuliyangnaa ves nuvaane vaahaka angaalaaa eyrun beykaaru gothuga kiyun therin vaguthu nagaeh nulaane
Kiyuntheringe shakuvaathakaai hiyaalu liyeveyne gothah vakin hadhaidheyn admin ah govaalan……….. kimmm
Ainyy. can u explain a lil more. or give me an idea about this?
hey when is this story’s next part . . . i am waiting for your story very impatiently . . .
maash kihiney veehta vaahakaya veegothey buneemadho kiun therinna ingeynee plz avaha up koa dheebala
Mihaaruge vaahaka liyun thering heevanee vaahaka kiyaa meehuna jesun kuran ulhey hen. Ehen veema enu monthe ga e faharuves vaahaka up kurevey kamaka nuvey. Midhen thakolhe bodhu varu kaneyge. Febga 29 days 4y in 1y ana gotha bae liyun therina dhuvas ves ananee egotha kaneyge.
Mivaahaka dhen minimunytha?
Vahaka update kohla dhybah…
Admint meenah gulhaafah fah namahves anehbaa ah thulabala
pls mivaahakaige anehbai genas dheebala
when are u gonna upload the next part
rulhi gadhavey
still waiting … plx avaha up kohdheebaaaaa……
mi story mihaaru up nukuranee tha
hyvany varah avahah meege fahu bai upload vaanehen..
Malee ah fennany kiyuntherin mivaahakaige nimmun comment thakehge gothuga gennan.