ހިތުގެ ރިހުން
ކަނު އަނދިރީގެ ތެރޭގައި އަހަރެން މިހުރީ ކީއްވެ ހެއްޔެވެ؟ މިގޮތަށް މިކަން ވާންޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ޙަޔާތްވެސް އަނދިރިވެފައި މިވަނީ މިކަނު އަނދިރިގަނޑު ފަދައިންނެވެ. ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ނީރަމުން ދެއެވެ. އަހަރެންގެ ހިތަކީ ހަރު ހިލަގަނޑެއް ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ މިއަށްވުރެ މަރުވުންވެސް މާރަނގަޅެވެ.
ފާހަނާތެރޭގައި ބޮކި ނިއްވާލައިގެން އަހަރެން މިހުރީ އަލިކަން ނުދެކުމަށް ހިތު އަޅައިގެންނެވެ. ފާހަނާގެ ފެންލައިޓުން އާރޓިފިޝަލް އަލި އެތެރެއަށް އެޅެމުން ދިޔުމުން އަހަންނަށް އުނދަގޫވިއެވެ. ދެލޮލުން ކަރުނަ ފޮހެލުމަށްފަހު، ފާހަނައިން ނިކުތީމެވެ. މަޑުމަޑުން ހިނގާފައިގޮސް ބަދިގޭގައި އޮތް ކަތިވަޅި ނެގީމެވެ.
“އޭތް، ކަލޭ މިތާ ކީއްތިކުރަނީ؟ ދާން އުޅޭ ކޮޓަރިއަށް. އަދި ހަނދާންކުރާތި! މިރޭވެސް ކަލޭގެ ކޮޓަރިއަށް އަހަރެން އަންނާނަން. ތައްޔާރުގަ އޮންނާތި.” ސިއްސައިގެންދިޔައީ ދޮންބައްޕަގެ އަޑު އިވުމުންނެވެ. އަވަސްއަވަހަށް ކަތިވަޅި އޮތްތާ ބޭއްވުމަށްފަހު، އަހަރެން އެނބުރި ކޮޓަރިއަށް ވަނީމެވެ.
މިހިތުގައި އަޅާ ވޭން ކިޔައިދޭނީ ކާކަށް ހެއްޔެވެ؟ ހިނދަކަށްފަހު، ހިނދެއް ފާއިތުވަމުންދާ ވަރަކަށް ރިހުން ވަނީ އިތުރެވެ. އަހަރެން ހިތުއަޅައިގެން މިހުރީ އަމިއްލައަށް މަރުވާށެވެ. އެހެންކަމުން، އެނދުމަތީގައި އޮތް ފޯނު ނަގާ، ބަސްމާއަށް ގުޅީމެވެ. އެއީ ކްލާހުގެ ކުއްޖެކެވެ. މާ ގާތް ނުވިއަސް، އިތުބާރު ނުކުރެވުނު ކަމުގައިވިޔަސް، ކޮންމެވެސް މީހަކަށް މިޚަބަރު ދޭން ބޭނުންވުމުންނެވެ.
“ހަލޯ.” ދެފަހަރަކު ރިންގުވުމަށްފަހު، އޭނާ ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.
“އަހަރެން މިއުޅެނީ ދަންޖެހެން.” އަހަރެން، ހިތާމައާއި ރުޅީގެ ރާގެއްގައި ބުނީމެވެ.
“ކީކޭ؟؟ ދަންޖެހޭށޭ! އަސްލުވެސްތަ؟ ދެން ސަމާސާ ނުކޮށްބަލަ.” ބަސްމާ ހައިރާންވެފައި ބުންޏެވެ.
“އާނ! އަހަރެން ސަމާސާއެއް ނުކުރަން. ބޭކާރު ވާހަކައެއް ދައްކާކަށް ނޫން މިގުޅީކީ. އެހެންނޫނަސް ތިކަހަލަ މީހުންނާ ސަމާސާކުރާ ހިތެއް އަހަންނެއް ނުވޭ. މިދުނިޔޭގަ އަހަންނަށް އަޅާލާނެ އެކަކުވެސް ނެތީމަ އަހަރެން ނޫޅެން މިދުނިޔޭގަ އުޅޭކަށް.” މޮޔައެއް ފަދައިން އަހަރެން ވާހަކަދެއްކީމެވެ.
“ދެން އެކަމަކުވާ! ތީ ކިހާބޮޑު ފާފައެއްތަ؟ ގޮތް ހުހެއް ނުވާނެ. ކޮންމެވެސް ގޮތެއް އޮންނާނެ. ކިޔައިދީބަލަ ވީގޮތެއް.” ބަސްމާ ޗޮކެއް ކަނޑާލިއެވެ.
“އަހަރެންގެ ދޮންބައްޕަ، އަހަންނަށް ޖިންސީގޯނާ ކުރަނީ..” އެހިސާބަށް ބުނެފައި އަހަންނަށް ރޮވުނެވެ.
“ކީކޭ؟ އަހަރެން ފުލުހުންނަށް ރިޕޯޓުކުރާނަން. އޭރުވެސް ހީވިއޭ ތީނަ ދޮންބައްޕައަކީ ރަނގަޅު މީހެއް ނޫނޭ. ބަލާބަލަ އޭނަ މޫނުގަ ލާފަ ހުންނަ މުދިތައް. އިހަށްދުވަހަކުވެސް މަގުމަތިން ދުށިން އެއްލެމުން އެއްލެމުން ދަނިކޮށް. ބޯންވެސް ބޮއެ ދޯ އޭނަ؟” ބަސްމާ އެއްސެވެ.
“އާނ. ދުނިޔެ ލެއްވި ހުރިހާ ފާފައެއް ކުރާނެ.” އަހަރެން ބުނީމެވެ.
“ހެކި ހޯދާ.” ބަސްމާ ބުންޏެވެ.
“ކިހިނެއް؟” އަހަރެން އެހީމެވެ.
“ކޮބާތަ މަންމަ؟ ވީޑިއޯ ކޮށްބަލަ މަންމަ ލައްވާ.” އޭނާ ބުންޏެވެ.
“އޯކޭ. އަހަރެން މިރޭ ހެކި ހޯދާނަން.”
“އާނ، ދެން ނަމަނަމަ ތިކަހަލަ މޮޔަކަމެއް ނުކުރާތި އަމިއްލައަށް މަރުވާން އުޅުން ކަހަލަ. ތީ ﷲ ވަރަށް ނުރުއްސަވާ ކަމެއް. ފުރާނައަކީ އެކަލާނގެ ދެއްވާ އެއްޗެއް. އަހަރެމެން ބޭނުންވީމަ އެނަގާލަން އަހަރެމެންނަކަށް ނޯންނާނެ އިޚްތިޔާރެއް. ކިހާ ދުވަހެއް ވެއްޖެތަ މިކަންތައް ހިނގާތާ؟” ބަސްމާ ބުންޏެވެ. އޭނާ ވާހަކަދެއްކީ ވަރަށް އޯގާތެރިކޮށެވެ. އެހެންވެ، އަހަރެންގެ ނިވެމުންދިޔަ އުންމީދުގެ ހުޅުކޮޅު އަލުން ރޯވާން އުޅޭ ކަމުގެ އިޙުސާސްވިއެވެ.
“ދެތިން މަސް.”
“ދެތިން މަހޭ! ދެން ކީއްވެތަ ނުބުނީ؟ މަންމައަކަށްވެސް ނޭނގެ؟” ބަސްމާ އެއްސެވެ.
“ނޫން އެނގޭނެ. އެކަމަކު ފިރިމީހާދެކެ ގަންނަ ބިރަކުން ކަންނޭނގެ އެވާހަކަ ނުދައްކަނީ. ދޮންބައްޕައާ އިނީ އޭނައާ ރައްޓެހިވިތާ ދެހަފްތާ ފަހުން. އޭނައާ ފުރަތަމަ އިން ދުވަސްކޮޅުގަ މަށަށް އަބަދު ފެންނަނީ މަންމަ ފާހަނައިން ނިކުންނަ އިރު ރޯތަން. ކިހިނެއްހޭ ވީ އެހީމަވެސް ބުނާނެ ކަމެއްނުވެއޭ. ވަރަށް ދެރަވޭ އެހެންވެ. މަންމަގެ ހަށިގަނޑުވެސް މުޅިން ހިކި އަނަރޫފަވެއްޖެ.” އަހަރެން ވޭނީ ރިހުމެއް އެކުލެވިގެންވީ އަޑަކުން ކިޔައިދިނީމެވެ.
“ދެންވެސް ތިކަހަލަ ކަންތައް ވާއިރު އަޅާނުލާ ނުހުންނާތި. ކަމާބެހޭ ފަރާތަކަށް ރިޕޯޓުކުރާތި. އެހެންވީމަ އަހަރެން މަޑުކޮށްލާނަން ތިކޮޅުން ހެކި ހޯދަންދެން. ހަނދާންކޮށް މިރޭ ތިކަންތައް ނިންމާތި! ކަމެއް ގޯސްވަންޏާ މަށަށް ގުޅާ.” ބަސްމާ އެދުނެވެ.
“ޝުކުރިއްޔާ.” އަހަންނަށް ބުނެވުނީ މިހެންނެވެ. އެކޮޅުން ފޯނު ކަނޑާލިއެވެ.
އެނދުގައި މަޑުމަޑުން އޮށޯވެލީމެވެ. މިރޭ ކަންތައް ކުރާނެ ގޮތް ހިތަށް އަރުވާލީމެވެ.
މިއަދު، އަހަރެމެންގެ ޢާއިލާއަކީ ވަރަށް ހިތްހަމަޖެހިގެން ދިރިއުޅުން ވޭތުކުރާ ޢާއިލާއެކެވެ. މަންމަ އެހެންމީހަކާ އިނދެގެން މިހާރު، އަހަރެންގެ އަންހެން ކޮއްކޮއެއްވެސް ހުރެއެވެ. އެރެއަކީ ހަނދާނުން ފިލުވާލަން އުނދަގޫވި ރެއެކެވެ. ހެކި ހޯދުމަށް ދޮންބައްޕަ އެކަން ކުރި ވީޑިއޯ، މަންމަ ނެގީ އެނދުތަންދޮށުގައި ފިލާ އޮވެގެންނެވެ. އެރޭ ފަތިހު، ބަސްމާ ފުލުހުންނަށް ރިޕޯޓުކުރުމުން، ފުލުހުން އައިސް ދޮންބައްޕަ ހައްޔަރުކޮށްގެން ގެންދިޔައީއެވެ. އަހަރެން ހިތުގެ އެންމެ ފުންމިނުން ބަސްމާއަށް ޝުކުރު އަދާކުރަމެވެ.
މިއަހަރު އަހަރެން ސްކޫލް ނިމޭނެއެވެ. އަހަރެންގެ އެދުމަކީ ކަންތަކާ ކެރިގެން ކުރިމަތިލުމެވެ. އަމިއްލައަށް މަރުވުމަކީ ވަގުތީ މައްސަލައަކަށް ހޯދޭ ދާއިމީ ޙައްލެކެވެ. ދުނިޔޭގައި އުޅޭއިރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. އެހެނަސް، ހިތްވަރާއެކު އެކަންކަމާ ކުރިމަތިލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.
ނޯޓް: މިއީ އެތަކެއް ޙަޤީޤީ ޙާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
34 Comments!
Comments are closed.


Salam, Binaakuranivi Faaduthakah Maruhabaa kiyan. Shukuriyya
Yeyy pluvi ur back.. adhi story nukiyan kiyaalaafa comment kohllaanan. I think im first
E nimunytha? V dhera vejje hama reethi ekm kuru v bodah..
Oh, Mee kuru vaahaka ekey ehenveema kuru vaane ehnu. HeHe.
hey dimple girl…. missed u soooo much… baraabarah vaahaka up kuraa kudhin miss vaanehnun dhw 😉 heheeee …. nd vrh reethi… but adhi ithurah furihama vees kuda kh thafseel kohllinama… mibunee mamma vedio kuran ulhunu gadeege vaahaka aa ehchihi vex genedhinnama…. ekam dhen ebaoehthaa dhw kuda kohnamavex ebai aissa… ok dhen.. hama superb 😀 jaxakillah khiairan thiha dhuvahah fahuvexx anekka esfiya site in fenileethee… evexx suprise story akaa eku… sooo happy 😛 bst of luck!!
konme vaahaka akah comment kuran adhi jeheytha? shabee thiulheny kuraane kameh nethigentha? ehenviyya aadheba magey gamys isthiri kohladheyn….
Shabee, Mamma video kuraa than kolhu ey khiyaaly baeh. Mee ethakeh hageegee haadhisaa thakehge mahchah binaa koh liyefa huri vaahaka eh. khiyaalee than than huhtas gina vaany hageegee bai.
Dhen mi vaahakain angaidheyn beynunvee amihla ah maruvumaky adhi hahleh noon kan. Gonjehunthakaa kurimathi laan jeheynekan.
Aslu Haadhisaa ga anhen kuhjaa amihla ah maruvaany ekamaku ebai nugenaee hama gasthuga.
And, Missed you too shabee! HeHe
yey m the 2nd…. yepppeeeeee 😛
Nukko 1 st oo.. bbllll hehe v foni vejjje 1 one to cmmnt ah v ma
Hmm…
Varah reethi vaahaka… unmeedhu kuran adhives ithuru vaahaka thah kiyumuge furusathu libeyne kamah…. best of luck… nd one more thing ur name is tooooo long so I will call u pluvi… ok tha…
Nd I’m third…
Okay Hama kiyanvee thi nan, Hehe, Shukuriyya
Hadi…
ok nukko 1st viyas… shabee 2nd viyya… dhen lalalaa 😉
j boat ge elsa kairy bunebala j boat gamees isthiri kohdheyshey….. bodu kameh sahaadheh mibunee…
Hehehe
V nice..but heevaney thankolhe Ava’s aruvaalaa gen liyunu vaahaka eh hen
Aaekey asluves avas aruvaalaafa mi vaahaka liyuny miadhu. Hehe
Al-hamdhulillaah!
Naaseebekehnu ekuhjaa salaamai vikan…..vaahaka reethi
Mi vaahakaiga e kuhjaa salaamaiy vey ekamaku aslu mi haadhisaa dhimaavi anhen kuhjaa amihla ah maruvy. ethankolhu nugennanvegen ebai islaahu kohly.. Shukuriyya.. HeHe
Amilaah maruvumaky vaguthy massalakah hoadhey dhaaimy halleh noon. Eiee thimaage musthagubalu nathaalun. Mithankolhu badhalu kollyma vaahaka vara sales vaane
Aa aslu bunan ulhunu ehchaky thiey. Dhaaimee Hahleh ehen jahaafa ineema dhoa sakaraai vy. E nuvaane hahlakah ves. Amilla ah maru veema azaabu libeyene.. Ehenveema Axu thi buny v ragalhu vaahaka eh. Shukuriyya Kuh faahanga kohdhineethy. Jazaakillah Khairan. HeHe
Nice n v touching story..?
Awwwh..new story..awsome
Shukuriyya Ken adhi Zai
Note: Alhugandu kurin liyunu kuru vaahaka “Dhiri hurumah” e vaahakige haadhisaa higaafa in ahareh neynge. Baeh Kiyuntherin ahaafa ineema mi bunely.. Ekamaku e video balaalan beynun kudhinnah Link hihsaa kohlaanan. Shukuriyya
https://www.youtube.com/watch?v=xtB9divLB1s
Video nubalaa.any vvv true story eh
good a hert touching story
ވަރަށް ރީތި ވާހަކައެއް .. މާ ކުރީ އެކަމަކު
ވަރަށް ރީތި ވާހަކައެއް
Haadha dheraey dho I am really so sad
vaguthee massalayakah dhaaeemee gothun hoadhey hallekeve. amilayah maruvumakee thaubaa nuvevey fadha faafayeh