Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވަގުތު ފާއިތުވުމުގެ ކުރިން…

Asad Level 110 Stories
September 8, 2015 3 Mins Read
9 Comments

  އެ ލޯބި މަޢުސޫމް މޫނު ފެނުމާއެކު އަހަރެންގެ ލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކެތްތެރިކަން ކޮޅުންލައިގަތެވެ. ހިތައް ފުން އަސަރުތަކެއް ކުރުވިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. އަޑު ބެދުނެވެ. އެދިމާއަށް އަތް ދިއްކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މަންމައާއި، ޒަހީނާއި، އާއިލާގެ ބައެއް އެހެން މެންބަރުންވެސް އެތަނުގައި ތިއްބެވެ. ރޮވިފައެވެ. ހިތާމައިގައެވެ. އަހަރެން ގޮސް އެ މަޑުމަޑު ފުށްގަނޑެއްފަދަ ދަރިފުޅުގެ ގައިގާ، ވަރަށް ބާރަށް ބައްދާލީމެވެ. ލޯ މަރާލެވުނެވެ. އަޑުން އަޑުލާ ރޮވެން ފެށިއްޖެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ މިއީ ހަމަ އަހަރެންގެ ކުށެވެ. ޚުދު ތިމާއަކީ ކުށްވެރިއެއްކަމަށް ޤަބޫލުކުރަމެވެ. ޤަބޫލުކުރިއަސް ނުކުރިއަސް މިހެން މިވީ އަހަރެންގެ ހުރި ވިޔާނުދާ ކަމުންނެވެ. ދަރިފުޅު ނުފެންނަތާ އެތައް ދުވަސްތަކެއްވިއެވެ. އެކަމަކުވެސް އަހަރެންގެ ހިތަށް ކުރީ ކޮން އަސަރެއްބާވައެވެ؟ އިސް އުފުލާ މަންމައާ ދިމާއަށް ބަލައިލެވުނެވެ. މަންމަ އަހަރެންގެ ކޮނޑުގައި ހިފާލިއެވެ. މޫނުމަތީގައި ހުރީ ހިތްވަރުދިނުމުގެ ކުލަވަރެވެ.

   ކަށުކަމާކެމީގެ ކަންތައް ނިމިއްޖެއެވެ. އަހަރެން އިނީ އެނދުމަތީގައި ޖަހާފައިއިން ބުދެއްހެންނެވެ. ގަނޑުވެފައެވެ. ބަސް ހުއްޓިފައެވެ. ދެން އެ ތުއްތު، ތުއްތު ދަރިފުޅުގައިގާ ބައްދާލާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ކިތަންމެހާވެސް ގިނަ ދޮނެއް މޫނަށް ދެވެން އޮތެވެ. އެހެން ނަމަވެސް ވަގުތުފާއިތުވެއްޖެ ކަމުގައި އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެންގެ ސިކުޑި މާޒީގެ ކަނޑަށް ޣަރަޤުވަމުން ދިޔައެވެ.

   އިއްސެޔާ، އަހަރެން ކައިވެނިކުރީ ފެންފޮދެއް ބޮއިލާހައި ފަސޭހަކަމާއި، ހިތްހަމަޖެހުމާއި، ލޯތްބާއެކުގައެވެ. ދުވަސްތައް ވެއަތުވަމުން ދިޔައީ އުފަލާއި ހިތްހަމަޖެހެމާއެކުގައެވެ. އެންމެ ކަޅު ވިލާގަނޑެއްވެސް އިރުގެ އަލިކަމަށް ހުރަހެއްނާޅާހާ ސާފުކޮށެވެ. މާލޭގެ ވިޔަފާރިވެރިއެއްގެ ދަރިއަކާ ކައިވެނި ކުރެވުނީ ވަކި ފަރުބަދައެއް މުގުރާލައިގެންނެއް ނޫނެވެ. އަހަރުތަކަކަށްފަހު ލޯބި، ލޯބި ކުއްޖެއް އަހަރެމެންގެ ހަޔާތައް އައީ އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސް ދެމުންނެވެ.

   ވީ ދުވަސްތަކެކެވެ. އުފާވެރިމޫނުތައް އެއީ މޫނުގަނޑުތަކަކަށްވިއެވެ. އުޑުމަތި ބަނަވިއެވެ. ވާރޭ ވިލާތައް ޖަމާވެ، ވިއްސާރަކުރުމަށްފަހު ދާ ބީދައިން އިއްސެ، އަހަރެނަށް އަލްވަދާޢުގެ ސަލާމް ކޮށް އަހަރެން އެ ބިޔަ ކަށި ޖަންގައްޔަށް ދޫކޮށްލިއެވެ. އަހަރެން މަތިން ފޫހިވެ، ވީ ލޯބި ހަނދާންނެތުނެވެ. ފަރުބަދަތަކާއި ހިލަތައް ވެއްޔަށް ބަދަލުވާ ފަދައިން އަހަރެންގެ ހަޔާތް ވީރާނަވިއެވެ. ހަދާނެގޮތް ހުސްވެ މާލޭގެ މަގުމައްޗަށް ގިނަވިއެވެ. އެއްޗެއް ދިއްކޮށްލާތޯ މީހުންނަށް އަތް ދިއްކުރަން މަޖުބޫރުވިއެވެ. ދަރިފުޅަށްޓަކައެވެ. އޭނާގެ މުސްތަޤުބަލަށްޓަކައެވެ.

   އެކި ކުލަތަކުގެ އަތްތަކުން އެހީތައް ލިބެމުން ދިޔައީ ބަނޑުހައި ހޫނުކަން ކިރިޔާ ފިލުވައިލެވޭނެ ވަރަކަށެވެ. ދެތިން ދުވަހު ވަގުވަގަށް ގޭގޭގެ ސިޑިތަކުގައްޔާއި ހޮޓާތަކުގެ ގޮނޑިތަކުގައި ނިދީ ނިދަން ބޭނުންވާތީއެއް ނޫނެވެ. އެޔަށްފަހު ނަސީބު އަތުގައި ހިފިކަހަލައެވެ. އަރާމު އެނދުތަކާއި ކޮޓަރިތައް މަތިން ވެހޭކަހަލައެވެ. އެކިފަހަރު އެކި ފިރިހެނުންނާއެކުއެވެ. ދަރިފުޅު އެއްލާލައިފައެވެ. ރޮއެ، ރޮއެ މަރުވާވަރު ވުމުން ކާއެތިކޮޅެއް ދެނީ ދޭހިތަކުންނެއްނޫނެވެ.

   ދުނިޔެމަތީގައި ސުވަރުގެ ވާކަމަށް ޤަބޫލުކުރެވެން ފެށިއެވެ. މަދުމަދުން އެތިކޮޅެއް ކުއްޖައަށްވެސް ޖައްސާލަނީ މައިތިރިވޭތޯއެވެ. އަހަރެންގެ ވަޒީފާ އަދާކޮށްލުމުން އެތަކެއް އަރާމަކާއެކު ބައިވަރު ފައިސާލިބެއެވެ. ކުއްޖައަށް ހެދުމެއް ގަނެލަނީ ލޯތްބަކުންނެއް ނޫނެވެ. ބަލަން ޖެހޭތީއެވެ. ބަލިކަން އެނގެއެވެ. އެހެންނަމަވެސް އަތުން ދަރިފުޅަށް އެހާގިނަ ޚަރަދުކުރުމަކީ އަހަރެން ކުރަން ބޭނުން ނުވާ ކަމަކަށްވާތީ ހަސްފަތާލަކަށް ނުދަމެވެ.

   ހަޔާތުގައި ދުވަސްތައް ގިނަވަމުންދެއެވެ. މަސްތައް ކަލަންޑަރުން ވަކިވަމުންދެއެވެ. އަހަރެންގެ އަތް ފަހަތައް ލެވުނެވެ. ބިޑި އެޅުނެވެ. އެތަނުން އެހެންތަނަކަށް ދާންޖެހުނެވެ. އެޚަބަރަށް ދަރިފުޅު ބަލައި އާއިލާގެ މީހުން ރަށުން މާލެއައެވެ. ދަރިފުޅު ގައިގާ އިގިލިކުރި ޖައްސާލުމުގެ ބަދަލުގައި ދަރިފުޅު ފެންނަ ހިސާބަށްވެސް އަހަރެން ނުދަމެވެ. އެއީ ބޭނުންނެތް ކަމެއް ކަމަށް ދެކެވުނީމައެވެ. އެމީހުން ދިޔައީ އަހަރެން ގެންދެވޭތޯ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ކީއްވެ ކަމެއްވެސް ނޭނގޭގޮތެއްގެ މަތިން އަހަރެން ކުޑަ ގޮޅިއެއްގައި ބަންދުކުރެވުނެވެ. އެތައް އަނިޔާތަކެއް ލިބުނެވެ. ދެތިން އަހަރު އެތަނުގައި ހޭދަކުރީ އަނދިރިކަމާއި، ހިތްދަތިކަމުގައެވެ. ދުނިޔެމަތީގެ ނަރަކައަކީ މިއީބާއޭ ހިތުން ކިޔައިލަ، ކިޔައިލަ އިނީ އެހެން އިނަން ޖެހޭތީއެވެ. ސިކުޑިއަށް ކޮންމެވެސް އެއްޗެހިތަކެއް އަރާތީވެ އެތަނުގައި ރުކޫކޮށް ސަޖިދަ ކުރީ ކުރާހިތުންނެވެ.

   ވަންނަން ޖެހުނުތަނުން ނިކުންނަން ޖެހުނެވެ. ބޭބެ ހުރީ ރަށަށް ގެންދަން ބަލައި އައިސްފައެވެ. ބޭބެގެ އަތައް ބަލައިލެވުނެވެ. އަތް ހުރީ ހުސްކޮށެވެ. އުރާލާ، ގަޔާލައި މޮޑެލާ، ބޮސްދޭން ބޭނުންވާ ދަރިފުޅު ފެނޭތޯއެވެ. އަހާލެވުނީ އަހަން، ނާހަން އިދެފައެވެ. ބޭބެ ބުނުއްވީ ހަސްފަތާލުގައެވެ. ދޯނި ދަތުރުކުރަމުން ދިޔައީ އަމާންކަމާއި އޮމާންކަން މަތީގައެވެ. އެހެންނަމަވެސް ހިތް ހުރީ ނުތަނަވަސް ވެފައެވެ. އަހަރެންގެ ހިތް ފެތޭހެން ވެސް ހީވެއެވެ. މަރުވާހެންވެސް ހީވެއެވެ. މޮޔައަކަށްވެގެންވެސް އިނީމެވެ.

   އަމިއްލަ ވަޒަނުގައި ފައިތިލަ ޖެހުމާއެކު ހިނގައިގަނެވުނީ ހަސްފަތާލާ ދިމާއަށެވެ. ނޫނެކެވެ. ދުއްވައިގަތެވުނީއެވެ. ރަށަށް އައިސްފައިވާ ބަދަލެއް އަހަރެންނަކަށް ނޭނގެއެވެ. ހަދާންކުރަންޖެހޭ އެތަކެއް އެއްޗެއް ސިކުޑިން ފޮހެވިފައި ހުރި ކަހަލައެވެ. ދިމާވާ މީހުންނާއި އެމީހުން ކުރާ މަލާމާތާއި ޖެއްސުމަށް ފަރުވާލެއްނެތެވެ. ބީރަށްޓެއްސެއް ފަދައިން މަގުތައް އަޅަމުން ދިޔައީ މަންމަނެއް ފަދައިންނެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަވަސްކުރަމުން ގޮސް އެންމެ ފަހުން ދުއްވައިގަނެވުނެވެ. ދޮރު މައްޗަށް އެރުމާއެކު އެނގުނީ މަސްތުވާތަކެތީގެ ސަބަބުން އަސަރުކޮށްގެން ކުޑަކުއްޖަކު ނިޔާވި ކަމެވެ. ދެފައިން ބާރު ދޫވަން އުޅުނެވެ. ހިތްވަރުކޮށްފައި “ވޯރޑަށް” ވަދީމެވެ.

   ކުއްލިއަކަށް ކޮނޑުގައި މީހަކު އަތް ބޭއްވުމުން ސިއްސައިގެން ގޮސް ބަލައިލެވުނެވެ. އެއީ މަންމައެވެ. އަހަރެން ދަރިއަކު ކަމުގައިވީ ދުވަހު ބަލައި ބޮޑުކުރި މަންމައެވެ. “ދަރިފުޅާ! ދެންވެސް ވަގުތު ފާއިތުވުމުގެ ކުރިން، މާޒީއާމެދު ވިސްނުމުގެ ބަދަލުގައި ކުރިމަގަށް ވިސްނައި، ދިރިއުޅުން އިސްލާޙުކުރާށެވެ.” އިސްޖަހަން އުޅެފައި އިތުރު މީހަކު ދޮރުކައިރީ ހުރިކަން އެނގުމުން އެމީހެއްގެ މޫނަށް ބަލައިލެވުނެވެ. ޒަހީނުގެ މޫނަކަށް ބަދަލެއް ނާދެއެވެ. ކުރިން ހުރި ކުލުނާއި ލޯބި އަދިވެސް އޭނާގެ މޫނު މަތީގައި ވަރަށް ހާމައަށް ފެންނާން ހުއްޓެވެ. އެހެންނަމަވެސް އަހަރެންނަށް އިތުރަށް އެއްވެސް ވަގުތެއް ނެތް ކަމުގައި ހިތްބުނަމުން ދިޔައެވެ.

Share Article

Follow Me Written By

Asad

Level 110 Stories

Other Articles

Previous

ޝައިން (ޕާޓް-15)

Next

އަހަރެން މަރުވަނީ!!! ޕާޓް 2

Next
September 8, 2015

އަހަރެން މަރުވަނީ!!! ޕާޓް 2

Previews
September 8, 2015

ޝައިން (ޕާޓް-15)

9 Comments!

  1. shaai says:
    September 8, 2015 at 4:55 pm

    waah salhi vaahakae.. next part ah inthixaaru kuran…

  2. nas says:
    September 8, 2015 at 9:30 pm

    Vara reethi

  3. Ryn says:
    September 8, 2015 at 10:05 pm

    alhey vrh salhi mi vaahaka.. 😉 grt job

  4. mal says:
    September 8, 2015 at 10:56 pm

    V rythi..waiting 4 next part

  5. Aanaa says:
    September 8, 2015 at 11:10 pm

    Mi vaahaka reethi.. V touching

  6. nawhoo says:
    September 9, 2015 at 11:31 am

    Varahh salhiii

  7. anju says:
    September 9, 2015 at 1:03 pm

    Magu mathy ulhun iru aaila koba…eiru kyve bala naee…confusing

  8. EMILIYA says:
    September 9, 2015 at 1:40 pm

    salhi very touching

  9. Asad says:
    September 9, 2015 at 2:13 pm

    tnx all. plx let me know if there is anything to improve. 🙂
    mihaaruves malege markeytu sarahahdhugai beyfulhun ebathibi magumathivefa (nasiratha is a good example, may allah bless her soul). kamehveema mees meehunah igeynee vaanuvaa. 😉
    bt tnx for the heads up anju. 🙂
    sorry. aslu there is no 2nd part. hehe.

Comments are closed.



All Right Reserved!