Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (21)

maasham Level 110 Stories
August 30, 2015 6 Mins Read
21 Comments

ފެރީގެ ތެރެއަށް ފުރަތަމަ ފޭބީ އަރީފެވެ. އޭނާ ދިތްކުރި އަތުގައި ހިފުމަށްފަހު ލުޔާ ފެރީ ތެރެއަށް އެޅި ފައި ކައްސާލިއެވެ. އެއާއެކު އޭނާ ގޮސް ލައްގަތީ އަރީފުގެ މޭގައެވެ. ދެ ހަށިގަނޑު ގާތް ވުމާއެކު ހީވީ ދަގަތްފާނު ބާރަށް ދެމި ހެންނެވެ. އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ދުނިޔޭގައި އެ ދެމީހުން ނޫން އިތުރު ބަޔަކު އުޅޭކަމެއް ހަނދާނެއް ނެތެވެ. މިއީ މިގޮތަށް އަރީފުގެ މޭގައި ލުޔާއަށް ލައްވެ ގަނެވުނު ދެވަނަ ފަހަރެވެ. ހީވާގޮތުގައި ވަށައިގެންވާ ދުނިޔެއާއި ކާއިނާތްވެސް ބޭނުންވަނީ އެ ދެމީހުން ގުޅޭށެވެ. ފަޅުވެރިޔާ ކަރުކެހިލުމުން އަރީފު ލުޔާ ދުރުކޮއްލިއެވެ. އެ ދެމީހުން ގޮސް އިށީނީވެސް ފެރީގެ ދެ ފަޅީގައެވެ.

ފުރާ ގަޑި ކައިރިވަމުން ދިޔަ ވަރަކަށް އަރީފުގެ މޫޑު ދިޔައީ ޚަރާބު ވަމުންނެވެ. އެންމެފަހުން އެތަނުގައި ނުހުރެވިގެން ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އޭނާ މާލެ ދިޔައެވެ. ޔިވާމް އާއި ލިއުޒާގެ އިތުރުން ހައުފާ މަޑުކުރީ ބޯޓު ފުރުމުން ދިޔުމަށެވެ. ޓާމިނަލުގައި ތިބެގެންވެސް އެވެރިން ދިޔައީ ކައިވެނީގެ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

“އަސްލު މަންމަ ވަރަށް ބިރުގަނޭ ދަރިފުޅު އެކަނި ދާތީވެ..” ލިއުޒާއާއި ޔިވާމް ކޮންމެވެސް ވާހަކައެއްގެ ތެރެއަށް ގެއްލިފައި ތިބި ވަގުތެއްގައި ހައުފާ މަޑުމަޑުން ލުޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“އެކަމަކު ލުޔާ ކުރިންވެސް އެކަންޏެއްނު ދިޔައީ.. މިފަހަރު އައީވެސް އެކަންޏެއްނު..” ހައުފާ ދައްކަން އުޅުނު ވާހަކައެއް ލުޔާ އަކަށް ނުވިސްނުނެވެ.

“ތިކަން އެނގެޔޭ، އެކަމަކު އެންމެ ފަހުން ދަރިފުޅު ދިޔަ ފަހަރު….” ހައުފާއަކަށް އޭނާ ބުނަން އުޅުނު ވާހަކައެއް ފުރިހަމައެއް ނުކުރެވުނެވެ. ދެމައިން ކުރެ އެކަކުވެސް އަނގައިން ނުބުނެ އިރުގަނޑެއް ވަންދެން ތިއްބެވެ. އެންމެފަހުން ލުޔާ އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއެވެ.

މަތިންދާ ބޯޓުގައި އިން އިރުވެސް ލުޔާގެ ޚިޔާލަށް އަންނަމުން ދިޔައީ ފެރީމަތީގައި ހިނގާދިޔަ ހާދިސާއެވެ. އޭނާގެ ހިތަށް އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރުވައިފިއެވެ. އެހެންނަމަވެސް ފޯނު ލަވައެއް ޖަހާލުމަށްފަހު ވިލާތަކުގެ ތެރެއަށް ވަދެ ގެއްލެމުންދާ ރާއްޖެއަށް އޭނާ ބަލާލީ، އެ ހުރިހާ އިހުސާސްތަކާއި އަލްވަދާއު ކިޔަމުންނެވެ. ބާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު އޭނާގެ މަންޒިލަށް ދެވުމުން އަރީފުމަތިން މުޅިން ހަނދާން ނައްތާލަން ލުޔާ އިނީ އަޒުމު ކަނޑައަޅައިގެންނެވެ.

******

ލުޔާ ފުރިތާ މިއީ ދެވަނަ ރެއެވެ. ގޭތެރެ އިހުނަށްވުރެ ފަޅުހެން ހީވަނީ ސިޓިންގރޫމުގެ ސޯފާގައި ލުޔާ ފެންނަން ނެތުމުންނެވެ. އެހެންޏާ އަބަދުވެސް ކޮންމެވެސް ވާހަކަ ފޮތެއް ހިފައިގެން އޭނާ އެތަނުގައި އިނދެއެވެ. އެހެންކަމުން މިރޭ އަރީފު އެ ގޭތެރެއަށް ވަދެގެން އައި އިރު އިހުނަށް ވުރެ ބޮޑަށް ލުޔާ މަތިން ހަނދާންވިއެވެ. އެހެންނަމަވެސް ބޯ ހޫރާލުމަށްފަހު އޭނާ މިސްރާބު ޖެހީ ލިއުޒާގެ ކޮޓަރިއާ ދިމާލަށެވެ.

“ލިއު؟ ރެޑީ ވީތަ؟” ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން އަރީފު ގޮވާލިއެވެ. މިރެއަކީ އަހުނަފްގެ ކައިވެނީގެ ރެއެވެ. އެހެންކަމުން އޭނާ އެއައީ ލިއުޒާ ބަލައެވެ.

“ލިއުއެއް ނުދަމޭ…” ކުޑަ ކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު ލިއުޒާ ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން ހުރެއެވެ.
“އެއީ؟ އަހުނަފް ކީކޭ ހިތަށް އަރާނީ ނުދިޔައީމަ..” އަރީފު ވާހަކަ ދެއްކީ ހައިރާންވެފައި ހުރެ އެވެ. އެހާ ގާތް މީހެއްގެ ކައިވެންޏަށް ދާން ލިއުޒާ ދެކޮޅު ހެދުމުންނެވެ.

“ވަރަށް ބޮޑަށް ބަނޑުގަ ރިއްސާތީ މިއުޅެނީ..” ދަށް ބަނޑުގައި އަތް އަޅައިގެން ހުރެ ލިއުޒާ ވާހަކަ ދެއްކި އިރު ހަމަ ހަގީގަތުގައިވެސް އޭނާގެ ބަނޑުގައި ރިއްސައެވެ. އެއީ އޭނާ އަހުނަފްގެ އެދުމަށް އިޖާބަ ދިނުމަށް ދައްކާ ބަހަނާއެއް ނޫނެވެ.

“ދެން އެކަމަކު ވަދެލާފަ އަންނަ ވަރު ވާނެއްނު…” އަރީފު ކޮޓަރިތެރެއަށް ދެމިގަންނަމުން ވާހަކަ ދެއްކިއެވެ.

“ވަރަށް ބޮޑަށް ބޮލުގަވެސް އެބަ ރިއްސާ.. ލިއު އަހުނަފްއަށް ގުޅާފަ ނުދެވޭނެ ވާހަކަވެސް ބުނެފިން..” ލިއުޒާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ހީވާ ގޮތުގައި ބާރަށް ވާހަކަ ދައްކާނޭ ވަރުވެސް އޭނާގެ ގަޔަކު ނެތެވެ.
ލިއުޒާގެ ހަރަކާތްތައް ފެނިފައި އަރީފު އޭނާއާއި ގާތްވެލިއެވެ. އޭނާ އަތުގެ ނުފުށުން ލިއުޒާގެ ނިތްކުރީގައި އަތްލިއެވެ. އެއާއެކު އޭނާގެ ލޯ ބޮޑުވިއެވެ.

“އޯ މައި ގޯޑް، ލިއު މިއޮތް ފިހެނީނު… ހިނގާ ހޮސްޕިޓަލަށް ދާން…” އަރީފު މިހެން ބުނުމާއެކު ލިއުޒާ ބޯ ހޫރަން ފެއްޓިއެވެ. ހޮސްޕިޓަލަށް ގޮއްސިނަމަ އޭނާގެ ސިއްރު ފަޅާ އަރާ ފާނެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ފަރުވާ ނުދީފިނަމަ ދަރިފުޅަށް ގެއްލުން ވެދާނެކަންވެސް އޭނާއަށް އެނގެއެވެ.

ލިއުޒާއަށް އެއްވެސް އެއްޗެކޭ ނުބުނެވެއެވެ. ބޮލަށް އެނބުރުން އަރައި މޫނު މައްޗަށް އަނދިރި ވާން ފެއްޓިއެވެ. އެންމެފަހުން އަނބުރައިގަނެގެން އޭނާ ވެއްޓުނެވެ. އެހެންނަމަވެސް އަރީފު ހުށިޔާރު ކަމާއެކު ލިއުޒާ ނަގައި އަތްދަނޑި މައްޗަށް ލިއެވެ. ކޮޓަރިން ނިކުންނަމުން ހައުފާއަށް ގޮވިއިރު ނަސީރު އައިސް ގެއަށް ވަންނަނީއެވެ. ޚަބަރު ހުސްވެފައި އަރީފުގެ އަތުތެރޭގައި އޮތް ލިއުޒާ ފެނުމާއެކު ނަސީރަށް ބަލާލެވުނީ އަރީފުގެ މޫނަށެވެ. އެވަގުތު ހައުފާ ކޮޓަރިން ނިކުންނަނީއެވެ. ލިއުޒާ އަނބުރައިގަނެގެން ވެއްޓުނު ވާހަކަ އަރީފު ބުނުމާއެކު ހައުފާމެންގެ ދެމަފިރިން އަވަސްވެގަތީ ލިއުޒާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ކާރު ތެރޭގައި ތިބިއިރު އެންމެންގެ މޫނު މަތިންވެސް ފެންނަނީ ހާސްކަމެވެ. އޭ.ޑީ.ކޭގެ ދޮރުމައްޗަށް ކާރު މަޑުކުރުމާއެކު އަރީފު އަވަސްވެގަތީ ލިއުޒާ އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދުމަށެވެ. އަރީފު މެންގެ ފަހަތުން އައި ހައުފާ މަޑުކޮއްލީ ލުޔާގެ ފޯނެއް އައުމުންނެވެ.

ފަނަރަ ވަރަކަށް މިނިޓު ފަހުން ހައުފާ އައި އިރު ޑަކްޓަރުން ވަނީ ލިއުޒާގެ ލޭ ޓެސްޓު ކުރުމަށް ލޭ ނަގާފައެވެ. އަރީފު ލިއުޒާގެ ގާތުގައި އިށީނދެގެން އިން އިރު އޭނާގެ މޫނުމަތިން ހާސްކަން ފާޅުވެއެވެ. ހައުފާ ވަނުމާއެކު ޑަކްޓަރުން ދެއްކި ހުރިހާ ވާހަކައެއް އަރީފު ހައުފާއަށް ތަފްސީލު ކޮއްދިނެވެ.

“ކޮބާ ބައްޕަ؟” އިންޖެކްޝަންގެ ސަބަބުން ނިދިފައި އޮތް ލިއުޒާގެ ބޮލުގައި ފިރުމާލަމުން ހައުފާ ސުވާލުކުރިއެވެ.

“ކޮޓަރިއެއް ހަމަޖައްސަން ވެގެން ދިޔައީ..”

“ލުޔާ ދެންމެ ގުޅީ… ފްލައިޓް ކެންސަލް ވެއްޖެޔޯ.. މާ ގަދަޔަށް ސްނޯ ވެހޭ ދުވަސްވަރެއް ވީމަ ޔޯ.. ފަހުން ގުޅާނަމޭ ކިޔާފަ ފޯނު ބޭއްވީ…” ހައުފާ ވާހަކަ ދައްކަމުން ދިޔައީ އަރީފުގެ ހަރަކާތްތަކަށް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އެހެންކަމުން ލުޔާގެ ނަން ބުނުމާއެކު އަރީފުގެ މޫނަށް އަރާފޭބި ކުލަތަކެއް ހައުފާއަކަށް ނުފެނެއެވެ.

“ކޮން އިރަކުތަ ޓެސްޓުގެ ނަތީޖާ ލިބޭނީ؟” ހަމަހިމޭންކަން ފެތުރި އިރުގަނޑެއް ވުމުން އަނެއްކާވެސް ހައުފާ ވާހަކަ ދެއްކިއެވެ.

ހައުފާގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެވެނީސް އަވަސް ފަރުވާދޭ ކޮޓަރިއަށް ނަސީރު ވަނެވެ. އޭރު އޭނާގެ އަތުގައި ކަރުދާސްތަކެއް ހުއްޓެވެ. ހަލުވި ފިޔަވަޅު ތަކެއްގައި އައިސް އޭނާ ހައުފާގެ ގާތުގައި ހުއްޓުނެވެ.

“ހައުފާ ދޭބަލަ ގެއަށް ގޮއްސަ ކާޑު ހިފައިގެން އަންނަން… ކޮޓަރީގެ ހުރިހާ ކަމެއް ނިމޭނީ އޭރުން..” ހައުފާގެ އަތަށް ކާރުގެ ތަޅުދަނޑި ދެމުން ނަސީރު ވާހަކަ ދެއްކިއެވެ. ލިއުޒާގެ ބޮލުގައި ފިރުމާލުމަށްފަހު ނަސީރުއާއި އެކު ބޭރަށް އޭނާ ހިނގައިގަތެވެ.

ހައުފާ މެން ނިކުމެގެން ދިޔަތާ ދިހަވަރަކަށް މިނިޓު ފަހުން ނަރުސް ކުއްޖަކު އައެވެ. ހަމައެއާއެކު އަރީފު ފުންމައިގެން ތެދުވެ އެތައް ސުވާލުތަކެއް ކުރަން ފެއްޓިއެވެ.

“މިހާރު ހުން ވަރަށް ތިރިވެއްޖެ.. ދެން މާ ގިނަ އިރުތަކެއް ނުވެ ހޭލާނެ ހެން ހީވަނީ.. ޑަކްޓަރު އެބަ ދުރުވޭ…” އަރީފުގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ނަރުސް ކުއްޖާ ނިކުމެގެން ދިޔައީ ޑަކްޓަރު އެތަނަށް އައުމުންނެވެ.

“ޕޭޝަންޓްގެ ބްލަޑް ޓެސްޓުން ދައްކާގޮތުގައި މިއީ ޓޮކްސޮޕްލާސްމޯސިސް އިންފެކްޝަންއެއް، އާންމުކޮށް މިއީ ޓްރީޓް ނުކޮށް އަމިއްލަ އަށް ރަނގަޅުވެގެން ދާ އެއްޗެއް.. އެހެންނަމަވެސް މި ކޭސްގަ މެޑިކަލް ޓްރީޓްމެންޓް ނުދީފިއްޔާ ބޭބީއަށް ވަރަށް ގެއްލުން ވާނެ-” ޑަކްޓަރުގެ ވާހަކަ މިހިސާބަށް ދިޔުމާއެކު އަރީފުގެ ދެ ލޯ ބޮޑުވިއެވެ. މިހާރު އޭނާއަކަށް ޑަކްޓަރު ކިޔާ އެއްވެސް އެއްޗެއް ނީވޭ ކަހަލައެވެ. އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ‘ބޭބީއަށް ވަރަށް ގެއްލުން ވާނެ’ މި ލަފްޒުތަކެވެ. ލިއުޒާގެ މޫނަށް ބަލާލުމަށްފަހު އަރީފަށް ފަހަތަށް ޖެހެވުނެވެ.

“ސޮރީ… އައި ޑޯންޓް އަންޑަސްޓޭންޑް…. ލިއުޒާ ބަނޑުބޮޑުތަ؟” އަރީފު ސުވާލު ކުރިއިރު އޭނާގެ އަޑު ބޭރުވީ ހަމަ ކިރިޔާއެވެ.

“އޯ… ސޮރީ.. ކޮންގްރެޖުލޭޝަންސް.. ބޭބީއަށް ނައިން ވީކްސް.. އެކަމަކު ޓޮކޮސޮޕްލާސްމޯސިސް އަކީ މި ސްޓޭޖްގައި ބޭބީ އަށް ވަރަށް ގެއްލުން ހުރި އިންފެކްޝަންއެއް.. ވީހާވެސް އަވަހަކަށް ޓްރީޓްމެންޓު ނުފަށައިފިނަމަ މިސްކެރީވެދާނެ…” ޑަކްޓަރު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އެހެންނަމަވެސް އަރީފު ހުރީ މުޅިން އެހެން ދުނިޔެއެއްގައެވެ. ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ލިއުޒާއަށް އަންނަމުން ދިޔަ ބަދަލުތަކާމެދު އޭނާ ވިސްނާލިއެވެ. އަބަދުވެސް ބޯ އަނބުރާތީ އުޅުމާއި ކޮންމެ އެއްޗެއް ކައިފަ މޭނުބައި ކުރާތީ އުޅޭކަން އަރީފަށް ކުރިން ވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އޭނާ ހީކުރި ގޮތުގައި އެއީ ލިއުޒާ ބަލިވެ އުޅޭތީ ކަމަށެވެ.

އަރީފަށް ކޮޅަށް ހުންނަން ދަތިވިއެވެ. ލިއުޒާއޮތް އެނދުގެ ބޯލާ ކޮޅުގައި ހުރި ގޮނޑިއެއްގައި އިށީނުމާއެކު އޭނާއަށް އަމިއްލައަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ޑަކްޓަރު ހީކުރި ގޮތުގައި އަރީފު ހާސްވީ ދަރިފުޅަށް ގެއްލުމެއް ވެދާނެތީއެވެ. އެހެންކަމުން އަރީފުގެ ކޮނޑުގައި އަތް ބާއްވާލުމަށްފަހު ހިތްވަރު ކުރާށޭ ބުނުމަށްފަހު ޑަކްޓަރު އެތަނުން ނިކުތެވެ. ހަޤީގަތުގައި އަރީފުގެ ބޮލުގެ ތެރޭގައި މިހާރު އުފެދިފައި ވަނީ މުޅިން އެހެން ޚިޔާލުތަކެކެވެ. ލިއުޒާ އަރީފަށް ބޭވަފާތެރި ވީ ކަމުގެ ޚިޔާލުތަކެވެ. އެހާ އަވަހަށް ކައިވެނި ކުރަން އެ ނިންމީ އެކަން ފޮރުވުމައް ކަން ވެސް އަރީފަށް ވިސްނުނެވެ. އެއާއެކު އޭނާ ލިއުޒާއަށް ކުރި އިޚްތިރާމް މުޅިން ގެއްލިގެން ދިޔައެވެ. އެފަދަ ބޮޑު ކުށެއް ކޮއްފައި އަދި އިތުރަށް އޮޅުވާލަން މަސައްކަތް ކުރުމުންނެވެ. ލިއުޒާއާއި އަރީފު އެއް އަހަރަށް ވުރެ ގިނަދުވަސް ރައްޓެހި ވެގެން އުޅުނު އިރު، އެންމެ ފަހަރަކުވެސް އަރީފު އެފަދަ ނިޔަތެއްގައި ލިއުޒާއަކާއި ގާތެއް ނުވެއެވެ. ލިއުޒާވެސް އެކަހަލަ ވާހަކައެއްވެސް އަރީފު ގާތަކު ނުދައްކައެވެ. އެހެންކަމުން ލިއުޒާ ބަނޑުބޮޑުކަން އެނގުމުން އަރީފަށް އަދިވެސް އިނދެވުނީ ގަބޫލުކުރަން ދަތިވެފައެވެ.

މިވަގުތު އޭނާއަށް ލުޔާގެ މަތިން ހަނދާން ވީ ކީއްވެގެން ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އަރީފުގެ ހިތް އެދުނީ ލުޔާ ގާތަށް ގޮސް ހުރިހާ ވާހަކައެއް ކިޔާ ދޭށެވެ. ލިއުޒާ ބޭވަފާތެރިވި ވާހަކައިގެ އިތުރުން ލުޔާދެކެ ލޯބިވާ ވާހަކަ ވެސް މެއެވެ.

“އަދިވެސް ނުހޭލާތަ..؟ “އަރީފު ސިއްސައިގެން ދިޔައީ ހައުފާގެ އަޑު އިވުމުންނެވެ. ކުރިމަތީގައި ނަސީރުމެން ދެމަފިރިން ހުރިތަން ފެނިފައި އަރީފު ކޮޅަށް ތެދުވިއެވެ.

“އިރުކޮޅަކުން ހޭލާނެ ކަންނޭނގެ.. އެބަ އަންނަން ބޭރަށް ގޮއްސަ…” ވަރަށް ކުރު ޖަވާބެއް ދިނުމައްފަހު އަރީފު އެތަނުން ނިކުންނަން ދިޔައެވެ. އެންމެ ފުރަތަމަސް ކައުންޓަރު ދޮށަށް ގޮސް ލިއުޒާ ބެލި ޑަކްޓަރާ ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ ބުންޏެވެ.

“އަޅުގަނޑުގެ އެދުމެއް އެބައޮތް…” ޑަކްޓަރު އައުމުން އަރީފު ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ.

“ބޭބީ ސަރވައިވް ވާނެ ކަން ޔަގީން ވުމުގެ ކުރިން ލިއުޒާގެ މަންމައާއި ބައްޕައަށް އެއްވެސް ކަމެއް ނޭންގުމަށް އެދެން… ލިއުޒާގެ މަންމައަކީ ވަރަށް ހިތް ބަލި މީހެއް…” އަރީފު މިކަމަށް އެދުނީ ލިއުޒާ ބަނޑު ބޮޑުކަން އެނގިއްޖެނަމަ ހައުފާމެންނަށް ވާނެ ގޮތް އޭނާއަށް ނޭނގޭތީއެވެ. އަދި ލިއުޒާ ހޭލުމުގެ ކުރިން އެކަން އެނގިއްޖެ ނަމަ ހުރިހާ ސުވާލަކަށް ޖަވާބުދާރީ ވާން ޖެހޭނީ އަރީފުކަން އެނގޭތީއެވެ. އަމިއްލައަށްވެސް ޖަވާބެއް ނޭނގޭ ސުވާލުތަކަކަށް އެހެންމީހަކަށް ޖަވާބުދޭނީ ކިހިނަކުން ހެއްޔެވެ؟

“އައި އަންޑަސްޓޭންޑް.. ޕޭޝަންޓްގެ ރުހުމަކާ ނުލައި އެއްވެސް ވާހަކައެއް އާޅުގަނޑުމެންނެއް ނުބުނާނަން.. ޑޯންޓް ވޮރީ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅު ވާނެ…” ބޯޖަހާލުމަށްފަހު ޑަކްޓަރު އަރީފަށް ޔަގީންކަން އެރުވިއެވެ.

ހޮސްޕިޓަލުގެ ގޯތި ތެރޭގައި އަރީފު މަޑުކޮއްގެން ހުރިއިރު އޭނާގެ ބޮލުގައި އިންތިހާއަށް ރިއްސައެވެ. މިއީ އޭނާއަށް ފެންނަ ހުވަފެނެކޭވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް މިއީ ގަބޫލުކުރަން ދަތި ހަގީގަތެވެ. އަރީފު ސިއްސައިގެން ދިޔައީ ހައުފާގެ މެސެޖެއް ފޯނަށް އައުމުންނެވެ. އޭގައި އޮތީ އެންމެ ދެ ލަފްޒެވެ. އެހެންނަމަވެސް އެ ދެލަފްޒުގައި މުޅި ދުނިޔޭގެ ބަރުދަން ވާހެން އޭނާއަށް ހީވިއެވެ.

*ލިއުޒާ ހޭލައިފި* މެސެޖަށް ބަލަހައްޓައިގެން އަރީފަށް އިނދެވުނެވެ.

*ރޫމްއަށް މޫވް ކުރަނީ މި، 704* އަރީފު އިންތަނުން ތެދުވީ ހައުފާގެ ދެވަނަ މެސެޖު އައުމުންނެވެ.

*މިދަނީ* މެސެޖަށް ޖަވާބު ދިނުމަށް ފަހު އަރީފު ގޮސް ވަނީ ފިހާރައަށެވެ. ފެންފުޅިއަކާއި އާފަލު ޖޫސް ފުޅިއެއް ގަތުމަށްފަހު އޭނާ ގޮސް އޭ.ޑީ.ކޭގެ ލިފްޓަށް އެރިއެވެ. ލިއުޒާ އޮތް ކޮޓަރިއާ ދިމާލަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އަރީފުގެ ހިތް ދިޔައީ ގެނބެމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ހިނިއައިސްފައި ލިއުޒާ އޭނާގެ މަންމައާއި ވާހަކަ ދައްކަމުން ދާތަން އަރީފަށް ފެނުނެވެ. އޭނާއަށް އެ ހިނިތުންވުމަށް ނަފްރަތު ކުރެވުނެވެ.

ދޮރުކައިރީގައި އަރީފު މަޑުކޮއްގެން ހުރިކަން ލިއުޒާއަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ. ހައުފާއާއި ނަސީރަށް އަރީފުގެ މޫނުމަތިން އާދަޔާއި ޚިލާފު ކަމެއް ނުފެނުނަސް ލިއުޒާއަށް އަރީފުގެ އިހުސާސް ދެނެގަނެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަ ވުމާއެކު ލިއުޒާއަށް ފުން ނޭވާއެއް އެތެރެ ކޮއްލެވުނެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމުގެ ހުރިހާ އަސަރެއް ފިލާ ދިޔައެވެ. އަރީފަށް ހަގީގަތް އެނގުނީކަން އޭނާއަށް ނަގައިގަނެވުނެވެ. އެއްވެސް އިޚްތިޔާރެއް ނެތި ލިއުޒާގެ ލޮލުގައި ކަރުނަ އުފެދުނެވެ. އެހެންނަމަވެސް އަރީފު މަޑުމަޑުން ބޯހޫރާލުމުން ލިއުޒާ އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ.

އަރީފު އައުމުން ހައުފާއާއި ނަސީރު ކޮޓަރިން ނިކުތީ ލިއުޒާމެންނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. މިހާރު އެ ދެމީހުން ނޫން އިތުރު ބައެއް އެކޮޓަރިއަކު ނެތެވެ. ދެމީހުން ކުރެ އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަރީފު އެއްވެސް ސުވާލެއް ނުކުރާތަނުގައި ލއުޒާ އެއްވެސް ކަމެއްގެ ތަފްސީލެއްވެސް ނުދެއެވެ.

ކޮޓަރިއަށް ވަތް ގޮތަށް ޖެހި ބުދެއް ހެން އެތައް އިރެއް ވަންދެން ހުރުމަށްފަހު އަރީފު ލިއުޒާއާއި ދިމާލަށް ހިނގައި ގަތެވެ. އަރީފު ކުރިއަށް އެޅި ފިޔަވަޅާއެކު ލިއުޒާގެ ލޮލުން ކަރުނަ އޮއްސާލިއެވެ.

“ކާކުގެ ދަރިއެއް؟” ލިއުޒާގެ ކުރިމަތީގައި ހުއްޓުމަށްފަހު އަރީފު ސުވާލު ކުރިއެވެ. އޭނާގެ އަޑުގައި އެއްވެސް ހަރުކަށިކަމެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. އެއްވެސް އިތުރު އިހުސާސެއްވެސް އެއަޑުގައި އެކުލެވިގެނެއް ނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ޔާރާއޭ…. (13) ވަނަ ބައި

Next

ހިޖުރަ (ނަވާރަވަނަ ބައި)

Next
August 30, 2015

ހިޖުރަ (ނަވާރަވަނަ ބައި)

Previews
August 30, 2015

ޔާރާއޭ…. (13) ވަނަ ބައި

21 Comments!

  1. naff says:
    August 30, 2015 at 4:31 pm

    Yey hey… me first thank u maasham… keep uploading waiting nd u r good keep it up :-P:-D 🙂

  2. naff says:
    August 30, 2015 at 4:46 pm

    Asslu egeytha dhen me mi part mikiyaa numuni. maash than kolheh dhigu kohli nama… dhen kondhuvahaku tha up kuraani… plz up soon…

  3. naj says:
    August 30, 2015 at 4:59 pm

    Nice…too short

  4. shx says:
    August 30, 2015 at 5:26 pm

    good…v reethi mi bai vxx…

  5. Crazi says:
    August 30, 2015 at 5:39 pm

    Vrh shalhi..masala ahkee maa lahun update. Kuraathee…

  6. najaa says:
    August 30, 2015 at 6:24 pm

    ekam evy haadha kada gothekey .. liuza ge hageegaiy falhaa erumuge kurin ahunaf inyma … dhn liu baaky vyhyaa rangalhu vaany … erun ary aa luya aa gulhuvyma mi story salhi vaany .. v slahi mi part veess .. waiting for next part 🙂

  7. najaa says:
    August 30, 2015 at 6:25 pm

    *salhi .. sorry spelling mistake eh

  8. aisha says:
    August 30, 2015 at 6:33 pm

    Nice story, mee hagygy vaahaka eh tha

  9. nuzoo says:
    August 30, 2015 at 7:26 pm

    Nice…. haadha lahey dhw up kuraaleh…

  10. shaz says:
    August 30, 2015 at 8:35 pm

    nice part..
    liuza ah hatharu udharess fenu jehuny dhw

  11. nihaa says:
    August 30, 2015 at 8:57 pm

    Yeaa… Vrh reethi…

  12. Aishaa says:
    August 30, 2015 at 10:51 pm

    Reethi….ekamaku maalahy up vaaleh

  13. Aanaa says:
    August 31, 2015 at 12:26 am

    Maasham dhoony, im assuming that ur v young. Ehenve mi bunedheny. Doctors wouldnt know how pregnant someone is just after a blood test. They have to do a scan or they have to get some info from the girl. Dhen liyaa iru ves ingeynee meehaku bune dhineema dho! I love ur story.. Good luck. All the best for the future dear

  14. lyn says:
    August 31, 2015 at 1:22 am

    Haadha dhuvaheh kohlaafa ey mi story kiyaalann mi libuny dhw..?

  15. suray says:
    August 31, 2015 at 9:55 am

    Miha lahun up kuranee keehve tha? Kiyuntherin thalhuvan tha? V foohi vey thihen hadhaathee?

  16. Zee says:
    August 31, 2015 at 10:56 am

    Wow.. ♡ I love your story.
    Good work Maasham dhoony! ♥♥

  17. shiyaa says:
    August 31, 2015 at 4:26 pm

    WOW.. please avahah up kohdhehchey.. maa las up vaaleh.. but very nice story.. one of my favourite story..

  18. nukko says:
    September 3, 2015 at 11:20 am

    Maash koba nxt part…..? Avahah up kohdhyy pleeex

  19. Crazi says:
    September 6, 2015 at 10:00 pm

    Vahaka liye nimunee baa aehbaa kobaatho vahaka ehge

  20. Me says:
    September 7, 2015 at 3:06 pm

    Haadha lahey upload kuraaleh… :/

  21. james says:
    September 9, 2015 at 6:27 pm

    Hahah
    vaahaka ge ehbaa handhaan nethuneema thi aneh episode up kuranee…

Comments are closed.

Next Episodeހަަތަރު އުދަރެސް (22)←


All Right Reserved!