Skip to content
އެސްފިޔަ

ބެސްޓްފްރެންޑް 2

މާޒީ ގެ ތެރެއަށް ފީނާކަށް މާގިނައިރެއް ނުނެގިއެވެ. 

1 އަހަރު ކުރި

ލިވީން މާލެ އައީ އަންނަ ހިތަކުނެއް ނޫނެވެ. ނަމަވެސް މަންމަގެ އެދުމުގެ މަތިން މާލެ އައީ  މޮޅަށް ކިޔަވައިގެން ޑަކުޓަރަކަށް ވުމުގެ  އުއްމީދު ގައެވެ. 15 އަހަރު ފުރިފައި ވީނަމަވެސް ލިވީން އަކީ ދުވަހަކުވެސް މަންމަ އާއި ވަކިން އުޅުނު  ކުއްޖެއް ކަމުން ފުރަތަމަ ލިވީން އަށް އުޅެން އުނދަގޫ ވިއެވެ.

އެކަމަކު އެއީ ކުޑަ ދުވަސްކޮޅަކަށެވެ. ލިވީން ސްކޫލް އަށް ދާން ފެށުމުން  ހުރިހާ ކަމެއް ވެސް ބަދަލު ވިއެވެ. ލިވީން އަކީ ބަސްމަދު ކުއްޖެކެވެ. އެހެން ކަމުން އެކުވެރި އެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ކުލާހުގައި ލީވީންގެ ކައިރީގައި އިށީނދެ އިން ޒަޔާން އަކީ ވަރަށް އެކުވެރި މިޒާޖެއް ގެ މީހެކެވެ. ދެ ހަފުތާ ފާއިތުވެގެން ދިޔައިރު ލިވީން އާއި ޒަޔާން ގާތް ދެއެކުވެރިނަށް ވިއެވެ. ދެމީހުން ސްކޫލް ނިންމާފައި އެކީގައި ވަގުތު ހޭދަ ކުރަންފެށިއެވެ. ނަމަވެސް މި އެކުވެރިކަން ނިމިގެން ދިޔައީ ހީވެސް ނުކުރާހާ ހިތްދަތި ކޮށް ލިވީންގެ ހިތް ފިސް ކޮށްލާފައެވެ.