Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

އުފަންދުވަސް

EEMA Level 1
January 10, 2022 2 Mins Read
1 Comment

އާދައިގެ މަތިން މިއަދު ވެސް އަހަރެން ކޮލެޖަށް ކިޔަވަން ދިއުމުގެ ކުރިން ބޮޑުބޭބެގެ ހުއްދައާއި އެކު އާޓިފިސަލްބީޗަށް ފިނިވައި ޖައްސާލުމުގެ ނިޔަތުގައި ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ދިޔައީމެވެ. ފަތިސް ގަޑި ކަމުން މި ހަލަބޮލިމާލޭގައި މީހުން ފެންނަނީ ވަރަށް މަދުންނެވެ. އެވެސް ދުވަން ނިކުމެ އުޅޭ މީހުންނެވެ. މިއަދު ފަތިހު ރަށަކުން ބޯޓެއް ނުލަފާތީ ކާރެއް ވެސް ފެންނަނީ ހުދު ކާޅެއް ދައްކާލާ ހެންނެވެ.  އަހަރެން ފުރަތަމަ ވެސް ގޮސް އިށީނީ މޫދާ އެންމެ ކައިރީގައި ހުރި ހަޓު ތަކުން ހަޓެއްގައެވެ. އެހެން އެކި ހިޔާލުތަކުގައި އެތާއިނދެފައި އަހަރެން ގެޔާ ދިމާ އަށް މިސްރާބު ޖެހީ ގަޑިން ހަ ގަޑި ބައިވާން ގާތްވެފައި ހުއްޓައެވެ.

ގެއަށް ވަދެވުމާއެކު އަހަރެންނަށް ބޮޑުބޭބެ ގޮވިއެވެ. ބޮޑުބޭބެ ފުރަތަމަ ވެސް އެހީ އަހަރެންގެ ކިޔެވުން ދާގޮތެވެ. ދެނަ އެއަށްފަހު އަހަރެން ގާތު އެހީ އެއްހަފުތާ ފަހުން އަންނަ އަހަރެންގެ އުފަންދުވަހު ބޭނުމީ ކީއްކުރަންތޯއެވެ.؟ އަދި އުފަންދުވަހުގެ ހަދިޔާ އަކަށް ބޭނުމީ ކޯޗެއްތޯވެސް އެހިއެވެ. އަހަރެންގެ ބޮޑުބޭބެ އަކީ އަހަރެން މަންމައާއި ބައްޕަ ފިޔަވައި ދެން އެންމެ ލޯބިވާ މީހާއެވެ.  ހަމަ މިގޮތަށް ބޮޑު ބޭބެ ވެސް އަހަރެން ދެކެ އެހާ ލޯބި ވެއެވެ. ވެދާނެއެވެ. ނޫނެކެވެ. އަހަރެންނަށް ޔަގީނެވެ. އެއީ ބޮޑުބޭބެގެ އަންހެން ދަރި އެއް ނުހުންނާތީއެވެ. އަހަރެން އަވަހަށް ޖަވާބު ދިނީމެވެ. “އަޅުގަނޑު ބޭނުމީ މަންމަމެން މާލެ ގެންނަން ” . ބޮޑުބޭބެ މިކަމަށް ތާއިދު ކުރައްވާ އަޅުގަނޑު އަށް މިކަން ކޮށްދޭން ނިންމެވިއެވެ. އުފަންދުވަސް އަންނަން ދެދުވަހަށް ވެފައި ވަނިކޮން  ބޮޑުބޭބެ އަހަރެން ގާތު ބުނުއްވީ މިފަހަރު އަދި މަންމަމެންނަށް އާދެވެން ނެތްކަމެވެ. އަހަރެން ވަރަށް މާޔޫސްވިއެވެ. ނަމަވެސް ހަޤީޤަތަކީ މަންމަ މެންނަށް އާދެވޭނެކަމެވެ.

އިއްސާހިތަކުން އަހަރެންގެ އުފަންދުވަސް އައިއްސިޔެވެ. އަހަރެން އުފަލެއް ނުވެއެވެ. އަހަރެންގެ އުފަންދުވަހުގައި މިފަހަރު ލޯބިވާ މަންމަ އާއި ބައްޕަ ކާރީ ހުރެވެން ނެތީމައެވެ.  ނަމަވެސް އެއްވެސް ސަކުވާއެއްނެތެވެ.  އެދުވަހު ބޮޑުދައިތަ އަހަރެން ގާތު ރީތިވެގެން އައުމަށް އެދުމުން އަހަރެން ރީތިވެގެން އައިރު ބޮޑުބޭބެ އެއް ގެޔަކު ނެތެވެ. ދެން އަހަރެން އެހެން އިންދާ ބޮޑުދައިތަ އަށް ފޯނު ކޯލެއް އައެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ ވަރަށް ބާރަށް ރޮމުން ނުކުމެގެން ދިޔަ ބޮޑުދައިތަ ފެނިފައެވެ. އަހަރެންވެސް ދުއްވައިގަތީމެވެ. ގޮސްވަނީ ގެކައިރި އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. އަހަރެމެން އަވަސް ފަރުވާދޭ ރޫމާ ހިސާބަށް ދެވުނު އިރު ބޮޑު ބޭބެ އެތާހުއްޓެވެ. ނަމަވެސް ބޯވަށައިގެން ބޭސް އަޅައިފައި އޮތެވެ. ހަމަ އެސިކުންތުގައި އަވަސް ފަރުވާދޭ ރޫމުން އެނެރުނީ އަހަރެންގެ މަންމަ އާއި ބައްޕަނޫން ދެވަނަމީހެއް ނޫނެވެ. އަހަރެންނަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. އަހަރެން އެންމެ ލޯބިވާ ދެމީހުން ވެސް މި ވަގުތީ ދުނިޔެ އާއި އެ ވަކިވެގެން ދިޔައީ އަހަރެންގެ އުފަން ދުވަހުއެވެ.  އަހަރެންނަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަން އައުމުގެ މަގުމަތީގައެވެ.

{ ނިމުނީ }

 

Share Article

Follow Me Written By

EEMA

Level 1

Other Articles

Previous

ދެ މަގު

Next

އައިކާ 1

Next
January 10, 2022

އައިކާ 1

Previews
January 10, 2022

ދެ މަގު

One Comment

  1. Hûdhãkkø says:
    January 11, 2022 at 11:54 pm

    vrh heart touching story eh
    Mi vaahaka kiyamun dhiya iru hee vani vaahaka ige thereyga ulheveyhen
    Just mi vaahaka Hama obi nex to thi max
    Mi vaahaka vvvvvvv vrh reethi

Comments are closed.



All Right Reserved!