Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

ޖިންނި

Aminath Shammaa Level 1
December 21, 2021 3 Mins Read
0 Comments

ޑިއުޓީ ނިންމާފައި ގެއަށް ދާން ނިކުތް އިރު މެންދަމު ބާރަ ޖެހީއެވެ. ގެއާ މާދުރުނޫން ހިސާބަކަށް އާދެވިފައި ހުއްޓާ ކުރިމަތިން މީހަކު ހުރަސްކުރިހެން ހީވިއެވެ. ކުއްލިއަކަށް އަހަރެންގެ ފަހަތުން އަންހެނެއްގެ ހުނުމުގެ އަޑު އިވުނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ވަގުތަކީ ދަން ވަގުތަކަށް ވެފައި އެއްވެސް މީހެއްގެ ހިލަމެއް ފެންނަން ނެތުމުން އަހަރެންގެ ގައިން ހީބިހި ނަގާގޮތް ވިއެވެ. ހިތްވެސް ހީވީ މޭފަޅާފައި ނިކުންނަން އުޅުން ހެންނެވެ. ފަސްއެނބުރި ބަލާލެވުނީ ދެހިޔާލެއްގައި ހުރެއެވެ.

އަހަރެންގެ ފުރަގަހުގައި އަންހެނަކު ހުއްޓިލައިގެން ހުއްޓެވެ. އޭނާ ލައިގެން ހުރީ ރަތްކުލައިގެ ލިބާހެކެވެ. ފެންނަ ފެނުމަށް އުމުރުން ފަންސަވީސް އަހަރު ވާނެހެން ހީވެއެވެ. އޭނާގެ އުނަގަނޑާ ހަމައަށް ވަށްޓާލާފައި އޮތް ފަން އިސްތަށިގަނޑު ޖެހެމުންދިޔަ މަޑުވައިރޯޅިއާއިއެކު ވިހުރެމުން ދިޔައެވެ. އިންސާނަކާ ވައްތަރު ގޮތެއް ހުރިނަމަވެސް ކަޅު ރޭގަނޑެއްފަދަ ކަޅި ނެތް ދެލޮލާއި ހަންގަނޑުގެ ހުދުކަން ގަދަކަމުން އެއީ އިންސާނީ ނަސްލަށް ނިސްބަތްވާ މަޚްލޫގެއް ނޫންކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

އަހަރެން ބޭނުންވީ ދުއްވައި ގަންނާށެވެ. އެހެންނަމަވެސް އަހަރެންގެ ދެފައި ހަރަކާތެއް ނުކުރިއެވެ. ހިތުގެ ތެޅުން ދިޔައީ އިންތިހާއަށް އަވަސް ވަމުންނެވެ. އަހަރެން ބަލަބަލައި ހުއްޓާ އޭތިއައިސް އަހަންނާ އަރާ ހަމަކުރިއެވެ. އަދި އަހަރެންގެ ކޮނޑު މަތީގައި އަތްބާވާލިއެވެ. އެވަގުތު އަހަރެންގެ ކޮނޑުގައި ތޫނު ތަދެއް އިހުސާސް ކުރެވުުނެވެ. އަހަރެން ހަޅޭލަވައިގަންނަން އަނގަ ހުޅުވައިލި ނަމަވެސް އަޑު ބޭރުވާގޮތެއްނުވިއެވެ. އަހަރެންގެ ކުރިމަތީގައި ހުރި އެބިރުވެރި މަޚުލޫގު ހުރީ ސީދާ އަހަރެންގެ ދެލޮލަށް ބަލާށެވެ. އޭތި ހުރީ ކިރިޔާ އަހަރެންގެ ގައިިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ކަޅިވެސް ޖަހާލަން ނުކެރިފައި އަހަރެން ހުއްޓާ އޭތި އަހަރެންގެ ކަންފަތް ކައިރިޔަށް ގުދުވެލުމަށް ފަހު ބުންޏެވެ. ” އަހަންނާ އެކީގައި އާދޭ!”. އޭތީގެ ކުރަކި އަޑުން ބުނި އެއްޗެއް އަހަންނަށް ރަނގަޅަށް ނަގައި ނުގަނެވިގެން އުޅެނިކޮށް ވަޔާ ބުރުއްސައިލި ކެހެރި ތަކެއްހެން އޭތި ފަޒާގެ ތެރެޔަށް ގެއްލިގެން ދިޔައެވެ.

އަހަންނަށް ހަމަހޭވެރިކަންވީ ދެނެވެ. ބަލާކަށް ނުހުރެ އަހަރެންފެށީ ދުވާށެވެ. ނަސީބަކުން ގެވެސްހުރީ ވަރަށް ކައިރީގައެވެ. ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިޔަށް ވަދެ ދޮރުތަށް ތަޅުލީމެވެ. އަދި އެހުރިގޮތަށް ގޮސް އެނދަށް އަރައި ގައިމަތީ ރަޖާގަނޑު އަޅާލުމަށްފަހު ދެލޯ މަރާލެވުނެވެ. އޭރުވެސް އަހަރެން ބިރުން ރޫރޫ އަޅަނިއެވެ. އެރޭ އަހަންނަށް ނިދޭގޮތެއް ނުވިއެވެ. އަނެއް ދުވަހަށް އިރު އެރިއިރު އަހަރެން އޮތީ ހުންއައިސް ރަތްވެފައެވެ. އަސުރު ވަގުތު ފާއިތުވީއިރުވެސް އަހަރެންގެ ހުން ތިރިވާގޮތެއްނުވިއެވެ. އެހެންކަމުން އެދުވަހު އަހަންނަަށް ޑިއުޓީއަކަށް ނުދެވުނެވެ. ޑިއުޓީއަށް ދާކަށް އަހަރެން ބޭނުމެއް ވެސް ނުވިއެވެ. ގެއިން ނިކުންނަންވެސް އަހަރެން ހުރީ ޖެހިލުނވެފައެވެ. މިގޮތުގައި ވަގުތުތަށް ފާއިތުވަމުންގޮސް މަގުރިބު ނަމާދަށް ބަނގި ގޮވިއެވެ. ބަންގީގެ އަޑު ކެނޑުމާއެކު އަހަންނަށް ތަފާތު އިހުސާސް ތަކެއް ކުރެވެންފެށިއެވެ. ބޭސް ކައިގެން މަޑުނުވި ހުންވެސް އެކީހެން ފިލައިގެން ދިޔައެވެ. އަދި އަހަރެންގެ ހިތް އެދެންފެށީ ބޭރަށް ނިކުމެލާށެވެ. ތުނޑިއަށް ޖެހޭ އަރާމު ވައިރޮޅިތަކުން އުފާހޯދާށެވެ. ދޮން ވެލިގަނޑު މަތީގައި ފައި ބީއްސާލާށެވެ. ކުރިންރޭ ދިމާވި ހާދިސާގެ ކަންފުޅެއްވެސް އަހަރެންގެ ހަނދާނަކަށް އެވަގުތު ނައެވެ.

އަހަރެންގެ ހިއްސުތަށް އަނބުރާ އައީ ތުނޑިޔަށް ފޭބުުނު ފަހުންނެވެ. އަނެއްކާވެސް ހުން އަންނަންފެށިއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން އަހަރެންގެ މުޅި ހަށިގަނޑު ދިޔައީ އޮބިނޯންނަ ވަރަށް ތުރުތުރު އަޅަމުންނެވެ. ބިރުންގޮސް ހިތް މޭކަށިގަނޑު ފަޅާފައި ބޭރަށް ނިކުންނަން އުޅޭހެންވެސް ހީވިއެވެ .ހަނދުވަރު ދީފައި އޮތުމުން ކޮންމެވެސް ވަރަކަށް ތަންތަން ވަކިވާ ވަރުވެއެވެ. އިތުރަށް އެތާގައި މަޑުކުރުމެއްނެތި އަހަރެން ގެޔަށްދާން  އެއްގަމާދިމާއަށް އެނބުރިލީމެވެ.

އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ކުރިމަތީގައި އަހަންނާ ދިމާއަށް ބަލަހައްޓައިގެން އެހުރީ ކުރިން ރޭވެސް ފެނުން މަޚްލޫގެވެ. މިރޭވެސް ރަތް ލިބާހެއްލައިގެން ހުރި އިރު މޫނުމަތީގައި ވަނީ އޭތީގެ ދަތްތަށް ފެންނަ ވަރުގެ ފުޅާ ހިނިތުންވުމެކެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިިގަންހެން ހީވިއެވެ. މޫނުމައްޗަށް އަނދިރިވާގޮތްވެ މޫނުވަތަށް ވެލިގަނޑު ތެރެޔަށް ވެއްޓުނެވެ. ދެންވީގޮތެއް އަހަންނަކަށް ނޭނގުނެވެ.

އަހަންނަށް ހޭލެވުން އިރު އޮވެވުނީ ރަށު ހޮސްޕިޓަލުގައެވެ. ފަތިހު ތުނޑިއަށް ދިޔަ ބަޔަކަށް އަހަރެން ފެނިގެން ހޮސްޕިޓަލަށް ގެނައީއެވެ. އެރޭ ވީގޮތް އަހަރެން ހަނދާން ވާންފެށީ އިރުކޮޅެއްފަހުންނެވެ. ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްނުލައި އަހަރެން ދިޔައީ އަލީބެ މެންގެއަށެވެ. އަލީބެއަކީ ރަށުގައި ފަނޑިތަވެރިކަމަށް މަޝްހޫރު، މީހުންގެ އިތުބާރު އެކަމުގައި ހޯދާފައިވާ މޮޅުމީހެކެވެ. އަހަރެން އޭނާއަށް އަހަންނަށް ދިމާވި ކަންތައްތައް އަލިފުން ޔާއަށް ކިޔައިދިނީމެވެ.

އަލީބެ އަހަންނަށް ކަން ކުރަންވީގޮތް ބުނެދިނެވެ. އަދި އޭގެ އަނެއްރޭ އެގޭގައި އަލީބެގެ މަސައްކަތް ފެށިއެވެ. މަސައްކަތް ނިންމާލުމަށްފަހު އަލީބެ އަހަންނަށް ކަންކަން އޮޅުންފިލުވައި ދިނެވެ. އަދި އަހަންނަށް އެހެން ދިމާވާން މެދުވެރިވި ސަބަބު ކިޔައިދިނެވެ. އަލީބެ ކިޔައިދިން ގޮތުގައި އަހަންނަށް ފެނުނީ ޖިންނި ޝައިޠޯނުންގެ ތެރެއިންވާ އެއްޗެކެވެ. އަދި އޭތި އުޅުނީ އަހަންނާއި ހިތާވެގެންނެވެ. އަހަންނަކީ ނަމާދަށް ފަރުވަކުޑަ އަދި ދީނީ ކަންކަމުގައި އެހާ ނުޅޭ މީހެއްކަމުން އަހަންނާ ކައިރިވާން އޭއްޗަށް ފަސޭހަ ވީއެވެ. އަލީބެ އަހަންނަށް ނަސޭހަތްތެރިވީ ބަރާބަރަށް ނަމާދު ކުރުމަށެވެ. އަދި ޒިކުރުތަށް ކިޔުމާއި ގެއިން ނިކުންނަ އިރު އަދި ވަންނައިރު ކިޔާ ދުޢާތަށް ކިޔުން އާދަކޮށް ކަށީގައި ހަރުލެއްވުމަށެވެ.

އެދުވަހުގެ ފަހުން އަހަރެން ބަރާބަރަށް ނަމާދުތަށް ކުރަމެވެ. އަދި ވީހާވެސް ގިނައިން ޒިކުރުތަކާއި ދުޢާތަށް ކިޔަމެވެ. އިރާދަކުރެއްވީތީ އެދުވަހުގެ ފަހުން ޖިންނި ޝައިޠާނުންގެ އުނދަގުލެއް އަހަންނަކަށް ނުފޯރައެވެ.

– ނިމުނީ –

Share Article

Follow Me Written By

Aminath Shammaa

Level 1

Other Articles

Previous

އަބަދުވެސް ކަލާދެކެ ލޯބިވާނަން 3

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެއްވަނަބައި)

Next
December 21, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެއްވަނަބައި)

Previews
December 21, 2021

އަބަދުވެސް ކަލާދެކެ ލޯބިވާނަން 3



All Right Reserved!