މައާފުކުރުން ނުވަތަ މައާފުކޮށްދިނުން + ބުލީކުރުން
މައާފުކުރުމަކީ ކޮބައިހެއްޔެވެ؟ އިނގޭ ހެއްޔެވެ؟ މީހަކާ ދިމާއަށް ބުނެވޭ ގޮތަކުން ނުވަތަ މަޖަލަކަށް ބުނާ އެއްޗަކުން އަނެއް މީހާއަށް ހިތުގަ ޖެހިދާނެއެވެ. އަނެކާއަށް ހިތުގަ ޖެހުނުކަން އެގިގެން މައާފަށް އެދުމުން އަނެކާ މައާފް ކޮށްދީފާނެއެވެ. އެކަމް ހިތައް އެރިން ހެއްޔެވެ. ތިޔަ މީހުން ކިތައް ބަޔަކަށް ނޭގި ނަމަވެސް ހިތުގަ ޖައްސާފަ/ދެރައެއް ދެވިފަ އޮންނާނެއެވެ. އެކަން ކުރެވުނުކަންވެސް އަމިއްލައަށް އެނގޭނީ ވަރަށް މަދު ބަޔަކަށެވެ. ނޫނީ އެމީހާއަށް އެކަހަލަ ކަމެއް ދިމާވީމަ، އޭނާއަށްވެސް އެހެން މީހަކަށް އެހެން ހިތުގަ ޖެއްސުންކަން ހަނދާންވާނީވެސް ފަހުންނެވެ. އިނގޭހެއްޔެވެ؟ މިޒަމާނުގައި ބުލީ ކުރުންވެސް ވަރަށް އާއްމު ވެއްޖެއެވެ. ބުލީ ކުރުން މިއޮންނަނީ ހަމައެކަނި ސްކޫލަކު ނޫނެވެ. އޮފީސް ފިހާރަ އަދި އެނޫންވެސް ތަންތަނުގައި ބުލީ ކުރުމުގެ ބައި ވަރަށް ބޮޑެވެ. ބުލީކުރެވެނީ ކަން އަމިއްލަ މީހާއަށް ނޭނގިވެސް ދެއެވެ. ތިޔަ މީހުން ބުލީ ކުރުން މާނަކުރަނީ ކިހިނެއް ހެއްޔެވެ؟ އަޅެ ބުނެބަލާށެވެ. ބުލީ ކުރުމަކީ ހަމައެކަނި އެކުއްޖާއަށް ގޯނާކޮށް ގޯސްކޮށް ކަންތައް ކުރީމަ އެކަންޏެއް ނޫނެވެ. އަނެކާއާ ދިމާއަށް މަލާމާތް ކުރުމާއި، ފުރައްސާރަކުރުމާއި، ތިމަންނައަށް ވުރެ އަނެކަކު ދައްކުރުމާއި، އެކި ކަންތައްތަކަށް ތަފާތު ކުރުމާއި، އޭނާ އެކަހެރި ކޮށް ބެހެއްޓުމާއި އަދި ގާގަ އަތްލާއި ކޮށްޕާ ލުމާއި، އަދި މިފަދަ އެތައް ކަމެވެ. މިހަކަލަ ކަންތަކުން ބުލީވާ މީހާ ޑިޕްރެޝަން އަށް ދާއިރު އޭނާގެ އެކަމަށް ވެސް މަލާމާތް ކޮށް ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އަހަރެންގެ ނަޒަރުން މީހުން ގިނަ ފަހަރަށް މި ބުލީ ކުރަނީ އަނެކާ އޭނާއަށް ވުރެ ރަނގަޅު ލައިފެއްގައި އުޅޭތީ، ނޫނީ އޭނާގެ ކްރަޝްއާއި ގާތީ، ނޫނީ އަމިއްލަ މީހާ ގޭތެރޭގައި ގޯސް މާހައުލެއް އިންނާތީ އެހެން މީހުންނަށް ބުލީކުރަނީއެވެ. އަސްލު ބުނަންޏާ މީހަކާ ބުލީ ކޮށްފިއްޔާ ނުވަތަ ނޭނގި ނަމަވެސް ދެރައެއް ދެވިފަ އިނިއްޔާ ވިސްނައްޗެވެ. ތިބާއަށް އެކުރެވުނު ކަންތައް ތިބާއަށް އެބުރި އަންނާނެވެ. (ތިމާ ކުރި ގޯސް ކަންތައްތައް ނުވަތަ މީހަކު ހިތުގަ ޖެއްސިއަސް އެކަންތައް ތިމާއަށް ވެސް އެކަން ތިމާއަށް ވެސް ދިމާވެދާނެވެ(
