Skip to content
އެސްފިޔަ

ހިތުގަ މިވާ ސޫރަ ތެދޭ!!

މިއަދުވެސް އިރު އޮއްސިގެން އެދިޔައީ ނިއުޝާގެ ކުރިމަތީގައެވެ. ނިއުޝާ ގެ އިންތިޒާރު ނިމޭނީ ކޮން ދުވަހަކުން ބާއެވެ. ނިއުޝާ އިންތިޒާރު އެކުރަނީ ކާކައްހެއްޔެވެ؟ އެއީ ކޮން ނަމެއް ކިޔާ ކާކު ކަމެއް ކޮންތާކު އުޅޭ ކޮން އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމެއްވެސް ނިއުޝާއަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން ނިއުޝާގެ ހިތުގައި ރަސްކަން ކުރަމުން އެދާ ޒުވާނާގެ ސިފަވެސް ނޭނގެއެވެ. ނިއުޝާ އިންތިޒާރު ކުރާ އެ ޒުވާނާގެ ފައިގައި އަޅާގަނެފަ ވެއްޓުނަސް ނޭނގޭނއެވެ. އެކަމުވެސް އިންތިޒާރު ކުރެއެވެ. ނިއުޝާ ވަމުން އައި ލޯތްބަށް އޮތް އިތުބާރުގެ ބޮޑުކަމުންނެވެ. ކޮންމެސް ދުވަހަކުން ނިއުޝާގެ ދިރިއުޅުމާއި ލަވަ ފުރިހަމަކޮށްދެން އޭނާ އަންނާނެ ކަން ނިއުޝާއަށް އޮތީ ޔަޤީންވެފައެވެ. އިންތިޒާރު އެ ކުރެވެނީ އެހެންވެއެވެ. ނިއުޝާގެ ދެލޮލުން އައި ކަރުނަ އަތުގެ ނުފުށުން ފުހެލިއެވެ. އަދި ނިއުޝާ ލިޔަން އިން އޭނާގެ ޑައިރީ ލައްޕާލިއެވެ. ހިތުގަ އުދާސްތަށް ފޮތުގައި ލިޔެވުނީ ކަންނޭނގެއެވެ. ނޫނީ އިތުރަށް ލިޔާނެ ހިތްވަރު ނެތީ ކަންނޭނގެއެވެ.

“ތީ.. ތީއެ މަގޭ އެންމެ އެދޭ ހިތުގަ މިވާ ސޫރަ ތެދޭ ..ލޯބި މިވާވަރު ދެން ބުނިއްޔާ ގޯހެއް ހޭ މީ ހަދާ” އެ ލޯބި ލޯބި އަޑުގައި ހުރި ވޭން ލަވަ އަޑުއަހާލި ކޮންމެ މީހަކަށްވެސް އިހުސާސްކުރެވޭނެއެވެ. “ޝަން… ކޮން އިރަކުންތަ ޝާއަށް މި ލަވަ ކޮމްޕްލީޓް ކޮށްދެން އަންނާނީ… ޝަން އައި އެމް ވެއިޓިންގް ފޯރ ޔޫ”. ހިތާހިތުން ކިޔާލުމަށްފަހު ނިއުޝާ އަށް އަނެއްކާވެސް ރޮވުނެވެ.

“އޯ.. އަންނާށެ އިސްނަގާ.. ރޭ މިވަނީ ދަންވެފަ.. ނުނިދޭނޭ މިރޭ އައިމާ ނޫނީ ކަލާ” ކުއްލިއަކަށް އިވުނީ ޒުވާން ފިރިހެން ކުއްޖެއްގެ އަޑެކެވެ. ނިއުޝާއަށް ފަހަތް ބަލާލެވުނެވެ. އެ ޒުވާނާ ހުރީ ކައިރީގައި ހުރި ގަހެއްގައި ހިފަހައްޓައިލައިގެންނެވެ. ނިއުޝާ އަވަހަށް އެތަނުން ދާން ތެދުވިއެވެ. ” މަޑުކޮށްބަލަ.. އަހަރެން މީ ނުދަންނަ ކުއްޖެއް ކަމުގައިވިޔަސް އަހަރެންނަށް ތީ އާ ކުއްޖެއް ނޫން.. މިތާ ކޮންމެ ދުވަހަކު ރޯން އިންނައިރު އަހަރެން ހުންނަން ބަލަން.. އަހަރެންނަކަށް ނޭނގެ ކާކަށް ކަމެއް ތި އިންތިޒާރު ކުރަނީ.. އެކަމު ތި އިންތިޒާރު ކުރާ މީހަކީ ވަރަށް ލަކީ މީހެއް.. އަހަރެންނާއި ޝެއަރ ކޮށްލަންވީނު.. ޝާ ދޯ ކިޔަނި” އެ ފިރިހެންވަތަ އަޑުގައި ހުރި އޯގާވެރިކަން އެހާމެ ރަނގަޅަށް ނިއުޝާއަށް ފާހަގަ ވިއެވެ.

ނިއުޝާ ބޭނުންވީ އެފަދަ އޯގާތެރި ކަމެކެވެ. އެފަދަ އޯގާތެރި ބަސްތަކެކެވެ. އެފަދަ އޯގާތެރި އަތަކުން ނިއުޝާ ވެއްޓިފައި އޮތް އަނދަވަޅުގަނޑުން ނެގުމެވެ. ނިއުޝާ މަޑުކޮށްލިއެވެ. “ނިއު!! ޝާ އެއް ނޫން ނިއު!!… ނިއު މީ” ނިއުޝާ ކުރެހިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. “އޯކޭ އޯކޭ.. ނިއު.. ނިއު ކީއްވެ މިތާ ތި އިންނަނީ؟؟ ކީއްވެ ރޮނީ އަބަދު؟” އެ ޒުވާނާ އައިސް ނިއުޝާ ކައިރި އިށީނެވެ.  “އަހަރެންނަށް ކިޔަނީ ޖައުޝަން… ވަރަށް ގިނަ ދުވަހު މިތާ ހުންނަން ނައު އަށް ނޭނގުނަސް…ވަރަށް ދެރަވޭ ތިހާ ރީތި ކުއްޖަކު ރޯތަން ފެނިފަ. ކީއްވެ ތި ރޮނީ” ޖައުޝަން އޯގާތެރިކަމާއި އެކު ސުވާލުކޮށްލިއެވެ. ނިއުޝާގެ އިހުސާސްތައް އޭނާއަށްވެސް އިނގޭކަހަލައެވެ. އަދި އެފަދަ އިރަކު އޯގާތެރިކަން ނޫނީ އިސްކުރުން ރަނގަޅު ނޫންކަން ޖައުޝަންއަށް އިނގެއެވެ.

ނިއުޝާ މައި ނޭވާއެއް ލުމަށްފަހު ޖައުޝަން އާއި ދިމާއަށް ބަލާލިއެވެ. އެ ބަލައިލުމުގައިވެސް ނިއުޝާއަކީ އެތަކެއް ވޭންތަކެއް ތަހައްމަލު ކުރަމުން އަންނަ ކުއްޖެއްކަން އިނގުނެވެ. “ޖައުޝަން… ތެންކިޔު.. އެކަމު ނިއު މީ ނުދަންނަ މީހުންނާއި ވާހަކަ ދައްކާ ހަދާ ކުއްޖެއްނޫން..” ނިއުޝާ އެތަނުން ދާން ހިނގައިގަތެވެ. ކުއްލިއަކަށް ޖައުޝަން ނިއުޝާގެ އަތުގައި ހިފައިލިއެވެ. ނިއުޝާއަށް ހީވީ ކަރަންޓެއް އެރިހެންނެވެ. ހިތްބުނާ ކަހަލައެވެ. އެއީ އެ ޒުވާނާއެވެ. އެއީ ޝާ ގެ ޝަން އެވެ. އާއެކެވެ. އެއީ ޝަންއެވެ. ނިއުޝާ އަވަސް އަވަހަށް އޭނާގެ އަތް ދަމައިގަތެވެ. އަދި ފަސް އެނބުރި ބަލާލިއެވެ. “ނޫން.. އެއީ ޝަން އެއް ނޫން” ހިތާހިތުން އެހެން ބުނެލިއެވެ. “ނިއު..! ޖައު އާއި ޝެއަރ ކޮށްލަންވީނު.. ވަރަށް އުނދަގޫވޭ އެބަ..! ނިއު.. މީ ނިއުއަށް ނުދަންނަ މީހަކަށްވިޔަސް ބުނެ އެއްނު ތިމާގެ މީހުންނަށް ވުރެ ނުދަންނަ މީހުންނަށް ތިމާ ކުރާ އިހުސާސް ރަނގަޅަށް ދެނެގަނެވޭނެއޭ.. ދޯ.. ދެން ބުނެބަލަ ނިއު” ޖައުޝަން ބެލީ ނިއުޝާއަށް ވިސްނައިދެވޭތޯއެވެ. ކޮންމެ އެއްޗެކޭ ކިޔައިގެން ވެސް މިއަދު އެ ނިކަމެތި ކުއްޖާގެ ހިތަށް ލުއިކޮށްދެން އޭނާ ބޭނުންވެއެވެ. ހިތު ތެރޭ ފޮރުވާފައި ހުރި އެއްޗެހި ހިތުން ނެރެލަން ޖެހެއެވެ. އެހެންނޫންނަމަ ހިތަކަށް ލުޔެއް ނުލިބޭނެއެވެ. “ނިއު ކުއްޖެއްދެކެ ލޯބިވެ. އެކަމު އެ ކުއްޖާ….. ނިއު އެ ކުއްޖާއަށް ވެއިޓް މި ކުރަނީ.. ދެން ނޭނގެ ބުނާކަށް… ނިއު އަށް ބުނެވޭނީ ނިއު ކުއްޖެއް ދެކެ ލޯބިވެޔޭ.. އިތުރު އެއްޗެއް ނޭނގެ ބުނެދޭކަށް. އެންޑް ޖައު ދެން އެލަވަ ނުކިޔަންޗޭ..” ނިއުޝާ އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އަދި އެތަނުން ދިޔައެވެ. ޖައުޝަން ގެ ހިތަށް ތަދުވިއެވެ. ބޭއިހްތިޔާރުގައި ނިއުޝާ އާއި ދިމާލަށް އަތްދިއްކޮށްލެވުނެވެ.

“އެއީ އޭނަތަ…. ޝާ.. ނޫން… އެއީ ޝާއެއްނޫން… ނިއު ޝާއަށް ވާނީ ކިހިނެއް.. ޝާ މިހާރު އުޅޭނީ އެހެން ކުއްޖަކާ ކަންނޭނގެ. ކާކު އެހާ ގިނަދުވަސް ވަންދެން ވެއިޓް ކުރާނީ އެވެސް ނުދަންނަ ކުއްޖަކަށް. ހެހެހެހެ.. ބަޓް ޝާ.. ރައިޓް ނައު ވަރަށް މިސް ވޭ އެބަ.. ޝާ ދެކެ ލޯބި ނުވެވުނަސް ޖައު ދެކެނީ ވަރަށް ކްލޯސް ފްރެންޑެއް ގޮތުގަ.. ޝާ.. ކޮންތާކު ތިއުޅެނީ އަޅެ..” ހިތާ ހިތުން ޖައުޝަން ކިޔާލިއެވެ. އަދި ހީލިއެވެ. ކުރީގެ އެތަކެއް ހަނދާން ތަކެއް އާ ވުމުންނެވެ.

އަނެއްދުވަހުވެސް ނިއުޝާއާއި އާއި ޖައުޝަން ދިމާވިއެވެ. ނިއުޝާގެ އެ ރީތި ދެލޮލުގައިވާ ހުރިހާ އުދާސްތަކެއް ދުރުކުރަން ޖައުޝަން ބޭނުންވިއެވެ. ނިއުޝާ ޖައުޝަން އާއި ވާހަކަ ދެއްކިޔަސް ނިއުޝާގެ ދިރިއުޅުމާއި ބެހޭ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އެ ހުރިހާ ވޭނެއް އަމިއްލައަށް ތަހައްމަލު ކުރަން ބޭނުންވީ ކަންނޭނގެއެވެ. ޖައުޝަންވެސް މާ ބޮޑަކަށް އެކަމާއި އަޅައެއް ނުލައެވެ. އެގޮތް މިގޮތް ހަދައިގެން ނަމަވެސް ޖައުޝަން ނިއުޝާގެ އެ މިލާފައިވާ މޫނަށް ހިނިތުންވުން ގެނުވައެވެ. “ޝަން ވެސް އުޅެނީ ހަމަ ތިހެން.. ހެހެހެ.. މޮޔައެއް ހެން.. އައި މިސް ޔޫ ޝަން” ނިއުޝާގެ ހިތް އަބަދުވެސް ގޮވަމުން ދާ އޭނާގެ ޝަންއަށް ގޮވަން ފެށިއެވެ. މީގެ އެތަށް އަހަރެއް ކުރިން ގޮވި ފަދައިންނެވެ. ޖައުޝަންގެ ހިތުގައި މިހާރު ޖަހާ ކޮންމެ ވިންދެއްވެސް ޖަހަނީ ނިއުޝާއަށްޓަކައެވެ. އެކަން ހިނގި ގޮތެއް އިރެއް އޭނާއަކަށް ނޭނގެއެވެ. ޖައުޝަން އެންމެ ދެރަވަނީ ނިއުޝާގެ ހިތް އެހެންމީހަކު ފަތަހަ ކޮށްފައި އޮތީމައެވެ. ނަމަވެސް ޖައުޝަން އިހްތިޔާރު ކުރީ ކެތްތެރިކަމެވެ. އެ ހިތް ކޮންމެސް ދުވަހަކުން ޖައުޝަން އަށްޓަކައި ހުސްވާނެކަން އިނގޭތީއެވެ.

“ޖައު.. ތެންކްސް.. ނައު އާއި ތިހާ ގާތް ކޮށް ޓޯކް ކުރާތީ. ވަރަށް ކްލޯސް ފީލްއެއް ވަނީ….ނަ…” ނައުޝާއަށް ބުނެލެވުނު އެއްޗާއި މެދު ވިސްނާލެވުނެވެ. އަދި ހުއްޓުނެވެ. “ޝަން އައި މިސް ޔޫ އަލޮޓް.. އެއީ އެންމެ ފުރަތަމަ ޝަން އާއި ޓޯކް ކުރި ދުވަހު ޝާ ބުނި އެއްޗެއް ދޯ.. ހެހެހެ މިސް ޔޫ” ނައުޝާއަށް ބޭއިހްތިޔާރުގައި ހެވުނެވެ. “ޝާ.. ނޭނގެ ކީއްވެ ކަމެއް އަދިވެސް ޝާ ބުނި ކޮންމެ އެއްޗެއް ހަނދާން އެބަހުރި.. ޝާ އެންމެ ފުރަތަމަ ދުވަހު ބުނި ވަރަށް ކްލޯސް ފީލް އެކޭވަނީ.. އަނެއްކާ މިއަދު ނިއު.. މިސް ޔޫ ޝާ” ޖައުޝަން އަށް ވެސް ހެވުނެވެ. މަޒީގެ ފޮނި ހަނދާން ތަށް ހަނދާންވީމައެވެ. “ޖައު.. ނައު ދަނީ އިނގޭ. ބައިވަރު ކަންތައް އެބައޮތް ކުރަންވެފައި. ބައި” ނައު ތެދުވިއެވެ. އެވަގުތު ޖައުޝަން އޭނާގެ އަތުގައި ހިފިއެވެ. ނައުޝާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. “ޝަން”. ހިތާ ހިތުން ނިއުޝާއަށް ނިއުޝާގެ ހިތުގެ ރާޖާއަށް ގޮވާލެވުނެވެ. “ހަމަ ދަނީތަ؟؟” “ހުމްމްމް.. މި ދަނީ…” ނިއުޝާ ފަސް އެނބުރި ބަލައިވެސް ނުލާ ބުނެލިއެވެ.

“ނިއު! ކޮންކަމެއްތަ ތި ސިއްރު ކުރަނީ.. ޖައުގެ ހިތަށް ހާދަ ތަދުވެޔޭ..” ޖައުޝަން ތެދުވިއެވެ. އަދި ގެއަށް ދާން ހިނގައިގަތެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ ފޮތެކެވެ. ޕިންކު ކުލައިގެ މާ ތަކަކުން ޖަރީކޮށްފައި އޮތް ރީތި ފޮތެކެވެ. އެއީ ނިއުޝާގެ ޑައިރީކަން އޭނާއަށް އިނގުނެވެ. އޭނާ ޑައިރީ ނެގިއެވެ. އަދި އެ ފޮތް ހިފައިގެން ގެއަށް ދާން ހިނގައި ގަތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (86)

  1. Ryn

    hey guys here is the frst part of the stry… plx tell me hiyhama nujehey kameh fenihjeyya… n thnks fr reading.. next part vrh avahah tp kohdheynan in sha allah.. enjoy 🙂

    1. Ryn
      Ryn

      up*

  2. ken?

    first paragraph maa ginain niushaa ineema story kiyaairuga ehaa reecheinoon..maa ginain ei name thakuraaru vefa innanyaa mibuny ei paragraph eiga…☺

    1. Ryn
      ken?

      owh.. thnks ken i will improve it in my nxt part.. thnks fr telling n reading 🙂

  3. elysha

    vr vr salhi ryyn , good job

    1. Ryn
      elysha

      thnks ely.. 🙂

  4. luvna

    story is awsome miss nishryynn.. luv u n hope u will upload da stwry soon..

    1. Admin
      luvna

      luvna. i see you are trying to contact me. but i am unable to reply to your message as you didnt give me a mobile or email. so if you are the one trying to contact me, then pls leave a msg to 7997991

    2. Ryn
      luvna

      thnks luv…. :).. miss u too

  5. aeon

    baeh thanthaa gai naushaa ey jehifa abain btw story vvv nyc

    1. Ryn
      aeon

      thnks.. 🙂 i will improve nxt prt ga..

  6. Mish

    Ryn u r the bessssstt

    1. Ryn
      Mish

      thnks mish 🙂

  7. mary

    Nice story

    1. Ryn
      mary

      thanks mary 🙂

  8. zai

    In sha allah feshun v salhi..unmeedhukuran kuriah oii baithahvex mihaa salhivaane kamah..n v salhi name eh jaushan?..zai ah libey baby akah kiyaanii jaushan?

    1. Ryn
      zai

      thanks Zai…. 🙂

  9. Nahthu

    Wow vvv Loabi mi story its different thanks ryn daily koh up kohdhehchey plx my I ehme kuraahithvaa ehkanthah Reading story…..☺

    1. Ryn
      Nahthu

      thanks nahthu… n kyp reading the stries :).. enjoy .. n ryn balaanan up kureveythw v haa vx avahah

  10. ninth

    rangalhu hama. evx ehen baeh nulheynebbaa kuriah oithaavx…

    1. Ryn
      ninth

      thnks ninth.. n ulheyne adhi myhun 🙂

  11. Meekail

    jaushan-shan.. niushaa-shaa e othy story ga e myhun wait kuranee kaakah kan engifa. niu ge shan uff jaushan … jaushan ge shaa uff niushaa

    1. Ryn
      Meekail

      heheheh meekail… edhemyhunnah neynge ennu dhw.. 😉 e dhemyhunnah ingunyma stry reethi vaany.. n thnks fr reading

  12. pinkgal

    Adhihama vaanuvaaga ingeyyy mihuree

    1. Ryn
      pinkgal

      ehntha.. sry fr tht… stry kuriah dhiya varakah ingeyne kamah hykurn.. thnks fr reading

  13. nukko

    V v v habeyx ingeyy ryyn sissyy… im lovin it…nxt part kn irakun. Daily koh up kuracheyy… and ken buni thankolhu nukko ah vs faahaga v.. e thankolhah visnachey dhen aneh part liyaa iru. Gud lukk ryyn… 🙂 🙂

    1. Ryn
      nukko

      ofcrse nukko. i wil imprve it.. n thnks fr reading n vrh avahah up khdheynan.. 🙂 in sha allah

  14. Anonymous

    pis pis miohfadha faranjee basthakeh dhoa.. mashah heevany igiresi vaahaka maa reehchah ves RYN ah liyeveynehen.. dhivehi bas beynun kurumuhe ehves gaabilkameh nei.. vahsalam

    1. Ryn
      Anonymous

      thnks fr telling anonymous.. kurinvx ryn bunihn ryn mi fashaigathy dhivehi stries liyan ehnve kudakoh undhagoove.. sry fr tht n thnks fr reading.. once again sry :(….

    2. Naj
      Anonymous

      Anoymus I think u should stop commenting…in every story u fight aid someone…n say blah blah..pls stop it!!

  15. ......................

    reeeeeeeeeethi

    1. Ryn
      ......................

      thnks

  16. zeek

    Salhi luv stry akah vaane hen heevany
    ?

    1. Ryn
      zeek

      thanks Zeek

  17. zeek

    Salhi luv stry akah vaane hen heevany
    ?

  18. shaahy

    Varah reethi

    1. Ryn
      shaahy

      thnks shaahy

  19. Kiyuntheriyaa

    Vvvv reethi. Waiting for next part. Hope that ill get tovred it soon..

    1. Kiyuntheriyaa
      Kiyuntheriyaa

      To read*

    2. Ryn
      Kiyuntheriyaa

      thanks K… 🙂

  20. uji

    thedah bunanya alhugandah kamaku nudhey mivahaka…. vahaka furathama bai ninmaalyru hama ekani 2 myhun ge vahaka… dhn aneh kamaki “shaaa… shan… Jau Nau Niu” varah varah bolah undhagu vey… kiyaalan faseyha vaane amilla namun vahaka nudhakkanya…. furathama bain vaanuvaa nengunu.. ehenve repeat koh kiyaala hi ves nuvi genesdheefa in gothun…. mee writter ah jessumah kuri commnt eh noon… alhuganduge hiyaalu mee… esfiya site ga neennaane alhugandu nukiya vahaka eh…. varah kamudhey vahakathah…

    1. Ryn
      uji

      i can understand uji.. n i am really very sorry fr the confusions.. i will improve it.. in sha allah.. enjoy… n thnks fr reading.

  21. uji

    dhn anna partu kiyaalan faseyha vaane kamah ummydhu kuran… ol da best… 🙂

    1. Ryn
      uji

      once again thanks 🙂

  22. sharu

    V reethi avahah up kohdheythi ryn

    1. Ryn
      sharu

      thnks sharu.. in sha allah up khdheynan 🙂

  23. Anonymous

    Ehves reehcheh noon dhn heevanee bodu haasaru gandeh dhamaafa oi hen.olun bolun gandeh henheevanee.liyan neyngenyaa nuliye hurebala

    1. Ryn
      Anonymous

      sry fr tht.. bt ryn beynun ve dhivehi stries liyan.. n anonymous kahala kudhin gina ginain commnt kuriyya ryn ah rangalhy.. libey ithuru hiyyvareh eii anonymous rynge stries ah faadu kiyaathy.. mahsala aky imprve nukureveythy bt i will improve day by day… thanks..

    2. Ryn
      Anonymous

      n ryn ah dhivehi stry rangalhah liyeveyny stries liyunyma gina ginain.. pls commnt kuranchey rynge stries ah n hurihaa mistakes thah faahaga kohdheythi. i always nyd a readr lyk u who tlks directly… enjoy ur day.. once again i am really sry

    3. j boat
      Anonymous

      Ehves kameh enmennah kamudhaa gothakah ekakahves nukureveyne. Bt eyge maana aky anekunnah malaamaaiy koh ehchehi kiyai emyhunge confidence gehluvaalaashekey noon. Faadu kiyumaky kuri erumeh. Bt thiah vure reehchah faadu kiyidhaane. Nd mi story ahvure thi myhaa kanthah thi kuri goiy maa hadi. Try to b a good humanbng bro or sis.

  24. Raamie

    Nice One By The Way. 😀
    All the best for other stories. 😀

    1. Ryn
      Raamie

      thanks raamie… 🙂 enjoy

  25. faathun

    vv nice nd v interesting.. waiting 4 next part 🙂

    1. Ryn
      faathun

      thnks faathun ;)….

  26. luvy

    wow. nice story ryn 🙂

    1. Ryn
      luvy

      thnks luvy.. 🙂

  27. mifzal

    Habeys story.keep it up ryyn

    1. Ryn
      mifzal

      thnks mifu 😉

  28. mifzal

    ?

  29. aabhy

    Vaahaka varah salhi. Hit varaa eku kuriah gendhey.unmeedhu kuranee feshun reethi vi gothah nimun ves reethi vaaney kamah. Insha Allah.

    1. Ryn
      aabhy

      thnks aabhy 🙂

  30. aabhy

    Ryn kiuyuntherinnaa hamayah mi vaahaka genesdhevvumah thikuraa masakkathuga kaamiyaabaai barakaah lavvaashi. Alhugandu ge dhu’aa aky abadhuves ryn ah kurierun libun. Vaahaka varah kamudhey. Hama varah salhi.

    1. Ryn
      aabhy

      awww thnks aabhy.. thnks alt…

  31. j boat

    Its a nice beginning pretty. Bt j ahves hyvany story ga tok kuraa iru amihla name use kuryma thankolheh kiyan undhagoo vaahen. Bt i knw dat u wil imprve it right girl? So try hard nd u will get succss one day. Insha allah! Waiting 4 next part.

    1. Ryn
      j boat

      thanks J.. n i will improve it in sha allah.. n once again thank u soooooo much 😉

  32. Shax Lyn

    Ohhh….. Change bai ingeynee diary kiyaleema dho….. Wow

    1. Ryn
      Shax Lyn

      thanks. n yeah… 🙂

    2. Ryn
      Shax Lyn

      thanks. n yeah… 🙂

  33. Shax Lyn

    Shan Ge bai ingeynee diary kiyaaleema dho… Interesting

    1. Ryn
      Shax Lyn

      yeah.. :)..

  34. fira

    Habeys story eh. Keep it up Ryn ??

    1. Ryn
      fira

      thanks fira 🙂

  35. aria

    Nice.. hyvany mi story reethi vaanehen…all the best

    1. Ryn
      aria

      thanks aria…. 🙂

  36. SAMA

    Mi part varah reethi…. next part kn irakun Ryn…

    1. Ryn
      SAMA

      thanks sama.. in sha allah vrh avahah up khdheynan 🙂

  37. ??

    Vara olhun araa..but best of luck

    1. Ryn
      ??

      thanks.. n sry fr tht.. 🙂

  38. sharu ge mamma

    niu jau shaa shaan!! i dnt undstand anythn v difficult koh nan thah eheree undhagu dheyha vaan

    1. Ryn
      sharu ge mamma

      owh sry fr tht… n thnks fr reading

  39. j boat

    pretty whrs the next part? curiously waiting 4 it. readers lahvaa ehaa varah inthizaaru nukuruvaa girl. avahah anehbai upkurey

  40. nukko

    Sissyy kobaa aneh part????? Nukko mi story ah hama mi inthixaar kuranyy…avahah up kohdhecheyy….. miss u sissyy

  41. Dhnthi

    Niusha ge nan baeh faharu nausha ah badhaluvefa hureema kada

  42. Aboo

    Ey vrhh fakka ingey meethi. Hama habeyyyyss!!

  43. ravoopinky

    v v reethi keep it up with the goodwork

  44. Alyaau

    reethi dhn varah kuriah huri part thah eah vurein ess reethi vehjehyaa habeys vaane :p

Comments are closed.