އުދާސް
25 ޖަނަވަރީ 2022 ފެށިގެން ކިޔުންތެރިންނާއި ހަމައަށް އަންނަނީ….
ހިސާބު ގަނޑަށް ވެރިފައިވާ ހަމަހިމޭން ކަމުން ޔާސީންގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އެ ހިތް ހަމަޖެހުމުގެ ތެރެއިން ހަޔާތުގައި ދިމާވާމުން ދިޔަ ކަންތައްތަކާ ޔާސީން ވިސްނަމުން ދިޔައެވެ. ކަންކަމުގެ ކޮޅެއް މެދެއް ފެންނަން ނެތް އިރުވެސް ޔާސީން އެއްވެސް މީހަކަށް އެއްވެސް ވާހަކައެއް ހިތްސާއެއް ނުކުރެއެވެ. އެވަރުގެ އިތުބާރެއް ހުރި މީހަކު ފެންނަން ވެސް ނެތީމައެވެ. ދިމާ ވަމުން ދިޔަ ހުރިހާ ކަމެއް ވެސް ޔާސީން ސިއްރު ކުރަމުން ދިޔައީ ހިތުގައެވެ. އެހެން ސިއްރު ކުރާ ކުރުމުގެ ސަބަބުން ބައެއްފަހަރު ޔާސީންގެ ހިތަށް ބުރަ ބޮޑުވެގެންދާ ފަހަރުވެސް އާދެއެވެ. އެފަދަ ހާލަތުގައި ޔާސީންގެ އުދާސްތައް ކަރުނައަށް ބަދަލުވެގެން ފައިބާ ފަހަރު މަދެއް ނޫނެވެ.
ކުއްލިއަކަށް ޔާސީން ފަސްނއެބުރި ބަލާލީ މީހެއްގެ ހިލަމެއް ވިހެން ހީވެގެންނެވެ. ޔާސީން އެހިސާބުގަނޑަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ޔާސީންއަށް ހީވާން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އާންމުކޮށް ޔާސީންއަށް އެކަން އިހުސާސް ކުރެވެނީ އެކަނިވެލާ ވަގުތުގައެވެ. މީހަކު ޔާސީން އަށް ފާރަލާހެން ހީވިޔަސް އެވަރުގެ މީހަކީ ކާކުބާއޭ ޔާސީން ގެ ހިތަށް އެރައެވެ. އިރުކޮޅެއް ވަންދެން އިނުމަށްފަހު އިށީދެގެން އިންތަނުން ތެދުވެގެން ޔާސީން ހިނގައިގަތެވެ. ވަށައިގެން ވާ ބިޔަ ބޮޑެތި ގަސްތަކުން ހިކިގެން ފައިބައިފައި ހުރި ފަތްތަކުގެމަތިންނެވެ.
އިންތިޒާރުކޮށްލައްވާ…

