Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (20)

maasham Level 110 Stories
August 24, 2015 6 Mins Read
11 Comments

“މިހާރު އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކާ….” އަރީފު އަނެއްކާވެސް ބޯ ހޫރާލަމުން ބުނެލިއެވެ.

“މޭބީ އިޓްސް ފޯ ދަ ބެސްޓް… ދެމީހުން ދުރުވީމައެއްނު މިހާރު ރަނގަޅު ވާނީ..” ޔިވާމް މަސައްކަތް ކުރީ އަރީފުއަށް ވިސްނައި ދެވޭތޯއެވެ.

“ކާކު ކާކާ ދުރުކުރަން ތި އުޅެނީ؟” ދޮރުން ވަދެގެން އައި ލުޔާ ވާހަކަ ދެއްކިއިރު އަރީފު އިންކަމެއް އޭނާއަކަށް ނޭނގެއެވެ.

“ކޮންމެހެން މާ ގުޅެން އުޅޭނެކަމެއް ނެތް.. އަމިއްލައަށް ދުރުވާން ވެގެން ދާށެއްނު ތިއުޅެނީ!” ޔިވާމް މިހެން ބުނެލި ވަގުތު ވީ ލުޔާއަށް އައިސް އަރީފުގެ ކުރިމައްޗަށް އެރުނު ވަގުތަށެވެ. އަރީފު އިސް އުފުލާލައި ބަލާލުމާއެކު ލުޔާގެ ހިނިތުންވުން ފިލައި ދިޔައެވެ.

“ކިހިނެތްވީ ގަބުއަރާފަ ތިހިރީ؟” ލުޔާ ހަރަކާތް ހުއްޓިފައި ހުރުމުން ޔިވާމް އެކަން ފާހަގަ ކޮއްލިއެވެ.

“ކަމެއް ނުވޭ… އަރީ ކިހިނެ- ޔިވާމް ކޮންތާކަށް ތިދަނީ؟” ލުޔާ ވާހަކަ ދައްކަން ފެށުމާއެކު ޔިވާމް ތެދުވެ ހިނގައިގަތުމުން ލުޔާގެ ސުވާލު ބަދަލުވިއެވެ.

“ލިއު އަތަށް ފޯނު ދީގެން މިއުޅެނީ ޗާރޖު ކުރަން ވެގެން.. އެބަ އަންނަން..” ލުޔާއަށް ފަސްދީފައި ހިނގައިގަންނަމުން ޔިވާމް ބުނެލީ މިހެންނެވެ. ސިޓިންގރޫމަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެކެވެ. އަރީފުވެސް ލުޔާވެސް ހީވަނީ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭ ހެންނެވެ. އެންމެފަހުން އެދެމެދުގައި ވާ ހިމޭންކަން ފިލުވާލީ ލުޔާއެވެ.

“ކިހިނެތްތަ؟”

“ލުޔާ ކެނެޑާއަށް ދަނީއޭ؟” ލުޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަރީފު އެއްސެވެ.

“ހްމމ، ބެޗްގެ ރިޔޫނިއަން…” ލުޔާ ޖަވާބު ދިނީ ބިންމައްޗަށް ބަލަހައްޓައިގެން ހުރެއެވެ.

“ވެޑިންގަ ހުންނަންތަ؟” އަރީފު ދެންވެސް ކުރީ ސުވާލެކެވެ.

“އޭރަށް ވާއިރަށް އަންނާނަން…” ލުޔާ އަދިވެސް އިސްއުފުލައެއް ނުލައެވެ.

“ކީއްވެ މިހާރު މާ ދުރީ؟ ގެއަށް އަންނާކަށްވެސް ނުގުޅަމެއްނު…؟” ހިތުގައި އުފެދިފައިވާ ސުވާލު އަރީފު ފާޅުކުރިއެވެ.

“ކޮންބައެއް ދުރުކުރާ ވާހަކަތަ ޔިވާމް ބުނީ؟ ދޮންތައާއި މައްސަލަ ޖެހުނީތަ؟” އަރީފުއަށް ޖަވާބު ނުދީ ލުޔާވެސް ސުވާލުކުރިއެވެ. އެލަފްޒުތަށް ދުލުން ބޭރުކުރިއިރު ބުނަން ނޭނގޭ އިހުސާސެއް އޭނާގެ ހިތަށް ކުރަމުން ދިޔައެވެ.

“ޔިވާމްގެ ކޮންމެވެސް ރައްޓެއްސެއް… ލުޔާއަކަށް ނޭނގޭނެ.. ދެންއަރީގެ ސުވާލަށް ޖަވާބު ދީބަލަ..” އަރީފު ދޮގެއް ހަދާލުމަށްފަހު ވާހަކަ ދެއްކިއެވެ.

“ދެން އޮފީސް އެހާ ދުރެއް ނޫނެއްނު… ހަމަ ހިނގާލެވޭނެތާ…” ލުޔާ މިހެން ބުނެލި ވަގުތު އަރީފު އިށީނދެގެން އިން ސޯފާއިން ތެދުވިއެވެ. އަދި މަޑު މަޑުން އައިސް ލުޔާގެ ކުރިމަތީގައި ހުއްޓުމަށްފަހު ދަތްދޮޅީގައި އިނގިލި ޖައްސައި އިސް އުފުލުވާލިއެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ގޮތަކަށް އަރީފު ލުޔާގަޔަކު އަތެއް ނުލައެވެ. އަރީފުގެ ފިނި އިނގިލިތަށް ލުޔާގެ މުނުގައި ޖެހުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އިހުސާސެއް ލުޔާއަށް ކުރެވުނެވެ. އަރީފުގެ ލޮލަށް ބަލަހައްތައިގެން ހުރެ ފަހަތަށް ފިޔަވަޅެއް އެޅި އިރު އޭނާގެ މޫނުން ހާސްކަން ފާޅުވެއެވެ. ލުޔާގެ ހަރަކާތްތައް ފެނުމުން އަރީފަށް ހަމަހޭވެރިކަން ވެރިވި ފަދައެވެ. އޭރުވެސް ވައިގެ ތެރޭގައި އުފުއްލާލައިފައިވާ އޭނާގެ އަތް ތިރިކޮއްލެވުނީ ކުއްލިއަކަށެވެ. އޭނާގެ އެ އަމަލުގެ ސަބަބުން ލުޔާއަށް އެއްޗެކޭ ހީވެދާނެތީ އޭނާގެ ހިތް ބިރުގަތެވެ.

ނަސީބު ދިމާކުރިގޮތުން ދެމީހުންނަށް އިތުރު ވާހަކައެއް ނުދެވެނީސް ޔިވާމް އޭނާގެ ފޯނު ހިފައިގެން ލިއުޒާގެ ކޮޓަރިން ނިކުތެވެ. ހަމަ އެވަގުތު ލުޔާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރުފަތް ލެއްޕުމާއެކު އޭނާއަށް ބޭއިޚްތިޔާރުގައި އަތްލެވުނީ އަމިއްލަ ދަތްދޮޅީގައެވެ. އަދިވެސް އަރީފުގެ އިނގިލިތަކުގެ ފިނި އަސަރު އެ މޫނުގައި ވާހެން އޭނާއަށް ހީވިއެވެ. އަރީފުގެ ހަރަކާތްތަކާއި މެދު އޭނާއަށް ވިސްނެން ފެށުނީ ދެނެވެ. އަނެއްކާ އަރީފުވެސް އޭނާއާއި މެދު އެހެން ގޮތަކަށް ދެކެނީ ބާވައެވެ؟ އެކަމަކު އެހެން ނަމަ ދޮންތައާއި އިންނާކަށް ނޫޅޭނެއެވެ. ނުވާނެއެވެ. އަރީފު އިންތިހާއަށް ލިއުޒާދެކެ ލޯބިވެއެވެ. މި ޚިޔާލުތަކަށް ގެއްލިފައި ލުޔާ އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

މާގަދައަށް ވިސްނުމުން އޭނާގެ ބޮލުގައި ރިއްސުމުގެ އިތުރުން ރުޅިވެސް ގަދަވާން ފެއްޓިއެވެ. އަރީފުގެ ބައެއް ހަރަކާތްތަށް ހަނދާނަށް އައުމުން ހީވަނީ އޭނާ ލުޔާއާއި މެދު ހާއްސަ ގޮތަކަށް ދެކޭ ހެންނެވެ. އެހެން ނަމަވެސް ދެން ޖެހިގެން އަންނަ ސިކުންތުގައި އަމަލުތަށް މުޅިން ބަދަލުވެއެވެ. އެންމެފަހުން ލުޔާއަށް ނިދުނެވެ. އެހެންނަމަވެސް ހުވަފެނީ ދުނިޔެވެސް އޭނާއާއި ދެކޮޅެވެ. އެހެންނަމަވެސް އޭނާއަށް ފެންނަނީ ކުރިން ފެންނަ ބިރުވެރި ހުވަފެންތަކެއް ނޫނެވެ. އޭނާގެ ހުވަފެންތަކުގައި މިހާރު ކޮންމެ ރެއަކުހެން އުޅެނީ އަރީފެވެ. އެކި ރޭރޭ އެކި ކަންކަމުގައެވެ. ނަމަވެސް އަބަދުވެސް ލުޔާއާއި އެކުއެވެ. އެންމެފަހުން ކޮންމެ ރެއަކުވެސް ދަންވަރު އޭނާއަށް ހޭލެވެއެވެ. ހިތް ނުތަނަވަސްވެ އުނދަގޫވާތީއެވެ. ހޭލުމަށްފަހު ކޮންމެ ރެއަކުވެސް އޭނާ ރޮއެއެވެ. ބައެއް ރޭރޭ އޭނާގެ ހިތަށް އަރައެވެ. މި ހުވަފެން ތަކަށްވުރެ ކުރިން ފެންނަ ހުވަފެންތައްވެސް ރަނގަޅެވެ.

އެހެންނަމަވެސް މިރޭ ހޭލެވުމުން އެ ލޮލުން އެންމެ ކަރުނަ ތިއްކެށްވެސް ނުވެއްޓެއެވެ. ކެނެޑާގެ މަތިން ހަނދާން ކޮއްކޮއްފައި ނުރޮވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އިރާދަ ކުރެއްވިއްޔާ އެކޮޅަށް ދިޔުމަށްފަހު އަރީފުގެ މަތިން ހަނދާން ނައްތައިލެވޭނެކަމަށް އޭނާ އުންމީދު ކުރިއެވެ.

*****

“އެންމެނަށް ގުޅާފަ ގަޑި ކިޔާފަ އަހުނަފް ދޯ މި ލަސްވީ…”އިރު އިރު ކޮޅާއި އަތުގައި އޮތް ގަޑިއަށް ބަލަމުން ދިޔަ ޔިވާމް އެންމެފަހުން ޗޮސް ކަނޑާލުމަށްފަހު ބުނެލިއެވެ.

“ކޮން ބިޓެއްކައިރިއަށް ދާ ހިތް ވެގެންތަ މާވަކަށް ހިރުވައިގަނެގެން ތިއުޅެނީ؟”ޔިވާމް ގެ ހަރަކާތްތައް ހުރިގޮތުން ލިއުޒާ އޭނާއާއި ސުވާލުކުރިއެވެ. އެ ދެމީހުންގެ އިތުރުން ލުޔާއާއި އަރީފުވެސް މޭޒު ދޮށުގައި ތިއްބެވެ. ލުޔާ އަނގައިން ނުބުނެ އިން އިރު އަރީފުވެސް އިނީ ނެގި މަދުވެފައެވެ.

ވަރަށް ދުވަސް ފަހުން އެންމެން އެކުގައި ދިމާވަނީއެވެ. މިއަދުވެސް ނައުމަށް ލިއުޒާ ވަރަށް ގަދަ ދެއްކިއެވެ. ބޮލުގައި ރިއްސަނީ އޭ، ބަނޑުގައި ރިއްސަނީއޭ ނުވަތަ ކޮންމެވެސް އެހެން ބައްޔެއް ޖެހުނީ އޭ ކިޔައިގެންނެވެ. އޭނާ އަހުނަފް އާއި ދިމާވާން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް ޔިވާމް އާއި އަރީފު މާވަރަކަށް އާދޭސް ކުރުމުން ލިއުޒާއަށް މަޖުބޫރުވީ އަންނާށެވެ.

ލުޔާވެސް އެއިނީ ހަމަ ގަދަކަމުން ގެނެއްސައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހުނަފް ދައުވަތު ދިނުމާއެކު ޔިވާމް އެންމެ ފުރަތަމަ ވެސް ގުޅީ ލުޔާއަށެވެ. އެހެންނަމަވެސް ގުޅުމާއެކު ލުޔާ ދާހިތް ނުވާކަމަށް ޔިވާމް ގާތުގައި ބުންޏެވެ. ދެން ޔިވާމް އެގެއަށް ދިޔައީ ލުޔާ ގޮވައިގެން ދުއްވާލަން ދާށޭ ކިޔައިގެންނެވެ. މާލެ ވަށާ ބުރެއް ޖެހުމަށްފަހު އޭނާ ސައިކަލު ޕާރކު ކުރީ ޖޭޒް ކެފޭ ދޮރުމަތީގައެވެ. ކެފޭ ތެރެއަށް ނުވަންނަނީސް މޭޒުދޮށުގައި ތިބި ލިއުޒާއާއި އަރީފު ފެނުނީއްސުރެ ލުޔާ އެންމެ ބަހެއްވެސް ޔިވާމްއަކަށް ނުބުނެއެވެ. އޭރު އިށީންގޮތަށް އޭނާ އަދިވެސް އިނީ ފޯނާއި ކުޅޭށެވެ.

“އަރީ ގުޅާބަލަ އޭނައަށް..” ޔިވާމް ކެތް މަދުވެގެން މިހެން ބުނެލި ވަގުތުވީ އަހުނަފް އައިސް އެ މޭޒާއި ކައިރިވަގުތަށެވެ. ޔިވާމް އާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އޭނާ ދެން އިން ހުސް ގޮނޑިއަށް އިޝާރާތް ކޮއްލިއެވެ. އަހުނަފްގެ ފަހަތުންއައި އަންހެން ކުއްޖާ އެ މީހުންނަށް ފެނުނީ އެހިސާބުންނެވެ. ލިއުޒާ އާއި ލުޔާއަށް ވުރެ ކުރު ނަމަވެސް ހަމަ ގާތްގަނޑަކަށް އެއް ހަށިގަނޑެކެވެ. މަޑު ބުޅިއެއް އެކުލެވޭ އިސްތަށިގަނޑުގައި ފެހި ކުލައިން ހައިލައިޓު ކުރެވިފައިވާ ދެތިން ތަންކޮޅުވެއެވެ. ހަމުގެ ކުލަ މާ އައްޔެއް ނޫނެވެ. އެހެނަސް އޭނާގެ ހަށިގަނޑާއި އަދި މޫނުމައްޗާއި ވަރަށް ގުޅެއެވެ. ކުޑަކުދިން ކިޔާ ވާހަކަތަކުގައި އުޅޭ އެފްރިކަން ޕްރިންސެސްއަކާއި ވައްތަރު ވާ އިރު އެ ރީތިކަމަށް ފުރިހަމަކަން ގެނެސްދީފައިވަނީ ތުންފަތުގައި ވާ ގަދަ ރަތް ކުލައިންނެވެ.

“ގައިޒް، މީނީ… އަހަރެންގެ ވާން އުޅޭ އަނބިމީހާ..” އަހުނަފް ޒީޝާންއަށް އިޝާރާތްކޮށް ވާހަކަ ދެއްކި ނަމަވެސް ހުރީ ލިއުޒާއާއި ހަތަރުކަޅި ހަމަކޮއްގެންނެވެ. ހީވާގޮތުން އޭނާ ބޭނުންވަނީ ހަމަ ގަސްތުގައި ލިއުޒާ ދެރަކޮއްލާށެވެ. އެކަން ލިއުޒާއަށް އިހުސާސް ވުމާއެކު އުނގުމަތީގައި އޮތް އަތް ނަގައި މޭޒުމަތީގައި ބާއްވާފައިއޮތް އަރީފުގެ އަތާއި ގުޅުވާލިއެވެ. އަހުނަފް އައުމުން ފޯނު އަތްދަބަހަށް ލާންވެގެން އިސް އުފުލާލި ވަގުތުގައި ލުޔާގެ ލޮލުގައި އަޅައިގަތީ މި މަންޒަރެވެ. ހަމަ އެއާއެކު އޭނާގެ ހިތް ކަފައިގެން ދިޔަހެން އޭނާއަށް ހީވިއެވެ. ލިއުޒާ އަރީފުއާއި ގާތްވެލާ ކޮންމެ ފަހަރަކު ލުޔާގެ ލޮލަށް ކަރުނަ ޖަމާވެއެވެ. އަދި މިރޭ ހީވަނީ ވަކީން ގަދަޔަށް ގައި ގޯޅިވާ ހެންނެވެ. އިރު އިރުކޮޅާ ލިއުޒާ އަރީފުގެ އަތްތެރެއަށް ބޮނޑިވެލައެވެ. މީގެ ހަމަ ކޮންމެ ފަހަރަކުވެސް ލުޔާއަށް ލޯމަރަލެވެއެވެ. އޭނާ ހީކުރި ގޮތުގައި އެ ކަންތައް ތަކެއް އެއްވެސް މީހަކަށް ފާހަގައެއް ނުވާނެއެވެ. އެހެން ނަމަވެސް ލުޔާގެ މޫނަށް އަރާ ފައިބަމުން ދިޔަ ހުރިހާ ކުލަތަކަކަށް ޔިވާމް ދިޔައީ ވަރަށް ސަމާލު ވަމުންނެވެ.

އަރީފުއާއި ލިއުޒާގެ ހަރަކާތްތަކުން އުނދަގޫ ވަނީ ހަމައެކަނި ލުޔާއަކަށް ނޫނެވެ. ލިއުޒާގެ ކޮންމެ ހަރަކާތަކަށް އަހުނަފް ދިޔައީ ރައްދު ދެމުންނެވެ. ލިއުޒާ އަރީފުގެ އަތުގައި ހިފައިފިނަމަ އަހުނަފް ޒީޝާންގެ އަތުގައި ހިފައެވެ. ލިއުޒާ އަރީފާއި ގާތްވެލައިފިނަމަ އަހުނަފް ޒީޝާން އާއި ގާތްވެލައެވެ. އެފަދަ ކޮންމެ ހަރަކާތެއް ފެނުމުން ކުރިއަށްވުރެ ބޮޑަށް ލިއުޒާގެ ހިތަށް އަސަރު ކުރެއެވެ. އެހެނަސް އޭނާގެ އަމިއްލަ ހަރަކާތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

“ވެޑިންއަށް ފަހު އަހަރުމެން ހަނީމޫނަށް ސިންގަޕޫރަށް ދަނީ.. ދެން ވަރަށް ދުވަސް ފަހުންތާ ދިމާވާނީ.. އެހެންވެ ސައި ދޭން މިގެނައީ.. ޕްލަސް ޒީ އިންޓްރޮޑިއުސްކުރަން..” ޒީޝާންގެ ލޮލަށް އިޝްގީ ގޮތަކަށް ބަލާލަމުން އަހުނަފް މިއަދު އެންމެން އެއްކުރުވި މަގްސަދު ބުނެލިއެވެ.

“ތިވާހަކަ ކުރިން ބުނި ނަމަ، އަހަރެން ހީކުރީ ވަރަސް ސީރިއަސް ކަމެއް ވެގެން ކަމަށް…” އެންމެންވެސް ބޯއެއްޗަކަށް އޯޑަރު ކުރުމުން ޔިވާމް ކުރުކަނޑާލިއެވެ.

“މިތަނަށް އައިއްސުރެ ޔިވާމް އެބަ ރޮއޭ.. ހެޔޮ ނުވާނެ އަހުނަފް.. އޭނަ ދިޔަދީ..” ކެފޭއަތް ވަނީއްސުރެ އަނގައިން ނުބުނެ ހުރުމަށްފަހު ލުޔާ ވާހަކަ ދެއްކިއެވެ. ޔިވާމް ދާނަމަ ދާނީ ލުޔާ ގޮވައިގެންކަން އޭނާއަށް އެނގެއެވެ. އެހެންވެ އޭނާ އެހެން ބުނީ އެތަނުން ދިއުމަށް އަމިއްލަ ހިތް އެދޭތީއެވެ. ލުޔާ ވާހަކަ ދެއްކިއިރު ބަލަހައްޓައިގެން ހުރީ އަރީފުއާއި ލިއުޒާގެ ގުޅިފައިވާ އަތަށެވެ. އެކަން ޔިވާމްއަށް ފާހަގަވިއެވެ.

“ދެން އެ ގެންނަ އެއްޗެއް ބޮއެފަތާ ދެވޭނީ…” ޔިވާމް މިހެން ބުނުމަށްފަހު ފެށީ ޒީޝާން އާއި ވަހަކަ ދައްކާށެވެ. މޭޒު ދޮށުގައި ތިބި އެންމެންގެ ތެރެއިން ގިނައިން ވަހަކަ ދެއްކީ ޔިވާމް އާއި ޒީޝާންއެވެ. ޔިވާމް ކުރާ ކޮންމެ ސުވާލަކަސް ޒީޝާން ޖަވާބު ދެމުން ދިޔައީ ވަރަށް ހުށިޔާރު ކަމާއެކުއެވެ. ލިއުޒާ އެއްވެސް ސުވާލެއް ނުކުރި ނަމަވެސް ޒީޝާންގެ ކޮންމެ އަޑެއްވެސް އޭނާ އަހަމުން ދިޔައީ ވަރަށް ސަމާލުވެގެން ހުރެއެވެ. ކިތަންމެ ރުޅި އަންނަން ބޭނުންވި ނަމަވެސް ދެކެވުނު ވާހަކައިން އެއީ ހިތްހެޔޮ ކުއްޖެއްކަން ލިއުޒާއަށް އެނގުނެވެ. އޭނާގެ ސަމާސާ މިޒާޖު އަހުނަފްއާއި ވަރަށް ގުޅޭވެސްމެއެވެ. ދެމީހުން އެކުގައި ތިބޭއިރު ވަރަށް ފުރިހަމަ ޖޯޑެއްހެން ހީވެއެވެ.

ޔިވާމް އާއި ލިއުޒާ ޒީޝާންއަށް ސަމާލުކަން ދިން ނަމަވެސް އަރީފުއާއި ލުޔާގެ ޚިޔާލުތަށްވަނީ މި ދުނިޔެއިން ބޭރުގައެވެ. ދޭތެރެއަކުން ކޮންމެވެސް އެއްޗެކޭ އަރީފު ބުނެލި ނަމަވެސް އޭނާ އިނީ ވަރަށް އުނދަގޫވެފައެވެ. ހަގީގަތުގައި އޭނާގެ ހިތަށް ބިރުވެރިކަމެއް ވަނީ ވަދެފައެވެ. ހިތްވަނީ ނުތަނަވަސްވެފައެވެ. އޭނާ ގަބޫލުކުރި ގޮތުގައި އެއީ ލުޔާގެ ކުރިމަތީގައި ލިއުޒާއާއި އެކު އެހާ ލޯބިން އުޅެން ޖެހުނީމައެވެ.

*****

ލުޔާ ފުރަނީ މާގިނަ ދުވަހަކަށް ނޫންކަމުން އަތްދަބަހާއިއެކު ކުޑަ ފޮއްތެއް ނޫން އިތުރު އެއްޗެށް އޭނާ ކެނެޑާއަކަށް ނުގެންދެއެވެ. ލުޔާގެ ކޮޓަރިން ފޮށި ބޭރުކޮއްދިނީ އަރީފުއެވެ. އޭރު ލިއުޒާއާއި ހައުފާގެ އިތުރުން ނަސީރުވެސް ކާރަށް އަރަނީއެވެ. ލުޔާ ނިކުމެގެން އައިސް ހުއްޓުނީ ކާރުގެ ބުޑުގައެވެ.

“ދަރިފުޅާ… މާ ލަސްވެދާނެ ތިހެން ހުންނަން ވެއްޖެއްޔާ.. އަވަހަށް އަރާ..” ކާރުގެ އިންޖީނު ސްޓާޓު ކޮއްލަމުން ނަސީރު އޭނާގެ ދަރިފުޅާ މުޚާތަބު ކުރިއެވެ.

“ކާރުގައެއް ނުދެވޭނެ.. އަނެއްކާ ދޯންޏަށް އަރާނީ.. ދެން ފެންނާނީ ހޮޑު ލެވޭ ތަން” ހަމަ ހުއްޓިގެން ހުރިތާ ހުރެ ލުޔާ ބުނެލީ މިހެންނެވެ.

“ދެނޯ.. ބައްޕަސައިކަލުގަ ދާން ވީތަ؟ އެކަމަކު އޭރުން ކާރު ދުއްވާނީ ކާކު؟ މީ ރާޖުގެވެސް އޮފް ދުވަހެއްނު..” ނަސީރުގެ ވާހަކަ މިހިސާބަށް ދިޔައިރު އަރީފު ސައިކަލު ޕާރކިން ޒޯނިން ނެގުމަށްފަހު އައިސް އެމީހުންނާއި އަރާ ހަމަ ކުރަނީއެވެ.

“އަރީފު ދޭ ލުޔާ ގޮވައިގެން ސައިކަލުގަ.. ނަސީރު ނައްޓާލާ..” އަރީފުގާތުގައި މިހެން ބުނުމަށްފަހު ހައުފާ އޭނާގެ ފިރިމީހާއަށް އިޝާރާތް ކުރީ ކުރިއަށް ދިޔުމަށެވެ. ކާރު ދުއްވާލުމުން ފަހަތުން ސައިކަލުވެސް ދުއްވާލިއެވެ. އެހެންނަމަވެސް ސައިކަލު އައިކޮޅަށް އަނބުރާލީ ލުޔާގެ ޕާސްޕޯރޓު އަތުގައި ނެތުމުންނެވެ. އެނބުރި ގޮސް ގޭގެ ދޮރުމަތީގައި ސައިކަލު ޕާރކު ކުރުމާއެކު ލުޔާ ފުންމައިގެން ތެދުވެ ގޭތެރެއަށް ދުއްވައިގަތެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް ސިކުންތު ވީއިރު ލުޔާ އައިސް އަނެއްކާވެސް ސައިކަލަށް އަރަނީއެވެ. މިފަހަރު ހަމަޖެހިލިތަނާ އޭނާގެ ފޯނަށް ކޯލެއް އައެވެ.

“މަންމަމެން އެރި ފެރީ މިއޮތްގެން ދުއްވަނީ… ކޮބާ ދަރިފުޅުމެން؟” ފޯނުގެ އަނެއްކޮޅުން ހައުފާ ވާހަކަ ދެއްކިއިރު އަޑުގައި ހާސްކަމެއް ވެއެވެ.

“ޕާސްޕޯރޓު ނެތީމަ އަނެއްކާ ގެއަށް އައީ މިހާރު މިއެޅީ ބޭރުމަގަށް.. މަންމަމެން ދޭ.. ލުޔާމެން އަރާނަން ދެން އޮތް ފެރީއަކަކަށް..”

“އާނ އެންމެ ރަނގަޅު. ދެންވެސް ޕާސްޕޯރޓާއި ޓިކެޓަށް ސަމާލުވާތި! އަދި ބުނަން، ޔިވާމް ވެސް މަންމަ މެންނާއެކު އެބަދޭ އިނގޭ..” ހައުފާމިހެން ބުނުމަށް ފަހު ފޯނު ކަނޑާލިއެވެ.

ޖެޓީ ކުރިމަތީގައި ސައިކަލު މަޑުކޮއްލި އިރު އަނެއް ފެރީގެ ވާ ދޫކުރަނީއެވެ. އެހެންނަމަވެސް އަރީފު ގޮވާލުމުން ފެރީގެ ފަޅުވެރިޔާ ކުރަން ހުރި މަސައްކަތް މެދު ކަނޑާލިއެވެ. އެ ދެމީހުންނަށް ފެރީއަށް އެރުނީ ހަމަ ކިރިޔާއެވެ. އިތުރަށް ދެތިން މިނިޓު ލަސްވި ނަމަވެސް ޖެހޭނީ އެހެން ފެރީއަކަށް އަރާށެވެ.

ފެރީގެ ތެރެއަށް ފުރަތަމަ ފޭބީ އަރީފެވެ. އޭނާ ދިތްކުރި އަތުގައި ހިފުމަށްފަހު ލުޔާ ފެރީ ތެރެއަށް އެޅި ފައި ކައްސާލިއެވެ. އެއާއެކު އޭނާ ގޮސް ލައްގަތީ އަރީފުގެ މޭގައެވެ. ދެ ހަށިގަނޑު ގާތް ވުމާއެކު ހީވީ ދަގަތްފާނު ބާރަށް ދެމި ހެންނެވެ. އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ދުނިޔޭގައި އެ ދެމީހުން ނޫން އިތުރު ބަޔަކު އުޅޭކަމެއް ހަނދާނެއް ނެތެވެ. މިއީ މިގޮތަށް އަރީފުގެ މޭގައި ލުޔާއަށް ލައްވެ ލެވުނު ދެވަނަ ފަހަރެވެ. ހީވާގޮތުގައި ވަށައިގެންވާ ދުނިޔެއާއި ކާއިނާތްވެސް ބޭނުންވަނީ އެ ދެމީހުން ގުޅޭށެވެ. ފަޅުވެރިޔާ ކަރުކެހިލުމުން އަރީފު ލުޔާ ދުރުކޮއްލިއެވެ. އެ ދެމީހުން ގޮސް އިށީނީވެސް ފެރީގެ ދެ ފަޅީގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ހިޖުރަ (ސަތާރަވަނަ ބައި)

Next

ދުޢާ 3ވަނަ ބައި

Next
August 24, 2015

ދުޢާ 3ވަނަ ބައި

Previews
August 23, 2015

ހިޖުރަ (ސަތާރަވަނަ ބައި)

11 Comments!

  1. lyn says:
    August 24, 2015 at 3:27 am

    Wow v v v nice mi part ves…ekam haadha lahunney thi up kury maash….next part avahah up koh dhyba plx plx plx….ingey maash…keep it up….

  2. lyn says:
    August 24, 2015 at 3:30 am

    Yey i’m the first dhw…..hehe…dhen kon thaaku tha thi ulheny maash n keetha thi kurany mihaa ginadhuvas vaairuves story up nukohdhy..??

  3. nihaa says:
    August 24, 2015 at 6:19 am

    Vrh reethi…

  4. Crazi says:
    August 24, 2015 at 7:06 am

    Veh reethi update kurachey ahvah…mi vahaka nimey goi balaa hithun hure veneekee noon…

  5. Someone says:
    August 24, 2015 at 8:57 am

    Next part avahah up kohdhehchay. Vaahaka v reethi.

  6. Anonymous says:
    August 24, 2015 at 2:46 pm

    Hadi… Dhe loabiverin abadhuves meyga thaivaa vaahaka.. Hithah kei nuvaa vaahaka.. Mivarun vaahaka nuliyanveenu

    1. Shabee says:
      August 28, 2015 at 12:52 am

      Shabee ah faahagavey anonymous varah rangalhu comment dheyne ☺

  7. nazi says:
    August 24, 2015 at 3:41 pm

    vvvvvv reethi plz kurukoh namaves konme dhuvahaku up kolladheebala plz plz plz mi mihaaru enme salhi vaahaka

  8. maahy says:
    August 24, 2015 at 4:51 pm

    v reethi plzzzzz avahah up kohdhyba… ehenviyma kn irakun nw next part

  9. Emiliya says:
    August 25, 2015 at 11:04 pm

    Ey halo kabo aneh partu?

  10. neesh says:
    August 27, 2015 at 8:05 am

    mi vaahaka ge den oh bai genes deni koan dhuvahakun v las mi situn gena vaahaka

Comments are closed.

Next Episodeހަތަރު އުދަރެސް (21)←


All Right Reserved!