Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެން މަރުވަނީ!!!

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 6, 2015 3 Mins Read
17 Comments

images

އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕަވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައި ކަމަށް މަންމަ ބުނެއެވެ. އަހަރެން ބޮޑުވެގެން އައީ ހަމައެކަނި މަންމައެއްގެ ލޯބި ލިބިގެންނެވެ. މަންމަ އަހަރެންނަށް ބައްޕައެއްގެ ލޯބި ދިނުމަށް ކިތަންމެ މަސައްކަތް ކުރިޔަސް އެ ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. އަބަދުވެސް ބައްޕައެއްގެ ލޯތްބައް އެދި ގޮވަމެވެ. ބައްޕަ މިތާ ހުރިނަމައޭ ބުނެވެއެވެ. ނަމަވެސް ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. މަންމަ ބައްޕަދެކެ ވަރަށް ރުޅިއާދެއެވެ. އަހަރެންނަކަށް ސަބަބެއް ނޭނގުނެވެ. އަހާ އަހާ ނުވެސް ބުންޏެވެ. އަހަރެން ކުރިމަތީ އަހަރެންގެ ބައްޕައަށް އޭތި މީތި ގޮވަމުން ދަނީ ސަބަބެއް ނެތިއެއް ނޫންކަން އަހަރެންނަށް އިނގެއެވެ. އަހަރެންގެ ނަމަކީ ޝާނާ ވަހީދު އެވެ. އަހަރެންގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން އަންނާތީވެސް މަންމަ ވަރަށް ޝަކުވާ ކުރެއެވެ. ނަމަވެސް ދެން ކުރާނީ ކީއްހެއްޔެވެ. ނަންއޮތީ ކިއިފައެވެ. ބަދަލު ކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ.

ހަޤީޤަތުގައި މަންމަވެސް ބޭނުމެއް ނުވާނެކަން އިނގެއެވެ. އަހަރެން ކުރިމަތީ އެކަން ދައްކަނީއެވެ. އަހަރެން ކުރިމަތީ މަންމަ ބައްޕައޭ ކިޔައިގެން އެގޮތަށް ވާހަކަ ދެއްކި ކަމުގައިވިޔަސް މަންމަ ބައްޕަ ދެކެ ވަރަށް ލޯބިވެއެވެ. އެތަށް ދުވަހަކު އެބައްޕައަށް ޓަކާ ސިއްރު ސިއްރުން ކަރުނަ އޮހޮރާތަން އަހަރެންގެ މި ދެލޮލުން ދެކުނީމެވެ. މަންމައާއި ބައްޕަގެ މި ކަންތައް ގަނޑަކީ ވަރަށް ވެސް ބޮޑަށް އޮޅުން އަރާފައިވާ ސިއްރެކެވެ. އަހަރެންނަށް ނޭނގުނަސް އަހަރެން އެކަން ހޯދާނަމެވެ.

މަންމަ އަހަރެންދެކެ ވަރަށް ލޯބި ވެއެވެ. މަންމަ އަކީ އަހަރެންގެ އެކުވެރިއެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އަހަރެން ހުރިހާ ވާހަކައެއް މަންމައަށް ވެސް ކިޔައިދެމެވެ. ނަމަވެސް މަންމައެއް ނުކިޔާދެއެވެ. މަންމަ ދިރިއުޅުމުގައި ހިނގާ ހާދިސާތައް އެނގެން އަހަރެންވެސް ބޭނުންވެއެވެ.

އަހަރެން ރަށުގައި ތައުލީމީ ފެންވަރު އެހާ ރަނގަޅު ރަށަކަށް ނުވުމުގެ ސަބަބުން އަހަރެން ޖެހުނީ ގުރޭޑް 8 ކިޔަވަން ކައިރީގައި ހުރި އަތޮޅު ވެރިކަން ކުރާ ރަށަށް ބަދަލުވާށެވެ. އަހަރެންގެ މަންމަގެ ރައްޓެއްސެއްގެ ގެއެއްގައި އަހަރެން ހުންނަން ހަމަޖެއްސީ މަންމައެވެ. މަންމަ ރަށުގައި ހުންނަން ޖެހުނީ މަންމަގެ ވަޒީފާގެ ސަބަބުންނެވެ. އެ ވަޒީފާ ގެއްލިއްޖެނަމަ އަހަރެމެން ދެމީހުން ޖެހޭނީ ބަނޑަށް ތިބޭށެވެ. މަންމައަކީ ރަށުގެ ހެލްތް ސެންޓަރގައި މަސައްކަތް ކުރަމުންއަންނަ ހެލްތް ވޯކަރެކެވެ.

10 ނިންމާ 11ށް ދިޔައީ ވަރަށްވެސް ރަނގަޅު ނަތީޖާއަކުންނެވެ. މަންމަގެ ލޯ ކަރުނުން ތެންމާލި ފުރަތަމަ ފަހަރަށް މިފަހަރު ވިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަނެއްކާވެސް ސުކޫލް ފެށުމުން އަހަރެން މަންމަ ދޫކޮށް އެރަށަށް ދާން ޖެހުނެވެ. އެހިސާބުން އަހަރެންގެ ދިރިއުޅުމަށް ބޮޑު ތޫފާންގަނޑެއް އެރިއެވެ. އެ ތޫފާނަކީ އެންމެ މީހެއްގެ ސަބަބުން އެރި ތޫފާންގަނޑެކެވެ.

އަހަރެންގެ އެންމެ އެކުވެރި ޝިފާ ގެ ދެބެންގެ ދެދަރި ބޭބެ އަހުމާން އަހަރެންގެ ގާތު ރައްޓެހި ވާން އެހި ފަހުންނެވެ. “ސޮރީ.. އެކަމު ޝާ ބޭނުމެއްނޫން ރައްޓެހިވާކަށް.” އަހަރެން އޭނަ އާއި ވަރަށް ރީއްޗަށް ވާހަކަދައްކަމެވެ. ބަލާބެލުމަށް އޭނަ އަކީ ގޯސް މީހެއް ހެނެއް ހިޔެއް ނުވެއެވެ. އެކަމުވެސް އަހަރެން އޭނަ ދެކެ ވަރަށް ރުޅިއާދެއެވެ. ފަހަތުން ގެއާއި ހަމާލަށް އައުމާއި އަހަރެންގެ ޖަވާބު އެނގި ހުރެވެސް އަހަރެންނާއި ތަކުރާރުކޮށް ރައްޓެހިވާން އެހުން ވީ އަހަރެންގެ ސިކުނޑިއަށް އުނދަގޫތަކެއް ކުރިމަތި ވީކަމެކެވެ.

 “ހެޔޮނުވާނެ އަހަރެން ފަހަތުން ނައިސްބަލަ.. އަހަރެން ބުނެފީމެއްނު ރައްޓެހު ވާކަށް ބޭނުމެއް ނުވެޔޭ ދެން ކީއްކުރަން މޮޔައެއްހެން ފަހަތަން ތިޔަ އަންނަނީ.. އަހަރެންގެ ޖަވާބު ނީނގެނީތަ.. އަދި އެއްފަހަރު ބުނަން ވީތަ؟؟ އަހަރެން ޝާނާ ވަހީދު ކަލޭ އާނ! ކަލޭ އަހުމާން އިބްރާހިމް އަކާއި ރައްޓެހި އެއް ނުވާނަން.. މިހާރު ޖަވާބު ވަރަށް ސާފު ދޯ.” އަހަރެން އެދުވަހު އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ. ހިނގާފަ ދާ މީހުންނަށް އަޑު އިވިދާނެ އަތީއެވެ. މިއީ އަހަރެން މީހަކާ ދިމާލަށް މިފަދަ ގޮތަކަށް ރުޅިއައިސްގެން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ރުޅި ކޮންޓްރޯލް ނުވީއެވެ. އަހުމާން އަހަރެންނާއި ދިމާލަށް ބަލަން ހުރެފައި މަގުގެ އެފަޅިން އައި ޕިކަޕެއްގެ ކުރިމައްޗަށް އެރިއެވެ. އޭރުވެސް ހުރީ އަހަރެންނާއި ދިމާ ބަލަހައްޓައިގެންނެވެ.

“އަހުމާން.. ކަލޭ މޮޔަވީތަ.. ޕްލީސް ދުރައްދޭ ތިތަނުން” އަހަރެން އެހެން ބުނިއިރު މާ ލަސްވެއްޖެއެވެ. ޕިކަޕް އައިސް އޭނާގެ ގައިގާ ޖެހުނެވެ. އޭނާ ދިޔައީ ވިއްސައިގެންނެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަހަރެންގެ ސަބަބުން އެހެން މީހެއްގެ ފުރާނަ ދުއްވާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ދުވެފައި އަހުމާން ކައިރިއަށް ދިޔައީމެވެ. މަގުން ހިނގާފަ ދިޔަ ދެމީހަކުވެސް އެތަނަށް އައެވެ. ޕިކަޕް ދިޔަގޮތަށް ދިޔައީއެވެ. މީހެއްގެ ސައިކަލެއްގެ ފަހަތަށް އަރުވައިގެން އަހުމާން ގެންދިޔައީ ހޮސްޕިޓަލަށެވެ. އޭނާގެ ހެޔެއް އޭރަކުވެސް ނެތެވެ. އަހަރެން ދުވެފައި ދިޔައީ ޝިފާ މެން ގެއަށެވެ. އަދި އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. “ޝާނާ… އޭނައާއި ރައްޓެހިވެބަ.. ޕްލީސް.. އަހަރެންނަށް އިނގޭ ޝާނާ އައީ އެހެންމީހަކަށް ހިތް ދީފަކަން.. އެކަމަކުވެސް ޝާހާން ޝާނާ އަކަށް ލިބޭނެ ކަމެއް ނޭނގެ އެއްނު.. ޝާހާން ގެހިތުގައި އޮތް އެއްޗެއްވެސް ނޭނގެއެއްނު.. އަހަރެން ބޭބެ މަރުވެދާނެ ޝާނާގެ ލޯބީގެ ހައްޤުޤައި… ހެޔޮނުވާނެ ޝާނާ އޭނާ އާއި ރައްޓެހިވޭ” އަހަރެންނަށް ރޮވުނެވެ. އަހަރެން ޝާހާން ދެކެ ވަރަށް ލޯބިވެއެވެ. އެއީ އަހަރެންގެ ރަށު ކުއްޖެކެވެ. އަހަރެން އޭނާ ދެކެ ލޯބިވާނެ ފެށީ ކޮންދުވަހަކުން ފަށައިގެން ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނަދެކެ އަހަރެން ވަރަށް ލޯބިވާ ކަމެވެ. “އަހަރެން ވިސްނާލާނަން.. ހޮސްޕިޓަލް އަށް ގޮސް ވާނުވާ އަންގާލާތި. އަހަރެން ގެއަށް މިދަނީ..”

އަހަރެން ޝިފާ ކައިރިއަށް ދިޔައީ އޭނައާއި އެކު ހޮސްޕިޓަލަށް ދިޔުމުގެ އުންމީދުގައެވެ. ނަމަވެސް ޝިފާ ދެއްކި ވާހަކަ އަކުން އަހަރެންގެ ބޮލުގަ ރިއްސައިގަތީއެވެ. ވިސްނާލަން ބޭނުންވީއެވެ. ތެދެކެވެ. ޝާހާން އަހަރެންނާއި ދޭތެރޭ ދެކޭ ގޮތެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އަހަރެން އޭނަދެކެ ލޯބިވިޔަސް އޭނަ ނުވެދާނެއެވެ. އަހަރެން އަހުމާން އާއި ރައްޓެހި ނުވެއްޖެނަމަ ހަމައެކަނި އަހުމާންގެ ފުރާނައަށް ގެއްލުންވާނީކީ ނޫނެވެ. އަހަރެންނާއި ޝިފާގެ ގުޅުމަށްވެސް ބުރުއަރާނެއެވެ. އެ ދެކަމަކީވެސް އަހަރެން ވާން ބޭނުން ކަމެއް ނޫނެވެ. އަހަރެން މަންމައަށް ގުޅާލީމެވެ. ހަދާނެ ގޮތް ހުސްވީމައެވެ. ޝާހާންގެ ވާހަކައަކީ މަންމަގާތު ނުދައްކާ ވާހަކައެކެވެ. ނަމަވެސް އެނޫން ހުރިހާ ވާހަކައެއް މަންމައަށް ކިޔައިދެމެވެ.

“މަންމާ ޝާ ކިހިނެއްތަ ހަދަންވީ ދެން؟” “ދަރިފުޅާ.. މަންމައަށް ފެންނަނީ އޭނައާއި ރައްޓެހިވާން. އޭނަ ކޮންމެ ކަމެއްވެސް ކޮށްފާނެ.. އަނެއްކާ ތިބުނީ ޝިފާ ގެ ދެބެންގެ ދެދަރި ބޭބެއޭ. އެއި ވަރަށް ރަނގަޅު އާއިލާއެއް.. މަންމަ ބުނާނީ އޭނަ ބޭނުންވާ ކަންތައް އޭނައަށް ކޮށްދޭށޭ.. ދަރިފުޅާ ދެން މަންމަ ބާއްވަނީ ފަހުން ގުޅާނަން. މިއިނީ މަރުކަޒުގަ.. ރަނގަޅަށް ކިޔަވަންޗޭ” “އޯކޭ މަންމާ.. ބައި” އަހަރެން ފުންނޭވައެއް ޖައްވުގެ ތެރެއަށް ދޫކޮށްލީމެވެ.

އަހަރެން އަހުމާން އާއި ރައްޓެހިވާނީއެވެ. އެނޫން ގޮތެއް ނެތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 2

Next

ހިޖުރަ (ބާވީސްވަނަ ބައި)

Next
September 6, 2015

ހިޖުރަ (ބާވީސްވަނަ ބައި)

Previews
September 6, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 2

17 Comments!

  1. Ryn says:
    September 8, 2015 at 10:40 am

    Guys plx tell me if there is any mistake so tht i cn improve. n this is my frst stry mi site ah.. ginain liyany english stries vrh fahun dhivehi stries liyan feshy so it is vry difficult fr me sifa kurun n all tht.. bt with all of u supprt i will do it in sha allah.. thnks fr reading the stry _Ryn_

  2. mohamed irufan5 says:
    September 8, 2015 at 11:16 am

    v reethi

    1. Ryn says:
      September 8, 2015 at 11:37 am

      thanks… :)…

  3. aishy says:
    September 8, 2015 at 11:55 am

    Nice story eh, imlaa kuh kommes varakah ebahuri ekan rangalhu kohlyma OK vaane

    1. Ryn says:
      September 8, 2015 at 11:59 am

      thnks aishy.. nxt tym rangalhu kureveythw balaanan.. thnks alt fr telling me.. 🙂

  4. Aishaa says:
    September 8, 2015 at 12:11 pm

    Reethi….ekam thankolheh kury….nxt prt thankolheh dhigu kon genesdhehchey….waiting 4 the nxt prt….kon irakun nxt prt genesdhey ny??

    1. Ryn says:
      September 8, 2015 at 12:14 pm

      thnks aishaa.. n ok dhigu kohdheynan dhn inna prt 😉 n in sha allah vrh avahah up kohdheynan…

    2. Ryn says:
      September 8, 2015 at 12:16 pm

      thnks aishaa.. n vrh avahah up kohdheynan in sha allah. 😉 n dhn inna prt dhigu kureveythw balaanan ;). once again thnks

  5. Aishaa says:
    September 8, 2015 at 12:14 pm

    kon site thakakah vaahaka liyany??

    1. Ryn says:
      September 8, 2015 at 12:18 pm

      english stries hunna site akah.. i dnt rembr the site name.. cx eii lst year nun aneh year..lst year ga 10 ga ulhunyma stry liyun madu jahsaaly…

  6. Anonymous says:
    September 8, 2015 at 12:14 pm

    Nice

    1. Ryn says:
      September 8, 2015 at 12:18 pm

      thnks anonymous 😉

  7. sharu says:
    September 8, 2015 at 1:30 pm

    Vvv salhi mi story thakolhan kurey mi part nxt part thankolhan dhigu kolaa.

    1. Ryn says:
      September 8, 2015 at 9:46 pm

      thnks sharu.. dhn inna prt dhigu kureveythw balaanan 😉

  8. nukko says:
    September 8, 2015 at 3:37 pm

    Hey ryyn. Finally I got a chance to read ur story. Feshun awesome. . Dhen liyefa huru iru huryy italic koh ehnve lolah undhagoo kuda koh. But story habeyx ingeyy….. dhen kn dhuvas thakaku up vaanyy and thankolheh dhigu kohllachey nxt part…. im waiting… 🙂 🙂 🙂 🙂 🙂 🙂

    1. Ryn says:
      September 8, 2015 at 9:48 pm

      thnks nukko. n ryn vx vrh try kurin italic gothah huryma chng kurn bt nuvi.. sry fr the inconvenience.. 😉 n nxt prt dhigu kureveythw balaanan.. 😉 once again thnks alt nukko..

  9. shìfa says:
    August 4, 2020 at 2:26 am

    Love ur stories so much..I decided to read from the beginning.. So excited.. this is my first comment for the site.. ❤️❤️?

Comments are closed.

Next Episodeއަހަރެން މަރުވަނީ!!! ޕާޓް 2←


All Right Reserved!