Skip to content
އެސްފިޔަ

ވަންނި

އަހަރެން އިށީދެލައިގެން އިނީ ކުޑަ ގޮޅިއެއްފަދަ ކޮޓަރީގެ އެއްކަނެއްގައެވެ. ކުރިމަތީގައި ހުނދުކުލައިގެ ބެޑް ޝީޓެއް އަޅައިފައިވާ އެނދެއް ހުއްޓެވެ. އެއީ ބަލިމީހުން ބާއްވާ އެނދެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެނދުގެ މަތީގައި އަތްޖެހޭ ހިސާބުގައި ދެ ސުވިޗެއް ހުއްޓެވެ. އެއް ސުވިޗުގައި ފާޚާނާ ތައްޓެއް ކުރަހައިފައި ހުރިއިރު އެނެއް ސުވިޗުގައި ރަނގަބީލެއްގެ ނިޝާން ހުއްޓެވެ. މަތީފަންގިފިލައިން ކަނޑައިނަގައިގެން ހަރުކޮށްފައި ހުރި ވައިފިނިކުރާ މެޝިންވަނީ ދަނގަޑުޖަހައި ހިމާޔަތްކޮށްފައެވެ. ފިލަން އުޅޭ މީހަކަށް ނުފިލޭނޭހާވެސް ރަނގަޅަށެވެ.

އަހަރެންގެ ފަން އިސްތަށިގަނޑުވަނީ ހޭވި ހަލާކުވެފައެވެ. ނިޔަފަތިތައްވަނީ ދިގުވެ، އޮމާންކަން ގެއްލި ކޫރުން އެޅިފައެވެ. އަތާއި ފައިގެ އެކި ހިސާބުތަކުގައި ކަޅުކުލައިގެ ތަފާތު ގިނަ ލަކުނުތަކެއް ހުއްޓެވެ. އެއިން ކޮންމެ ލަކުނަކީވެސް ތަފާތު ވާހަކައެކެވެ. މީހާގެ ހަށި ހުރީ ނިކަމެތިވެ ހިކިފައެވެ.

“ހިއްހިއް… ހިއްހިއް…”

އަހަރެންނަށް ބޭއިޚްތިޔާރުގައި ހެވުނެވެ. މީހާގެ ހުރި މޮޔަކަން ހިތަށް އަރައިފައެވެ. އެހެންނަމަވެސް އެ ހުނުމުގެ އަޑު އިތުރު މީހަކަށް އިވޭނެހެންނެއް އަހަރެންނަކަށް ނޭނގެއެވެ. އިވުނަސް އަހަރެންނަށްވުރެއް ބޮޑު މޮޔައެއް ނުހުންނާނެއެވެ. ތި ހެނީ ކީއްވެހޭވެސް އަހާނުލާނެއެވެ.

އަހަރެން މަޑުމަޑުން އިންތަނުން ތެދުވީމެވެ. އެމީހުން އަހަރެން ލައްވާފައި ހުންނަނީ ގޯންޏެއްފަދަ ކަކުލާއި ހަމައަށް އަންނަ، އަތްކުރު ހުދުކުލައިގެ ހެދުމެއް އެކަންޏެވެ. ހެދުމުގެ ފަސްބައިގައި ކިލައި ނުހުންނަ އެއްވެސް އިރެއް ނުދާނެއެވެ. އެއީވެސް އަހަރެންގެ ހުންނަ ނުޠާހިރުކަމެވެ.

“ހިއްހިއް… ހައްހައް…”

މަޑުމަޑުން ފަންގިފިލާގެ އެއްކަނުގައި އިން ސެކިއުރިޓީ ކެމެރާއަށް އަހަރެން ބަލައިލީމެވެ. ހިނިތުންވެލީ ކޮންމެވެސް ބަޔަކަށް އަހަރެންގެ ހިނިތުންވުން ފެންނާނެތީވެއެވެ. އެއް އިރެއްގައި ސާދާކޮށް ހުރި މޫނިވަނީ ކަޅުވެ ހުތުރުވެފައެވެ. ފިޔާތޮށިކަން ގެއްލި ތުންފަތް ހުންނަނީ ހުދުވެ ހިކިފައެވެ. ނިދި ނުލިބުމުގެ ސަބަބުން ލޯ ކައިރީގައި ކަޅުކުލައިގެ އަނދުން އެޅިފައި ހުއްޓެވެ. އަހަރެންނާ ދިމާއަށް ބަލައިލާ މީހަކުވެސް ބިރުން ފިއްކަނޑައިގެން ހިނގައިދާނެއެވެ. އަހަރެންނެކޭ އަޅައިލާނެ މީހަކު ނެތް ޔަތީމެކޭ އެއްފަދައެވެ. ނޫނީ އެޔަށްވުރެއްވެސް އަހަރެންގެ ހާލާއި ދަރަޖަ މާދަށެވެ.

ކުއްލިއަކަށް ދޮރު ހުޅުވުނެވެ. އެޔާއެކު ދެ ފިރިހެން މީހުން އަހަރެން އަތުލަފިކޮށްލައިގެން ހިނގައިގަތެވެ. އެމީހުން ތިބީ ހުދުކުލައިގެ ޓީޝާރޓެއް ލައިގެންނެވެ. ކަޅުކުލިއިގެ ބެލްޓެއް އިންކަމަކު ފަޓުލޫނާއި އަރައިގެން ހުރި ބޫޓު ހުރީ ހުދުކުލައިންނެވެ. އަހަރެން އެއްވެސް ވަރަކަށް ގަދަހަދާކަށް ގަސްތެއް ނުކުރަމެވެ. އެއީ އެމީހުން އަހަރެންނަށްވުރެއް ބާރުގަދަވެފައި ބިޔަވުމުންނެވެ.

އެމީހުން އަހަރެން ގެންގޮސް ބެއިންދީ މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އެމޭޒުގެ އެނެއް ފަރާތުގައިވެސް ދެގޮނޑި ހުއްޓެވެ. ތަނަކީ އަހަރެން އުޅޭ ކޮޓަރިއަށްވުރެއް ބޮޑު ތަނެކެވެ. އަހަރެން މަޑުމަޑުން ކޮޓަރީގެ އެކި ދިމަދިމާ ބަލައިލީމެވެ. އެހެން ނަމަވެސް އެއްވެސް މީހަކު ނެތްތާނގައި އެއްވެސް އެއްޗެއްވެސް ނެތެވެ. އަހަރެން މަޑުމަޑުން އިސްޖަހައިލީމެވެ. އޭރު ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އަވަސްއަވަހަށް ނޭވައިލާން ޖެހުނެވެ.

ސިއްސިއިގެން ގޮސް ފަހަތް ބަލައިލެވުނީ ދެމީހަކު ކޮޓަރިއަށް ވަތް އަޑަށެވެ. އެއީ މުސްކުޅިކަން މޫނުމަތިން ހާމަވާން ހުރި އަންހެނަކާއި ފިރިހެނެކެވެ. މަޑު ހިނގުމެއްގައި އެމީހުން އައިސް އަހަރެންނާ ކުރިމައްތިވާ ގޮތަށް މޭޒު ކައިރީގައި އިށީނެވެ. އަހަރެން އެމީހުންނާ ދިމާއަށް ބަލައިލީމެވެ. އަންހެންމީހާ ހުރީ ކަޅުކުލައިގެ ބުރުގާއެއް އަޅައިފައެވެ. ދޮންދޮން މޫނެކެވެ. މޫނުމަތީގައި ރޫ ޖެހި ހަންގަނޑަށް ދޫވެފައި ހުރީ ކުޑަކޮށެވެ. ތުންފަތުގެ ބޭރުގައި ހޭކިފައި ހުރި ރަތް ކުލައިން އެއީ ގަދައަށް ދުފާ މީހެއްކަން އެނގޭނެއެވެ. ފިރިހެންމީހާގެ މޫނުގެވެސް ހަންގަނޑު ދޫވެ ރޫޖެހިފައި ހުއްޓެވެ. ތުބުޅި ބާލައިފައި ހުއްޓަސް މަތިމަސް ހުރި ވަރުގަދައަށް ބަހައްޓާފައެވެ. އަޅައިފައި ހުރި އައިނުން ލޮލުގައި ހުރި ރަތްކަން އެހާ ބޮޑަކަށް ހާމައެއްނުވެއެވެ.

“ދަރިފުޅާ! އައީން” އެ އަންހެންމީހާ މަޑުމަޑުން މޭޒުމަތީގައި އޮތް އަހަރެންގެ އަތްތިލައިގައި ހިފައިލިއެވެ.

އަހަރެންގެ ލޮލުން ކަރުނަ ނީރައިލިއެވެ. އެއީ އަހަރެންގެ މައިންބަފައިންކަން އަހަރެން ހަނދާނުން ފޮހެވެނީބާވައޭ ހިތަށް އެރިއެވެ. ހިތުގެ ވިންދު ލަސްވިއެވެ. ލޯ މަރައިލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. ކަރުނައިން ފުރިގެންވާ ލޮލަކުން އަހަރެން އިސް އުފުއްލައިލާ ބަލައިލީމެވެ.

“މަން…މާ…” ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ވަންނި ދާން އުޅޭ! ވަންނި ދާން އުޅޭށޭ! މިބުނީނު ދާށޭ!”

ގޮނޑިން ކުއްލިއަކަށް ތެދުވެފައި އަހަރެން ކަރުބުޑުން ހަޅޭލަވަންފެށީމެވެ. މަޑުމަޑުން ފަހަތަށް ޖެހެވެމުން ދިޔައިރުވެސް އަހަރެންގެ ހަޅޭކަކަށް ބަދަލެއް ނާދެއެވެ. އަހަރެންގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. ގޮނޑިނަގައި މަންމަގެ ފަހަތުގައި ހުރި ފާރަށް އެއްލައިލީމެވެ. އޭރު މަންމަގެ އަނގަމަތީގައި އަތްއަޅައިގެން ހުރެ ރޮމުން ދިޔައެވެ. ބައްޕަ ހުރީ މަންމަގެ ބޮލުގައި ހިފަހައްޓައިލައިގެން ގަޔާ ގާތްކޮށްލައިގެންނެވެ. އަހަރެންގެ ހަމަލައިން އަނިޔާއެއް ލިބިދާނެކަމަށް ޤަބޫލުކުރެވުމުން އެކަމުން ސަލާމަތްވުމުގެ ގޮތުންނެވެ.

ކަންފަތުގައި އަތްއަޅައި ރޮމުން އަހަރެންނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އޭރު ގާރޑުން އައިސް އުޅަބޮއްޓާއި ދިމާއިން އަހަރެންގެ އަތަށް އިންޖެކްޝަންއެއްޖެހިއެވެ.

“ދާށޭ! ވަން..ނި ދާށޭ… ދާ..ށޭ..” އިސާހިތަކު އަހަރެންގެ ލޯ މައްޗަށް ފުސްވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

“ޓައްޓައް… ޓައްޓައް…” އަހަރެންނަށް ހޭލެވުނީ މީހަކު ދޮރުގައި ބާރަށް ޓަކިޖެހުމުންނެވެ.

ލޯ އުނގުޅަމުން ލޯ އުނގުޅަމުން ހިނގައިފައި ގޮސް އަހަރެން ދޮރު ހުޅުވައިލީމެވެ. އެއްވެސް މީހަކު ބޭރުގައި ފެންނާކަށެއް ނެތެވެ. އަތުކުރި ގަޑިއަށް ބަލައިލިއިރު ގަޑިން އެއްކެއް ޖަހަން ހަވަރަކަށް މިނެޓް ހުއްޓެވެ.

“މިސްޗް…” ޗޮކެއް ކަނޑައިލުމަށްފަހު އަހަރެން ދޮރު ލައްޕައިލައިފައި ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ.

ބަދިގެއަށް ދެވޭނީ ސިޓިން ރޫމް ހުރަސްކޮށްފައެވެ. ސިޓިން ރޫމްގައި ނޫކުލައިގެ ސޯފާތައް ޓީވީ ވަށައިލާފައި ހުއްޓެވެ. ބަދިގެތެރެއަށް ވަނުމަށްފަހު ސިންކުގައި ހުރި ތަށިތައް ދޮންނަން ފެށީ ނިދިމޫނަކާއެކުގައެވެ.

މަންމަމެން މާލެ ބަދަލުވީ އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގައެވެ. ރަށައް އަންނަން އަހަރެން ކުރި މަސައްކަތް ކާމިޔާބުވީ އަށާރަ އަހަރުދުވަހުގެ ތެރޭގައެވެ. މަންމަމެން ނުފޮނުވަން ހުރެފައި އެންމެފަހުން ފޮނުވީ ކީއްވެބާވައޭވެސް އަހަރެންގެ ހިތަށް އަރައެވެ. މަންމަމެން މާލޭގައި އުޅުނެއްކަމުކު ރަށުގައި ގެ އަޅައިފައި ހުންނަނީ ކުއްޔަށް ދޭށެވެ. ޗުއްޓީ ދުވަސްވަރުކަމުން ގޭގައި އުޅުނު ޓީޗަރުންތައް އެމީހެއްގެ ވަޒަނަށް ގޮސް ނިމިއްޖެއެވެ. މުޅި ގެ ބަލަހައްޓަނީ އަވަށްޓެރި ޝިޒުނާގެ މަންމައެވެ. މާލެއިން އާދެވުމާއެކު ކެއިގޮތަށް ވެފައިވާ ވަރުބަލިކަމުން އެއްވެސް މަސައްކަތެއް ނުކޮށް އަހަރެންނަށް ގޮސް ނިދުނީއެވެ.

“ޓައްޓައް… ޓައް…ޓައް…” ދޮރުގައި މީހަކު ދެވަނަފަހަރަށް ޓަކި ދިން އަޑަށް އަހަރެން ތަށިތައް އަތުރައިލާފައި ހިނގައިގަތީމެވެ.

“ކާކު؟” ދޮރު ހުޅުވައިލިއިރު އެއްވެސް މީހަކު ފެންނާކަށެއްނެތެވެ.

ދޮރު ލައްޕާލުމަށްފަހު އަހަރެން ކުރަމުންދިޔަ މަސައްކަތަށް ދިޔައީމެވެ. އޭރުވެސް ވެފައިވާ ވަރުބަލިކަން އަހަރެންގެ ހަށިގަނޑު އިޙްސާސް ކުރަމުން ދިޔައެވެ. ސިންކު ކައިރިއަށް ގޮސް އިސްކުރުން ފެން ދޫކޮށްލުމާއެކު ޓީވީ އެޅުވުނެވެ.

“ކާކު؟” މި ގަޑީގައި އަހަރެންގެ ގޭގައި އުޅެނީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

“މިސްޗް…” އަހަރެން ޗޮކެއް ކަނޑައިލަމުން ސިޓިން ރޫމަށް ދިޔައީމެވެ.

ސިޓިން ރޫމަކު އެއްވެސް މީހަކު ނެތެވެ. ޓީވީވެސް ހުރީ ނިއްވައިލާފައެވެ. އެއީ އަހަރެންނަށް ހީވިގޮތްކަމަށް ޤަބޫލުކޮށް ބަދިގެއަށް ވަދެ އިސްކުރު ދޫކޮށްލުމާއެކު ދެވަނަ ފަހަރަށް ޓީވީގެ އަޑު އިވުނެވެ.

“ކިހައި ދެރަކަމެއް މީ!” ހިތްހަމަނުޖެހި ހުރެ އަހަރެން ތަންކޮޅެއް ބާރަށް ސިޓިން ރޫމަށް ދިޔައީމެވެ.

މިފަހަރު ފެންއިސްކުރު ބަންދު ކުރުމާއެކު ޓީވީގެ އަޑު މަޑުވިކަން އަހަރެންނަށް އެނގެއެވެ. ސީޓިން ރޫމާއެކު އެހެން ކޮޓަރިތައްވެސް އަހަރެން ބެލީމެވެ. އެކަމަކު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ވެފައިވާ ވަރުބަލިކަމުން އަހަރެންނަށް ނީވޭއަޑުތައް އިވެނީކަމަށް ޤަބޫލުކުރެވުނެވެ. އަހަރެން ހިނގައިގާތީ ކޮޓަރިއާ ދިމާއަށް އަރާމުކޮށްލުމުގެ ނިޔަތުގައެވެ.

“ޓަސް… ޓިސް…” ކުއްލިއަކަށް ކޮޓަރި ތެރެއިން އެއްޗެއް ތަޅައިގެން ދިޔަ އަޑު އިވުމުން އަހަރެންގެ ހިތަށް ގުޑުން އަރައިގެން ދިޔައެވެ.

އަވަސްއަވަހަށް އެދިމާއަށް ދުއްވައިގަނެވުނެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކޮޓަރި ތެރެއަށް ވަދެ އެކިތަންތަން ބެލަންފެށީމެވެ. ދޮރުފޮތިތައް ކަހައިލައި ކުޑަ ދޮރެއް ތަޅައިގެންގޮސް ހުރިތޯވެސް ބެލީމެވެ. އެހެންނަމަވެސް އަޖައިބަކީ އެއްވެސް އެއްޗެއް ތަޅައިގެން ގޮސްނެތީމައެވެ. އަހަރެންނަށް ކުޑަ ދޮރު ކައިރީގައި ވިސްނައިލަން ހުރެވުނެވެ. ރޭނގަޑުގެ އަނދިރިކަމުން ދޮރުފަތުގެ ބިއްލޫރިގަނޑުގެ ބޭރުން އެއްވެސް ތަނެއް ނުފެނެއެވެ.

“ބަން…” ބަންލާފައި ކޮޓަރި ދޮރު ލެއްޕުމުން އަހަރެން އަވަހަށް ގޮސް ދޮރު ހުޅުވަން މަސައްކަތްކުރީމެވެ.

އެހެންނަމަވެސް ދޮރެއް ނުހުޅުވުނެވެ. އަހަރެން ދޮރުގައި ދެތިން ފަހަރު ޖަހައިލީމެވެ. އެރެތެއިން ދޮރު ތަޅުލެވެން ހުއްޓެއްކަމަކު ދޮރު ހުރީ ބޭރުން ތަޅުލައިފައި ހުރިހެންނެވެ. އަހަރެންނަށް އަވަސްއަވަހަށް ނޭވައި ލެވެމުން ދިޔައެވެ. ފުން ކޮށެވެ.

“ކާސް…” އަހަރެން ދޮރު ކައިރީގައި ހުރެ ކުޑަދޮރާ ދިމާއަށް އެނބުރެލީ މީހަކު ކުޑަދޮރުފަތުގެ ދޮރުފޮތިތައް އަލުން އަނބުރައި ދޮރުފަތްތައް ނިވައިކޮށްލި އަޑަށެވެ.

އަހަރެންގެ ހިތް ބިރުން ވިރިވިރި ހުއްޓެވެ. ބޯ ހާސްވަމުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން މީހަކު އަހަރެންގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ސިއްސައިގެން ގޮސް ފަހަތް ބަލައިލިއިރު އެއްވެސް މީހެއް ފެންނާކަށެއް ނެތެވެ. އަހަރެން މަޑުމަޑުން ފަހަތްފަހަތަށް ޖެހެމުން ގޮސް އަލަމާރީގައި ވިދުނެވެ. އަހަންނަށް ހިންދިރުވައިލެވުނެވެ.

“ރާސް… ޓަސް…” އަލަމާރިމަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ފޭބި އަޑު އިވުނެވެ.

އިވުނު އަޑާއެކު މަތި ބަލައިލީމެވެ. އެޔާއެކު ފައިގާ މީހަކު ހިފައި ދަމައިގަތުމާއެކު އަހަރެން ބުރަކަށި ވަތަށް ވެއްޓުނެވެ. ނަސީބަކުން ބޮލެއް ނުޖެހެއެވެ. އެކަމަކު ބުރަކަށީގައި ރިހުން ހުއްޓެވެ. އޭރު ލޮލުން ކަރުނަ އައިސް ހުއްޓެވެ. ވާނުވާއެއް ނޭނގުމުގެ ސަބަބުންނެވެ.

“މީހެކޭ… މީހެކޭ… އަހަރެން ސަލާމަތްކުރޭ… މީހެކޭ…” ހުއްޓައިނުލައި އަޑަށް ލެވުނުހާ ބާރެއްލައި އަހަރެން ގޮވަން ފެށީމެވެ. ފުރަ ދަންވަރެވެ. މީހަކަށް އިވޭނެކަމެއް ނީވޭނެކަމެއް ނޭނގެއެވެ.

އަހަރެން ގެ އިސްތަށިގަނޑު ރޫޅުނެވެ. ފިރުކެމެން އަހަރެން އަނެއް ފުށަށް ޖެހުނީމެވެ. އަޅަމުން ދިޔަ ވޭނާއެކު މަޑުމަޑުން ތެދުވެވޭތޯއެވެ. އެހެންނަމަވެސް މީހަކު އަހަރެންގެ ފައިގާ ހިފައި ކޮންމެވެސް ތަނަކަށް އަހަރެން ދަމަން ފެށިއެވެ. ކޮޓަރިން ބޭރަށެވެ. ސިޓިން ރޫމަށެވެ. ނޫނެކެވެ. ކޮޓަރިން ބަދިގެއަށެވެ.

“ޓައްޓައް… ޓައް…” އަހަރެން ދަމާފައި ގެންދިޔަ މީހަކު ފައިން ދޫކޮށްލީ މީހަކު ދޮރުގައި ޓަކި ދިނުމުންނެވެ.

“ދޮރު ހުޅުވަބަލަ! އަހަރެންނޭ ތި އެއްޗެއް ކޮއި ގައިން ނެރުނީ…” ބޭރުގައި ހުރި މީހާ ވާހަކަ ދައްކާ އަޑު އިވެއެވެ.

އެހެންނަމަވެސް އަހަރެންނަށް އެއްވެސް އެއްޗެއް ނުކިޔެއެވެ. ވާހަކަ ދެއްކެއެވެ. އަޑު ނާންނަނީއެވެ. އެހީއަށް އެދެން ބޭނުންވެއެވެ. އެހެންނަމަވެސް އަޑުން އަޑުލައި ނުރޮވޭއިރު ވާހަކަ ދެއްކޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ލޯ ފުރައި ކަރުނަ އާދެއެވެ. ދިމާވެފައިވާ މުސީބާތުގެ ސަބަބުންނެވެ. ގައިގާ ހުރި ރިހުމުގެ ސަބަބުންނެވެ. ހިތްވަރުކޮށްފައި ދެފައި މައްޗަށް ތެދުވީ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގެ އެހީގައެވެ.

ކުއްލިއަކަށް އަހަރެންނަށް އަހަރެންގެ ހަށިގަނޑުން އެއްވެސް ކަމެއް ނުކުރެވެއެވެ. ކޮޅަށް ހުއްޓައި ގައިން ވާގި ދޫވީއެވެ. އެއްވެސް ގުނަވަނަކަށް ބާރެއް ނުފޯރުވުނެވެ. ހަމައެކަނި ކަޅި ހިންގައިލެވެއެވެ. ބަދިގެ މޭޒުގައި އޮތް ވަޅި ނަގައި އަތަށް ހެޔޮވަރުކޮށްލީމެވެ. ނޫނެކެވެ. ކޮންމެވެސް މީހަކު އަހަރެންގެ ހަށިގަނޑަށް ބާރު ފޯރުވަނީއެވެ. މަޑުމަޑުން އަހަރެން ދޮރާ ދިމާއަށް ގެންދަން ފެށިއެވެ. މަޑު ހިނގުމެއްގައެވެ. އޭރުވެސް ދޮރުގައި ޓަކި ދެމުން ދިޔަ މީހާ ޓަކިދީދީ ހުއްޓެވެ. ހުއްޓައި ނުލައެވެ.

ވަކި ހިސާބަކަށް ދެވުނުއިރަށް ދޮރު ހުޅުވުނެވެ. އަމިއްލައަށެވެ. ބޭރުގައި ހުރީ މުސްކުޅި މީހެކެވެ. ބޮލުގައި ތާކިހަލެއް އޮތެވެ. ކޮނޑުގައި ކުޑަތުވާޔެއް އޮތެވެ. ލައިގެން ހުރީ އާދައިގެ ހުދުކުލައިގެ ގަމީހަކާއި ބޮޑެތި ގޮޅިޖެހި ހުދު މުންޑެކެވެ. ބޮލުގައި އިސްތަށި ހުއްޓަސް ތުބުޅި ހުރީ ބާލައިފައެވެ. އެބޭބެ ކޮންމެވެސް އެއްޗެއް ކިޔަމުން ތުން ތަޅުވަމުން ދިޔައެވެ.

“ކޮއި ކައިރީގައި ބުނިން ނާންނާށޭ ރަށަށް. އެއެތި އަންނާނޭ…” އެ ހިސާބަށް އެބޭބެ ބުނި އެއްޗެއް އިވުނެވެ. ދެން އަހަރެންނަށް ވީގޮތެއް ނޭނގެއެވެ.

ލޯ ހުޅުވައިލިއިރު މަންމައާއި ބައްޕަ ސޯފާގައި ތިއްބެވެ. ފުލުހުންގެ ދެ މީހަކު މަންމަމެނާ ވާހަކަ ދައްކަމުން ދިޔައެވެ. ސިޓިން ރޫމަށް އެޅިފައި ހުރި އަލިން ދުވާލުވެއްޖެކަން އެނގެއެވެ. އަހަރެން އޮތީ ސޯފާގައެވެ. ސިޓިން ރޫމްގެ އެއްކަނުގައި އަނިޔާވެރިގޮތަކަށް މަރައިލާފައި އޮތް މީހަކު އޮތެވެ. އެމީހާގެ ހަށިގަނޑު އޮތީ ކަޅު ކުލައިގެ ކޮތަޅަކުން ނިވައިކޮށްފައެވެ. މުޅި ތަނުގައި ލޭގެ ކުރެހުންތައް ހުއްޓެވެ. އަހަރެންގެ އަތަށް ތަދުވުމުން އަތަށް ބަލައިލެވުނުއިރު އަހަރެންގެ ދެ އަތުގައި އޮތީ ބިޑި އަޅުވާފައެވެ.

ބުނަން ނޭނގޭ އިޙްސާސެއް ކުރަން ފެށުމުން އަހަރެންނަށް ހޭލެވުނެވެ. ފެނުނީ ހަޤީޤީ ހުވަފެނެކެވެ. އެކަމަކު އެއީ އަހަރެންނަށް ދިމާވެފައިވާ ގޮތެވެ. އެއީ އަހަރެން މި ކުޑަ ކޮޓަރިއަށް އަންނަން މެދުވެރިވި ސަބަބެވެ. އެނދުމަތީގައި އޮވެ އަހަރެން ކޮޓަރިތެރެ ހޯދައި ބަލައިލީމެވެ. އެއްވެސް މީހަކު ފެންނާކަށެއް ނެތެވެ. އަހަރެންގެ ގައިމަތީގައި އޮތް ބެޑްޝީޓު މީހެއްގެ ސިފައިގައި ހިއްލެންފެށިއެވެ. ހީވީ މީހަކު އަހަރެންގެ ގައިމަތީގައި އޮތްހެންނެވެ. ބިރުން ފިއްކަނޑައިގެން ދިޔަނަމަވެސް މިއީ މިކަންކަންވާ ފުރަތަމަ ފަހަރެއް ނޫނެވެ. އަހަރެން އަތްނަގަން މަސައްކަތްކުރީމެވެ. އެހެންނަމަވެސް އަހަރެންގެ އަތެއް ގުނޑުވައި ނުލެވުނުތަނުގައި ފައިވެސް ގުނޑުވައި ނުލެވުނެވެ. ނުފެންނަ ރޯނަކުން، އެނދުގައި އަހަރެން ވެހައިލައިފައި އޮތް އިޙްސާސް ކުރެވެމުންދިޔައެވެ. ހަޅޭލަވައިގަންނަން އަނގަ ހުޅުވައިލެވުނެވެ. އެހެންނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ހަޅޭލަވަންކުރި ހުރިހާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަރުބުނޑަށް ތަދުވެ، ބޮލަށް ބާރުކޮށް، ހެޔަށް ގޮތްވީއެވެ. އޭރުވެސް އެ އެތި އަހަރެންގެ ގައިމަތީގައި އޮތުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް ނުހަނު ގިނަ އަނިޔާތައް ވަމުންދިޔައެވެ. ލޮލުން ކަރުނަ ނުހިލި ހުއްޓެވެ.

ދެތިންފަހަރު ލޯ މަރައި ހުޅުވައިލީ އަހަރެންނަށް އޮވެވުނީ ހަމަ ދުނިޔޭގަތޯ ބަލައިލުމުގެ ބޭނުމުގައެވެ. އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި ވޭން އަޅައަޅައި ހުއްޓެވެ. އަހަރެން މަޑުމަޑުން އެއްއަރިއަކަށް އެނބުރެލީމެވެ. އަހަރެންނަށް ސިހުން ލިބުނެވެ. ކޮޓަރީގެ އެއްކަނުގެ ފަންގިފިލާގައި މީހަކު ވަކި ހިއްޕައިލައިގެން އަހަރެންނާ ދިމާއަށް ބަލަން އިނެވެ. އަހަރެންގެ ގައިން ހީބިހި އަރައިގެން ދިޔައެވެ. އެއީ މީހެއް ނޫނެވެ. އެއީ އެއްޗެކެވެ. އޭގެ ލޮލެއް ބޮލެއް ވަކިކުރާކަށެއް ނޭނގެއެވެ. ދެއަތާއި ދެފައި ހުންނަކަން އެނގެއެވެ. މުޅި ހަށިގަނޑު ހުންނަނީ ލޮދިކޮށެވެ. ހަންގަނޑު ހުންނަނީ ދޫދޫކޮށެވެ. ހަންގަނޑަށް އެކި ކުލަކުލަ އަރައަރައި ހުންނާތީވެ އެއީ ކޮން ކުލައެއްގެ ހައިވާނެއްކަމެއް ނޭނގެއެވެ. އަހަރެން އެޔަށް ގޮވަނީ “ވަންނި” ކިޔާފައެވެ.

މަޑުމަޑުން އެނދުގެ ބެޑްޝީޓް ގައިގާ އޮޅައިލީ އައުރަ ނިވައިކުރުމުގެ ޤަޞްތުގައެވެ. ދުލުން ހެޔޮ އެއްޗެއް ކިޔޭތޯ މަސައްކަތްކުރަމުން އަހަރެން އެނދުމަތީގައި އިށީނީމެވެ. އަހަރެންގެ ހިތުން ޤިބުލައަށް ކުރިމަތިލައިގެންނެވެ. ގަޔަށް އަރައަރައި ހުރި ހީބިހިގަނޑު އެއްކޮށް ފިލައި ހިނގައްޖެއެވެ. އަހަރެންނަށް ވީވަރަކުން ނަމާދުގެ ހަރަކާތްތައް ކުރަން ފެށީމެވެ. ކަލިމައަކަށްފަހު ކަލިމައެއް ކިޔަން ފެށީމެވެ. ރައްކާތެރިކަމަށް އެދި ދުޢާ ކުރަން ފެށީމެވެ. ސޫރަތުލް އިޚްލާސްއިން ނާސި ސޫރަތުގެ މޫރިތިވި އާޔަތްތަކެވެ. އަހަރެންގެ ލޮލުން ނިކަމެތިކަމާއި އުޅެވުނު ގޯސްކަމުގެ ސަބަބުން ކަރުނަ ފޭދިފޭދި ހުއްޓެވެ.

“އައީން!” އަހަރެން ސިއްސައިގެން ދިޔައީ މީހަކު އަހަރެންނަށް ގޮވައިލުމުންނެވެ.

އަޑުއާ ދިމާއަށް ނަޒަރު ހިންގައިލީމެވެ. އަހަރެންގެ ގާތުގައި އަޒްކާ ހުރީ ފޮތްތަކެއް ހިފަހައްޓާލައިގެންނެވެ. އެއީ އަހަރެން މަދްރަސަތުލް ކުއްލިއްޔާއަށް ކިޔަވަން ވަނުމަށްފަހު ދިމާވި އެންމެ ޞާލިޙް ރަޙްމަތްތެރިޔާއެވެ. އެކަނިވެރިކަން ފިލުވައިލަދޭ އެކަކެވެ. ކުރާ ޚިޔާލްތަކާއި އަހަރެންނަށް ދިމާވެފައިވާ ދަތި ގޮތްތައް ހަނދާން ނައްތައިލަދޭ ދަންމަރެކެވެ. އެހެންނަމަވެސް އެކަންކަމަށްފަހު ކަނޑަތުކުރި ދެއަހަރުގައިވެސް އަހަރެންގެ ހަނދާނުން އެކަންކަން ހަނދާން ނައްތައިލުމަކީ އުނދަގޫކަމެކެވެ.

އެ ދިމާވި ބިރުވެރި ހާދިޘާއިން ސަލާމަތްވެވުނީ ހެއްދެވި ފަރާތައް އަލުން އެނބުރި ރުޖޫޢަވުމުންނެވެ. ސަޖިދައަށް ތިރިވެ އުޅުމުގެ ސަބަބުންނެވެ. އެކަނލާގެއަށް ކިޔަމަންވުމުގެ ސަބަބުންނެވެ.

“އާނ… ހިނގައިދަމާ! މިހާރު ހުންނާނެ އަހަރެންގެ ދަރި ސޮރުވެސް ލަސްވެފަ…” އަޒްކާއާއެކު އަހަރެން މަޑުމަޑުން ހިނގައިގަތީ ގެއާ ދިމާއަށެވެ.

 އަހަރެންގެ ހިތަށް އެރިއެވެ. “ދުނިޔެމަތީގައި ވަންނިވަންނި ޖައްސައިގެން އުޅެންޏާ ވަންނި އަންނާނެއެވެ.”

Comments (32)

  1. yeah

    first

  2. naff

    actually vaahaka varah salhi but fahun fahun vaahakaige vee nuvi eh neygunu… u could make it better than this… vaahakaiga ekuhjaa ragalhu vy dho… ekamaku kihineh kameh bayaan koh fa nethy ma ethan kolhu kuda koh miss vey… and e anhen kuhjaa vanni jahsan kuri kon kameh kan ves neh bayaankohfa… but i hope in the next soty of urs u will think the story, chenck and than upload it…. jaza kallah khairan for the story

    1. Asad
      naff

      aslu vaahaka avas avas kohlevunee submit kuran. hehe. tnx by the way. 🙂

    2. emern13
      naff

      yeah.i totally agreee with u.fahathun aisfai vee ehves kameh neygunu

    3. Asad
      naff

      hehehe
      thank for comment
      plx do comment for other stories too and will write something good for u all. 🙂

  3. Ooooh yeah

    vaanuvaaa..Vanni Vanni….

  4. Anonymous

    kalo mee haveeru ga ves jahaafa in vaahaka eh.. keeh kuran esfiyaiga jahany

    1. Asad
      Anonymous

      kudhin kudhinge comment kolheh beynunvaatheeve. hehe. 😉

  5. Aanaa

    Misch eh noon pis dho dhivehin kiyany. Anyway, boring story… Ehera tas tas adu thakaa echehi heevany kuda kudhinge vaahaka eh hen. Haveeruga oi iru ves foohi.. Mihaaru ves foohi

    1. Asad
      Aanaa

      hmm. tas tas maa ginavefaey dw. raghalhukohlaanan in sha allah.
      baeh hisaabuga mischves use kurey. dhen pis ahvure misch alhugadah maa furihama. hehe. 😉

  6. Fatho

    ***** I just read

  7. Mack

    Vanni jahsaigen ulhumuge maana aky kobaatha.kudakudhinge vaahaka eh DW.v boring story…..

    1. Asad
      Mack

      aslu haveerah hovunee husha alaidheefa huri gothun kamah belevenee. kudakudhinge vaahakaeh noon miee. ekam vahni vahni jahsaanee kudakudhin. hehe. 😉 in sha allah will write a good one soon.

  8. Asad

    hehe. tnx for the comments. will try to write something u guys like in sha allah.

  9. mwah

    Asad….. new writer eh dhw? I mean esfiya ga…

  10. mwah

    Oooooops sorry not a new one…

    1. Asad
      mwah

      hehe. 🙂
      I took a break 😉

  11. kokeelaa

    Goheh nun

    1. Asad
      kokeelaa

      tnx. 🙂

  12. kala123

    އަސަދު ލިޔުމުގެ ވައްތަރު ބަދަލު ނުކޮށް ތިޔަ ގޮތުގައި ކުރިޔަށް ގެންދާނެ ކަމަށް ހީކުރަން.ތިޔައީ ވަރަށް ހުނަރުވެރި މޮޅު ލިޔުންތެރިއެއް. މިސައިޓުން ގިނައިން ފެންނަ ހެވާ ނުލާ މިރި އެއީ ފޮނި ކުރުނބާ ކަމަށް ދެކި ތާރީފު އޮއްސާ ޅަ ޒުވާން ގިނަ ކިއުންތެރީންނަކީ އަސަދު ތިޔަ ލިޔާ ވައްތަރުގެ އަދަބީ ވާހަކަޔަށް ފާޑުކިޔޭނޭ ފެންވަރެއް ހުރި ކުދިންތަކެއް ކަމަކަށް ނުދެކެން

    1. Asad
      kala123

      ޝުކުރިއްޔާ
      އެކިބޭބޭފުޅުންނަށް ރަނގަޅުވާނީ އެކިވައްތަރުގެ ވާހަކަ
      މިވާހަކަ މިއީ މުބާރާތަށް ލިޔުނު ވާހަކައެއް. އަޅުގަނޑު ބޮޑަށް ފޯކަސްކުރީ ޖަޖުންގެ ހިތް އަތުލެވޭތޯ. ﷲ އިރާދަކުރެއްވިއްޔާ މިފަދަ ވާހަކަތައް ކިޔުންތެރިނަށްވެސް ކަމުދާނެހެން
      ލިޔެވޭތޯ މަސައްކަތްކުރާނަން
      🙂

  13. Thoo

    Fahun vee nuvee eh neygunu

    1. Asad
      Thoo

      hehe. kudhin kudhin buney visnaigen keema ae getvanee. 😉

  14. Lol

    so mee amaaz gandu dhw nan badhalu koh gen miulhenee.. dhn v foohi. abadhu hama kurin kiyaafa hunna vaahaka up kuraanee:/ too lazy to write a new one Huh???

    1. Asad
      Lol

      this is not amaaz.
      i would love to meet him, hehe. 😉
      kuhveriyaa is a new one. will post a new one soon in sha allah, which u guys will like.

  15. nifu

    Salhi story eh. Biruveri romantic story akah inthizaaru kuran.

    1. Asad
      nifu

      in sha allah will write something like that later.

  16. Has

    Asad ge vaahaka thah varah rythi… u r the best… keep it up

    1. Asad
      Has

      thank you @nifu and @Has 🙂

  17. rifa

    Asad kobaa aa vaahakaeh nuliyantha haadha dhuvaheh vejjey aa vaahakaeh nufenna thaa pls aa vaahakaeh up kohba

    1. Asad
      rifa

      in sha allah.
      kuriyah eba gendhan vaahakaeh.
      kudakoh busy midhuvaskolhu. hehe 🙂

  18. Levy

    Mi vaahaka get nuvey..
    Guess it is my problem..
    Your stories are inyresting.

Comments are closed.